-

އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1004)

 

އެއްވަނަ ބާބު

ފެށުން 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިގަވާއިދާކީ ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) ގެ ދަށުން ދޭންޖެހޭ އިދާރީ ހިދުމަތްތަކާ ގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) ގެ 95 މާއްދަގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދާށް ކިޔާނީ، "އިމާރާތްކުރުމާ ބެހޭ އިދާރީ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

(ހ) މި ގަވާއިދު އެކުލަވާލުމުގެ މަގްސަދަކީ އަންނަނިވި ކަންތައްތައް ހާސިލްކުރުމެވެ.

(ހ) އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގައި އަދި މަސައްކަތްތައް ކުރުމުގެ ކުރިއަށް އިމާރާތްކުރެވޭ ތަންތަނަކީ އާންމުންނަށް ރައްކައުތެރި އަދި ފެންވަރު ރަނގަޅު ތަންތަނަށް ހެދުމަށްޓަކައި ހަރުދަނާ އިދާރީ ނިޒާމެއް ގާއިމްކުރުން؛

(ށ) އިމާރާތްކުރުމަށްޓަކައި ކުރެހުން ފާސްކުރުމާއި، ކުރެހުމަށް ބަދަލުގެނައުމާއި، އިމާރާތްކުރުމާއި، އިމާރާތަކަށް ބަދަލުގެނައުމާއި، އިމާރާތް ބޭނުންކުރުމުގައި ބަލަންވީ ހަމަތަކާއި މިންގަނޑުތައް ބަޔާންކޮށް، އެކަންތައްތަކާއި ގުޅިގެން ހުއްދަ ދެވޭނެ ގޮތްތައް ކަނޑައެޅުން؛

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް އިމާރާތްކުރުމުގެ މަސައްކަތެއް ކުރުމުގައި ބަލަންވީ ހަމަތަކާއި މިންގަނޑުތަކާއި އެކަންތައްތަކާ ގުޅިގެން ހުއްދަ ދެވޭނެ ގޮތްތައް ކަނޑައެޅުން؛

(ރ) މިގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދުގައި އެއް ހަމައަކުން ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން؛ އަދި 

(ބ) އިމާރާތްކުރުމުގެ މަސައްކަތް ކުރާއިރު ފެންވަރު ބަލާނެ ގޮތްތައް ކަނޑައެޅުން؛

(ޅ) އިމާރާތްކުރުމުގެ މަސައްކަތްކުރުމުގެ ހުއްދައާ ގުޅިގެން ނެގޭ ފީގެ މިންވަރާއި އުސޫލުތައް ކަނޑައެޅުން؛

(ކ) ކުރެހުން ފާސްކުރިކަމުގެ ލިޔުމާއި އިމާރާތްކުރުމާއި ގުޅިގެން ދޫކުރާ ހުއްދަ ތަކާއި ބޭނުންކުރުމުގެ ހުއްދަ ބާތިލުކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ކަނޑައެޅުން؛

(އ) ޖޫރިމަނާ ކުރެވޭނެ ގޮތުގެ އުސޫލު ކަނޑައެޅުން؛

(ވ) ގާނޫނު ތަންފީޒުކުރުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަމަށް މަގުފަހިކުރުމަށް ހިމަނަންޖެހޭ އެހެނިހެން ބައިތައް ހިމެނުން؛

(މ) ގާނޫނުގެ މަގްސަދުތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި ނެތް ހާލަތެއް ދިމާވެއްޖެނަމަ އެހާލަތުގައި އަމަލުކުރަންޖެހޭނެ އިޖުރާތްތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒުކުރާނީ އިމާރާތްކުރުމާއި ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނާއި މި ގަވާއިދުގެ ދަށުން އެކި އެކި ހުއްދަ ދިނުމަށް މިނިސްޓްރީން ކަނޑައަޅާ އިދާރާތަކުންނެވެ.

 

4 ވަނަ މާއްދާ - ގަވާއިދާށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - މާލޭ ޕްލޭނިންގ ގަވާއިދާއި ހުޅުމާލޭ ޕްލޭނިންގ ގަވާއިދުގައިވާ އިމާރާތްކުރުމުގެ ގާނޫނުގެ ތަރަހައަށް ފެތޭ މާއްދާތައް އުވުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުން މާލޭ ޕްލޭނިންގ ގަވާއިދާއި ހުޅުމާލޭ ޕްލޭނިންގ ގަވާއިދުގައިވާ އިމާރާތްކުރުމުގެ ގާނޫނުގެ ތަރަހައަށް ފެތޭ މާއްދާތަކުގެ ތެރެއިން ތިރީގައިވާ މާއްދާތައް ފިޔަވާ ދެން ހިމަނާފައިވާ މާއްދާތައް އުވިގެންދާނެއެވެ.

(ހ) އިމާރާތަށް ވަޔާއި އަލިކަން ފޯރުކުރުމަށްޓަކައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ގުޅޭ މާއްދާތައް؛

(ށ) އިމާރާތުގައި ހަރުކުރާ ޗެންޗޭނުގައި ހުންނަން ޖެހޭ މިންގަނޑުތައް ކަނޑައަޅާފައިވާ މާއްދާތައް؛

(ނ) އިމާރާތުގައި ކުޑަދޮރު ބަހައްޓަންވީ އުސްމިން ކަނޑައަޅާފައިވާ މާއްދާތައް؛

 

6 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަ ކުރެވޭނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ހިދުމަތް ދޭ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، އެ ރަށެއްގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދެމުންގެންދާ ފަރާތްތަކެވެ. އަދި މިނޫންވެސް ހާލަތްތަކުގައި އިމާރާތެއް ބާވަތް 2 ގެ އިމާރާތެއް ފަދަ ނިޒާމަކާ ގުޅުވަންޖެހޭ ނިޒާމެއްގެ ހިދުމަތް ދެމުންގެންދާ ފަރާތްތަކެވެ.

(ށ) ރަޖިސްޓަރީ ވެފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

(ނ) "ބާވަތް 1 ގެ އިމާރާތެއް" ކަމުގައި ބުނެފައި އެވަނީ ގާނޫނު ނަންބަރު 2017-04 ގެ 99 ވަނަ މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައިވާ އިމާރާތުގެ މާނައިގާ އާންމުން އާންމުކޮށް ބޭނުންކުރާ މާނައިގާ ހިމެނޭ ތަންތަނަށެވެ.

(ރ) "ބާވަތް 2 ގެ އިމާރާތް" އެއް ކަމަށް ބުނެފައި އެވަނީ އިމާރާތުގެ އާންމު މާނައިގާ ނިސްބަތްކުރާ ތަންތަން ފިޔަވާ ގާނޫނު ނަންބަރު 2017-04 ވަނަ ގާނޫނު (އިމާރާތްކުރުމުގެ ގާނޫނު) ގެ 99 ވަނަ މާއްދާގެ (ޅ) ގެ (2) އިން (11) އަށް ބަޔާންކޮށްފައިވާ އިމާރާތުގައި ހަރުކުރާ ދަނޑި، މުވާސަލާތީ ޓަވަރު، ބިންގަނޑު ހިފެހެއްޓުމަށް ހަދާ ސްޓްރަކްޗަރ، ފެނުގައި ހަދާ ދާއިމީ ބިނާއެއް، ކަލްވާޓް، ބްރިޖް، ފާލަން، ޓަނެލް، އަންޑަރޕާސް، ނަރުދަމާ ނިޒާމް، ކާނު، ސްވިމިންގ ޕޫލް، ވިންޑް ޓަރބައިން، ބަނދަރު، ކޯޒްވޭ، ރިވެޓްމަންޓް މަގު، ދަތުރުފަތުރާ ގުޅިފައިވާ ސްޓްރަކްޗަރ، ބަރެއް އުފުލުމަށް ހަދާ އެއްޗެއް ފަދަ ތަންތަނެވެ.

(ބ) "ބިލްޑިންގ ކޯޑު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި ތަފްސީލުތަކާއި، ގާނޫނުގެ ދަށުން ކުރާ އިމާރާތްތަކުގެ މަސައްކަތްތަކާއި، އިމާރަތްތަކުގައި ހުންނަންވީ މިންގަނޑު ހިމަނާ އެކުލަވާލައި ގަވާއިދަށެވެ.

(ޅ) "ބިލްޑިންގ އިންސްޕެކްޓަރ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައިމަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ ދަށުން، އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ވަކި މަސައްކަތްތަކެއް ކޮށްފައިވަނީ ފާސްކޮށްފައިވާ ކުރެހުމާއި އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރެވޭ ކެޓެގަރީއެއްގައި ރެޖިސްޓަރ ވެފައިވާ ފަރާތަކަށެވެ.

(ކ) "ކޮމިޓީ" ނުވަތަ "އިމާރާތްކުރުމާ ގުޅޭ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އަމަލުކުރަންވީ ވަކި ގޮތެއް ސާފުނުވާ ހާލަތްތަކުގައި، ނުވަތަ މި ގަވާއިދުގެ މަގްސަދުގައި ހިމެ ނޭ ނުވަތަ އިމާރާތްކުރުމުގެ ގާނޫނުން މި ގަވާއިދުގެ މަގްސަދުގެ ތެރޭގައި ހިމެނޭ ކަންކަމުން ކަމެއް މި ގަވާއިދުގައި ބަޔާންކޮށްފައި ނެތް ހާލަތުގައި އެކަމެއް ނިންމުމާއި އަދި އިމާރާތްކުރުމުގެ ގާނޫނާއި ހިލާފުވެގެން ހުށަހެޅޭ މައްސަލަތަކާއި ރައްކައުތެރިނޫން ތަންތަނާއި ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގުތަކާއި އެފަދަ މައްސަލަތަކާއި ގުޅިގެން އަންގާ އެންގުންތައް ކަނޑައެޅުމުގައި ލަފާ ދޭ ކޮމިޓީއަށެވެ.

(އ) "އެއްބުރީގެ އިމާރާތް" ކަމަށް ބުނެފައި އެވަނީ ގްރައުންޑް ފްލޯރ ގެ އިތުރުން ބިމުން އުފުލިފައިވާ ފްލޯއެއް ހިމެނިފައިނުވާ އިމާރާތްތަކަށެވެ. އެގޮތުން 6 މީޓަރަށްވުރެ އުސްނޫން އިމާރާތެއްގައި ޑެކެއް އެޅިކަމުގައިވީނަމަވެސް އަދި އެ ޑެކަކީ އިމާރާތުގެ ނިސްބަތުން ކުޑަތަންކޮޅެއް ކަމުގައިވީނަމަވެސް އެ އިމާރާތަކީ އެއްބުރީގެ އިމާރާތެއް ކަމުގައި ނުބެލެވޭނެއެވެ.

(ވ) "އާރކިޓެކްޗުރަލް ޗެކަރ" ކަމަށް ބުނެފައި އެވަނީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ބާވަތް 1 ގެ އިމާރާތް ނުވަތަ ބާވަތް 2 ގެ އިމާރާތެއްގެ އާރކިޓެކްޗުރަލް ބައި ޗެކުކުރުމުގެ ކެޓަގަރީއެއްގައި ރަޖިސްޓަރީ ވެފައިވާ ފަރާތެކެވެ.

(މ) "އޭޒް -ބިލްޓް ކުރެހުން" ކަމަށް ބުނެފައި އެވަނީ އިމާރާތްކުރުމުގެ މަސައްކަތެއް ކުރުމަށްފަހު ހަދާފައިވާ ބާވަތް 1 ގެ އިމާރާތްނުވަތަ ބާވަތް 2 ގެ އިމާރާތެއް ހަދާ ނިމުނު އިރު ހުރިގޮތުގެ ކުރެހުމަށެވެ.

(ފ) "އިމާރާތުގެ ކުރެހުމަށް ގެނެވޭ ބަދަލެއް" ކަމަށް ބުނެފައި އެވަނީ އެ އިމާރާތަކަށް ކުރެހުން ފާސްކޮށްފައިވުމާއެކު، ފާސްކޮށްފައިވާ ކުރެހުމުގެ މުއްދަތު ހަމަނުވަނީސް ސްޓްރަކްޗަރ ގެ މައި އޮނިގަނޑަށް ބަދަލެއް އައުމަކާ ނުލާ އިމާރާތުގެ ކުރެހުމުގައި ހިމެނޭ ބައިތަކަށް ގެނެވޭ ބަދަލެއް ނުވަތަ އުނިއިތުރެކެވެ.

(ގ) "އިމާރާތެއް ގައި ދިރިއުޅުމަށް ބޭނުންކުރާ ބައެއް" ކަމަށް ބުނެފައި އެވަނީ ދިރިއުޅުމަށް ބޭނުންކުރާ އެޕާރޓްމަންޓެއް، ގޭބީސީއެއް އަދި ގޭގައި އުޅޭ ފަރާތްތަކާއި އެޕާރޓްމަންޓް ތަކުގައި ކުއްޔަށް އުޅޭ ފަރާތްތަކުގެ ބޭނުމަށް ހަދާފައި ހުންނަ ޖިމެއް، އޮފީހެއް، ލޯންޑްރީއެއް، ފާހާނާއެއް، ބަދިގެއެއް، ސިޓިންގ ރޫމެއް، މަލްޓި ޕަރޕޯސް ރޫމެއް، ކޮޓަރިއެއް ފަދަ ތަންތަނެވެ.

(ޏ) "ވިށުއަލް ސޮއިލް އިންސްޕެކްށަން ރިޕޯޓު" ކަމަށް ބުނެފައި އެވަނީ އިމާރާތްކުރަން ކަނޑައަޅާ ސަރަހައްދުގައި ހިމެނޭ ވެލީގައި ބަރުދަނެއް އުފުލޭނެ ވަރު ހުރި ތޯއާއި ވެލީގެ ބާވަތްތައް އެތުރިފައިވާގޮތްތައް ދެނެގަތުމަށްޓަކައި ބަލާ ބެލުމަށްފަހު އެކުލަވާލައި އިންޖިނިއަރެއް އެކުލަވާލައި ރިޕޯޓަކަށެވެ.

(ސ) "ވެންޓިލޭށަން ށެޑިއުލް" ކަމަށް ބުނެފައި އެވަނީ އިމާރާތެއްގައި ވައިދައުރުކުރަންޖެހޭނެކަމަށް ޕްލޭނިންގ ގަވާއިދަކުން ނުވަތަ ބިލްޑިންގ ކޯޑުން ކަނޑައަޅާފައިވާ ޖާގަތަކާއި އެ ޖާގަތަކުގެ ބޮޑުމިން (އަކަމީޓަރުން) އާއި އެ ޖާގަތަކުގައި ވައިދައުރުކުރުމަށްޓަކައި ހިމަނާފައިވާ ހުޅުވުންތަކުގެ ނަންބަރުތަކާއި އެ ހުޅުވުންތަކުގެ ބޮޑު މިނާއި އެ ހުޅުވުންތަކުން ވައިދައުރުވާ އިން ސައްތަ އަންގައިދޭ ތާވަލަކަށެވެ.

(ޏ) "މާލެ" ކަމަށް ބުނެފައި އެވަނީ މާފަންނު، މައްޗަންގޮޅި، ގަލޮޅު އަދި ހެންވޭރުގެ އިތުރުން މާލޭގެ އަވަށެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވިލިނގިލި އާއި ހުޅުމާލެ ވެސް ހިމެނޭގޮތަށެވެ.

(ނޯޓް: (ޏ) އަދި (ސ) ނަންބަރުތައް ދެފަހަރެއްގެ މަތިން ބޭނުންކުރެވިފައިވޭ)

(ސ) "މައްސަލަބަލާ ތަހްގީގުކުރާ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ގާނޫނު ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން އަޅާ ފިޔަވަޅެއް އިސްތިއުނާފުކުރުމަށް ހުށަހެޅުމުން އެފަދަ މައްސަލަތައް ބެލުމަށް މިނިސްޓަރު އެކުލަވާލައި ކޮމިޓީއަށެވެ. 

(ޑ) "ފަންނީ ފަރާތް" ނުވަތަ "ފަންނުވެރިޔާ" ކަމަށް ބުނެފައި އެވަނީ އަންނަނިވި ފަރާތްތަކަށެވެ.

  1. އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީ ކުރަންޖެހޭ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތެއްނަމަ އެ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް؛
  2. އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީ ކުރަންނުޖެހޭ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތެއްނަމަ އެ ދާއިރާއާ ގުޅުން ހުރި މިނިސްޓްރީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް؛ އަދި
  3. އެއްވެސް އިދާރާއަކުން ރަޖިސްޓަރީ ކުރަމުންދާ ދާއިރާ އެއް ނޫން ކަމުގައިވާނަމަ، އެ ދާއިރާއިން އެކަށީގެންވާ ތަމްރީނު ހާސިލުކޮށްފައިވާ ފަރާތެކެވެ.

(ޒ) "ފައުންޑޭށަން ޕްރޮޓެކްށަން މެތަޑު" ކަމަށް ބުނެފައި އެވަނީ އިމާރާތެއްކުރުމުގެ ސަބަބުން ނުވަތަ ބިންގަނޑު ކޮނުމުގެ ސަބަބުން އިންވެގެން ހުންނަ އިމާރާތްތަކަށާއި ތަންތަނަށް ގެއްލުން ލިބުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން އަޅާ ސަލާމަތީ ފިޔަވަޅެކެވެ.

(ޓ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ އިމާރާތްކުރުމުގެ ގާނޫނުގައި މިނިސްޓަރު ކަމަށް ކަނޑައަޅާފައިވާ ފަރާތެވެ.

(ޔ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ އިމާރާތްކުރުމުގެ ގާނޫނުގައި މިނިސްޓްރީ ކަމަށް ކަނޑައަޅާފައިވާ ފަރާތެވެ.

(ޕ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަމްބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އަށެވެ.

(ޖ) "ސްޓްރަކްޗަރ" ކަމަށް ބުނެފައި އެވަނީ އެ އިމާރާތެއްގެ ފައުންޑޭށަނާއި، ތަނބުތަކާއި، ބެރިތަކާއި ތަޅުމާއި ފުރާޅު ހިމެނޭގޮތަށް އިމާރާތުގެ ސްޓްރަކްޗަރ ގެ ބައިތަކެވެ.

(ޗ) "ސްޓްރަކްޗުރަލް ޗެކަރ" ކަމަށް ބުނެފައި އެވަނީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން އިމާރާތުގެ ބާވަތް 1 ނުވަތަ ބާވަތް 2 ގެ އިމާރާތެއްގެ ސްޓްރަކްޗުރަލް ބައި ޗެކުކުރުމުގެ ކެޓަގަރީއެއްގައި ރަޖިސްޓަރީ ވެފައިވާ ފަރާތެކެވެ.

(ހހ) "ސްޓްރަކްޗުރަލް ސްޓެބިލިޓީ" ކަމަށް ބުނެފައި އެވަނީ އިމާރާތް އުފުލޭނެ ވަރު ބިމުގައި ހުރުމާއެކު އިމާރާތެއްގެ ބޭނުމަށް އެކަށީގެންވާ ބަރުދަނެއް އުފުލޭ ވަރު އިމާރާތުގެ ސްޓްރަކްޗަރ ގައި ހުރުމާއެކު އަރިއަޅާނުލާނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ހުރި އިމާރާތެއްގެ ސްޓްރަކްޗަރ އަށެވެ.

(ހށ) "ސެޓްފިކެޓް އޮފް ކޮމްޕްލަޔަންސް ފޯރ ސްޓްރަކްޗުރަލް ސްޓެބިލިޓީ" ކަމަށް ބުނެފައި އެވަނީ އިމާރާތެއްގެ "ސްޓްރަކްޗުރަލް ސްޓެބިލިޓީ" ލިބޭނެކަން ކަށަވަރުވާގޮތަށް ފަރުމާކޮށްފައިވާ އިމާރާތުގެ ކުރެހުމާ އެއްގޮތަށްކަން އިމާރާތްކޮށްފައިވަނީ ކަށަވަރުކުރުމަށްފަހު ބިލްޑިންގ އިންސްޕެކްޓަރ ދޫކުރާ ސެޓްފިކެޓަށެވެ.

(ހނ) "ސިއްހަތާއި ސަލާމަތާއި ގުޅޭ ކަންކަން" ކަމަށް ބުނެފައި އެވަނީ އިމާރާތްތަކުގެ އޮނިގަނޑު ނުވަތަ ސްޓްރަކްޗަރ އާއި ގުޅޭ ކަންކަމާއި އިމާރާތްތައް ބޭނުންކުރާ ފަރާތްތަކުން ބޭނުންކުރާ ޖާގަތަކަށް ވައި ވެއްދުމާ ގުޅޭ ކަންކަމާއި އިމާރާތްތަކުގެ ފަޔަރ ސޭފްޓީއާއި ހަދަމުންދާ ތަންތަނާއި ބޭނުންކުރާ ތަންތަނުން އާންމުންނާއި އެތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތައް ސަލާމަތްތެރިކުރުވުމަށް ހުންނަ މިންގަނޑުތައް ހިމެނޭގޮތަށެވެ.

(ހރ) "ޑިވަލޮޕްމަންޓް ކޮންޓްރޯލްސް" ކަމަށް ބުނެފައި އެވަނީ އެ ބިމެއްގައި އިމާރާތްކުރެވޭނެ އިންތަކާއި އެހެން ބައެއް ޕްލޭނިންގ މިންގަނޑުތައް ކަނޑައަޅާ، ޕްލޭނިންގ ގާނޫނެއްގެ ނުވަތަ ގަވާއިދެއްގެ ދަށުން، ދޫކުރާ ލިޔުމަށެވެ.

(ހބ) "ޑިޒައިންކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން އިމާރާތުގެ ބާވަތް 1 ނުވަތަ ބާވަތް 2 ގެ އިމާރާތެއް ޑިޒައިންކުރުމުގެ މަސައްކަތް ކުރެވޭ ކެޓަގަރީއެއްގައި ރަޖިސްޓަރީ ވެފައިވާ ފަރާތެކެވެ.

(ހޅ) "ޑޯ - ވިންޑޯ ށެޑިއުލް" ކަމަށް ބުނެފައި އެވަނީ ކުޑަދޮރުތަކާއި ބޮޑުދޮރުތަކާއި ހަރުކޮށްފައި ހުންނަ ބިއްލޫރިގަނޑު ތަކުގެ އުސްމިނާއި ފުޅާމިނާއި ތަޅުމުން އުފުލިފައިވާ މިނާއި ވައިދައުރުވުމަށް ބޭނުންކުރާ ކުޑަދޮރު ނުވަތަ ބޮޑުދޮރުގެ ހުޅުވުންތަކުގެ މިންތައް އަންގައިދޭ ކުރެހުމަކަށެވެ.

(ހކ) "ޔުނިޓެއް" ކަމަށް އބުނެފައި އެވަނީ، އެ އިމާރާތެއްގައި މީހުން ދިރިއުޅެމުންދާ ފްލެޓެއް ނުވަތަ އެޕާރޓްމަންޓަކަށެވެ.

(ހއ) "ޕްލޭނިންގ ކޮންސެންޓް" ކަމަށް ބުނެފައި ޕްލޭނިންގ ގާނޫނެއްގެ ނުވަތަ ޕްލޭނިންގ ގަވާއިދެއްގެދަށުން އެ އިމާރާތެއްގެ އިންތަކާއި ބޭނުންތަކަށް ދެވޭ ހުއްދައަކަށެވެ.

(ހވ) "ޗެކަރެއް" ކަމަށް ބުނެފައި އެވަނީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން އިމާރާތުގެ ބާވަތް 1 ނުވަތަ ބާވަތް 2 ގެ އިމާރާތުއެއް ޗެކުކުރުމުގެ ކެޓަގަރީއެއްގައި ރަޖިސްޓަރީ ވެފައިވާ ފަރާތަކަށެވެ.

 

 

ދެވަނަ ބާބު

އިންތިގާލީ މަރުހަލާތައް

 

7 ވަނަ މާއްދާ - "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު"އަށް އަމަލުކުރަން ފެށެންދެން އަމަލުކުރަންވީ ގޮތް

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" އަށް އަމަލުކުރަން ފެށެންދެން މި ގަވާއިދުގައި "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" އަށް ހާވާލާދީފައިވާ މާއްދާތަކުގައި ކަނޑައަޅާފައިވާ ކަންކަމަށް އަމަލުކުރުމުގައި ބަލާނީ މާލޭ ޕްލޭނިންގ ގަވާއިދާއި އެ ގަވާއިދުގެ ދަށުން ނެރެފައިވާ އުސޫލަށެވެ. 

 

8 ވަނަ މާއްދާ - "ބިލްޑިންގ ކޯޑަށް" އަށް އަމަލުކުރަން ފެށެންދެން އަމަލުކުރަންވީ ގޮތް

"ބިލްޑިންގ ކޯޑު" އަށް އަމަލުކުރަން ފެށެންދެން މި ގަވާއިދުގައި "ބިލްޑިންގ ކޯޑު" އަށް ހާވާލާދީފައިވާ މާއްދާތަކުގައި ކަނޑައަޅާފައިވާ ކަންކަމަށް އަމަލުކުރުމުގައި ބަލާނީ މާލޭ ޕްލޭނިންގ ގަވާއިދާއި އެ ގަވާއިދުގެ ދަށުން ނެރެފައިވާ އުސޫލާއި ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކަންކަމާއި ފަޔަރ ސޭފްޓީގެ ކަންކަމުގައި އަމަލުކުރާނީ ގައުމީ ދިފާއީ ބާރުން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

9 ވަނަ މާއްދާ - "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އަށް އަމަލުކުރަން ފެށެންދެން އަމަލުކުރަންވީ ގޮތް

އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އަށް އަމަލުކުރަން ފެށެންދެން މި ގަވާއިދުގައި "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އަށް ހާވާލާދީފައިވާ މާއްދާތަކުގައި ކަނޑައަޅާފައިވާ ކަންކަމަށް އަމަލުކުރުމުގައި ބަލާނީ މި މިނިސްޓްރީން ށާއިއުކޮށްފައިވާ "ގައިޑްލައިން ފޯރ ނެށަނަލް ކޮންޓްރެކްޓަރޒް ރެޖިސްޓަރޭށަން" އެވެ.

 

10 ވަނަ މާއްދާ - އިސްތިއުނާފު ކުރުމުގެ ގަވާއިދު" އަށް އަމަލުކުރަން ފެށެންދެން އަމަލުކުރަންވީ ގޮތް

(ހ) މި ގަވާއިދުގެ ދަށުން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން އަޅާ ފިޔަވަޅާކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން "މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" އަށް އަމަލުކުރަންދެން އިސްތިއުނާފުކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބެލުމަށްޓަކައި މިނިސްޓަރ ކޮމިޓީއެއް އެކުލަވާލަންވާނެއެވެ.

(ނ) މި މާއްދާގެ (ނ) ގައިވާ ކޮމިޓީ ހިންގާ އުސޫލު މިނިސްޓްރީން އެކުލަވާލަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ކޮމިޓީ ހިންގާ އުސޫލު ގައި ކޮމިޓީ އެކުލެވިގެންވާގޮތާއި ކޮމިޓީގެ ބައްދަލުވުންތައް ބޭއްވޭނެގޮތް ހިމަނަންވާނެއެވެ.

(ބ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ "މައްސަލަބަލާ ތަހުގީގުކުރާ ކޮމިޓީ" "މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" ގެ ދަށުން އެކުލަވާލަންދެން، "މައްސަލަބަލާ ތަހުގީގުކުރާ ކޮމިޓީ" ގެ މަސްއޫލިއްޔަތު އަދާކުރަމުންދާނީ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކޮމިޓީންނެވެ.

(ޅ) އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް ހުށަހަޅަންވާނީ "އިސްތިއުނާފަށް އެދި ހުށަހަޅާ ފޯމާއެކު އެ ފޯމުގައި ކަނޑައަޅާފަ އިވާ ލިޔެކިއުމާއެކުގައެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ފަދައިން ހުށަހަޅާ ފޯމު ފުރިހަމަނޫން ކަމުގައިވާނަމަ އަނބުރާ ރައްދުކުރެވިދާނެއެވެ.

(އ) މި މާއްދާގެ (ނ) ގައިވާ ކޮމިޓީ އަށް ފެނިއްޖެ ހާލަތެއްގައި އެ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން އިތުރަށް ތަހުގީގު ހިންގައި އަދި ލިބޭ އައު މައުލޫމާތުގެ މައްޗަށް ބިނާކޮށް އައު ރިޕޯޓެއް އެކުލަވާލުމަށްފަހު އެ ކޮމިޓީއަށް ހުށަހެޅުމަށް ހުއްދަ ދޫކުރާ އިދާރާއެއް ނުވަތަ މިނިސްޓްރީއަށް އެންގިދާނެއެވެ. 

 

 

ތިންވަނަ ބާބު

އިމާރާތުގެ ބާވަތް 1 ގެ ކުރެހުން ފާސްކުރުމާއި، އިމާރާ ތްކުރުމުގެ ހުއްދަ ހޯދުން

 

11 ވަނަ މާއްދާ - މި ބާބު މުތާލިޔާކުރާނެ މުއްދަތު ކަނޑައެޅުން

މި ބާބުގައި ހިމެނޭ ހުއްދަ ހޯދުމުގެ އުސޫލުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ މަދުވެގެން 1 (އެކެއް) އަހަރު ތެރޭގައި، މުތާލިޔާކުރަން ފަށަންވާނެއެވެ.

 

12 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތް

ބާވަތް 1 ގެ އިމާރާތެއް ކަމަށް ބުނެފައި އެވަނީ އިމާރާތްކުރުމާބެހޭ ގާނޫނުގެ 99 ވަނަ މާއްދާގެ (ޅ) ގެ (1) ގައި ބަޔާންކޮށްފައިވާ އާންމުކޮށް އިމާރާތުގެ މާނައިގާ ނިސްބަތްކުރާ ތަންތަނަށެވެ.

 

13 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތެއް އިމާރާތް ކުރުމަށް ހުއްދަ ހޯދުމަށް އެދި ހުށަހެޅުން

ބާވަތް 1 ގެ އިމާރާތެއް އިމާރާތް ކުރުމަށްޓަކައި، އިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތަށް ހުއްދަ ދޫކުރާ އިދާރާއަކަށް، ހުއްދަ ހޯދުމަށް އެދި ހުށަހަޅަންވާނެއެވެ.

 

14 ވަނަ މާއްދާހުއްދަ ނެތި ބާވަތް 1 ގެ އިމާރާތެއް އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުން

މި ގަވާއިދުގެ 44 ވަނަ މާއްދާއާއި 175 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، ހުއްދަ ހޯދުމަކާ ނުލައި އިމާރާތުގެ ބާވަތް 1 ގެ އިމާރާތްއްކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމާއި އެފަދަ އި މާރާތަކަށް ނުވަތަ އިމާރާތެއްގެ ބަޔަކަށް ބަދަލު ގެނައުމަކީ މަނާކަމެކެވެ.

 

15 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތެއް އިމާރާތް ކުރަން ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން 

(ހ) އިމާރާތުގެ ބާވަތް 1 ގެ އިމާރާތެއް ކުރުމުގެ މަސައްކަތެއް ފެށުމުގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރަންވާނެއެވެ.

  1. ޕްލޭނިންގ ގަވާއިދެއްގެ ދަށުން ނުވަތަ ޑިވަލޮޕްމަންޓް ކޮންޓްރޯލެއްގައި ކަނޑައަޅާފައިވުމުން ނަގަން ޖެހޭ ޕްލޭނިންގ ހުއްދައެއް ވާ ނަމަ އެ ހުއްދައެއް ނެގުން؛
  2. މޯލްޑިވިއަން ސިވިލް އޭވިއޭށަން ރެގިއުލޭށަންގެ ދަށުން މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ހޯދަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ހާލަތްތަކުގައި، އެފަރާތުގެ ލިޔުން ހޯދުން؛
  3. އިމާރާތެއްގެ ކޮންސެޕްޓް ކުރެހުން ފާސްކުރުން ޖެހޭ ހާލަތްތަކުގައި ކޮންސެޕްޓް ކުރެހުން ފާސްކުރިކަމުގެ ލިޔުން ހޯދުން؛
  4. އިމާރާތްކުރަނީ ޑިފެންސް އޭރިއާ ތަކާއި ގްރީންޒޯންތަކުގެ ކައިރީގައި ނަމަ، ހޯމްމިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީގެ ގާނުނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، އެފަރާތުގެ ހުއްދަ ހޯދުން؛
  5. ކުރެހުން ފާސްކުރިކަމުގެ ލިޔުން ހޯދުން؛
  6. އިމާރާތްކުރުމުގެ ހުއްދަ ނެގުން؛
  7. ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ތިމާވެށްޓަށް އަސަރު ކުރާ ވަރު ވަޒަން ކުރުމަށް ކުރާ ދިރާސާ ކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވާ ހާލަތްތަކުގައި، އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓްގެ ޑިޒިށަން ސްޓޭޓްމަންޓް ހޯދުން؛
  8. ހިދުމަތް ދޭ ފަރާތްތަކުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހޯދުން؛
  9. އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނަގަންޖެހޭ އިތުރު ހުއްދައެއްވާނަމަ އެ ހުއްދައެއް ނެގުން." އަދި
  10. މި މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަތަކުގެ އިތުރުން އެހެންވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ނަގަންޖެހޭ ހުއްދައެއްވާނަމަ އެ ހުއްދައެއް ނެގުން.

(ށ) 37 (ތިރީސް ހަތެއް) މީޓާރަށް ވުރެ އުސްކޮށް ބާވަތް 1 ގެ އިމާރާތެއް ހަދާކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަތަކުގެ އިތުރުން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. މޯލްޑިވިއަން ސިވިލް އޭވިއޭށަން ރެގިއުލޭށަންގެ ދަށުން މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހޯދުން؛ އަދި
  2. ކުރެހުން ފާސްކުރުމުގެ ކުރިން މި ގަވާއިދުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފައުންޑޭށަން ސިސްޓަމް ފާސްކުރުން؛

 

16 ވަނަ މާއްދާ - ޑިޒައިން މިންގަނޑުތައް

އިމާރާތުގެ ބާވަތް 1 ގެ އިމާރާތެ އް ޑިޒައިންކުރަންވާނީ އިމާރާތްކުރުމުގެ ގާނޫނުގައި ނުވަތަ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ އިތުރުން ޕްލޭނިންގ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

 

17 ވަނަ މާއްދާ - ޑިވަލޮޕްމަންޓް ކޮންޓްރޯލްސް

ދިރިއުޅުން ނޫން އެހެނިހެން ބޭނުމަށް ދޫކުރާ ބިންބިމުގައި އިމާރާތުގެ ބާވަތް 1 ގެ އިމަރާތްކުރަންވާނީ މިނިސްޓްރީން ދޫކުރާ ޑިވެލޮޕްމަންޓް ކޮންޓްރޯލާ އެއްގޮތަށެވެ.

 

18 ވަނަ މާއްދާ - ފަޔަރ ސޭފްޓީ މިންގަނޑަށް ފެއްތުން

(ހ) އިމާރާތުގެ ބާވަތް 1 ގެ އިމާރާތުގެ ތެރެއިން ތިރީގައިވާ ބަޔާންކޮށްފައިވާ ތަންތަން ޑިޒައިންކޮށްފައި ހުންނަންވާނީ، އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ނުވަތަ ޕްލޭނިންގ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އެހެންވެސް ގާނޫނެއްގައި ފަޔަރ ސޭފްޓީ އާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ މިންގަނޑުތަކާއި ހަމަތަކަށް ފެތޭ ގޮތަށެވެ.

  1. ދައުލަތުގެ އިދާރާތަކާއި ށަރުއީ ކޯޓުތަކާއި މިނިވަން މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނި ފަދަ ތަންތަނުގެ އިމާރާތްތައް؛
  2. 45 (ސާޅީސް ފަހެއް) މީޓަރަށް ވުރެ އުސްކޮށް ކުރާ އިމާރާތްތައް؛ އަދި
  3. ފަޔަރ ސޭފްޓީ ހިމަނަންޖެހޭކަމަށް ބިލްޑިންގ ކޯޑުގައި ކަނޑައަޅާފައިވާ އިމާރާތްތަކާއި ތަންތަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، މި ގަވާއިދުގައިވާ ގޮތަށް ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅާއިރު، ފަޔަރ ސޭފްޓީއާ ގުޅޭ ކުރެހުން ފާސްކުރުމަށް ހުށަހަޅަންވާނެއެވެ.

 

19 ވަނަ މާއްދާނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތަށް އިމާރާތް ކުރުން

(ހ) އިމާރާތުގެ ބާވަތް 1 އިމާރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަންތަން ޑިޒައިންކޮށް، އިމާރާތްކުރަންވާނީ އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަދެ ނިކުތުމުގެ އިތުރުން، އެ ތަން ތަން އެފަރާތްތަކަށްވެސް ބޭނުން ކުރެވޭނެ ފަދަ ގޮތަކަށެވެ.

  1. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އިމާރާތުގެ ބައިތައް؛
  2. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އިމާރާތުގެ ބައިތައް؛
  3. ހެލްތް ޕޯސްޓް، ކްލިނިކް، ސިއްހީ މަރުކަޒު، ހޮސްޕިޓަލް ފަދަ ތަންތަން؛
  4. އެކި އެކި އާންމު ހިދުމަތް ދޭ ތަންތަނުން ބަހައްޓާފައިވާ ސެލްފް ސަރވިސް ލިބޭ ކިއޮސްކް އަދި މެށީން ފަދަ ތަކެތި ބަހައްޓާފައިވާ އިމާރާތުގެ ބައިތައް؛
  5. ފިހާރަ، މާރުކޭޓު، ށޮޕިންގް ކޮމްޕްލެކްސް، ށޮޕިންގް މޯލް ފަދަ ތަންތަން؛
  6. ސްކޫލްތަކާއި، ތައުލީމީ މަރުކަޒުތައް؛
  7. ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން؛
  8. މިސްކިތްތައް؛
  9. އާންމުން ބޭނުންކުރާ ދަތުރު ފަތުރުގެ ނިޒާމާއި ގުޅިފައިވާ ގިމަތަތައް؛
  10. އާންމުން ވަދެނިކުމެވާ އިމާރާތެއްގައި ހުންނަ ފާހާނާ، ނަމާދުކުރާ ކޮޓަރި، ކެންޓީނު، ފަދަ ތަންތަން އަދި އާންމު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ބައިތަކާ ހަމައަށް ދިއުމަށް އޮންނަ މަގު، ލިފްޓު، އިމާރާތަށް ވަންނަ ތަން އަދި އިމާރާތް ހުރި ގޯތިތެރެއަށާއި ގޯތި ތެރެއިން އިމާރާތަށް ދިއުމަށް އޮންނަ މަގާއި މި ނޫންވެސް އާންމުން ބޭނުންކުރަންޖެހޭ ބައިތައް އަދި؛
  11. ގާނޫނު ނަންބަރު 2010-08 ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކައުތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު ގައި "އާންމު ތަންތަނަށް ވަދެނިކުމެ އުޅުމާއި ހިދުމަތް ލިބިގަތުމުގެ ފުރުސަތު" ލިބިދޭންވާނެކަމަށް ކަނޑައަޅާފައިވާ ހިދުމަތްތައް ދޭ އިމާރާތްތައް.

(ށ) މި މާއްދާގބޭނުމަށް ވަދެ ނިކުތުމުގެ މާނައަކީ އެތަނަކީ ބިމަށް ވުރެ މަތީ ފްލޯއެއްގައި ހިމެނޭ ތަނެއް ނަމަ، ބާވަތް 1 ގެ އިމާރާތަށް އަދި އެފަދަ އިމާރާތުގެ ގޯތި ތެރެއަށް ވަންނަ ހިސާބުން ފެށިގެން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިސާބާ ހަމައަށް އަދި އެތަން ތަނުގެ އެތެރޭގައި ވާ އާންމު ހިދުމަތްތައް ލިބިދެވޭ ބައިތަކަށް ވަދެ ނިކުމެވުމެވެ.

(ނ) އިމާރާތްކުރުމުގެ ބާާވަތް 2 އަށް ފެތޭ ތަންތަން ޑިޒައިންކުރާއިރު، އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަނަކަށްވާނަމަ އިމާރާތްކުރަންވާނީ އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަދެ ނިކުތުމުގެ އިތުރުން، އެ ތަން ތަން އެފަރާތްތަކަށްވެސް ބޭނުން ކުރެވޭނެ ފަދަ ގޮތަކަށެވެ.

 

20 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތެއް އިމާރާތްކުރުމަށްޓަކައި ކުރެހުންތަކާއި ލިޔުންތައް ތައްޔާރުކުރުން

މި ގަވާއިދުގައި ނުވަތަ އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ކުރެހުން ތައްޔާރުކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ގަވާއިދެއްގައި އެހެން ގޮތަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހުއްދައަށް އެދި ހުށަހަޅާ ބާވަތް 1 ގެ އިމާރާތްތަކުގެ ކުރެހުންތަކާއި ލިޔުންތައް ހުންނަން ވާނީ، އިމާރާތްކުރުމުގެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޕްލޭނިންގ ގާނޫނާއި ގަވާއިދުތަކާއި އެހެނިހެން ގާނޫނެއްގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

21 ވަނަ މާއްދާ - އިމާރާތެއްގެ ކޮންސެޕްޓް ކުރެހުން ފާސްކުރުން

(ހ) މިގަވާއިދުގައިވާ ގޮތުގެ މަތިން އިމާރާތުގެ ބާވަތް 1 ގެ ކުރެހުން ފާސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ކުރިން، ތިރީގައިވާ ހާލަތްތަކުގައި ކޮންސެޕްޓްކުރެހުން ފާސްކުރަން އެދި ތިރީގައި ބަޔާންކޮށްފައިވާ އިދާރާތަކަށް ހުށަހަޅަންވާނެއެވެ.

  1. ޕްލޭނިންގ ގަވާއިދެއްގައި ނުވަތަ އެހެން ގަވާއިދެއްގައިވާ އިމާރާތެއްގެ، ކޮންސެޕްޓް ކުރެހުމަށް ހުއްދަ ނަގަންޖެހޭނެކަމަށް ކަނޑައަޅާފައިވާނަމަ، ކޮންސްޕެޓް ކުރެހުންތައް މިނިސްޓްރީއަށް ހުށަހަޅާ ހުއްދަ ހޯދަންވާނެއެވެ.
  2. ބާވަތް 1 ގެ އިމާރާތްތަކުގެ ތެރެއިން 48.30 މީޓަރ (100 ފޫޓު) އަށްވުރެ އުސްކޮށް އިމާރާތްކުރުމަށް ޑިޒައިންކުރާ އިމާރާތެއްގެ ތަޅުމުގެ %50 އަށްވުރެ ބޮޑުކޮށް ދިރިއުޅުން ފިޔަވާ އެހެން ބޭނުމަކަށް ހަދާ އިމާރާތެއް ނަމަ، ޕްލޭނިންގ ގަވާއިދުގައިވާ ފަދައިން އެ އިމާރާތެއްގެ ކޮންސްޕެޓް ކުރެހުންތައް ފާސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ކުރިން މިނިސްޓްރީ އަށް ހުށަހަޅާ ހުއްދަ ހޯދަންވާނެއެވެ.
  3. ގާއުމީ ސަލާމާތާ ގުޅުންހުރި ތަންތަނުގެ ކައިރީގައި ހަދާ އިމާރާތްތަކުގެ ކޮންސެޕްޓް ކުރެހުން ގައުމީ ސަލާމަތާ ގުޅޭ ވުޒާރާއަށް ހުށަހަޅައިފާސްކުރުން؛
  4. ގްރީން ޒޯންތައް ތަކުގެ ކައިރީގައި ހަދާ އިމާރާތްތަކުގެ ކޮންސެޕްޓް ކުރެހުން ހޯމް މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންސެޕްޓް ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅާނީ ތިރީގައިވާ ލިޔެކިއުމާއެކުގައެވެ.

  1. ބާވަތް 1 އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމު؛
  2. ފަރުމާކުރުމަށް އެދޭ ގޮތް އަންގައިދޭ (ކޮންސެޕްޓުއަލް) ކުރެހުންތައް؛
  3. ގޯތީގެ ރަޖިސްޓްރީގެ ކޮޕީ؛
  4. އެ އިދާރާއަކުން ހުށަހަޅަން އަންގާ އިތުރު ލިޔެކިއުން.

(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން ހުށަހަޅާ ކުރެހުންތައް ހުރީ އެކަށީގެންވާ ގޮތަކަށް ޑިޒައިންކޮށްފައިނަމަ، ކޮންސެޕްޓް ކުރެހުން ފާސްކުރި ކަމުގެ ލިޔުން ފާސްކުރި އިދާރާއިން ދޫކުރަންވާނެއެވެ.

(ރ) 1 ޖޫން 2019 އިން ފެށިގެން ކޮންސެޕްޓް ކުރެހުން ފާސްކުރިކަމުގެ ލިޔުން ހުންނަންވާނީ މިނިސްޓްރީން އާންމުކުރާ ނަމޫނާ އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މި ނަމޫނާ މިނިސްޓްރީން މެއި 2019 ގެ ނިޔަލަށް އާންމުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތުގެ ފައުންޑޭށަން ސިސްޓަމް ފާސްކުރުން

(ހ) ބާވަތް 1 ގެ އިމާރާތެއްގެ ކުރެހުން ފާސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ކުރިން، ފައުންޑޭށަން ސިސްޓަމް ފާސްކުރަން އެދި ހުށަހަޅަންޖެހޭ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ދުވާރުން ފެށިގެން އިމާރާތުގެ އެންމެ އުސްމިން 37 (ތިރީސް ހަތެއް) މީޓަރު ނުވަތަ އެއަށްވުރެ އުސްކޮށް އިމާރާތެއްކުރާނަމަ؛ނުވަތަ
  2. ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ނުވަތަ ގާނޫނު ނަންބަރު 1993-04 ގެ ދަށުން ހަދާ ގަވާއިދެއްގައި ތިމާވެއްޓަށް ލިބޭ ގެއްލުން ވަޒަން ކުރުމަށް ކުރާ ދިރާސާ ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ފައުންޑޭށަންތައް؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައުންޑޭށަން ސިސްޓަމް ފާސްކުރަންޖެހޭ ހަލާތުގައި އެކަމަށް އެދި ހުށަހަޅާނީ ތިރީގައިވާ ކުރެހުންތަކާއި ލިޔެކިއުންތަކާއެކު ހުއްދަ ދޫކުރާ އިދާރާއަށެވެ.

  1. ބާވަތް 1 އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމު؛
  2. ގޯތީގެ ރަޖިސްޓްރީގެ ކޮޕީ؛
  3. ފަރުމާކުރުމަށް އެދޭ ގޮތް އަންގައިދޭ (ކޮންސެޕްޓުއަލް) ކުރެހުންތައް؛
  4. ފައުންޑޭށަން ނުވަތަ ފައުންޑޭށަންތަކުގެ ބާވަތްތައް، ތަފްސީލާ އެކު؛
  5. މެތޮޑޮލޮޖީ؛
  6. ފައުންޑޭށަން ބިމުގެ އަޑިން ފެށޭ ފުންމިނުގައި ސޮއިލް ސޭފް ބެއަރިންގ ޕްރެށަރ (ބިންގަނޑުގެ މައްޗަށް ބަރުދަނެއް އެރުވުމުން ސަލާމަތްތެރިކޮށް އެ ބަރުދަން އުފުލޭނެ ޕްރެށަރ) ދެނެގަތުމަށާއި ގްރައުންޑް ސެޓްލްމަންޓް (ބިން ހަމަޖެހޭނެ މިންގަނޑު) ދެނެގަތުމަށް ބޭނުންވާ ޖިއޯޓެކްނިކަލް އިންވެސްޓިގޭށަންތަކުގެ ރިޕޯޓު؛ އަދި
  7. އިމާރާތްކުރުމުގެ ގާނޫނުގައި ނުވަތަ އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ނުވަތަ އެހެން ގާނޫނެއްގައި ނުވަތަ އެހެން ގާނޫނެއްގެ ދަށުން ހަދާ ގަވާއިދެއްގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެން ކުރެހުމެއް ނުވަތަ ލިޔެކިއުމެއް.

(ނ) މި މާއްދެ (ށ) ގައިވާ ގޮތުގެ މަތިން ހުށަހެޅުމުން މިނިސްޓްރީން ބަލެމަށްފަހު ފައުންޑޭށަން ސިސްޓަމް ފާސްވާކަމުގައިވަނަމަ "ބާވަތް 1 އިމާރާތުގެ ފައުންޑޭށަން ސިސްޓަމް ފާސްކުރިކަމުގެ ލިޔުން" ދޫކުރަންވާނެއެވެ.

(ރ) 1 ޖޫން 2019 އިން ފެށިގެން "ބާވަތް 1 އިމާރާތުގެ ފައުންޑޭށަން ސިސްޓަމް ފާސްކުރިކަމުގެ ލިޔުން" ހުންނަންވާނީ މިނިސްޓްރީން އާންމުކުރާ ނަމޫނާ އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މި ނަމޫނާ މިނިސްޓްރީން މެއި 2019 ގެ ނިޔަލަށް އާންމުކުރަންވާނެއެވެ. 

 

23 ވަނަ މާއްދާ - ފައުންޑޭށަން ޕްރޮޓެކްށަން މެތަޑް

(ހ) ފައުންޑޭށަން ޕްރޮޓެކްށަން މެތަޑަކީ އިމާރާތެއްކުރުމުގެ ސަބަބުން ނުވަތަ ބިންގަނޑު ކޮނުމުގެ ސަބަބުން އިންވެގެން ހުންނަ އިމާރާތްތަކަށާއި ތަންތަނަށް ގެއްލުން ލިބުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން އަޅާ ސަލާމަތީ ފިޔަވަޅެކެވެ.

(ށ) އިމާރާތުގެ ބާވަތް 1 ގެ ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅާއިރު، އެ ހުށަހެޅުމާއެކު ފައުންޑޭށަން ޕްރޮޓެކްށަން މެތަޑު ފާސްކުރުމަށް ހުށަހަޅަންވާނެއެވެ.

 

24 ވަނަ މާއްދާ - ކުރެހުން ފާސްކުރުމަށް އެދި ހުށަހެޅުން

އިމާރާތުގެ ބާވަތް 1 ގެ އިމާރާތެއް އިމާރާތްކުރުމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ކުރިން ނުވަތަ އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދި ހުއްދަ ދޫކުރާ އިދާރާއަށް މި މާއްދާގައިވާ ފަދައިން ވެރިފަރާތުން ހުށަހަޅަންވާނެއެވެ.

(ހ) ހުށަހަޅާ ކުރެހުންތައް ހުންނަން ވާނީ، އިމާރާތްކުރުމުގެ ގާނޫނުގައި ނުވަތަ ގާނޫނުގެ (ހ) ދަށުން ހަދާ ގަވާއިދެއްގައި ނުވަތަ ޕްލޭނިންގ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އެހެނިހެން ވެސް ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅަންޖެހޭނީ "ބާވަތް 1 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު ތިރީގައިވާ ތަކެއްޗާއެކު މި ގަވާއިދުގެ 118 ވަނަ މާއްދާގައިވާ ފީއާއެކު، އެ ބައިގާ ބަޔާންކޮށްފައިވާ ގޮތަށް، ހުއްދަ ދޫކުރާ އިދާރާއަށެވެ.

  1. ގޯތީގެ ރަޖިސްޓްރީގެ ކޮޕީ؛
  2. ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  3. ރަޖިސްޓްރީ ނެތްނަމަ ބިމުގެ ވެރިފަރާތް ނުވަތަ ބިން ހަވާލުކޮށްފައިވާ ފަރާތްކަން ކަށަވަރުކޮށްދޭ ލިޔުމެއް؛
  4. ތިރީގައި ބަޔާންކޮށްފައިވާ ކުރެހުންތަކާއި ތަފްސީލުތަކާއި ލިޔެކިއުންތައް؛
    1. މިނިސްޓްރީން ރަށްރަށުގެ ޗާޓު އާންމުކޮށްފައިވާ ރަށްރަށަށް އިމާރާތްކުރަން ކަނޑައަޅާފައިވާ ތަން ހުރި ހިސާބު އަންގައިދޭ ކުރެހުން ނުވަތަ ލޮކޭށަން ޕްލޭން ؛
    2. ސައިޓް ޕްލޭން؛
    3. ފްލޯރ ޕްލޭންތައް؛
    4. ފްރަންޓް އެލިވޭށަން؛
    5. މަދުވެގެން 1 ސައިޑް އެލިވޭށަން؛
    6. ރޫފް ޕްލޭން؛
    7. އިމާރާތުގެ ސެކްށަން؛
    8. ޑޯ ވިންޑޯ ށެޑިއުލް؛
    9. ށެޑިއުލް އޮފް ވެންޓިލޭށަން؛
    10. ފައުންޑޭށަން ޕްލޭން؛
    11. ފްލޯރ ސްޓްރަކްޗަރ؛
    12. ރޫފް ސްޓްރަކްޗަރ؛
    13. ބެލްކަނި، ސިޑި އަދި ޓެރަސް ފަދަ ތަންތަނުގައި ޖަހާ ޗެންޗޭނުގެ ތަފްސީލު؛
    14. ސްޓްރަކްޗަރ ގެ ތަފްސީލުތައް؛
    15. ފައުންޑޭށަންގެ ފުންމިން ދައްކުވައިދޭ ކުރެހުން؛
    16. ފަޔަރ ސޭފްޓީ ހުއްދައަށް ހުށަހަޅަންޖެހޭ ތަންތަނުގެ އަލިފާން ނިވާ ނިޒާމުގެ ކުރެހުން؛
  5. ފައުންޑޭށަން ޕްރޮޓެކްށަން މެތަޑް؛
  6. 18 (އަށާރަ) މީޓަރު ނުވަތަ 5 (ފަހެއް) ފަންގިފިލާއަށްވުރެ އުސް ތަންތަނަށް ވިށުއަލް ސޮއިލް އިންސްޕެކްށަން ރިޕޯޓު؛
  7. ކޮންސެޕްޓް ކުރެހުން ފާސްކުރަންޖެހޭ ހާލަތްތަކުގައި ކޮންސެޕްޓް ކުރެހުން ފާސްކޮށްފައިވާކަމުގެ ލިޔުން؛
  8. މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީގެ އިއުތިރާޒުނެތްކަމުގެ ލިޔުން؛
  9. ކުރެހުންތަކުގެ ތެރެއިން ފްލޯޕްލޭންތަކާއި ޑޯ-ވިންޑޯ ށެޑިއުލް (ދޮރުތަކުގެ މިންތައް ދައްކުވައިދޭ ކުރެހުން) ގެ ސޮފްޓް ކޮޕީ (އޮޓޯކެޑް ފައިލް)
  10. މުޅި ކުރެހުން ސެޓުގެ ޕީ.ޑީ.އެފް. އެއް؛
  11. ކަލްކިއުލޭށަން ސެޓު؛
  12. މިނިސްޓްރީން ހުށަހަޅަންޖެހޭނެކަމަށް ކަނޑައަޅާ އާންމުކުރާ ޗެކްލިސްޓު؛
  13. ޗެކަރެއް ހިމެނޭގޮތަށް ހުށަހަޅަންޖެހޭ ކުރެހުމެއްގައި ނަމަ މުޅި ކުރެހުންސެޓުގައި ސްޓޭމްޕް ޖަހާފައިވުން؛
  14. ޗެކަރެއް ހިމެނޭގޮތަށް ހުށަހަޅަންޖެހޭ ކުރެހުމެއްނަމަ ނަމަ ޗެކަރުން އެ ކުރެހުމަށް ތައްޔާރުކޮށްފައިވާ ސެޓްފިކެޓު.

(ނ) ފާސްކުރުމަށް އެދި ހުށަހަޅާ ބާވަތް 1 ގެ އިމާރާތެއްގެ ޑކުރެހުން ވާންވާނީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން އެފަދަ އިމާރާތެއް ނުވަތަ ތަނެއްގެ ކުރެހުމަށް ހުއްދަ އޮތް ފަރާތަކުނ.
ކުރަހާފައިވާ ކުރެހުމަކަށެވެ.

  1. މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅާއިރު، ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅާ ފޯމުގައި "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން އެފަދަ އިމާރާތެއް ނުވަތަ ތަނެއްގެ ކުރެހުމުގެ ހުއްދަ އޮތް ފަރާތަކުން ސޮއިކުރަންވާނެއެވެ.
  2. އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ދަފްތަރުގައި ގްރެޖުއޭޓް ނުވަތަ އަންޑަރގްރެޖުއޭޓް ކެޓަގަރީއެއްގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކުރަހާފައިވާ ކުރެހުމެއް ފާސްކުރުމަށް އެދި ހުށަހަޅާއިރު އެ ގްރެޖުއޭޓް ނުވަތަ އަންޑަރގްރެޖުއޭޓް ފަރާތެއް ކުރެހުން ފާސްކުރުމަށް އެދޭ ފޯމުގައި ސޮއިކޮށްފައިވާންވާނެއެވެ. އަދި އެފަރާތެއް ސޮއިކުރިކަމުގައިވިޔަސް، ކުރެހުން ހުށަހަޅަންވާނީ މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން އެފަދަ އިމާރާތެއް ކުރެހުމުގެ ހުއްދަ އޮތް ފަރާތެއްގެ ސޮއި އާއި އެކުގައެވެ.

(ރ) ބާވަތް 1 ގެ އިމާރާތެއްގެ ކުރެހުމެއް ފާސްކުރަން އެދި މެއި 2019 ގެ ނިޔަލަށް ހުށަހަޅާއިރު، ކުރެހުމުގެ އާރކިޓެކްޗުރަލް ބައި އަދި ސްޓްރަކްޗުރަލް ބައި ޑިޒައިންކޮށް، މި އަކުރުގެ (1) އިން (4) ގެ ތެރޭގައި ވާ ގޮތްތަކުގެ ތެރެއިން ކޮންމެވެސް އެއްގޮތަކަށް ހުށަހެޅިދާނެއެވެ.

  1. އެއްވެސް ފަރާތެއް ޗެކްކުރުމަކާ ނުލާ؛
  2. އާރކިޓެކްޗުރަލް ޗެކަރެއް ޗެކްކުރުމާއެކު؛
  3. ސްޓްރަކްޗުރަލް ޗެކަރެއް ޗެކްކުރުމާއެކު؛ ނުވަތަ
  4. އާރކިޓެކްޗުރަލް ޗެކަރާއި ސްޓްރަކްޗުރަލް ޗެކަރެއް ޗެކްކުރުމާއެކުއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތަށް ޗެކަރެއްގެ ހައިސިއްޔަތުން ކުރެހުން ޗެކްކޮށް، އެ ކުރެހުމެއްގެ ޒިންމާ ނެގޭނީ އަންނަނިވި ގޮތުގެ މަތިން، އެ ޗެކަރެއް ނޫން އެހެން ފަރާތެއް، އެފަރާތެއް ޗެކްކުރާ ބައި ކުރަހާފައިވާ ކުރެހުންތަކުގައެވެ.

  1. އާރކިޓެކްޗުރަލް ޗެކަރެއްގެ ގޮތުގައި ކުރެހުން ޗެކްކޮށް އެ ކުރެހުމެއްގެ ޒިންމާ ނެގޭނީ އެފަރާތަކީ އެ ކުރެހުމެއްގެ އާރކިޓެކްޗުރަލް ޑިޒައިން ކޮށްފައިވާ ފަރާތް ކަމުގައި ނުވާނަމައެވެ.
  2. ސްޓްރަކްޗުރަލް ޗެކަރެއްގެ ގޮތުގައި ކުރެހުން ޗެކްކޮށް އެ ކުރެހުމެއްގެ ޒިންމާ ނެގޭނީ އެފަރާތަކީ އެ ކުރެހުމެއްގެ ސްޓްރަކްޗުރަލް ޑިޒައިން ކޮށްފައިވާ ފަރާތް ކަމުގައި ނުވާނަމައެވެ.

(ޅ) މި މާއްދާގެ (ރ) ގައިވާ ފަދައިން ޗެކަރެއް ޗެކްކޮށް އެފަރާތެއް ޒިންމާ ނަގާ ކުރެހުމެއްގައި އަންނަނިވި ކަންތައްތައް ފުރިހަމަވާންވާނެއެވެ.

  1. ކުރެހުމުގެ ހުރިހާ ގަނޑެއްގައި ޗެކަރަށް ދޫކޮށްފައިވާ ސްޓޭމްޕް ޖެހުމާއެކު ސްޓޭމްޕްގައި ސޮއި ކޮށްފައިވުން؛
  2. ކުރެހުން ފާސްކުރުމަށް އެދޭ ފޯމުގައި ސޮއިކޮށްފައިވުން؛
  3. ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅާއިރު ސްޓޭމްޕް ގެ މުއްދަތު ހަމަވެފައި ނުވުން؛ އަދި
  4. ޗެކަރ ދޫކުރާ ސެޓްފިކެޓް ހުށަހަޅާފައިވުން.

(ކ) މި މާއްދާގައިވާ ގޮތުގެ މަތީން ފުރިހަމަކޮށް ހުށަހަޅާ އިމާރާތުގެ ކުރެހުންތަކާއި ލިޔުންތައް، ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅުމުން، އެ ތަކެތި ބަލައިގަތްކަން ބަޔާންކޮށް، އެ އިދާރާއަކުން ތަކެތި ހުށަހެޅި ފަރާތަށް މިނިސްޓްރީން ކަނޑައަޅާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތިން ލިޔުމެއް ދޫކުރަންވާނެއެވެ.

(އ) 1 ޖޫން 2019 އިން ފެށިގެން މި މާއްދާގެ (ރ)، (ބ) އަދި (ޅ) ގެ ބަދަލުގައި ކުރެހުން ފާސްކުރުމަށް ހުށަހަޅަންވީ ގޮތްތައް ކަނޑައަޅައި، މެއި 2019 ގެ ނިޔަލަށް މިނިސްޓްރީން އާންމުކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ކުރެހުން ފާސްކުރުމުގައި އަމަލުކުރަންވީ ގޮތް

އިމާރާތުގެ ބާވަތް 1 ގެ އިމާރާތްތަކަށް އަލަށް ހަދާ ކުރެހުންތަކާއި ކުރެހުންތަކަށް ހުށަހަޅާ އިސްލާހުތަކާއި ފާސްކޮށްފައިވާ ކުރެހުންތަކަށް ހުށަހަޅާ ބަދަލުތަކާއި އިމާރާތްކޮށް ނިމިފައިވާ ތަންތަނަށް ހަދާ އޭޒް-ބިލްޓް ކުރެހުން ފާސްކުރުމުގައި އަމަލުކުރަންވާނީ ތިރީގައިވާ ފަދައިންނެވެ.

(ހ) އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ނުވަތަ ޕްލޭނިންގ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އެހެން ވެސް ގާނޫނެއްގައި ކުރެހުމެއްގައި ފުރިހަމަވާން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަމެއް ފުރިހަމަވެފައި ނެތުން ނުވަތަ އަންނަނިވި ކަންތައްތަކުންކުރެ ކަމެއް ހުއްދަ ދޫކުރާ އިދާރާއަކަށް ފެނިއްޖެނަމަ ކުރެހުން ބަލައިނުގަނެ އަނބުރާ ރައްދުކުރެވިދާނެއެވެ.

  1. އިމާރާތް ނުވަތަ ތަނުގެ އިން ދިމާނުވުން؛
  2. އިމާރާތް ނުވަތަ ތަނުގެ އުސްމިން ގަވާއިދާ ހިލާފަށް ހުރުން؛
  3. އިމަރާތް މަގަށް ނެރެފައިވާ މިންވަރު ނުވަތަ ތަން އިމުން ބޭރަށް ނެރެފައިވާ މިންވަރު ގަވާއިދާ ހިލާފުވުން؛
  4. "ބާވަތް 1 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި" ހުށަހަޅާފައިނުވުން؛
  5. ކުރެހުމާއި ލިޔެކިއުން ކަމާބެހޭ ގަވާއިދުތަކާ ހިލާފަށް ހުރުން.

(ށ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިސްލާހެއް ނުވަތަ މި ގަވާއިދުގެ 31 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ބަދަލެއް މި މާއްދާގެ ދަށުން ޗެކްކުރުމުގައި ތިރީގައިވާ ކަންތައްތަކަށް ބަލަންވާނެއެވެ.

  1. އެ އިސްލާހެއް ނުވަތަ ބަދަލެއް ހުށަހެޅި ވަގުތުގައި ހިނގަމުންދާ ގާނޫނާއި ކަމާބެހޭ ގަވާއިދުތަކަށް ފެތޭކަން؛؛
  2. އިސްލާހެއް ހުށަހަޅާއިރު ގާނޫނަށް ނުވަތަ ގަވާއިދަކަށް ބަދަލު އައުމުގެ ސަބަބުން ހުއްދައަށް އެދި ހުށަހެޅި އޮރިޖިނަލް ކުރެހުން ސެޓުގައި ހިމެނޭ ބައެއް ބަދަލުކުރަން ޖެހޭ ކަމުގައިވާނަމަ އެކަމެއް ރަނގަޅުކުރަން ހުއްދައަށް އެދި ހުށަހެޅި ފަރާތަށް އެންގުން؛
  3. ބަދަލެއް ހުށަހަޅާއިރު ގާނޫނަށް ނުވަތަ ގަވާއިދަކަށް ބަދަލު އައިސްފައިވާނަމަ، ކުރިން ފާސްކޮށްފައިވާ ކުރެހުން ސެޓުގެ ތެރެއިން ބަދަލު ގެންނަން ހުށަހަޅާފައި ނުވާ ޔުނިޓުތައް އެ ވަގުތުގައި ހިނގަމުންދާ ގާނޫނާއި ގަވާއިދަށް ފައްތަން ނުޖެހުން؛ އަދި
  4. މި ގަވާއިދުގެ 5ވަނަ ބާބުގެ ދަށުން ހުށަހަޅާ އޭޒް-ބިލްޓް ކުރެހުމެއް ޗެކްކޮށް ފާސްކުރުމުގައި ޕްލޭނިންގ ގަވާއިދާ އެއްގޮތަށް އެ ކުރެހުން ހުރިތޯ ބެލުން.

(ނ) މި މާއްދާގެ (ހ) ގައިވާ ކަންކަން ފުރިހަމަވުމާއެކު، ބާވަތް 1 ގެ އިމާރާތެއް ނުވަތަ ތަނެއްގެ ކުރެހުން ތައްޔާރުކޮށްފައިވަނީ ޕްލޭނިންގ މިންގަނޑުތަކާއި އެއްގޮތަށް ތޯ އާއި އެ ބިން ހަވާލުކުރުމުގައި ށަރުތުކޮށްފައިވާ ކަންތައްތަކާ އެއްގޮތަށްތޯ ހުއްދަ ދޫކުރާ އިދާރާއިން ބަލައި ޗެކުކުރަންވާނެއެވެ. އެގޮތުން ހުއްދަ ދޫކުރާ އިދާރާއިން ޗެކްކުރުމުގައި އަންނަނިވި ކަންތައްތަކަށް ސަމާލުކަންދޭންވާނެއެވެ.

  1. މިނިސްޓްރީން ކުރެހުން ޗެކްކުރުމަށް ޗެކްލިސްޓެއް އެކުލަވާލާފައިވާނަމަ، އެ ކުރެހުމާއި ލިޔެކިއުންތައް ހުރީ އެ ޗެކް ލިސްޓާ އެއްގޮތަށްތޯ އާއި ކުރެހުން ހުރީ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކްކުރުން؛
  2. ޗެކްކުރާ އިރު ކުރެހުންތަކުގައި ޗެކަރ ޒިންމާ ނަގާފައިވާ ބައިގެ ތެރެއިން ގޯއްޗާއި ގޯތީގެ އިމާ ގުޅިފައިވާ ބައިތައް ފިޔަވާ ދެން ޗެކަރ ޒިންމާ ނަގާފައިވާ ބައިތައް އިތުރަށް ޗެކް ނުކޮށް ދޫކޮށްލުމުގެ އިހްތިޔާރު ހުއްދަ ދޫކުރާ އިދާރާއަށް ލިބިގެންވުން؛
  3. ކުރެހުން ޗެކްކުރުމަށްފަހު އެސެސްމަންޓް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި ފާހަގަކުރެވޭ މައްސަލަތައް ދޭހަވާނޭ ފަދައިން ބަޔާންކުރުމާއެކު ރިޕޯޓު ނަންބަރާއި ރިޕޯޓު ހާވާލުކުރެވުނު ތާރީހް ރިޕޯޓުގައި ހިމެނުން؛
  4. އެކުރެހުމެއްގައި މައްސަލަ ހުރިތޯ ބެލި ފަރާތާއި، އެފަރާތުގެ މަސައްކަތް ޗެކްކުރި ފަރާތާއި، ރިޕޯޓުގައި ސޮއިކުރާ ފަރާތްތައް އެނގޭނޭ ފަދައިން އެ ހުއްދަ ދޫކުރާ އިދާރާއެއްގައި ރެކޯޑު ކޮށްފައި ބޭއްވުން؛ އަދި
  5. އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުރެހުން ޗެކްކުރުން.

(ރ) މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އޭޒް-ބިލްޓް ފިޔަވާ އެހެން ކުރެހުންތައް ޗެކުކުރާއިރު، ހުށަހަޅާ ކުރެހުންތަކާއި ލިޔުންތައް ހުރީ މި ގަވާއިދާ އެއްގޮތަށް ކަމުގައިވާނަމަ މި މާއްދާގެ (ބ) ގައިވާ ތަކެތި ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.

(ބ) ކުރެހުން ފާސްވުމާއެކު އަންނަނިވި ތަކެތި، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ހުއްދަ ދޫކުރާ އިދާރާއިން ދޫކުރަންވާނެއެވެ.

  1. މިނިސްޓްރީން ށާއިއުކޮށްފައިވާ ނަމޫނާ އާ އެއްގޮތަށް ތައްޔާރުކޮށްފައިވާ "އިމާރާތުގެ ބާވަތް 1 ގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން"؛
  2. މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައިވާ ލިޔުމުގައި މި ގަވާއިދުގެ 104 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހިމަނާފައި ވުން؛
  3. "ފާސްކޮށްފައި" ސްޓޭމްޕްގެ އަސްލު ޖަހާފައިވާ ކުރެހުންސެޓުގެ ކޮޕީ؛
  4. ވެރިފަރާތުން ނުވަތަ ޑިޒައިންކުރި ފަރާތުން އެދިއްޖެ ނަމަ ކުރެހުމާއެކު ހުށަހަޅާފައިވާ ކުރެހުމުގެ ސޮފްޓްކޮޕީ؛

(ޅ) މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތައް ހުރީ ކަމާ ގުޅޭ ގަވާއިދުތަކާ ހިލާފަށް ކަމުގައިވާނަމަ ފާހަގަކުރެވޭ މައްސަލަތައް ބަޔާންކޮށް އެސެސްމަންޓް ރިޕޯޓެއް ކުރެހުން ފާސްކުރުމަށް އެދި ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - އިމާރާތުގެ ބާވަތް 1 ގެ ކުރެހުމުގެ އިސްލާހު ހުށަހެޅުން

މި ގަވާއިދުގެ ދަށުން ފާސްކުރުމަށް އެދި ހުށަހަޅާފައިވާ އިމާރާތުގެ ބާވަތް 1 ގެ ކުރެހުންތަކުގެ އިސްލާހު ހުށަހަޅަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ދަށުން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގެ ކޮޕީއާއި 118 ވަނަ މާއްދާގައިވާ ފީ އިސްލާހުކުރެވިފައިވާ ލިޔުމާއެކު ހުށަހެޅުން؛

(ށ) ކުރެހުން ފާސްކުރުމަށް އެދި ފުރަތަމަ ހުށަހެޅި ކުރެހުމަކީ އެއްވެސް ފަރާތަކުން ސްޓޭމްޕް ކޮށްފައިވާ ކުރެހުމެއް ކަމުގައިވާނަމަ އިސްލާހު ހުށަހަޅާއިރު އެފަރާތްތަކުގެ ސްޓޭމްޕް ހިމެނުން؛ ނުވަތަ.

(ނ) ކުރެހުން ފާސްކުރުމަށް އެދި ފުރަތަމަ ހުށަހެޅި ކުރެހުމުގައި ސްޓޭމްޕް ކޮށްފައިވާ ފަރާތް ނޫން އެހެން ފަރާތެއްގެ ސްޓޭމްޕާއެކު އިސްލާހު ހުށަހަޅާނަމަ، އިސްލާހުކޮށްފައިވާ ފުރިހަމަ ކުރެހުން ސެޓެއްގައި ސްޓޭމްޕް ކޮށް ހުށަހެޅުން. އަދި އަލުން ޒިންމާ ނަގާ ޗެކަރުންގެ ސެޓްފިކެޓުތައްވެސް ހުށަހަޅާ، ހުއްދައަށް އެދޭ ފޯމު ފުރިހަމަކޮށް އަލުން ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، 1 ޖޫން 2019 އިން ފެށިގެން މި މާއްދާގެ (ނ) ގެ ބަދަލުގައި ކުރެހުމުގެ އިސްލާހު ފާސްކުރުމަށް ހުށަހަޅަންވީ ގޮތްތައް ކަނޑައަޅައި، މެއި 2019 ގެ ނިޔަލަށް މިނިސްޓްރީން އާންމުކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - އިމާރާތުގެ ބާވަތް 1 ގެ ކުރެހުމުގެ އިސްލާހު ފާސްކުރުން

(ހ) މި ގަވާއިދުގެ 26 ވަނަ މާއްދާގައިވާ ފަދައިން އިމާރާތުގެ ބާވަތް 1 ގެ ކުރެހުމުގެ އިސްލާހު ހުށަހެޅުމުން، މި ގަވާއިދުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޗެކްކުރުމަށްފަހު ހުށަހަޅާފައިވާ ކުރެހުން މި ގަވާއިދުގައިވާ ކަންކަން ފުރިހަމަވެފައިވާނަމަ، މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ބ) ގައިވާ ފަދައިން ކުރެހުން ފާސްކުރި ކަމުގެ ލިޔުން ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެންބަޔާންކޮށްފައި ވީނަމަބެސް މި ގަވާއިދުގައިވާ ގޮތުގެ މަތިން ހުށަހަޅާފައިވާ އިމާރާތުގެ ބާވަތް 1 ގެ ކުރެހުމުގެ އިސްލާހު، މި ގަވާއިދުގެ 25 ވަނަ މާއްދާ ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތަކުގައި މި ގަވާއިދުގައިވާ ކަންކަން ފުރިހަމަވެފައިނުވާނަމަ، އެކަންކަން ބަޔާންކޮށް، މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައިވާ މައުލޫމާތުތައް ހިމެނޭގޮތަށް އައު އެސެސްމަންޓް ރިޕޯޓެއް ކުރެހުން ފާސްކުރުމަށް އެދި ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.

 

28 ވަނަ މާއްދާ (މި ނަންބަރުގައި މާއްދާއެއް ހިމެނިފައިނުވޭ)

 

29 ވަނަ މާއްދާ - އިމާރާތުގެ ބާވަތް 1 ގެ ކުރެހުން ފާސްކޮށްދިންކަމުގެ ލިޔުން އައުކޮށްދިނުމަށް އެދި ހުށަހެޅުން 

(ހ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ ދަށުން ފާސްކޮށްފައިވާ ކުރެހުމެއް، މި ގަވާއިދުގެ 110 ވަނަ މާއްދާގައިވާ މުއްދަތު ހަމަވެފައިވުމާއެކު އެފަދަ ކުރެހުމަކަށް ބަދަލެއް ގެންނަންޖެހޭ ފަދަ ބަދަލުތަކެއް ގަވާއިދަށް އައިސްފައިނުވާނަމަ، ތިރީގައިވާ ތަކެއްޗާއެކު ހުއްދަ އައު ކުރުމަށް އެދި ހުށަހެޅިދާނެއެވެ.

  1. ކުރިން ފާސްކޮށްފައިވާ ކުރެހުން ސެޓާއި ކަލްކިއުލޭށަން ސެޓު؛
  2. ކުރިން ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދަ އަދި ކުރެހުން ފާސްކުރިކަމުގެ ލިޔުމުގެ ކޮޕީ؛
  3. ބާވަތް 1 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމު"؛
  4. ބާވަތް 1 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯ މު" އާއެކު ހުށަހަޅަންޖެހޭ ތަކެތި
  5. މި ގަވާއިދުގެ 118 ވަނަ މައްދާގައިވާ ފީ.

(ށ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ ދަށުން ފާސްކޮށްފައިވާ ކުރެހުމެއް، މި ގަވާއިދުގެ 110 ވަނަ މާއްދާގައިވާ މުއްދަތު ހަމަވެފައިވުމާއެކު އެފަދަ ކުރެހުމަކަށް ބަދަލެއް ގެންނަންޖެހޭ ފަދަ ބަދަލުތަކެއް ގަވާއިދަށް އައިސްފައިވާނަމަ، ހުއްދަ އައުކުރުމަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ 31 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

 

30 ވަނަ މާއްދާ - އިމާރާތުގެ ބާވަތް 1 ގެ ކުރެހުން ފާސްކޮށްދިންކަމުގެ ލިޔުން އައުކޮށްދިނުން

މި ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ބާވަތް 1 ގެ އިމާރާތެއްގެ ހުއްދަ އައު ކޮށްދިނުމަށް އެދި ހުށަހެޅުމުން، މި ގަވާއިދުގެ 25 ވަނަ މާއްދާގައި ގޮތުގެ މަތިން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔެކިއުންތަކުގައި މި ގަވާއިދުގައިވާ ކަންކަން ފުރިހަމަވެފައިވުމާއެކު، ހުއްދަ އައު ކޮށްދިނުމަށް ހުށަހެޅި ވަގުތު ހިނގަމުންދާ ގާނޫނާއި ގަވާއިދާ އެއްގޮތަށް ފުރިހަމަވާންޖެހޭ ކަންކަން އެ ކުރެހުންތަކާއި ލިޔެކިއުންތަކުގައި ހަމަވާނަމަ، ހުއްދަ އައު ކޮށްދިންކަމުގެ ލިޔުމާއި، މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ބ) ގައިވާ ލިޔެކިއުންތައް ހުއްދަ އައު ކޮށްދިނުމަށް އެދި ހުށަހެޅި ފަރާތަށް ހުއްދަ ދޫކުރާ އިދާރާއިން ދޫކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތުގެ ކުރެހުމަށް އައިސްފައިވާ ބަދަލު ފާސްކޮށްދިނުމަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ ދަށުން ފާސްކޮށްފައިވާ ބާވަތް 1 ގެ އިމާރާތެއްގެ ކުރެހުމަކަށް ބަދަލު ގެންނަން ބޭނުންވާނަމަ، ގެންނަން ބޭނުންވާ ބަދަލަކީ އިމާރާތްކުރުމުގެ ގާނޫނާއި، ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ބިލްޑިންގ ކޯޑާއި ތައާރުޒު ނުވާ ބަދަލެއް ނުވަތަ ބަދަލު ތަކެއް ކަމުގައިވާނަމަ، އަންނަނިވި ހާލަތްތަކުގައި، އިމާރާތުގެ ކުރެހުމަށް ގެންނަން ބޭނުންވާ ބަދަލު ފާސްކޮށްދިނުމަށް އެދި ހުށަހަޅަންވާނެއެވެ.

  1. ކުރިން ކުރެހުން ފާސްކޮށްފައިވުމާއެކު، ފާސްކޮށްފައިވާ ކުރެހުމުގެ މުއްދަތު ހަމަވުމުގެ ކުރިން ބަދަލެއް ގެންނަން ބޭނުންވުން؛
  2. ކުރިން ކުރެހުން ފާސްކޮށްފައިވުމާއެކު، އިމާރާތްކުރުމުގެ ތެރޭގައި ގެނެވޭ ބަދަލުތައް؛ ނުވަތަ
  3. ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައިތަކަށް ބަދަލެއް ގެންނަން ބޭނުންވާނަމަ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ބަދަލު ގެނައުމަށްފަހު ކުރެހުމެއް ފާސްކުރުމަށް އެދި ހުށަހަޅަންވާނީ ތީރީގައިވާ ލިޔެކިއުންތަކާ ފީއާ އެކުގައެވެ.

  1. ކުރިން ފާސްކޮށްފައިވާ ކުރެހުން ސެޓު؛
  2. "ބާވަތް 1 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމު"؛
  3. "ބާވަތް 1 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމު" އާއިއެކު ހުށަހަޅަންޖެހޭ ތަކެތި؛ އަދި
  4. ގެންނަން ބޭނުންވާ ބަދަ ލު އެނގޭނޭހެން ބަދަލު ގެނެވޭ ބަޔާއި ގުޅުން ހުރި ކުރެހުންތަކާއި ލިޔުންތަކުގެ ތަފުސީލު.
  5. މި ގަވާއިދުގެ 112 ވަނަ މައްދާގައިވާ ފީ.

(ނ) މި މާއްދާގެ (ހ) ގެ (2) ނުވަތަ (3) ވަނަ ނަންބަރުގައިވާ ހާލަތްތަކުގައި އިމާރާތުގެ ކުރެހުމަށް ގެންނަން ބޭނުންވާ ބަދަލަކީ އިމާރާތުގެ ބޭނުމަށް އައިސްފައިވާ ބަދަލަކަށް ވުމާއެކު ބަދަލުވާތަނަކީ އިމާރާތެއްގެ މައިގަނޑު ސްޓްރަކްޗުރަލް އޮނިގަނޑާއި ވަކިން ބިން މަތީގައި ތަޅުން އަޅާ ގޮތަށް ހަދާފައިވާ ތަނެއް ނަމަ، ކުރެހުމަށް ގެންނަ ބަދަލު އެނގޭނޭހެން ބަދަލު ގެނެވޭ ބަޔާއި ގުޅުން ހުރި ކުރެހުންތައް ތައްޔާރުކޮށް ހުށަހަޅާ ކުރެހުންތައް ބަލައިގަނެވޭނެ އެންމެ ދަށް މިންގަނޑަކީ ތިރީގައިވާ
ކަންތައްތައް ފުރިހަމަވެފައިވުމެވެ.

  1. އިމާރާތްކުރުމުގެ ގާނޫނުގައި ނުވަތަ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ނުވަތަ ޕްލޭނިންގ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އެހެނިހެން ވެސް ގާނޫނެއްގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކަށް ފެތޭ ކުރެހުމަކަށްވުން؛
  2. އިމާރާތުގެ ބަދަލު ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅާއިރު " އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން އާރކިޓެކްޗުރަލް ޑިޒައިން ކުރުމުގެ ހުއްދަ އޮތް ފަރާތެއް އެކުރެހުން ތައްޔާރުކޮށް ޒިންމާވާގޮތަށް ހުށަހެޅުން؛
  3. މިމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިމާރާތަށް ބަދަލު ގެނައުމަށް ހުށަހަޅާ ކުރެހުން، ޗެކަރެއް ޒިންމާވާގޮތަށް ހުށަހަޅާނަމަ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން އާރކިޓެކްޗުރަލް ޑިޒައިން ކުރުމުގެ ހުއްދަ އޮތް ފަރާތުގެ އިތުރުން އާރކިޓެކްޗުރަލް ޗެކަރެއް ޒިންމާވާ ގޮތަށް ހުށަހެޅުން.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދަ ބަދަލެއް ގެނައުމުން އިމާރާތުގެ ސްޓްރަކްޗަރ އަށް އަސަރެއް ކޮށްފާނެ ކަމާމެދު ސުވާލު އުފެދޭ ހާލަތެއްގައި މި މާއްދާގެ (ބ) ގައިވާ ގޮތަށް އަލުން ކުރެހުން ފާސްކުރުމަށް ހުށަހެޅުމަށް ހުއްދަ ދޫކުރާ އިދާރާއަށް
އެންގިދާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ފަދަ ބަދަލު ނޫން އެހެން ބަދަލެއް ނުވަތަ މި މާއްދާގެ 

(ރ) ގައިވާ ހާލަތެއްގައި، ބަދަލު އެނގޭނޭހެން ބަދަލު ގެނެވޭ ބަޔާއި ގުޅުން ހުރި ކުރެހުންތައް ތައްޔާރުކުރުމުގައި އަންނަނިވި ކަންތައްތައް ފުރިހަމަވާންވާނެއެވެ.

  1. ކުރެހުން ހެދުމަށް އެކުލަވާލާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިން ހުރުން؛
  2. އިމާރާތުގެ ކުރެހުމަށް ގެންނަ ބަދަލު ފާސްކުރުމަށް އެދި ހުށަހަޅާއިރު އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިން އާރކިޓެކްޗުރަލް ޑިޒައިން ކުރުމުގެ ހުއްދަ އޮތް ފަރާތަކާއި ސްޓްރަކްޗުރަލް ޑިޒައިން ކުރުމުގެ ހުއްދަ އޮތް ފަރާތެއް އެ ކުރެހުން ތައްޔާރުކޮށް ޒިންމާވާގޮތަށް ހުށަހެޅުން؛
  3. މި މާއްދާގެ (ބ) ގައިވާ ކުރެހުން އާރކިޓެކްޗުރަލް ބައި ޗެކަރެއް ޒިންމާވާގޮތަށް ހުށަހަޅާނަމަ އާރކިޓެކްޓްގެ އިތުރުން އާރކިޓެކްޗުރަލް ޗެކަރެއް ޒިންމާވާ ގޮތަށް ހުށަހެޅުން؛ އަދި
  4. މި މާއްދާގެ (ބ) ގައިވާ ކުރެހުން ސްޓްރަކްޗުރަލް ބައި ޗެކަރެއް ޒިންމާވާގޮތަށް ހުށަހަޅާނަމަ އިންޖިނިއަރުގެ އިތުރުން ސްޓްރަކްޗުރަލް ޗެކަރެއް ޒިންމާވާ ގޮތަށް ހުށަހެޅުން.

(ޅ) މި މާއްދާގެ (ނ) ގެ (3) އަދި (ބ) ގެ (3) އަދި (4) ވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކުރާނީ މެއި 2019 ގެ ނިޔަލަށެވެ. އަދި 1 ޖޫން 2019 އިން ފެށިގެން މި މާއްދާގެ (ނ) ގެ (3) އަދި (ބ) ގެ (3) އަދި (4) ވަނަ ނަންބަރުގެ ބަދަލުގައި ކުރެހުމުގެ ބަދަލު ފާސްކުރުމަށް ހުށަހަޅަންވީ ގޮތްތައް ކަނޑައަޅައި، މެއި 2019 ގެ ނިޔަލަށް މިނިސްޓްރީން އާންމުކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތެއްގެ ކުރެހުމަށް އައިސްފައިވާ ބަދަލު ފާސްކޮށްދިނުން

(ހ) މި ގަވާއިދުގެ 31 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބާވަތް 1 ގެ އިމާރާތެއްގެ ކުރެހުމަށް ގެނެސްފައިވާ ބަދަލު ފާސްކޮށްދިނުމަށް އެދި ހުށަހެޅުމުން، މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތަކުގައި މި ގަވާއިދުގައިވާ ކަންކަން ފުރިހަމަ ވެފައި ވާނަމަ، ކުރެހުމަށް ގެނެސްފައިވާ ބަދަލު ފާސްކޮށްދީ މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއި "ފާސްކޮށްފައިވާ" ސްޓޭމްޕް ޖަހާފައިވާ ބަދަލުގެނެސްފައިވާ ކުރެހުންތަކުގެ އަސްލު ހުއްދަ އަށް އެދި ހުށަހެޅި ފަރާތަށް ހުއްދަ ދޫކުރާ އިދާރާއިން ދޫކުރަންވާނެއެވެ.

(ށ) ބާވަތް 1 ގެ އިމާރާތުގެ ކުރެހުމަށް އައިސްފައިވާ ބަދަލު ފާސްކޮށްދިނުމަށް އެދި މި ގަވާއިދުގައިވާ ފަދައިން ހުށަހެޅުމުން، މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތައް ހުރީ އިމާރާތްކުރުމުގެ ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ ހިލާފަށް ކަމުގައިވާނަމަ ހުއްދައަށް އެދި ހުށަހެޅި ފަރާތަށް މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައިވާ މައުލޫމާތުތައް ހިމެނޭ "އެސެސްމަންޓް ރިޕޯޓް" އެއް ދޫކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބާވަތް 1 ގެ އިމާރާތެއްގެ ކުރެހުން ޗެކްކުރާއިރު އެ ކުރެހުމެއްގައި ބަދަލު ގެނެސްފައިވާ ބައި ޗެކްކުރެވޭނީ އެ ބަދަލު ފާސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ވަގުތުގައި ހިނގަމުންދާ ގާނޫނާއި ގާވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތިން ބާވަތް 1 ގެ އިމާރާތަށް އައި ބަދަލު ފާސްކޮށްދިނުމަށް އެދި ހުށަހަޅާއިރު ބަދަލު ގެނެސް ހުށަހަޅަންޖެހޭނީ މި މާއްދާގެ (ބ) ގައިވާ ހާލަތުގައި މެނުވީ ހަމައެކަނި ބަދަލު ގެންނަ ބައެވެ.

(ބ) މި މާއްދާގައިވާ ގޮތުގެ މަތިން ބާވަތް 1 ގެ އިމާރާތަށް އައި ބަދަލު ފާސްކޮށްދިނުމަށް އެދި ހުށަހަޅާއިރު ބަދަލު ގެނެސްފައިވާ ބައިގެ އިތުރުން އެހެން ބައިތައް އެއިރެއްގައި ހިނގަމުންދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ސަލާމަތީ މިންގަނޑުތަކަށް ނުފެތޭނަމަ ހުއްދަ ދޫކުރާ އިދާރާއިން އެކަމެއް ރަނގަޅުކުރުމަށް އަންގާ އެފަދަ ބަދަލުތަކާ ގުޅޭ ކުރެހުންތައް ހުށަހަޅަން އަންގަންވާނެއެވެ.

(ޅ) މި މާއްދާގައިވާ ގޮތަށް ބާވަތް 1 ގެ އިމާރާތެއްގެ ކުރެހުން ފާސްކުރުމުގައި ފަންނީ ގޮތުން ކުރެވެން ނުހުންނަ ކަންކަމުގައި އަމަލުކުރާނެގޮތް ކަނޑައެޅުމަށްޓަކައި "އިމާރާތްކުރުމާ ގުޅޭ ކޮމިޓީ" އަށް ހުށަހެޅިދާނެއެވެ.

 

33 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތެއްގެ ސޭފްޓީ މިންގަނޑަށް ބަދަލު އައުމުން އެބައި އިސްލާހުކުރުން

(ހ) ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ހިމެނޭ ސިއްހަތާއި ސަލާމަތާ ގުޅޭ ކަމަކަށް އިސްލާހު އައުމުން، އިމާރާތްކުރަން ފަށާފައިނުވާ ބާވަތް 1 ގެ އިމާރާތެއްގެ ފާސްކޮށްފައިވާ ކުރެހުންތައް އިމާރާތްކުރުމުގެ ކުރިއަށް ކުރެހުމަށް ބަދަލު ގެނައުމަށްފަހު ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ.

(ށ) ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ހިމެނޭ ސިއްހަތާއި ސަލާމަތާ ގުޅޭ ކަމަކަށް އިސްލާހު އައުމުން، އިމާރާތްކުރަން ފަށާފައިވާ ބާވަތް 1 ގެ އިމާރާތަކަށް ބޭނުންކުރުމުގެ ހުއްދައަށް އެދޭއިރު އިމާރާތުގެ ސިއްހަތާއި ސަލާމަތާއި ގުޅޭ ކަންތައްތައް ހުންނަންވާނީ އެއިރެއްގައި ހިނގަމުންދާ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ނ) ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ހިމެނޭ ސިއްހަތާއި ސަލާމަތާ ގުޅޭ ކަމަކަށް އިސްލާހު އައުމުން، އިމާރާތްކޮށްފައިވާ ބާވަތް 1 ގެ އިމާރާތްތަކުގެ ސިއްހަތާއި ސަލާމަތާއި ގުޅޭ ކަންތައްތައް އެއިރެއްގައި ހިނގަމުންދާ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ބަދަލު ކުރެވެން ހުންނަ ކަންތައްތައް އިސްލާހުކުރަންވާނެއެވެ.

(ރ) ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ހިމެނޭ ސިއްހަތާއި ސަލާމަތާ ގުޅޭ ކަމަކަށް އިސްލާހު އައުމުން، އިމާރާތްކޮށްފައިވާ ބާވަތް 1 ގެ އިމާރާތްތަކުގެ ސިއްހަތާއި ސަލާމަތާއި ގުޅޭ ކަންތައްތައް އެއިރެއްގައި ހިނގަމުންދާ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ބަދަލު ކުރެވެން ނުހުންނަ ކަންކަން އިސްތިސްނާކުރުމަށްޓަކައި "އިމާރާތްކުރުމާގުޅޭ ކޮމިޓީ" އަށް ހުށަހަޅަންވާނެއެވެ. 

 

34 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތަކަށް އިމާރާތްކުރާ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ވެވޭ އެއްބަސްވުން ފުރިހަމަކުރުން

(ހ) ބާވަތް 1 ގެ އިމާރާތެއް އިމާރާތްކުރުމުގެ މަސައްކަތެއް ކުރަމުންދާއިރު ސައިޓުގެ ހުރިހާ ސިއްހީ އަދި ސަލާމަތީ ކަންތައްތަކެއްގެ ޒިންމާ ނަގާނެ ފަރާތެއް އައްޔަންކުރާނަމަ، "ބާވަތް 1 ގެ އިމާރާތެއް އިމާރާތްކުރާ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ވެވޭ އެއްބަސްވުން" އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެކުލަވާލާ އިމާރާތްކުރާ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ވެވޭ އެއްބަސްވުމުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސައިޓުގެ ސަލާމަތާއި ރައްކައުތެރިކަމުގެ ޒިންމާ ނެގުމަށް އައްޔަންކުރާ ފަރާތަށް ވާންވާނީ ތަނުގެ ވެރިފަރާތް ނުވަތަ އިމާރާތްކުރުވާ ފަރާތް ނުވަތަ ތަނުގައި މަސައްކަތް ކުރާ ފަރާތުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިމާރާތްކުރާ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ވެވޭ އެއްބަސްވުމުގެ ނަމޫނާ މިނިސްޓްރީން އާންމުކޮށް ލިބޭނޭ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން "އިމާރާތްކުރާ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ވެވޭ އެއްބަސްވުން" ހުށަހަޅާފައިނުވާ ހާލަތްތަކުގައި ސައިޓުގެ ސަލާމަތާއި ރައްކައުތެރިކަމުގެ ޒިންމާ ނަގާފައިވާ ފަރާތެއް ކަމުގައި ބަލާނީ ގޭގެ ވެރިފަރާތެވެ.

(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން "އިމާރާތްކުރާ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ވެވޭ އެއްބަސްވުން" ހުށަހަޅާފައިނުވާ ހާލަތްތަކުގއި ސައިޓުގެ ސަލާމަތާއި ރައްކައުތެރިކަމުގެ ޒިންމާ ނަގާފައިވާ ފަރާތެއް ކަމުގައި ބަލާނީ އެއްބަސްވުމަކުން އެ ޒިންމާ އެހެން ފަރާތަކާ ހަވާލުކޮށްފައިވާނަމަ އެ ޒިންމާ ހަވާލުވެފައިވާ ފަރާތެވެ. 

 

35 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތެއް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން 

(ހ) މި ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އިމާރާތުގެ ބާވަތް 1 ގެ ކުރެހުން ފާސްކުރުމަށްފަހު، އިމާރާތްކުރުމުގެ ހުއްދައަށް އެދިފައިވާނަމަ، އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ ކުރިން ހުރިހާ ލިޔެކިއުންތައް ހުރީ އިމާރާތްކުރުމުގެ ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ތޯ އާއި ކުރެހުން ސެޓު ފާސްވެފައިވޭތޯ ބަލައި ޗެކުކުރަންވާނެއެވެ.

(ށ) ހުއްދައަށް އެދި ހުށަހެޅި ފަރާތުން އިމާރާތްކުރުމުގެ ހުއްދައަށް އެދިފައިވަނީ ކުރެހުން ފާސްކުރުމަށާއި އެކުގައި ކަމުގައިވާނަމަ "ބާވަތް 1 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދަ" ދޫކުރަންވާނީ އެފަރާތަކުން ހުށަހަޅާފައިވާ ކުރެހުން މި ގަވާއިދުގެ 25ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން ޗެކްކުރުމާއެކު މި ގަވާއިދުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފާސްވުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަ ތި ން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތައް ހުރީ ކަމާ ގުޅޭ ގަވާއިދުތަކާ އެއްގޮތަށް ކަމުގައިވާނަމަ "ބާވަތް 1 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދަ"، ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ. 

 

36 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތައް އިމާރާތް ކުރު މުގެ ހުއްދަ ދޫކުރުން

(ހ) މި ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އިމާރާތުގެ ބާވަތް 1 ގެ ކުރެހުން ފާސްކުރުމަށްފަހު، އިމާރާތްކުރުމުގެ ހުއްދައަށް އެދިފައިވާނަމަ، އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ ކުރިން ހުރިހާ ލިޔެކިއުންތައް ހުރީ އިމާރާތްކުރުމުގެ ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ތޯ އާއި ކުރެހުން ސެޓު ފާސްވެފައިވޭތޯ ބަލައި ޗެކުކުރަންވާނެއެވެ.

(ށ) ހުއްދައަށް އެދި ހުށަހެޅި ފަރާތުން އިމާރާތްކުރުމުގެ ހުއްދައަށް އެދިފައިވަނީ ކުރެހުން ފާސްކުރުމަށާއި އެކުގައި ކަމުގައިވާނަމަ "ބާވަތް 1 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދަ" ދޫކުރަންވާނީ އެފަރާތަކުން ހުށަހަޅާފައިވާ ކުރެހުން މި ގަވާއިދުގެ 25ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން ޗެކްކުރުމާއެކު މި ގަވާއިދުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފާސްވުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަ ތި ން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތައް ހުރީ ކަމާ ގުޅޭ ގަވާއިދުތަކާ އެއްގޮތަށް ކަމުގައިވާނަމަ "ބާވަތް 1 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދަ"، ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތައް ހުރީ ކަމާ ގުޅޭ ގަވާއިދުތަކާހިލާފަށް ކަމުގައިވާނަމަ، ކުރެހުމާއި ލިޔެކިއުންތަކުގައި ހުރި މައްސަލަތައް ލިޔުމުން ބަޔާންކޮށް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ބ) އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކުރެހުމަކީ ކުރިން ފާސްކޮށްފައިވާ ކުރެހުމަކަށް ނުވުމާއެކު، މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޗެކުކުރާއިރު، ކުރެހުން ފާސްކުރުމާއި ގުޅޭ ލިޔެކިއުންތަކާއި ކުރެހުންތައް ހުރީ ކަމާ ގުޅޭ ގަވާއިދުތަކާ ހިލާފަށް ކަމުގައިވާނަމަ، މި ގަވާއިދުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކުރެހުމާއި ލިޔެކިއުންތަކުގައި ހުރި މައްސަލަތައް ބަޔާންކޮށް 25 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައިވާ މައުލޫމާތުތައް ހިމެނޭ އެސެސްމަންޓް ރިޕޯޓެއް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.

 

37 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތަކަށް އިމާރާތްކުރުމުގެ ހުއްދައަށް ހުށަހަޅާފައިވާ ލިޔެކިޔުން އިސްލާހުކުރުން

(ހ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގެ (1) ގައިވާ ގޮތުގެ މަތިން ބާވަތް 1 ގެ އިމާރާތެއްގެ ކުރެހުން ފާސްކުރުމަށްފަހު، އިމާރާތްކުރުމުގެ ހުއްދަ އަށް އެދި ހުށަހެޅުމުން، ހުށަހަޅާ ލިޔެކިއުންތަކުގައި މިގަވާއިދުގެ 36 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުން އިސްލާހުކުރުމަށް އެންގުމުން، އަލުން އިސްލާހުކޮށް މި ގަވާއިދުގެ 119 ވަނަ މާއްދާގައިވާ ފީ އާއެކުގައި ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ހުށަހަޅާފައިވާ ހުށަހެޅުމެއް، މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޗެކްކުރުމުން ހުށަހަޅާފައިވާ ލިޔެކިއުމާއި ކުރެހުމުގައި މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ކަންކަން ފުރިހަމަވެފައިވާނަމަ މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން "ބާވަތް 1 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދަ" ދޫކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިސްލާހުކޮށް ހުށަހަޅާ ހުށަހެޅުން، މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތަކުގައި މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ކަންކަން ފުރިހަމަވެފައި ނުވާނަމަ، ކުރެހުމާއި ލިޔެކިއުންތަކުގައި ހުރި މައްސަލަތައް ބަޔާންކޮށް ލިޔުމަކުން ކުރެހުން ފާސްކުރުމަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ކުރެހުމާއި ލިޔެކިއުންތަކުގައި ހުރި މައްސަލަތައް އެންގުމުން ކުރެހުމާއި ލިޔެކިއުންތައް އިސްލާހުކުރުމަށްފަހު މި ގަވާއިދުގެ 35 ވަނަ މާއްދާ އާއި އެއްގޮތްވާ ގޮތުގެ މަތިން އަލުން ހުށަހެޅިދާނެއެވެ. 

 

38 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތެއްގެ އިމާރާތްކުރުމުގެ ހުއްދަ އައުކޮށްދިނުމަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 36 ވަނަ މާއްދާގެ ދަށުން ބާވަތް 1 ގެ އިމާރާތަކަށް ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ނަމަ، އަންނަނިވި ތަކެއްޗާއެކު ހުއްދަ އައު ކުރުމަށް އެދި ހުށަހެޅިދާނެއެވެ.

  1. 1 ޖޫން 2019 އިން ފެށިގެން މިނިސްޓްރީން އާންމުކުރާ "ބާވަތް 1 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފޯމު"؛
  2. ފާސްކޮށްފައިވާ މުއްދަތު ހަމަނުވާ ކުރެހުން ސެޓު؛
  3. "ބާވަތް 1 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފޯމު" އާއެކު ހުށަހަޅަންޖެހޭ ތަކެތި؛ ؛
  4. ކުރެހުން ފާސްކުރިކަމުގެ މުއްދަތު ހަމަނުވާ ލިޔުން؛
  5. "އިމާރާތްކުރާ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ވެވޭ އެއްބަސްވުން"؛ އަދި
  6. މި ގަވާއިދުގެ 119 ވަނަ މާއްދާގައިވާ ފީ.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ބާވަތް 1 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފޯމު" މިނިސްޓްރީން މެއި 2019 ގެ ނިޔަލަށް އާންމުކުރަންވާނެއެވެ.

(ނ) ބާވަތް 1 ގެ އިމާރާތެއްގެ އިމާރާތްކުރުމުގެ ހުއްދަ އައު ކުރުމަށް އެދި ހުށަހަޅާއިރު ކުރެހުން ފާސްކުރިކަމުގެ ލިޔުން އައުކޮށްފައިނުވާނަމަ، މި ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތަށް ކުރެހުން ފާސްކުރިކަމުގެ ލިޔުން އައު ކުރުމަށާއެކު ހުށަހެޅިދާނެއެވެ.

39 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތެއް އިމާރާތްކުރުމުގެ ހުއްދަ އައުކޮށްދިނުން 

ބާވަތް 1 ގެ އިމާރާތެއް އިމާރާތްކުރުމުގެ ހުއްދަ އައުކޮށްދިނުމަށް އެދި ހުށަހެޅުމުން، މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތައް ހުރީ މި ގަވާއިދާ އެއްގޮތަށް ކަމުގައިވާނަމަ އިމާރާތްކުރުމުގެ ހުއްދަ މި ގަވާއިދުގެ 111 ވަނަ މާއްދާގައިވާ މުއްދަތަށް އައުކޮށްދިނުމާއެކު، "ބާވަތް 1 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދަ" ހުއްދަ ދޫކުރާ އިދާރާއިން ދޫކުރަންވާނެއެވެ. 

 

40 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތެއްގެ އިމާރާތްކު ރުމުގެ ހުއްދަ ބަދަލުކުރުމަށް އެދި ހުށަހެޅުން

ބާވަތް 1 ގެ އިމާރާތަކަށް ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދަ ބަދަލުކުރެވޭނީ މި ގަވާއިދުގެ 31 ވަނަ މާއްދާގައިވާގޮތުގެ މަތިން އިމާރާތުގެ ކުރެހުމަށް އައިސްފައިވާ ބަދަލު ފާސްކޮށްދިނުމަށް އެދި ހުށަހެޅު މުން، "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" މި ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން އެފަރާތަކަށް އައުކޮށްދޭ ހާލަތްތަކުގައެވެ.މި މާއްދާގައިވާ ގޮތުގެ މަތިން ހުއްދަ އައުކޮށްދޭ ހާލަތުގައި ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ކުރިން ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދަ ބާތިލުކޮށް، އެފަރާތަށް މި ގަވާއިދުގެ 111 ވަނަ މާއްދާގައިވާ މުއްދަތަށް އިމާރާތްކުރުމުގެ އައު ހުއްދައެއް ހުއްދަ ދޫކުރާ އިދާރާއިން ދޫކުރަންވާނެއެވެ.

 

41 ވަނަ މާއްދާ - އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ހެދުން

ތިމާވެއްޓަށް ލިބޭ ގެއްލުން ވަޒަން ކުރުމަށް ކުރާ ދިރާސާ ކުރަންޖެހޭނެ ކަމަށް ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ނުވަތަ ގާނޫނު ނަންބަރު 1993-04 ގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އިމާރާތްކުރުމުގެ ހުއްދަ ލިބުމުން އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ހެދުމަށްފަހު އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީން ހުއްދަ ހޯދަންވާނެއެވެ.

 

ހަތަރު ވަނަ ބާބު

ބާވަތް 1 ގެ އިމާރާތްތައް އިމާރާތްކުރުމާއި އިމާރާތްކުރުމާ ގުޅިގެން ނަގަން ޖެހޭ އެހެން ހުއްދަތައް

42 ވަނަ މާއްދާ - މި ބާބަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން މި ބާބު މާލޭގައި ހަދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގެ މައްޗަށް ހިނގާނެއެވެ.

(ށ) މާލެ ފިޔަވައި އެހެން ތަންތަނުގައި 1 ޖޫން 2019 އިން ފެށިގެން މި ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.

 

43 ވަނަ މާއްދާހުއްދަ ނެތި ބާވަތް 1 ގެ އިމާރާތަކަށް ނުވަތަ ތަނަކަށް ބަދަލު ގެނައުން މަނާކުރުން

(ހ) ބާވަތް 1 ގެ އިމާރާތަކަށް ނުވަތަ ބާވަތް 1 ގެ އިމާރާތެއްގެ ބަޔަކަށް ބަދަލެއް ގެނައުމަށް ބޭނުންވެއްޖެނަމަ، ގެންނަން ބޭނުންވާ ބަދަލުތަކާގުޅޭ ކުރެހުންތަކާއި ލިޔުންތައް ތައްޔާރުކުރުމަށްފަހު، ހުއްދަ ދޫކުރާ އިދާރާއަކަށް ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ގަބޫލުކޮށް، ހުއްދަ ދޫކުރަންވާނީ އެ ބަދަލަކީ، އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެހެން ގާނޫނެއް ނުވަތަ ގާނޫނެއްގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ބިލްޑިންގ ކޯޑަށް ފެތޭ ބަދަލަކަށް ވާނަމައެވެ.

(ނ) ބާވަތް 1 ގެ އިމާރާތެއްގެ ވެރިފަރާތުން ނުވަތަ އެ ތަނެއް ބޭނުންކުރާ ފަރާތަކުން، އެ ތަނެއް އިމާރާތް ކުރުމަށްޓަކައި ދޫކޮށްފައިވާ ހުއްދައާއި ފާސްކޮށްފައިވާ ކުރެހުންތަކާއި ހިލާފަށް، އިމާރާތް ނުވަތަ ތަނެއް ނުވަތަ އެއިންތަނަކުން ބައެއްވިޔަސް، ނަގައި، ބަދަލުކޮށް، ބަންދުކޮށް ނުވަތަ ހުރަހެއް ކުރިމަތިވާ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާކަން ނުވަތަ ކޮށްފިކަން، އެއްވެސް ފަރާތަކަށް ފެނިއްޖެނަމަ ނުވަތަ އެނގިއްޖެނަމަ، ހުއްދަ ދޫކުރާ އިދާރާއަށް އެކަން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހުއްދަ ދޫކުރާ އިދާރާއަށް އެނގިއްޖެނަމަ، އެ ކަމެއް އެ ހުއްދަ ދޫކުރާ އިދާރާއަކުން ބަލާ ޔަގީންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގައިވާ ފަދަ ގޮތަށް އަމަލުކޮށްފިނަމަ އެއިމާރާތެއްގެ ނުވަތަ އެތަނެއްގެ ވެރިފަރާތަށް، އެކަން ރަނގަޅު ކުރުމަށް ހުއްދަ ދޫކުރާ އިދާރާއިން ލިޔުމުން އަންގަންވާނެއެވެ.

(ކ) މިމާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ރަނގަޅުކުރުމަށް އަންގާ އެންގުމަކީ މިމާއްދާގެ (ނ) ގައިވާ ފަދަ ތަނަކުން އެ ހިދުމަތް ދިނުމަށް ނުވަތަ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނުވަތަ ބަދަލެއް ގެނައުމަށް އަންގާ އެންގުމެކެވެ.

(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުރުމަށް އަންގާ މަސައްކަތެއް ކުރުމަށް ނުވަތަ ގެނައުމަށް އަންގާ ބަދަލެއް ގެނައުމަށް ހިނގާ އެންމެހައި ހަރަދުތަކުގެ ޒިންމާ އުފުލަންވާނީ އިމާރާތުގެ ވެރިފަރާތުންނެވެ.

 

44 ވަނަ މާއްދާއިމާރާތް ކުރުމުގެ ހުއްދަ އެއް ނެތި ބާވަތް 1 ގެ އިމާރާތެއް އިމާރާތް ކުރެވިދާނެ ހާލަތްތައް

(ހ) ތިރީގައިވާ ބާވަތް 1 ގެ އިމާރާތެއް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމަށް މި ގަވާއިދުގައި ބަޔާންކުރާ އިމާރާތްކުރުމާގުޅޭ ހުއްދަތައް ނަގާކަށް ނުޖެހޭނެއެވެ.

  1. އަންނަނިވި ކޮންމެ މަސައްކަތެއް؛
    (i) ދިރިއުޅުމުގެ ބޭނުމަށް ނުވަތަ އޮފީސް ހެދުމަށް ނުވަތަ ވިޔަފާރީގެ ބޭނުމަކަށް ނުހިމެނޭ ގޮތަށް ގެއެއްގެ ސްޓޯރު، ކުނި އަޅާތަން، ގަރާޖު، ޕާރކިންގ ފަދަ ކަމަކަށް ނުވަތަ އެފަދަ އެހެން ކަމަކަށް އިމާރާތުގެ މައިގަނޑު ސްޓްރަކްޗަރ (އޮނިގަނޑު) އާއި ގުޅިފައިނުވާ ގޮތަށް އެއްބުރި އަދި 15 (ފަނަރަ) ފޫޓަށްވުރެ ތިރިކޮށް ބިންމަތީގައި ތަނެއް އިމާރާތްކުރުން؛
    (ii) އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިމާރާތެއްގެ އޮނިގަނޑަށް ބަދަލު ނުގެނެސް އެ އިމާރާތެއްގެ އެތެރެއަށް ކުދި ކުދި ބަދަލުތައް ގެނައުން.
  2. އިމާރާތްކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގައި ހުއްދަނެގުން އިސްތިސްނާވާކަމަށް ބަޔާންކޮށްފައިވާ ކުއްލި ހާލަތްތަކުގައި ކުރާ އިމާރާތުގެ ބާވަތް 1 ގެ އިމާރާތްކުރުމުގެ މަސައްކަތްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކުރާފަދަ އެއްވެސް މަސައްކަތެއް އެއްވެސް ފަރާތަކުން ކުރާނަމަ، އެ މަސައްކަތެއް ފެށިތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން އިމާރާތް ކުރުމަށް ހުއްދަ ދޫކުރާ އިދާރާއަށް އެފަރާތުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މަސައްކަތެއް ކޮށްފައިވާ ފަރާތެއް، އެ މަސައްކަތެއް ނިމޭތާ 30 (ތިރީސް) ދުވަސް ތެރޭގައި މި ގަވާއިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ބާވަތް 1 ގެ އިމާރާތަށް މަސައްކަތް ގަބޫލުކުރާކަމުގެ ހުއްދަ" (ސެޓްފިކެޓް އޮފް އެކްސެޕްޓެންސް) ހޯދުމަށް އެދި ހުށަހަޅަންވާނެއެވެ. 

(ރ) މި މާއްދާގެ ދަށުން ހުއްދަ ނެގުމަށް އިސްތިސްނާ ދީފައިވީނަމަވެސް، އެތަންތާނގައި އިމާރާތްކުރަންވާނީ އިމާރާތްކުރުމުގެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޕްލޭނިންގ ގާނޫނާއި ގަވާއިދުތަކާއި އެހެނިހެން ގާނޫނުތަކަށް ފެތޭ ގޮތަށެވެ.

 

45 ވަނަ މާއްދާ - ހާއްސަ ހާލަތްތަކުގައި "ބާވަތް 1 ގެ އިމާރާތަށް މަސައްކަތް ގަބޫލުކުރާކަމުގެ ހުއްދަ" ދޫކުރުން

(ހ) އިމާރާތްކުރުމުގެ ގާނޫނާއި މި ގަވާއިދު އަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ ބާވަތް 1 ގެ އިމާރާތްތަކާއި ހުއްދައެއް ނެތި އިމާރާތް ކޮށްފައިވާ އިމާރާތަކަށް ހުއްދަ ހޯދުމަށް އެދުމުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ އިމާރާތަކަށް "ބާވަތް 1 ގެ އިމާރާތަށް މަސައްކަތް ގަބޫލުކުރާކަމުގެ ހުއްދަ" (ސެޓްފިކެޓް އޮފް އެކްސެޕްޓެންސް ފޮރ ބިލްޑިންގްސް ޓައިޕް 1،) އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން ދޫކުރެވިދާނެއެވެ.

  1. އެ މަސައްކަތަކީ އިމާރާތްކުރުމުގެ ގާނޫނާއި މި ގަވާއިދު ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ މަސައްކަތަކަށް ވުން؛
  2. މި ގަވާއިދުގެ 12 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، އިމާރާތް ކުރުމުގެ ހުއްދަ ނުހޯދައި ކޮށްފައިވާ މަސައްކަތަކަށް ވުން؛ ނުވަތަ
  3. އެ މަސައްކަތަކީ މި ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ މަސައްކަތަކަށް ވުން.

(ށ) މި މާއްދާގެ (ހ) ދަށުން ދޫކުރާ "ބާވަތް 1 ގެ އިމާރާތަށް މަސައްކަތް ގަބޫލުކުރާކަމުގެ ހުއްދަ" ހޯދުމަށް އެދި ހުށަހަޅާއިރު، އިމާރާތް ހެދިފައި ހުރިގޮތް ބަޔާންކޮށް، ތިރީގައި ބަޔާންކޮށްފައިވާ ކުރެހުންތަކާއި ލިޔުންތަކާއި ތަފުސީލާއެކު، "ބާވަތް 1 ގެ އިމާރާތަށް މަސައްކަތް ގަބޫލުކުރާ ކަމުގެ ހުއްދަ" ހޯދުމަށްޓަކައި ހުއްދަ ދޫކުރާ އިދާރާއަކަށް ހުށަހަޅަންވާނެއެވެ.

  1. 1 ޖޫން2019 ގެ ފަހުން "ބާވަތް 1 ގެ އިމާރާތަށް މަސައްކަތް ގަބޫލުކުރާ ހުއްދަ"އަށް ފޯމު ހުށަހެޅުން؛
  2. ގޯތީގެ ރަޖިސްޓްރީގެ ކޮޕީ؛
  3. ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  4. ރަޖިސްޓްރީ ނެތްނަމަ ބިމުގެ ވެރިފަރާތް ނުވަތަ ބިން ހަވާލުކޮށްފައިވާ ފަރާތްކަން ކަށަވަރުކޮށްދޭ ލިޔުމެއް؛
  5. ތިރީގައި ބަޔާންކޮށްފައިވާ ކުރެހުންތަކާއި ތަފްސީލުތަކާއި ލިޔެކިއުންތައް؛
    1. މިނިސްޓްރީން ރަށްރަށުގެ ޗާޓު އާންމުކޮށްފައިވާ ރަށްރަށަށް އިމާރާތްކުރަން ކަނޑައަޅާފައިވާ ތަން ހުރި ހިސާބު އަންގައިދޭ ކުރެހުން ނުވަތަ ލޮކޭށަން ޕްލޭން ؛
    2. ސައިޓް ޕްލޭން؛
    3. ފްލޯރ ޕްލޭންތައް؛
    4. ފްރަންޓް އެލިވޭށަން؛
    5. މަދުވެގެން 1 ސައިޑް އެލިވޭށަން؛
    6. ރޫފް ޕްލޭން؛
    7. އިމާރާތުގެ ސެކްށަން؛
    8. ޑޯ ވިންޑޯ ށެޑިއުލް؛
    9. ށެޑިއުލް އޮފް ވެންޓިލޭށަން؛
    10. ފައުންޑޭށަން ޕްލޭން؛
    11. ފްލޯރ ސްޓްރަކްޗަރ؛
    12. ރޫފް ސްޓްރަކްޗަރ؛
    13. ބެލްކަނި، ސިޑި އަދި ޓެރަސް ފަދަ ތަންތަނުގައި ޖަހާ ޗެންޗޭނުގެ ތަފްސީލު؛
    14. ސްޓްރަކްޗަރ ގެ ތަފްސީލުތައް؛
    15. ފައުންޑޭށަންގެ ފުންމިން ދައްކުވައިދޭ ކުރެހުން؛
    16. ފަޔަރ ސޭފްޓީ ހުއްދައަށް ހުށަހަޅަންޖެހޭ ތަންތަނުގެ އަލިފާން ނިވާ ނިޒާމުގެ ކުރެހުން؛
  6. ފައުންޑޭށަން ޕްރޮޓެކްށަން މެތަޑް؛
  7. 18 (އަށާރަ) މީޓަރު ނުވަތަ 5 (ފަހެއް) ފަންގިފިލާއަށްވުރެ އުސް ތަންތަނަށް ވިށުއަލް ސޮއިލް އިންސްޕެކްށަން ރިޕޯޓު؛
  8. މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީގެ އިއުތިރާޒުނެތްކަމުގެ ލިޔުން؛
  9. ކުރެހުންތަކުގެ ތެރެއިން ފްލޯޕްލޭންތަކާއި ޑޯ-ވިންޑޯ ށެޑިއުލް (ދޮރުތަކުގެ މިންތައް ދައްކުވައިދޭ ކުރެހުން) ގެ ސޮފްޓް ކޮޕީ (އޮޓޯކެޑް ފައިލް(
  10. މުޅި ކުރެހުން ސެޓުގެ ޕީ.ޑީ.އެފް. އެއް؛
  11. ކަލްކިއުލޭށަން ސެޓު؛
  12. މިނިސްޓްރީން ހުށަހަޅަންޖެހޭނެކަމަށް ކަނޑައަޅާ އާންމުކުރާ ޗެކްލިސްޓު؛
  13. ޗެކަރެއް ހިމެނޭގޮތަށް ހުށަހަޅަންޖެހޭ ކުރެހުމެއްގައި ނަމަ މުޅި ކުރެހުންސެޓުގައި ސްޓޭމްޕް ޖަހާފައިވުން؛
  14. ޗެކަރެއް ހިމެނޭގޮތަށް ހުށަހަޅަންޖެހޭ ކުރެހުމެއްނަމަ ނަމަ ޗެކަރުން އެ ކުރެހުމަށް ތައްޔާރުކޮށްފައިވާ ސެޓްފިކެޓު؛
  15. ފަންނީ ފަރާތަކުން ތިރީގައިވާ ކަންކަން ހިމެނޭގޮތަށް އެކުލަވާލާފައިވާ ރިޕޯޓު.
    1. އިމާރާތުގެ ބައިތައް އިމާރާތްކޮށްފައިވާ މުއްދަތުތައް؛
    2. އެ މުއްދަތު ތަކުގައި ހިނގަމުންދިޔަ ގަވާއިދުތަކަށް ފެތޭ މިންވަރު؛
    3. އިމާރާތުގެ ސްޓްރަކްޗަރ މިހާރު ހުރި ހާލާތް؛
    4. މިވަގުތު ހިނގަމުންދާ ސަލާމާތި މިންގަނޑުތަކަށް ފެތޭ މިންވަރު؛
  16. މި ގަވާއިދުގެ 45 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްނަމަ، އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވާ ތާރީހު އަދި މެދުކެނޑިފައިވާނަމަ މެދުކެނޑުނު މުއްދަތާއި އަލުން ފަށާފައިވާ ތާރީހުތައް އެނގޭނޭ ހެކި ހުރި ނަމަ ވެރިފަރާތުން ހެކި ހުށަހެޅުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަންނީ ފަރާތަކުން ތައްޔާރުކުރާ ރިޕޯޓުގައި، ތަނުގެ ފެންވަރާއި، މިންގަނޑާއި، ސްޓްރަކްޗަރގެ މައިގަނޑު ބައިތަކާއި، އެބައިތަކުގެ ތަފުސީލާއި، އިމާރާތުގެ މައިގަނޑު ބައިތައް ހެދިފައިހުރި މެޓީރިއަލްތަކުގެ މައުލޫމާތު ހިމަނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (1) ގައި ބަޔާން ކޮށްފައިވާ ހާލަތުގައި "މަސައްކަތް ގަބޫލުކުރާ ހުއްދަ" ދޫކުރަންވާނީ، މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅުމުން، އެ ރިޕޯޓަށް ރިއާޔަތް ކުރުމަށްފަހު، އެ ތަނަކީ ސަލާމަތާއި ރައްކައުތެރިކަމުގެ ގޮތުން، ބޭނުން ކުރުމަށްޓަކައި އެކަށީގެންވާ ތަނަކަށްވުމާއެކު އިމާރާތް ކޮށްފައިވާތަން އިމާރާތްކުރުމުގެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޕްލޭނިންގ ގާނޫނާއި ގަވާއިދުތަކާއި އެހެނިހެން ގާނޫނުތަކަށް ފެތޭ ތަނަކަށް ވާނަމައެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ބަލާބެލުމަށްފަހު، ހުއްދަ ހޯދުމަށް ހުށަހަޅާފައިވާ ތަނަކީ ގަވާއިދަށް ފެތޭ ތަނަކަށް ނުވާނަމަ، އެކަމެއް ނުވަތަ ކަންތައްތަކެއް ރަނގަޅު ކުރުމަށް މަސައްކަތުގެ ކުޑަބޮޑުމިނަށް ބަލާ ރަނގަޅުކުރަންވީ މުއްދަތެއް ކަނޑައަޅައި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ޅ) "ބާވަތް 1 ގެ އިމާރާތަށް މަސައްކަތް ގަބޫލުކުރާކަމުގެ ހުއްދަ" އަށް އެދި ހުށަހަޅަންޖެހޭ ފޯމުގައި، "ބާވަތް 1 ގެ އިމާރާތަށް މަސައްކަތް ގަބޫލުކުރާ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ތަކެތި" ގެ ލިސްޓު ބަޔާންކޮށްފައިވާނެއެވެ. އަދި "ބާވަތް 1 ގެ އިމާރާތަށް މަސައްކަތް ގަބޫލުކުރާކަމުގެ ހުއްދަ" އައިގެ ނަމޫނާ މެއި 2019 ގެ ނިޔަލަށް މިނިސްޓްރީން އާންމުކުރަންވާނެއެވެ.

 

46 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތުގެ ސްޓްރަކްޗަރގެ މަސައްކަތް މެދުކެނޑުމުން އަލުން ހުއްދަ ނަގަންޖެހޭ ހާލަތް

(ހ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ އިމާރާތްކުރުމުގެ ހުއްދައިގެ ދަށުން ބާވަތް 1 ގެ އިމާރާތެއްގެ ސްޓްރަކްޗަރގެ މަސައްކަތެއް ކުރަންފަށައި، ފުރިހަމަ ނުކޮށް 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް މެދު ކެނޑިއްޖެނަމަ، ދެން މަސައްކަތް ފަށައި ކުރިއަށް ގެންދިއުމުގެ ކުރިން އަލުން ހުއްދަ ހޯދަންވާނެއެވެ.

(ށ)

  1. މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ހޯދުމަށް އަލުން ހުށަހަޅާއިރު، އެ މަސައްކަތެއް މެދުކެނޑުނު ސަބަބާއި، އަލުން ހުއްދަ ހޯދުމަށް ހުށަހަޅާއިރު ތަނުގެ ހަލާތު ހުރިގޮތް ބަޔާންކޮށް އެކުލަވާލާ ރިޕޯޓުގައި ބަޔާންކޮށްދޭންވާނެއެވެ.
  2. މި މާއްދާގެ (ށ) ގެ (1) ގައިވާ ގޮތުގެ މަތިން އެކުލަވާލާ ރިޕޯޓު ވާންވާނީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ އިންޖިނިއަރެއް ސޮއިކޮށްފައިވާ ރިޕޯޓަކަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ހޯދުމަށް، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއެކު އަދި މި ގަވާއިދާއި ބިލްޑިންގ ކޯޑާއި އިމާރާތް ކުރުމާއި ގުޅޭގޮތުން ހެދިފައި ހުރި އެހެން ގަވާއިދު ތަކާއި ތައާރުޒު ނުވާގޮތަށް ހުށަހަޅައިފިނަމަ، އެ ހުއްދައެއް ދޫކުރަންވާނެއެވެ. 

 

47 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތެއް ތަޅާލަން ހުއްދަ ނެގުން

(ހ) އިމާރާތެއް ތަޅާލުމުގެ އެއްވެސް މަސައްކަތެއް ކުރަންވާނީ ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅައި އިމާރާތް ތަޅާލުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ހުއްދައަށް އެދި ހުށަހަޅާއިރު އެ ތަނެއްގައި ހުރި ކަރަންޓާއި، ޓެލެފޯނާއި ފާހާނާ އާއި ފެން ފަދަ ހިދުމަތްތައް ދޭ ފަރާތްތަކުން އަންގާ ގޮތެއްގެ މަތިން އެ ހިދުމަތްތަކާ ގުޅޭ ކަންތައްތައް ހަމަޖައްސައި އެފަދަ ހިދުމަތްތައް ދޭ ފަރާތްތަކުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދައަށް އެދި 1 ޖޫން 2019 އިން ފެށިގެން ހުށަހަޅަންވާނީ "ބާވަތް 1 ގެ އިމާރާތް ތަޅާލުމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހުގައެވެ. މި ފޯމުގެ ނަމޫނާ މިނިސްޓްރީން މެއި 2019 ގެ ނިޔަލަށް އާންމުކުރަންވާނެއެވެ. 

 

48 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތެއްގެ އިމާރާތްކުރުމުގެ މަސައްކަތެއްގައި ކޮނުމުގެ ނުވަތަ ފައުންޑޭށަންގެ މަސައްކަތް ކުރުން

(ހ) ބާވަތް 1 ގެ އިމާރާތެއް، އިމާރާތްކުރުމަށްޓަކައި ފައުންޑޭށަން އެޅުމަށް ނުވަތަ އިމާރާތްކުރުމުގެ މަސައްކަތަކަށް ބިން ކޮންނަންވާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން "ފައުންޑޭށަން ޕްރޮޓެކްށަން މެތަޑް" ބޭނުންކޮށްގެންނެވެ.

(ށ) މާލޭގައި ބާވަތް 1 ގެ އިމާރާތެއްގެ ފައުންޑޭށަން އެޅުމުގެ މަސައްކަތެއް ކުރަންވާނީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކުރެވިފައިވާ އިންޖިނިއަރެއްގެ، ނުވަތަ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީކޮށްފައިވާ ކޮންޓްރެކްޓަރެއްގެ ދަށުން މަސައްކަތް ކުރާ އިންޖިނިއަރެއްގެ ބެލުމުގެ ދަށުންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ފައުންޑޭށަންގެ މަސައްކަތް ކުރާއިރު ފައުންޑޭށަންގެ ވަކިވަކި މަސައްކަތެއް ކުރީ ކޮންބައެއް ކަމާއި އެމަސައްކަތް ކުރީ ކޮން އިންޖީނިއަރެއްގެ ބެލުމުގެ ދަށުން ކަން އެނގޭނޭ ގޮތަށް މަސައްކަތުގެ ތަފްސީލު ލިޔެ ލޮގެއް މަސައްކަތް ހަވާލުވި ފަރާތުން ބަލަހައްޓަންވާނެއެވެ.

(ރ) މާލޭގައި ހަދާ ބާވަތް 1 ގެ އިމާރާތްތަކުގައި ފައުންޑޭށަންގެ މަސައްކަތް ކުރެވޭނީ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.

(ބ) މާލެ ފިޔަވާ އެހެން ތަނެއްގައި އިމާރާތްކުރުމުގައި ފައުންޑޭށަން މަސައްކަތް ކުރުމަށް މި މާއްދާގެ (ށ) އަދި (ރ) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކެއް އައްޔަންކުރާކަށް ނުޖެހޭނެއެވެ.

(ޅ) ބާވަތް 1 ގެ އިމާރާތެއްގެ ފައުންޑޭށަން އެޅުމުގެ އަދި ބިން ކޮނުމުގެ މަސައްކަތް ކުރަންވާނީ ވަށައިގެން ހުރި ގޭގެއާއި ތަންތަނަށް ގެއްލުން ނުވާނެ ގޮތަށް، އެކަށީގެންވާ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

(ކ) ބާވަތް 1 ގެ އިމާރާތެއް އިމާރާތްކުރުމުގެ މަސައްކަތް ކުރާއިރު، އިންވެގެން އިމާރާތެއް ނުވަތަ ބިނާއެއްވާނަމަ އެތަނެއް ނުވަތަ އެތަނެއްގެ ފަސްގަނޑު ދަމައިގަތަނުދީ ހިފެހެއްޓުމަށާއި ފައުންޑޭށަން ރައްކައުތެރިކުރުމަށްޓަކައި ފައުންޑޭށަން ޕްރޮޓެކްށަން މެތަޑެއް ބޭނުންކުރަންވާނެއެވެ. އެގޮތުން ބޭނުންކުރަންވާނީ އިމާރާތްކުރުމުގެ ހުއްދަ ދިން އިރު ފާސްކޮށްފައިވާ ފައުންޑޭށަން ޕްރޮޓެކްށަން މެތަޑެވެ.

(އ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ފައުންޑޭށަން އެޅުމަށް ކޮންނަ ކޮނުމުގައި ފާސްކޮށްފައިވާ ފައުންޑޭށަން ޕްރޮޓެކްށަން މެތަޑް ބޭނުން ނުކުރެވިދާނެ ކަމަށް ގާބޫލުކުރެވޭނެމަ އިންޖިނިއަރު އެ ހާލަތަށް އެކަށޭނެކަމަށް ކަނޑައަޅާ ފައުންޑޭށަން ޕްރޮޓެކްށަނެއް މެތަޑެއް ބޭނުންކުރެވިދާނެއެވެ.

(ވ) މި މާއްދާގެ (ކ) ގައިވާ ފަދައިން ފައުންޑޭށަން ޕްރޮޓެކްށަން މެތަޑަށް ބަދަލުގެންނަން ޖެހުނު ސަބަބުގެ ހެކި ހިމެނޭގޮތަށް ރިޕޯޓެއް އެކުލަވާލައި ފާސްކޮށްފައިވާ ފައުންޑޭށަން ޕްރޮޓެކްށަން މެތަޑާއި ފަހުން ބޭނުންކުރި ފައުންޑޭށަން ޕްރޮޓެކްށަން މެތަޑުގެ ކޮޕީއެއް މި މާއްދާގެ (އ) ގައިވާ ހާލަތް މެދުވެރިވިތާ 24 (ސައްވީސް) ގަޑިއިރުގެ ތެރޭގައި ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅަންވާނެއެވ 

 

49 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތެއްގެ ފައުންޑޭށަންގެ އިން ޗެކްކޮށް ހުއްދަ ނެގުން

(ހ) ބާވަތް 1 ގެ އިމާރާތެއްގެ ފައުންޑޭށަން އެޅުމަށް ދަގަނޑުތައް އަތުރައި ހެދުމަށްފަހު ފައުންޑޭށަން އެޅުމުގެ ކުރިން އިމުގެ އެއްވެސް މައްސަލައެއް ހުރިތޯ ޗެކްކޮށް ބެލުމަށް އެދި "ބާވަތް 1 ގެ އިމާރާތުގެ ފައުންޑޭށަން އެޅުމުގެ ހުއްދަ" އަށް އެދި ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި ގަވާއިދުގެ 86 ވަނަ މާއްދާގެ ދަށުން ހުއްދަ ނަގާފައިވުމާއެކު އެ ހުއްދައިގާ ވަކިގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި މާއްދާގެ (ހ) ގައިވާ ހުއްދަ އިތުރަށް ނަގާކަށް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުއްދައަށް އެދުމުން 3 (ތިނެއް) ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޗެކްކުރުމަށްފަހު ހުއްދައަށް އެދި ހުށަހެޅި ފަރާތަށް މަސައްކަތް ކުރިއަށް ގެންދަންވީ ގޮތެއް ލިޔުމުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޗެކްކުރާއިރު މައްސަލައެއް ހުރިކަމަށް ފާހަގަކުރެވިފައި ވާނަމަ، ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ދޫކުރާ ލިޔުމުގައި މައްސަލައިގެ ތަފްސީލު ހިމަނަންވާނެއެވެ.

(ބ) 1 ޖޫން 2019 އިން ފެށިގެން މި މާއްދާގެ (ހ) ގައިވާ ހުއްދައަށް އެދި ހުށަހަޅަންވާނީ މިނިސްޓްރީން އާންމުކުރާ ނަމޫނާ ފޯމުގައެވެ. އަދި މި ފޯމުގެ ނަމޫނާ މެއި 2019 ގެ ނިޔަލަށް މިނިސްޓްރީން އާންމުކުރަންވާނެއެވެ. 

 

50 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް ބާވަތް 1 ގެ އިމާރާތެއްގެ ފައުންޑޭށަންގެ މަސައްކަތް ކުރުން މަނާކުރުން

މި ގަވާއިދާ ހިލާފަށް ބާވަތް 1 ގެ އިމާރާތެއްގެ ފައުންޑޭށަން މަސައްކަތް ކުރުމަކީ މަނާކަމެވެ. އަދި އެފަދަ ފަރާތްތަކާ މެދު މި ގަވާއިދުގެ 137 ވަނަ މާއްދާގައިވާ ފަދައިން ފިޔަވަޅުއެޅޭނެއެވެ.

 

 

 ފަސް ވަނަ ބާބު

ބާވަތް 1 ގެ އިމާރާތެއް ބޭނުންކުރަން ފެށުން

 

51 ވަނަ މާއްދާ - މި ބާބަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން މި ބާބު މާލޭގައި ހަދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގެ މައްޗަށް ހިނގާނެއެވެ.

(ށ) މާލެ ފިޔަވައި އެހެން ތަންތަނުގައި 1 ޖޫން 2019 އިން ފެށިގެން މި ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.

 

52 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމަށް ހުއްދަ ނެގުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު މާލޭގައި ބާވަތް 1 ގެ އިމަ ރާތެއް ބޭނުންކުރަން ފަށަންވާނީ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދައިގެންނެވެ.

(ށ) 1 ޖޫން 2019 އިން ފެށިގެން މާލެ ނޫން އެހެން ތަނެއްގައި ހަދާ ބާވަތް 1 ގެ އިމަރާތެއް ބޭނުންކުރަން ފަށަންވާނީ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދައިގެންނެވެ.

(ނ) 1 ޖޫން 2019 އިން ފެށިގެން ހުއްދައަށް އެދި ހުށަހަޅަންވާނީ މިނިސްޓްރީން އާންމުކުރާ

 

53 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތް ބޭނުންކުރަން ފެށުން

(ހ) ބާވަތް 1 ގެ އިމާރާތެއް ނުވަތަ އިމާރާތުން ބައެއްވިޔަސް، ހުއްދަ ދޫކުރާ އިދާރާއަކުން "ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ" ނުހޯދައި ބޭނުން ކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، "ބާވަތް 1 ގެ އިމާރާތްބޭނުންކުރުމުގެ ހުއްދަ" ހޯދުމުގެ ކުރިން އިމާރާތް ބެލެހެއްޓުމަށްޓަކައި އިމާރާތުގައި މީހަކު ބެހެއްޓުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އިމާރާތް ބެލެހެއްޓުމަށް މީހަކު ބެހެއްޓުމަށްޓަކައި އިމާރާތުން 200 (ދުއިސައްތަ) އަކަފޫޓަށްވުރެ ބޮޑު ޖާގައެއް ބޭނުންކޮށްގެން ނުވާނެއެވެ.

 

54 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތް ބޭނުން ކުރުމުގެ ހުއްދަ ހޯދުން

(ހ) އިމާރާތް ކުރުމަށްފަހު، މުޅި އިމާރާތުގެ، ނުވަތަ އިމާރާތުގެ ވަކިވަކި ބައިތަކުގެ ބޭނުން ކުރަންފެށުމުގެ ކުރިން "ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ" ހޯދުމަށްޓަކައި، ހުއްދަ ދޫކުރާ އިދާރާއަކަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ" ހޯދުމަށްޓަކައި، 1 ޖޫން 2019 އިން ފެށިގެން މިނިސްޓްރީން އާންމުކުރާ ނަމޫނާ "ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމު" އާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

(ނ) ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދޫކުރަންވާނީ، އެ އިމާރާތެއް ނުވަތަ އެ އިމާރާތުގެ ވަކިވަކި ބައިތައް ބޭނުން ކުރުމަށް، އެ އިމާރާތެއް ކުރުމުގެ ހުއްދަ ހޯދިއިރު ކުރެހުންތަކާއި ލިޔުންތަކުގައި ބަޔާންކޮށްފައިވާ ބޭނުންތަކަށެވެ. އަދި ބާވަތް 1 ގެ އިމާރާތެއް ކުރުމުގެ ހުއްދަ ހޯދިއިރު ކުރެހުންތަކާއި ލިޔުންތަކުގައި ބަޔާންކޮށްފައިވާ ބޭނުންތައް ފިޔަވައި އެހެން ބޭނުމަކަށް އިމާރާތް ބޭނުން ކުރާނަމަ، އެކަން ބަޔާންކޮށް ހުއްދަ ދޫކުރާ އިދާރާއަށް، އެކަމަށް ބޭނުންވާނެ ކުރެހުންތަކާއި ލިޔުންތައް ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ.

(ރ) ބާވަތް 1 ގެ އިމާރާތެއް މުޅިން ނިންމުމަށްފަހު ނުވަތަ އިމާރާތެއްގެ ބައެއް ނުވަތަ ޔުނިޓެއް ހަދައި ނިންމުމަށްފަހު، އެ ޔުނިޓެއް ނުވަތަ ބައެއް ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް އެތަނުގެ ވެރިފަރާތުން، ހުއްދަ ދޫކުރާ އިދާރާއަކަށް ނުވަތަ މިނިސްޓްރީއަށް މި ގަވާއިދުގެ 105 ވަނަ މާއްދާގައިވާ ބިލްޑިންގ އިންސްޕެކްޓަރުގެ ލިޔުމާއެކު ހުށަހަޅައިފިނަމަ، އެ ތަނެއް ބޭނުން ކުރުމުގެ ހުއްދަ، ފާސްކުރި ކުރެހުންތަކާއި ލިޔުންތަކުގައި ބަޔާންކޮށްފައިވާ ބޭނުމަށް، ދޫކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ވަކި ޔުނިޓެއް ނުވަތަ ވަކި ބައެއް ބޭނުންކުރުމުގެ ހުއްދަ ނެގުމަކީ، އިމާރާތުގެ އެހެން ބައިތައް ބޭނުންކުރުމަށްޓަކައި ހޯދަންޖެހޭ ހުއްދަ ހޯދުމުން އިސްތިސްނާ ވާނެ ކަމެއް ނޫނެވެ.

(ޅ) ބާވަތް 1 ގެ އިމާރާތުގެ ވަކިބައެއް ނުވަތަ ޔުނިޓެއް ބޭނުން ކުރުމުގެ ހުއްދަ ހޯދާފައިވީނަމަވެސް، އިމާރާތުގެ މަސައްކަތް އެއްކޮށް ނިމި، ބޭނުން ކުރަން ފެށުމުގެ ކުރިން، ހުއްދަ ހޯދާފައިވާ ވަކި ބައި ނުވަތަ ޔުނިޓުވެސް ހިމެނޭގޮތުން، މުޅި އިމާރާތް ބޭނުން ކުރުމުގެ ހުއްދަ ހޯދަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން މުޅި އިމާރާތް ބޭނުންކުރުމުގެ ހުއްދައަށް އެދި 1 ޖޫން 2019 އިން ފެށިގެން ހުށަހަޅާއިރު މުޅި އިމާރާތް ހުރި ގޮތުގެ )އޭޒް- ބިލްޓް( ކުރެހުމެއް ހުށަހަޅަންވާނެއެވެ.

(އ) މި މާއްދާގައިވާ ގޮތުގެ މަތިން ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދޫކުރަންވާނީ، ގާނޫނާއި މި ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކޮށްފައިވާނަމައެވެ.

(ވ) 1 ޖޫން 2019 އިން ފެށިގެން ބޭނުންކުރަންވާނީ މިނިސްޓްރީން އާންމުކޮށްފައިވާ ނަމޫނާ އާ އެއްގޮތްވާ ގޮތަށް ތައްޔާރުކޮށްފައިވާ "ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމު" އާއި "ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އެވެ. އަދި މި ނަމޫނާތައް މެއި 2019 ގެ ނިޔަލަށް މިނިސްޓްރީން އާންމުކުރަންވާނެއެވެ.

 

55 ވަނަ މާއްދާ - ވަކިކަމަކަށް ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ހޯދުން

(ހ) ދިރިއުޅުން ނޫން ކަންކަމަށް ބާވަތް 1 ގެ އިމާރާތެއް ބޭނުންކުރުމުގެ ކުރިން "ވަކި ކަމަކަށް ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި "ވަކި ކަމަކަށް ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމު" ގައިވާ ތަކެތި ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުއްދައެއް އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކުގެ ބޭނުމަށް ކަނޑައަޅާފައިވާ ޖާގަތަކަށް ނަގާކަށް ނުޖެހޭނެއެވެ.

(ނ) 1 ޖޫން 2019 އިން ފެށިގެން ބޭނުންކުރަންވާނީ މިނިސްޓްރީން އާންމުކޮށްފައިވާ ނަމޫނާ އާ އެއްގޮތްވާ ގޮތަށް ތައްޔާރުކޮށްފައިވާ "ވަކި ކަމަކަށް ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމު" އާއި "ވަކި ކަމަކަށް ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އެވެ. އަދި މި ނަމޫނާތައް މެއި 2019 ގެ ނިޔަލަށް މިނިސްޓްރީން އާންމުކުރަންވާނެއެވެ.

(ރ) "ވަކި ކަމަކަށް ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ" ވިޔަފާރިކުރާތަނަކަށް ދޫކުރާނަމަ، ވިޔަފާރި ހުއްދަ ދޫކުރާ އިދާރާއާ އެފަދަ ތަންތަނުގެ ހުއްދައިގެ މައުލޫމާތު ތިރީގައިވާ ފަދައިން ހުއްދަ ދޫކުރާ އިދާރާއިން ހިއްސާކުރަންވާނެއެވެ.

  1. އެކި ބާވަތުގެ މުދާ ވިއްކާތަންތަނަށް ދޫކޮށްފައިވާ "ވަކި ކަމަކަށް ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އައިގެ މައުލޫމާތު ވިޔަފާރި ހުއްދަ ދޫކުރާ އިދާރާ އާ ހިއްސާކުރުން؛ އަދި
  2. އެކި ބާވަތުގެ ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނަށް ދޫކޮށްފައިވާ "ވަކި ކަމަކަށް ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އައިގެ މައުލޫމާތު ކާބޯތަކެތީގެ ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ އިދާރާއާ ހިއްސާކުރުން.

 

56 ވަނަ މާއްދާއިމާރާތް ބޭނުން ކުރުމުގެ ވަގުތީ ހުއްދަ ބާވަތް 1 ގެ އިމާރާތަށް ދޫކުރުން

(ހ) ބާވަތް 1 ގެ އިމާރާތެއް އިމާރާތްކުރުމުގެ މަސައްކަތް އެއްކޮށް ފުރިހަމަ ނުވަނީސް، ވެެރިފަރާތަށް ދިމާވާ މާލީދަތިކަމެއްގެ ސަބަބުން ނުވަތަ މިފަދަ އެހެންވެސް ސަބަބަކާހުރެ، އިމާރާތްކޮށް ނިމިފައިވާ ބައި ނުވަތަ ބައިތައް ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދައަކަށް އިމާރާތުގެ ވެރިފަރާތަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާފަދަ ހުއްދައަކަށް އެދި އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅައިފިނަމަ، އަންނަނިވި ކަންކަމަށް ބެލުމަށްފަހު، އެ އިމާރާތެއް ބޭނުންކުރުމުގެ ވަގުތީ ހުއްދައެއް އެ ފަރާތަކަށް ދޫކުރެވިދާނެއެވެ.

  1. އިމާރާތްކޮށް ނިމިފައިވާ ބައި ނުވަތަ ބައިތައް ހުރީ ފާސްކުރި ކުރެހުންތަކާއި ލިޔުންތަކާއި އެއްގޮތަށް ކަމުގައިވުން؛
  2. އިމާރާތުގެ ނުނިމިހުރި މަސައްކަތްތަކުގެ ސަބަބުން، އިމާރާތް ވަގުތީގޮތުން ބޭނުން ކުރާފަރާތްތަކަށް ސަލާމަތީގޮތުން ނުރައްކާވެދާނެ އެއްވެސް ކަމެއް ނެތުން؛
  3. އިމާރާތުގެ ނުނިމިހުރި މަސައްކަތްތަކުގެ ސަބަބުން، އިމާރާތް ވަގުތީގޮތުން ބޭނުން ކުރާފަރާތްތަކަށް ސިއްހީގޮތުން ނުރައްކާވެދާނެ އެއްވެސް ކަމެއް ނެތުން؛ އަދި
  4. ބިލްޑިންގ އިންސްޕެކްޓަރެއް އައްޔަންކޮށްފައިވާ ހާލަތެއްގައި އެފަރާތުގެ ރިޕޯޓު ހުށަހަޅާފައި ވުން.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ އެދޭއިރު، ހުށަހަޅާފައިވާ ބިލްޑިންގ އިންސްޕެކްޓަރެއްގެ ލިޔުމުގައި ހުއްދައަށް އެދޭ ބައި ހުރީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވާނަމަ އިތުރަށް ޗެކްކުރުމެއް ނެތި ހުއްދަ ދިނުމުގެ އިހްތިޔާރު ހުއްދަ ދޫކުރާ އިދާރާއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން އިމާރާތް ބޭނުންކުރުމުގެ ވަގުތީ ހުއްދަދެވޭ ބައި ނުވަތަ ބައިތައް ހުންނަންވާނީ، އިމާރާތް ކުރުމުގެ މަސައްކަތް ނުނިމި ހުރިބަޔާއި ވަކިކޮށް، ސަލާމަތާއި ރައްކައުތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާފައެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އަޅަންޖެހޭ ސަލާމަތާއި ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއި ގުޅޭ ކުރެހުމާއި ލިޔުންތައް ތައްޔާރު ކުރުމަށްފަހު، ފާސްކުރުމަށްޓަކައި އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކަށް ނުވަތަ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ޅ) އިމާރާތް ބޭނުންކުރުމުގެ ވަގުތީ ހުއްދަ ދޫކުރާއިރު، އެ ހުއްދާގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ބަޔާންކުރަންވާނެއެވެ.

  1. ހުއްދަ ދެވޭ އިމާރާތުގެ ނަން؛
  2. ހުއްދަ ދެވޭ ތާރީހު؛
  3. ހުއްދަ ދެވޭ މުއްދަތު؛
  4. ހުއްދަ ބާތިލުވާ ތާރީހު؛
  5. ހުއްދަ ދެވުނު ފަންގިފިލާތަކާއި ބައިތައް.

(ކ) މި މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ "ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ވަގުތީ ހުއްދަ" އެ އިމާރާތަށް ވަންނައިރު ފަސޭހައިން ފެންނާނެހެން ބަހައްޓަންވާނެއެވެ.

(އ) ލިފްޓް ބެހެއްޓުމަށް ޑިޒައިންކޮށްފައިވާ ބާވަތް 1 ގެ އިމާރާތެއް ނަމަ އެ އިމާރާތަކަށް ވަގުތީ ހުއްދަ ދެވޭނީ އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.

  1. އެ އިމާރާތަކީ މައިގަނޑުގޮތެއްގައި ދިރިއުޅުމަށް ނުވަތަ އޮފީހެއްގެ ގޮތުގައި ބޭނުންކުރާ އިމާރާތެއް ނަމަ ނުވަތަ އާންމުންނަށް ހިދުމަތް ދޭ ތަންތަން ނުހިމެނޭ ބަޔަކަށް ވުމާއެކި އެ ބަޔަކީ 5 (ފަހެއް) ވަނަ ބުރި ނުވަތަ 16.5 (ސޯޅަ ޕޮއިންޓު ފަހެއް) މީޓަރަށްވުރެ ތިރީގައިވާ ބައެއް ނަމަ ލިފްޓް ބެހެއްޓުމަކާ ނުލާވެސް އެ ބައެއް ބޭނުންކުރުމުގެ ވަގުތީ ހުއްދަ ދެވި ދާނެއެވެ.
  2. ލިފްޓް ބަހައްޓާފައިނުވާ ހާލަތެއްގައި 5 (ފަހެއް) ވަނަ ބުރި ނުވަތަ 5.16 މީޓަރަށްވުރެ އުހުގައިވާ އިމާރާތުގެ ބައިތަކަށް އިމާރާތް ބޭނުން ކުރުމުގެ ވަގުތީ ހުއްދަ ދޫކުރަންވާނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަށެވެ.
  3. މި މާއްދާގެ (އ) ގެ (2) ވަނަ ނަންބަރުގައިވާ ފަދައިން ވަގުތީ ހުއްދައެއް ދީފައިވާ އިމާރާތެއްގެ 5 (ފަހެއް) ވަނަ ބުރި ނުވަތަ 15 (ފަނަރަ) މީޓަރަށްވުރެ އުހުގައިވާ އެހެން ބަޔަކަށް "ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ވަގުތީ ހުއްދަ" އެއް ދޫކުރަންވާނީ މި މާއްދާގެ (އ) ގެ (2) ވަނަ ނަންބަރުގެ ދަށުން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހުގެ ނިޔަލަށެވެ.
  4. މި މާއްދާގެ (އ) ގެ (2) އަދި (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން "ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ވަގުތީ ހުއްދަ" ދޫކުރެވޭނީ ކޮންމެ ބަޔަކަށްވެސް އެންމެ ފަހަރަކުއެވެ.
  5. މި މާއްދާގެ (އ) ގެ (2) އަދި (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން
    "ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގެ ވަގުތީ ހުއްދަ" ދޫކޮށްފައިވާ ތަންތަނުގެ ހުއްދައިގެ މުއްދަތު ހަމަވުމުން ދެން ހުއްދަ އައުކޮށްދެވޭނީ ލިފްޓް ބެހެއްޓުމަށްފަހުގައެވެ.

 

57 ވަނަ މާއްދާ - ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ބާވަތް 1 ގެ އިމާރާތްތަކަށް ނަރުދަމާ އާއި ފެނާއި ކަރަންޓުގެ ހިދުމަތް ދިނުން

(ހ) ނަރުދަމާ އާއި ފެނާއި ކަރަންޓު ފަދަ ހިދުމަތްތައް ދޭ ފަރާތްތަކުން ބާވަތް 1 ގެ އިމާރާތަކަށް ހިދުމަތް ދޭންވާނީ އެފަދަ ތަނެއް ބޭނުންކުރުމުގެ ހުއްދަ ނުވަތަ ވަކިކަމަކަށް ބޭނުންކުރުމުގެ ހުއްދަ ނުވަތަ ވަގުތީ ގޮތުން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ހިދުމަތް ދޭންވާނީ އެތަނެއް ބޭނުންކުރުމުގެ ހުއްދަ ނުވަތަ ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ ނެގުމުން ކަމުގައި ބަޔާންކޮށްފައި އޮތް އޮތުމަކުން އިމާރާތަކަށް ބޭނުންވާ ނަރުދަމާ އާއި ފެނާއި ކަރަންޓު ހިދުމަތް ދިނުމަށްޓަކައި އިމާރާތްކުރަންޖެހޭ އަދި ހަރުކުރަންޖެހޭ ތަކެތި ހަރުކޮށް އެފަދަ ނިޒާމެއް ހިނގަނީ ރަނގަޅަށްތޯ ބެލުމަށްޓަކައި (ކޮމިށަންކުރުމަށްޓަކައި) ދޭ ހިދުމަތެއް ދިނުމަށް މި ގަވާއިދު މަނައެއް ނުކުރެއެވެ.

(ނ) ބޭނުންކުރުމުގެ ހުއްދަ ހިފެހެއްޓޭ ބާވަތް 1 ގެ އިމާރާތްތަކާއި ހުއްދަ ބާތިލުވާ ބާވަތް 1 ގެ އިމާރާތްތަކުގެ ތެރެއިން ދިރިއުޅުން ނޫން ބޭނުންތަކަށް ބޭނުންކުރާ ތަންތަނަށް ދީފައިވާ ނަރުދަމާ އާއި ފެނާއި ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ހުއްދަ ދޫކުރާ އިދާރާއިން ހިދުމަތް ދޭ ފަރާތަށް އެންގިދާނެއެވެ.

 

58 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތް ބޭނުންކުރުމުގައި ސަމާލުވާންވީ އިތުރުކަންކަން

ބާވަތް 1 ގެއިމާރާތެއް ބޭނުންކުރުމުގައި ތިރީގައިވާ ކަންތައްތަކަށް ސަމާލުވާންވާނެއެވެ.

(ހ) އިމާރާތުގެ ބައިތައް މަގު މައްޗަށް ނެރުމަށް ހުއްދަކުރާ އެންމެ ބޮޑު މިންވަރަކަށް ނެރުމަށްފަހު، އެއަށްވުރެ ބޭރަށް ހުންނަގޮތަށް އެއަރކޮންޑިށަން ހަރުކުރުމާއި އެފަދަ އެހެން އެއްވެސް އެއްޗެއް ހަރުކުރުމަކީ މަނާކަމެކެވެ.

(ށ) މަގުމައްޗަށް ނެރެން ހުއްދަ ނުކުރާ ތަނެއްގައި ނުވަތަ ހުއްދަ ކުރާ އެންމެ ބޮޑަށް މަގަށް ނެރުމަށްފަހު ހަދާ އިމާރާތެއް އިމުގައި ހަދާފައިވުމާއެކު އެއަށްވުރެ ބޭރަށް ހުންނަގޮތަށް އެއަރކޮންޑިށަން ހަރުކުރުމާއި އެފަދަ އެހެން އެއްވެސް އެއްޗެއް ހަރުކުރުމަކީ މަނާކަމެކެވެ.

(ނ) މަގުމައްޗަށް، ވައިގޮޅިއަށް ނުވަތަ މިފަދަ އެހެންވެސް މީހުން އެތަނެއްގެ ތިރިން ހިނގާނެ ފަދަ ތަނަކަށް ވެއްޓިދާނެފަދަ ގޮތަކަށް އިމާރާތުގެ ބެލްކަނީގައި، ޓެރަހުގައި، ކުޑަދޮރުގައި ނުވަތަ މިފަދަ އެހެންވެސް ތަނެއްގައި ގަސްމުށި ނުވަތަ މުދާ ނުވަތަ އެހެންވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެކެވެ.

(ރ) އިމާރާތުގެ އެއްވެސް ބަޔަކުން ނުވަތަ އިމާރާތުގެ ބައެއްގައި ހަރުކޮށްފައިވާ އެއްޗަކުން ނުވަތަ ބެލްކަނިން ނުވަތަ އެއަރކޮންޑިށަނުން ނުވަތަ ދިޔަދޮވިން ނުވަތަ އެހެންވެސް ތަނަކުން ނުވަތަ އެހެންވެސް އެއްޗަކުން މަގުމައްޗަށް ފެން ނުވަތަ އެހެންވެސް އެއްޗެއް ފައިބާގޮތަށް ބެހެއްޓުމަކީ ނުވަތަ ހަދާފައި ހުރުމަކީ މަނާކަމެކެވެ. މިފަދައިން ފެން ނުވަތަ އެހެންވެސް އެއްޗެއް ފައިބާނަމަ އެ އިމާރާތެއް ނުވަތަ އިމާރާތުގެ ބައެއް ހުންނަންވާނީ އެފަދަ ގޮތަކަށް ފައިބާ ފެން އިމާރާތުގެ ފުރާޅާއި ޓެރަސް ފަދަ ތަންތަނުގައި ފެން ހިންދުމަށް ހާއްސަކޮށްފައިވާ ތަންތަނަށް ފައިބާ ފަދަ ގޮތަކަށެވެ.

(ބ) އިމާރާތް ބޭނުންކުރާ ފަރާތްތަކުން އިމާރާތަށް ނުވަތަ އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ބިލްޑިން ކޯޑެއްގެ ދަށުން ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ އުސޫލެއްގައި ކަނޑައަޅާފައިވާކަމެއް ގަވާއިދާ ހިލާފަށް ބެހެއްޓުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ވެއްޖެނަމަ، އެފަދަ ގެއްލުމެއްގެ ޒިންމާ ގަވާއިދާއި ހިލާފުވި ފަރާތުން ނަގަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ފަދަ ގެއްލުމެއް ވުމުގެ ސަބަބުން ވާ ގެއްލުމުގެ ހަރަދު ދެއްކުމަށް އެ އިމާރާތެއްގެ ވެރިފަރާތުން ނުވަތަ އެ އިމާރާތެއް ބަލަހައްޓާ ފަރާތަކުން ގަވާއިދާ ހިލާފަށް އިމާރާތް ބޭނުންކުރި ފަރާތަށް އަންގަންވާނެއެވެ.

 

59 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތުގެ ނަން ޖެހުމާއި ބައިތަކުގައި ނަންބަރު ނުވަތަ ނަން ޖެހުން 

ބާވަތް 1 ގެ އިމާރާތުގައި ތިރީގައި ވާ ފަދައިން ނަން ބޯޑު ޖަހަންވާނެއެވެ.

(ހ) ކޮންމެ އިމާރާތެއްގައި އެ އިމާރާތަކަށް ވަންނަ މައިދޮރު ކައިރީގައި ނަން ބޯޑު ހަރުކޮށްފައި ނުވަތަ ޖަހާފައި ހުންނަންވާނެއެވެ.

(ށ) އިމާރާތުގެ ބައިތަކަށް ވަންނަ ދޮރު ކައިރީގައި ޔުނިޓު ނަންބަރު ހަރުކޮށްފައި ނުވަތަ ޖަހާފައި ހުންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައިވާ ފަދައިން ހަރުކުރާ ނަންބޯޑުތައި މަދުވެގެން ތިރީގައިވާ ކަންތައްތައް ފުރިހަމަވާންވާނެއެވެ.

  1. އެ ތަނަކަށް ދީފައިވާ ނަމެއް ނުވަތަ ނަންބަރެއް ފެންނަން ހުންނަ ގޮތަށް ހަރުކޮށްފައި ނުވަތަ ޖަހާފައި ހުރުން؛
  2. އެތަނަކަށް ޕޯސްޓް ކޯޑެއް ދީފައިވާނަމަ ޕޯސްޓް ކޯޑު ހިމެނުން؛
  3. ނަން ހުންނަންވާނީ ދިވެހި އަކުރުންނާއި އިނގިރޭސި އަކުރުން؛
  4. ކިޔާލަން ފަސޭހަ ގޮތަކަށް ޑިޒައިންކޮށްފައި ހުރުން؛ އަދި
  5. ނަންބޯޑު ހެދުމަށް ވަކި ގަވާއިދެއް ނުވަތަ އުސޫލެއް އެ ރަށެއް ނުވަތަ ސަރަހައްދަކަށް ހަދާފައިވާނަމަ، ނަންބޯޑު އެ ގަވާއިދެއް ނުވަތަ އުސޫލަކާ އެއްގޮތަށް ހުރުން.

(ރ) މި ގަވާއިދު ގެޒެޓުކުރުމުގެ ކުރިން ބޭނުންކުރަން ފަށާފައިވާ ބާވަތް 1 ގެ އިމާރާތްތަކުގައި މި މާއްދާގެ (ހ) ގައިވާ ފަދައިން ނަން ބޯޑު ހަރުކޮށްފައި ނުވާނަމަ، އެފަދަ ތަންތަނުގައި މި މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ގޮތަށް މި ގަވާއިދު ށާއިއުކުރާތާ 1 (އެކެއް) އަހަރު ތެރޭގައި ނަން ބޯޑު ހަރުކުރަންވާނެއެވެ.

 

 

ހަވަނަ ބާބު

އިމާރާތުގެ ބާވަތް 2ގެ ކުރެހުން ފާސްކުރުމާއި، އިމާރާތްކުރުމުގެ ހުއްދަ ހޯދުން

 

60 ވަނަ މާއްދާ - މި ބާބަށް އަމަލުކުރަން ފެށުން

(ހ) 1 ޖަނަވަރީ 2020 އިން ފެށިގެން މި ބާބުގައި ބަޔާންކޮށްފައިވާ ކަންކަމަށް އަމަލުކުރަން ފަށަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ބާވަތް 2 ގެ އިމާރާތްތައް އިމާރާތްކުރަން
ފެށުމުގެ ކުރިން ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ.

(ނ) 1 ޖަނަވަރީ 2022 އިން ފެށިގެން ބާވަތް 2 ގެ އިމާރާތަށް އިމާރާތްކުރުމުގެ
ހުއްދައަށް އެދުމުގެ ކުރިން ކުރެހުން ފާސްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދައިން ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅާނީ
މިނިސްޓްރީއަށެވެ.

 

61 ވަނަ މާއްދާ - މި ބާބު މުތާލިޔާކުރާނެ މުއްދަތު ކަނޑައެޅުން

މި ބާބުގައި ހިމެނޭ ހުއްދަ ހޯދުމުގެ އުސޫލުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ މަދުވެގެން 1 (އެކެއް) އަހަރު ތެރޭގައި، މުތާލިޔާކުރަން ފަށަންވާނެއެވެ.

 

62 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތް

ބާވަތް 2 ގެ އިމާރާތެއް ކަމަށް ބުނެފައި އެވަނީ އިމާރާތުގެ އާންމު މާނައިގާ ނިސްބަތްކުރާ ތަންތަން ފިޔަވާ އިމާރާތްކުރުމާބެހޭ ގާނޫނުގެ 99 ވަނަ މާއްދާގެ (ޅ) ގެ (2) އިން (11) އަށް ބަޔާންކޮށްފައިވާ އިމާރާތުގައި ހަރުކުރާ ދަނޑި، މުވާސަލާތީ ޓަވަރު، ބިންގަނޑު ހިފެހެއްޓުމަށް ހަދާ ސްޓްރަކްޗަރ، ފެނުގައި ހަދާ ދާއިމީ ބިނާއެއް، ކަލްވާޓް، ބްރިޖް، ފާލަން، ޓަނެލް، އަންޑަރޕާސް، ނަރުދަމާ ނިޒާމް، ކާނު، ސްވިމިންގ ޕޫލް، ވިންޑް ޓަރބައިން، ބަނދަރު، ކޯޒްވޭ، ރިވެޓްމަންޓް މަގު، ދަތުރުފަތުރާ ގުޅިފައިވާ ސްޓްރަކްޗަރ، ބަރެއް އުފުލުމަށް ހަދާ އެއްޗެއް ފަދަ ތަންތަނެވެ.

 

63 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތެއް ގާއިމްކުރުމަށް ހުއްދަ ހޯދުމަށް އެދި ހުށަހެޅުން

ބާވަތް 2 ގެ އިމާރާތެއް ގާއިމްކުރުމަށްޓަކައި ނުވަތަ ބަޔަކަށް ބަދަލުގެނައުމުގެ ގޮތުން، އިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތަށް ހުއްދަ ދޫކުރާ އިދާރާއަކަށް، ހުއްދަ ހޯދުމަށް އެދި ހުށަހަޅަންވާނެއެވެ.

 

64 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތެއް އިމާރާތް ކުރަން ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން

ބާާވަތް 2 ގެ އިމާރާތެއް އިމާރާތް ކުރަން ފެށުމުގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) ބާވަތް 2 ގެ އިމާރާތެއް އިމާރާތް ކުރަން ފެށުމުގެ ކުރިން އާންމުގޮތެއްގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ޕްލޭނިންގ އާއި ގުޅޭ ސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާއިން ޑިވަލޮޕްމަންޓް ކޮންޓްރޯލްސް ނެގުން؛
  2. މޯލްޑިވިއަން ސިވިލް އޭވިއޭށަން ރެގިއުލޭށަންގެ ދަށުން މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ހޯދަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ހާލަތްތަކުގައި، އެފަރާތުގެ ލިޔުން ހޯދުން؛
  3. ކުރެހުން ފާސްކުރިކަމުގެ ލިޔުން ހޯދުން؛
  4. އިމާރާތްކުރުމުގެ ހުއްދަ ނެގުން؛
  5. ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ތިމާވެއްޓަށް އަސަރު ކުރާ ވަރު ވަޒަން ކުރުމަށް ކުރާ ދިރާސާ ކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވާ ހާލަތްތަކުގައި، އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓްގެ ޑިޒިށަން ސްޓޭޓްމަންޓް ހޯދުން؛ އަދި
  6. އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި އެހެން ގާނޫނެއްގައި ނުވަތަ އެހެން ގާނޫނެއްގެ ދަށުން ހަދާފައިވާ ގަވާއިދެއްގައި ބަޔާންކޮށްފައިވާ އެހެން ހުއްދައެއްވާނަމަ އެ ހުއްދައެއް.

(ށ) ގާއިމްކުރުމަށް އެދޭ ބާވަތް 2 ގެ އިމާރާތުގެ ބައެއް 45 މީޓަރަށްވުރެ އުސްވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަތަކުގެ އިތުރުން މޯލްޑިވިއަން ސިވިލް އޭވިއޭށަން ރެގިއުލޭށަންގެ ދަށުން މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތޯރިޓީގެ
އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހޯދުން

(ނ) މި މާއްދާގެ (ށ) ގައިވާ ހާލަތުގެ އިތުރުންވެސް ބާވަތް 2 ގެ އިމާރާތެއް ހަދަންވާނީ މި ގާނޫނާއި ޕްލޭނިންގ މިންގަނޑުތަކުގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކައުތެރިކަމާބެހޭ ގޮތުން މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތީރިޓީން ކަނޑައަޅާފައިވާ ގަވާއިދުތަކާއި، މިންގަނޑުތަކަށް ފެތޭގޮތަށެވެ. އަދި މިފަދަ ހާލަތެއްގައި، ބާވަތް 2 ގެ އިމާރާތެއް ގާއިމްކުރުމަށް އެދި ހުށަހަޅާއިރު މޯލްޑިވްސް ސިވިލް އޭވިއޭށަން އޮތީރިޓީގެ ހުއްދައެއް ބޭނުންވާނަމަ، އެ ހުއްދައެއް ހުށަހެޅުން.

 

65 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތެއް ޑިޒައިންކޮށް ކުރެހުން ތައްޔާރުކުރުން

މި ގަވާއިދުގައި ނުވަތަ އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ޑިޒައިންކޮށް ކުރެހުން ތައްޔާރުކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ގަވާއިދެއްގައި އެހެން ގޮތަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހުއްދައަށް އެދި ހުށަހަޅާ ބާވަތް 2 ގެ އިމާރާތުގެ ޑިޒައިން އަދި ކުރެހުންތަކާއި ލިޔުންތައް ހުންނަން ވާނީ، އިމާރާތްކުރުމުގެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޕްލޭނިންގ ގާނޫނާއި ގަވާއިދުތަކާއި އެހެނިހެން ގާނޫނެއްގެ ދަށުން އެކަމާ ގުޅޭ މިންގަނޑެއް ކަނޑައެޅުމުން އެ މިންގަނޑާއި އެއްގޮތްވާ މަތިންނެވެ.

 

66 ވަނަ މާއްދާ - ފަޔަރ ސޭފްޓީ ހުއްދަ

(ހ) ފަޔަރ ސޭފްޓީ ސިސްޓަމް ހުށަހަޅަން ޖެހޭ ކަމަށް އާންމުކޮށް އަންގާ އިއުލާނުކޮށްފައިވާ ފަދަ ބާވަތް 2 ގެ އިމާރާތްތައް ޑިޒައިންކޮށްފައި ހުންނަންވާނީ، އިމާރާތްކުރުމުގެ ގާނޫނުގައި ނުވަތަ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ނުވަތަ ޕްލޭނިންގ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އެހެނިހެން ވެސް ގާނޫނެއްގައި ފަޔަރ ސޭފްޓީ އާ ގުޅޭ ގޮތުން އެކުލަވާލާފައިވާ މިންގަނޑުތަކާއި ހަމަތަކަށް ފެތޭ ގޮތަށެވެ.

(ށ) އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާ ބިލްޑިންގް ކޯޑަށް އަމަލުކުރަންފެށުމާއެކު ބާވަތް 2 ގެ އިމާރާތްތަކުގެ ފަޔަރ ސޭފްޓީ ކަންކަން ޑިޒައިންކުރަންވާނީ އެ ކޯޑުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ނ) އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާ ބިލްޑިންގް ކޯޑަށް އަމަލުކުރަން ފެށެންދެން ބާވަތް 2 ގެ އިމާރާތްތަކުގެ ފަޔަރ ސޭފްޓީ ކަންކަން ޑިޒައިންކުރަންވާނީ އެ ކޯޑުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، މި ގަވާއިދުގައިވާ ގޮތަށް ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅާއިރު، ފަޔަރ ސޭފްޓީއާ ގުޅޭ ކުރެހުން ފާސްކުރުމަށް ހުށަހަޅަންވާނެއެވެ.

 

67 ވަނަ މާއްދާނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތަށް ބާވަތް 2 ގެ އިމާރާތްތައް ގާއިމްކުރުން

(ހ) ބާވަތް 2 ގެ އިމާރާތްތަކުގެ ތެރެއިން ތިރީގައިވާ ތަންތަން ޑިޒައިންކޮށް، އިމާރާތްކުރަންވާނީ އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަދެ ނިކުތުމުގެ އިތުރުން، އެ ތަން ތަން އެފަރާތްތަކަށްވެސް ބޭނުން ކުރެވޭނެ ފަދަ ގޮތަކަށެވެ

  1. މަގުތަކާއި ދުވާރުތައް؛
  2. އާންމުން އެއްވެ އުޅޭ ޕާރކުތަކާއި މައިޒާންތައް ފަދަ ތަންތަން؛
  3. ގާނޫނު ނަންބަރު 2010-08 ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކައުތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު ގައި "އާންމު ތަންތަނަށް ވަދެނިކުމެ އުޅުމާއި ހިދުމަތް ލިބިގަތުމުގެ ފުރުސަތު" ލިބިދޭންވާނެކަމަށް ކަނޑައަޅާފައިވާ ހިދުމަތްތައް ދޭ ތަންތަން؛ އަދި
  4. އަދި މި މާއްދާގެ (ހ) ގެ (1)، (2) އަދި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަންތަނުގެ އިތުރުންވެސ ބާވަތް 2 ގެ އިމާރާތްތައް.

(ށ) އަދި ބިލްޑިންގް ކޯޑު ށާއިއުކުރުމާއެކު ބާވަތް 2 ގެ އިމާރާތްތައް ޑިޒައިންކުރަންވާނީ އެ ކޯޑުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

68 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތެއްގެ ކޮންސެޕްޓް ކުރެހުން ފާސްކުރުން

މިގަވާއިދުގައިވާ ގޮތުގެ މަތިން ކުރެހުން ފާސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ކުރިން، ޕްލޭނިންގ ގަވާއިދެއްގައި ނުވަތަ އެހެން ގަވާއިދެއްގައި ނުވަތަ އާންމުކޮށް ކޮށްފައިވާ އިއުލާނެއްގައިވާ ބާވަތް 2 ގެ އިމާރާތެއްގެ ކޮންސެޕްޓް ކުރެހުމަށް ހުއްދަ ނަގަންޖެހޭނެކަމަށް ކަނޑައަޅާފައިވާނަމަ، ކޮންސްޕެޓް ކުރެހުންތައް މިނިސްޓްރީއަށް ހުށަހަޅާ ހުއްދަ ހޯދަންވާނެއެވެ.

 

69 ވަނަ މާއްދާ - 1 ޑިސެމްބަރ 2021 ގެ ނިޔަލަށް އިންފްރާސްޓްރަކްޗަރގެ އިމާރާތްކުރުމުގެ ހުއްދަ ހޯދުން

(ހ) މި ގަވާއިދުގެ 71 ވަނަ މާއްދާގެ ދަށުން ބާވަތް 2 ގެ އިމާރާތަކަށް 31 ޑިސެމްބަރ 2021 ގެ ނިޔަލަށް އިމާރާތްކުރުމުގެ ގާނޫނުގައި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ނުވަތަ އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އެހެންވެސް ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށްފައިވާ ކުރެހުމެއް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ހުށަހަޅާފައިވޭތޯ ހުއްދަ ދޫކުރާ އިދާރާއިން ޗެކުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުށަހަޅާ ކުރެހުމާއި ލިޔެކިއުންތައް ބާވަތް 2 ގެ އިމާރާތަށް ދޫކޮށްފައިވާ ބިމާއި، ބިމުގެ ރަޖިސްޓަރީ ނުވަތަ ބިން ހަވާލުކުރިކަމުގެ ލިޔުމާ ދިމާވޭތޯ ޗެކްކުރަންވާނެއެވެ.

(ނ) ހުށަހަޅާފައިވާ ކުރެހުން ހުރީ މި މާއްދާގެ (ހ) އަދި (ށ) އާއި އެއްގޮތަށް ކަަމުގައިވާނަމަ، ހުއްދަ ދޫކުރާ އިދާރާއިން ހުއްދަ ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދައިން ހުއްދަ ދިނުމަށްފަހު މިނިސްޓްރީ އަށް މައުލޫމާތަށްޓަކައި ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ފަދައިން މިނިސްޓްރީއަށް ކުރެހުން ފޮނުވުމުން ކުރެހުމުގައި ހުއްދަ ހިފަހައްޓާވަރުގެ މައްސަލައެއް ވާކަމުގައި ފާހަގަކުރެވިއްޖެނަމަ، އެކަމެއް އަންގައި ހުއްދަ ހިފެހެއްޓުމަށް ހުއްދަ ދޫކުރާ އިދާރާއަށް އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތައް ހުރީ ގަވާއިދާ ހިލާފަށް ކަމުގައިވާނަމަ، ކުރެހުމާއި ލިޔެކިއުންތަކުގައި ހުރި މައްސަލަތައް ލިޔުމުން ބަޔާންކޮށް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

 

70 ވަނަ މާއްދާ - 1 ޖަނަވަރީ 2022 އިން ފެށިގެން ބާވަތް 2 ގެ އިމާރާތެއްގެ ކުރެހުން ފާސްކުރުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުން

(ހ) 1 ޖަނަވަރީ 2022 އިން ފެށިގެން އިމާރާތް ކުރުމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ކުރިން ނުވަތަ އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި މާއްދާގެ ދަށުން ހުށަހަޅާ ކުރެހުންތައް ހުންނަން ވާނީ، އިމާރާތްކުރުމުގެ ގާނޫނުގައި ނުވަތަ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ނުވަތަ ޕްލޭނިންގ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އެހެނިހެން ވެސް ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅަންޖެހޭނީ "ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު "ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި" އާއެކު ކުރެހުން ފާސްކުރުމަށް ވަކި ފީއެއް ކަނޑައަޅާފައިވާނަމަ ފީއާއެކު، މިނިސްޓްރީއަށެވެ.

(ނ) ފާސްކުރުމަށް އެދި ހުށަހަޅާ ބާވަތް 2 ގެ އިމާރާތެއްގެކުރެހުން ޑިޒައިންކުރަންވާނީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގައި އެފަދަ ތަންތަން ޑިޒައިންކުރެވޭނީ ވަކި ފަރާތްތަކަކަށް ކަމުގައި ކަނޑައަޅާފައިވާނަމަ އެ ގަވާއިދުގައިވާ ގޮތުގެ މަތިން އެފަދަ ބާވަތް 2 ގެ އިމާރާތެއް ޑިޒައިންކުރުމުގެ ހުއްދަ އޮތް ފަރާތަކުންނެވެ. އަދި އެފަދަ ބާވަތް 2 ގެ އިމާރާތެއްގެ ކުރެހުން ޗެކްކުރުމުގެ ހުއްދަ ވަކި ފަރާތްތަކަކަށް ދީފައިވާނަމަ، ޑިޒައިންކުރި ފަރާތުގެ އިތުރުން އެފަދަ ފަރާތެއް ޗެކްކުރުމާއެކު ކުރެހުމުގައި ތައްގަނޑު ޖެހުމާއެކު ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދައިން "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތައް ޑިޒައިންކޮށް ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ އެ ހުށަހެޅުން ތަކާއެކު ހުށަހަޅާ "ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމު" ގައި އެފަރާތަކުން ސޮއިކޮށްފައިވާންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ފަދައިން ޗެކަރެއް ޗެކްކޮށް އެފަރާތެއް ޒިންމާ ނަގާ ކުރެހުމެއްގައި އަންނަނިވި ކަންތައްތައް ފުރިހަމަވާންވާނެއެވެ.

  1. ކުރެހުމުގެ ހުރިހާ ގަނޑެއްގައި އެފަރާތަށް ދޫކޮށްފައިވާ ސްޓޭމްޕް ޖެހުމާއެކު ސްޓޭމްޕްގައި ސޮއި ކޮށްފައިވުން؛
  2. "ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމު" ގައި ސޮއިކޮށްފައިވުން؛
  3. ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅާއިރު ސްޓޭމްޕް ގެ މުއްދަތު ހަމަވެފައި ނުވުން؛ އަދި
  4. ޗެކަރ ދޫކުރާ ސެޓްފިކެޓް ހުށަހަޅާފައިވުން.

(ޅ) މި މާއްދާގައިވާ ގޮތުގެ މަތީން ފުރިހަމަކޮށް ހުށަހަޅާ ކުރެހުންތަކާއި ލިޔުންތައް، ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅުމުން، އެ ތަކެތި ބަލައިގަތްކަން ބަޔާންކޮށް، އެ އިދާރާއަކުން ތަކެތި ހުށަހެޅި ފަރާތަށް މިނިސްޓްރީން ކަނޑައަޅާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތިން ލިޔުމެއް ދޫކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ށ) ގައިވާ "ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމު" އާއި "ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި" ގެ ލިސްޓު އަދި (ޅ) ގައިވާ ލިޔުމުގެ ނަމޫނާ މިނިސްޓްރީން އާންމުކުރަންވާނެއެވެ.

 

71 ވަނަ މާއްދާ - 1 ޖަނަވަރީ 2022 އިން ފެށިގެން ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުން

(ހ) އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ނުވަތަ ޕްލޭނިންގ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އެހެނިހެން ވެސް ގާނޫނެއްގައި ބާވަތް 2 ގެ އިމާރާތުގެ ކުރެހުމެއްގައި ފުރިހަމަވާން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަމެއް ފުރިހަމަވެފައި ނެތްކަން މިނިސްޓްރީއަށް ފެނިއްޖެނަމަ ކުރެހުން ބަލައިނުގަނެ އަނބުރާ ރައްދުކުރެވިދާނެއެވެ.

(ށ) މިނިސްޓްރީން ކުރެހުން ހުށަހެޅުމުން ތިރީގައިވާ ގޮތުގެ މަތިން ކުރެހުން ޗެކްކުރަންވާނެއެވެ.

  1. މިނިސްޓްރީން ކުރެހުން ޗެކްކުރުމަށް ޗެކްލިސްޓެއް އެކުލަވާލާފައިވާނަމަ، އެ ކުރެހުމާއި ލިޔެކިއުންތައް ހުރީ އެ ޗެކް ލިސްޓާ އެއްގޮތަށްތޯ ބަލައި ޗެކްކުރުން އާދި ކުރެހުން ހުރީ ޕްލޭނިންގ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލައި ޗެކްކުރުން؛
  2. އެ ކުރެހުމާއި ލިޔުންތައް ހުރީ ބިން ހަވާލުކުރުމުގައި ށަރުތުކޮށްފައިވާ ކަންތައްތަކާ އެއްގޮތޮށްތޯ ޗެކްކުރުން؛
  3. ޗެކްކުރާ އިރު ކުރެހުންތަކުގައި ޗެކަރ ޒިންމާނަގާފައިވާ ބައިގެ ތެރެއިން ބިމާއި ބިމުގެ އިމާ ގުޅިފައިވާ ބައިތައް ފިޔަވާ ދެން ޗެކަރ ޒިންމާ ނަގާފައިވާ ބައިތައް އިތުރަށް ޗެކް ނުކޮށް ދޫކޮށްލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވުން؛
  4. ކުރެހުން ޗެކްކުރުމަށްފަހު އެސެސްމަންޓް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި ފާހަގަކުރެވޭ މައްސަލަތައް ދޭހަވާނޭ ފަދައިން ބަޔާންކުރުމާއެކު ރިޕޯޓު ނަންބަރާއި ރިޕޯޓު ހާވާލުކުރެވުނު ތާރީހް ރިޕޯޓުގައި ހިމެނުން؛
  5. އެކުރެހުމެއްގައި މައްސަލަ ހުރިތޯ ބެލި ފަރާތާއި، އެފަރާތުގެ މަސައްކަތް ޗެކްކުރި ފަރާތާއި، ރިޕޯޓުގައި ސޮއިކުރާ ފަރާތްތައް އެނގޭނޭ ފަދައިން މިނިސްޓްރީގައި ރެކޯޑު ކޮށްފައި ބޭއްވުން؛ އަދި

(ނ) ކުރެހުންތައް ޗެކުކުރާއިރު، ހުށަހަޅާ ކުރެހުންތަކާއި ލިޔުންތައް ހުރީ މި ގަވާއިދާ އެއްގޮތަށް ކަމުގައިވާނަމަ މި މާއްދާގެ (ރ) ގައިވާ ތަކެތި ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.

(ރ) ކުރެހުން ފާސްވުމާއެކު އަންނަނިވި ތަކެތި، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ހުއްދަ ދޫކުރާ އިދާރާއިން ދޫކުރަންވާނެއެވެ.

  1. މިނިސްޓްރީން އާންމުކުރާ ނަމޫނާ އާ އެއްގޮތަށް ތައްޔާރުކޮށްފައިވާ "ކުރެހުން ފާސްކުރިކަމުގެ ލިޔުން"؛
  2. ހުއްދައިގެ މުއްދަތެއް ކޮމިޓީން ކަނޑައަޅާފައިވާނަމަ، މުއްދަތު ހިމަނާފައި ވުން؛
  3. ފާސްކޮށްފައި" ސްޓޭމްޕްގެ އަސްލު ޖަހާފައިވާ ކުރެހުންސެޓު؛
  4. ޗެކަރެއް ޒިންމާވާ ކުރެހުމެއްނަމަ، ޗެކަރުން ހުށަހަޅާފައިވާ ސެޓްފިކެޓުތަކުގެ ކޮޕީ؛
  5. ވެރިފަރާތުން ނުވަތަ ޑިޒައިންކުރި ފަރާތުން އެދިއްޖެ ނަމަ އެފަރާތުން ހުށަހެޅި އެހެނިހެން ލިޔެކިއުމުގެ ކޮޕީ؛ އަދި
  6. ވެރިފަރާތުން ނުވަތަ ޑިޒައިންކުރި ފަރާތުން އެދިއްޖެ ނަމަ ކުރެހުމާއެކު ހުށަހަޅާފައިވާ ކުރެހުމުގެ ސޮފްޓްކޮޕީ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތައް ހުރީ ކަމާ ގުޅޭ ގަވާއިދުތަކާ ހިލާފަށް ކަމުގައިވާނަމަ ފާހަގަކުރެވޭ މައްސަލަތައް ބަޔާންކޮށް އެސެސްމަންޓް ރިޕޯޓެއް ކުރެހުން ފާސްކުރުމަށް އެދި ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.

 

 72 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތުގެ ކުރެހުމުގެ އިސްލާހު ނުވަތަ ބަދަލު ހުށަހެޅުން

(ހ) މި ގަވާއިދުގެ 70 ވަނަ މާއްދާގެ (ނ) ގައިވާ ފަދައިން ފާސްކޮށްފައިވާ ކުރެހުމަކަށް ބަދަލު ގެނައުމަށް ނުވަތަ މި ގަވާއިދުގެ 70 ވަނަ މާއްދާގެ (ބ) ގައިވާގޮތުގެ މަތިން އެސެސްމަންޓް ރިޕޯޓެއް ދޫކޮށްފައިވާ ފަރާތެއް އިސްލާހެއް ހުށަހަޅަން އެދޭނަމަ މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ބަދަލު ގެނައުމަށް އެދި ހުށަހަޅަންވާނީ "ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމު" ފުރިހަމަކޮށް، "ބާވަތ 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު އެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުށަހަޅާ ހުށަހެޅުމެއް ޗެކް ކޮށް ހުއްދަ ދޫކުރެވޭނީ މި ގަވާއިދުގެ 70 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

(ރ) މި މާއްދާގެ ދަށުން ހުށަހަޅާ އިސްލާހެއް ނުވަތަ ބަދަލެއް ޗެކްކުރުމުގައި ތިރީގައިވާ ކަންތައްތަކަށް ބަލަންވާނެއެވެ.

  1. އެ އިސްލާހެއް ނުވަތަ ބަދަލެއް ހުށަހެޅި ވަގުތުގައި ހިނގަމުންދާ ގާނޫނާއި ގަވާއިދަށް ފެތުން؛
  2. އިސްލާހެއް ހުށަހަޅާއިރު ގާނޫނަށް ނުވަތަ ގަވާއިދަކަށް ބަދަލު އައުމުގެ ސަބަބުން ހުއްދައަށް އެދި ހުށަހެޅި އޮރިޖިނަލް ކުރެހުން ސެޓުގައި ހިމެނޭ ބައެއް ބަދަލުކުރަން ޖެހޭ ކަމުގައިވާނަމަ އެކަމެއް ރަނގަޅުކުރަން ހުއްދައަށްއެދި ހުށަހެޅި ފަރާތަށް އެންގުން؛ އަދި
  3. ބަދަލެއް ހުށަހަޅާއިރު ގާނޫނަށް ނުވަތަ ގަވާއިދަކަށް ބަދަލު އައިސްފައިވާނަމަ، ބަދަލު ގެނެސްފައި ނުވާ ބައި އެ ގާނޫނެއް ނުވަތަ ގަވާއިދެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ އެވަގުތުގައި ހިނގަމުންދާ ގާނޫނާއި ގަވާއިދަށް ފައްތަން ނުޖެހުން.

(ބ) މި މާއްދާގައިވާ ގޮތަށް ކުރެހުން ފާސްކުރުމުގައި ފަންނީ ގޮތުން ކުރެވެން ނުހުންނަ ކަންކަމުގައި އަމަލުކުރާނެގޮތް ކަނޑައެޅުމަށްޓަކައި "އިމާރާތްކުރުމާ ގުޅޭ ކޮމިޓީ" އަށް ހުށަހެޅިދާނެއެވެ.

 

73 ވަނަ މާއްދާ - ސޭފްޓީ މިންގަނޑަށް ބަދަލު އައުމުން އެބައި އިސްލާހުކުރުން

(ހ) ބާވަތް 2 ގެ އިމާރާތެއްގެ ކުރެހުމެއް ފާސްކޮށްފައިވަނިކޮށް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ހިމެނޭ ސިއްހަތާއި ސަލާމަތާ ގުޅޭ ކަމަކަށް އިސްލާހެއް އައިސްފިނަމަ، އިމާރާތްކުރަން ފަށާފައިނުވާ ބާވަތް 2 ގެ އިމާރާތެއްގެ ފާސްކޮށްފައިވާ ކުރެހުންތައް އެފަދަ އިސްލާހަކާ އެއްގޮތްވާ ގޮތުގެމަތިން ބަދަލު ގެނައުމަށްފަހު ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ.

(ށ) ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ހިމެނޭ ސިއްހަތާއި ސަލާމަތާ ގުޅޭ ކަމަކަށް އިސްލާހު އައުމގެކުރިން، އިމާރާތްކުރަން ފަށާފައިވާ ބަވަތް 2 ގެ އިމާރާތެއްނަމަ އެ ތަނެއް ބޭނުންކުރުމުގެ ހުއްދައަށް އެދޭއިރު އިމާރާތުގެ ސިއްހަތާއި ސަލާމަތާއި ގުޅޭ ކަންތައްތައް ހުންނަންވާނީ އެއިރެއްގައި ހިނގަމުންދާ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

74 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތެއްގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން އައުކުރުން

(ހ) ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން އައުކުރަން "ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި" އާއެކު ކުރިން ފާސްކޮށްފައިވާ ކުރެހުން ސެޓާއި ލިޔެކިއުމާއި ކުރިން ދޫކޮށްފައިވާ "އިންފްރާސްޓްރަކްޗަރގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުށަހަޅާ ހުށަހެޅުމެއް ޗެކް ކޮށް ހުއްދަ ދޫކުރެވޭނީ މި ގަވާއިދުގެ 70 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

 

75 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތެއްގެ އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން

ހ) ބާވަތް 2 ގެ އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އިމާރާތް ކުރުމުގެ ހުއްދަ އަށް އެދި "ބާވަތް 2 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު މިނިސްޓްރީން އާންމުކޮށްފައިވާ "ބާވަތް 2 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފޯމު" ގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު ހުށަހަޅަންވާނެއެވެ.

(ނ) އިމާރާތް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ ހުއްދަ ދޫކުރާ އިދާރާއަކަށް ފެނިއްޖެނަމަ ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުން ބަލައިނުގަނެ އަނބުރާ ރައްދުކުރެވިދާނެއެވެ.

(ރ) "ބާވަތް 2 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފޯމު" އަދި "ބާވަތް 2 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ތަކެތި" ގެ ލިސްޓު މި މިނިސްޓްރީން އާންމުކުރަންވާނެއެވެ.

 

76 ވަނަ މާއްދާ - 1 ޖަނަވަރީ 2022 އިން ފެށިގެން ބާވަތް 2 ގެ އިމާރާތެއް އިމާރާތް ކުރުމުގެ ހުއްދަ ދޫކުރުން

(ހ) 1 ޖަނަވަރީ 2022 އިން ފެށިގެން ކުރެހުން ފާސްކުރުމަށްފަހު، އިމާރާތްކުރުމުގެ ހުއްދައަށް އެދިފައިވާނަމަ، އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ ކުރިން ހުރިހާ ލިޔެކިއުންތައް ހުރީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ތޯ އާއި ކުރެހުން ސެޓު ފާސްވެފައިވޭތޯ ބަލައި ޗެކުކުރަންވާނެއެވެ.

(ށ) 31 ޑިސެމްބަރ 2021 ގެ ނިޔަލަށް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، މި މާއްދާގެ (ހ) ގައިވާ ލިޔެކިއުންތައް ހުރީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ވުމާއެކު، އެ އިންފްރާސްޓްރަކްޗަރގެ ކުރެހުމުން ހުށަހަޅާފައިވާ ބިމާއި، ބިމުގެ ރަޖިސްޓަރީ ނުވަތަ ބިން ހަވާލުކުރިކަމުގެ ލިޔުމާ ދިމާވޭތޯ ޗެކްކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތައް ހުރީ ގަވާއިދާ އެއްގޮތަށް ކަމުގައިވާނަމަ "އިމާރާތް ކުރުމުގެ ހުއްދަ" ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތައް ހުރީ ގަވާއިދާ ހިލާފަށް ކަމުގައިވާނަމަ، ކުރެހުމާއި ލިޔެކިއުންތަކުގައި ހުރި މައްސަލަތައް ލިޔުމުން ބަޔާންކޮށް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ކުރެހުމާއި ލިޔެކިއުންތަކުގައި ހުރި މައްސަލަތައް އެންގުމުން ކުރެހުމާއި ލިޔެކިއުންތައް އިސްލާހުކުރުމަށްފަހު އަލުން ހުށަހެޅިދާނެއެވެ.

 

77 ވަނަ މާއްދާ - އިމާރާތްކުރުމުގެ ހުއްދައަށް ހުށަހަޅާފައިވާ ލިޔެކިޔުން އިސްލާހުކުރުން ނު ވަތަ އިމާރާތްކުރުމުގެ ހުއްދަ ބަދަލުކުރުން

މި ގަވާއިދުގެ 71 ނުވަތަ 72 ވަނަ މާއްދާގައިވާ ފަދައިން ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދަ ބަދަލުކުރުމަށް ނުވަތަ 71 ނުވަތަ 72 ވަނަ މާއްދާގައިވާ ފަދައިން އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަށް އިސްލާހެއް ހުށަހަޅަން އެދޭނަމަ ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުށަހަޅާ ހުށަހެޅުމެއް ޗެކް ކޮށް ހުއްދަ ދޫކުރެވޭނީ މި ގަވާއިދުގެ71 އަދި 72 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

 

78 ވަނަ މާއްދާއިމާރާތްކުރުމުގެ ހުއްދަ އައުކޮށްދިނުމަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 71 ނުވަތަ 72 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ނަމަ، ކުރެހުން ފާސްކުރިކަމުގެ ލިޔުން އައުކުރުމަށްފަހު ހުއްދަ އައު ކުރުމަށް ހުއްދަ ދޫކުރާ އިދާރާއަށް "ބާވަތް 2 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅިދާނެއެވެ.

(ށ) އިމާރާތްކުރުމުގެ ހުއްދަ އައު ކުރުމަށް އެދި ހުށަހަޅާއިރު މިނިސްޓްރީން އާންމުކޮށްފައިވާ "ބާވަތް 2 ގެ އިމާރާތް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ތަކެތި" އާއެކު އެކަމަށް ފީއެއް ކަނޑައަޅާފައިވާނަމަ، ފީއާއެކު ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުށަހަޅާ ހުށަހެޅުމެއް ޗެކް ކޮށް ހުއްދަ ދޫކުރެވޭނީ މި ގަވާއިދުގެ 79 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

 

79 ވަނަ މާއްދާއިމާރާތްކުރުމުގެ ހުއްދަ އައުކޮށްދިނުން

އިމާރާތް ކުރުމުގެ ހުއްދަ އައުކޮށްދިނުމަށް އެދި ހުށަހެޅުމުން، މި ގަވާއިދުގެ 74 އަދި 76 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޗެކުކުރާއިރު، ކުރެހުންތަކާއި ލިޔުންތައް ހުރީ މި ގަވާއިދާ އެއްގޮތަށް ކަމުގައިވާނަމަ އިމާރާތްކުރުމުގެ ހުއްދަ އަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާނަމަ އެ މުއްދަތަކަށް އައުކޮށް، "އިމާރާތްކުރުމުގެ ހުއްދަ" ހުއްދަ ދޫކުރާ އިދާރާއިން ދޫކުރަންވާނެއެވެ.

 

80 ވަނަ މާއްދާ - އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ހެދުން

ތިމާވެއްޓަށް ލިބޭ ގެއްލުން ވަޒަން ކުރުމަށް ކުރާ ދިރާސާ ކުރަންޖެހޭނެ ކަމަށް ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ނުވަތަ ގާނޫނު ނަންބަރު 1993-04 ގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ހެދުމަށްފަހު ހުއްދަ ހޯދަންވާނެއެވެ.

 

 

ހަތް ވަނަ ބާބު

އިމާރާތުގެ ބާވަތް 2ގެ އިމާރާތްތައް އިމާރާތްކުރުމާއި އިމާރާތްކުރުމާ ގުޅިގެން ނަގަން ޖެހޭ އެހެން ހުއްދަތައް

 

81 ވަނަ މާއްދާ - މި ބާބަށް އަމަލުކުރަން ފެށުން

މި ބާބަށް އަމަލުކުރަންފަށާނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ.

 

82 ވަނަ މާއްދާ - ގާނޫނާއި ގަވާއިދާ އެއްގޮތަށް ބާވަތް 2 ގެ އިމާރާތުގެ މަސައްކަތް ކުރުން

(ހ) ބާވަތް 2 ގެ އިމާރާތަކަށް ނުވަތަ އިންފްރާސްޓްރަކްޗަރގެ ބަޔަކަށް ބަދަލެއް ގެނައުމަށް ބޭނުންވެއްޖެނަމަ، ގެންނަން ބޭނުންވާ ބަދަލުތަކާގުޅޭ ކުރެހުންތަކާއި ލިޔުންތައް ތައްޔާރުކުރުމަށްފަހު، މި ގަވާއިދުގެ 69 އާއި 74 ވަނަ މާއްދާގައިވާ ފަދައިން ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ.

(ށ) ބާވަތް 2 ގެ އިމާރާތުގެ ވެރިފަރާތުން ނުވަތަ އެ ތަނެއް ބަލަހައްޓާ ފަރާތަކުން އެ އިންފްރާސްޓަރަކްޗަރ އިމާރާތް ކުރުމަށްޓަކައި ދޫކޮށްފައިވާ ހުއްދައާއި ފާސްކޮށްފައިވާ ކުރެހުންތަކާއި ހިލާފަށް، އިމާރާތް ނުވަތަ ތަނެއް ނުވަތަ އެއިންތަނަކުން ބައެއްވިޔަސް، ނަގައި، ބަދަލުކޮށް، ބަންދުކޮށް ނުވަތަ ހުރަހެއް ކުރިމަތިވާ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށް ފައިވާ ފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާކަން ނުވަތަ ކޮށްފިކަން، އެއްވެސް ފަރާތަކަށް ފެނިއްޖެނަމަ ނުވަތަ އެނގިއްޖެނަމަ، ހުއްދަ ދޫކުރާ އިދާރާއަށް އެކަން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނުވަތަ އެނޫންވެސް ގޮތަކުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާކަން ނުވަތަ ކޮށްފިކަން، ހުއްދަ ދޫކުރާ އިދާރާއަށް އެނގިއްޖެނަމަ، އެ ކަމެއް އެ ހުއްދަ ދޫކުރާ އިދާރާއަކުން ބަލާ ޔަގީންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައިވާ ފަދަ ގޮތަށް އަމަލުކޮށްފިނަމަ އެ އިމާރާތެއްގެ ނުވަތަ އެތަނެއްގެ ވެރިފަރާތަށް، އެކަން ރަނގަޅު ކުރުމަށް ހުއްދަ ދޫކުރާ އިދާރާއިން ލިޔުމުން އަންގަންވާނެއެވެ.

(ޅ) މިމާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ރަނގަޅުކުރުމަށް އަންގާ އެންގުމަކީ މިމާއްދާގެ (ށ) ގައިވާ ފަދަ ތަނަކުން އެ ހިދުމަތް ދިނުމަށް ނުވަތަ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނުވަތަ ބަދަލެއް ގެނައުމަށް އަންގާ އެންގުމެކެވެ.

(ކ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުރުމަށް އަންގާ މަސައްކަތެއް ކުރުމަށް ނުވަތަ ގެނައުމަށް އަންގާ ބަދަލެއް ގެނައުމަށް ހިނގާ އެންމެހައި ހަރަދުތަކުގެ ޒިންމާ އުފުލަންވާނީ އިންފްރާސްޓްރަކްޗަރގެ ވެރިފަރާތުންނެވެ.

 

83 ވަނަ މާއްދާއިމާރާތް ކުރުމުގެ ހުއްދަ ނެތި ބާވަތް 2 ގެ އިމާރާތެއް އިމާރާތްކުރުން

(ހ) އިމާރާތްކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގައި ހުއްދަނެގުން އިސްތިސްނާވާކަމަށް ބަޔާންކޮށްފައިވާ ކުއްލި ހާލަތްތަކުގައި ބާވަތް 2 ގެ އިމާރާތެއްގެ މަސައްކަތެއް އިމާރާތްކުރުމުގެ ހުއްދަ ނެތި ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކުރާފަދަ އެއްވެސް މަސައްކަތެއް އެއްވެސް ފަރާތަކުން ކުރާނަމަ، އެ މަސައްކަތެއް ފެށިތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން އިމާރާތް ކުރުމަށް ހުއްދަ ދޫކުރާ އިދާރާއަށް އެފަރާތުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މަސައްކަތެއް ކޮށްފައިވާ ފަރާތެއް، އެ މަސައްކަތެއް ނިމޭތާ 30 (ތިރީސް) ދުވަސް ތެރޭގައި މި ގަވާއިދުގެ 77 ވަނަ މާއްދާގައިވާ ފަދައިން "މަސައްކަތް ގަބޫލުކުރާކަމުގެ ހުއްދަ" (ސެޓްފިކެޓް އޮފް އެކްސެޕްޓެންސް) ހޯދުމަށް އެދި ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ހުއްދަ ނެގުމަށް އިސްތިސްނާ ދީފައިވީނަމަވެސް، އެތަންތާނގައި އިމާރާތްކުރަންވާނީ އިމާރާތްކުރުމުގެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޕްލޭނިންގ ގާނޫނާއި ގަވާއިދުތަކާއި އެހެނިހެން ގާނޫނުތަކަށް ފެތޭ ގޮތަށެވެ.

 

84 ވަނަ މާއްދާ - ހާއްސަ ހާލަތްތަކުގައި "މަސައްކަތް ގަބޫލުކުރާކަމުގެ ހުއްދަ" ބާވަތް 2 ގެ އިމާރާތަކަށް ނެގުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ އިންފްރާސްޓަރަކްޗަރ އަކަށް "މަސައްކަތް ގަބޫލުކުރާކަމުގެ ހުއްދަ" (ސެޓްފިކެޓް އޮފް އެކްސެޕްޓެންސް)، ހޯދުމަށް އެދި ހުށަހެޅިދާނެއެވެ.

  1. އެ މަސައްކަތަކީ އިމާރާތްކުރުމުގެ ގާނޫނާއި މި ގަވާއިދު ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ މަސައްކަތަކަށް ވުން؛
  2. މި ގަވާއިދުގެ 78ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެ މަތިން އިމާރާތް ކުރުމުގެ ހުއްދަ ނުހޯދައި ކޮށްފައިވާ މަސައްކަތަކަށް ވުން؛ ނުވަތަ
  3. އެ މަސައްކަތަކީ މި ގަވާއިދުގެ 79ވަނަ މާއްދާގެ ދަށުން ކޮށްފައިވާ މަސައްކަތަކަށް ވުން.

(ށ) މި މާއްދާގެ (ހ) ދަށުން "މަސައްކަތް ގަބޫލުކުރާ ހުއްދަ" ހޯދުމަށް އެދި ހުށަހަޅާއިރު، ބާވަތް 2 ގެ އިމާރާތް ހުރިގޮތް ބަޔާންކޮށް، ފަންނީ ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓާއި، ކުރެހުންތަކާއި ލިޔުންތަކާއި ތަފުސީލާއެކު، "މަސައްކަތް ގަބޫލުކުރާ ކަމުގެ ހުއްދަ" ހޯދުމަށްޓަކައި ހުއްދަ ދޫކުރާ އިދާރާއަކަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަންނީ ފަރާތަކުން ތައްޔާރުކުރާ ރިޕޯޓުގައި، ތަނުގެ ފެންވަރާއި، މިންގަނޑާއި، ސްޓްރަކްޗަރގެ މައިގަނޑު ބައިތަކާއި، އެބައިތަކުގެ ތަފުސީލާއި، ބާވަތް 2 ގެ އިމާރާތުގެ މައިގަނޑު ބައިތައް ހެދިފައިހުރި މެޓީރިއަލްތަކުގެ މައުލޫމާތު ހިމަނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުއްދައަށް އެދި ހުށަހެޅުމުން އެފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ހުރި މައުލޫމާތުތައް ހަދާފައިވާ ބާވަތް 2 ގެ އިމާރާތާ ދިމާވޭތޯ ހުއްދަ ދޫކުރާ އިދާރާއިން ޗެކްކުރުމަށްފަހު ކުރެހުން ހުރީ ގަވާއިދާ އެއްގޮތަށްތޯ ޗެކްކުރުމަށް މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުށަހަޅާ ހުށަހެޅުމެއް މި ގަވާއިދުގެ 64ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޗެކްކުރުމަށްފަހު، ކުރެހުން ހުރީ ގަވާއިދާ އެއްގޮތަށް ކަމުގައިވާނަމަ، އެފަދަ ލިޔުމެއް ހުއްދަ ދޫކުރާ އިދާރާއަށް މިނިސްޓްރީން ފޮނުވަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ފަދައިން މިނިސްޓްރީން ހުއްދަ ދޫކުރާ އިދާރާއަށް އެންގުމުން، މި މާއްދާގެ (ހ) ގެ (1) ގައި ބަޔާން ކޮށްފައިވާ ހާލަތުގައި "މަސައްކަތް ގަބޫލުކުރާ ހުއްދަ" ދޫކުރަންވާނީ، މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅުމުން، އެ ރިޕޯޓަށް ރިއާޔަތް ކުރުމަށްފަހު، އެ ތަނަކީ ސަލާމަތާއި ރައްކައުތެރިކަމުގެ ގޮތުން، ބޭނުން ކުރުމަށްޓަކައި އެކަށީގެންވާ ތަނަކަށްވުމާއެކު އިމާރާތް ކޮށްފައިވާތަން އިމާރާތްކުރުމުގެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޕްލޭނިންގ ގާނޫނާއި ގަވާއިދުތަކާއި އެހެނިހެން ގާނޫނުތަކަށް ފެތޭ ތަނަކަށް ވާނަމައެވެ.

(ކ) މި މާއްދާގެ ދަށުން ބަލާބެލުމަށްފަހު، ހުއްދަ ހޯދުމަށް ހުށަހަޅާފައިވާ ބާވަތް 2 ގެ އިމާރާތަކީ ގަވާއިދަށް ފެތޭ ތަނަކަށް ނުވާނަމަ، އެކަމެއް ނުވަތަ ކަންތައްތަކެއް ރަނގަޅު ކުރުމަށް މަސައްކަތުގެ ކުޑަބޮޑުމިނަށް ބަލާ ރަނގަޅުކުރަންވީ މުއްދަތެއް ކަނޑައަޅައި ހުށަހެޅި ފަރާތަށް ހުއްދަ ދޫކުރާ އިދާރާއިން އަންގަންވާނެއެވެ.

(އ) މި ގަވާއިދުގެ މި މާއްދާ މިހެން އޮތުމަކުން، އިމާރާތްކުރުމުގެ ގާނޫނާއި މި ގަވާއިދުގައި، ބާވަތް 2 ގެ އިމާރާތެއް އިމާރާތް ކުރުމަށް ހުއްދަ ހޯދުމަށް އެދެންޖެހޭގޮތަށް އޮންނައޮތުން އިސްތިސްނާއެއް ނުވެއެވެ.

(ވ) "މަސައްކަތް ގަބޫލުކުރާ ހުއްދަ" އަށް އެދި ހުށަހަޅަންޖެހޭ ފޯމާއި، "މަސައްކަތް ގަބޫލުކުރާ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ތަކެތި" ލިސްޓުގައި ބަޔާންކޮށްފައިވާނެއެވެ އަދި "މަސައްކަތް ގަބޫލުކުރާ ހުއްދަ" އައިގެ ނަމޫނާ މިނިސްޓްރީން އާންމުކުރަންވާނެއެވެ.

 

85 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތެއް ނެގުމަށް ނުވަތަ ތެޅުމަށް ހުއްދަ ނެގުން

(ހ) ބާވަތް 2 ގެ އިމާރާތެއް ނެގުމަށް ނުވަތަ ތެޅުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރަންވާނީ ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅާ ބާވަތް 2 ގެ އިމާރާތެއް ތަޅާލުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ހުއްދައަށް އެދޭ ފޯމު މިނިސްޓްރީން އާންމުކުރަންވާނެއެވެ.

 

86 ވަނަ މާއްދާ - މަސައްކަތަށް ހުއްދަ ނަގަންޖެހޭ ހާލަތް

(ހ) މި ގަވާއިދުގެ ދަށުން އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާއިރު ބާވަތް 2 ގެ އިމާރާތުގެ ވަކި މަސައްކަތަކަށް ވަކި ހުއްދައެއް ހޯދަން ބަޔާންކޮށްފައިވާ ހާލަތުގައި، މަސައްކަތް ފެށުމުގެ ކުރިން، ވެރިފަރާތުން ނުވަތަ މަސައްކަތްކުރާ ފަރާތުން ހުއްދަ ހޯދުމަށްޓަކައި ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ހޯދުމަށް، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއެކު އަދި މި ގަވާއިދާއި ބިލްޑިންގ ކޯޑާއި އިމާރާތް ކުރުމާއި ގުޅޭގޮތުން ހެދިފައި ހުރި އެހެން ގަވާއިދު ތަކާއި ތައާރުޒު ނުވާގޮތަށް ހުށަހަޅައިފިނަމަ، އެ ހުއްދައެއް ދޫކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހުއްދަ ހޯދުމަށް ހުށަހަޅާއިރު، އިންފްރާސްޓްރަކްޗަރގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގަސްތުކުރާ ގޮތް ލިޔުމުން ހުށަހެޅުމަށް، ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތަށް އެންގިދާނެއެވެ.

 

 

އަށް ވަނަ ބާބު

އިމާރާތުގެ ބާވަތް 2ގެ އިމާރާތްތައް ބޭނުންކުރުން

 

87 ވަނަ މާއްދާ - މި ބާބަށް އަމަލުކުރަން ފެށުން

މި ބާބަށް އަމަލުކުރަންފަށާނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ.

 

88 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތެއް ބޭނުންކުރަން ފެށުން

ބާވަތް 2ގެ އިމާރާތްތައް ބޭނުންކުރުމުގައި ތިރީގައިވާ ކަންތައްތަކަށް ބަލަންވާނެއެވެ.

(ހ) ބާވަތް 2ގެ އިމާރާތްތައް ބޭނުންކުރަން ފަށަންވާނީ ހުއްދަ ދޫކުރާ އިދާރާއިން ހުއްދަ ދީފައިވާ ގޮތަށް އިމާރާތްކުރުމަށްފަހުގައެވެ. އެގޮތުން ބޭނުންކުރުމުގައި އިމާރާތެއްގެ ބައެއް ނިމުމުން، އެބައި ބޭނުންކުރަން ފެށުން މަނައެއް ނުކުރާނެއެވެ.

(ށ) ބާވަތް 2 ގެ އިމާރާތެއް ދާއިމީކޮށް ބޭނުންކުރަންވާނީ އެތަނެއް ދާއިމީކޮށް ބޭނުންކުރުމާ ގުޅޭގޮތުން އެތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއް ހިންގާ ފަރާތަކުން އެތަނެއް ބޭނުންކުރުމާ ގުޅޭގޮތުން އާންމުކޮށް އަންގާ އިއުލާނުކުރާ ގޮތެއްގެ މަތިންނެވެ.

(ނ) ބާވަތް 2 ގެ އިމާރާތެއް ގާއިމްކުރަމުންދާއިރު ވަކި ބައެއް ބޭނުންކުރަންވާނީ އެތަނެއް ވަގުތީ ގޮތުން ބޭނުންކުރުމާ ގުޅޭގޮތުން އެތަނެއް އިމާރާތްކުރަމުންދާ ފަރާތް ނުވަތަ ވެރިފަރާތުން ނުވަތަ އެތަނެއް ހިންގާ ފަރާތަކުން އެތަނެއް ވަގުތީކޮށް ބޭނުންކުރުމާ ގުޅޭގޮތުން އާންމުކޮށް އަންގާ އިއުލާނުކުރާ ގޮތެއްގެ މަތިންނެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) ގަ އި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތަށް ބޭނުންކުރަން ހުޅުވާލާފައިވާ ތަނެއް ވަގުތީ ގޮތެއްގައި ބަންދުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

89 ވަނަ މާއްދާ - ބޭނުންކުރަން ހުޅުވާލާފައިނުވާ ބާވަތް 2 ގެ އިމާރާތެއް ބެލެހެއްޓުން މަނާނުކުރުން

(ހ) މި ގަވާއިދުގެ 88 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެފަދައިން އާންމުކޮށް އިއުލާނުކުރުމެއް ނެތި ބާވަތް 2 ގެ އިމާރާތެއް ބެލެހެއްޓުމަށްޓަކައި މީހަކު ބެހެއްޓުމަކަށް މިގަވާއިދު ހުރަހެއް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބެލެހެއްޓުމަށް މީހަކު ބެހެއްޓުމަށްޓަކައި 200 (ދުއިސައްތަ) އަކަފޫޓަށްވުރެ ބޮޑު ޖާގައެއް ބޭނުންކޮށްގެން ނުވާނެއެވެ.

 

90 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތެއް ބޭނުންކުރާ ފަރާތްތަކުން ސަމާލުވާންވީ ކަންކަން

ބާވަތް 2 ގެ އިމާރާތެއް ބޭނުންކުރާ ފަރާތްތަކުން އެތަން ތަނަށް ގެއްލުން ދިނުން ނުވަތަ ބާވަތް 2 ގެ އިމާރާތުގެ ބައެއް ހުއްދަ ނެތި ނެގުމަކީ މަނާކަމެކެވެ.

(ށ) ބާވަތް 2 ގެ އިމާރާތެއް ބަލަހައްޓާ ނުވަތަ ހިންގާ ފަރާތުން ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާނަމަ އެ ބާވަތް 2 ގެ އިމާރާތް ބޭނުންކުރާ ފަރާތްތަކުން އެފަދަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) އާއި ހިލާފަށް ބާވަތް 2 ގެ އިމާރާތެއް ބޭނުންކުރުމަކީ މަނާކަމެކެވެ.

(ރ) މި މާއްދާގެ (ހ) އަދި (ށ) އާއި ހިލާފަށް ބާވަތް 2 ގެ އިމާރާތެއް ބޭނުންކޮށްގެން ނުވަތަ ބާވަތް 2 ގެ އިމާރާތަށް ގެއްލުން ދިނުމުން ނުވަތަ ބާވަތް 2 ގެ އިމާރާތުގެ ބައެއް ހުއްދަ ނެތި ނެގުމުގެ ސަބަބުން މީހަކަށް ނުވަތަ މުދަލަކަށް ނުވަތަ އެ ބާވަތް 2 ގެ އިމާރާތަށް ވާ ގެއްލުމެއްގެ ޒިންމާ އުފުލާނީ ގަވާއިދާ ހިލާފަށް ބޭނުންކުރި ފަރާތުންނެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ފަދަ ގެއްލުމެއް ވުމުގެ ސަބަބުން ވާ ގެއްލުމުގެ ހަރަދު ދެއްކުމަށް އެ ބާވަތް 2 ގެ އިމާރާތެއްގެ ވެރިފަރާތުން ނުވަތަ އެ ބާވަތް 2 ގެ އިމާރާތް ހިންގާ ފަރާތަކުން ގަވާއިދާ ހިލާފަށް ބާވަތް 2 ގެ އިމާރާތެއް ބޭނުންކުރި ފަރާތަށް އަންގަންވާނެއެވެ.

 

91 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތެއް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުން

(ހ) ބާވަތް 2 ގެ އިމާރާތެއް ބަލަހައްޓާ ނުވަތަ ހިންގާ ފަރާތުން ބާވަތް 2 ގެ އިމާރާތަކީ އެ ބޭނުންކުރާ ފަރާތްތަކަށް ސަލާމަތްތެރި ތަންތަން ކަން ކަށަވަރުކުރަންވާނެއެވެ.

(ށ) ބާވަތް 2 ގެ އިމާރާތެއް ނުވަތަ ބާވަތް 2 ގެ އިމާރާތެއްގެ ބަޔަކީ އެތަނެއް ބޭނުންކުރާ މީހުންނަށް ސަލާމަތްތެރި ތަނެއްކަމުގައި ނުވާނަމަ އެތަނުގެ ވެރިފަރާތުން ނުވަތަ ހިންގާ ފަރާތުން އެތަނެއް ބޭނުންކުރުން މަނާކޮށް އާންމުކޮށް އަންގާ އިއުލާނުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާގޮތަށް ބޭނުންކުރުން މަނާކޮށްފައިވާ ބާވަތް 2 ގެ އިމާރާތެއްއް ބޭނުންކުރުމަކީ މަނާކަމެކެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) އާއި ހިލާފަށް ބާވަތް 2 ގެ އިމާރާތެއް ބޭނުންކޮށްގެން މީހަކަށް ނުވަތަ މުދަލަކަށް ނުވަތަ އެ ބާވަތް 2 ގެ އިމާރާތުއަށް ވާ ގެއްލުމެއްގެ ޒިންމާ އުފުލާނީ ގަވާއިދާ ހިލާފަށް ބޭނުންކުރި ފަރާތުންނެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ފަދަ ގެއްލުމެއް ވުމުގެ ސަބަބުން ވާ ގެއްލުމުގެ ހަރަދު ދެއްކުމަށް އެ ބާވަތް 2 ގެ އިމާރާތެއްގެ ވެރިފަރާތުން ނުވަތަ އެ ބާވަތް 2 ގެ އިމާރާތްހިންގާ ފަރާތަކުން ގަވާއިދާ ހިލާފަށް ބާވަތް 2 ގެ އިމާރާތެއް ބޭނުންކުރި ފަރާތަށް އަންގަންވާނެއެވެ.

 

92 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތުގެ ނަން ޖެހުން

ތިރީގައިވާ ބާވަތް 2 ގެ އިމާރާތްތަކުގައި މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ނަން ބޯޑު ޖަހަންވާނެއެވެ.

  1. ފާލަމާއި ބަނދަރު؛
  2. މަގު؛
  3. މީގެ އިތުރުން މިނިސްޓްރީން އާންމުކޮށް އަންގާ ބާވަތް 2 ގެ އިމާރާތްތައް.

(ށ) ބާވަތް 2 ގެ އިމާރާތުގައި ނަންޖަހަންވީ މިންގަނޑު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ތަނަށް ދީފައިވާ ނަން ނުވަތަ ނަންބަރު؛
  2. ދިވެހި އަދި އިނގިރޭސިން ނަން ހިމެނުން؛
  3. ކިޔަން ފަސޭހަވާނެގޮތަށް ހުރުން؛
  4. މިނިސްޓްރީން ވަކި މިންގަނޑެއް ކަނޑައަޅާފައިވާނަމަ އެ މިންގަނޑަކަށް ހުރުން.

(ނ) މި މާއްދާގެ (ހ) ގައިވާ ތަންތަނުގެ ތެރެއިން ކުރިން އިމާރާތްކޮށްފައިވާ ތަންތަނުގެ ތެރެއިން ނަން ޖަހާފައިނުވާ ތަންތަނުގައި މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި މި މާއްދާ އާ އެއްގޮތްވާގޮތުގެ މަތިން ނަންބޯޑު ޖަހަންވާނެއެވެ.

 

93 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތުގެ ދަފްތަރެއް ބެލެހެއްޓުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު ހަވާލުކުރެވޭ ބާވަތް 2 ގެ އިމާރާތުގެ އަންނަނިވި މައުލޫމާތުތައް އެ ބާވަތް 2 ގެ އިމާރާތް ބަލަހައްޓާ ފަރާތުން މިނިސްޓްރީއަށް އަންގަންވާނެއެވެ.

  1. ތަނުގެ ނަން؛
  2. ތަނުގެ ވެރިފަރާތް؛
  3. ތަން ހަދާފައިވާ ތާރީހް؛
  4. ތަނުގެ އަގު؛
  5. ތަނުގެ ހާލަތު؛
  6. ތަން ހިންގަން ނުވަތަ ބެލެހެއްޓުމަށް ހަވާލުކުރެވުނު ތާރީހް؛
  7. ތަން ހިންގާ ނުވަތަ ބަލަހައްޓާ ފަރާތް؛ އަދި
  8. މި މައުލޫމާތުގެ އިތުރުންވެސް ބޭނުންވާނެ އެހެން މައުލޫމާތު.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށިއިރު ހަވާލުކޮށްފައިވާ ބާވަތް 2 ގެ އިމާރާތުގެ މައުލޫމާތުތަކުގެ ތެރެއިން މި މާއްދާގެ (ހ) ގެ (1) އިން )9 ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް 31 ޑިސެމްބަރ 2021 ގެ ނިޔަލަށް އެ ބާވަތް 2 ގެ އިމާރާތް ބަލަހައްޓާ ފަރާތުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައިވާ މައުލޫމާތުތައް ފޯރުކޮށްދޭންވީ ވަކި ފޯމެޓެއް ކަނޑައަޅާ 31 ޑިސެމްބަރ 2020 ގެ ނިޔަލަށް މިނިސްޓްރީން އާންމުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން އެއްކުރާ މައުލޫމާތުތައް ހިމެނޭ ދަފްތަރެއް މިނިސްޓްރީގައި ގާއިމްކޮށް ބަލަހައްޓަންވާނެއެވެ.

 

 

ނުވަ ވަނަ ބާބު

އިމާރާތްކުރުމާ ގުޅޭ އާންމު ބައިތައް

 

94 ވަނަ މާއްދާ - އިން ކަށަވަރުކުރުމަށްޓަކައި ނަގާ ހުއްދް

(ހ) އެކި އެކި ބޭނުންތަކަށް ތަރައްގީކުރުމަށް ދޫކޮށްފައިވާ ބިންތަކުގައި ހަދާ އިމާރާތެއްގެ މަސައްކަތް ފެށުމުގެ ކުރިން ކަޑަ ޖެހުމަށް ފަހު އެތަނެއްގެ އިން ކަށަވަރުކުރުމަށްޓަކައި ހުއްދަ ދޫކުރާ އިދާރާގެ ހުއްދަ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ހުއްދައިގާ އިމާ ގުޅިގެން އިތުރު ހުއްދައެއް ނަގަންޖެހޭކަމުގައިވާނަމަ، އެކަން ބަޔާންކޮށްފައިވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް މިނިސްޓްރީން އިއުލާނުކުރާ ވަކި ބާވަތެއްގެ މަށްރޫއު ތަކުގެ އިން ކަށަވަރުކުރުމަށްޓަކައި އަމަލުކުރާނީ މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް އިއުލާނުކުރާގޮތެއްގެ މަތިންނެވެ.

 

95 ވަނަ މާއްދާ - އިމާ ގުޅިގެން ކުރާ މަސައްކަތަކަށް ނަގާ ހުއްދަ

(ހ) އިމާރާތްކުރުމުގެ މަސައްކަތެއް ކުރުމުގައި މަގު ނުވަތަ އެހެން ފަރާތެއްގެ އިމުގައި ނުވަތަ އިމުން ބޭރުގައި މަސައްކަތެއް ކުރަންޖެހޭނަމަ، އެފަދަ އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރަންވާނީ ހުއްދަ ދޫކުރާ އިދާރާއިން އެކަމާ ގުޅޭގޮތުން ވަކި ގަވާއިދެއް ނުވަތަ އުސޫލެއް އެކުލަވާލާފައިނުވާނަމަ ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅާ ހުއްދަ ހޯދުމަށްފަހުގައެވެ. މި މާއްދާގެ (ހ) ގައިވާ ފަދައިން ހުށަހަޅާއިރު އެހެން ފަރާތެއްގެ އިމުގެ ތެރޭގައި ނުވަތަ އިމުގައި މަސައްކަތެއް ކުރަންޖެހޭނަމަ އެ ބިމެއްގެ ވެރިފަރާތުގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ހުއްދައަށް އެދޭ ފޯމުތައް އާންމުކޮށް ލިބޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

 

96 ވަނަ މާއްދާ - ކޮނުމުގެ މަސައްކަތް ކުރުން

(ހ) އިމާރާތްކުރުމުގެ މަސައްކަތަކަށް ބިން ކޮނުން ނުވަތަ މި ނޫންވެސް އެހެން ބޭނުމަކަށް ބިން ކޮންނަންވާނީ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިން ގަނޑުތަކުގެ ގަވާއިދު" ގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ.

(ށ) އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރަތްތަކުގެ ގަވާއިދު" ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންޓްރެކްޓަރެއްގެ ނުވަތަ ފަންނީ ނުވަތަ ތަޖުރިބާ ހުރި ފަރާތެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރަންޖެހޭނެކަމަށް އާންމުކޮށް އަންގާ އިއުލާނުކޮށްފައިވާ ކޮނުމުގެ މަސައްކަތްތައް ކުރަންވާނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރަތްތަކުގެ ގަވާއިދު" ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންޓްރެކްޓަރެއްގެ ނުވަތަ ފަންނީ ނުވަތަ ތަޖުރިބާ ހުރި ފަރާތެއްގެ ބެލުމުގެ ދަށުންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ކޮނުމުގެ މަސައްކަތެއް ކުރާއިރު ވަކި ވަކި މަސައްކަތެއް ކުރީ ކޮންބައެއް ކަމާއި އެމަސައްކަތް ކުރީ ކޮން ފަރާތެއްގެ ބެލުމުގެ ދަށުން ކަން އެނގޭނޭ ގޮތަށް މަސައްކަތުގެ ތަފްސީލު ލިޔެ ލޮގެއް ކޮންޓްރެކްޓަރު ބަލަހައްޓަންވާނެއެވެ.

(ރ) ކޮނުމުގެ މަސައްކަތް ކުރަންވާނީ ވަށައިގެން ހުރި ގޭގެއާއި ތަންތަނަށް ގެއްލުން ނުވާނެ ގޮތަށް، އެކަށީގެންވާ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

(ބ) އިންވެގެން އިމާރާތެއް ނުވަތަ ބިނާއެއްވާނަމަ ނުވަތަ ބާވަތް 2 ގެ އިމާރާތެއް ވާނަމަ އެތަނެއް ނުވަތަ އެތަނެއްގެ ފަސްގަނޑު ދަމައިގަތަނުދީ ހިފެހެއްޓުމަށާއި ފައުންޑޭށަން ރައްކައުތެރިކުރުމަށްޓަކައި ޕްރޮޓެކްށަން މެތަޑެއް ބޭނުންކުރަންވާނެއެވެ.

 

97 ވަނަ މާއްދާ - ޑީވޯޓަރިންގ ހުއްދަ

އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއްގެ ތެރެއިން ބިމުގެ ފެން ޕަމްޕުކުރާނަމަ، ބިމުން ފެން ޕަމްޕުކުރުމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާ ވުޒާރާއިން ކަނޑައަޅާ ފައިވާ ހަމަތަކެއްގެ މަތިން ހުއްދަ ހޯދަންވާނެއެވެ.

 

98.ހުއްދަ ދޫކުރާ އިދާރާއިން އިމާރާތެއްގެ ބޭރުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ވަކި

ހުއްދަ ދޫކުރާ އިދާރާއިން އިމާރާތެއްގެ ބޭރުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ވަކި ގަވާއިދެއް ނުވަތަ އުސޫލެއް އެކުލަވާލާފައިނުވާނަމަ އަންނަނިވި ހާލަތްތަކުގައި އެފަދަ މަސައްކަތެއް ކުރަންވާނީ ހުއްދަ ދޫކުރާ އިދާރާ އަށް ހުށަހަޅާ ހުއްދަ ހޯދައިގެންނެވެ.

(ހ) އެ މަސައްކަތަކީ އިމާރާތަކަށް ދޫކޮށްފައިވާ ބިމުގެ އިމުގައި، ބިމަށް ވުރެ އުހުގައި، އެތަނެއްގެ އާބާތުރަ ފިލުވުމަށް ނުވަތަ ބޭރުގައި އެއްޗެއް ހަރުކުރުމަށް، ނުވަތަ މުދަލެއް އެރުވުމަށް ކުރެވޭ މަސައްކަތެއް ނަމަ؛ ނުވަތަ

(ށ) އެ މަސައްކަތަކީ އިމާރާތަށް ދޫކޮށްފައިވާ ބިމުގެ އިމަށް ވުރެ ބޭރު ބޭނުންކޮށްގެންނާއެކު ކުރެވޭ މަސައްކަތެއް ނަމަ؛

 

99 ވަނަ މާއްދާ - ހުއްދަތައް ފެންނަ ގޮތަށް ބެހެއްޓުން

އިމާރާތްކުރުމުގެ މަސައްކަތެއް ކުރަމުންދާއިރު އިމާރާތެއް ގާއިމްކުރުމަށްޓަކައި ދޫކޮށްފައިވާ ހުއްދަތައް ފެންނާނެ ގޮތަށް ބަހައްޓާފައި ހުންނަންވާނެއެވެ.

 

100 ވަނަ މާއްދާ - ސައިޓް ބޯޑު ޖެހުން

އިމާރާތެއް ގާއިމްކުރަން ނުވަތަ ތަޅާލުމުގެ މަސައްކަތެއް ނުވަތަ ބައެއް ތަޅާލުމުގެމަސައްކަތެއް ނުވަތަ ބައެއް އިތުރުކުރުމުގެ ގޮތުން އިމާރާތްކުރުމުގެ މަސައްކަތެއް
ކުރަމުންދާއިރު މަސައްކަތާ ގުޅޭގޮތުން ތިރީގައިވާ މައުލޫމާތުތައް ހިމެނޭ ބޯޑެއް އިމާރާތް ހިމެނޭ އިމުގައި ނުވަތަ އިމާރާތުގެ ބިއްގަނޑުގައި ހަރުކުރަންވާނެއެވެ.

  1. ތަނުގެ ނަން؛
  2. ތަނުގެ ވެރިފަރާތުގެ ނަން؛
  3. ކޮންޓްރެކްޓަރުގެ ނަން؛
  4. އިމާރާތް ނުވަތަ އިންފްރާސްޓްރަކްޗަރގެ ބާވަތް؛
  5. އިމާރާތުގެ އުސްމިން؛
  6. ބާވަތް 2 ގެ އިމާރާތުއެއް ނަމަ، ހިމެނޭ މައިގަނޑު ބައިތަކުގެ މައުލޫމާތު؛
  7. އިމާރާތްކުރުމުގެ މަސައްކަތް ފަށާ ތާރީހް؛
  8. އިމާރާތްކުރުމުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރާ ތާރީހް؛
  9. އިމާރާތްކުރާ ފަރާތާ ގުޅޭނެ ފޯނު ނަންބަރެއް.

(ށ) މި މާއްދާގެ (ހ) ގައިވާ މަސައްކަތްތަކުގެ ތެރެއިން ތަޅާލާ ސާފުކުރުމުގެ މަސައްކަތެއް ކުރާނަމަ، މި މާއްދާގެ (ހ) ގެ (4) އަދި (5) ވަނަ ނަންބަރުގައިވާ މައުލޫމާތު ހިމަނާކަށް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (7) އަދި (8) ވަނަ ނަންބަރުގައިވާ ތާރީހް ބަޔާންކުރަންވާނީ އިމާރާތްކުރުމުގެ މަސައްކަތުގެ އިތުރުން ތެޅުމާއި ބިންސާފުކުރުމުގެ މަސައްކަތުގެ މުއްދަތުވެސް ހިމެނޭގޮތަށެވެ.

 

101 ވަނަ މާއްދާ - ސައިޓް ލޮގް ބެލެހެއްޓުން

މަސައްކަތް ކުރާ ސައިޓެއްގައި އަންނަނިވި ކަންތައްތަކުގެ މައުލޫމާތުތައް ހިމެނޭގޮތަށް ލޮގް ކުރުމަށް ފޮތެއް ގެންގުޅެންވާނެއެވެ. ލޮގް ކުރާއިރު މަސައްކަތުގެ ތަފްސީލު، ވަގުތު އަދި އެ މަސައްކަތަށް ހުއްދަ ދީފައިވާ ފަރާތެއް ވާނަމަ އެ ފަރާތެއްގެ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ސައިޓުގައި މަސައްކަތް ކުރާ ދުވަސް ދުވަހު މަސައްކަތް ފެށިގަޑި އާއި ނިންމި ގަޑި؛

(ށ) އެދުވަހަކު ކުރެވޭ މަސައްކަތްތަކާއި ތަފްސީލު؛

(ނ) މަސައްކަތްތައް ޗެކްކުރުމަށް ފަހު ހުއްދަ ދޭ ފަރާތްތައް؛

(ރ) ގަވާއިދުން ވަކި ވަގުތެއްގައި ކުރަން ކަނޑައަޅާފައިވާ ކަމެއް ވާނަމަ އެކަމެއް؛

(ބ) ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ކުރަން ޖެހޭނެކަމަށް ކަނޑައަޅާފައިވާ ކަމެއް ވާނަމަ އެކަމެއް؛

(ޅ) އިމާރާތްކުރުމާ ގުޅިގެން ލިބޭ ހުއްދައިގެ ތަފްސީލު؛

(ކ) އިމާރާތްކުރުމަށް އެދުވަހަކު ގެންނަ ތަކެތީގެ ތަފްސީލު؛ އަދި

(އ) އެދުވަހެއްގައި އުކާލާ ކުނީގެ ތަފްސީލު.

 

102 ވަނަ މާއްދާމަސައްކަތް ކުރުމުގައި އެހެން މީހުން ރައްކައުތެރިކުރުން

(ހ) އިމާރާތެއް ނުވަތަ ތަނެއް، އިމާރާތް ކުރުން، ބަދަލެއް ގެނައުން ނުވަތަ މަރާމާތެއް ކުރުމުގެ މަސައްކަތެއް ކުރަންވާނީ، އިންވެގެންވާ ގޯއްޗަކަށް ނުވަތަ އިންވެގެންވާ އިމާރާތަކަށް ނުވަތަ އިންވެގެންވާ އިމާރާތުގެ ބަޔަކަށް ނުވަތަ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ނުވާނެ ފަދަ ގޮތަކަށެވެ.

(ށ) މި މާއްދާގެ (ހ) އާއި ހިލާފަށް މަސައްކަތް ކުރުމަކީ މަނާކަމެކެވެ.

 

103 ވަނަ މާއްދާ - ސަލާމަތީ ކަންތައްތައް ބެލެހެއްޓުން

އިމާރާތްކުރަމުންދާއިރު ސަލާމަތީ ކަންތައްތައް ހުންނަންވާނީ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު" އާއި އިމާރާތްކުރުމުގެ ސަލާމަތާ ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

 

104 ވަނަ މާއްދާމަސައްކަތް ކުރަމުންދާ ސައިޓަށް ހުއްދަ ނެތި ނުވަނުން

(ހ) އިމާރާތްކުރުމުގެ މަސައްކަތެއް ކުރަމުންދާ ސަރަހައްދަކަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތެއް ފިޔަވައި އެހެން ފަރާތަކުން ވަންނަންވާނީ އިމާރާތްކުރާ ފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) ހުއްދަ ދޫކުރާ އިދާރާ ނުވަތަ މިނިސްޓްރީން މި ގަވާއިދުގެ 130 ވަނަ މާއްދާގައިވާ ފަދައިން މަސައްކަތް ކުރަމުންދާ ސައިޓަކަށް ވަދެވިދާނެއެވެ.

 

 

ދިހަ ވަނަ ބާބު

އިމާރާތް ކުރުމުގެ މަސައްކަތުގެ ފެންވަރު ބެލެހެއްޓުން

 

105 ވަނަ މާއްދާއިމާރާތް ކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ބިލްޑިންގ އިންސްޕެކްޓަރެއް އައްޔަނުކުރުން

(ހ) 1 ޖޫން 2019 އިން ފެށިގެން ތިރީގައިވާ ފަދަ އިމާރާތްކުރުމުގެ މަސައްކަތެއް ކުރަންވާނީ އިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ބެލެހެއްޓުމަށްޓަކައި "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ބިލްޑިންގ އިންސްޕެކްޓަރެއް ބިލްޑިންގ އިންސްޕެކްޓަރެއް މި މާއްދާގެ (ޅ) ގައިވާ މަސައްކަތްތައް ޗެކްކުރުމަށް އައްޔަނުކޮށްގެންނެވެ.

  1. 5 (ފަހެއް) ބުރިއަށް ވުރެ އުސްވުމާއެކު 6 (ހައެއް) މީޓަރަށް ވުރެ ދިގު ބެރި ހިމެނޭ ބާވަތް 1 ގެ އިމާރާތްތައް؛
  2. 2000 (ދެހާސް) އަކަފޫޓަށްވުރެ ބޮޑެތި ބާވަތް 1 ގެ އިމާރާތްތައް؛އަދި
  3. ބިމުގެ ގޮތުން ނުވަތަ ސަރަހައްދުގެ ގޮތުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަންޖެހޭފަދަ ތަންތަނުގައި މަސައްކަތްކުރާނަމަ.

(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތް ފިޔަވާ އެހެން ހާލަތްތަކުގައި ވެރިފަރާތުން އެދޭނަމަމި މާއްދާގެ (ބ) ގައިވާ ފަދައިން ސެޓިފައިކުރުމަށް ބިލްޑިންގ އިންސްޕެކްޓަރެއް އައްޔަންކުރެވިދާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، މަސައްކަތުގެ ފެންވަރު ބެލެހެއްޓުމުގެ ގޮތުން އައްޔަން ކުުރާ ބިލްޑިންގ އިންސްޕެކްޓަރެއް ވާންވާނީ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ ދަށުން، ކަނޑައެޅިފައިވާ ނުވަތަ ހުއްދަ ކުރެވިފައިވާ މަސައްކަތަކާއި ގުޅޭ ކެޓެގަރީއެއްގައި ރެޖިސްޓަރ ވެފައިވާ ބިލްޑިންގ އިންސްޕެކްޓަރަކަށެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ ބިލްޑިންގ އިންސްޕެކްޓަރުން ތިރީގައިވާ ކަންތައްތައް ބަލާ ސެޓްފިކެޓު ދޫކުރަންވާނެއެވެ. 

  1. އިމާރާތުގެ ސްޓްރަކްޗަރ (އޮނިގަނޑު) ގެ މަސައްކަތްތައް ހުރީ ފާސްކޮށްފައިވާ ކުރެހުމާއި އެއްގޮތަށް ކަން ބެލުމަށްފަހު ބިލްޑިންގ އިންސްޕެކްޓަރު ޗެކްކުރުމަށްފަހު "ސެޓްފިކެޓް އޮފް ކޮމްޕްލަޔަންސް ފޯރ ސްޓްރަކްޗުރަލް ސްޓެބިލިޓީ ސެޓްފިކެޓު" އެއް ދޫކުރަންވާނެއެވެ.
  2. އެ އިމާރާތެއް ނުވަތަ ތަނެއް ހުރީ މަސައްކަތް ކޮށް ނިމޭއިރުގައި ކުރެހުމާއި އެއްގޮތަށް ކަމަށާއި ފެންނަން ހުންނަ ބައިތައް ހުރީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކަން.

(ބ) މި މާއްދާގެ (ޅ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބިލްޑިންގ އިންސްޕެކްޓަރު ޗެކްކުރުމަށްފަހު "ދިރިއުޅުމަށް ނުވަތަ ބޭނުންކުރުމަށް ތައްޔާރުވެފައިވާކަމުގެ ލިޔުން" (ސެޓިފިކެޓް އޮފް ކޮމްޕްލަޔަންސް ފޯރ އޮކިއުޕަންސީ) އެއް ދޫކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ވާ "ދިރިއުޅުމަށް ނުވަތަ ބޭނުންކުރުމަށް ތައްޔާރުވެފައިވާކަމުގެ ލިޔުން" (ސެޓިފިކެޓް އޮފް ކޮމްޕްލަޔަންސް ފޯރ އޮކިއުޕަންސީ) ގެ ނަމޫނާ މެއި 2019 ގެ ނިޔަލަށް މިނިސްޓްރީން އާންމުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ބ) ގައި ބަޔާން ކޮށްފައިވާ ލިޔުން ދޫކުރުމަށް ޗެކްކުރާއިރު، އިމާރާތް ކުރުމުގެ ހުއްދަ ދޫކުރި ކުރެހުންތަކާއި ލިޔުންތަކާއި، ހެދިފައި ހުރި އިމާރާތާއި ތަފާތު ވާނަމަ، އެ އިމާރާތެއް އިންސްޕެކްޓް ކުރުމަށްފަހު ހުރި މައްސަލަތައް ބަޔާންކޮށް ލިޔުމުން ވެރިފަރާތަށް އަންގަންވާނެއެވެ.

 

106 ވަނަ މާއްދާއިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ރަޖިސްޓަރީވެފައިވާ ކޮންޓްރެކްޓަރެއް އައްޔަންކުރުން

1 ޖޫން 2019 އިން އަންނަނިވި މަސައްކަތެއް ކުރުމަށް ފެށޭނީ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައިވާ ގޮތުގެ މަތިން އެފަދަ މަސައްކަތެއް ކުރުމަށް ރަޖިސްޓަރީވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.

(ހ) 2 (ދެއެއް) ބުރިއަށް ވުރެ އުސްވުމާއެކު 6 (ހައެއް) މީޓަރަށް ވުރެ ދިގު ބެރި ހިމެނޭ ބާވަތް 1 ގެ ދައުލަތުގެ އިމާރާތްތައް؛

(ށ) ބާވަތް 2 ގެ އިމާރާތުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބަނދަރު ހެދުމާއި، ކަރަންޓު ނިޒާމު ގާއިމްކުރުން، ފެނުގެ ނިޒާމު ގާއިމްކުރުން، ނަރުދަމާގެ ނިޒާމު ގާއިމްކުރުން، އެއަރޕޯޓު ފަދަ ތަންތަންތަނުގެ މަގާއި ރަންވޭ ހެދުމާއި އޯފް ށޯގައި ހަދާ ތަންތަނުގެ މަސައްކަތް؛ އަދި 

(ނ) މާލޭގައި އެފަރާތަކަށް ދީފައިވާ ބިމުގެ އިމުގައި ހަދާ އިމާރާތްތަކުގެ ފައުންޑޭށަން މަސައްކަތް.

 

107 ވަނަ މާއްދާއިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ރަޖިސްޓަރީވެފައިވާ ކޮންޓްރެކްޓަރެއް އައްޔަންކުރުން

ކުރަމުންދާ ނުވަތަ ކޮށްނިމިފައިވާ އިމާރާތެއްގެ ފެންވަރު ބެލުމަށްޓަކައި، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި، މި ގަވާއިދުގެ 126 ވަނަ މާއްދާގައިވާ ފަދައިން އެތަނެއް ބަލައި ޗެކްކުރެވިދާނެއެވެ.

 

108 ވަނަ މާއްދާ - ސިއްހީގޮތުން ނުރައްކާތެރި އިމާރާތް

(ހ) ސިއްހީގޮތުން ނުރައްކާތެރި އިމާރާތެއް ކަމަށް އެއްވެސް ފަރާތަކަށް ފާހަގަކުރެވިއްޖެނަމަ، އެކަން ފާހަގަކުރެވޭ ފަރާތަކުން، ހުއްދަ ދޫކުރާ އިދާރާއަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާފަދަ މައުލޫމާތެއް ހުއްދަ ދޫކުރާ އިދާރާއަށް ލިބިއްޖެނަމަ، އެތަނަކާ ގުޅޭގޮތުން ހުށަހަޅާފައިވާ މައުލޫމާތަށް ބެލުމަށްފަހު ސިއްހީގޮތުން ނުރައްކާތެރި އިމާރާތެއްތޯ ބެލުމަށްޓަކައި، އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަމާ ގުޅޭ އިދާރާއަށް ހުއްދަ ދޫކުރާ އިދާރާއިން އަންގަންވާނެއެވެ. ވަކި އިމާރާތަކީ ސިއްހީ ގޮތުން ރައްކައުތެރި ނޫން އިމާރާތެއް ކަމަށް ކަނޑައަޅާނީ އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަމާ ގުޅޭ އިދާރާއިންނެވެ.

(ނ) އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަމާ ގުޅޭ އިދާރާއިން އެއްވެސް އިމާރަތަކީ ސިއްހީގޮތުން ނުރައްކާތެރި އިމާރާތެއްކަމަށް ކަނޑައަޅައިފިނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލު ކުރަންވާނެއެވެ.

  1. ރައްކައުތެރިނޫން ސަބަބުތައް ބަޔާންކޮށް، އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާ ގުޅޭ އިދާރާއިން އަންގާ ގޮތެއްގެ މަތިން އަމަލުކުރުމަށާއި އެ އިމާރާތުގެ ސިއްހީގޮތުން ނުރައްކާތެރި ބައި ބޭނުންކުރުން މަނާކުރުމަށް އިމާރާތުގެ ވެރިފަރާތަށް އެންގުން؛
  2. އެތަނަކީ ސިއްހީގޮތުން ނުރައްކާތެރި ތަނެއް ކަމަށާއި އެ އިމާރާތުގެ ސިއްހީގޮތުން ނުރައްކާތެރި ބައިތަކަކީ ކޮބައިކަމާއި އެބައިތައް ބޭނުންކުރުން މަނާކަން އަންގައިދޭ ނޯޓިސް އެއް އެ އިމާރާތުގައި ހަރުކުރުން؛
  3. މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައިވާ އެންގުމުގައި ސަބަބާއި، މުއްދަތާއި، ތާރީހާއި، ސޮޔާއި އަދި ތައްގަނޑު ޖެހުން؛
  4. އެތަނުގެ ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތައް ނޫން އެހެން ފަރާތްތަކަށް ގެއްލުމެއް ވެދާނެ ހާލަތުގައި ގެއްލުން ވެދާނެ ފަރާތްތައް އަދި އިމާރާތުގެ ވަށައިގެން ގެއްލުން ވެދާނެކަމަށް ލަފާކުރާ ދުރުމިނަކީ ކޮބައިކަން އެނގޭގޮތަށް އާންމުކޮށް އަންގާ އިއުލާނުކޮށް އެ ސަރަހައްދު ގައިވެސް މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައިވާ ފަދަ ނޯޓިސްއެއް ހަރުކުރުން؛
  5. ސިއްހީގޮތުން ނުރައްކާތެރިކަމަށް ކަނޑައެޅުނު ސަބަބުތައް ރަނގަޅުކުރުމާއި ހަމައަށް، އެ ތަނެއްގެ ހާލަތު ހުއްދަ ދޫކުރާ އިދާރާއިން މޮނިޓަރ ކުރަމުން ގެންދިޔުން؛ އަދި
  6. މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރަތަކީ ސިއްހީގޮތުން ނުރައްކާތެރި އިމާރާތެއްކަމަށް އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަމާ ގުޅޭ އިދާރާއިން ކަނޑައަޅާފައިވާ ލިޔުމާއި މި މާއްދާގެ (ނ) ގެ (1) އިން (5) އަށް އަންގާ އެންގުންތަކުގެ މައުލޫމާތު ދުވަހުން ދުވަހަށް މިނިސްޓްރީއާ ހިއްސާކުރުން.

(ރ) ސިއްހީގޮތުން ނުރައްކާތެރި ތަނެއްކަމަށް ކަނޑައަޅާފައިވާ އިމާރާތުގެ ބައިތައް ބޭނުންކުރުން މަނާކުރުމަށްފަހު، އިތުރަށް އެ އިމާރާތެއް ބޭނުންކޮށް އެއްވެސް ބަޔަކަށް ގެއްލުމެއް ލިބިއްޖެ ހާލަތެއްގައި ޒިންމާ އުފުލާނެ ފަރާތް ކަނޑައަޅާނީ ތިރީގައިވާ ގޮތުން ކުރެ ކޮންމެވެސް އެއް ގޮތެއްގެ މަތިންނެވެ.

  1. އެ އިމާރާތުގެ ނުވަތަ ތަނުގެ ވެރިފަރާތުން ޒިންމާ ނެގުން؛
  2. އިމާރާތެއް ބޭނުންކުރާ ފަރާތްތަކަށް އިމާރާތުގެ ވެރިފަރާތުން އިމާރާތުގެ ސިއްހީގޮތުން ނުރައްކާތެރި ބައިތައް ބޭނުންކުރުން މަނާކޮށް ލިޔުމުން އެންގުމަށްފަހު، އިތުރަށް އެ ބައިތައް ބޭނުންކުރަމުން ގެންދާނަމަ، ވެރިފަރާތުން ހުސްކުރުމަށް އެންގި އެންގުމާ ހިލާފަށް އިމާރާތް ބޭނުން ކުރުމުގެ ސަބަބުން ލިބޭ ކޮންމެ ގެއްލުމަކަށް އިމާރާތް ބޭނުންކުރާ ފަރާތުން ޒިންމާ ނެގުން.

(ބ) ސިއްހީގޮތުން ނުރައްކާތެރި ތަނެއްކަމަށް ކަނޑައަޅާފައިވާ ހާލަތެއްގައި ހުއްދަ ދޫކުރާ އިދާރާއިން ވެރިފަރާތަށް އެކަން އެންގުމަށްފަހު، ވެރިފަރާތުން ތިރީގައިވާ ފަދައިން ރިޕޯޓު އެކުލަވާލަންވާނެއެވެ.

  1. އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަމާ ގުޅޭ އިދާރާއިން އަންގާގޮތެއްގެ މަތިން އެތަނުގެ ސިއްހީގޮތުން ނުރައްކާތެރި މިންވަރު ދެނެގަތުމަށްޓަކައި އެ މަސައްކަތާ ގުޅޭ ފަންނުވެރިއެއް، އައްޔަންކޮށް ތަހްލީލުކުރުމަށްފަހު ރިޕޯޓު ތައްޔާރުކޮށް 2 ހަފްތާގެ ތެރޭގައި ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅުން؛
  2. މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަމާ ގުޅޭ އިދާރާ އިން ރިޕޯޓު އެކުލަވާލަން އަންގާފައިނުވިނަމަވެސް، އިމާރާތުގެ ވެރިފަރާތުން އެކަން ކުރަން އެދޭ ހާލަތުގައި، އެތަނުގެ ސިއްހީގޮތުން ނުރައްކާތެރި މިންވަރު ދެނެގަތުމަށްޓަކައި އެ މަސައްކަތާ ގުޅޭ ފަންނުވެރިއެއް، އައްޔަންކޮށް ތަހްލީލުކުރުމަށްފަހު ރިޕޯޓު ތައްޔާރުކޮށް 2 ހަފްތާ ތެރޭގައި ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅުން؛
  3. މި މާއްދާގެ (ބ) ގެ (1) އަދި (2) ވަނަ ނަންބަރުގައިވާ ފަދައިން ބެލުމަށްފަހު ފަންނުވެރިޔާ އެކުލަވާލާ ރިޕޯޓުގައި ފަންނުވެރިޔާ ސޮއިކޮށްފައިވާންވުން.

(ޅ) މި މާއްދާގެ (ބ) ގައިވާ ފަދައިން އެކުލާފައިވާ ރިޕޯޓެއް ހުއްދަ ދޫކުރާ އިދާރާއަށް ލިބުމުން އެރިޕޯޓާމެދު އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާ ގުޅޭ އިދާރާއަށް ފޮނުވައި އެކަމަށް ގޮތެއް ނިންމަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާ ގުޅޭ އިދާރާއިން ރަނގަޅުކުރަން ޖެހޭކަމަށް ފާހަގަކޮށް ހުއްދަ ދޫކުރާ އިދާރާއަށް އަންގާ ކަންކަން ހުއްދަ ދޫކުރާ އިދާރާއިން ވެރިފަރާތަށް އަންގަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައިވާ ގޮތުގެ މަތީން ރަނގަޅު ކުރަން އެންގި ކަންކަން ރަނގަޅުކުރުމަށްފަހު، އަލުން އެތަނެއް ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް ހުއްދަ ދޫކުރާ އިދާރާގައި އެދުމުން އެތަނެއް ޗެކްކުރުމަށްފަހު އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާ ގުޅޭ އިދާރާއިން ކަނޑައަޅާފައިވާ ކަންކަން އިސްލާހުކޮށްފައިވާކަން ނުވަތަ ނޫންކަން ހުއްދަ ދޫކުރާ އިދާރާއިން ކަނޑައެޅުމުގެ ތިރީގައިވާ ފަދައިން އަމަލުކުރަންވާނެއެވެ.

  1. އެތަނެއް ޗެކްކުރުމަށްފަހު އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާ ގުޅޭ އިދާރާ އިން ކަނޑައަޅާފައިވާ ކަންކަން އިސްލާހުކޮށްފައިވޭތޯ ހުއްދަ ދޫކުރާ އިދާރާއިން ޗެކްކުރުން؛
  2. މި މާއްދާގެ (އ) ގެ (1) ވަނަ ނަންބަރުގައިވާ އެހެން ބަޔާންކޮށްފައިވީނަމަވެސް އެ ތަނަކީ ސިއްހީގޮތުން ރައްކައުތެރިތަނެއް ކަމަށް ކަނޑައެޅުމަށްޓަކައި ނުވަތަ އެތަނަކާމެދު އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާ ގުޅޭ އިދާރާ އިން އަޅަން ބުނެފައިވާ ފިޔަވަޅު ފުރިހަމަ އަށް އަޅާފައިވާކަން ދެނެގަތުމަށްޓަކައި އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާ ގުޅޭ އިދާރާގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެ އިދާރާގެ އެހީތެރިކަމަށް އެދުން؛ އަދި ؛
  3. މި މާއްދާގެ (ވ) ގެ (1) ވަނަ ނަންބަރުގައިވާ އެހެން ބަޔާންކޮށްފައިވީނަމަވެސް އެ ތަނަކީ ސިއްހީގޮތުން ރައްކައުތެރިތަނެއް ކަމަށް ކަނޑައެޅުމަށްޓަކައި ނުވަތަ އެތަނަކާމެދު އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާ ގުޅޭ އިދާރާ އިން އަޅަން ބުނެފައިވާ ފިޔަވަޅު ފުރިހަމަ އަށް އެޅުމަށްފަހު އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާ ގުޅޭ އިދާރާއަށް އަންގަން ޖެހޭ ހާލަތްތަކުގައި އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާ ގުޅޭ އިދާރާއަށް އަންގާ، އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާ ގުޅޭ އިދާރާއިން ޗެކްކުރުން؛

(ވ) ސިއްހީގޮތުން ނުރައްކާތެރިކަމަށް ކަނޑައަޅާފައިވާ ތަން އަލުން ބޭނުންކުރުމުގެ ހުއްދަ ދިނުމާމެދު ގޮތެއް ކަނޑައެޅުމަށް އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާ ގުޅޭ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(މ) އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމާ ގުޅޭ އިދާރާއިން އެތަނަކީ ސިއްހީގޮތުން ރައްކައުތެރިތަނެއްކަމުގައި ކަނޑައެޅުމުން އެތަން އަލުން ބޭނުންކުރުމުގެ ހުއްދަ ދޫކުރަންވާނެއެވެ.

(ފ) މި މާއްދާގައި ބަޔާން ކޮށްފައިވާފަދަ ތަނެއްގެ މައުލޫމާތު ހުއްދަ ދޫކުރާ އިދާރާއަކަށް ލިބޭ ހިސާބުން ފެށިގެން އެތަނަކީ ސިއްހީގޮތުން ރައްކައުތެރިތަނެއްކަން ކަށަވަރުކުރެވެންދެން އެތަނަކާ ގުޅޭ މައުލޫމާތުތައް ދުވަހުން ދުވަހަށް ހުއްދަ ދޫކުރާ
އިދާރާއިން މިނިސްޓްރީއަށް ފޮނުވަމުން ގެންދަންވާނެއެވެ.

 

109 ވަނަ މާއްދާ - ނުރައްކާތެރި އިމާރާތް

(ހ) ނުރައްކާތެރި އިމާރާތްތަކާއި ތަންތަނަކީ، ތިރީގައި ބަޔާންކޮށްފައިވާ ހާލަތެއްގެ ސަބަބުން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ، އިމާރާތަށް މެދުވެރިވާ ހާލަތެއްގެ ސަބަބުން، މީހުންނަށް ނުވަތަ މުދަލަށް ގެއްލުމެއް ވެދާނެ ނުވަތަ ވުން ގާތް އިމާރާތްތަކާއި ތަންތަނެވެ.

  1. އިމާރާތެއް ނުވަތަ ތަނެއް ގިނަ ދުވަސްވެ ބައު ވުމުގެ ސަބަބުން؛
  2. އިމާރާތަކަށް ނުވަތަ ތަނަކަށް އަރުވާފައި ހުރި ބަރުދަނެއްގެ ސަބަބުން؛
  3. އިމާރާތްކުރުމުގެ މަސައްކަތެއްގެ ފެންވަރު ދަށްވުމުގެ ސަބަބުން؛
  4. ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެފަދަގޮތަކަށް އިމާރާތްކޮށްފައިވާ ތަނަކަށް ވުމުގެ ސަބަބުން؛
  5. ދިމާވާ ހާދިސާއެއްގެ ސަބަބުން.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން އެ އިމާރާތަކީ ނުރައްކާތެރި އިމާރާތެއް ކަމަށް ނުވަތަ ނުރައްކާތެރި އިމާރާތަކަށްވުން ގާތް އިމާރާތެއްކަމަށް، އެއްވެސް ފަރާތަކަށް ފާހަގަކުރެވިއްޖެނަމަ، އެކަން ފާހަގަކުރެވޭ ފަރާތަކުން، ހުއްދަ ދޫކުރާ އިދާރާއަށް ނުވަތަ މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ފަދަ މައުލޫމާތެއް ހުއްދަ ދޫކުރާ އިދާރާއަކަށް ލިބުމުން ތިރީގައިވާ ފަދައިން އަމަލުކުރަންވާނެއެވެ.

  1. އެތަނެއްގެ މައުލޫމާތު މިނިސްޓްރީއަށް އެންގުން؛
  2. އެތަނަކާ ގުޅޭ ރިޕޯޓެއް އެކުލަވާލައި މިނިސްޓްރީއާ ހިއްސާކުރުން؛

(ރ) މި މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާފަދަ މައުލޫމާތެއް މިނިސްޓްރީއަށް ލިބިއްޖެނަމަ، ރައްކައުތެރިނޫން ތަނެއްތޯ ކަށަވަރު ކުރުމަށްޓަކައި، ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓުގެ މައްޗަށް ބަލައި ނުރައްކާތެރި އިމާރާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން؛

(ބ) މި މާއްދާގެ (ރ) ގައިވާ ފަދައިން އިމާރަތަކީ ރައްކައުތެރިނޫން އިމާރާތެއްކަމަށް މިނިސްޓްރީން ކަނޑައަޅައިފިނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލު ކުރަންވާނެއެވެ.

  1. ރައްކައުތެރިނޫން ސަބަބުތައް ބަޔާންކޮށް އެކަން ރަނގަޅުކުރުމަށް ހުއްދަ ދޫކުރާ އިދާރާއިން އިމާރާތުގެ ވެރިފަރާތަށް އަންގައި އާންމުކޮށް އިއުލާނުކުރުން؛
  2. އެތަނަކީ ނުރައްކާތެރިތަނެއް ކަން އަންގައިދޭ ނޯޓިސް އެއް އެ އިމާރާތުގައި ހަރުކުރަން ވާނެއެވެ.
  3. މި މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައިވާ އެންގުމުގައި ސަބަބާއި، މުއްދަތާއި، ތާރީހާއި، ސޮޔާއި އަދި ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ.
  4. ރައްކައުތެރިނޫންކަމަށް ކަނޑައެޅުނު ސަބަބުތައް ރަނގަޅުކުރުމާއި ހަމައަށް، އެ ތަނެއްގެ ހާލަތު ހުއްދަ ދޫކުރާ އިދާރާއިން މޮނިޓަރ ކުރަމުން ގެންދިޔުން.

(ޅ) ރައްކައުތެރިނޫން ތަނެއްކަމަށް ކަނޑައަޅާފައިވާ އިމާރާތެ އް ހުސްކުރަން އެންގުމަށްފަހު، އިތުރަށް އެ އިމާރާތެއް ބޭނުންކޮށް އެއްވެސް ބަޔަކަށް ގެއްލުމެއް ލިބިއްޖެ ހާލަތެއްގައި ޒިންމާ އުފުލާނެ ފަރާތް ކަނޑައަޅާނީ ތިރީގައިވާ ގޮތްތަކުގެ ތެރެއިން ކޮންމެވެސް އެއްގޮތެއްގެ މަތިންނެވެ.

  1. އެ އިމާރާތުގެ ނުވަތަ ތަނުގެ ވެރިފަރާތުން ޒިންމާ ނެގުން؛
  2. އިމާރާތެއް ބޭނުންކުރާ ފަރާތްތަކަށް އިމާރާތުގެ ވެރިފަރާތުން އިމާރާތް ހުސްކުރަން ލިޔުމުން އެންގުމުން، އިތުރަށް އިމާރާތް ބޭނުންކުރަމުން ގެންދާނަމަ، ވެރިފަރާތުން ހުސްކުރުމަށް އެންގި އެންގުމާ ހިލާފަށް އިމާރާތް ބޭނުން ކުރުމުގެ ސަބަބުން ލިބޭ ކޮންމެ ގެއްލުމަކަށް އިމާރާތް ބޭނުންކުރާ ފަރާތުން ޒިންމާ ނެގުން.

(ކ) ރައްކައުތެރިނޫން ތަނެއްކަމަށް ކަނޑައަޅާފައިވާ ހާލަތެއްގައި ހުއްދަ ދޫކުރާ އިދާރާއިން އެކަން އެންގުމަށްފަހު، ވެރިފަރާތުން އެކަން ކަށަވަރު ކުރަން ބޭނުންވެއްޖެ ހާލަތެއްގައި ތިރީގައިވާ ފަދައިން އަމަލުކުރެވިދާނެއެވެ.

  1. އެތަނަކީ ރައްކައުތެރިތަނެއްތޯ ބެލުމަށްޓަކައި "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އެފަދަ މަސައްކަތް ކުރުމުގެ ހުއްދަ އޮތް ފަންނުވެރިއެއް އެ މަސައްކަތެއްގެ ވެރިފަރާތުން ބޭނުންވެއްޖެ ހިނދެއްގައި އައްޔަންކުރެވިދާނެއެވެ.
  2. މި މާއްދާގެ (އ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން ބެލުމަށްފަހު ފަންނުވެރިޔާ އެކުލަވާލާ ސޮއިކޮށްފައިވާ ރިޕޯޓެއް 2 (ދެއެއް) ހަފްތާތެރޭ ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅުމުން އެ ރިޕޯޓުގެ މައްޗަށް ގޮތެއް ނިންމުމަށްޓަކައި ހުއްދަ ދޫކުރާ އިދާރާއިން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގެ (2)ވަނަ ނަންބަރުގައިވާ ފަދައިން ހުށަހަޅާ ރިޕޯޓުގެ މައްޗަށް މިނިސްޓްރީން ގޮތެއް ނިންމަންވާނެއެވެ.

(ވ) މި މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ރަނގަޅު ކުރަން އެންގި ކަންކަން ރަނގަޅުކުރުމަށްފަހު، އަލުން އެތަނެއް ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް ހުއްދަ ދޫކުރާ އިދާރާގައި އެދުމުން، އެތަނެއްބަލައި ޗެކްކުރުމަށްފަ ހު، ހުރިހައިކަމެއް ރަނގަޅުކޮށްފައިވާނަމަ، އަލުން ހުއްދަ ދޭންވާނެއެވެ.

 

 

އެގާރަ ވަނަ ބާބު

އެކިއެކި ހުއްދަ އަދި ލިޔުމުގެ މުއްދަތާއި ދައްކަންޖެހޭ ފީތައް

 

110 ވަނަ މާއްދާ - ފާސްކޮށްފައިވާ ކުރެހުމުގެ މުއްދަތު

(ހ) ހުއްދަ ދޫކުރާ އިދާރާއަކުން ކުރެހުން ފާސްކުރިކަމުގެ ލިޔުން ދޫކުރަންވާނީ 6 (ހައެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް އިމާރާތަކަށް ބަދަލެއް އައުމުގެ ސަބަބުން އިމާރާތުގެ ކުރެހުމަށް އައި ބަދަލު ފާސްކުރުމުގައި އެ ހުއްދައިގެ މުއްދަތު ކަމުގައި ބަލާނީ ބަދަލު ގެންނަން ހުށަހަޅާ އޮރިޖިނަލް ކުރެހުން ސެޓަށް ދޫކޮށްފައިވާ ހުއްދައިގާ ބަކީ އޮތް މުއްދަތެވެ.

 

111 ވަނަ މާއްދާ - އިމާރާތްކުރުމުގެ ހުއްދައިގެ މުއްދަތު

ހުއްދަ ދޫކުރާ އިދާރާއަކުން އިމާރާތް ކުރުމުގެ ހުއްދަ ދޫކުރަންވާނީ ކުރެހުން ފާސްކުރިކަމުގެ ލިޔުމުގައި ބާކީ އޮތް މުއްދަތަށެވެ.

 

112 ވަނަ މާއްދާ - އިމާ ގުޅިގެން ކުރާ މަސައްކަތްތަކުގައި ހުއްދައިގެ މުއްދަތު 

އިމާ ގުޅިގެން ކުރާ މަސައްކަތްތަކުގައި ހުއްދަ ދޫކުރާ އިދާރާއަކުން ހުއްދަ ދޫކުރަންވާނީ އިން ޗެކްކުރުމަށްފަހު ވަކި މުއްދަތެއް ނެތް ގޮތަށެވެ.

 

113 ވަނަ މާއްދާ - އިމާރާތެއް ތަޅާލުމުގެ މަސައްކަތަށް ދޭހުއްދައިގެ މުއްދަތު 

އިމާރާތެއް ތަޅާލުމުގެ ގޮތުން ކުރާ މަސައްކަތްތަކުގައި ހުއްދަ ދޫކުރާ އިދާރާއަކުން ހުއްދަ ދޫކުރަންވާނީ މަސައްކަތުގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށްވުރެ ދިގު ނޫން މުއްދަތަކަށެވެ. 

 

114 ވަނަ މާއްދާ - ފައުންޑޭށަން އެޅުމުގެ ހުއްދައިގެ މުއްދަތު

(ހ) ހުއްދަ ދޫކުރާ އިދާރާއަކުން ފައުންޑޭށަން އެޅުމަށް ހުއްދަ ދޫކުރަންވާނީ އިމުން ބޭރަށް ފައުންޑޭށަން ގޮސްފައިވޭތޯ ޗެކްކުރުމަށްފަހު ވަކި މުއްދަތެއް ނެތް ގޮތަށެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދޫކުރާ ހުއްދައިގެ ދަށުން ފައުންޑޭށަންގެ މަސައްކަތެއް 6 (ހައެއް) މަސް ދުވަހަށް ވުރެ އިތުރަށް މެދުކެނޑިފައިވާނަމަ، އިތުރަށް މަސައްކަތް ކުރަންވާނީ މި ގަވާއިދުގައިވާގޮތުގެ މަތިން އަލުން ހުއްދަ ނަގައިގެންނެވެ. 

 

115 ވަނަ މާއްދާމަގު ބޭނުންކުރުމުގެ ހުއްދަ އިގެ މުއްދަތު

ގަވާއިދަކުން ނުވަތަ އުސޫލަކުން ވަކި ގޮތެއް ކަނޑައަޅާފައިނުވާނަމަ ހުއްދަ ދޫކުރާ އިދާރާ އަކުން މަގު ބޭނުންކުރުމުގެ ހުއްދަ ދޫކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ.

(ހ) އިމާރާތްކުރުމުގެ މަސައްކަތަކަށް، މަގު ބަންދުކުރުމުގެ ހުއްދައެއް ދޫކުރެވޭނީ 6 (ހައެއް) ގަޑިއިރަށް؛

(ށ) އިމާރާތްކުރުމުގެ މަސައްކަތަކަށް، މަގުއެއްކޮށް ބަންދު ނުވާ ގޮތަށް މަގުގައި ތަކެތި ބެހެއްޓުމަށް ހުއްދައެއް ދޫކުރެވޭނީ 3 (ތިނެއް) ދުވަހުގެ މުއްދަތަށް ؛

(ނ) އިމާރާތެއްގެ އިމުގައި ކުރާ ކުދި ކުދި މަސައްކަތްތަކާ ގުޅިގެން މަގު ބަންދުކުރުމުގެ ނުވަތަ މަގުގައި ތަކެތި ބެހެއްޓުމުގެ ހުއްދައެއް ދޫކުރެވޭނީ މަސައްކަތުގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު 2( ދެއެއް( ނުވަތަ 3 (ތިނެއް) ގަޑިއިރަށް؛ 

 

116 ވަނަ މާއްދާ - ބޭނުންކުރުމުގެ ހުއްދައިގެ މުއްދަތު 

(ހ) ހުއްދަ ދޫކުރާ އިދާރާއަކުން އިމާރާތުގެ ބާވަތް 1 ގެ އިމާރާތެއް ބޭނުންކުރުމުގެ ހުއްދައެއް ދޫކުރަންވާނީ އަންނަނިވި ފަދައިންނެވެ.

  1. ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރާ ބައިތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް؛
  2. އެހެން ބައިތަކަށް މުއްދަތެއް ނެތް ގޮތަށް؛

(ށ) ހުއްދަ ދޫކުރާ އިދާރާއަކުން އިމާރާތުގެ ވަކި ވަކި ބައިތަކަށް ވަގުތީ ހުއްދަ 1( އެކެއް ( އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ފުރަތަމަ ނަގާ ވަގުތީގޮތުން އިމާރާތް ބޭނުންކުރުމުގެ ހުއްދައަކީ ވަކި ބަޔަކަށް ނަގާ ހުއްދައެއް ކަމުގައިވުމާއެކު، ފަހުން އެހެން ބައިބަޔަށް ވަގުތީގޮތުން އިމާރާތް ބޭނުންކުރުމުގެ ހުއްދައަކަށް އެދުމުން އެ ހުއްދަ ދޫކުރަންވާނީ ފުރަތަމަ ވަގުތީގޮތުން އިމާރާތް ބޭނުންކުރުމުގެ ހުއްދަ ނެގި ބައިގެ ހުއްދައިގާ ބާކީ އޮތް މުއްދަތަށެވެ. 

 

117 ވަނަ މާއްދާ - މަސައްކަތް ގާބޫލުކުރި ކަމުގެ ހުއްދައިގެ މުއްދަތު

މަސައްކަތް ގާބޫލުކުރި ކަމުގެ ހުއްދައިގެ މުއްދަތު ކަނޑައަޅާނީ 118 ވަނަ މާއްދާ އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

118 ވަނަ މާއްދާ - ކުރެހުން ފާސްކުރުމުގެ ފީ 

(ހ) ކުރެހުން ފާސްކުރުމުގައި ފީ އެއްގެ ގޮތުގައި ނަގާނީ ފާސްކުރާ ކުރެހުން ސެޓުގައި ހިމެނޭ އިމާރާތުގެ ނުވަތަ ތަނުގެ މުޅި ޖުމްލަ ތަޅުމުގެ އޭރިޔާގެ އަކަމީޓަރަކަށް 5 (ފަސް) ރުފިޔާއެވެ.

(ށ) ފާސްކުރުމަށް ހުށަހަޅާފައިވާ ކުރެހުމެއްގެ އިސްލާހު ފާސްކުރުމަށް އެދި ހުށަހަޅާއިރު ފީ ނަގާނީ އިސްލާހުކޮށް ހުށަހަޅާފައިވާ ފްލޯރ ތަކުގެ ޖުމްލަ ތަޅުމުގެ އޭރިޔާގެ އަކަމީޓަރަކަށް 5 (ފަސް) ރުފިޔާއެވެ.

(ނ) ކުރެހުން ފާސްކުރުމުގެ ލިޔުން އައުކުރަން އެދި ހުށަހަޅާއިރު ފީ އެއްގެ ގޮތުގައި ނަގާނީ ފާސްކުރާ ކުރެހުން ސެޓުގައި ހިމެނޭ އިމާރާތުގެ ނުވަތަ ތަނުގެ މުޅި ޖުމްލަ ތަޅުމުގެއޭޭރިޔާގެ އަކަމީޓަރަކަށް 5 (ފަސް) ރުފިޔާއެވެ.

(ރ) ކުރެހުމަކަށް ބަދަލެއް އައިސްގެން ފާސްކުރުމަށް އެދި ހުށަހަޅާއިރު ފީ ނަގާނީ ބަދަލު ގެނެސްގެން ހުށަހަޅާފައިވާ ފްލޯރ ތަކުގެ ޖުމްލަ ތަޅުމުގެ އޭރިޔާގެ އަކަމީޓަރަކަށް 5 (ފަސް) ރުފިޔާއެވެ. 

 

119 ވަނަ މާއްދާ - އިމާރާތްކުރުމުގެ ހުއްދައިގެ ފީ

(ހ) އިމާރާތްކުރުމުގެ ހުއްދަ އަށް އެދި ހުށަހަޅާ ހުށަހެޅުމަކުން 100 (ސަތޭކަ) ރުފިޔާގެ ފީއެއް ނަގަންވާނެއެވެ.

(ށ) އިމާރާތްކުރުމުގެ ހުއްދަ އައުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމަކުން 100 (ސަތޭކަ) ރުފިޔާގެ ފީއެއް ނަގަންވާނެއެވެ.

(ނ) އިމާރާތްކުރުމުގެ ހުއްދަ އަށް ބަދަލުގެނައުމަށް އެދި ހުށަހަޅާ ހުށަހެޅުމަކުން 100 (ސަތޭކަ) ރުފިޔާގެ ފީއެއް ނަގަންވާނެއެވެ. 

 

120 ވަނަ މާއްދާ - އިމާ ގުޅިގެން ކުރާ މަސައްކަތްތަކުގައި ހުއްދަ ދިނުމުގައި ނެގޭ ފީ

އިމާ ގުޅިގެން ކުރާ މަސައްކަތްތަކުގައި ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް ނަގަންވާނެއެވެ. 

 

121 ވަނަ މާއްދާ - އިމާރާތެއް ތަޅާލަން ހުއްދަ ދިނުމުގައި ނެގޭ ފީ

އިމާރާތެއް ތަޅާލަން ހުއްދަ އަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް ނަގަންވާނެއެވެ. 

 

122 ވަނަ މާއްދާ - ފައުންޑޭށަން އެޅުމުގެ ހުއްދަ ދިނުމުގައި ނެގޭ ފީ 

ފައުންޑޭށަނެއް އެޅުމަށް ހުއްދަ އަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް ނަގަންވާނެއެވެ. 

 

123 ވަނަ މާއްދާ - ކޮނުމުގެ ހުއްދަ ދިނުމުގައި ނެގޭ ފީ 

ގަވާއިދަކުން ނުވަތަ އުސޫލަކުން ވަކި ގޮތެއް ކަނޑައަޅާފައިނުވާނަމަ ތިރީގައިވާ ފަދައިން ކޮނުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު ހުއްދަ ދޫކުރާ އިދާރާއަކުން ފީ ނަގަންވާނެއެވެ.

(ހ) ކޮނުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު ފީއެއްގެ ގޮތުގައި، ކޮންމެ ހުށަހެޅުމަކަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއްގެ އިތުރުން ޑިޕޮސިޓެއް ނަގަންވާނެއެވެ.

(ށ) ބާވަތް 1 ގެ އިމާރާތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑެޕޮސިޓް ނަގާނީ ކޮންނަން އެދޭ ތަނުގެ މަގާވީ އިމުގައި ކޮންނަ ދިގުމިނުގެ ފޫޓަކަށް 100 (ސަތޭކަ) ރުފިޔާއެވެ.

(ނ) ބާވަތް 2ގެ އިމާރާތެއް ހެދުމުގެ މަސައްކަތައް ނަމަ މި މާއްދާގެ (ހ) ގައިވާ ޑިޕޮސިޓް ގޮތުގައި ނަގާނީ ކޮންނަން އެދޭ ތަނުގެ އަކަފޫޓަކަށް 20 (ވިހި) ރުފިޔާއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ފަދައިން ހުއްދަ ނަގާފައިވާ ފަރާތެއް ހުއްދަ އައުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް ނަގަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައިވާ ފަދައިން ހުއްދަ ނަގާފައިވާ ފަރާތެއް ހުއްދަ އައުކުރާއިރު، ކޮޮންނަން އެދޭ ތަނުގެ އިމުގައި ކޮންނަ ދިގުމިން އިތުރު ނުވާ ނަމަ، އިތުރަށް ޑިޕޮސިޓެއް ނުނަގާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައިވާ ފަދައިން ހުއްދަ ނަގާފައިވާ ފަރާތެއް ހުއްދަ އައުކުރާނަމަ، ކޮންނަން އެދޭ ތަނުގެ އިމުގައި ކޮންނަ ދިގުމިން އިތުރުވާނަމަ، އިތުރުވާ ދިގުމިނުގެ ކޮންމެ ފޫޓަކަށް 100 (ސަތޭކަ) ރުފިޔާގެ ޑިޕޮސިޓެއް ނަގަންވާނެއެވެ. 

 

124 ވަނަ މާއްދާމަސައްކަތް ގާބޫލުކުރި ކަމުގެ ހު އްދަ ދިނުމުގައި ނެގޭ ފީ 

މަސައްކަތް ގާބޫލުކުރި ކަމުގެ ހުއްދައިގެ ފީ އެއްގެ ގޮތުގައި ނަގާނީ މަސައްކަތް ގަބޫލުކުރަން އެދި ހުށަހަޅާ މަސައްކަތުގައި ހިމެނޭ ޖުމްލަ ތަޅުމުގެ އޭރިޔާގެ އަކަމީޓަރަކަށް 2 (ދޭއް) ރުފިޔާއެވެ. 

 

125 ވަނަ މާއްދާހުއްދަ ދޫކުރާ އިދާރާތަކުން ފީ ނެގުމު ގެ ބާރު

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފީ ނެގުމުގެ ބާރު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" ގައި ކަނޑައަޅާފައިވާ ހުއްދޫކުރާ އިދާރާތަކަށް ލިބިގެން ވެއެވެ. 

 

126 ވަނަ މާއްދާއިމާރާތް ކުރުމުގެ ހުއްދަ އާއި ގުޅިގެން ދައްކާ ފީ އަނބުރާ ނުލިބުން

އިމާރާތްކުރުމުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން، މިނިސްޓްރީ ނުވަތަ ހުއްދަ ދޫކުރާ އިދާރާއަށް ދައްކާފައިވާ ފީއެއް، އެޕްލިކޭށަން އަނބުރާ ގެންދިޔަނަމަވެސް ނުވަތަ އެޕްލިކޭށަން ބާތިލްވިނަމަވެސް، އެ ފީއެއް އަނބުރާ ރައްދު ނުކުރެވޭނެއެވެ.

 

ބާރަ ވަނަ ބާބު

ތަހްގީގްކުރުމާއި ގަވާއިދާ ހިލާފަށް މަސައްކަތްކުރުމުން ފިޔަވަޅު އެޅުން

 

 

127 ވަނަ މާއްދާއިމާރާތް ކުރުމުގެހުއްދަ ނުހޯދައި މަސައްކަތް ކުރަމުންދާކަމުގެށައްކު ކުރެވިގެން ނުވަތަ މައުލޫމާތު ލިބިގެން ޗެކުކުރުން

(ހ) މި ގަވާއިދުގެ 44 ވަނަ މާއްދާއާއި 83 ވަނަ މާއްދާއާއި 175 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އިމާރާތްކުރުމުގެ ހުއްދަ ނުހޯދައި އިމާރާތްކުރުމުގެ މަސައްކަތެއް އެއްވެސް ފަރާތަކުން ކުރާކަން ހުއްދަ ދޫކުރާ އިދާރާއަކަށް އެނގިއްޖެނަމަ ނުވަތަ އެއްވެސް ފަރާތަކުން ށަކުވާއެއް ހުށަހަޅައިފިނަމަ، މަސައްކަތް ކުރަމުންދަނީ ހުއްދަ ނުހޯދާކަން ކަށަވަރުކުރުމަށްފަހު،، އެ މަސައްކަތެއް ހުއްޓު ވާ ހުއްދަ ހޯދުމަށް އަންގަންވާނެއެވެ.

(ށ) އިމާރާތް ކުރުމުގެ ހުއްދަ ނުހޯދައި އިމާރާތް ކޮށްފައިވާ އެއްވެސް އިމާރާތެއް ނުވަތަ ތަނެއް ބޭނުންކުރުމުގެ ހުއްދަ ދޫކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) އާއި ހިލާފުވާ ފަރާތެއް ބޭނުންކުރުމުގެ ހުއްދަ ނަގަން ބޭނުންވާކަމުގައިވާނަމަ މި ގަވާއިދުގެ 45 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން "މަސައްކަތް ގަބޫލުކުރިކަމުގެ ހުއްދަ" އެއް ނެގުމަށްފަހު ބޭނުންކުރުމުގެ ހުއްދައަށް އެދެވިދާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އިމާރާތެއް ބޭނުން ކުރަމުން ގެންދާނަމަ، އެ އިމާރާތެއް ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން، ބަންދުކުރުމުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން އެ އިމާރާތެއް ނުވަތަ ތަނެއް ބަންދު ކުރުމުގެ އިހްތިޔާރު ހުއްދަ ދޫކުރާ އިދާރާ ލިބިގެންވެއެވެ.

(ބ) މި މާއްދާގެ(ށ) އާއި (ރ) ގައި ބަޔާންކޮށްފައިވާ އިޖުރާއުތައް ފުރިހަމަ ކުރުމަށްފަހު، ހުއްދަ ދޫކުރާ އިދާރާއާއި އިމާރާތުގެ ވެރިފަރާތާއި ދެމެދު ހިލާފު އުފެދި، ހައްލު ނުކުރެވިއްޖެނަމަ، އެ މައްސަލައެއް " އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" ގައިވާ ފަދައިން މައްސަލަ ބަލާ ތަހުގީގުކުރާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ހުށަހެޅުމުން މައްސަލަ ބަލާ ތަހްގީގުކުރާ ކޮމެޓީން ނިންމާ ނިންމުމާމެދު ގައި ހިތްހަމަނުޖެހޭނަމަ އެނިންމުމެއް ކަމާގުޅޭ ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު، ހުއްދަ ދޫކުރާ އިދާރާ ނުވަތަ އިމާރާތުގެ ވެރިފަރާތަށްވެސް ލިބިގެންވެއެވެ..

(ކ) މި މާއްދާގެ (ހ) ގެ ދަށުން ހުއްޓުވާފައިވާ މަސައްކަތެއް ގަވާއިދާށް ފެއްތުމަށްޓަކައި ހުއްދަ ހޯދުމަށް ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅިދާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ހޯދުމަށް ހުށަހަޅާއިރު، ތިރީގައި ބަޔާން ކޮށްފައިވާ ލިޔެކިއުން ހުށަހަޅަންވާނެއެވެ.

  1. މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި" ގައިވާ ކުރެހުންތަކާއި ލިޔުންތައް؛ 
  2. މަސައްކަތް ހުއްޓާލިއިރު މަސައްކަތް ނިމިފައިހުރި މިންވަރާއި، ފެންވަރާއި، މިންގަނޑާއި، ސްޓްރަކްޗަރގެ މައިގަނޑު ބައިތަކާއި، އެބައިތަކުގެ ތަފުސީލާއި، އިމާރާތުގެ މައިގަނޑު ބައިތައް ހަދާފައިހުރި މެޓީރިއަލްގެ މައްޗަށް ބިނާކޮށް އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓު؛ އަދި 
  3. މި މާއްދާގެ (އ)ގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ހުށަހަޅަންޖެހޭނެކަމަށް ހުއްދަ ދޫކުރާ އިދާރާއިން އަންގާ ލިޔުންތައް.

(ވ) މި މާއްދާގެ ދަށުން ހުއްދަ ދޫކުރަންވާނީ ހުށަހެޅި ކުރެހުންތަކާއި ތަފްސީލުތައް އިމާރާތްކުރުމުގެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ޕްލޭނިންގ ގާނޫނާއި ޕްލޭނިންގ ގަވާއިދުތަކާއި އެހެނިހެން ވެސް ގާނޫނުތަކަށް ފެތޭނަމައެވެ.

(މ) މި މާއްދާގެ ދަށުން ހުއްދަ ހޯދުމަށް ހުށަހަޅާފައިވާ ކުރެހުންތަކާއި ލިޔުންތަކާއި ތަފުސީލުތައް ހުރީ ކުރަން ފަށާފައިވާ އިމާރާތާ އެއްގޮތަށްތޯ ހުއްދަ ދޫކުރާ އިދާރާއިން ބަލައި ޗެކްކުރަންވާނެއެވެ.

(ފ) މި މާއްދާގެ (މ) ގެ ބޭނުމަށްޓަކައި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ބިލްޑިންގ އިންސްޕެކްޓަރަކު ކުރެހުންތަކާއި ލިޔުންތަކާއި އިމާރާތް ބެލުމަށްފަހު، އެ ކުރެހުންތަކާއި ލިޔުންތައް ތައްޔާރުކޮށްފައިވަނީ އިމާރާތާއި އެއްގޮތަށް ކަމުގައި ވާނަމަ އެކަން ބަޔާންކޮށް، ދޫކުރާ ލިޔުން ހުށަހެޅުމުން ފުދޭނެއެވެ.

(ދ) މި މާއްދާގެ (ފ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ހުއްދަ ދޫކުރާ އިދާރާއިން ބޭނުންވެއްޖެ ހާލަތެއްގައި ހުއްދަ ދޫކުރުމުގެ ކުރިން ނުވަތަ ފަހުންވެސް އިމާރާތް ޗެކް ކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ތ) މި މާއްދާގެ (ކ) ގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު އެ މަސައްކަތެއް ފެތޭތޯ ބަލާނީ، އެ މަސައްކަތް ކުރަން ފެށިއިރު ހިނގަމުންދާ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށެވެ.

(ލ) މި މާއްދާގެ (ތ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް އިމާރާތްކުރުމުގެ ސަލާމަތީ ކަންކަން ހުންނަންވާނީ ހުއްދައަށް އެދި ހުށަހަޅާއިރު އެވަގުތު ހިނގަމުންދާ ގާނޫނާ ގަވާއިދާ އެއްގޮތަށެވެ.

(ގ) މި މާއްދާގެ (ތ) ގެ ބޭނުމަށް މަސައްކަތް ކުރަން ފެށި ތާރީހް އަންގައިދޭ ލިޔުމެއް ނުވަތަ ހެއްކެއް ހުއްދައަށް އެދި ހުށަހަޅާ ފަރާތުން ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ޏ) މި މާއްދާގެ (ގ) ގައިވާ ގޮތުގެ މަތިން ލިޔުމެއް ހުށަނޭޅިއްޖެނަމަ ނުވަތަ ހެކި ނުދެއްކިއްޖެނަމަ އިމާރާތްކުރުމުގެ މަސައްކަތަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅެމުން އެ މަސައްކަތެއް ފެތޭތޯ ބަލާނީ އެވަގުތުގައި ހިނގަމުންދާ ގާނޫނާއި ގަވާއިދަށެވެ.

(ސ) މި މާއްދާގެ (ލ)، (ގ) އަދި (ޏ) އާ އެއްގޮތްވާގޮތުގެ މަތިން، ހުއްދަ ނެތި ކޮށްފައިވާ މަސައްކަތް ހުއްދަ ދޫކުރާ އިދާރާއިން ޗެކުކުރާއިރު އެ މަސައްކަތެއް ކޮށްފައިވަނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ބިލްޑިންގ ކޯޑާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ނުވާނަމަ، އެ މަސައްކަތެއް ނުވަތަ އެ ތަނެއް އެ ގަވާއިދުތަކާއި ބިލްޑިންގ ކޯޑާ އެއްގޮތަށް ބަދަލުކުރުމަށް ހުއްދަ ދޫކުރާ އިދާރާއިން އަންގަންވާނެއެވެ.

(ޑ) މި މާއްދާގެ (ސ) ގައިވާ ފަދައިން ގެންނަން ޖެހޭ ބަދަލުތަކަށް ހިނގާ ހަރަދުތަކަށް ޒިންމާވާނީ އިމާރާތުގެ ވެރިފަރާތުންނެވެ.

(ޒ) މި މާއްދާގެ (ހ) ގައިވާ ފަދައިން ހުއްދަ ހޯދުމަށް އެންގުމުން، އެ ހުއްދަ ހޯދުމަކާ ނުލައި މަސައްކަތް ކުރިއަށް ގެންދިއުމަކީ ނުވަތަ އެތަނެއް ބޭނުންކުރުމަކީ މަނާކަމެކެވެ.

(ޓ) ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅާ މިމާއްދާގައި ބަޔާންކުރާ ފަދަ މައްސަލަތަކުގެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

 

128 ވަނަ މާއްދާ - އިމާރާތްކުރުމުގެ ގާނޫނާ ހިލާފަށް މަސައްކަތެއް ކުރަމުންދާކަމުގެ ށައްކު ކުރެވިގެން ނުވަތަ މައުލޫމާތު ލިބިގެން ޗެކުކުރުން

(ހ) އިމާރާތްކުރުމުގެ ގާނޫނާ ހިލާފަށް މަސައްކަތެއް ކުރަމުންދާކަމުގެ ށައްކު ކުރެވިގެން ނުވަތަ މައުލޫމާތު ލިބިގެން އިމާރާތެއް ޗެކްކުރުމަށް ހުއްދަ ދޫކުރާ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި، އެތަނެއްގެ ވެރިފަރާތަށް ލިޔުމަކުން އެންގުމަށްފަހު ނުވަތަ އެތަނަކަށް ހާޒިރުވުމަށްފަހު އެތަނެއް ބަލައި ޗެކްކުރުމަށް ވަނުމަށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން އެދިއްޖަނަމަ އެތަނެއްގެ ވެރިފަރާތުން ހުއްދަ ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ހުއްދަ ދޫކުރާ އިދާރާ ނުވަތަ މިނިސްޓްރީން އެތަނަކަށް ހާޒިރުވުމަށްފަހު އެތަނެއް ބަލައި ޗެކްކުރުމަށް ވަނުމަށް އެދޭތަނަކީ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސައިޓެއްނަމަ، ކޮންޓްރެކްޓަރު ނުވަތަ އެތަނެއްގައި ހުރި ކޮންޓްރެކްޓަރުގެ މީހެއް ހުއްދަ ދީފިނަމަ ބެލެވޭނީ ވެރިފަރާތުން ހުއްދަ ދީގެން ވަތް ވަނުމެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ފަދައިން އެތަނަކަށް ހާޒިރުވުމަށްފަހު އެތަނެއް ބަލައި ޗެކްކުރުމަށް ވަނުމަށް އެދޭތަނަކީ ބޭނުންކުރަމުންދާ އިމާރާތެއްނަމަ، އެތަނެއްގައި ހުރި މީހެއް ހުއްދަ ދީފިނަމަ ބެލެވޭނީ ވެރިފަރާތުން ހުއްދަ ދީގެން ވަތް ވަނުމެއްގެ ގޮތުގައެވެ.

(ރ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ހުއްދަ ދޫކުރާ އިދާރާއަކުން އެދިއްޖެ ހިނދެއްގައި، ބަލައި ޗެކުކުރުމަށް ވަންނަންޖެހޭ ތަނަށް ރައްކައުތެރިކަމާއިއެކު ވަދެނިކުމެ ވެވޭނެ ގޮތަށް ހުޅުވައިދީ ހަދަންވާނެއެވެ.

(ބ) މިމާއްދާގެ (ހ) ގެ ދަށުން އެތަނަކަށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާގެ ފަރާތުން ފަރާތުން ބަލައި ޗެކްކުރުމަށްދާ އެއްވެސް ފަރާތެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމަކީ މަނާކަމެކެވެ.

(ޅ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެތަނަކަށް ވަނުމަށް ބަލާއިރު އެތަނެއް ހުރީ ބަންދުވެފައިނަމަ، ހުއްދަ ދޫކުރާ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި އެ ތަނަށް ވަދެވޭވަރުގެ އާނގައެއް ހެދިދާނެއެވެ.

(ކ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުއްދަ ދޫކުރާ އިދާރާއަކުން ތަނެއް ބަލާ ޗެކްކުރުމަށް ދިޔުމަށްފަހު އެތަނެއްގައި ބަލަހައްޓަމުންދާ ކަމާއިގުޅޭ ލިޔުންތައް ނުވަތަ ފޮތްތައް ނުވަތަ ކުރެހުންތައް ނުވަތަ ރެކޯޑުތައް ހުއްދަ ދޫކުރާ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި ދައްކަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ނުވަތަ ފޮތްތައް ނުވަތަ ކުރެހުންތައް ނުވަތަ ރެކޯޑުތައް، ހުއްދަ ދޫކުރާ އިދާރާއިން ކޮޕީހެދުމަށް ބޭނުންވެއްޖެ ހިނދެއްގައި، އެކަންކުރެވޭނެ އިންތިޒާމު، ތަނުގެ ވެރިފަރާތުން ނުވަތަ މަސައްކަތާއި ހަވާލުވެ ހުރި ފަރާތުން ހަމަޖައްސައިދޭން ވާނެއެވެ.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ނުވަތަ ފޮތްތައް ނުވަތަ ކުރެހުންތައް ނުވަތަ ރެކޯޑުތައް، ހުއްދަ ދޫކުރާ އިދާރާއިން ބޭނުންވެގެން ކޮޕީ ހެދުމަށް ހިނގާ ހަރަދަށް ޒިންމާވާނީ، ހުއްދަ ދޫކުރާ އިދާރާއިންނެވެ.

(މ) މިމާއްދާގެ (ހ) ގެ ދަށުން އެތަނަކަށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާގެ ފަރާތުން ބަލައި ޗެކްކުރުމަށްދާ އެއްވެސް ފަރާތެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމަކީ މަނާކަމެކެވެ.

(ފ) އިމާރާތްކުރުމުގެ ގާނޫނާ ހިލާފަށް ކުރަމުންދާކަމުގެ ށައްކު ކުރެވޭ މަސައްކަތެއް، ހުއްދަ ދޫކުރާ އިދާރާއަކުން ބަލައި ޗެކުކުރުމަށްފަހު، ތަނާގުޅޭ އެސެސްމަންޓެއް ހަދަންޖެހޭކަމަށް ހުއްދަ ދޫކުރާ އިދާރާއަކުން ކަނޑައަޅައި، އެކަން ކުރުމަށް އަންގައިފިނަމަ، އިމާރާތުގެ ވެރިފަރާތުން އެކަން ކުރަންވާނެއެވެ.

(ދ) މި މާއްދާގެ (ފ) ގައި ބަޔާންކޮ ށްފައިވާ އެސެސްމަންޓް ހަދަން ވެރިފަރާތަށް އަންގާ އެންގުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނަންވާނެއެވެ.

  1. އެސެސްމަންޓް ހެދުމަށް އަންގަން ޖެހުނު ސަބަބު؛
  2. އެސެސްމަންޓް ހަދަން ދެވޭ މުއްދަތު؛
  3. އެސެސްމަންޓްގައި ހިމަނަންވީ ބައިތަކާއި ބަލަންވީ ކަންކަން؛
  4. އެސެސްމަންޓް ހެދުމަށްފަހު ހުށަހަޅަންވީ ތަން ނުވަތަ ތަންތަން.

(ތ) މި މާއްދާގެ (ފ) ގައި ބަޔާންކުރާފަދަ އެސެސްމަންޓެއް ހެދުމަށް ހިނގާ ހަރަދަށް ޒިންމާ ވާނީ، އިމާރާތުގެ ވެރިފަރާތުންނެވެ.

(ލ) މި މާއްދާގެ (ފ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ފ) ގައި ބަޔާންކުރާފަދަ އެސެސްމަންޓެއް، ހުއްދަ ދޫކުރާ އިދާރާއަކުން ހެދުމަކަށް ހުރަހެއް ނާޅައެވެ.

(ގ) މި މާއްދާގެ (ދ) ގައިވާ އެސެސްމަންޓެއް ހެދުމަށް ހިނގާ ހަރަދަށް ޒިންމާ ވާނީ، ހުއްދަ ދޫކުރާ އިދާރާއަކުން ނެވެ.

(ޏ) މި މާއްދާގެ (ދ) ނުވަތަ (ލ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓަށް ބެލުމަށްފަހު، ގާނޫނާ ހިލާފު ކަމެއް ފާހަގަކުރެވިއްޖެނަމަ، މި ގަވާއިދުގެ 132 އިން 141 ވަނަ މާއްދާއަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން އެކަމެއް ރަނގަޅުކުރުމަށާއި ޖޫރި މަނާ ދެއްކުމަށް ހުއްދަ ދޫކުރާ އިދާރާއަކުން އިމާރާތުގެ ވެރި ފަރާތަށް އަންގަންވާނެއެވެ.

 

129 ވަނަ މާއްދާ - އިމާރާތްކުރުމުގެ ގާނޫނާ ހިލާފަށް އިމާރާތެއް ނުވަތަ ތަނެއް ބޭނުންކުރަމުންދާކަމުގެ ށައްކު ކުރެވިގެން ނުވަތަ މައުލޫމާތު ލިބިގެން ޗެކުކުރުން

(ހ) އިމާރާތްކުރުމުގެ ގާނޫނާ ހިލާފަށް އިމާރާތެއް ނުވަތަ ތަނެއް ބޭނުންކުރަމުންދާކަމުގެ ށައްކު ކުރެވިގެން ނުވަތަ މައުލޫމާތު ލިބިގެން އިމާރާތެއް ޗެކްކުރުމަށް ހުއްދަ ދޫކުރާ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި، އެތަނެއްގެ ވެރިފަރާތަށް ލިޔުމަކުން އެންގުމަށްފަހު ނުވަތަ އެތަނަކަށް ހާޒިރުވުމަށްފަހު އެތަނެއް ބަލައި ޗެކްކުރުމަށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން ވަނުމަށް އެތަނެއްގެ ވެރިފަރާތުން ހުއްދަ ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ހުއްދަ ދޫކުރާ އިދާރާއަކުން ބަލައި ޗެކުކުރުމަށް ވަންނަން އެދިއްޖެ ހިނދެއްގައި، ވަންނަންޖެހޭ ތަނަށް ރައްކައުތެރިކަމާއިއެކު ވަދެނިކުމެ ވެވޭނެ ގޮތަށް ހުޅުވައިދީ ހަދަންވާނެއެވެ.

 (ނ) މިމާއްދާގެ (ށ) ގެ ދަށުން އެތަނަކަށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާގެ ފަރާތުން ބަލައި ޗެކްކުރުމަށްދާ އެއްވެސް ފަރާތެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމަކީ މަނާކަމެކެވެ.

(ރ) އިމާރާތްކުރުމުގެ ގާނޫނާ ހިލާފަށް ކުރަމުންދާކަމުގެ ށައްކު ކުރެވޭ މަސައްކަތެއް، ހުއްދަ ދޫކުރާ އިދާރާއަކުން ބަލައި ޗެކުކުރުމަށްފަހު، ތަނާގުޅޭ އެސެސްމަންޓެއް ހަދަންޖެހޭކަމަށް ހުއްދަ ދޫކުރާ އިދާރާއަކުން ކަނޑައަޅައި، އެކަން ކުރުމަށް އަންގައިފިނަމަ، އިމާރާތުގެ ވެރިފަރާތުން އެކަން ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެސެސްމަންޓް ހަދަން ވެރިފަރާތަށް އަންގާ އެންގުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނަންވާނެއެވެ.

  1. އެސެސްމަންޓް ހެދުމަށް އަންގަން ޖެހުނު ސަބަބު؛
  2. އެސެސްމަންޓް ހަދަން ދެވޭ މުއްދަތު؛
  3. އެސެސްމަންޓްގައި ހިމަނަންވީ ބައިތަކާއި ބަލަންވީ ކަންކަން؛
  4. އެސެސްމަންޓް ހެދުމަށްފަހު ހުށަހަޅަންވީ ތަން ނުވަތަ ތަންތަން.
  5. މި މާއްދާގެ (ރ) ގައި ބަޔާންކުރާފަދަ އެސެސްމަންޓެއް ހެދުމަށް ހިނގާ ހަރަދަށް ޒިންމާ ވާނީ، އިމާރާތުގެ ވެރިފަރާތުންނެވެ.
  6. މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ބ) ގައި ބަޔާންކުރާފަދަ އެސެސްމަންޓެއް، ހުއްދަ ދޫކުރާ އިދާރާއަކުން ހެދުމަކަށް ހުރަހެއް ނާޅައެވެ.

(އ) މި މާއްދާގެ (ކ) ގައިވާ އެސެސްމަންޓެއް ހެދުމަށް ހިނގާ ހަރަދަށް ޒިންމާ ވާނީ، ހުއްދަ ދޫކުރާ އިދާރާއަކުން ނެވެ.

(ވ) މި މާއްދާގެ (ރ) ނުވަތަ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓަށް ބެލުމަށްފަހު، ގާނޫނާ ހިލާފު ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ރަނގަޅުކުރުމަށް ހުއްދަ ދޫކުރާ އިދާރާއަކުން، އިމާރާތުގެ ވެރި ފަރާތަށް އަންގަންވާނެއެވެ.

 

130 ވަނަ މާއްދާ - ކުރަމުންދާ ނުވަތަ ކޮށްނިމިފައިވާ އިމާރާތް ކުރުމުގެ މަސައްކަތެއް ބަލައި ޗެކުކުރުން 

ކުރަމުންދާ ނުވަތަ ކޮށްނިމިފައިވާ އިމާރާތުގެ ފެންވަރު ބެލުމަށްޓަކައި ހުއްދަ ދޫކުރާ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި، އެތަނެއްގެ ވެރިފަރާތަށް ލިޔުމަކުން އެންގުމަށްފަހު ނުވަތަ އެތަނަކަށ ހާޒިރުވުމަށްފަހު އެތަނެއް ބަލައި ޗެކްކުރުމަށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން ވަނުމަށް އެތަނެއްގެ ވެރިފަރާތުން ހުއްދަ ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ހުއްދަ ދޫކުރާ އިދާރާއަކުން އެދިއްޖެ ހިނދެއްގައި، ބަލައި ޗެކުކުރުމަށް ވަންނަންޖެހޭ ތަނަށް ރައްކައުތެރިކަމާއިއެކު ވަދެނިކުމެ ވެވޭނެ ގޮތަށް ހުޅުވައިދީ ހަދަންވާނެއެވެ.

(ނ) މިމާއްދާގެ (ހ) ގެ ދަށުން އެތަނަކަށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާގެ ފަަރާތުން ފަރާތުން ބަލައި ޗެކްކުރުމަށްދާ އެއްވެސް ފަރާތެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމަކީ މަނާކަމެކެވެ. (ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެތަނަކަށް ވަނުމަށް ބަލާއިރު އެތަނެއް ހުރީ ބަންދުވެފައިނަމަ، ހުއްދަ ދޫކުރާ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި އެ ތަނަށް ވަދެވޭވަރުގެ އާނގައެއް ހެދިދާނެއެވެ. (ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުއްދަ ދޫކުރާ އިދާރާއަކުން ތަނެއް ބަލާ ޗެކްކުރުމަށް ދިޔުމުން އެތަނެއްގައި ބަލަހައްޓަމުންދާ ކަމާއިގުޅޭ ލިޔުންތައް ނުވަތަ ފޮތްތައް ނުވަތަ ކުރެހުންތައް ނުވަތަ ރެކޯޑުތައް ހުއްދަ ދޫކުރާ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި ދައްކަންވާނެއެވެ. (ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ނުވަތަ ފޮތްތައް ނުވަތަ ކުރެހުންތައް ނުވަތަ ރެކޯޑުތައް، ހުއްދަ ދޫކުރާ އިދާރާއިން ކޮޕީހެދުމަށް ބޭނުންވެއްޖެހިނދެއްގައި، އެކަންކުރެވޭނެ އިންތިޒާމު، ތަނުގެ ވެރިފަރާތުން ނުވަތަ މަސައްކަތާއި ހަވާލުވެ ހުރި ފަރާތުން ހަމަޖައްސައިދޭން ވާނެއެވެ. (ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ނުވަތަ ފޮތްތައް ނުވަތަ ކުރެހުންތައް ނުވަތަ ރެކޯޑުތައް، ހުއްދަ ދޫކުރާ އިދާރާއިން ކޮޕީހެދުމަށް ހިނގާ ހަރަދަށް ޒިންމާވާނީ، ހުއްދަ ދޫކުރާ އިދާރާއިންނެވެ. (އ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ހުއްދަ ދޫކުރާ އިދާރާއަކުން އެދިއްޖެ ހިނދެއްގައި، ބަލައި ޗެކުކުރަން ވަންނަތަނެއްގައި ހުންނަ އިމާރާތް ކުރުމަށް ބޭ ނުން ކުރާ ތަކެތީގެ ތެރެއިން، ހުއްދަ ދޫކުރާ އިދާރާއަކުން ތަހުލީލުކޮށް ބެލުމަށް ބޭނުންވާ މިންވަރަށް، އަގަކާއި ނުލައި ތަކެތި ފޯރުކޮށްދޭން ވާނެއެވެ.

(ވ) ކުރަމުންދާ މަސައްކަތެއް ނުވަތަ ކޮށްނިމިފައިވާ މަސައްކަތެއް، ހުއްދަ ދޫކުރާ އިދާރާއަކުން ބަލައި ޗެކުކުރު މަށްފަހު، ތަނާގުޅޭ އެސެސްމަންޓެއް ހަދަންޖެހޭކަމަށް ހުއްދަ ދޫކުރާ އިދާރާއަކުން ކަނޑައަޅައި، އެކަން ކުރުމަށް އަންގައިފިނަމަ، އިމާރާތުގެ ވެރިފަރާތުން އެކަން ކުރަންވާނެއެވެ.

(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ އެސެސްމަންޓް ހަދަން ވެރިފަރާތަށް އަންގާ އެންގުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނަންވާނެއެވެ.

  1. އެސެސްމަންޓް ހެދުމަށް އަންގަންޖެހުނު ސަބަބު؛
  2. އެސެސްމަންޓް ހަދަން ދެވޭ މުއްދަތު؛
  3. އެސެސްމަންޓްގައި ހިމަނަންވީ ބައިތަކާއި ބަލަންވީ ކަންކަން؛
  4. އެސެސްމަންޓް ހެދުމަށްފަހު ހުށަހަޅަންވީ ތަން ނުވަތަ ތަންތަން.

(ފ) މި މާއްދާގެ (ވ) ގައި ބަޔާންކުރާފަދަ އެސެސްމަންޓެއް ހެދުމަށް ހިނގާ ހަރަދަށް ޒިންމާ ވާނީ، އިމާރާތުގެ ވެރިފަރާތުންނެވެ.

(ދ) މި މާއްދާގެ (ވ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (މ) ގައި ބަޔާންކުރާފަދަ އެސެސްމަންޓެއް، ހުއްދަ ދޫކުރާ އިދާރާއަކުން ހެދުމަކަށް ހުރަހެއް ނާޅައެވެ.

(ތ) މި މާއްދާގެ (ދ) ގައިވާ އެސެސްމަންޓެއް ހެދުމަށް ހިނގާ ހަރަދަށް ޒިންމާ ވާނީ، ހުއްދަ ދޫކުރާ އިދާރާއަކުން ނެވެ.

(ލ) މި މާއްދާގެ (ވ) ނުވަތަ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓަށް ބެލުމަށްފަހު، އިމާރާތުގެ ފެންވަރުގައި މައްސަލައެއް ހުރި ކަމަށް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ރަނގަޅުކުރުމަށް ހުއްދަ ދޫކުރާ އިދާރާއަކުން އިމާރާތުގެ ވެރި ފަރާތަށް އަންގަންވާނެއެވެ. 

 

131 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ކުރާ މަސައްކަތްތަކާއި ކޮށްނިމިފައިވާ ނުވަތަ ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ހަދާ އެސެސްމެންޓްތަކަށް މިނިސްޓްރީން ލަފާ ހޯދުން

(ހ) މި ގަވާއިދުގެ 129 ވަނަ މާއްދާއާއި 130 ވަނަ މާއްދާގެ ދަށުން ވެރިފަރާތުން ހުށަހަޅާ އިންސްޕެކްށަން ރިޕޯޓަށް ގޮތެއް ނިންމުމަށް ހުއްދަ ދޫކުރާ އިދާރާގައި ޓެކްނިކަލް ގާބިލުކަން ނެތްނަމަ، އެ ރިޕޯޓަށް ލަފާ ހޯދުމަށް އަތޮޅު ތެރޭގައި ޓެކްނިކަލް ގާބިލުކަން ހުރި ފަރާތެއް ހުރި އިދާރާއަކަށް، ނުވަތަ އެފަދަ އިދާރާއެއް ނެތްނަމަ މިނިސްޓްރީއަށް ފޮނުވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ރިޕޯޓު ޗެކްކުރުމަށްފަހު އިތުރު ތަފްސީލު ބޭނުންވާކަމުގައިވާނަމަ އެ ތަފްސީލުގެ މައްޗަށް ބިނާކޮށް އިތުރު ރިޕޯޓެއް އެކުލަވާލުމަށް ވެރިފަރާތަށް އެންގުމަށް ހުއްދަ ދޫކުރާ އިދާރާއަށް މިނިސްޓްރީން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އިތުރަށް ބޭނުންވާ ތަފްސީލަކީ ހުއްދަ ދޫކުރާ އިދާރާގެ ފަރާތުން ބޭނުންވާ ތަފްސީލެއް ކަމުގައިވާނަމަ ވެރިފަރާތުގެ ބަދަލުގައި ހުއްދަ ދޫކުރާ އިދާރާގައި އެ ތަފްސީލު ހިމެނޭގޮތަށް ރިޕޯޓެއް އެކުލަވާލަން މިނިސްޓްރީން އަންގަންވާނެއެވެ. 

 

132 ވަނަ މާއްދާހުއްދަ ނުހޯދާ އިމާރާތްކުރުމުގެ މަސައްކަތް ކުރުމުން އެޅޭ ފިޔަވަޅު

އެއްވެސް ފަރާތަކުން އިމާރާތްކުރުމުގެ ނުވަތަ އިމާރާތެއް ތަޅާލުމުގެ ނުވަތަ އިމާރާތަކަށް ބަދަލެއް ގެނައުމުގެ މަސައްކަތެއް، މި ގަވާއިދުގައިވާ ގޮތުގެ މަތިން ހުއްދައެއް ހޯދުމަކާނުލައި ކުރާކަން ހުއްދަ ދޫކުރާ އިދާރާއަކަށް އެނގިއްޖެނަމަ، އެފަދަ ފަރާތަކާ މެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމާއެކު ޖޫރިމަނާ ކުރެވޭނެއެއެވެ.

(ހ) އެފަދަ ތަނެއްގެ މަސައްކަތް ވަގުތުން ހުއްޓުވުމާއިއެކު، އެ އިމާރާތް ބޭނުންކުރުން މަނާކޮށް، ފުރަތަމަ ފަހަރު، ތިރީގައިވާ ފަދައިން ޖޫރިމަނާކުރުމާއެކު ހުއްދަ ނުހޯދާ ކޮށްފައިވާ މަސައްކަތާ ގުޅިގެން ހަދާ އިމާރާތުގެ ކުރެހުން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި ހުށަހެޅުމަށާއި އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް އަންގަންވާނެއެވެ.

  1. ގަވާއިދާ ހިލާފަށް ހަދާފައިވާ އިމާރާތުގެ ބައިގެ ޖުމްލަ ތަޅުމުގެ އޭރިޔާގެ އަކަމީޓަރަކަށް 100 (ސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. މި މާއްދާގެ (ހ) ގެ (1) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް ޖޫރިމަނާކުރުމުގައި އެފަރާތެއްގެ ޖޫރިމަނާއަށް 5000 (ފަސްހާސް) ރުފިޔާއަށްވުރެ ކުޑަ އަދެއް އަރާކަމުގައިވާނަމަ 5000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާކުރުން؛
  3. މި މާއްދާގެ (ހ) ގެ (1) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް ޖޫރިމަނާކުރުމުގައި އެފަރާތެއްގެ ޖޫރިމަނާއަށް 500،000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑު އަދެއް އަރާކަމުގައިވާނަމަ 500،000 (ފަސްލައްކަ) ރުފިޔާ އިން ޖޫރިމަނާކުރުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެންގުމަށްފަހުގައި ވެސް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާނަމަ އެފަދަ ތަނެއްގެ މަސައްކަތް ވަގުތުން ހުއްޓުމަށް އަންގާ ހުއްދައަށް އެދި ހުށަހެޅުމަށް ދެވަނަ ފަހަރު އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ހ) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކޮށްފައިވާ އަދަދުގެ %3 (ތިނެއް އިންސައްތަ) ޖޫރިމަނާގެ އައަދަދަށް އިތުރުކުރަމުން ގެންދިއުން ؛

(ރ) މި މާއްދާގެ (ހ) އަދި (ނ) ގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއެކު އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރު ކޮށްދިނުމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން. 

 

133 ވަނަ މާއްދާހުއްދަ ނެތި ބަދަލުގެނައުމުން އަޅާފިޔަވަޅު

(ހ) ހުއްދަ ދޫކުރާ އިދާރާކުން ކުރެހުން ފާސްކުރުމަށްފަހު، އިމާރާތެއްގެ މަސައްކަތް ކުރަންވާނީ، އެ ފާސްކުރި ކުރެހުމާއި އެއްގޮތްވާގޮތުގެ މަތީންނެވެ. މަސައްކަތް ކުރަންފެށުމަށްފަހު، ތަނުގެ ވެރިފަރާތުން އިމާރާތަށް ބަދަލެއް ގެންނަނަމަ، އެ ބަދަލެއް ގެންނަންވާނީ، ކަމާއިބޭހޭ ފަރާތަށް ހުށަހަޅައި ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބަދަލެއް ގެނެސްފައިވާކަން އެއްވެސް ފަރާތަކަށް އެނގިއްޖެނަމަ އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާ ހިލާފަށް ކުރެހުމަށް އެއްވެސް ބަދަލެއް ގެނެސްފައިވާކަން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް އެނގިއްޖެނަމަ، އެފަދަ ތަނަކުން ކުރަމުން އައި ބޭނުން ފުރިހަމަ ގޮތުގައި އަލުން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ނުވަތަ ބަދަލެއް ގެންނަންޖެހޭނަމަ އެ ބަދަލެއް ގެނައުމަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއިން އިމާރާތުގެ ވެރިފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި ހިލާފަށް މަސައްކަތް ކޮށްފިނަމަ، އެ ކުރިކަމެއްގެ ކުޑަބޮޑުމިނަށްބަލައި އެ ފަރާތެއް ތިރީގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރެވޭނެއެވެ. އެގޮތުން ޖޫރިމަނާ ކުރާނީ، ގަވާއިދާއި ހިލާފާށް ކޮށްފައިވާ ކޮންމެ ކަމަކަށް ވަކިވަކިންނެވެ.

  1. ގަވާއިދާ ހިލާފަށް ބަދަލު ގެނެސްފައިވާ ބައިގެ ޖުމްލަ ތަޅުމުގެ އޭރިޔާގެ އަކަމީޓަރަކަށް 100 (ސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް ޖޫރިމަނާކުރުމުގައި އެފަރާތެއްގެ ޖޫރިމަނާއަށް 5000 (ފަސްހާސް) ރުފިޔާއަށްވުރެ ކުޑަ އަދެއް އަރާކަމުގައިވާނަމަ 5000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާކުރުން؛ އަދި
  3. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް ޖޫރިމަނާކުރުމުގައި އެފަރާތެއްގެ ޖޫރިމަނާއަށް 500،000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑު އަދެއް އަރާކަމުގައިވާނަމަ 500،000 (ފަސްލައްކަ) ރުފިޔާ އިން ޖޫރިމަނާކުރުން.

(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތްކަމުގައިވިޔަސް، މަސައްކަތް ކުރަންފެށުމަށްފަހު، ތަނުގެ ވެރިފަރާތުން ބޭނުންވެގެން ގެންނަ ބަދަލަކީ، ގަވާއިދު ހުއްދަކުރާ ބަދަލެއްނަމަ، އަދި އެ ބަދަލާއި އެއްގޮތަށް ކުރެހުންތައް ތައްޔާރުކުރުމަށްފަހު، ފާސްކުރުމަށް ހުށަހަޅައިފިނަމަ، އެ ފަރާތެއް ޖޫރިމަނާކޮށްގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ފަދައިން އެ ބަދަލަކާއި އެއްގޮތަށް ކުރެހުންތައް ތައްޔާރުކޮށް ފާސްކުރުމަށް އަލުން ހުށަނާޅައިފިނަމަ، މި މާއްދާގެ (ރ) ގައިވާ ފަދައިން ޖޫރިމަނާކުރަންވާނެއެވެ. އަދި އިމާރާތް ބެނޭނުންކުރުމުގެ ހުއްދަ ނުދެވޭއެވެ.

(ކ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެންގުމަށްފަހުގައި ވެސް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާނަމަ އެފަދަ ތަނެއްގެ މަސައްކަތް ވަގުތުން ހުއްޓުމަށް އަންގާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުއްދައަށް އެދި ހުށަހެޅުމަށް ދެވަނަ ފަހަރު އަންގަންވާނެއެވެ.

(އ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ރ) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކޮށްފައިވާ އަދަދުގެ %3 (ތިނެއް އިންސައްތަ) ޖޫރިމަނާގެ އައަދަދަށް އިތުރުކުރަމުން ގެންދިއުން ؛

(ވ) މި މާއްދާގެ (ރ) އަދި (އ)ގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއެކު އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރު ކޮށްދިނުމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

 

134 ވަނަ މާއްދާ - އިމާރާތްކުރުވާ ފަރާތުގެ މަސްއޫލިއްޔަތު އަދާ ނުކުރެވުމުން އަޅާ ފިޔަވަޅު 

އިމާރާތްކުރުމުގެ ގާނޫނާ ނުވަތަ މި ގަވާއިދާ ހިލާފުކަމެއް ހިނގަމުންދާކަމުގެ ނުވަތަ ހިނގައިފިކަން އިމާރާތްކުރުވާ ފަރާތަށް އެނގި، އެ ފަރާތުން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް އެކަމެއް ނާންގާ ހުރި ނަމަ ތިރީގައިވާ ފަދައިން އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

(ހ) އިމާރާތްކުރުމުގެ ގާނޫނާ ނުވަތަ މި ގަވާއިދާ ހިލާފުކަމެއް ނާންގާ ހުރިނަމަ އިމާރާތްކުރުވާ ފަރާތް 5000ރ (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރަންވާނެއެއެވެ.

(ށ) އިމާރާތްކުރުމުގެ ގާނޫނާ ނުވަތަ މި ގަވާއިދާ ހިލާފުކަމެއްގެ ސަބަބުން، އިންވެގެން ހުރި ގޯއްޗަކަށް ނުވަތަ އިމާރާތަކަށް ނުވަތަ އިމާރާތުގެ ބަޔަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ވެއްޖެނަމަ، އެކަމުގެ ކުޑަބޮޑު މިނަށް ބަލައި، 25،000 (ފަންސަވީސް ހާސް) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރަންވާނެއެވެ. 

 

135 ވަނަ މާއްދާ - ސްޓްރަކްޗަރަލް މިންގަނޑަށް ނުފެތޭ ނުވަތަ ރައްކައުތެރިކަން ނެތް ތަނެއް

މި ގަވާއިދުގެ 103 ވަނަ މާއްދާގެ ދަށުން އެތަނަކީ ނުރައްކާތެރި އިމާރާތެއް ކަމަށް ކަނޑައަޅާފައިވާ ތަނަކާމެދު ވަކި ގޮތަކަށް އަމަލުކުރަން އެންގުމުން އެއެންގުމާ ހިލާފުވާ ފަރާތްތަކާމެދު އަންނަނިވި ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

(ހ) އިމާރާތް ބޭނުންކުރުން ނުރައްކާތެރިކަން ވެރިފަރާތަށް އެންގުމުން، ވެރިފަރާތުން އިމާރާތް ބޭނުންކުރާ ފަރާތަށް އެކަން އަންގާފައިނުވާނަމަ ވެރިފަރާތް 35،000 (ތިރީސްފަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ.

(ށ) އިމާރާތް ބޭނުންކުރުން ނުރައްކާތެރިކަން ވެރިފަރާތަށް އެންގުމުން، ވެރިފަރާތުން އަންގަންޖެހޭ އެންގުންތަކެއް ނޭންގުމުގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުމެއް ވެއްޖެނަމަ އެކަމުގެ ކުޑަބޮޑު މިނަށް ބަލައި، 25،000 (ފަންސަވީސް ހާސް) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން.

(ނ) އެތަނަކީ ރައްކައުތެރިތަނެއްތޯ ބެ ލުމަށްޓަކައި ވެރިފަރާތުން ހަމަޖައްސާ އިންޖިނިއަރު ހުށަހަޅާ ރިޕޯޓަކީ ކަނޑައެޅިގެން ސައްހަ ނޫން މައުލޫމަތު ހިމެނޭ ރިޕޯޓެއް ކަން އެނގިއްޖެނަމަ އިންޖިނިއަރާ މެދު އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން

 

136 ވަނަ މާއްދާއިމާރާތްކުރުމުގެ މަސައްކަތް ކުރުމުގައި ގަވާއިދާ ހިލާފުވުމާއި އެހެނިހެން ކަންކަމާއި ގުޅޭގޮތު ފިޔަވަޅު އެޅުން

އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގައި އަންނަނިވި ހާލަތްތަކުގައި ގާނޫނާއި ގަވާއިދާ ހިލާފުވެއްޖެނަމަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ އިހްތިޔާރު ހުއްދަ ދޫކުރާ އިދާރާއަށް ލިބިގެންވެއެވެ. އަދި މި މާއްދާއާ ހިލާފުވާ ފަރާތްތަކަށް މަސައްކަތް އަލުން ފެއްޓޭނީ ގަވާއިދާ ހިލާފުވެފައިވާ ކަންތައްތައް ގަވާއިދާ އެއްގޮތަށް ބަދަލުކުރުމާއި އެކު ޖޫރިމަނާ ދެއްކުމުންނެވެ.

(ހ) މަސައްކަތްކުރަންޖެހޭނީ ރަޖިސްޓަރީވެފައިވާ ކޮންޓްރެކްޓަރެއްގެ ބެލުމުގެ ދަށުން ކަމުގައި ގަވާއިދުގައި ކަނޑައަޅާފައިވާ ހާލަތެއްގައި އެފަދަ ފަރާތެއް އައްޔަންނުކޮށް ފައުންޑޭށަން އެޅުމުގެ މަސައްކަތެއް ފިޔަވާ، އިމާރާތްކުރުމުގެ އެހެން މަސައްކަތެއް ކުރަމުންދާނަމަ، ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ޖޫރިމަނާ ކުރުމާއިއެކު، އެކަމެއް ރަނގަޅުކުރުމަށް އަންގާ އެފަރާތަކަށް އިމާރާތްކުރުމަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓޭނެއެވެ.

  1. އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރަތްތަކުގެ ގަވާއިދުގެ ދަށުން ރަޖިސްޓްރީވެފައިވާ ކޮންޓްރެކްޓަރެއް އައްޔަން ނުކޮށް މަސައްކަތް ކުރާނަމަ، ފުރަތަމަ ފަހަރު، 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކޮށް، މަސައްކަތް ހުއްޓާލުމަށާއި 60 ދުވަހުގެ ތެރޭގައި އެކަމެއް ރަނގަޅުކުރުމަށް އަންގަންވާނެއެވެ.
  2. މި މާއްދާގެ (ހ) ގެ (1) ގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅު ކުރުމަށް ދިން 60 ދުވަހުގެ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، އެކަމެއް 30 ދުވަހުގެ ތެރޭގައި ރަނގަޅުކުރުމަށް އަލުން އެންގުން.
  3. މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކޮށްފައިވާ އަދަދުގެ 3% (ތިނެއް އިންސައްތަ( ޖޫރިމަނާގެ އައަދަދަށް އިތުރުކުރަމުން ގެންދިއުން ؛
  4. މި މާއްދާގެ (ހ) ގެ (1) އަދި (3) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއެކު އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރު ކޮށްދިނުންމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

(ށ) އިމުގައިވާ ތަނެއް ތަޅާލުން ނުވަތަ އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ހުއްދަ ނުހޯދާ ކުރާނަމަ ނުވަތަ ދީފައިވާ ހުއްދައާއި ހިލާފަށް ކުރާނަމަ، ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ޖޫރިމަނާ ކުރުމާއިއެކު، އެކަމެއް ރަނގަޅުކުރުމަށް އެންގޭނެއެވެ.

  1. އެކަމެއް ރަނގަޅު ކުރުމަށް 10 ދުވަހުގެ މުއްދަތުދީ އެކަން އެންގުމާއިއެކު، ފުރަތަމަ ފަހަރު، 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
  2. މި މާއްދާގެ (ށ) ގެ (1) ގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅު ކުރުމަށް ދިން 10 ދުވަހުގެ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، އެކަމެއް 10 ދުވަހުގެ ތެރޭގައި ރަނގަޅުކުރުމަށް އަލުން އެންގުން.
  3. މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކޮށްފައިވާ އަދަދުގެ %3 (ތިނެއް އިންސައްތަ) ޖޫރިމަނާގެ އައަދަދަށް އިތުރުކުރަމުން ގެންދިއުން ؛
  4. މި މާއްދާގެ (ށ) ގެ (1) އަދި (3) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއެކު އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރު ކޮށްދިނުންމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

 

137 ވަނަ މާއްދާ - ފައުންޑޭށަން މަސައްކަތް ކުރުމުގައި ނުވަތަ ބިންގަނޑު ކޮނުމުގައި ގަވާއިދާ ހިލާފުވުން

ފައުންޑޭށަންގެ މަސައްކަތް ކުރުމުގައި ނުވަތަ ބިންގަނޑު ކޮނުމުގައި އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދާ ހިލާފުވެއްޖެނަމަ މިބައިގެ ދަށުން ފިޔަވަޅު އެޅޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. އަދި މި މާއްދާއާ ހިލާފުވާ ފަރާތްތަކަށް މަސައްކަތް އަލުން ފެއްޓޭނީ ގަވާއިދާ ހިލާފުވެފައިވާ ކަންތައްތައް ގަވާއި ދާ އެއްގޮތަށް ބަދަލުކުރުމާއި އެކު ޖޫރިމަނާ ދެއްކުމުންނެވެ.

(ހ) އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ރަޖިސްޓަރ ވެފައިވާ ފަރާތެއް އައްޔަންކޮށްގެން ފައުންޑޭށަން މަސައްކަތެއް ކުރަންޖެހޭ ހާލަތެއްގައި ރަޖިސްޓަރ ވެފައިވާ އިންޖިނިއަރެއް އެ މަސައްކަތް ބެލުމަށް އައްޔަނު ނުކޮށް، ފައުންޑޭށަންގެ މަސައްކަތް ކުރާނަމަ، ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ޖޫރިމަނާ ކުރުމާއިއެކު، އެކަމެއް ރަނގަޅުކުރުމަށް އެންގޭނެއެވެ.

  1. ވަގުތުން މަސައްކަތް ހުއްޓަން އެންގުމާއިއެކު އެކަމެއް ރަނގަޅު ކުރުމަށް 30 ދުވަހުގެ މުއްދަތުދީ،ފުރަތަމަ ފަހަރު، 50،000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
  2. މި މާއްދާގެ (ހ) ގެ (1) ގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅު ކުރުމަށް ދިން 30 ދުވަހުގެ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، އެކަމެއް 30 ދުވަހުގެ ތެރޭގައި ރަނގަޅުކުރުމަށް އަލުން އެންގުން.
  3. މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކޮށްފައިވާ އަދަދުގެ %3 (ތިނެއް އިންސައްތަ( ޖޫރިމަނާގެ އައަދަދަށް އިތުރުކުރަމުން ގެންދިއުން ؛
  4. މި މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއެކު އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރު ކޮށްދިނުންމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން. 

(ށ) ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅައި ފާސްކޮށްފައިވާ 'ފައުންޑޭށަން ޕްރޮޓެކްށަން މެތަޑް' އާއި ހިލާފަށް ފައުންޑޭށަންގެ މަސައްކަތް ކުރާނަމަ، ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ޖޫރިމަނާ ކުރުމާއިއެކު، އެކަމެއް ރަނގަޅުކުރުމަށް އެންގޭނެއެވެ.

  1. އެކަމަކުން މީހަކަށް ނުވަތަ އެއްޗަކަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ނުވަތަ ގެއްލުމަކަށް ބަލައި، އެކަމެއް ވަގުތުން ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅު ކުރުމަށާއި، އެފަދަ ތަނެއްގައި ހުރިމައްސަލައެއް ރަނގަޅުކުރުމުގެ ކުރިން އެތަނެއްގެ ދުވަހު މަސައްކަތް ހުއްޓާނުލުމަށް އެންގުމާއެކު، އެކަމުގެ ކުޑަބޮޑު މިނަށް ބަލައި، 25،000 (ފަންސަވީސް ހާސް) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރުން.
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކޮށްފައިވާ އަދަދުގެ 3% (ތިނެއް އިންސައްތަ( ޖޫރިމަނާގެ އައަދަދަށް އިތުރުކުރަމުން ގެންދިއުން؛
  3. މި މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއެކު އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރު ކޮށްދިނުންމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

(ނ) އިމާރާތެއްގެ ފައުންޑޭށަން މަސައްކަތް ކުރުމަށްޓަކައި ނުވަތަ އެނޫންވެސް އިމަރާތްކުރުމުގެ މަސައްކަތަކާ ގުޅިގެން ބިންގަނޑު ކޮނުމުގެ ސަބަބުން، ވަށައިގެން ވާ އިމާރާތްތަކަށާއި ތަ ންތަނަށް ގެއްލުންވާގޮތަށް މަސައްކަތް ކޮށްފިނަމަ، ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ޖޫރިމަނާ ކުރުމާއިއެކު، އެކަމެއް ރަނގަޅުކުރުމަށް އެންގޭނެއެވެ.

  1. އެކަމަކުން މީހަކަށް ނުވަތަ އެއްޗަކަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ނުވަތަ ގެއްލުމަކަށް ބަލައި، އެކަމެއް ވަގުތުން ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅު ކުރުމަށާއި، އެފަދަ ތަނެއްގައި ހުރިމައްސަލައެއް ރަނގަޅުކުރުމުގެ ކުރިން އެތަނެއްގެ ދުވަހުމަސައްކަތް ހުއްޓާނުލުމަށް އެންގުމާއެކު، އެކަމުގެ ކުޑަބޮޑު މިނަށް ބަލައި، 25،000 (ފަންސަވީސް ހާސް) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރުން.
  2. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކޮށްފައިވާ އަދަދުގެ 3% (ތިނެއް އިންސައްތަ( ޖޫރިމަނާގެ އައަދަދަށް އިތުރުކުރަމުން ގެންދިއުން؛
  3. މި މާއްދާގެ (ނ) ގެ (1) އަދި (2) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއެކު އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރު ކޮށްދިނުންމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

 

138 ވަނަ މާއްދާއިމާރާތްކުރުމުގެ މަސައްކަތް ކުރުމުގައި އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދާ ހިލާފުވުމުން އެޅޭނެ ފިޔަވަޅު 

އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގައި އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދާ ހިލާފުވެއްޖެނަމަ މިމާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މި މާއްދާގެ ދަށުން ފިޔަވަޅު އަޅާ ފަރާތްތަކަށް މަސައްކަތް އަލުން ފެއްޓޭނީ ގަވާއިދާ ހިލާފުވެފައިވާ ކަންތައްތައް ގަވާއިދާ އެއްގޮތަށް ބަދަލުކުރުމާއި އެކު ޖޫރިމަނާ ދެއްކުމުންނެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ފާސްކޮށްފައިވާ ކުރެހުމުގައިވާ ޖާގައަށް ވުރެ އިތުރު ޖާގައިގައި އިމާރާތްކޮށްފައިވާނަމަ އެފަދަ ފަރާތަކާ މެދު ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ފިޔަވަޅު އަޅަންވާނެއެވެ.

  1. އެފަދަ ފަރާތަކާމެދު ފުރަތަމަ ފަހަރު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.
    ހ. ފާސްކޮށްފައިވާ ކުރެހުމުގައިވާ ޖާގައަށް ވުރެ އިތުރު ޖާގައިގައި އިމާރާތްކޮށްފައިވާނަމަ، ފުރަތަމަ ފަހަރު، 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކޮށް، އެތަނެއް ހުއްދަ ދީފައިވާ ގޮތަށް 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ބަދަލުކުރުމަށް އެންގުން.
    ށ. ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް ބައެއް ހަދާފައިވުމާއެކު އެބައި އެއްވެސް ކަމަކަށް ބޭނުމެއް ކުރަމުންދާނަމަ، މިމާއްދާގެ (ށ) ގެ (1) ގެ ހ. ގައިވާ ޖޫރިމަނާގެ އިތުރުން 30،000 (ތިރީސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
    ނ. ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް ބައެއް ހަދާފައިވުމާއެކު އެބައި ވިޔަފާރީގެ ބޭނުމަކަށް ބޭނުން ކުރަމުންދާނަމަ، އެކަމެއް ވަގުތުން ހުއްޓުމަށް އެންގުން. 
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ (ހ). ގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅު ކުރުމަށް ދިން 90 (ނުވަދިހަ) ދުވަހުގެ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، އެތަން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެކަމެއް ހުއްދަ ދީފައިވާ ގޮތަށް ބަދަލުކުރުމަށް އަލުން އެންގުން.
  3. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކޮށްފައިވާ އަދަދުގެ %3 (ތިނެއް އިންސައްތަ) ޖޫރިމަނާގެ އައަދަދަށް އިތުރުކުރަމުން ގެންދިއުން؛
  4. މި މާއްދާގެ (ށ) ގެ (1) އަދި (3) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއެކު އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރު ކޮށްދިނުންމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

(ނ) ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއިއެކު ވަދެނިކުމެ އުޅެވޭގޮތަށް ނުވާނަމަ، ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ޖޫރިމަނާ ކުރުމާއިއެކު، އެކަމެއް ރަނގަޅުކުރުމަށް އެންގޭނެއެވެ.

  1. ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއިއެކު ވަދެނިކުމެ އުޅެވޭގޮތަށް ހަދާފައި ނުވާނަމަ، އެކަމެއް ރަނގަޅު ކުރުމަށް 90 (ނުވަދިހަ) ދުވަހުގެ މުއްދަތުދީ އެކަން އެންގުމާއިއެކު، ފުރަތަމަ ފަހަރު، 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
  2. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅު ކުރުމަށް ދިން 90 (ނުވަދިހަ) ދުވަހުގެ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، އެކަމެއް 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަނގަޅުކުރުމަށް އަލުން އެންގުން.
  3. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކޮށްފައިވާ އަދަދުގެ %3 (ތިނެއް އިންސައްތަ( ޖޫރިމަނާގެ އައަދަދަށް އިތުރުކުރަމުން ގެންދިއުން؛
  4. މި މާއްދާގެ (ނ) ގެ (1) އަދި (3) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއެކު އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރު ކޮށްދިނުންމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

 

139 ވަނަ މާއްދާހުއްދަ ނަގާފައި ނުވާ ބޭނުންތަކަށް އިމާރާތް ބޭނުން ކުރުން

އިމާރާތެއް ބޭނުންކުރުމުގައި އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދާ ހިލާފުވެއްޖެނަމަ މިބައިގެ ދަށުން ފިޔަވަޅު އެޅޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މި މާއްދާގެ ދަށުން ފިޔަވަޅު އަޅާ ފަރާތްތަކަށް އަލުން ފެއްޓޭނީ ގަވާއިދާ ހިލާފުވެފައިވާ ކަންތައްތައް ގަވާއިދާ އެއްގޮތަށް ބަދަލުކުރުމާއި އެކު ޖޫރިމަނާ ދެއްކުމުންނެވެ.

(ށ) ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހުއްދަ ނަގާފައިވާ ބޭނުން ފިޔަވައި އެހެންބޭނުމަކަށް އިމާރާތް ބޭނުންކުރާނަމަ، ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ޖޫރިމަނާ ކުރުމާއިއެކު، އެކަމެއް ރަނގަޅުކުރުމަށް އެންގޭނެއެވެ.

  1. ހުއްދަކުރެވިފައިވާ ބޭނުން ފިޔަވައި އެހެންބޭނުމަކަށް ތަން ބޭނުންކުރާނަމަ، އެކަމެއް ރަނގަޅު ކުރުމަށް 90 (ނުވަދިހަ) ދުވަހުގެ މުއްދަތުދީ އެކަން އެންގުމާއިއެކު، ފުރަތަމަ ފަހަރު، 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
  2. މި މާއްދާގެ (ށ) ގެ (1) ގައިވާ މުއްދަތުގެ ތެރޭގައި އަންގާ ގޮތަށް އިސްލާހުނުކުރާނަމަ ވިޔަފާރީގެ އުސޫލުން ބޭނުންކުރާ ތަނެއް ނަމަ އެތަނަކަށް ދީފައިވާ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ތައް ބާތިލްކުރެވޭނެކަމަށް އެންގޭނެކަމަށް އެންގުން.
  3. މި މާއްދާގެ (ށ) ގެ (1) ގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅު ކުރުމަށް ދިން 90 (ނުވަދިހަ) ދުވަހުގެ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، އެކަމެއް 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަނގަޅުކުރުމަށް އަލުން އެންގުން.
  4. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކޮށްފައިވާ އަދަދުގެ 3% (ތިނެއް އިންސައްތަ( ޖޫރިމަނާގެ އައަދަދަށް އިތުރުކުރަމުން ގެންދިއުން؛
  5. މި މާއްދާގެ (ށ) ގެ (1) އަދި (3) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއެކު އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރު ކޮށްދިނުންމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

 

140 ވަނަ މާއްދާ - އެހެނިހެން

އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނުނުގެ ދަށުން ހެދޭ ގަވާއިދާކާއި ހިލާފުވުމުން އެކަމަކާ ގުޅިގެން އަމަލުކުރާނެގޮތާއި ކުރެވޭ ޖޫރިމަނާ މި ގަވާއިދުގެ އެހެން މާއްދާއަކުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅާފައި ނުވާނަމަ، އެކަމަކާ ގުޅިގެން ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ޖޫރިމަނާ ކުރުމާއިއެކު، އެކަމެއް ރަނގަޅުކުރުމަށް އެންގޭނެއެވެ.

(ހ) އެކަމެއް ރަނގަޅު ކުރުމަށް 90 (ނުވަދިހަ) ދުވަހުގެ މުއްދަތުދީ އެކަން އެންގުމާއިއެކު، ފުރަތަމަ ފަހަރު، 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅު ކުރުމަށް ދިން 90 (ނުވަދިހަ) ދުވަހުގެ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، އެކަމެއް 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަނގަޅުކުރުމަށް އަލުން އެންގުން.

(ނ) މި މާއްދާގެ (ހ) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ހ) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކޮށްފައިވާ އަދަދުގެ %3 (ތިނެއް އިންސައްތަ) ޖޫރިމަނާގެ އައަދަދަށް އިތުރުކުރަމުން ގެންދިއުން؛

(ރ) މި މާއްދާގެ (ހ) އަދި (ނ) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއެކު އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރު ކޮށްދިނުންމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން. 

 

141 ވަނަ މާއްދާ - ރަނގަޅުކުރުމަށް ދޭ މުއްދަތު

މި ބާބުގެ ދަށުން ގަވާއިދާ ހިލާފުވެފައިވާ ފަރާތެއް އެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ރަނގަޅުކުރުމަށް ދީފައިވާ މުއްދަތު ގުނުމުގައި ބަލާނީ މީލާދީ ކަލަންޑަރުން ހިނގާ ކޮންމެ ދުވަހަކީ ދުވަހެއްގެ ގޮތުންނެވެ.

 

142 ވަނަ މާއްދާ - އިމާރާތްކުރުމުގެ ގާނޫނާ ހިލާފަށް ކުރާ މަސައްކަތުގެ ދައުވާ ލިބޭ ފަރާތް

(ހ) އިމާރާތްކުރުމުގެ ގާނޫނު ނުވަތަ މި ގަވާއިދާ ހިލާފުވެގެން، ކަމާ ގުޅޭ ދައުވާ އުފުލުމަށްޓަކައި، އެކަމަކާ ޒިންމާވާ އެހެން ފަރާތެއް ވާކަމަށް ސާބިތުވަންދެން ނުވަތަ ގަވާއިދެއްގައި އެފަދަ ކަމެއްގެ ޒިންމާ އުފުލާނެ ވަކި ފަރާތެއް ކަނޑައަޅާފައި ނުވާ ހިނދެއްގައި އެކަމެއްގެ ޒިންމާވާ ފަރާތް ކަމުގައި ބެލެވޭނީ އެފަދަ ކަމެއް ހިނގާ ތަނެއްގެ ވެރިފަރާތުންނެވެ. އަދި އެ މަސައްކަތަކާ ޒިންމާވާ ފަރާތަކީ ވެރިފަރާތް ނޫން އެހެން ފަރާތެއް ކަމަށް ސާބިތުވެއްޖަނަމަ، އެ ދައުވާލިބޭ ފަރާތަކަށް ވާނީ އެފަދައިން ސާބިތުވާ ފަރާތެކެވެ.

(ށ) އިމަރާތްކުރުމުގެ ގާނޫނުގެ ދަށުން ނުވަތަ މި ގަވާއިދުގެ ދަށުން އިމާރާތުގެ ވެރިފަރާތުން ކުރަންޖެހޭ ކަމެއް ނުކޮށްގެން އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ އިމާރާތަކާ ގުޅޭގޮތުން ދައުވާ އުފުލޭ ހިނދު، އަންނަނިވި ކަންކަން، އެ ދައުވާ އުފުލޭ ފަރާތުގެ ދިފާއުގައި ބޭނުންކުރެވޭނެއެވެ.

  1. އެފަދަ އަމަލެއް ހިންގާފައިވަނީ އެ ދައުވާ އުފުލޭ މިލްކުވެރިޔާ ނޫން އެހެން މިލްކުވެރިޔަކު ކަމުގައިވުން؛ ނުވަތަ
  2. އެފަދަ އަމަލަކާ ބެހޭގޮތުން، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އަންގާ އެންގުމެއް ނުވަތަ އަމުރެއް އަންގާފައިވަނީ އެ ދައުވާ އުފުލޭ މިލްކުވެރިޔާ ނޫން އެހެން މިލްކުވެރިޔަކަށް ކަމުގައިވުން.

 

143 ވަނަ މާއްދާ - ރަނގަޅުކުރުމަށް އެންގޭ ކަން ރަނގަޅު ކުރުމުގައި އަމަލުކުރަންވީ ގޮތް

(ހ) މި ބާބުގައި ކަނޑައަޅާފައިވާކަމެއް ވެރިފަރާތުން ރަނގަޅުކުރަން ފެށުމުގެ ކުރިން އެކަމެއް ރަނގަޅުކުރުމަށް ކަނޑައަޅާފައިވާ ގޮތުގެ މައުލޫމާތު ހުއްދަ ދޫކުރާ އިދާރާއަށް ލިޔުމުން އަންގާ ހުއްދަ ހޯދަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން އަންގާފައިވާ ގޮތާއި ތަފާތުގޮތަކަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާނަމަ އެކަމެއް 24 (ސައްވީސް) ގަޑިއިރުގެ ތެރޭގައި ހުއްދަ ދޫކުރާ އިދާރާއަށް އަންގާ ހުއްދަ ހޯދަންވާނެއެވެ. 

 

144 ވަނަ މާއްދާ - ރަނގަޅުކުރުމަށް އެންގޭ ކަން ރަނގަޅުނުކުރުމުން އަމަލުކުރެވޭނެގޮތް

މި ބާބުގެ ދަށުން ރަނގަޅުކުރުމަށް އެންގޭ ކަމެއް ރަނގަޅުކޮށްފައިނުވާނަމަ، އެފަދަ ކަމެއް ރަނގަޅުކުރުމަށް އަމުރުކޮށްދިނުމަށް އެދި ހުއްދަ ދޫކުރާ އިދާރާއިން މައްސަލަ ށަރީއަތަށް ހުށަހަޅަންވާނެއެވެ. 

 

145 ވަނަ މާއްދާޖޫރިމަނާ ނުދައްކާނަމަ އަމަލުކުރެވޭނެގޮތް

މި ގަވާއިދުގެ ދަށުން ރަނގަޅުކުރުމަށް އަންގާ ކަމެއް ރަނގަޅު ކޮށްފައިވީނަމަވެސް އެފަރާތެއް ކޮށްފައިވާ ޖޫރިމަނާ ދައްކަމުން ނުދާނަމަ އެ ފައިސާ ހޯދުމަށްޓަކައި ށަރީއަތަށް މައްސަލަ ފޮނުވުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިހްތިޔާރު ހުއްދަ ދޫކުރާ އިދާރާ ނުވަތަ މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

146 ވަނަ މާއްދާ - ސަލާމަތީ ގޮތުން ރައްކައުތެރިނޫން ކަންކަން، ނުރައްކާތެރި ތަންތަން ނުވަތަ ގަވާއިދާ ހިލާފަށް ކޮށްފައިވާ މަސައްކަތްތައް ހުއްދަ ދޫކުރާ އިދާރާއިން ރަނގަޅުކުރުން

(ހ) މި ބާބުގައި ކަނޑައަޅާފައިވާކަމެއް ވެރިފަރާތުން ރަނގަޅުނުކުރުމުން ނުވަތަ މި ގަވާއިދުގެ 109 ވަނަ މާއްދާގައި ނުރައްކާތެރި ތަނެއްކަމަށް ކަނޑައަޅާފައިވާ ތަނަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ވެރިފަރާތަށް އެންގުމުން އެފަދައިން އަމަލުކޮށްފައިނުވާނަމަ، މިނިސްޓްރީން އެތަނެއް ރަނގަޅުކުރާނެކަން ލިޔުމުން ވެރިފަރާތަށް އަންގާ އެތަނަކަށް ވަނުމުގެ ހުއްދަ ހޯދުމަށްފަހު އެކަމެއް ރަނގަޅުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މިނިސްޓްރީން ރަނގަޅުކުރަން ޖެހޭ ކަންތައްތައް ހުއްދަ ދޫކުރާ އިދާރާ މެދުވެރިކޮށް ރަނގަޅުކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ މަސައްކަތަކީ އެ މަސައްކަތެއް ނުކުރި ކަމުގައިވީނަމަވެސް، މީހަކަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަކަށް ގެއްލުން ވާނެ ފަދަ މަސައްކަތެއް ނޫން ނަމަ އެފަދަ މަސައްކަތެއް ކުރުމަށް ނުވަތަ އެތަނަކަށް ވަނުމަށް ވެރިފަރާތުން ހުރަސްއަޅާނަމަ، އެ މަސައްކަތް ކުރުމަށް އެތަނަކަށް ވަނުމަށް ކޯޓު އަމުރެއް ހޯދުމަށްފަހު އެ މަސައްކަތެއް ހުއްދަ ދޫކުރާ އިދާރާއިން ކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ހަރަދުވީ މިންވަރު އަގުކުރުމުގައި ބަލާނީ، އެވަގުތަކު މަސައްކަތުގެ ބާޒާރުގައި ހުރި އަގުތަކަށެވެ.

(ބ) މި މާއްދާގެ (ހ) ގައިވާ ފަދައިން ކަމެއް ރަނގަޅުކުރުމަށްފަހު އެކަމެއް ރަނގަޅުކުރުމަށް ދިޔަ ހަރަދު ކަނޑަފައިވާ ގޮތަކަށް ކަނޑައަޅާފައިވާ މުއްދަތެއްގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ހުއްދަ ދޫކުރާ އިދާރާއިން ވެރިފަރާތަށް އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ހަރަދު އަނބުރާ ދެއްކުމަށް އަންގާފައިވާގޮތަށް ދައްކަމުން ނުދާނަމަ، އެފައިސާ ދެއްކުމަށް އަމުރުކޮށްދިނުމަށް އެދި މައްސަލަ ށަރީއަތަށް ހުށަހެޅިދާނެއެވެ.

 

147 ވަނަ މާއްދާހުއްދަ ދޫކުރާ އިދާރާ އަދި ސަރުކާރުން އަވަސް ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އެޅުން

(ހ) އިމާރާތުގެ ބައެއް ނުވަތަ އިމާރާތުގައި ހަރުކޮށްފައިވާ ނުވަތަ ބަހައްޓާފައިވާ ތަކެތި މަގަކަށް ނުވަތަ އިންވެގެންވާ އެހެން ބިމަކަށް ވެއްޓިދާނެކަމުގެ ބިރު އޮތް ކަމުގައިވާނަމަ އެފަދަ ކަމަކުން ރައްކައުތެރިކުރުވުމަށްޓަކައި، ތިރީގައިވާ ފަދަ ފިޔަވަޅުތައް ފުލުހުންގެ އިދާރާއާއި ގުޅިގެން ހުއްދަ ދޫކުރާ އިދާރާ އިން އަޅަންވާނެއެވެ.

  1. އެފަދަ އެއްޗެއް ވެއްޓިދާނެކަމަށް އަންދާޒާ ކުރާ ސަރަހައްދަށް މީހުންނަށް ނުވަދެވޭނެ ގޮތަށް ބަންދުކޮށް، އެ ސަރަހައްދުން މީހުން ހުސްކުރުން؛
  2. އެފަދަ އެއްޗެއް ވެއްޓިދާނެކަމަށް އަންދާޒާ ކުރާ ސަރަހައްދުގައި ހުރި އުފުލޭ މުދާތައް އެ ސަރަހައްދުން އެއްފަރާތްކުރުން؛
  3. އިމާރާތުގެ ބައެއް މަގަކަށް ނުވަތަ އިންވެގެންވާ އެހެން ބިމަކަށް ވެއްޓިދާނެކަމުގެ ބިރު އޮތް ކަމުގައިވާނަމަ އެފަދަ ބައެއް ވެއްޓުނަނުދީ ހިފެހެއްޓުމަށްޓަކައި އެއްޗެއް ވިއްދުން ނުވަތަ އެ ބައެއް ބަނުން؛
  4. އިމާރާތުގެ ބައެއް މަގަކަށް ނުވަތަ އިންވެގެންވާ އެހެން ބިމަކަށް ވެއްޓިދާނެކަމުގެ ބިރު އޮތް ކަމުގައިވުމާއެކު އެފަދަ ބައެއް ވަގުތުން ވަގުތަށް ރައްކައުތެރިކުރުމަށްޓަކައި މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އެއްޗެއް ވިއްދައިގެން ނުވަތަ ބަނދެގެން ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ނެތް ހާލަތެއްގައި ވަށައިގެންވާ މީހުންނާއި މުދަލާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވެދާނެފަދަ ހާލަތެއްގައި ދާއިމީ ހައްލެއް ގެނެވޭނެކަމަށް އަންދާޒާ ކުރާ ވަގުތަކާއި ހަމައަށް ރައްކައުތެރިކަން ލިބިދޭނެ މިންވަރަކަށް ނުރައްކާތެރި ބައެއް ތަޅާލާ ނުވަތަ ނުރައްކާތެރި އެއްޗެއް ނަގާ ރައްކައުތެރިކަން ގާއިމްކުރުން؛ އަދި
  5. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން (4) ވަނަ ނަންބަރާއި ހަމައަށް ހުއްދަ ދޫކުރާ އިދާރާއިން އަޅަމުންދާ ފިޔަވަޅުތައް ދުވަހުން ދުވަހަށް މިނިސްޓްރީއަށް އެންގުން.

(ށ) ވަށައިގެންވާ ތަންތަނަށް ނުވަތަ އިމާރާތް ބޭނުންކުރަމުންދާ ފަރާތްތަކަށް އަލިފާނުގެ ހާދިސާއަކުން ނުވަތަ ވިހަ މާއްދާއަކުން ގެއްލުމެއް ވެދާނެކަމުގެ ގެއްލުމެއް ވެދާނެކަމުގެ އިހްތިމާލެއް އޮތްނަމަ، އެފަދަ ކަމަކުން ރައްކައުތެރިކުރުވުމަށްޓަކައި، ތިރީގައިވާ ފަދަ ފިޔަވަޅުތައް ފުލުހުންގެ އިދާރާއާއި ގުޅިގެން ހުއްދަ ދޫކުރާ އިދާރާ އިން އަޅަންވާނެއެވެ.

  1. އެފަދަ އަލިފާނުގެ ހާދިސާއަކުން ނުވަތަ ވިހަ މާއްދާއަކުން ގެއްލުންވެދާނެކަމުގެ އަންދާޒާ ކުރާ ސަރަހައްދަށް މީހުންނަށް ނުވަދެވޭނެ ގޮތަށް ބަންދުކޮށް، އެ ސަރަހައްދުން މީހުން ހުސްކުރުން؛
  2. އެފަދަ ހާދިސާއަކުން މުދަލަށް ގެއްލުންވެދާނެކަމަށް އަންދާޒާ ކުރާ ސަރަހައްދުގައި ހުރި އުފުލޭ މުދާތައް އެ ސަރަހައްދުން އެއްފަރާތްކުރުން؛ އަދި
  3. ކަމާގުޅޭ އިދާރާއިން އެސަރަހައްދަށް ހުރި ނުރައްކާ ވަގުތީގޮތުން ކުޑަކުރުމަށްޓަކައި އެފަދަ އަލިފާނުން ނުވަތަ ވިހަ މާއްދާއަކުން ވަގުތީގޮތުން ރައްކައުތެރިކުރުމަށްޓަކައި ނުވަތަ އެފަދަ ކަމެއް ވަގުތީ ގޮތުން ފެތުރަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު އެޅުން.

 

148 ވަނަ މާއްދާ - ވަގުތުން ވަގުތަށް ރައްކައުތެރިކަމުގެ ހާއްސަ ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ކޮމިޓީން ގޮތް ނިންމުން

(ހ) އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ނުވަތަ އިމާރާތުގެ ވަށައިގެން ދިރިއުޅޭ ފަރާތްތަކަށް ނުވަތަ ވަށައިގެންވާ ތަންތަނަށް ބޮޑެތި ގެއްލުން ވެދާނެފަދަ ހާލަތްތަކުގެ ތެރެއިން ވަގުތުން ވަގުތަށް ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމުގައި މި ގަވާއިދުގެ 147 ވަނަ މާއްދާގައިވާ ބަޔާންކޮށްފައިވާ ގޮތަށް ނޫން ހާއްސަ ގޮތަކަށް އަމަލުކުރަން ޖެހޭ ހާލަތެއްގައި ރައްކައުތެރިކަމުގެ ފިޔަވަޅު އަޅާނެ ގޮތެއް ކަނޑައެޅުމަށްޓަކައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ މައްސަލައެއް މިނިސްޓްރީއަސް ހުށަހެޅުމުން އެފަދަ ހާލަތެއްގައި އަޅާނެ ފިޔަވަޅެއް ކަނޑައަޅަންވާނީ މައްސަލަ ބަލާ ތަހްގީގްކުރާ ކޮމިޓީއަށް ހުށަހަޅައިގެން އެ ކޮމިޓީގެ ލަފާގެ މަތިންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ހާލަތެއްގައި އެތަނެއްގެ ނުރައްކާތެރިކަމުން އެތަނެއް ނަގަން ނުވަތަ ތަޅާލަން ޖެހޭނެކަމަށް މައްސަލަ ބަލާ ތަހްގީގްކުރާ ކޮމިޓީއަށް ފާހަގަވާނަމަ އެފަދައިން މައްސަލަ ބަލާ ތަހްގީގްކުރާ ކޮމިޓީއަށް ނިންމިދާނެއެވެ. 

 

149 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ނުވަތަ ހުއްދަ ނުހޯދާ އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށްފަހު އިސްލާހުކޮށް، ހުއްދަ ހޯދުން

(ހ) ގާނޫނާ ހިލާފަށް ނުވަތަ ހުއްދަ ހޯދުމަކާ ނުލާ އިމާރާތްކުރުމުގެ މަސައްކަތެއް ކޮށްފައިވާނަމަ، މި ގަވާއިދުގައި އަންގާ ގޮތެއްގެ މަތިން އެކަމެއް އިސްލާހުކުރުމަށްފަހު އިތުރަށް މަސައްކަތެއް ކުރަންވާނީ ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅާ އަލުން ހުއްދަ ހޯދުމަށްފަހުގައެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ތަނަކީ އެތަނެއް ބޭނުންކުރުން މަނާކޮށްފައިވާ ތަނެއް ނަމަ، އިތުރަށް ބޭނުންކުރަންވާނީ ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅާ އަލުން ހުއްދަ ހޯދުމަށްފަހުގައެވެ. 

 

150 ވަނަ މާއްދާ - އިސްތިއުނާފުކުރުން

(ހ) މި ގަވާއިދުގެ ދަށުން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން އަޅާ ފިޔަވަޅާކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން "މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" ގައިވާ ގޮތަށް އެކަމެއް ބަލައިދިނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން މިނިސްޓްރީން "މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން އެކަމެއް ބަލަންވާނެއެވެ. 

 

 

 ތޭރަ ވަނަ ބާބު

އާންމު ކަންތައްތައް

 

151 ވަނަ މާއްދާ - ފާސްކޮށްފައިވާ ކުރެން ރަނގަޅުކުރަން އެންގުން

(ހ) މި ގަވާއިދުގެ ދަށުން އިމާރާތެއް ކުރުމަށް ފާސްކޮށްފައިވާ ކުރެހުމުގައި ހުރި މައްސަލައެއް ކުރެހުން ފާސްކުރުމަށްފަހު ހުއްދަ ދޫކުރާ އިދާރާއަކަށް ނުވަތަ މިނިސްޓްރީއަށް ފާހަގަވެއްޖެނަމަ ކުރެހުން ރަނގަޅުކުރަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ އިމާރާތުގެ އިމާރާތްކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ބަލާ ކުރެހުން އިސްލާހުކުރަންދެން ކުރެހުން ފާސްކުރިކަމުގެ ލިޔުން ހިފެހެއްޓުމަށްފަހު ވަގުތީގޮތުން އިމާރާތްކުރުމުގެ ހުއްދަ ހިފެހެއްޓިދާނެއެވެ.

 

152 ވަނަ މާއްދާ - އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރުން

(ހ) އިމާރާތްކުރުމުގެ ގާނޫނާއި، މި ގަވާއިދާއި، ބިލްޑިންގ ކޯޑާއި، އަދި ހެދިފައިވާ އެހެނިހެން ގަވާއިދުތަކާއި ހިލާފަށް އެއްވެސް މަސައްކަތެއް ކުރުމަށް އެންގުމުގެ ބާރު، މަސައްކަތް ކުރުވާ ފަރާތަށް ވިޔަސް، މަސައްކަތުގެ ވެރިފަރާތަށް ވިޔަސް އަދި ސަރުކާރުގެ އިދާރާއަކަށް ވިޔަސް ލިބިގެން ނުވެއެވެ.

(ށ) ގަވާއިދާއި ހިލާފަށް މަސައްކަތް ކޮށްފިނަމަ، ނުވަތަ ކުރުވައިފިނަމަ، އެ މައްސަލައެއް ބަލައި، އެކަމުގައި ށާމިލުވާ ހުރިހާ ފަރާތްތަކާއިމެދު، ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަންވާނެއެވެ. 

 

153 ވަނަ މާއްދާ - ދެ ބިން ނުވަތަ އެއަށްވުރެ ގިނަ ބިން އެއްކޮށް އިމާރާތްކުރުން

ދެ ބިން ނުވަތަ އެއަށް ވުރެ ގިނަ ބިން އެއްކޮށް އިމާރާތްކުރެވޭނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ކޮންމެވެސް އެއްގޮތަކަށެވެ.

(ހ) ދެބިމެއްގައި އެއްކޮށް އިމާރާތެއް ހެދޭނެ ގޮތް ބަޔާންކޮށް ބިމާބެހޭ ވުޒާރާއިން އެކުލަވާލާ އާންމުކޮށްފައިވާ ގަވާއިދެއް ނުވަތަ އުސޫލެއްގައިވާ ގޮތުގެ މަތިން؛ 

(ށ) ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން؛

(ށ) ށަރުއީ ކޯޓަކަށް ހުށަހަޅާ ދެ ބިން އެއްކުރުމަށްފަހު ހަދާފައިވާ ރަޖިސްޓަރީގެ މައްޗަށް ބިނާކޮށް. (ނޯޓް: މި މާއްދާގައި (ށ) ދެފަހަރު ތަކުރާރު ކުރެވިފައި)

 

154 ވަނަ މާއްދާ - ނުރައްކަލެއް ދިމާވެދާނެފަދަ ބިމެއްގައި އިމާރާތް ކުރުމުގެ ހުއްދަ ދޫނުކުރުން

(ހ) އިމާރާތް ކުރުމުގެ ހުއްދަ ހޯދުމަށް ހުށަހަޅާ ބިމަކީ ގުދުރަތީ ނުރައްކަލެއް އޮތް ބިމަކަށް ވާނަމަ، އެ ބިމެއްގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކުރާފަދަ ބިންތައް ކަނޑައަޅާނީ، ބިމާ ބެހޭ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ.

(ނ) މި މާއްދާގައި ބަޔާންކުރާފަދަ ނުރައްކަލެއް ދިމާވެދާނެފަދަ ބިންތައް އާއްމުކޮށް އެނގޭނެ ލިސްޓެއް، ދިވެހި ސަރުކާރުގެ ގެޒެޓާއި ބިމާ ބެހޭ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން އާންމުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އާންމުކޮށް ށާއިއުކުރާ ލިސްޓުގައި އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ށާއިއުކުރާ ތާރީޅް؛
  2. ނުރައްކާތެރި ބިންތައް؛
  3. އެ ބިމެއް ނުރައްކާތެރި ބިމެއް ކަމަށް ކަނޑައެޅި ތާރީހު؛ އަދި
  4. އެބިމެއްގައި އިމާރާތް ކުރުމުން ނުރައްކަލެއް ދިމާވެދާނެކަމަށް ފެންނަ ސަބަބު.

(ބ) މި މާއްދާގައިވާ ގޮތުގެ މަތިން، ނުރައްކާތެރި ބިމެއްކަމުގައި ކަނޑައެޅުމަށްފަހު، ފަހުން ހަދާދިރާސާއަކުން ނުވަތަ ބަލާއެހެންވެސް ބެލުންތަކަކުން، އެ ބިމަކީ ނުރައްކަލެއް ކުރިމަތިވެދާނެފަދަ ތަނެއް ނޫންކަމަށް ފެނިއްޖެނަމަ، އެ ބިމަކާއި ބެހޭގޮތުން ކުރިން ނިންމާފައިވާ ނިންމުން އަލުން މުރާޖައު ކުރުމަށްޓަކައި، ބިމާ ބެހޭ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، ބިމާ ބެހޭ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށް ހުށަހެޅޭ ހުށަހެޅުން، މުރާޖައު ކުރުމަށްފަހު، އެ ބިމަކީ ނުރައްކަލެއް ކުރިމަތި ވެދާނެ ތަނެއްނޫންކަމަށް ނިންމައިފިނަމަ، އެ ނިންމުން ބިމާ ބެހޭ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އިއުލާންކޮށްފައިވާ "ނުރައްކާތެރި ބިންތައް އަންގައިދޭ ލިސްޓް" އަދާހަމަކޮށް އާއްމުކޮށް އެނގޭނޭގޮތަށް ދިވެހި ސަރުކާރުގެ ގެޒެޓާއި ބިމާ ބެހޭ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ އާންމުކުރަންވާނެއެވެ.

 

155 ވަނަ މާއްދާ - އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދަކުން ފެންނަ ހާއްސަ ތަންތަނާ ތަކެތި

(ހ) އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދަކުން ހާއްސަ ތަނެއް ނުވަތަ އެއްޗެއް ފެނިއްޖެނަމަ، ވަގުތުން މަސައްކަތް ހުއްޓާލުމަށްފަހު ތިރީގައިވާ ފަދައިން އަންގަންވާނެއެވެ.

  1. ގާނޫނު ނަންބަރު 1979-27 ގައިވާ ފަދަ ތަނެއް ނުވަތަ އެއްޗެއް ނަމަ، މާލޭގައި ނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް އެންގުން؛
  2. ގާނޫނު ނަންބަރު 1979-27 ގައިވާ ފަދަ ތަނެއް ނުވަތަ އެއްޗެއް ނަމަ، ރަށެއްގައި ނަމަ ހުއްދަ ދޫކުރާ އިދާރާއަށް އެންގުން؛
  3. ގާނޫނު ނަންބަރު 1979-27 ގައި ނުހިމެނޭ ފަދަ ހާއްސަ ތަނެއް ނުވަތަ އެއްޗެއް ނަމަ، މާލޭގައި ނަމަ މިނިސްޓްރީ އަށް އެންގުން؛
  4. ގާނޫނު ނަންބަރު 1979-27 ގައި ނުހިމެނޭ ފަދަ ހާއްސަ ތަނެއް ނުވަތަ އެއްޗެއް ނަމަ، ރަށެއްގައި ނަމަ ހުއްދަ ދޫކުރާ އިދާރާއަށް އެންގުން؛

(ށ) މި މާއްދާގެ (ހ) ގެ (2) އަދި (4) ވަނަ ނަންބަރުގައިވާ ފަދައިން ހުއްދަ ދޫކުރާ އިދާރާއަށް އެންގުމުން، ހުއްދަ ދޫކުރާ އިދާރާއިން އެފަދަ ތަނަކީ ނުވަތަ އެއްޗަކީ ހާއްސަ ތަނެއް ނުވަތަ އެއްޗެއް ތޯ ދެނެގަތުމަށް، ތިރީގައިވާ ފަދައިން އަމަލުކުރަންވާނެއެވެ.

  1. ގާނޫނު ނަންބަރު 1979-27 ގައިވާ ފަދަ ތަނެއް ނުވަތަ އެއްޗެއް ނަމަ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށް އެންގުން؛
  2. ގާނޫނު ނަންބަރު 1979-27 ގައި ނުހިމެނޭ ފަދަ ހާއްސަ ތަނެއް ނުވަތަ އެއްޗެއް ނަމަ، މިނިސްޓްރީ އަށް އެންގުން؛

(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ރިޕޯޓްކުރާ ކަންކަން ބެލުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން، އެ ތަނަކަށްގޮސް، ބަލައި ޗެކުކުރުމަށްފަހު، އެ ސަރަހައްދުގައި އިތުރަށް މަސައްކަތް ކުރިއަށް ގެންދާނެތޯ ނުވަތަ ހުއްޓާލާނެތޯ ކަނޑައަޅައި، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މަސައްކަތްކުރާ ފަރާތަށް މަސައްކަތް ކުރިއަށް ގެންދަންވީ ގޮތެއް ލިޔުމުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން މަސައްކަތް ހުއްޓާލުމަށް އަންގާނަމަ، އެ ސަރަހައްދުގައި މަސައްކަތް އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލަންޖެހޭ ސަބަބާއި، އެތަނަކުން ފެނުނު ތަނެއް ނުވަތަ އެއްޗަކާއިބެހޭ މައުލޫމާތު ހިމެނޭގޮތަށް ރިޕޯޓެއް ތައްޔާރުކޮށް، އެތަނަކުން ފެނުނު ތަނެއް ނުވަތަ އެއްޗަކާއިބެހޭ ދާއިރާގެ ކަމާގުޅޭ މުއައްސަސާއަށް އެކަން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން މަސައްކަތް ހުއްޓާލުމަށް އަންގާނަމަ، ދެން އަލުން މަސައްކަތް ފަށައިގަތުމަށް، ކަމާބެހޭ އިދަރާތަކާއި މަސައްކަތްކުރާ ފަރާތާއި ދެމެދު، މަށްވަރާކޮށް، 10 (ދިހައެއް) ދުވަހުގެ ތެރޭގައި، މަސައްކަތްކުރާ ފަރާތަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

 

156 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހަޅާ ތަކެތި ބަލައިނުގަތުމުގެ ބާރު

މި ގަވާއިދުގެ ބޭނުމަށްޓަކައި، އަންނަނިވި ހާލަތްތަކުގައި ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި ލިޔުންތައް ބަލައި ނުގަތުމުގެ އިހްތިޔާރު، ހުއްދަ ދޫކުރާ އިދާރާތަކަށް ލިބިގެންވެއެވެ.

(ހ) ހުށަހަޅާ ކުރެހުންތަކާއި ލިޔުންތައް ގާނޫނާއި ނުވަތަ މި ގަވާއިދާއި ހިލާފަށް ތައްޔާރުކޮށް ހުށަހަޅާފައިވާނަމަ؛

(ށ) ހުށަހަޅާ ހުށަހެޅުން ފުރިހަމަ ނުވާނަމަ، ނުވަތަ ހުއްދަ ދޫކުރާ އިދާރާއިން ކަނޑައަޅާފައިވާ އެހެންވެސް ކަމަކާ ހިލާފުވާނަމަ؛

(ނ) މި ގަވާއިދުގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުންތަކާއި ގުޅޭގޮތުން ބަޔާންކޮށްފައިވާ އެވެސް ފީއެއް ނުދައްކައި އޮތްނަމަ؛ ނުވަތަ

(ރ) އިމާރާތްކުރުމުގެ ގާނޫނު ނުވަތަ އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ދައްކަން ޖެހޭ އެއްވެސް ޖޫރިމަނާއެއް ނުދައްކައި އޮތްނަމަ.

 

157 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހެޅުމުން ޖަވާބު ދިނުން

(ހ) ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅުމުން މި ގަވާއިދުގައިވާ ކަންތައްތައް ފުރިހަމަވުމާއެކު، ހުށަހަޅާކުރެހުމަކީ އާރކިޓެކްޗުރަލް އަދި ސްޓްރަކްޗުރަލް ޗެކަރެއް ޒިންމާ ނަގާފައިވާ ކުރެހުމެއްނަމަ ހުއްދައަށް އެދި ހުށަހެޅި ފަރާތަށް 10 (ދިހައެއް) ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ.

(ށ) ކުރެހުން ފާސްކުރުމަށް އެދި ހުށަހެޅުމުން މި ގަވާއިދުގައިވާ ކަންތައްތައް ފުރިހަމަވުމާއެކު، ހުށަހަޅާކުރެހުމަކީ ހަމައެކަނި އާރކިޓެކްޗުރަލް ނުވަތަ ސްޓްރަކްޗުރަލް ޗެކަރެއް ޒިންމާ ނަގާފައިވާ ކުރެހުމެއްނަމަ ހުއްދައަށް އެދި ހުށަހެޅި ފަރާތަށް 21 (އެކާވީސް) ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ.

(ނ) ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅުމުން މި ގަވާއިދުގައިވާ ކަންތައްތައް ފުރިހަމަވުމާއެކު، ހުށަހަޅާކުރެހުމަކީ އާރކިޓެކްޗުރަލް އަދި ސްޓްރަކްޗުރަލް ޗެކަރެއް ޒިންމާ ނަގާފައިވާ ނުވާ ކުރެހުމެއްނަމަ ހުއްދައަށް އެދި ހުށަހެޅި ފަރާތަށް 21 (އެކާވީސް) ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ.

(ރ) ހުށަހަޅާފައިވަނީ އިމާރާތްކުރުމުގެ ހުއްދައަށާއި ކުރެހުން ފާސްކުރުމަށް އެއްކޮށް ކަމުގައިވީނަމަވެސް، އެފަރާތެއް ހުށަހަޅާފައިވާ ކުރެހުމަކީ ޗެކަރެއް ޒިންމާވާ ކުރެހުމެއްތޯ ބެލުމަށްފަހު، މި ގަވާއިދުން ހުއްދަ ދޫކުރުމަށް ބޭނުންވާ ށަރުތުތައް ފުރިހަމަ ވާނަމަ އެފަރާތަށް އިމާރާތްކުރުމުގެ ހުއްދަ މި މާއްދާގެ (ހ)، (ށ) ނުވަތަ (ނ) ގައިވާ މުއްދަތުގައި ދޫކުރަންވާނެއެވެ.

(ބ) ކުރިން ކުރެހުން ފާސްކުރުމަށްފަހު އިމާރާތްކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުން، 5 (ފަހެއް) ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ.

 

158 ވަނަ މާއްދާ - ފާސްކުރާ ކުރެހުންތަކުގައި "ފާސްކޮށްފައި" ސްޓޭމްޕް ޖެހުން

ކުރެހުން ފާސްކުރުމަށްފަހު ހުއްދައަށް އެދި ހުށަހެޅި ފަރާތަށް އެކުރެހުން ހުއްދަ ދޫކުރާ އިދާރާއިން ދޫކުރަންވާނީ "ފާސްކޮށްފައި" ސްޓޭމްޕް އެކުރެހުމުގައި ޖެހުމާއެކުގައެވެ. ސްޓޭމްޕާއެކު އަންނަނިވި ކަންތައްތައް ފުރިހަމަވާންވާނެއެވެ.

(ހ) ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ކުރެހުމެއްގެ ކޮންމެ ސަފްހާއެއްގައި ސްޓޭމްޕް ޖަހާފައިވުން؛

(ށ) ކޮންމެ ސްޓޭމްޕާއެކު ކުރެހުން ފާސްކޮށްފައިވާ ތަން ހިމަނާފައިވުން ؛

(ނ) ކޮންމެ ސްޓޭމްޕާއެކު ކުރެހުން ފާސްކޮށްފައިވާ ތާރީހް ހިމަނާފައިވުން؛ އަދި

(ރ) ކޮންމެ ސްޓޭމްޕަކާއެކު ކުރެހުން ފާސްކުރި ފަރާތުގެ ސޮއިގެ އިނީށަލް ނުވަތަ ނަން ހިމަނާފައިވުން.

 

159 ވަނަ މާއްދާ - ފާސްނުވާ ކުރެހުންތަކާއި ލިޔުންތައް

އިމާރާތް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި ލިޔުންތައް އެއްވެސް ސަބަބަކާހުރެ ފާސް ނުވާނަމަ، ފާސް ނުވާ ސަބަބު ބަޔާންކޮށް، ކުރެހުންތަކާއި ލިޔުންތައް އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާއިން ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.

 

160 ވަނަ މާއްދާ - ފާސްނުވާ ކުރެހުންތަކާއި ލިޔުންތައް ރައްދު ކުރުން

(ހ) އިމާރާތް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި ލިޔުންތައް ގަބޫލު ނުކުރާނަމަ، ނުވަތަ ފާސްނުވާނަމަ، އެ ކުރެހުންތަކާއި ލިޔުންތައް ހުށަހެޅިފައިވާ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން، އެ ކުރެހުންތަކާއި ލިޔުންތައް ހުއްދަ އަށް އެދި ހުށަހެޅި ފަރާތަށް އަނބުރާ ރައްދު ކުރެވިދާނެއެވެ.

(ށ) އިމާރާތް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި ލިޔުންތައް، ހުއްދައަށް އެދި ހުށަހެޅި ފަރާތުން، ފާސްވުމުގެ ކުރިން ނުވަތަ ފާސްވުމުގެ ފަހުންވެސް، ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުން އަނބުރާ ގެންގޮސްފިނަމަ، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން، ހުއްދައަށް އެދި ހުށަހެޅި ފަރާތަށް އަނބުރާ ރައްދު ކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައިވާ ގޮތުގެ މަތީން ރައްދުކުރުމަށް، އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން، ހުއްދައަށް އެދި ހުށަހެޅި ފަރާތަށް އެކަން ލިޔުމަކުން އަންގާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ކުރެހުންތަކާއި ލިޔެކިއުންތައް ގެންގޮސްފައިނުވާނަމަ، އެ ކުރެހުންތަކާއި ލިޔެކިއުންތައް ނައްތާލުމުގެ ބާރު ހުއްދައަށް އެދި ހުށަހެޅު ނު އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް ލިބިގެންވެއެވެ.

 

161 ވަނަ މާއްދާފައިސާ ދެއްކުން

(ހ) މި ގަވާއިދުގެ ދަށުން ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ނަމަ، ޖޫރިމަނާ ފައިސާ ދައްކަންވާނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިނުވާ ރަށްރަށުން ޖޫރިމަނާގެ ފައިސާ ދައްކާނީ އެ ރަށެއްގެ ހުއްދަ ދޫކުރާ އިދާރާއަށެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައިވާ ހާލަތްތައް ފިޔަވާ އެހެން ހާލަތްތަކުގައި ދައްކަންޖެހޭ ފައިސާ ދައްކަންވާނީ ހުއްދަ ދޫކުރާ އިދާރާއަށެވެ.

(ރ) ޖޫރިމަނާވެފައިވާ ފަރާތް ޖޫރިމަނާ ދެއްކުމަށް އަންގާފައިވާގޮތަށް ޖޫރިމަނާ ދައްކަމުން ނުދާނަމަ، ފައިސާ ދައްކަން ޖެހޭ ފަރާތަށް ނޯޓިސް އެއް ފޮނުވުމަށްފަހު، ނޯޓިސްގައިވާ ގޮތުގެ މަތިން ފައިސާ ދައްކާފައިނުވާ ނަމަ ޖޫރިމަނާ ހޯދުމުގެ މައްސަލަ ށަރީއަތަށް ހުށަހެޅިދާނެއެވެ. 

 

162 ވަނަ މާއްދާ - ހިފެހެއްޓޭ ނުވަތަ ގެންދެވޭ މުދަލާއި ތަކެތި

(ހ) އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާގެ ނުވަތަ މިނިސްޓްރީގެ ވާޖިބުތައް އަދާކުރުމަށް ހިފެހެއްޓޭ ނުވަތަ ގެންދެވޭ މުދަލާއި ތަކެތި ރައްދުކުރުމުގައި އަންނަނިވި ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

  1. އެ މުދަލެއް ނުވަތަ އެއްޗެއްގެ ވެރިފަރާތެއް ނަމަ، 20 (ވިހި) ދުވަހުގެ ތެރޭގައި އެ މުދަލެއް ނުވަތަ އެއްޗެއްގެ ވެރިފަރާތްކަން ސާބިތުވާނެ ލިޔެކިއުމާއެކު ހުއްދަ ދޫކުރާ އިދާރާ ނުވަތަ މިނިސްޓްރީއަށް ހުށަހެޅުމަށް އާންމުކޮށް އިއުލާނުކުރުން؛ އަދި
  2. އަދި އެ 20 (ވިހި) ދުވަހުގެ ތެރޭގައި އެ މުދަލެއް ނުވަތަ އެއްޗެއްގެ ވެރިފަރާތަކުން މިލްކުވެރިކަން ސާބިތުކޮށްދީފައިނުވާނަމަ މި މާއްދާގެ (ށ) އަދި (ނ) ގައިވާ ފަދައިން އަމަލުކުރެވޭނެކަން އެ އިއުލާނުގައި ހިމެނުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް މުދަލެއް ނުވަތަ އެއްޗެއް ރައްދުނުކުރެވިއްޖެނަމަ، އެ މުދަލެއް ނުވަތަ އެއްޗަކީ ދައުލަތަށް ނެގިފައިވާ މުދަލެއް ނުވަތަ އެއްޗެއް ކަމުގައި ބަލައި، ދައުލަތަށް ނެގޭ މުދަލާމެދު އަމަލުކުރެވޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މުދަލެއް ނުވަތަ އެއްޗަކާމެދު އަމަލުކުރުމުގެ ބާރު އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް ނުވަތަ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުދަލެއް ނުވަތަ އެއްޗެއްގެ މިލްކުވެރިކަމާ ގުޅޭގޮތުން 20 (ވިހި) ދުވަހުގެ ތެރޭގައި އެއްވެސް ފަރާތަކުން ދައުވާކޮށް، އެފަރާތުގެ އެއްޗެއްކަން ސާބިތުކޮށްފިނަމަ މިނިސްޓްރީން ނުވަތަ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއިން ތިރީގައިވާ ށަރުތުތަކަކާއެކު އެ މުދަލެއް ނުވަތަ އެއްޗެއް އަނބުރާ ގެންދިއުމަށް އެފަރާތަށް އަންގަންވާނެއެވެ.

  1. އަމިއްލަ ހަރަދުގައި އަމިއްލަ އިންތިޒާމު ހަމަޖެއްސުމާއެކު މިނިސްޓްރީން ނުވަތަ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއިން އެތަކެތި ރައްކާކޮށްފައިވާ ތަނުން ގެންދިއުމަށް އެންގުން؛
  2. އެތަކެތި ވަކި މުއްދަތެއްގެ ތެރޭގައި ގެންދިއުމަށް އެންގުން އަދި އެގޮތުން ތަކެތި ގެންދިއުމަށް މަދުވެގެން 20 (ވިހި) ދުވަސް ދިނުން؛ އަދި
  3. މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ގެންގޮސްފައިނުވާނަމަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ދައުލަތުގެ މުދާ ނީލަންކިއުމާއި ނައްތާލުމާއި ގުޅެގޮތުން އަމަލުކުރާ ގޮތަށް އަމަލުކުރެވޭނެކަން އެންގުން.

 

163 ވަނަ މާއްދާ - މުއްދަތު ގުނުން

(ހ) މި ގަވާއިދުގައި ވަކި ގޮތަކަށް ކަނޑައަޅާފައިނުވާ ހިނދެއްގައި ދުވަހުން މުއްދަތު ދީފައިވާ ހާލަތްތަކުގައި މުއްދަތު ގުނުމުގައި ބަލާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

(ށ) މި ގަވާއިދުގައި ވަކި ގޮތަކަށް ކަނޑައަޅާފައިނުވާ ހިނދެއްގައި މަހުން މުއްދަތު ދީފައިވާ ހާލަތްތަކުގައި މުއްދަތު ގުނުމުގައި ބަލާނީ މީލާދީ 30 ދުވަހަށެވެ.

(ނ) މި ގަވާއިދުގައި ވަކި ގޮތަކަށް ކަނޑައަޅާފައިނުވާ ހިނދެއްގައި އަހަރުން މުއްދަތު ދީފައިވާ ހާލަތްތަކުގައި މުއްދަތު ގުނުމުގައި ބަލާނީ މީލާދީ 365 ދުވަހަށް ނުވަތަ ލީޕް އިޔަރ (ފެބްރުވަރީ މަހުގައި 29 ދުވަސް ހިމެނޭ އަހަރު) އެއްގައި ނަމަ 366 ދުވަހަށެވެ.

 

164 ވަނަ މާއްދާ - ކުރެހުން ފާސްކުރިކަމުގެ ލިޔުން ބާތިލުވުން

ކުރެހުން ފާސްކުރުމަށް ނުވަތަ އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ކުރެހުމަށް ހުއްދަ ދިނުމަށްފަހުގައި ކުރެހުމުގައި ހުއްދަ ހިފަހައްޓާވަރުގެ މައްސަލައެއް ހުރިކަމުގައި ހުއްދަ ދޫކުރާ އިދާރާ ނުވަތަ މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ، ކުރެހުން ފާސްކުރިކަމުގެ ލިޔުން ބާތިލުކޮށް އެކަން ހުއްދައަށް އެދި ހުށަހެޅި ފަރާތަށް އެންގިދާނެއެވެ.

 

165 ވަނަ މާއްދާއިމާރާތް ކުރުމުގެ ހުއްދަ ނުވަތަ މި ގަވާއިދުގެ ދަށުން ނަގާ އެނޫންވެސް ހުއްދަތައް ބާތިލުވުން

އަންނަނިވި ހާލަތްތަކުން ހާލަތެއް މެދުވެރި ވެއްޖެނަމަ އިމާރާތް ކުރުމުގެ ހުއްދަ ނުވަތަ މި ގަވާއިދުގެ ދަށުން ނަގާ އެނޫންވެސް ހުއްދަތައް ބާތިލުވާނެއެވެ.

(ހ) ހުއްދަ ދޫކުރާއިރު، އެ ހުއްދައިގައި މަސައްކަތް ފެށުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައި އޮވެ، އެ މުއްދަތެއްގައި މަސައްކަތް ފަށާފައި ނުވުން؛

(ށ) ހުއްދަ ދޫކުރާއިރު، އެ ހުއްދައިގައި ވަކި ށަރުތުތަކެއް ބަޔާންކޮށްފައި އޮވެ، އެ ށަރުތުތަކާ ހިލާފަށް މަސައްކަތް ކޮށްފައިވުން؛

(ނ) ހުއްދައަށް އެދި ހުށަހެޅިއިރު އެއްވެސް ކަމެއް ނުވަތަ މައުލޫމާތެއް އޮޅުވާލައިގެން ހުށަހަޅައި، އެކަމުގެ މައްޗަށް ބިނާކޮށް ހުއްދަ ހޯދާފައިވުން؛

(ރ) ގާނޫނާއި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުން؛

(ބ) ޖޫރިމަނާއެއް ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ނުދައްކާ ހުރުން؛

(ޅ) ހުއްދަ ދިން އިރު ވަކި މުއްދަތެއްގެ ތެރޭގައި ހުށަޅަން އަންގާފައިވާ އެއްޗެއް ހުށަނޭޅުން؛ ނުވަތަ

(ކ) ކަމެއް އިސްލާހުކުރަން އެންގުމުން އެފަދައިން އިސްލާހުނުކުރުން؛ 

 

166 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދީފައިވާ ހުއްދަތަކާމެދު އަމަލުކުރާނެ ގޮތް 

(ހ) ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވަކި މުއްދަތެއް ކަނޑަނާޅާ ދޫކޮށްފައިވާ ކުރެހުން ފާސްކުރިކަމުގެ ލިޔުމުގެ މުއްދަތު ކަމުގައި ބެލެވޭނީ މި ލިޔުމުގައި ދީފައިވާ ތާރީހުން ފެށިގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތެވެ.

(ށ) ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވަކި މުއްދަތެއް ކަނޑަނާޅާ ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދައިގެ މުއްދަތު ކަމުގައި ބެލެވޭނީ އެ ތަނެއްގެ އިމާރާތްކުރުމުގެ ހުއްދައިގެ މުއްދަތު މި މާއްދާގެ (ހ) ގައިވާ ފަދައިން ކަނޑައެޅުމުން އެ ހުއްދައިގާ ބާކީ އޮތް މުއްދަތެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ކަމުގައި ވީނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވަކި މުއްދަތެއް ކަނޑަނާޅާ ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދައިގެ މުއްދަތު 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ހެދުމާއެކު އެ ހުއްދައިގާ ބާކީ 5 (ފަހެއް) އަހަރު ނެތް ކަމުގައިވާނަމަ، އިމާރާތްކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހެއް ކަމުގައި ބަލާނީ މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތެވެ. 

 

167 ވަނަ މާއްދާ - ހުއްދައެއް ބާތިލުވުން އަމަލުކުރާނެގޮތް

ވަކި ކަމަކަށް ދޫކޮށްފައިވާ ހުއްދައެއް ބާތިލުވެއްޖެނަމަ، ދެން ކުރިއަށް ގެންދަންވާނީ އަލުން ހުއްދަ ހޯދުމަށް ހުށަހަޅައި ހުއްދަ ހޯދުމަށްފަހުގައެވެ. 

 

168 ވަނަ މާއްދާ - ލިޔެކިއުން ހަވާލުކުރުން

އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެއްވެސް ފަރާތަކަށް ހަވާލުކުރަންޖެހޭ ލިޔުމެއް ނުވަތަ އަމުރެއް ނުވަތަ ނޯޓިހެއް އެ ފަރާތަކާ ފުރިހަމައަށް ހަވާލުކުރެވިއްޖެ ކަމަށް ބެލެވޭނީ، އަންނަނިވި ފަދައިން އަމަލުކުރުމުންނެވެ.

(ހ) ލިޔެކިއުމުގެ އަސްލު އެކަމާ ގުޅޭ އިދާރާއަކުން ސީދާ ކަމާ ގުޅޭ ފަރާތާ ހަވާލުކުރުން؛

(ށ) ލިޔެކިއުމުގެ އަސްލު ޕޯސްޓކުރުން؛

(ނ) ލިޔެކިއުމުގެ އަސްލު ދޭން ނުޖެހޭ ހާލަތުގައި، ހުއްދަ ދޫކުރާ އިދާރާއަށް ނުވަތަ މިނިސްޓްރީއަށް ދީފައިވާ ފެކްސް ނަންބަރަކަށް ފެކްސް ކުރުން؛ ނުވަތަ

(ރ) ލިޔެކިއުމުގެ އަސްލު ދޭން ނުޖެހޭ ހާލަތުގައި، ހުއްދަ ދޫކުރާ އިދާރާއަށް ނުވަތަ މިނިސްޓްރީއަށް ދީފައިވާ އީމެއިލް އެޑްރެހަކަށް އީމެއިލް ކުރުން؛ ނުވަތަ

(ބ) ލިޔެކިއުމުގެ އަސްލު ދޭން ނުޖެހޭ ހާލަތުގައި، ގަވަރމަންޓް އިލެކްޓްރޯނިކް މެއިލިންގ ސިސްޓަމެއް ނުވަތަ ސަރުކާރުގެ އެލެކްޓްރޯނިކް ޕޯޓަލް އެއް މެދުވެރިކޮށް ފޮނުވުން؛

 

 

169 ވަނަ މާއްދާ - ލިޔެކިއުން ހޯދުން

(ހ) ހުއްދައަކަށް އެދި ހުށަހެޅި ލިޔެކިއުން ނުވަތަ ހުއްދަ ދީފައިވާ ލިޔެކިއުމެއްގެ ކޮޕީއެއް ހުއްދައަށް އެދި ހުށަހެޅި ފަރާތުން ހޯދަން އެދޭނަމަ ހުއްދަ ދޫކުރާ އިދާރާގައި ލިޔުމަކުން އެދެވިދާނެއެވެ.

(ށ) ހުއްދައަކަށް އެދި ހުށަހެޅި ކުރެހުން ނުވަތަ ހުއްދަ ދީފައިވާ ކުރެހުން ނުވަތަ ކުރެހުން ފާސްކުރިކަމުގެ ލިޔުމުގެ ކޮޕީއެއް ކުރެހުން ޑިޒައިންކޮށްފައިވާ ފަރާތުން ހޯދަން އެދޭނަމަ ހުއްދަ ދޭއިދާރާގައި ލިޔުމަކުން އެދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައިވާ ފަދައިން ނުވަތަ ހުއްދަ ދޫކުރާ އިރު ކުރެހުމާއެކު ހުށަހަޅާފައިވާ ކުރެހުމުގެ ސޮފްޓްކޮޕީ ހޯދަން ހުއްދައަށް އެދި ހުށަހެޅި ފަރާތުން ނުވަތަ ޑިޒައިންކުރި ފަރާތުން އެދޭނަމަ ހުއްދަ ދޭއިދާރާގައި ލިޔުމަކުން އެދެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ސޮފްޓް ކޮޕީގެ މާނައިގާ ހިމެނޭނީ އޮޓޯކެޑް ފައިލް ނުވަތަ ޕޯޓަބަލް ޑޮކިއުމަންޓް ފޯމެޓް- ޕީ.ޑީ.އެފް. ފައިލް ނުވަތަ އެތަނެއް ޑިޒައިންކުރުމަށް ބޭނުންކޮށްފައިވާ އިލެކްޓްރޯނިކް އެހެން ސްފްޓްވެއަރ އެއްގެ ފައިލެވެ. 

 

170 ވަނަ މާއްދާ - ލިޔެކިއުން ހޯދުން

(ހ) އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން ބަލަމުންގެންދާ މައްސަލައަކާ ގުޅޭގޮތުން، އެ ކަމެއްގެ މައުލޫމާތު ދެވޭނެކަމަށް އެ އިދާރާއަކަށް ގާބޫލުކުރެވޭ ފަރާތަކަށް، އެކަމާ ބެހޭ މައުލޫމާތު ދިނުމަށް އަންގައިފިނަމަ އެ ފަރާތަކަށް އެނގޭ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް މައުލޫމާތު ދިނުމަށް އެންގުމުން، އެ އެންގުމުގައިވާ މައުލޫމާތެއް ނުދީ ހިފެހެއްޓުމަކީ ނުވަތަ އެނގިހުރެ އެކަމާގުޅޭ ދޮގު މައުލޫމާތު ދިނުމަކީ މަނާކަމެކެވެ.

 

171 ވަނަ މާއްދާ - ލިޔެކިއުންތަކުގެ ސައްހަކަން ދެނެގަތުން

(ހ) މި މާއްދާގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ތައްޔާރުކުރާ އަދި ދޫކުރާ ހުރިހާ ލިޔެމެއްވެސް، އެނޫންގޮތަކަށް ސާބިތުނުވާހާ ހިނދަކު ބެލެވޭނީ ސައްހަ ލިޔުންތަކެއްގެ ގޮތުގައެވެ.

(ށ) ހެއްކެއްގެ ގޮތުގައި ހުށަހެޅޭ ލިޔެކިއުމެއް ނުވަތަ އިލެކްޓްރޯނިކް މީޑިޔާއެއްގެ ޒަރީއާއިން ފޮނުވޭ އެފަދަ މައުލޫމާތެއް، އެ ލިޔެކިއުމުގެ އަސްލު ހުށަހަޅަން ނުޖެހޭ ހާލަތްތަކުގައި އަންނަނިވި ފަދައިން ހުށަހެޅުމުން ހެއްކެއްގެ ގޮތުގައި ފުދޭނެއެވެ.

  1. ގާނޫނީ ވަކީލަކު ނުވަތަ ލޯ ފާރމްއަކުން އަސްލާ އެއްގޮތް ކަމަށް ތައްގަނޑު ޖަހާ ސޮއިކޮށްފައިވާ ލިޔެކިއުމުގެ ފުރިހަމަ ކޮޕީއެއް؛
  2. ލިޔެކިއުމަކީ އެޓެސްޓް ނުވަތަ އެކްރެޑިޓްކޮށްފައި ހުށަހަޅަންޖެހޭ ލިޔެކިއުމެއް ނަމަ ސްޓޭމްޕްގެ އަސްލު ޖަހާފައި ލިޔެކިއުން ނުވަތަ އިލެކްޓްރޯނިކް މީޑިޔާއެއްގެ ޒަރީއާއިން ފޮނުވާނަމަ، އެ ސްޓޭމްޕް ކުލަކޮށް އިންނަ ގޮތަށް ސްކޭންކޮށް ފޮނުވާ މައުލޫމާތު؛
  3. އެ ލިޔެކިއުމަކީ މުއްދަތު ހަމަވެފައިނުވާ ލިޔެކިއުމަކަށް ވުން؛
  4. އެ ލިޔެކިއުމަކީ ދިވެހި ނުވަތަ އިނގިރޭސި ބަހުން އޮތް ލިޔެކިއުމަކަށް ވުން؛
  5. މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ވާ ފަދައިން، އެ ލިޔެކިއުމަކީ ދިވެހި ނުވަތަ އިނގިރޭސި ބަހުން އޮތް ލިޔެކިއުމަކަށް ނުވާނަމަ، އެ ލިޔުމެއް ދިން ފަރާތަކުން ނުވަތަ ގާނޫނީ ވަކީލަކު ނުވަތަ ލޯ ފާރމްއަކުން ސޮއިކޮށްފައި ދޭ އިނގިރޭސި ނުވަތަ ދިވެހި ތަރުޖަމާ، ތަރުޖަމާކުރި އިދާރާ، ތަރުޖަމާކުރި ފަރާތް އަދި މަގާމުގެ އިތުރުން، އެ ތަރުޖަމާކުރާ ފަރާތުން ތަރުޖަމާގައި ސޮއިކޮށްފައިވާ ލިޔެކިއުމެއް ހުށަހެޅުން.
  6. އެ ލިޔުމަކީ ވަކި ފަރުދެއް ނުވަތަ ވަކި ވަކި ފަރުދުންތަކެއް ދޭ ލިޔުމެއް ކަމުގައިވާނަމަ އެފަރާތުގެ ނަމާއި ދާއިމީ އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރެއްގެ އިތުރުން ސޮއިކޮށްފައި އޮތުން؛
  7. އެ ލިޔުމަކީ ވަކި އިދާރާ ނުވަތަ ކުންފުންޏަކުން ދޭ ލިޔުމެއް ކަމުގައިވާނަމަ ކުންފުނީގެ އިސްފަރާތެއްގެ ނަމާއި، މަގާމާއި ސޮއިގެ އިތުރުން ކުންފުނީގެ ސްޓޭމްޕް ޖަހާފައި އޮތުން.
  8. އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދެއްގައި ވަކިގޮތަކަށް ހުށަހަޅަންޖެހޭނެކަމަށް ކަނޑައަޅާފައިވާނަމަ، އެފަދައިން ހުށަހެޅުން. އަދި މި މާއްދާގެ (ށ) އާއި ތައާރުޒުވާނަމަ، އެ ގަވާއިދެއްގައި ކަނޑައަޅާފައިވާ ގޮތަކަށް އިސްކަން ދިނުން.

(ނ) މި މާއްދާގެ (ށ) އާއި ހިލާފަށް ހުށަހަޅާފައިވާ ލިޔެކިއުމަކީ ސައްހަ ނޫން ލިޔެކިއުމެއް ކަމަށް ނިންމުމުގެ ބާރު އެ ފަދަ ލިޔުމެއް ލިބޭ ފަރާތަކަށް ލިބިގެންވެއެވެ.

 

172 ވަނަ މާއްދާ - ހުއްދައާއި ގުޅޭ ލިޔެކިއުމުގެ ކޮޕީ މިނިސްޓްރީއަށް ފޮނުވުން

ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި ދޫކުރާ ހުއްދަތަކުގެ ކޮޕީ މިނިސްޓްރީއާ އަންނަނިވި ފަދައިން ހުއްދަ ދޫކުރާ އިދާރާތަކުން ހިއްސާކުރަމުން ދާންވާނެއެވެ.

(ހ) ފާސްވާ ކުރެހުންތަކާއި ލިޔެކިއުންތަކާއި ހުއްދަ ދޫކުރާ އިދާރާއިން އެކުލަވާލާ ރިޕޯޓާއި ކުރެހުން ފާސްކުރިކަމުގެ ލިޔުމާއި އިމާރާތްކުރުމުގެ ހުއްދައެއް ދޫކޮށްފައިވާނަމަ އެ ހުއްދައިގެ ކޮޕީއާއި މި ހުއްދަތަކާ ގުޅޭ ލިޔެކިއުންތައް މިނިސްޓްރީ ގެ އިމާރާތްކުރުމުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ ބަޔަށް 1 (އެކެއް) މަސްދުވަސް ހަމަވުމުގެ ކުރިއަށް ފޮނުވުން.

(ށ) މައްސަލަ އުޅޭ ކުރެހުންތަކާއި ލިޔެކިއުންތަކާއި ހުއްދަ ދޫކުރާ އިދާރާއިން އެކުލަވާލާ ރިޕޯޓާއި ވަގުތީ ހުއްދައެއް ދޫކޮށްފައިވާނަމަ އެ ހުއްދައެއްގެ ކޮޕީއެއް އަދި އެކަމާ ގުޅޭ އެންމެހާ ލިޔެކިއުން މިނިސްޓްރީގެ އިމާރާތްކުރުމުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ ބަޔަށް 1 (އެކެއް) މަސްދުވަސް ހަމަވުމުގެ ކުރިއަށް ފޮނުވުން.

 

173 ވަނަ މާއްދާ - މައްސަލަތަކާ ގުޅޭ ލިޔެކިއުމުގެ ކޮޕީ މިނިސްޓްރީއަށް ފޮނުވުން

ހުށަހެޅޭ މައްސަލަތަކާއި ހުށަހެޅޭ ށަކުވާތަކާއި ބަލަމުންދާ މައްސަލަތަކާއި ބަލާ ނިމިފައިވާ މައްސަލަތަކާ ގުޅޭ އަންނަނިވި މައުލޫމާތާއި ލިޔެކިއުންތަކުގެ ކޮޕީ މިނިސްޓްރީގެ މިނިސްޓްރީއާހުއްދަ ދޫކުރާ އިދާރާތަކުން ހިއްސާކުރަމުން ދާންވާނެއެވެ.

(ހ) މައްސަލައާ ގުޅޭ އެންމެހާ ލިޔެކިއުންތައް؛

(ށ) ސާމްޕަލް އަށް ނަގާފައިވާ އެއްޗެއް ނުވަތަ އެއްޗެއްގެ ފުރިހަމަ މައުލޫމާތު؛

(ނ) އެއްވެސް ބަޔާނެއް ނަގާފައިވާނަމަ އެ ބަޔާނެއްގެ މައުލޫމާތު؛

(ރ) އެފަރާތަށް އެއްވެސް ރިޕޯޓެއް ދޫކޮށްފައިވާނަމަ، ދޫކޮށްފައިވާ ރިޕޯޓުތައް؛ އަދި

(ބ) މައްސަލައާ ގުޅޭ އެހެނިހެން ތަކެތި.

 

174 ވަނަ މާއްދާހުއްދަ ނުދީފިނަމަ އަމަލުކުރާނެ ގޮތް

(ހ) އިމާރާތްކުރުމުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން ހޯދުމަށް ލާޒިމުކޮށްފައިވާ އެއްވެސް ހުއްދައެއް ހޯދުމަށް، ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމާއިއެކު، އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކަށް ހުށަހެޅުމުން، އެއްވެސް އިދާރާއަކުން އެ ހުއްދައެއް ނުދީ ހިފަހައްޓާނަމަ، ނުވަތަ ނުދީފިނަމަ، އެ މައްސަލަ ބެލުމަށްޓަކައި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްސަލައެއްގެ ހައްލު ހޯދުމަށްޓަކައި ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިއުން ހުށަހަޅަންވާނެއެވެ.

  1. ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅި ހުށަހެޅުމުގެ ކޮޕީއެއް؛
  2. ހުއްދަ ހޯދުމަށްޓަކައި ހުށަހެޅުމުން، ހުއްދަ ދޫކުރާ އިދާރާއިން ލިޔުމުން ދީފައިވާ ޖަވާބުގެ ކޮޕީއެއް؛
  3. މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބުނާފަދަ ލިޔުމެއް ނެތްނަމަ، އެ އިދާރާއަކުން އަނގަބަހުން ދީފައިވާ ޖަވާބެއް ލިޔުމަށްފަހު، ވެރިފަރާތުން ސޮއިކޮށް އެ ލިޔުމުގެ އަސްލު.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްސަލައެއްގެ ހައްލު ހޯދުމަށްޓަކައި މިނިސްޓްރީއަށް ހުށަހެޅުމުން އެ ހުށަހެޅުމެއް "އިމާ ރާތްކުރުމުގެ ގާނޫނާ އެގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފުކުރުމުގެ ގަވާއިދު" ގެ ދަށުން ރަނގަޅަށް ބެލުމަށްފަހު، ހުއްދަ ދޫކުރާ އިދާރާގެ ނިންމުމަށް ބަދަލުގެންނަން ޖެހޭކަމަށް މިނިސްޓްރީއަށް ފެންނަނަމަ، އެ ބަދަލެއް ގެނަނުމަށް، ސަބަބު ބަޔާންކޮށް ހުއްދަ ދޫކުރާ އިދާރާށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްސަލައެއްގެ ހައްލު ހޯދުމަށްޓަކައި މިނިސްޓްރީއަށް ހުށަހެޅުމުން އެ ހުށަހެޅުމެއް ރަނގަޅަށް ބެލުމަށްފަހު، ހުއްދަ ދޫކުރާ އިދާރާގެ ނިންމުމަށް ބަދަލުގެންނަން ޖެހޭކަމަށް ނުފެންނަނަމަ، އެ ބަދަލެއް ގެންނަން ނުޖެހޭކަން، ސަބަބު ބަޔާންކޮށް މައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން އެންގޭ އެންގުމަކަށް ހުއްދަ ދޫކުރާ އިދާރާއިން އަމަލު ކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގައި ބަޔާން ކުރާގޮތުގެ މަތީން އެންގުމުން، އެ އެންގުމަކަށް ހުއްދަ ދޫކުރާ އިދާރާއަކުން އަމަލު ނުކޮށްފިނަމަ، މައްސަލަ ހުށަހެޅިފަރާތުގެ ހައްގު ހިމާޔަތް ކުރުމުގެ ގޮތުން، އެފަރާތުން ހޯދުމަށް ހުށަހެޅި ހުއްދަ އެ ފަރާތަށް، މިނިސްޓްރީން ދޫކުރެވިދާނެއެވެ. 

 

175 ވަނަ މާއްދާ - މި ގަވާއިދުން އިސްތިސްނާވާ ކަންތައްތައް

(ހ) ފަތުރުވެރިކަން ކުރުމަށް ދޫކުރެވޭ، މީހުން ދިރިނޫޅޭ ރަށްރަށައި ފަޅުތަކުގައި ކުރެވޭ ފަތުރުވެރިކަމުގެ ސިނާއަތާގުޅޭ އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގައި އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އަންނަނިވި ކަންތައްތައް އިސްތިސްނާވާނެއެވެ.

  1. މި ގަވާއިދުގައި ކަނޑައަޅާފައިވާ ހުއްދަތައް ކަނޑައަޅާފައިވާ ގޮތަށް ނެގުން؛
  2. މި ގަވާއިދުގައި ކަނޑައަޅާފައިވާ ފީ ތަކާއި އެ ފީތައް ދެއްކުމަށް ކަނޑައަޅާފައިވާ ގޮތަށް އަމަލުކުރުން؛
  3. މި ގަވާއިދުގައި ކަނޑައަޅާފައިވާ ޖޫރިމަނާތަކާއި ޖޫރިމަނާ ދެއްކުމަށް ކަނޑައަޅާފައިވާ ގޮތަށް އަމަލުކުރުން؛ އަދި
  4. ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދު ކަނޑައަޅާފައިވާ ކަންކަމަށް އަމަލުކުރުން؛
  5. ބާވަތް 1 ގެ އިމާޒާތަށް އާންމުކޮށް ބިލްޑިންގ ކޯޑުގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ސްޓްރަކްޗަރގެ ރައްކައުތެރިކަމާއި އަލިފާނުން ރައްކާތެރިކުރުމާ ގުޅޭ ބައިތަކާއި ސިއްހީގޮތުން ރައްކައުތެރިކުރުމަށް ހިމަނާފައިވާ ބައިތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބޭނުންކުރެވޭނެ ގޮތަށް ޑިޒައިންކުރަންޖެހޭ މިންގަނޑު ފިޔަވާ އެހެން ބައިތަކަށް އަމަލުކުރުން؛
  6. މި މާއްދާގެ (ހ) ގެ (1) އިން (5) އަށް ބަޔާންކޮށްފައި ވާ ކަންކަން އިސްތިސްނާކޮށްފައިވީނަމަވެސް، ހުށަހެޅޭ މައްސަލަތަކާ ގުޅޭ މައުލޫމާތި ސްޓެޓިސްޓިކްސް އަށާއި ދިރާސާތަކަށް ބޭނުންވާ މައުލޫމާތުތައް ދެ މިނިސްޓްރީގެ ދެމެދުގައި އެއްބަސްވާ ގޮތެއްގެ މަތިން ހިއްސާކުރަމުންދާންވާނެއެވެ.

(ށ) އަތޮޅު ތެރޭގައި ކުރެވޭ އިމާރާތަކީ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ދިރިއުޅުމަށް ބޭނުންކުރާ ގޮތަށް ހަދާ 6 މީޓަރަށް ވުރެ އުސްނޫން 1200 އަކަފޫޓަށްވުރެ ޖުމްލަ ތަޅުމުގެ އޭރިޔާ ބޮޑުނޫން އާދައިގެ ޓިނު ފުރާޅަކުން ހިޔާކޮށްފައިވާ އެއްބުރީގެ އިމާރާތެއް ނަމަ އެފަދަ އިމާރާތެއްކުރުމުގެ މަސައްކަތް ހުއްދަ ހޯދުމަކާ ނުލައިވެސް ކުރެވިދާނެއެވެ.

(ނ) ގަާއުމީ ސަލާމަތުގެ ބޭނުމަށް ހަދާ އިމާރާތްތަކަށް ހުއްދައަށް ހޯދުމަށް އެދި ހުއްދަ ދޫޫކުރާ އިދާރާއަށް ހުށަހެޅުމާއި މިފަދަ ތަންތަނުގައި ދިމާވާ މައްސަލަތައް ހުއްދަ ދޫކުރާ އިދާރާއިން ބެލުން އިސްތިސްނާވާނެއެވެ. ނަމަވެސް މިތަންތަނަށްވެސް ކުރެހުން ތައްޔާރުކޮށްފައިވާންވާނީ މި ގާނޫނާއި ގާނޫނުގެ ދަށުން ކަނޑައަޅާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އަދި ދިމާވަ މައްސަލަތަކުގައި ހުއްދަ ދޫކުރާ އިދާރާއިން ކުރަންޖެހޭ ކަންކަން ގައުމީ ސަލާމަތާ ގުޅޭ ބާރުން ފުރިހަމަކުރަންވާނެއެވެ.

(ރ) ގާާނޫނުގެ ދަށުން އިސްތިސްނާ ކަމަށް ބަޔަންކޮށްފައިވާ ހާލަތުގައިވެސް ސަލާމަތާއި ރައްކައުތެރި ކަމަގުޅޭ ގޮތުން ގާނޫނާއި ގާނޫނުގެ ދަށުން ހަދާފަ އިވާ ގަވާއިދުތަކުގައި ހިމަނާފައިވާ ބައިތައް އިސްތިސްނާ ނުވާނެއެވެ.

 

176 ވަނަ މާއްދާ - އިމާރާތްކުރުމުގެ މަސައްކަތްތަކުގައި އެއްބަސްވުން

އިމާރާތްކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓަރެއް އައްޔަންކޮށްގެން މަސައްކަތެއް ކުރަންވާނީ މަދުވެގެން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނޭ އެއްބަސްވުމެއްގައި އިމާރާތްކުރުވާ ފަރާތާއި އިމާރާތްކުރާ ފަރާތާ ދެމެދު ސޮއިކޮށްގެންނެވެ.

(ހ) 5.2 މިލިއަން ރުފިޔާއަށް ވުރެ ބޮޑެތި މަސައްކަތްތަކުގައި އަންދާޒީ ހިސާބު އަގުހިމެނޭ ބިލްއޮފް ކުއަންޓިޓީޒް (ބީ.އޯ.ކިއު.) ފޯމެޓަށް ހިމެނުން؛

(ށ) މަސައްކަތުގެ ރޭވިފައިވާގޮތް (ވަރކް ށެޑިއުލް)؛

(ނ) ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާގޮތުގެ ތާވަލު (ޕޭމަންޓް ށެޑިއުލް)؛

(ރ) ކުންފުނީގެ ރަޖިސްޓްރޭށަން ސެޓްފިކެޓްގެ ކޮޕީ؛

(ބ) ބިމުގެ ރަޖިސްޓަރީގެ ކޮޕީ؛ (ޅ) ވެރިފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛

(ކ) ކުރެހުން ސެޓުގެ ކޮޕީ؛

(އ) ކުރެހުން ފާސްކުރުމަށްފަހު، ފާސްކޮށްފައިވާ ކުރެހުން ސެޓު އެއްބަސްވުމުގައި ހިމެނުން؛ އަދި

(ވ) އިމާރާތްކުރުމުގެ ހުއްދަ ނެގުމަށްފަހު، "އިމާރާތްކުރުމުގެ ހުއްދަ އެއްބަސްވުމުގައި ހިމެނުން.

 

177 ވަނަ މާއްދާ - ފަންނީ ހިދުމަތް ހޯދުމުގައި އެއްބަސްވުން

އިމާރާތްކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މަސައްކަތްތައް ކުރުމަށް ފަންނީ ފަރާތެއް އައްޔަންކޮށްގެން މަސައްކަތެއް ކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނޭ އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ.

(ހ) ވެރިފަރާތުގެ މައުލޫމާތު؛

(ށ) އިމާރާތް ކުރާ ފަރާތް ނުވަތަ ފަންނީ މަސައްކަތް ކުރާ ފަރާތުގެ މައުލޫމާތު؛

 (ނ) ވެރިފަރާތުގެ ޒިންމާ؛ (ރ) އިމާރާތްކުރާ ފަރާތް ނުވަތަ ފަންނީ މަސައްކަތް ކުރާ ފަރާތުގެ ޒިންމާ؛

(ބ) މަސައްކަތް ކުރުމަށް އެއްބަސްވެވޭ އުޖޫރަ؛

(ޅ) މަސައްކަތް ކުރުމަށް އެއްބަސްވެވޭ މުއްދަތު؛ އަދި

(ކ) މަސައްކަތުގެ ތަފްސީލު.

 

178 ވަނަ މާއްދާ - ވެރިފަރާތުގެ ޒިންމާތައް

(ހ) އެއްވެސް ހުއްދައަކަށް އެދި ހުއްދަ ދޫކުރާ އިދާރާއަކަށް، ނުވަތަ މިނިސްޓްރީއަށް ނުވަތަ ފެނާއި ކަރަންޓާއި ނަރުދަމާ ފަދަ ހިދުމަތްތައް ދޭ ތަންތަނަށް، ހުށަހަޅާ އެންމެހާ ލިޔެކިއުންތަކުގެ ސައްހަ ކަމުގެ ޒިންމާ، އެހެން ފަރާތަކުން ނަގާފައިނުވާނަމަ، އެ ޒިންމާ އުފުލަންވާނީ ވެރިފަރާތުންނެވެ.

(ށ) އިމާރާތެއް ނުވަތަ އިމާރާތުގެ ބައެއް އިމާރާތްކުރުމުގެ ތެރޭގައި އިންވެގެންވާ ގޯއްޗަކަށް ނުވަތަ އިންވެގެންވާ އިމާރާތަކަށް ނުވަތަ އިންވެގެންވާ އިމާރާތުގެ ބަޔަކަށްވާ ނުވަތަ މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއްގެ ޒިންމާ، އެހެން ފަރާތަކުން ނަގާފައިނުވާނަމަ، އެ ޒިންމާ އުފުލަންވާނީ ވެރިފަރާތުންނެވެ.

(ނ) އިމާރާތްކުރުމަށްފަހު އެ އިމާރާތެއްގެ ބައިތައް ބޭނުންކުރަނީ ހުއްދަ ދޫކޮށްފައިވާ ބޭނުންތަކަށްކަން ކަށަވަރުކުރުމަކީ، އެހެން ފަރާތަކުން ޒިންމާ ނަގާފައިނުވާނަމަ، ވެރިފަރާތުގެ ޒިންމާއެކެވެ.

(ރ) އިމާރާތްކުރުމަށްފަހު އެ އިމާރާތަކަށް ބަދަލު ގެނެވެނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމަކީ، އެހެން ފަރާތަކުން ޒިންމާ ނަގާފައިނުވާނަމަ، ވެރިފަރާތުގެ ޒިންމާއެކެވެ. 

(ޅ) އިމާރާތުގައި ނުވަތަ އިމާރާތާއި ގުޅިގެން ކުރާ އެއްވެސް ކަމެއްގައި އާންމު ފަރާތެއްގެ ހައްގަކަށް އަރައިނުގަނެވޭނެ ފަދަގޮތަކަށް އިންތިޒާމުކުރުމަކީ، އެހެން ފަރާތަކުން އެ ޒިންމާ ނަގާފައިނުވާނަމަ، ވެރިފަރާތުގެ ޒިންމާއެކެވެ.

(ކ) އިމާރާތްކުރުމުގެ ގާނޫނާ ނުވަތަ މި ގަވާއިދާ ހިލާފުކަމެއް ހިނގަމުންދާކަން ނުވަތަ ހިނގައިފިކަން ވެރިފަރާތަށް އެނގިއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ނުވަތަ ރަނގަޅު ކުރުވުމަށް މަސައްކަތް ކުރުމަކީ ވެރިފަރާތުގެ ޒިންމާއެކެވެ.

(އ) މި މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން އިމާރާތްކުރުމުގެ ގާނޫނާ ނުވަތަ މި ގަވާއިދާ ހިލާފުކަމެއް ހިނގަމުންދާކަން ނުވަތަ ހިނގައިފިކަން އިމާރާތްކުރުވާ ފަރާތަށް އެނގުމާއެކު އެކަމެއް ހުއްޓުވުމަށް ނުވަތަ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއެކުވެސް، އެ މަސައްކަތެއް ހުއްޓާނުލައިފިނަމަ ނުވަތަ އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، އެ ފަރާތުން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް އެކަމެއް އަންގަންވާނެއެވެ. މި މާއްދާގެ (އ) ގައިވާ ގޮތުގެ މަތިން ނާންގާ ހުރުމަކީ މިގަވާއިދާ ހިލާފުވުންކަމަށް ބަލައި ފިޔަވަޅު އަޅާނެ ކަމެކެވެ.

 

179 ވަނަ މާއްދާ - އިމާރާތެއްގެ މިލްކުވެރިކަން ބަދަލުވީނަމަވެސް ވެރިފަރާތުން އުފުލަންޖެހޭ ޒިންމާ 

(ހ) އެއްވެސް އިމާރާތެއްގެ މިލްކުވެރިކަން ބަދަލުވީނަމަވެސް، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާން އިމާރާތްކުރުމުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން އެ އިމާރާތެއްގެ ވެރިފަރާތަށް ކޮށްފައިވާ އަމުރެއް ނުވަތަ އެންގުމެއް ބާތިލެއްނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އަމުރެއް ނުވަތަ އެ އެންގުމެއްގެ ޒިންމާ އުފުލާނީ ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު ވަކި ގޮތަކަށް އެއްބަސްވެފައިނުވާނަމަ، އެ އިމާރާތެއް ވިއްކި ފަރާތެވެ.

(ނ) އެއްވެސް އިމާރާތެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ މުއާމަލާތް ހިންގަންވާނީ މި ގަވާއިދުގެ 178 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރުމަށްފަހުގައެވެ.

(ރ) އިމާރާތެއް ވިއްކިފަރާތުން މިނިސްޓްރީއަށް ނުވަތަ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ފައިސާއެއްދައްކަން އޮތްނަމަ، އިމާރާތްކުރުމުގެ އެއްބަސްވުމެއްގައި އެހެންގޮތަކަށް ބަޔާންކުރާ ހާލަތުގައި ފިޔަވައި އެހެން ހާލަތްތަކުގައި، އެ އިމާރާތެއްގެ މިލްކުވެރިކަން ބަދަލުކުރި ކަމުގައިވީނަމަވެސް، އެ ފައިސާއެއްދައްކަންޖެހޭނީ އިމާރާތް ވިއްކި ފަރާތުންނެވެ.

 

180 ވަނަ މާއްދާ - އިމާރާތެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ މުއާމަލާތް ހިންގުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ކަންތައްތައް

އެއްވެސް އިމާރާތެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ މުއާމަލާތެއް ހިންގަންވާނީ އަންނަނިވި ކަންތައްތައް ފުރިހަމަކުރުމަށްފަހުގައެވެ.

(ހ) ވިއްކާ ފަރާތާ ގަންނަ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން؛ އަދި

(ށ) އެ އިމާރާތަކާ ގުޅިގެން ހުއްދަ ދޫކުރާ އިދާރާއަށް ނުވަތަ މިނިސްޓްރީއަށް ދައްކަން ޖެހޭ ފީއެއް ނުވަތަ ޖޫރިމަނާ އެއް ވާނަމަ އެފީއެއް ނުވަތަ ޖޫރިމަނާއެއް ހުއްދަ ދޫކުރާ އިދާރާއަށް ނުވަތަ މިނިސްޓްރީއަށް ދެއްކުމަށްފަހު ނުވަތަ އެފީއެއް ނުވަތަ ޖޫރިމަނާއެއް ދައްކާނީ ކޮން ފަރާތަކުން ކަމާއި އެފަރާތުން އެ ފީއެއް ނުވަތަ ޖޫރިމަނާއެއް ދައްކާނެ ކަމަށް އިގުރާރުވެ ގެރެންޓީ ލެޓަރ އެއް ހުއްދަ ދޫކުރާ އިދާރާ އަށް ނުވަތަ މިނިސްޓްރީއަށް ހުށަހެޅުމަށްފަހު.

 

181 ވަނަ މާއްދާ - މިނިސްޓްރީގެ މަސްއޫލިއްޔަތު 

މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ހުއްދައަށް އެދިމިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުންތަކަށް ގަވާއިދުގައިވާ ގޮތުގެ މަތިން ޖަވާބު ދިނުން؛

(ށ) ނުރައްކާތެރި އިމާރާތްތައް ކަނޑައަޅާ އެ އިމާރާތްތަކާ މެދު އަމަލުކުރަންވީ ގޮތްތައް އެންގުން؛

(ނ) ހުއްދަ ދޫކުރާ އިދާރާތަކުގެ ޓެކްނިކަލް ކެޕޭސިޓީގެ ބޭރުން ފަންނީ ލަފާ ބޭނުންވާ ކަންކަމުގައި މިނިސްޓްރީގައި އެފަދަ ފަންނުގެ ފަރާތްތައް ވާ ކަމުގައިވާނަމަ އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުން.

 

182 ވަނަ މާއްދާ - އިމާރާތްކުރުމާގުޅޭ ކޮމިޓީ

(ހ) މި ގަވާއިދުގެ ދަށުން އަމަލުކުރަންވީ ވަކި ގޮތެއް ސާފުނުވާ ހާލަތްތަކުގައި، ނުވަތަ މި ގަވާއިދުގެ މަގްސަދުގައި ހިމެނޭ ނުވަތަ އިމާރާތްކުރުމުގެ ގާނޫނުން މި ގަވާއިދުގެ މަގްސަދުގެ ތެރޭގައި ހިމެނޭ ކަންކަމުން ކަމެއް މި ގަވާއިދުގައި ބަޔާންކޮށްފައި ނެތް ހާލަތުގައި އެކަމެއް ނިންމުމާއި އަދި އިމާރާތްކުރުމުގެ ގާނޫނާއި ހިލާފުވެގެން ހުށަހެޅޭ މައްސަލަތަކާއި ރައްކައުތެރިނޫން ތަންތަނާއި ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގުތަކާއި އެ ފަދަ މައްސަލަތަކާއި ގުޅިގެން އަންގާ އެންގުންތައް ކަނޑައަޅަންވާނީ އިމާރާތްކުރުމާގުޅޭ ކޮމިޓީގެ ލަފާގެ މަތިންނެވެ.

(ށ) އިމާރާތްކުރުމާ ގުޅޭ ކޮމިޓީ އެކުލަވާލާނީ މިނިސްޓަރެވެ.

(ނ) އިމާރާތްކުރުމާ ގުޅޭ ކޮމިޓީ ހިންގާ އުސޫލު މިނިސްޓްރީން އެކުލަވާލާ ކޮމިޓީއަކުން ހަދަންވާނެއެވެ.

(ރ) އިމާރާތްކުރުމާ ގުޅޭ ކޮމިޓީ ހިންގާ އުސޫލު ގައި ކޮމިޓީ އެކުލެވިގެންވާގޮތާއި ކޮމިޓީގެ ބައްދަލުވުންތައް ބޭއްވޭނެގޮތް ހިމަނަންވާނެއެވެ.

(ބ) އިމާރާތްކުރުމާ ގުޅޭ ކޮމިޓީ ހިނގަމުންދާނީ މިނިސްޓްރީގެ ދަށުންނެވެ.

(ޅ) މި ގަވާއިދުގައި ނެތް ކަމަކާ ގުޅޭގޮތުން ކޮމިޓީން ނިންމާ ގޮތެއްގެ މަތިން އެހެން ފަރާތްތަކުން އަމަލުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ފަދަ އެންގުންތައް ބަލަންވާނީ މިނިސްޓްރީން އެކަމަކާ ގުޅޭގޮތުން ކަނޑައަޅާ އުސޫލު ކަމުގައެވެ.

(އ) އިމާރާތްކުރުމުގެ ގާނޫނުގައި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގައި ހުށަހެޅޭ މައްސަލަތަކާއި މެދު އަމަލުކުރަންވީ ވަކި ގޮތެއް ސާފުނުވާ ހާލަތްތަކުގައި، ނުވަތަ އިމާރާތްކުރުމުގެ ގާނޫނުގައި ނުވަތަ ގަވާއިދުގައި ބަޔާންކޮށްފައި ނެތް ހާލަތުގައި އެކަމެއް އުސޫލެއްގެ ގޮތުން ނިންމާނީ މައްސަލަ ބަލާ ތަހުގީގުކުރާ ކޮމިޓީގެ ލަފާގެ މަތިންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2017-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު