އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2019-1014)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މި ގަވާއިދަކީ، އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރުމަށްޓަކައި ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) ގެ 95 ވަނަ މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންތައްތައް ހާސިލުކުރުމެވެ.
(ހ) އިސްތިއުނާފު ކުރެވޭނެ މައްސަލަތަކާއި، އިސްތިއުނާފު ކުރެވޭނެ ހާލަތު؛
(ށ) އިސްތިއުނާފު ކުރުމުގައި އަމަލުކުރަން ޖެހޭނެ ގޮތްތައް؛
(ނ) އިސްތިއުނާފު ކުރުމަށް ހުށަހަޅަންޖެހޭ މުއްދަތު؛
(ރ) އިސްތިއުނާފުކުރި މައްސަލަ ނިމުނު ގޮތް ހާމަކުރާނެ ގޮތް.
3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން
މި ގަވާއިދު ތަންފީޒުކުރާނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތު އެއިރެއްގައި ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ.
4 ވަނަ މާއްދާ - ތަންފީޒުކުރަން ފަށާ ތާރީހު
މި ގަވާއިދު ތަންފީޒުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
5 ވަނަ މާއްދާ - ކުރިން ހިނގައިފައިވާ ކަންކަން މި ގަ ވާއިދުގެ ދަށުން އިސްތިސްނާވުން
އިމާރާތްކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަށް މި ގަވާއިދެއް ނުހިނގާނެއެވެ.
6 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ނ) "ކޮމެޓީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދެއްގެ ދަށުން އަޅާ ފިޔަވަޅަކާ މެދު ހުށަހަޅާ އިސްތިއުނާފު މައްސަލަތައް ބެލުމަށް އެކުލަވައިލައިފައިވާ ކޮމެޓީއަށެވެ.
(ރ) "އިމާރާތްކުރުމުގެ ގާނޫނު" ނުވަތަ "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިސްލާހުތަކަށެވެ.
ދެވަނަ ބާބު
އިސްތިއުނާފަށް ހުށަހެޅުން
7 ވަނަ މާއްދާ - އިސްތިއުނާފަށް ހުށަހެޅުން
އިސްތިއުނާފަށް އެދި ހުށަހަޅާނީ، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާ އެކުގައެވެ.
(ހ) ފުރިހަމަކޮށްފައިވާ، އިސްތިއުނާފަށް އެދި ހުށަހަޅާ ފޯމު؛ އިސްތިއުނާފަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީގެ ވެބް ސައިޓުގައި ށާއިއު ކުރަންވާނެއެވެ.
(ށ) މައްސަލަ ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
(ނ) އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކުން ފިޔަވަޅު އަޅައިފައިވާކަން އަންގައިފައިވާ ލިޔުމުގެ ކޮޕީ؛ އަދި
(ރ) އިސްތިއުނާފު ހުށަހަޅާ ފަރާތުން އެ މައްސަލައަކާ ގުޅިގެން އިތުރު ލިޔެކިޔުންތަކެއް ހުށަހަޅަން ބޭނުންނަމަ، އެ ލިޔުންތަކުގެ ކޮޕީ.
8 ވަނަ މާއްދާ - އިސްތިއުނާފަށް ހުށަހަޅަން ދެވޭ މުއްދަތު
އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކުން އަޅައިފައިވާ ފިޔަވަޅަކާ މެދު އިސްތިއުނާފަށް ހުށަހަޅާނަމަ، އެ ފިޔަވަޅެއް އަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހަޅަން ވާނެއެވ
9 ވަނަ މާއްދާ - އިސްތިއުނާފަށް ހުށަހަޅާ މައްސަލަ ބަލައިގަތުން
މިނިސްޓްރީއަށް އިސްތިއުނާފަށް ހުށަހަޅާ މައްސަލައެއް އެއީ ކޮމެޓީއަށް ބަލައިގަނެވޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން، މައްސަލަ ހުށަހަޅާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
10 ވަނަ މާއްދާ - އިސްތިއުނާފަށް ހުށަހެޅި ހުށަހެޅުން ބާތިލުވުން
(ހ) އިސްތިއުނާފަށް ހުށަހަޅާއިރު ހުށަހަޅައިފައިވާ ލިޔެކިޔުންތައް މުތާލިއާކޮށް ބެލުމަށްފަހު، އެ ލިޔެކިޔުންތަކުގައި ސައްހަނޫން މައުލޫމާތު ހުރި ނަމަ، އެ ހުށަހެޅި ހުށަހެޅުން ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއްގައި އިސްތިއުނާފަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ބާތިލުވާނަމަ، އެ މައްސަލައެއް ބާތިލުވިކަން، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވ
ތިންވަނަ ބާބު
އިސްތިއުނާފު ކޮމެޓީ
11 ވަނަ މާއްދާ - އިސްތިއުނާފު ކޮމިޓީ އެކުލަވައިލުން
(ހ) އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދެއްގެ ދަށުން އަޅާ ފިޔަވަޅަކާ މެދު ހިތްހަމަ ނުޖެހޭ ފަރާތުން، އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް ބެލުމަށްޓަކައި، "އިސްތިއުނާފު ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އެކުލަވައިލަންވާނެއެވެ. މި ކޮމިޓީ އެކުލަވައިލާނީ މިނިސްޓަރެވެ.
(ށ) އިސްތިއުނާފު ކޮމެޓީ އެކުލެވިގެންވާނީ، އިމާރާތްކުރުމާ ގުޅޭ ދާއިރާއިން ފަންނީ ތައުލީމު އަދި/ނުވަތަ ތަޖުރިބާ ލިބިފައިވާ، ތިރީގައިވާ ދާއިރާތަކުން އައްޔަނުކުރާ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.
- މިނިސްޓަރު ކަނޑައަޅާ 2 (ދޭއް) މެންބަރުން؛
- އިމާރާތްކުރުމުގެ ދާއިރާގެ ފަންނީ ޖަމްއިއްޔާތަކުން 3 (ތިނެއް) މެންބަރުން؛
- ގާނޫނީ ދާއިރާއިން އައްޔަނުކުރާ 1 (އެކެއް) މެންބަރު؛
- ލޯކަލް ގަވަރމަންޓް އޮތޯރިޓީން އައްޔަނުކުރާ 1 (އެކެއް) މެންބަރު.
(ނ) ކޮމެޓީގެ މެންބަރުން އައްޔަނުކޮށް ވަކިކުރާނީ މިނިސްޓަރެވެ.
12 ވަނަ މާއްދާ - ކޮމެޓީގެ ޗެއަރމަން
ކޮމެޓީގެ ޗެއަރމަނަކީ، ކޮމެޓީގެ މެންބަރުންގެ ތެރެއިން މިނިސްޓަރު އައްޔަނުކުރާ ފަރާތެކެވެ.
13 ވަނަ މާއްދާ - ކޮމެޓީގެ ޗެއަރމަ ނުގެ ޒިންމާ
(ހ) އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް މިނިސްޓްރީން ކޮމެޓީއަށް ފޮނުވުމުން، އެ މައްސަލައަކާ ގުޅިގެން މިނިސްޓްރީން އެކުލަވައިލައިފައިވާ ރިޕޯޓު މުތާލިއާކޮށް، އެ މައްސަލައަކާ ގުޅިގެން އިތުރަށް އޮޅުންފިލުވަންޖެހޭ މައުލޫމާތެއް އޮތް ނަމަ، އެ މައުލޫމާތެއް ފުރިހަމަކޮށް، ހުށަހެޅުނު މައްސަލައާ މެދު ކޮމެޓީގެ ނިންމުން މިނިސްޓްރީއަށް އެންގުން؛
(ށ) ކޮމެޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.
14 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
ކޮމެޓީގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، މިނިސްޓަރަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އިސްތިއުފާ ދިންކަމުގެ ލިޔުން މިނިސްޓަރަށް ލިބުމުން، އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.
15 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުން މެންބަރުންނަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެކެވެ. އެފަދަ މައުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
16 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ކަންކަން ބެލުމުގައި ބައިވެރިނުވުން
(ހ) މި ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައަކީ ކޮމެޓީގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް މައްސަލައެއް ނަމަ، އެ މައްސަލައެއް ބެލުމުގައިވެސް ނުވަތަ ނިންމުމުގައިވެސް އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ކޮމެޓީން ބަލާ މައްސަލައަކީ، ކޮމެޓީގެ މެންބަރެއްގެ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް، އެކަން އެނގޭ ހިނދުން ފެށިގެން އެކަން ކޮމެޓީގެ ޗެއަރމަނަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމަށް އަދި/ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން އެ މެންބަރަކު ތަނާޒުލުވާން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ހާލަތެއް ކޮމެޓީގެ ޗެއަރމަނަށް މެދުވެރިވެއްޖެ ނަމަ، އެ ފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުން ކޮމެޓީގެ އެހެން މެންބަރަކާ ހަވާލުކޮށް، އެ މައްސަލަ ބެލުމުން އޭނާ ތަނާޒުލުވާން ވާނެއެވެ.
(ނ) ކޮމިޓީގެ އެއްވެސް މެންބަރަކު، މި ގާނޫނުގެ ދަށުން އެ މީހެއްގެ ވާޖިބު އަދާކުރުމުގައި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތެއްގެ ނުވަތަ މާލީ ނުވަތަ ސިނާއީ ނުވަތަ ވިޔަފާރިއާއި ވިޔަފާރި ހިންގުމުގެ ދާއިރާގައި ހިމެނޭ ފަރާތެއްގެ، ނުވަތަ އެނޫންވެސް ފަރާތެއްގެ އިރުށާދު ލިބިގަނެ، އެ އިރުށާދު ގަބޫލުކޮށްގެން ނުވާނެއެވެ.
(ރ) ކޮމިޓީގެ އެއްވެސް މެންބަރަކު، މި ގަވާއިދުގެ ދަށުން އޭނާގެ ވާޖިބު އަދާކުރުމުގައި ވަކި ފަރާތަކަށް ބުރަވެވިދާނެ ފަދަ ގޮތެއްގައި، އެއްވެސް ބާވަތެއްގެ ހަދިޔާއެއް، ނުވަތަ މަންފާއެއް ލިބޭފަދަ ކަމެއް، އޭނާގެ އަމިއްލަ ނަމުގައި، ނުވަތަ އޭނާގެ އާއިލާގެ މީހެއްގެ ނަމުގައި، ނުވަތަ ވިޔަފާރީގެ ގޮތުން، ނުވަތަ މާލީގޮތުން އެ މީހަކާ ގުޅުމެއް އޮތް މީހެއްގެ ނަމުގައި، ނުވަތަ އެފަދަ މީހެއްގެ ދަރިއެއްގެ ނަމުގައިވެސް، ގަބޫލުކޮށްގެން ނުވާނެއެވެ.
17 ވަނަ މާއްދާ - އިސްތިއުނާފު ކޮމިޓީގެ ޒިންމާ އާއި ބާރުތައް
(ހ) އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކުން އަޅާ ފިޔަވަޅަކާ ގުޅިގެން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތަކާ މެދު ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމުމަކީ އިސްތިއުނާފު ކޮމެޓީގެ ޒިންމާއެކެވެ.
(ށ) އިސްތިއުނާފަށް ހުށަހަޅާ މައްސަލަތަކުގައި މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓާއި، އެ މައްސަލަޔާ ގުޅިގެން މިނިސްޓްރީން ހިންގައިފައިވާ ތަހުގީގުތަކާއި ނިންމައިފައިވާ ނިންމުންތަކަކީ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކޮށްފައިވާ ކަންކަން ކަން ކަށަވަރު ކުރަންވާނެއެވެ.
(ނ) އިސްތިއުނާފުކުރި މައްސަލައަކާ ގުޅިގެން ކޮމެޓީއަށް ފެނިއްޖެ ހާލަތެއްގައި އިސްތިއުނާފަށް މައްސަލަ ހުށަހެޅި ފަރާތާއި މިނިސްޓްރީގެ ފަރާތުން މައްސަލަ ތަހުގީގުކުރި ފަރާތް ކޮމެޓީއަށް ހާޒިރުކޮށް، އިތުރު މައުލޫމާތު ސާފުކުރެވިދާނެއެވެ.
(ރ) ކޮމެޓީއަށް ހުށަހަޅާ މައްސަލަތައް ކޮމެޓީއަށް ހުށަހަޅާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ގޮތެއް ނިންމަންވާނެއެވެ. މައްސަލައިގެ ބާވަތުން ތަހުގީގުތަކަށް މައްސަލަ ބަލާ މުހުލަތު އިތުރު ކުރުމުގެ ބާރު ކޮމެޓީއަށް ލިބިގެންވެއެވެ. އަދި މިފަދައިން މުއްދަތު އިތުރުކުރަންޖެހޭ ހާލަތެއްގައި މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ބ) އިސްތިއުނާފަށް ހުށަހެޅި މައްސަލަ ނިންމި ގޮތް، މައްސަލަ ހުށަހެޅި ފަރާތައް ލިޔުމުން އަންގަންވާނެއެވެ.
18 ވަނަ މާއްދާ - އިސްތިއުނާފު ކޮމިޓީ ހިނގާނެ ގޮތް
(ހ) އިސްތިއުނާފު މައްސަލައަކާ ގުޅިގެން ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، ކޮމެޓީގެ ބައްދަލުވުން ބޭއްވުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެން ވެއެވެ.
(ށ) އިސްތިއުނާފު ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ބޭނުންވާ ކޯރަމް ހަމަވުމަށް ޓަކައި އިސްތިއުނާފު ކޮމެޓީގެ ޗެއަރމަން ހިމެނޭގޮތަށް މުޅިއެކު 5 (ފަހެއް) މެންބަރުން ހަމަވާ ން ޖެހޭނެއެވެ.
(ނ) އިސްތިއުނާފު ކޮމެޓީގެ މީޓިންގއެއްގައި މައްސަލައަކާ ބެހޭގޮތުން ގޮތެއް ކަނޑައަޅައި ނިންމަންވާނީ، އެ ވަގުތު ހިނގަމުންދާ ބައްދަލުވުމުގައި ހާޒިރުވެ ތިބި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި ވޯޓުލަ އިގެން އެއްވަރުވެއްޖެ ހާލަތެއްގައި، އެ މައްސަލައިގައި ގޮތެއް ކަނޑައަޅައި ނިންމަންވާނީ އިސްތިއުނާފު ކޮމެޓީގެ ޗެއަރމަންގެ ވޯޓުންނެވެ.
(ރ) އިސްތިއުނާފު ކޮމެޓީގެ ޗެއަރމަން ނެތިއްޖެ ހާލަތެއްގައި، ޗެއަރމަންގެ ފުރިހަމަ ޒިންމާއާއި މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ގޮތަށް އިސްތިއުނާފު ކޮމެޓީގެ މެންބަރުންގެ ތެރެއިން ވަގުތީ ޗެއަރމަނެއް އައްޔަނުކުރަން ވާނެއެވެ. ވަގުތީ ޗެއަރމަނެއް އަ އްޔަނުކުރާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
(ބ) އިސްތިއުނާފު މައްސަލައަކާ ގުޅިގެން ކޮމެޓީން ކުރަންޖެހޭ ތަހުގީގެއް ކުރާނީ ނުވަތަ ހަދާ ރިޕޯޓެއް ހަދާނީ އަދި އެންމެހައި އިދާރީ ކަންތައްތައް ކުރާނީ މިނިސްޓްރީންނެވެ.
19 ވަނަ މާއްދާ - އިސްތިއުނާފަށް ހުށަހެޅި މައްސަލަ ށަރީއަތަށް ފޮނުވުން
ކޮމެޓީއަށް ހުށަހަޅާ މައްސަލައެއް ނިންމާ ގޮތާ މެދު މައްސަލަ ހުށަހަޅާ ފަރާތުން ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލަ ށަރީއަތަށް ހުށަހެޅުމުގެ އިހްތިޔާރު އެ ފަރާތަކަށް ލިބިގެންވެއެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2017-04)
ކިޔުންތެރިންގެ ހިޔާލު