-

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދަށް 10 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1033)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2023-167 ގެ 70 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - "ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު" ގެ 41 ވަނަ މާއްދާ ތިރީގައިވާގޮތަށް އިސްލާހުކުރުން. 

41. (ހ) ފަނޑިޔާރުންނާ ބެހޭގޮތުން ކޮމިށަނަށް ހުށަހެޅޭ ށަކުވާތައް ފުރަތަމަ މަރުހަލާގެ ރިޕޯޓް ތައްޔާރު ކުރުމާމެދު ގޮތެއް ނިންމުމަށް ކޮމިށަނުގެ ރަސްމީ ޖަލްސާއަކަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފުރަތަމަ މަރުހަލާގެ ރިޕޯޓް ހެދުމަށް ނިންމާ ށަކުވާތައް ކޮމިށަނުގެ ކަމާބެހޭ ސެކްށަނުން ދިރާސާކުރުމަށްފަހު މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ގޮތަށް ރިޕޯޓެއް ތައްޔާރުކޮށް ކޮމިށަނުގެ ރަސްމީ ޖަލްސާއަކަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހުށަހަޅާ ރިޕޯޓުގައިވާ މައުލޫމާތުގެ މައްޗަށް ބެލުމަށްފަހު ރިޕޯޓް ފުރިހަމަނަމަ އެ ރިޕޯޓުގެ މައްޗަށްބަލައި ނުވަތަ އެ ރިޕޯޓް އިތުރަށް ފުރިހަމަ ކުރަންޖެހޭނަމަ ކޮމިށަނުން ފާހަގަކުރާ ކަންތައްތަކުގެ މައްޗަށްބަލައި، އެ ރިޕޯޓް ފުރިހަމަކޮ ށްގެން ކޮމިށަނަށް ހުށަހެޅުމުން އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބަލައި ފަނޑިޔާރުގެ ސުލޫކާގުޅޭ ކަމެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމަށް އެ މައްސަލަ ތަހްގީގުކުރުމާމެދު ކޮމިށަނަށް ފެންނަގޮތެއް ނިންމަންވާނެއެވެ. 

 

2 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޖުޑިށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު - 2011

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު