-

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދަށް 13 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރ 2019-1040)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2023-167 ގެ 70 ވަނަ މާއްދާއިން އުވާލެވިފައި)

(މި ގަވާއިދަށް ޢަމަލުކުރަން ފެށީ 1 ޖޫން 2019 ގައި)

 

1 ވަނަ މާއްދާ - ޖުުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދުގެ 58 ވަނަ މާއްދާގެ (އ) ތިރީގައިވާ ގޮތަށް އިސްލާހު ކުރުން. 

(އ) ކޮމިށަނުގެ މަސައްކަތް ހުންނަ ގޮތުން މުވައްޒަފުން ނުރަސްމީގަޑީގައި ނުނެރެ ފަރުޖެއްސެން ނެތް ހާލަތްތަކުގައި އިތުރުގަޑީގައި މަސައްކަތް ކުރުވާ ނަމަ، ހަފުތާއަކު 30 (ތިރީސް) ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުވައިފި ނަމަ، އެ މުވައްޒަފެއްގެ މުސާރައިން ގަޑިއެއްގެއިރަށް ޖެހޭ މިންވަރުގެ މަދުވެގެން 1/4 1 (1.25)، ބަޔަށްވާ ފައިސާ ދޭންވާނެއެވެ. އަދި އެފަދަ މަސައްކަތެއް ކުރުވީ ހުކުރު ދުވަހެއްގައި ނަމަ، ނުވަތަ ރަސްމީ ބަންދު ދުވަހެއްގައި ނަމަ، އެ މީހެއްގެ މުސާރައިން ގަޑިއެއްގެއިރަށް ޖެހޭ މިންވަރުގެ 1/2 1 (1.5)، ބަޔަށްވާ ފައިސާ އިތުރުގަޑީގެ ގޮތުގައި ދެވޭނެއެވެ. ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު ގަޑިއެއްގެއިރަށް ޖެހޭ މިންވަރު ބަލާނ،ީ މަސްދުވަހުގެ މުސާރަ 30 (ތިރީސް) އިން ގެއްލީމާ ލިބޭ އަދަދު، ދުވާލަކަށް މަސައްކަތްކުރަން ކަނޑައަޅައިފައިވާ ރަސްމީ މަސައްކަތުގަޑީގެ އަދަދުން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއެއްގެއިރަށް ޖެހޭވަރުކަމަށް ބަލައިގެންނެވެ. 

 

2 ވަނަ މާއްދާ - މި އިސްލާހަށް ޢަމަލުކުރަން ފަށައިފައިވަނ،ީ 1 ޖޫން 2019 އިން ފެށިގެންނެވެ. 

 

މައި ގަވާއިދު

ޖުޑިށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު - 2011

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު