-

ރަހުނުކުރެވިފައިވާ މުދާ ނެތިދިއުމުން ރަހުނު ނިމުމަކަށް އަންނާނެ

 

ލޯނަކާއި ގުޅިގެން ރަހުނު ކުރެވޭ މުދާ ބޭންކާ ހަވާލުކުރުމަށް ކޯޓުން އަމުރުކުރުމުން ނުވަތަ އެމުދާ އަމިއްލަ އިހްތިޔާރުގައި ރަހުނު ހިފިފަރާތާއި ހަވާލުކުރުމުން ލޯނު އެކައުންޓަށް އިންޓްރަސްޓް ޗާރޖްކުރުން ނިމުމަކަށް ގެނެވޭއިރު، އެއްބަސްވުމުގެ ދެފަރާތުންކުރެ ފަރާތެއްގެ އަމިއްލަ ބާރު ނުފޯރާ ގުދުރަތީ ނުވަތަ އެހެންވެސް ސަބަބަކާއި ހުރެ ރަހުނު ކުރެވުނު މުދާ ނެތިދާ ހާލަތަކުގައި ލޯނު އެކައުންޓަށް އިންޓްރެސްޓެއް ޗާރޖު ކުރުން ނިމުމަކަށް ގެނައުން މާއައުލާކަން ބޮޑުވެގެން ވުމުގެ އިތުރުން، ލޯނަކާއި ގުޅިގެން ރަހުނު ކުރެވޭ މުދާ ނެތި ހިނގައްޖެނަމަ އެތާރީހުން ފެށިގެން ލޯނުގެ އެކައުންޓަށް އިންޓްރެސްޓް ޗާޖްކުރުން ނިމުމަކަށް ގެނައުމަކީ ގަޒާއީ އުރުފު (judicial custom) އެއްގެ ގޮތުގައި ބެލެމުން އައިސްފައިވާ ކަމެއް

 

ރިޒްވާން ނިޒާމް ވ. ބީ.އެމް.އެލް  2011-HC-A-46 ސަފްހާ 7 ހައިކޯޓުގެ ފަނޑިޔާރުން ހަމީދު، ގަނީ، ޔޫސުފް

 

 

ގުޅުންހުރި ޕްރިސިޑެންޓް

ރަހުނު ވިއްކާލުމުގެ ހުއްދައާއެކު އިންޓްރަސްޓް ހުއްޓޭނެ

ރިފަރެންސް