އިދާރީ ފަރުވާގެ ނިޒާމެއް އޮތްނަމަވެސް ށަރުއީ ފަރުވާއަށް އެދެވޭ ހާލާތު ( exceptions to doctrine of exhaustion of administrative remedies)
އަންނަނިވި ހާލަތްތަކުގައި އިދާރީ ފަރުވާގެ ނިޒާމެއް އޮތްނަމަވެސް ށަރުއީ ފަރުވާއަށް އެދެވޭނެ - exceptions to doctrine of exhaustion of administrative remedies
- "އެސްޓޮޕަލް" (estoppel) ގެ މަބްދައުގެ މަންފާ ލިބެންއޮންނަ ހާލު.
- ތަނަވަސްކޮށްދޭ އިދާރީ ފަރުވާގެ ނިޒާމު ކަނޑައެޅިގެން ޤާނޫނާއި ގަވާއިދާއި ޚިލާފުވުން.
- އެކަށީގެންވާ ވަރަށްވުރެން ދިގުލާ ދައުވާކުރާ ފަރާތަށް އިއާދަނުކުރެވޭވަރުގެ ގެއްލުންވުން.
- މައްސަލާގައި ހިމެނޭ އަދަދުކުޑަކަމުން އިދާރީފަރުވާ ހޯދުމުގައިވާ ނިޒާމުގެ ބޭނުންހިފުމުގެ މަގްސަދު ގެެއްލުން.
- ކުރިމަތިވެފައިވާ މައްސަލައަކީ ގާނޫނީ މައްސަލައެއް (question of law) ކަމުން ށަރުއީ ކޯޓުން ގޮތެއް ނިންމަންޖެހުން.
- މައްސަލައިގެ ޒާތުން ށަރުއީ އަވަސް ފަރުވާއެއްގެ ބޭނުންތެރިކަން ބޮޑުވުން.
- އެ އުސޫލު އެޕްލާއި ކުރުމުން އިއާދަނުކުރެވޭވަރު ގެއްލުންވުން.
- ހިލާފުވި މައްސަލައަކީ ޑިއު ޕްރޮސެސް (due process) ގެ މަބްދައުއާއި ހިލާފު އަމަލަކަށްވުން.
- އިދާރީ ފަރުފާ ހޯދުމުގެ މާނައާއި މަޤްސަދު ނެތިދިއުން.
- އެކަށީގެންވާ އަަވަސް ފަރުވާއެއް ލިބޭނެ އެހެން ގޮތެއް ނެތުން.
- އާންމު މަސްލަހަތު ބޮޑުކަމަކަށްވުން.
Republic Vs. Carlito Lacap | [G.R. NO. 158253 : March 2, 2007] | Pages 4, 5 | Philippines Supreme Court Justice Austria-Martinez |