-

 ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-11) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2014-14)

 

ގާނޫނު ނަންބަރު 2009-11 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

4. (ނ)

ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ އާއިލާ ދިރިއުޅެނީ މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ފޯރުކޮށްދީފައިވާ ރަސްމީ ގެ ފިޔަވައި އެހެން ތަނެއްގައި ކަމުގައިވާނަމަ، އެތަނަކަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެތަނަކަށް ހިނގާނެ ހަރަދު މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެއަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން، ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހަމަޖައްސައިދޭ ހަރަދުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ އާއިލާ ދިރިއުޅޭ ތަނުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ބޭނުންވާ ހަރަދު ފިޔަވައި، އިތުރު އެއްވެސް ކެޕިޓަލް ހަރަދެއް ނުހިމެނެއެވެ.

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

11. (ނ)

ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އޭނާގެ އާއިލާ ދިރިއުޅެނީ މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ފޯރުކޮށްދީފައިވާ ރަސްމީ ގެ ފިޔަވައި އެހެން ތަނެއްގައި ކަމުގައިވާނަމަ، އެތަނަކަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެތަނަކަށް ހިނގާނެ ހަރަދު މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގެއަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން، ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހަމަޖައްސައިދޭ ހަރަދުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އޭނާގެ އާއިލާ ދިރިއުޅޭ ގޭގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ބޭނުންވާ ހަރަދު ފިޔަވައި، އިތުރު އެއްވެސް ކެޕިޓަލް ހަރަދެއް ނުހިމެނެއެވެ.

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

  

މައި ގާނޫނު

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-11)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު