-

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2014-07)

 

ބުނެވިދިޔަ ގާނޫނަށް އަންނަނިވި އިސްލާހު ގެނައުން.

1 ވަނަ މާއްދާގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 26 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުން.

26.(ނ) މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ އުމުރުން 70 އަހަރު ވުމުން މުސްކުޅިކުރެވޭ ފަނޑިޔާރުންގެ ތެރެއިން، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އަށް އަމަލުކުރަން ފެށިއިރު އުމުރުން 65 އަހަރުވެފައިވުމުގެ ސަބަބުން، އެ ގާނޫނުގެ ދަށުން އަސާސީ ޕެންށަން ފިޔަވައި، އިތުރު އިނާޔަތްތައް ހަމަނުޖެހޭ ފަނޑިޔާރުންނަށް، ސަރުކާރުގެ މާލީ ކަންތައްތަކާބެހޭ ވުޒާރާގެ މަށްވަރާއާއެކު، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ވަކި އަދަދަކަށް، ފައިސާއާއި އިނާޔަތްތައް އެ ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ.

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރ 2010-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު