-

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-10) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2015-33)

 

ގާނުނު ނަންބަރު 2015-33 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގަނޫނުގެ 20 ވަނަ މާއްދާގެ (ގ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

20. (ޏ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ޑޭކެއަރގެ ހިދުމަތްދޭ ތަނަކުން ދޭ ޑޭކެއަރގެ ހިދުމަތްތައް.

 

2 ވަނަ މާއްދާ -  ބުނެވިދިޔަ ގަނޫނުގެ 68 ވަނަ މާއްދާއަށް އަންނަނިވި މާނަކުރުން އިތުރުކުރުން.

"ޑޭކެއަރ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިން، ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން، ނުވަތަ ބަލި މީހުން، ދުވާލުގެ ގަޑިތަކުގައި ބަލަހައްޓައި، އެކުދިންނަށް ނުވަތަ އެ މީހުންނަށް އަޅާލުމުގެ ގޮތުން އަމިއްލަ ފަރުދަކު ނުވަތަ ގަނޫނީ ށަހްސަކުން އަގު ނަގާގޮތަށް ފޯރުކޮށްދޭ ހިދުމަތެކަށެވެ.

 

3 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ ބައިތަކާ ގުޅިގެން އެ ގަނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދިފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގަނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-33)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު