-

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-08) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2012-06)

 

ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

5. (ހ)  (4) ނަފްސާނީ ބަލިތަކާބެހޭ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރެއް.


2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ހުރި ލަފްޒުތަކާއި އިބާރާތްތަކުގެ މާނަކުރުމުގެ ފަހަތަށް އަންނަނިވި އިބާރާތުގެ މާނަ އިތުރުކުރުން.

(ހ) "ނަފްސާނީ ބަލިތަކާބެހޭ ސިއްހީ ހިދުމަތްތެރިން" ކަމުގައި ބުނެފައި އެވަނީ، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމާއި އެފަދަ ބަލި މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ބަލިތަކުން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޑޮކްޓަރުންނާއި، ސައިކިއެޓްރިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ކައުންސެލަރުންނާއި،  އެ ފަންނުގެ ސިއްހީ އެހީތެރިންނަށެވެ.


3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.


4 ވަނަ މާއްދާ - މި ގާނޫނަށް އަމަލަކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

     

މައި ގާނޫނު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-08)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު