އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 25/2019) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2026-11)
(މި ގާނޫނަށް އަމަލުކުރަން ފެށީ 31 އޮގަސްޓު 2026 ގައި)
ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން، މި ގާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން އުނިކުރާ އަދަދަކީ އެ އަކުރުގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމަށް ބެލެވޭނެއެވެ. އަދި އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އެ އާމްދަނީ ހިމަނައިގެން ނުވާނެއެވެ. އަދި އެ އާމްދަނީއާ ގުޅޭ އެއްވެސް އަދަދެއް އުނިނުކުރެވޭނެއެވެ.
(ރ) މި ގާނޫނުގެ 43 ވަނަ މާއްދާއާއި 44 ވަނަ މާއްދާއަށް އަމަލުކުރަންވާނީ، މި މާއްދާގެ (ނ) އާ ހިލާފުނުވާ ގޮތުގެމަތިންނެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި، އެ ފައިސާގެ ޖުމްލައިން %10 (ދިހައެއް އިންސައްތަ) އުނިކުރަންވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ފައިސާއަކީ، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ބާވަތެއްގެ ފައިސާއެއްގެ ގޮތުގައިވެސް މާނަކުރެވޭ ހާލަތުގައި، ބަލަންވާނީ އެއީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ފައިސާއެއްގެ ގޮތުގައެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.
(3) "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އަދި މުވައްޒަފެއްގެ ގޮތުގައި ނޫން ގޮތަކަށް، ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއް ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން:
i. ދިވެހިރާއްޖޭގައި އެއްވެސް ބާވަތެއްގެ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކަށް؛ ނުވަތަ
ii. އެހެން ފަރާތެއްގެ މުދަލެއް ނުވަތަ ހިދުމަތެއް ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ނުވަތަ ދިވެހިރާއްޖޭގައި ފޯރުކޮށްދިނުމުގެ ހުއްދަ ދޭ ފަރާތަކަށެވެ.
5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-25)
ކޮންސޮލިޑޭޓެޑް ގާނޫނު
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2019-25)
ކިޔުންތެރިންގެ ހިޔާލު