ކުޅިވަރު ފެޑެރޭށަންތަކާއި އެސޯސިއޭށަންތަކަށް ގައުމީ ހައިސިއްޔަތު ދިނުމާ ގުޅޭ ގަވާއިދު
(ގާނޫނު ނަންބަރު 2025-134)
(މި ގަވާއިދަށް އަމަލުކުރަން ފެށީ/ފަށާނީ 31 ޑިސެމްބަރު 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ،ީ ކުޅިވަރު ފެޑެރޭށަންތަކާއި އެސޯސިއޭށަންތަކަށް ގައުމީ ހައިސިއްޔަތު ދިނުމާއި، އެ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ކުޅިވަރު ފެޑެރޭށަންތަކާއި އެސޯސިއޭށަންތަކަށް ގައުމީ ހައިސިއްޔަތު ދިނުމާ ގުޅޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މި ގަވާއިދުގެ މަގުސަދުތައް
މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.
(ހ) ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ކުޅިވަރު ފެޑެރޭށަންތަކާއި އެސޯސިއޭށަންތަކަށް ގައުމީ ހައިސިއްޔަތު ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
(ށ) ގައުމީ ކުޅިވަރު ފެޑެރޭށަންތަކާއި އެސޯސިއޭށަންތަކަށް "ޕްރޮވިށަނަލް ސްޓޭޓަސް" ދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުން.
(ނ) ކުޅިވަރު ފެޑެރޭށަނަކަށް ނުވަތަ އެސޯސިއޭށަނަކަށް ގައުމީ ހައިސިއްޔަތު ދިނުމަށްފަހު، އެ ހައިސިއްޔަތު ބާތިލުކުރެވޭނެ ހާލަތްތައް ބަޔާންކުރުން.
3 ވަނަ މާއްދާ - ގައުމީ ހައިސިއްޔަތު ހޯދުމަށް އެދި ހުށަހެޅުން
(ހ) ކުޅިވަރު ފެޑެރޭށަނެއްގެ ނުވަތަ އެސޯސިއޭށަނެއްގެ ގައުމީ ހައިސިއްޔަތު ހޯދުމަށް އެދި ހުށަހެޅޭނީ، އެ ފެޑެރޭށަނެއްގެ ނުވަތަ އެ އެސޯސިއޭށަނެއްގެ އަސާސީ ގަވާއިދު އެކުލަވައިލައި، އެ ފެޑެރޭށަނުގެ ނުވަތަ އެސޯސިއޭށަނު ގެ ހިންގާ ކޮމިޓީ އެކުލަވައިލައި ކޮމިށަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކުރި ތާރީހުން ފެށިގެން މީލާދީގޮތުން 5 (ފަހެއް) އަހަރުދުވަސް ހަމަވެފައިވާ ފަރާތްތަކަށެވެ.
(ށ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކޮށް، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ހުށަހަޅާނީ ކޮމިށަނަރ އޮފް ސްޕޯޓްސްއަށެވެ.
- އިންޓަރނޭށަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ނުވަތަ އިންޓަރނޭށަނަލް ޕެރަލިމްޕިކް ކޮމިޓީ (އައިޕީސީ) އަދި/ނުވަތަ އޮލިމްޕިކް ކައުންސިލް އޮފް އޭށިއާ (އޯސީއޭ) ނުވަތަ އޭށިއަން ޕެރަލިމްޕިކް ކޮމިޓީ (އޭޕީސީ) އާ އެފިލިއޭޓްވެފައިވާ، އެ ކުޅިވަރެއްގެ ބައިނަލްއަގުވާމީ މައި އިދާރާގެ މެންބަރަކަށް ވެފައިވާ ކަމުގެ ލިޔުން؛
- ކުޅިވަރުގެ އަހުލާގު ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން، އެ ކުޅިވަރެއްގެ ބައިނަލްއަގުވާމީ މައި އިދާރާއިން ކަނޑައަޅައިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާނެކަމަށް އެއްބަސްވ،ެ ހިންގާ ކޮމިޓީން ފާސްކޮށްފައިވާ ގަރާރު؛
- އެސޯސިއޭށަނުގެ މެންބަރުންގެ ދަފުތަރުގައި މަދުވެގެން 6 (ހައެއް) ކްލަބާއި، 3 (ތިނެއް) އެކަޑަމީއާއި، ލައިސެންސް ލިބިފައިވާ ކޯޗުންގެ ގޮތުގައި 6 (ހައެއް) ކޯޗުން ތިބިކަން އަންގައިދޭ ލިޔެކިޔުން؛
- ކުޅިވަރު ފެޑެރޭށަނަކުން ނުވަތަ އެސޯސިއޭށަނަކުން ގައުމީ ހައިސިއްޔަތު ހޯދުމަށް އަލަށް ފޯމު ހުށަހަޅާ ނަމަ، އެ އެސޯސިއޭށަނަކަށް އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތްތަކާއި މިހާރު ކުރެވޭ ހަރަދުކުރުމަށް އަމިއްލަގޮތުން ހޯދާ ފައިސާގެ ނިސްބަތް މަދުވެގެން %50 (ފަންސާސް އިންސައްތަ) ހޯދިފައިވާކަން ދައްކުވައިދޭ ފާއިތުވި 3 (ތިނެއް) އަހަރުދުވަހުގެ އޮޑިޓެޑް މާލީ ހިސާބުތައް؛
- ސަރަހައްދީ މުބާރާތްތަކާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވެފައިވާކަން ސާބިތުކުރުމުގެގޮތުން، ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ބައިވެރިވެފައިވާ މުބާރާތްތަކުގެ ދައުވަތު ލިބިފައިވާ ސިޓީއާއި މުބާރާތުގެ ނަތީޖާ ކަރުދާސްތައް؛
- ދިވެހިރާއްޖޭގައި ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ބާއްވައިފައިވާ މުބާރާތްތަކުގެ ރިޕޯޓު؛
- ވޭތުވެދިޔަ އަހަރުގެ ބަޖެޓާއި، ހިނގަމުންދާ އަހަރަށް ލަފާކުރާ ބަޖެޓު (ތަފުސީލީ ބަޖެޓު ހިމެނޭގޮތަށް)، އަހަރީ އާންމު ޖަލްސާއިން ފާސްކުރުމަށްފަހު؛
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އޮޑިޓް ފަރމްއަކުން އޮޑިޓްކޮށްފައިވާ ފާއިތުވި 3 (ތިނެއް) އަހަރުދުވަހުގެ އޮޑިޓް ރިޕޯޓު؛
- ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ރ) ގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކް ސޭށަން ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާއަކަށް ލިބޭ އާމްދަނީ އިސްތިސްނާވުމަށް ރަޖިސްޓަރީކޮށްދީފައިވާ ލިޔުން؛
- ވޭތުވެދިޔަ 2 (ދޭއް) އަހަރާއި ހިނގަމުންދާ އަހަރުގެ އެކްޓިވިޓީ ކަލަންޑަރު؛
- އިދާރީ އޮނިގަނޑު ރޭވިފައިވާ ގޮތުގެ ތަފުސީލު؛
- ގައުމީ ޓީމަށް ހުށަހަޅާ ކުޅުންތެރިންނާއި ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށް ގެންގުޅޭ އުސޫލާއި މި ކުޅުންތެރިންގެ ރޭންކިންގ ކަނޑައެޅިފައިވާ ގޮތް؛
- ގައުމީ ޓީމަށް ހޮވޭނެ ކުޅުންތެރިންގެ ތަމްރީނާއި ރިހެބިލިޓޭށަން އިންތިޒާމުތައް ރޭވިފައިވާގޮތުގެ ތަފުސީލީ ޕްލޭން، ކުރިޔަށް އޮތް 2 (ދޭއް) އަހަރުދުވަހަށް؛
- އެ ފެޑެރޭށަނަކުން ނުވަތަ އެ އެސޯސިއޭށަނަކުން ރާވައި ހިންގާ އެތުލީޓް ޑިވެލޮޕްމަންޓް ޕްލޭން ކުރިޔަށްދިޔަގޮތުގެ، ފާއިތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ރިޕޯޓު؛
- ކުޅިވަރުގެ އަހުލާގު ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން، އެ ކުޅިވަރެއްގެ ބައިނަލްއަގުވާމީ މައި އިދާރާއިން ކަނޑައަޅައިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހިންގާ ކޮމިޓީން ފާސްކޮށް ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ހުށަހަޅައިފައިވާ ސުލޫކީ މިންގަނޑު؛
- ޗައިލްޑް ސޭފްގަރޑް އެންޑް ޕްރޮޓެކްށަން ގަވާއިދު ކަނޑައެޅިފައިވުމާއި، އެ ކަންކަން މޮނިޓަރކޮށް، މައްސަލަތައް ބެލުމަށް އެކަށައަޅައިފައިވާ އުސޫލާއި ނިޒާމުގެ ތަފުސީލު؛
- އެސޯސިއޭށަނުގެ މަދުވެގެން 5 (ފަހެއް) އަހަރުދުވަހަށް އެކުލަވައިލައިފައިވާ އެކްށަން ޕްލޭން ހުށަހެޅުން. މި އެކްށަން ޕްލޭނުގައި އަންނަނިވި ކަންކަން ހިމަނައިފައި އޮންނަންވާނެއެވެ.
17.1 ފައިނޭންށަލް ޕްލޭން.
17.2 އޮގަނައިޒޭށަން އެންޑް ސްޓްރަކްޗަރ އޮފް ސްޕޯޓް ޕޮލިސ.ީ މީގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
17.2.1 ޓެކްނިކަލް ސްޓާފް އަދި އެޑްމިނިސްޓްރޭޓަރ ޑިވެލޮޕްމަންޓް؛
17.2.2 ކުޅިވަރުގައި އަންހެނުންގެ ބައިވެރިވުން؛
17.2.3 ޕެރަ އެތުލީޓުން ނުވަތަ ކުޅުންތެރިން ކުރިއަރުވަން ކުރި މަސައްކަތް؛
17.2.4 ކުޅިވަރު ލާމަރުކަޒީކުރުމަށް ރޭވިފައިވާ ގޮތް
4 ވަނަ މާއްދާ - ގައުމީ ހައިސިއްޔަތު ދިނުމުގައި ހަމަވާންޖެހޭ އިތުރު ށަރުތުތައް
ގައުމީ ކުޅިވަރު ފެޑެރޭށަނެއްގެ ނުވަތަ އެސޯސިއޭށަނެއްގެ ހައިސިއްޔަތު ދިނުމުގައި ހަމަވާންޖެހޭ އިތުރު ށަރުތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ދިވެހިރާއްޖޭގައި ހެދިފައިވާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ހިންގާ ކުޅިވަރު ފެޑެރޭށަނެއް ނުވަތަ އެސޯސިއޭށަނެއް ކަމުގައި ކޮމިށަނަރ އޮފް ސްޕޯޓްސްއިން ބަޔާންކޮށްފައިވުން.
(ށ) ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ކުޅިވަރު ޖަމްއިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު( ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަކޮށްފައިވާ ކުޅިވަރު ފެޑެރޭށަނެއް ނުވަތަ އެސޯސިއޭށަނެއް ކަމުގައި ވުމާއި، ހުށަހަޅަންޖެހޭ ލިޔުންތައް ގަވާއިދުން ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ހުށަހަޅައިފައިވާ ކުޅިވަރު ފެޑެރޭށަނެއް ނުވަތަ އެސޯސިއޭށަނެއް ކަމުގައި ވުން؛
(ނ) ހަރުދަނާ އިދާރީ އޮނިގަނޑެއްގެ ދަށުން ހިންގާ ކުޅިވަރު ފެޑެރޭށަނެއް ނުވަތަ އެސޯސިއޭށަނެއް ކަމުގައި ވުން؛ މިގޮތުން ކުޅިވަރު ފެޑެރޭށަނުގެ ނުވަތަ އެސޯސިއޭށަނުގެ އިދާރީ އޮނިގަނޑުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.
- ކުޅިވަރު ފެޑެރޭށަނުގެ ނުވަތަ އެސޯސިއޭށަނުގެ މައި އޮފީސް ރާއްޖޭގައި ގާއިމުވެފައިވުން؛
- އިންތިހާބުކޮށްފައިވާ ހިންގާ ކޮމިޓީއެއް އޮތުން؛
- ކުޅިވަރު ފެޑެރޭށަނެއްގެ ނުވަތަ އެސޯސިއޭށަނެއްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފާއިތުވެދިޔަ 2 (ދޭއް) އަހަރުދުވަހު މެދުނުކެނޑި އަދާކޮށްފައިވުން.
(ރ) މަގުބޫލު އުޒުރެއް މެދުވެރިވެގެން މެނުވ،ީ ޖެހިޖެހިގެން 3 (ތިނެއް) އަހަރު، ގައުމީ ފެންވަރުގެ މުބާރާތެއް، ކުޅިވަރު ފެޑެރޭށަނުން ނުވަތަ އެސޯސިއޭށަނުން މެދުނުކެނޑި ބާއްވައިފައިވުން.
(ބ) އެ ކުޅިވަރެއްގެ ތައުލީމާއި ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތައް ށާމިލްކޮށްގެން ކުޅިވަރު ފެޑެރޭށަން ނުވަތަ އެސޯސިއޭށަން ކުރިއެރުވުމަށް މަސައްކަތްކުރާ ކުޅިވަރު ފެޑެރޭށަނެއް ނުވަތަ އެސޯސިއޭށަނެއް ކަމުގައި ވުން.
(ޅ) ކުޅިވަރު ފެޑެރޭށަން ނުވަތަ އެސޯސިއޭށަން ރަޖިސްޓަރީކުރުމަށްފަހު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ އަހަރަކު އަހަރީ އާންމު ޖަލްސާ ބާއްވައި، ޖަލްސާގެ ރިޕޯޓ،ު ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ހުށަހަޅައިފައިވާ ކުޅިވަރު ފެޑެރޭށަނެއް ނުވަތަ އެސޯސިއޭށަނެއް ކަމުގައި ވުން.
(ކ) ކުޅިވަރު ފެޑެރޭށަނުގެ ނުވަތަ އެސޯސިއޭށަނުގެ ހިންގާ ގަވާއިދ،ު ގައުމީ ކުޅިވަރު ފެޑެރޭށަނެއްގެ ނުވަތަ ގައުމީ ކުޅިވަރު އެސޯސިއޭށަނެއްގެ ހިންގާ ގަވާއިދާ އެއްގޮތަށް ބަދަލުކުރަން ޖެހިއްޖެ ނަމަ، އާންމު ޖަލްސާއަކުން އެކަން ނިންމުމަށްފަހު ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ހުށަހަޅައި ފާސްކޮށްފައިވުން.
(އ) ކުޅިވަރު ހިންގުމުގެ ދާއިރާގައި އަންހެނުން ބައިވެރިކުރުމުގެ ގޮތުން ކުޅިވަރު ފެޑެރޭށަނުގެ ނުވަތަ އެސޯސިއޭށަނުގެ އެކްސްކޯގައި މަދުވެގެން %10 (ދިހައެއް އިންސައްތަ) އަންހެން މެންބަރުން ހިމެނުން.
(ވ) ކުޅިވަރު ފެޑެރޭށަނުގެ ނުވަތަ އެސޯސިއޭށަނުގެ އެކްށަން ޕްލޭން، މަދުވެގެން 5 (ފަހެއް) އަހަރަށް ކަނޑައަޅައިފައި، އެ ޕްލޭން ހުށަހެޅުން. މި އެކްށަން ޕްލޭނުގައި އަންނަނިވި ކަންކަން ހިމަނައި ފައި އޮންނަންވާނެއެވެ.
- ފައިނޭންށަލް ޕްލޭން؛
- އެ ކުޅިވަރަކީ މަގުބޫލު ކުޅިވަރެއް ކަމުގައި ހަދައި، އެ ކުޅިވަރު ފެތުރުމަށް ކުރާ މަސައްކަތުގެ ޕްލޭން؛
- ޓެލެންޓް އައިޑެންޓިފައިކުރުމާއި ޓެލެންޓް ޑިވެލޮޕްކުރުމުގެ ޕްލޭން؛
- އެތްލީޓް އެންޑް ޕޯސްޓް ކެރިއަރ ސަޕޯޓް ޕްލޭން؛
- ވަސީލަތްތައް ތަރައްގީކުރުމުގެ ޕްލޭން؛
- ކޯޗުންނާއި، ޓެކްނިކަލް މުވައްޒަފުންނާއި، އިދާރީ މުވައްޒަފުން ބިނާކުރުމުގެ ޕްލޭން؛
- ކުރިޔަށް ރޭވިފައި ހުރި ގައުމީ މުބާރާތްތަކާއި ބައިނަލްއަގުވާމީ މުބާރާތްތައް؛
- ސައިންޓިފިކް ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ޕްލޭން؛
- އިދާރީ ހިންގުން ހަރުދަނާކުރުމާ ގުޅޭ ސިޔާސަތ.ު
(މ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމު ފުރިހަމަކޮށްފައި ނުވާ ނަމަ ނުވަތަ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމެއް މަދުވާ ނަމަ، އެކަން އެ ފަރާތަށް ލިޔުމުން އަންގައި، އެ ކަންކަން ފުރިހަމަކުރުމަށް ރަސްމީ 5 (ފަހެއް) ދުވަހުގެ މުއްދަތެއް، ކޮމިށަނަރ އޮފް ސްޕޯރޓްސްއިން ދޭންވާނެއެވެ. އަދި ބުނެވިދިޔަ މުއްދަތުގެ ތެރޭގައި އެ ކަންކަން ފުރިހަމަކޮށްފައި ނުވާ ނަމަ، އެޕްލިކޭށަން ބާތިލުކުރުމުގެ އިހުތިޔާރު، ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ލިބިގެންވެއެވެ، (ފ) ގައުމީ ކުޅިވަރު ފެޑެރޭށަނަކަށް ނުވަތަ އެސޯސިއޭށަނަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގެ މައުލޫމާތު ސައްހަނޫން ނަމަ، އެޕްލިކޭށަން ބާތިލުކުރެވޭނެއެވެ. އަދި ލިޔުންތައް ފުރިހަމަކޮށް ފޯމު ބަލައިގަތުމަށްފަހު، ރަޖިސްޓްރޭށަން މަރުހަލާގައި ހުށަހަޅަންޖެހޭ ޑޮކިއުމެންޓެއް ނެތް ނަމަ އަމަލުކުރާނީ، މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ދ) ގައުމީ ކުޅިވަރު ފެޑެރޭށަނަކަށް ނުވަތަ އެސޯސިއޭށަނަކަށް ވުމަށް އެދި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފޯމު ފުރިހަމަކޮށް، އެ ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ ކޮޕީ ގައި (ދެ ފުށުގައި ލިޔެފައިވާ ނަމަ، އެ ލިޔުމުގެ ދެފުށުގައި) އަސްލާ އެއްގޮތްކަމަށް، ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ރަޖިސްޓަރީކޮށްފައިވާ ގާނޫނީ ވަކީލަކު ސޮއިކޮށް، ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ.
5 ވަނަ މާއްދާ - ހިންގާ ކޮމިޓީގެ މެންބަރުންގެ ރިކޯޑު ސާފުކުރުން
ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ކުޅިވަރު ފެޑެރޭށަންތަކާއި، އެސޯސިއޭށަންތަކާއި، ހިންގާ ކޮމިޓީގެ މެންބަރުންގެ ރިކޯޑު ސާފުކުރުމުގެ ކަންކަން ފުރިހަމަކުރުމަކީ ކޮމިށަނަރ އޮފް ސްޕޯޓްސްގެ ޒިންމާއެކެވެ. މިގޮތުން ތިރީގައިވާ ކަންކަން ފުރިހަމަވޭތޯ ބަލަންވާނެއެވެ.
(ހ) ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ތަހުގީގެއް ހިންގައި، އެ މައްސަލައެއް ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކަށް ހުށަހެޅިފައިވުން ނުވަތަ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެގެން، ހުކުމް ތަންފީޒުކޮށްފައިވާ ނުވަތަ ހުކުމް ތަންފީޒުކުރަމުން އަންނަ ނުވަތަ ހުކުމް ތަންފީޒުކުރަން ޖެހިފައިވާ މީހެއް ކަމުގައި ނުވަތަ ފަރާތެއް ކަމުގައި ނުވުން.
(ށ) އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ނ) ޖިންސީ ފުރައްސާރަ ކުރިކަމަށް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ރ) ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ބ) ވައްކަމާއި މަކަރާއި ހީލަތުގެ ނުވަތަ ޓެކުމުގެ ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ޅ) މަސްތުވާތަކެތީގެ މައްސަލައެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ކ) ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޑޯޕިންގ ޓެސްޓަކުން ފެއިލްވެފައިވާ މީހަކު ކަމުގައި ނުވުން.
(އ) ށަރުއީގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަން ޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުންގެންދާ މީހަކު ކަމުގައި ނުވަތަ ފަރާތެއް ކަމުގައި ވުން.
(ވ) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ފައިސާއެއް ދައްކަން އޮތް މީހަކު ކަމުގައި ވާ ނަމަ، އެ ފައިސާއެއް ގަވާއިދުން ދައްކަމުންގެންދާ މީހަކު ކަމުގައި ނުވަތަ ފަރާތެއް ކަމުގައި ވުން.
(މ) ކޮރަޕްށަނުގެ އެއްވެސް މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބަލަމުންދާ ނުވަތަ ކޮރަޕްށަނުގެ އެއްވެސް ދައުވާއެއް އުފުލ،ި ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ފ) ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ގައުމީ ކުޅިވަރު ފެޑެރޭށަނެއްގެ ގޮތުގައި ނުވަތަ އެސޯސިއޭށަނެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ވަކި ށަރުތުތަކެއް ކަނޑައެޅިފައިވާ ނަމަ، އެ ށަރުތުތައް ފުރިހަމަވުން.
(ދ) ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ކުޅިވަރު ފެޑެރޭށަންތަކާއި އެސޯސިއޭށަންތަކާއި ހިންގާ ކޮމިޓީތަކުގެ މެންބަރުންގެ ރިކޯޑު ސާފުކުރުމުގެ ކަންކަން ފުރިހަމަކޮށް، ކުޅިވަރު ފެޑެރޭށަންތަކާއި އެސޯސިއޭށަންތަކުގެ ށަރުތު ފުރިހަމަވޭތޯ ބެލުމަށްފަހު، ފޯމާއި ލިޔެކިޔުންތައް ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ހުށަހަޅާނީ ކޮމިށަނަރ އޮފް ސްޕޯޓްސްއިންނެވެ.
6 ވަނަ މާއްދާ - ރޮވިށަނަލް ސްޓޭޓަސް
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ގައުމީ ކުޅިވަރު ފެޑެރޭށަނެއް ގެ ގޮތުގައި ނުވަތަ އެސޯސިއޭށަނެއްގެ ގޮތުގައި ކޮމިށަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓަރީވެފައިވާ ކުޅިވަރު ފެޑެރޭށަންތަކަށާއި އެސޯސިއޭށަންތަކަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަކުރުމަށް 1 )އެކެއް( އަހަރުދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ށަރުތުތައް ފުރިހަމަކުރެވިފައިނުވާ ފެޑެރޭށަންތައް ނުވަތަ އެސޯސިއޭށަންތައް، ޕްރޮވިށަނަލް ސްޓޭޓަސްއަށް ބަދަލުކުރެވޭނެއެވެ.
(ށ) ޕްރޮވިށަނަލް ސްޓޭޓަސް ދެވިފައިވާ ކުޅިވަރު ފެޑެރޭށަންތަކުން ނުވަތަ އެސޯސިއޭށަންތަކުން ފުރަތަމަ 2 (ދޭއް) އަހަރުދުވަސް ފުރިހަމަވުމުން އެ ކުޅިވަރު ފެޑެރޭށަނެއްގެ ނުވަތަ އެސޯސިއޭށަނެއްގެ މަސައްކަތްތައް ކޮމިށަނަރ އޮފް ސްޕޯރޓްސްއިން މުރާޖާކުރުމަށްފަހު، ޕްރޮވިށަނަލް ސްޓޭޓަސްއިން ގައުމީ ކުޅިވަރު ފެޑެރޭށަނެއްގެ ނުވަތަ އެސޯސިއޭށަނެއްގެ ސްޓޭޓަސްއަށް ބަދަލުކުރުމަށް އެދި ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ނ) ގައުމީ ކުޅިވަރު ފެޑެރޭށަންނަކަށް ނުވަތަ އެސޯސިއޭށަނަކަށް ވުމަށް އެދި ހުށަހަޅާ ކުޅިވަރު ފެޑެރޭށަނަކަށް ނުވަތަ އެސޯސިއޭށަނަކަށް ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ނަމަ، ފުރަތަމަ ދެވޭނީ ޕްރޮވިށަނަލް ސްޓޭޓަސްއެކެވެ.
- އިންޓަނޭށަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ނުވަތަ އިންޓަނޭށަނަލް ޕެރަލިމްޕިކް ކޮމިޓީ (އައިޕީސީ) އަދި/ނުވަތަ އޮލިމްޕިކް ކައުންސިލް އޮފް އޭށިއާ (އޯސީއޭ) ނުވަތަ އޭށިއަން ޕެރަލިމްޕިކް ކޮމިޓީ (އޭޕީސީ) އާ އެފިލިއޭޓްވެފައިވާ، އެ ކުޅިވަރެއްގެ ބައިނަލްއަގުވާމީ މައި އިދާރާގެ މެންބަރަކަށް ވެފައިވާކަމުގެ ލިޔުން ؛
- ގައުމީ ކުޅިވަރު އެސޯސިއޭށަނަކަށް ވުމަށް މެންބަރުންގެ ދަފުތަރުގައި މަދުވެގެން 6 (ހައެއް) ކްލަ ބާއި، 3 (ތިނެއް) އެކަޑަމީއާއި ލައިސެންސް ލިބިފައިވާ ކޯޗުންގެ ގޮތުގައި މަދުވެގެން 6 (ހައެއް) ކޯޗުން ތިބިކަމުގެ، ކަމާ ގުޅޭ ލިޔުން؛
- ސަރަހައްދީ މުބާރާތްތަކާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވެފައިވާކަން ސާބިތުކުރުމުގެ ގޮތުން، ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހު ތެރޭގައި ބައިވެރިވެފައިވާ މުބާރާތްތަކުގެ ދައުވަތު ލިބިފައިވާ ސިޓީއާއި މުބާރާތުގެ ނަތީޖާ ކަރުދާސް؛
- ދިވެހިރާއްޖޭގައި ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ބާއްވައިފައިވާ މުބާރާތްތަކުގެ ރިޕޯޓު؛
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އޮޑިޓް ފަރމްއަކުން އޮޑިޓްކޮށްފައިވާ ފާއިތުވި 3 (ތިނެއް) އަހަރުދުވަހުގެ ފައިނޭންށަލް އޮޑިޓް ރިޕޯޓ.ު
7 ވަނަ މާއްދާ - ޕްރޮވިށަނަލް ސްޓޭޓަސްގެ މުއްދަތު
ކުޅިވަރު ފެޑެރޭށަނަކަށް ނުވަތަ އެސޯސިއޭށަނަކަށް ޕްރޮވިށަނަލް ސްޓޭޓަސްގައި ގިނަވެގެން އޮވެވޭނީ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި ގައުމީ ކުޅިވަރު ފެޑެރޭށަނުގެ ނުވަތަ އެސޯސިއޭށަނުގެ ސްޓޭޓަސް ހޯދިފައިނުވާ ނަމަ، ޕްރޮވިށަނަލް ސްޓޭޓަސް ގެއްލޭނެއެވެ.
8 ވަނަ މާއްދާ - ޕްރޮވިށަނަލް ސްޓޭޓަސްގައި ދައުލަތުން ލިބޭ އެހީ
ޕްރޮވިށަނަލް ސްޓޭޓަސް ދެވިފައިވާ ކުޅިވަރު ފެޑެރޭށަނަކަށާއި އެސޯސިއޭށަނަކަށް ލިބޭނީ ގައުމީ ކުޅިވަރު ފެޑެރޭށަންތަކާއި އެސޯސިއޭށަންތަކުގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ ކުޅިވަރު ފެޑެރޭށަންތަކާއި އެސޯސިއޭށަންތަކަށް ދެވޭ އެހީގެ %50 (ފަންސާސް އިންސައްތަ) އެވެ.
9 ވަނަ މާއްދާ - ގައުމީ ކުޅިވަރު ފެޑެރޭށަން ނުވަތަ އެސޯސިއޭށަން ކަނޑައެޅުން
ގައުމީ ކުޅިވަރު ފެޑެރޭށަނެއްގެ ގޮތުގައި ނުވަތަ ގައުމީ ކުޅިވަރު އެސޯސިއޭށަނެއްގެ ގޮތުގައި ފެޑެރޭށަނެއް ނުވަތަ އެސޯސިއޭށަނެއް ކަނޑައަޅާނީ ކޮމިށަނަރ އޮފް ސްޕޯޓްސްއިން ހުށަހަޅާ ލިޔުންތަކަށް ރިއާޔަތްކުރުމަށްފަހު، ކުޅިވަރާބެހޭ ގައުމީ މަޖިލީހުންނެވެ.
10 ވަނަ މާއްދާ - ގައުމީ ކުޅިވަރު ފެޑެރޭށަން ގެ ނުވަތަ އެސޯސިއޭށަންގެ ގައުމީ ހައިސިއްޔަތު ނެގުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާ (ށ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެ މާއްދާގައިވާ ގޮތުގެ މަތީން ގައުމީ ފެޑެރޭށަންތަކުން ނުވަތަ އެސޯސިއޭށަންތަކުން އަމަލުކޮށްފައިވާކަން ނުވަތަ ނޫންކަން ކޮމިށަނަރ އޮފް ސްޕޯޓްސް ކަށަވަރުކޮށް، ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިޔުމުން ރިޕޯޓެއް ހުށަހަޅަންވާނެއެވެ. މި ރިޕޯޓަށް ރިއާޔަތްކޮށް، އެ ކަންކަން ފުރިހަމަނުވާ ނަމަ، އެ ކުޅިވަރު ފެޑެރޭށަނެއްގެ ނުވަތަ އެސޯސިއޭށަނެއްގެ ގައުމީ ހައިސިއްޔަތު ބާތިލުކުރުމުގެ އިހުތިޔާރު، ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިބިގެންވެއެވެ.
(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ މި ގަވާއިދުގައިވާ ށަރުތެއް ފުރިހަމަކުރުމަށް އުޒުރުވެރިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ ކުޅިވަރާބެހޭ ގައުމީ މަޖިލީހުންނެވެ.
11 ވަނަ މާއްދާ - ގައުމީ ހައިސިއްޔަތު ރާޖާކުރުން
(ހ) ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި، ރަޖިސްޓަރީވެފައިވާ ގައުމީ ކުޅިވަރު ފެޑެރޭށަންތައް ނުވަތަ އެސޯސިއޭށަންތައް ހިނގާނުހިނގާ ގޮތް ބެލުމުގެ އިހުތިޔާރު، ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިބިގެންވެއެވެ.
(ށ) ގައުމީ ކުޅިވަރު ފެޑެރޭށަންތައް ނުވަތަ އެސޯސިއޭށަންތައް ހިނގާނުހިނގާ ގޮތް، މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރަކުން މުރާޖާކުރުމަށްފަހު، ކޮމިށަނަރ އޮފް ސްޕޯރޓްސްއިން ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
(ނ) މުރާޖާކުރާއިރު މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތެއް ނުވަތަ ށަރުތުތަކެއް ގައުމީ ކުޅިވަރު ފެޑެރޭށަނެއްގެ ނުވަތަ އެސޯސިއޭށަނެއްގެ ކިބައިން އުނިވެއްޖެ ނަމަ ނުވަތަ ށަރުތަކާ ތައާރުޒުވާ ކަންތައްތަކެއް ފާހަގަކުރެވޭ ނަމަ، އެކަން އެ ފަރާތަށް ލިޔުމުން އަންގައި، އެ ކަންކަން ފުރިހަމަކޮށް ރަނގަޅުކުރުމަށް 6 (ހައެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތެއް ދީ، އެ މުއްދަތުގައި އެ ކަންކަން ފުރިހަމަކޮށްފައިނުވާ ނަމަ، ގައުމީ ކުޅިވަރު ފެޑެރޭށަންކަމުގެ ނުވަތަ އެސޯސިއޭށަންކަމުގެ ހައިސިއްޔަތު ނެގުމުގެ އިހުތިޔާރު، ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިބިގެންވެއެވެ.
(ރ) ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ގަވާއިދުތަކާއި، ކުޅިވަރާ ގުޅުންހުރި ބައިނަލްއަގުވާމީ ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފި ހިނދެއްގައި، ގައުމީ ހައިސިއްޔަތު ނެގުމުގެ ބާރު، ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިބިގެންވެއެވެ.
(ބ) ކުޅިވަރާބެހޭ ވުޒާރާއާއި ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މިންގަނޑުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފި ހިނދެއްގައި، އެ ފެޑެރޭށަނަކަށް ނުވަތަ އެސޯސިއޭށަނަކަށް ދީފައިވާ ގައުމީ ހައިސިއްޔަތު ނެގުމުގެ ބާރު، ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ - އުސޫލު އެކުލަވައިލުން
މި ގަވާއިދުގެ ދަށުން މާލީ އެހީތެރިކަން ދިނުމާއި ފަންނީ އެހީތެރިކަން ދިނުމާ ގުޅޭ ތަފުސީލުތައް ހިމެނޭ އުސޫލެއް ހަދައި ހިންގާނީ ކުޅިވަރާބެހޭ ވުޒާރާއިންނެވެ.
13 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން
މި ގަވާއިދަށް ބަދަލު ގެނައުމުގެ އިހުތިޔާރު ލިބިގެންވަނީ ހަމައެކަނި ކުޅިވަރާބެހޭ ގައުމީ މަޖިލީހަށެވެ.
14 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކ،ު އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައި މިވާ މާނަތަކެވެ.
(ހ) "ކުޅިވަރާބެހޭ ގައުމީ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން އައްޔަނުކޮށްފައިވާ "ކުޅިވަރާބެހޭ ގައުމީ މަޖިލިސް" އަށެވެ.
(ށ) "ކުޅިވަރާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ނ) "ގައުމީ ކުޅިވަރު ފެޑެރޭށަން ނުވަތަ އެސޯސިއޭށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ ދަށުން ކޮމިށަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށް، ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ގައުމީ ހައިސިއްޔަތު ދީފައިވާ ފެޑެރޭށަނަށް ނުވަތަ އެސޯސިއޭށަނަށެވެ.
(ރ) "ކޮމިށަނަރ އޮފް ސްޕޯޓްސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން އައްޔަނުކޮށްފައިވާ
ކޮމިށަނަރ އޮފް ސްޕޯޓްސްއަށެވެ.
(ބ) "ކްލަބް" ކަމަށް ބުނެފައި އެވަނީ، ވާދަވެރި މުބާރާތްތަކުގައި ކުޅިވަރު ކުޅުމަށް ކޮމިށަނަރ އޮފް ސްޕޯޓްސްގައި ކްލަބެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
(ޅ) "އެކެޑަމީ" ކަމަށް ބުނެފައި އެވަނީ، ކުޅިވަރުގެ ތަމްރީނުދިނުމަށް ކޮމިށަނަރ އޮފް ސްޕޯޓްސްގައި އެކަޑަމީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
(ކ) "ޕްރޮވިށަނަލް ސްޓޭޓަސް" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުޅިވަރު ފެޑެރޭށަންތަކުން ނުވަތަ އެސޯސިއޭށަންތަކުން ވަކި ށަރުތުތަކެއް ނުވަތަ މިންގަނޑުތަކެއް ހާސިލުކުރެވެންދެން ދޭ ވަގުތީ ހުއްދައަށެވެ.
15 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު