މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-10) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2014-32)
ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
15.(ހ) (2) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަންތަނުގައި މުވައްޒަފުންނަށް ހާއްސަކުރެވިގެން ހިންގާ ފިހާރަތައް ފިޔަވައި އެ ތަންތަނުގައި ގާއިމްކޮށްފައިވާ އެހެން ފިހާރަތަކާއި، ޑައިވިންގ ސްކޫލްތަކާއި، ސްޕާތަކާއި، ވޯޓަރ ސްޕޯޓްސް ފެސިލިޓީތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ވިއްކާ މުދަލާއި ދޭ ހިދުމަތް؛
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
15.(ހ) (5) ދިވެހިރާއްޖޭގެ އެތެރޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކުން ދިވެހިރައްޔިތުން ފިޔަވައި އެހެން ފަރާތްތަކަށް ވިއްކާ މުދަލާއި ދޭ ހިދުމަތް.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 68 ވަނަ މާއްދާއަށް އަންނަނިވި ލަފްޒުގެ މާނަކުރުން އިތުރުކުރުން.
68. "ޓޫރިސްޓުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ދޫކުރާ ޓޫރިސްޓު ވީޒާއެއްގައި ދިވެހިރާއްޖެއަށް އެތެރެވާ މީހުންނަށެވެ.
4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-10)
ކޮންސޮލިޑޭޓެޑް ގާނޫނު
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-10)
ކިޔުންތެރިންގެ ހިޔާލު