gaanoon_logo
-

ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު (ގާނޫނު ނަންބަރު 2015-30) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2025-04)

(މި ގާނޫނަށް އަމަލުކުރަން ފެށީ 19 މޭ 2025 ގައި)

 

ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) އަށް އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

1 ވަނަ މާއްދާ - ބުުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މިއީ، ދިވެހިރާއްޖޭގެ ކުޅިވަރު ޖަމްއިއްޔާތަކާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކާއި، ކުޅިވަރާއި ކުޅިވަރުގެ އެންމެހައި ހަރަކާތްތައް ޒަމާނީ ފެންވަރެއްގައި ކުރިއަރުވައި ހިންގުމުގެ އުސޫލުތަކާއި، ދިވެހިރާއްޖޭގައި ކުޅިވަރާބެހޭ ގައުމީ މަޖިލީހާއި، ކޮމިށަނަރ އޮފް ސްޕޯޓްސްއާއި، ގައުމީ ކުޅިވަރު ފަންޑާއި، މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގާއިމުކޮށް ރެގިއުލޭޓްކޮށް، ގައުމީ ކުޅިވަރު އެސޯސިއޭށަންތަކާއި ފެޑެރޭށަންތައް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއަށް ލިބިދޭ ބާރުތައް ބަޔާންކުރާ ގާނޫނެވެ. އަދި މި ގާނޫނަކީ، ބައިނަލްއަގްވާމީ، ގައުމީ އަދި ރަށު ފެންވަރުގައި ވާދަވެރި ކުޅިވަރުތައް ކުރިއަރުވައި، އެކަންކަމަށް އެހީތެރިކަން ފޯރުކޮށްދީ، އެކަންކަމުގެ ތެރެއިން އެންމެންގެ ބައިވެރިވުމުން މުޅި ގައުމު ތަރައްގީކުރުމަށް އަދި ހުރިހާ އުމުރުފުރާގެ މީހުންގެ އާންމު ދިރިއުޅުން މުއްސަނދި ކުރުމަށް މަގުފަހިކުރުވުމަށް ބޭނުންވާ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކޮށް ތަރުތީބުކުރާ ގާނޫނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ހ) ދިވެހިރާއްޖޭގައި ކުޅޭ ކުޅިވަރުތަކާއި ހިންގާ ކުޅިވަރުގެ ހަރަކާތްތަކަކީ ތަފާތުކުރުމެއް ނެތި ހުރިހާ އެންމެންނަށް ބައިވެރިވެވޭ ކުޅިވަރުތަކަކާއި ހަރަކާތްތަކެއްކަން ކަށަވަރުކޮށް، ކުޅިވަރުގެ ދާއިރާގެ އެންމެހައި ކަންކަން ރެގިއުލޭޓްކުރުމާއި، ކުޅިވަރުގެ ދާއިރާގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައިވާ ފަރަގު ކުޑަކުރުން؛

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ށ) ފަގީރުކަމާއި، އިޖްތިމާއީ މައްސަލަތަކުންނާއި، އާންމު ބަލިމަޑުކަމުން ގައުމު ސަލާމަތްކޮށް، ކުޅިވަރު މެދުވެރިކޮށް ދުޅަހެޔޮ ސިއްހަތު ކުރިއެރުވުން؛

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) އިޖްތިމާއީ ހަމަޖެހުމާއި ތަރައްގީ ހާސިލުކޮށް، މުޖްތަމައުގެ ތެރޭގައި ހާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުގެ ހާލަތު ކުޅިވަރު މެދުވެރިކޮށް ކުރިއެރުވުން؛

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ފ) ކުޅިވަރުގެ ދާއިރާގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން "ފެއަރ ޕްލޭ" ގެ އުސޫލުތަކާއި، "އޮލިމްޕިކް ވެލިއުސް" ނަގަހައްޓައި ކުރިއެރުވުން؛

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ތ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ލ) ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޖިންސުގެ ތަފާތުގެ ސަބަބުން، އެފަރާތްތަކަށް ދެވޭ މާލީ އިނާޔަތްތަކާއި ހަމަޖެހިފައިވާ އެނޫންވެސް ވަސީލަތްތަކުގައި ހުރި ތަފާތުތައް ނައްތާލުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(3) ދިވެހިރާއްޖޭގައި ކުޅޭ އެއްވެސް ކުޅިވަރެއް ކުޅުމުގައި ނުވަތަ ހިންގުމުގައި އެއްވެސް މީހެއްގެ ނަސްލަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ނިސްބަތްވާ ގައުމަށް، ނުވަތަ ވާހަކަދައްކައިއުޅޭ ބަހަށް ނުވަތަ ބަހުރުވަޔަށް، ނުވަތަ އުފަންވީ ރަށަށް، ނުވަތަ ނިސްބަތްވާ އިޖްތިމާއީ މަރުކަޒަށް، ނުވަތަ މީހެއްގެ ކިބައިގައިހުރި ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެނޫންވެސް ކަމަކަށް ބިނާކޮށް، އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެންނުވާނެއެވެ. އަދި އެކަށީގެންވާ މިންގަނޑަކުން، ކޮންމެ މީހަކަށްމެ ދިވެހިރާއްޖޭގައި ކުޅޭ ކޮންމެ ކުޅިވަރެއްގައިމެ ނުވަތަ ކުޅިވަރު ހަރަކާތެއްގައިމެ ބައިވެރިވުމުގެ ފުރުސަތު ލިބިގެންވެއެވެ. އެހެންނަމަވެސް މި މާއްދާގެ ބޭނުމަށްޓަކައި:

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ސުރުހީ އިތުރުކޮށް، އެއީ ދެވަނަ ބާބުގެ ގޮތުގައިހަމަޖައްސައި، އެ ގާނޫނުގެ 4 ވަނަ މާއްދާއިން ފެށިގެން އެ ގާނޫނަށް އިތުރުކުރާ 1-5 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އެ ބާބުގައި ހިމެނުން.

 

 

ދެވަނަ ބާބު

ކުޅިވަރު ހަރަކާތްތައް ހިންގުމާއި ކުޅިވަރު ޖަމްއިއްޔާތައް ގާއިމުކުރުން

 

9 ވަނަ މާއްދާާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކުޅިވަރު ބެހިގެންވާ ބައިތައް 4.

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ކުޅިވަރު ބެހިގެންވަނީ އަންނަނިވި ބައިތަކުގެ މައްޗަށެވެ.

  1. ޓީމު ކުޅިވަރުތައް؛
  2. އިންޑިވިޖުއަލް ކުޅިވަރުތައް.

(ށ) މި މާއްދާގެ (ހ) ގައިވާ ކުޅިވަރު ބައިތަކުގެ ދަށުން ހިމެނޭ ކުޅިވަރުތައް ކަނޑައަޅާނީ ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މަށްވަރާއާއެކު ކުޅިވަރާބެހޭ ވަޒީރެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.

ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރުގެ އޮނިގަނޑު 1-4.

(ހ) ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރުގެ އޮނިގަނޑު އެކުލެވިގެންވަނީ، އިންޓަރ ސްކޮލާސްޓިކް ކުޅިވަރު، ވާދަވެރިނޫން ކުޅިވަރު އަދި ވާދަވެރި ކުޅިވަރުގެ މައްޗަށެވެ.

(ށ) ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރުގެ އޮނިގަނޑުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ސްކޫލުތަކުގައި ކުޅިވަރު ހަރަކާތްތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި، ކުޅިވަރު ތަރައްގީކުރުމުގައި ސްކޫލުތަކުގެ ދައުރު ފުޅާކޮށް، ސްކޫލުތަކުގައި ހިންގާ ވާދަވެރި ކުޅިވަރު ހަރަކާތްތަކުގެ ފެންވަރު މަތިކުރުން؛
  2. ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިޔުމަށް މަގު ތަނަވަސްކޮށްދީ، ތަފާތު މަރުހަލާތަކުގައި ކުޅުންތެރިންނާއި، ކޯޗުންނާއި، އޮފިށަލުންނާއި، ކުޅިވަރުގެ ހިންގުންތެރިންގެ ތަރައްގީއަށް ބޭނުންވާ ފުރުސަތުތައް ތަނަވަސްކޮށްދިނުން؛
  3. ދިވެހިރާއްޖޭގައި ކުޅިވަރުގެ ލާމަރުކަޒީ އޮނިގަނޑެއް އެކުލަވާލައި، ކުޅިވަރުގެ ހަރަކާތްތަކުގައި އެންމެހައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ފައިދާހުރި ގޮތެއްގައި ހަރުދަނާ ނިޒާމެއްގެ ދަށުން ކުޅިވަރުގެ ހަރަކާތްތައް ރާވައި ހިންގުން؛
  4. އެންމެ ހަގު އުމުރުން ފެށިގެން، ކުޅުންތެރިންގެ ހުނަރު ފާހަގަކޮށް އެ ކުޅުންތެރިންގެ ހުނަރު ކުރިއެރުވުމުގެ ހަރަކާތްތައް ކަނޑައެޅޭ މަންހަޖެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން؛
  5. ސްކޫލު ކުޅިވަރުގެ ދައުރު ނިމި، ގައުމީ ކުޅިވަރު ފެށުމާ ދެމެދު ހިނގާ މުއްދަތު ހަރުދަނާ ނިޒާމެއްގެ ދަށުން ގުޅުވާލުން؛ އަދި
  6. ދުޅަހެޔޮ ހަށިހެޔޮ މުޖްތަމައެއް ބިނާކުރުން.

(ނ) ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރުގެ އޮނިގަނޑު ބިނާވެގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

  1. ކުޅިވަރާބެހޭ ވުޒާރާ؛
  2. ކުޅިވަރާބެހޭ ގައުމީ މަޖިލިސް؛
  3. ކޮމިށަނަރ އޮފް ސްޕޯޓްސް؛
  4. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ؛
  5. މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ؛
  6. މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް؛
  7. މޯލްޑިވްސް ނޭށަނަލް އެންޓި ޑޯޕިންގ އެޖެންސީ؛
  8. ގައުމީ ކުޅިވަރު ފެޑެރޭށަންތަކާއި އެސޯސިއޭށަންތައް؛
  9. ގައުމީ ހައިސިއްޔަތު ލިބިފައިނުވާ ކުޅިވަރު އެސޯސިއޭށަންތައް؛
  10. ސަރަހައްދީ ކުޅިވަރު އެސޯސިއޭށަންތައް؛
  11. ކުޅިވަރު ކްލަބްތައް؛
  12. ކުޅިވަރު އެކަޑަމީތައް؛
  13. އިންޓަރ ސްކޮލާސްޓިކް ކުޅިވަރު އެސޯސިއޭށަންތަކާއި ކްލަބްތައް؛
  14. އިންޓަނޭށަނަލ،ް ކޮންޓިނެންޓަލް އަދި ރީޖަނަލް އެސޯސިއޭށަންތައް. 

(ރ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރުގެ އޮނިގަނޑު އެކުލަވާލައި، އެ އޮނިގަނޑުގެ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ އޮނިގަނޑުގެ ހިންގުން ކަށަވަރުކުރާނީ ކުޅިވަރާބެހޭ ވަޒީރެވެ. 

 

ކުޅިވަރާބެހޭ ސިޔާސަތު 2-4.

(ހ) ދިވެހިރާއްޖޭގައި ކުޅިވަރާއި ކުޅިވަރުގެ އެންމެހައި ހަރަކާތްތައް ހިންގައި ތަރައްގީކުރުމާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅާނީ ކުޅިވަރާބެހޭ ވަޒީރެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ސިޔާސަތުތައް އާންމުކުރަންވާނެއެވެ.

(ނ) މި ގާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ފަރާތްތަކުން މި ގާނޫނުގައިވާ ކަންކަން ހިންގުމުގައި، މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ރ) ދިވެހިރާއްޖޭގައި ކުޅިވަރާއި ކުޅިވަރުގެ އެންމެހައި ހަރަކާތްތައް ހިންގައި ތަރައްގީކުރުމާ ގުޅޭގޮތުން އެކުލަވާލާ ސިޔާސަތުތައް އެއްހަމައެއްގައި ހިފަހައްޓައި، އަދި ދަމަހައްޓައި، ކުޅިވަރާބެހޭ ވުޒާރާގެ މުވައްޒަފުން އެ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމާއި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ސިޔާސަތުތަކުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގައި ކުޅިވަރާބެހޭ ވަޒީރާ ހަވާލުވެފައިވާ އެންމެހައި ޒިންމާތައް ވަޒީރު އަދާކުރަންވާނެއެވެ.

(ބ) މި ގާނޫނު ތަންފީޒުކުރުމާއި، ހިންގުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން، މި ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ކުރުމުގެ ބާރު ކުޅިވަރާބެހޭ ވަޒީރަށް ލިބިގެންވެއެވެ. 

 

11 ވަނަ މާއްދާ - ބުުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން
މާއްދާއެއް އިތުރުކުރުން.

ކުޅިވަރު ޖަމްއިއްޔާތައް ރަޖިސްޓަރީކޮށް، ގިންތިކުރުން 5.

(ހ) ދިވެހިރާއްޖޭގައި އެއްވެސް ކުޅިވަރު ޖަމްއިއްޔާއެއް ހިންގަންވާނީ، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށްފަހުއެވެ.

(ށ) ކުޅިވަރު ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމަށް ހުށަހަޅާނީ ކޮމިށަނަރ އޮފް ސްޕޯޓްސްއަށެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހަޅާ ކުޅިވަރު ޖަމްއިއްޔާތައް ކޮމިށަނަރ އޮފް ސްޕޯޓްސް ރަޖިސްޓަރީކޮށްދޭންވާނީ، އަންނަނިވި ގިންތިތަކުގެ ތެރެއިން ގިންތިއެއްގެ ކުޅިވަރު ޖަމްއިއްޔާއެއްގެ ގޮތުގައެވެ.

  1. ގައުމީ ކުޅިވަރު ފެޑެރޭށަންތައް؛
  2. ގައުމީ ކުޅިވަރު އެސޯސިއޭށަންތައް؛
  3. ސަރަހައްދީ ކުޅިވަރު އެސޯސިއޭށަންތައް؛
  4. ކުޅިވަރު އެސޯސިއޭށަންތައް؛
  5. ކުޅިވަރު ކްލަބްތައް؛
  6. ކުޅިވަރު އެކަޑަމީތައް.

(ރ) ކުޅިވަރު ޖަމްއިއްޔާތައް ގިންތިކުރުމުގައި ބަލާނެ މިންގަނޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކޮމިށަނަރ އޮފް ސްޕޯޓްސް ކަނޑައަޅަންވާނެއެވެ. އަދި، އެ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. މި މާއްދާގެ (ނ) ގައި ބަޔާންކުރާ ތަފާތު ގިންތިތަކަށް ކުޅިވަރު ޖަމްއިއްޔާތައް ގިންތިކުރުމުގައި ބަލާނެ މިންގަނޑުތައް؛
  2. މި މާއްދާގެ (ނ) ގައި ބަޔާންކުރާ ތަފާތު ގިންތީގެ ކުޅިވަރު ޖަމްއިއްޔާތަކުގެ ނަން ބޭނުންކުރުމުގެ އުސޫލުތައް؛
  3. ވަކި ކުޅިވަރަކަށް ހާއްސަކޮށްގެން ރަޖިސްޓަރީކުރާ ކުޅިވަރު ޖަމްއިއްޔާތަކުން، އެ ކުޅިވަރަކަށް ހާއްސަ ނަން ބޭނުންކުރުމުގެ އުސޫލުތައް؛
  4. ވަކި ކުޅިވަރަކަށް ހާއްސަކޮށްގެން ރަޖިސްޓަރީކުރާ ކުޅިވަރު ޖަމްއިއްޔާތަކަށް ހިންގޭނެ ކުޅިވަރުގެ ހަރަކާތްތަކާބެހޭ އުސޫލުތައް؛
  5. ކުޅިވަރު ޖަމްއިއްޔާތަކުގެ ނަން ފާސްކުރުމާއި ނަން ބަދަލުކުރުމުގެ އުސޫލުތައް.

(ބ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވޭ ކުޅިވަރު ޖަމްއިއްޔާތަކާއި، ކްލަބްތަކާއި އެކަޑަމީތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި، ދަރަންޏަށް ޒިންމާވުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ މިލްކު ކުރުމާއި، އެ މުދަލުން ތަސައްރަފްކުރުމުގެ ހައްގު ލިބިގެންވާ، މެންބަރުންނާ ވަކިން އުފެދިފައިވާ ވަކި ގާނޫނީ ށަހްސެކެވެ.

 

ކުޅިވަރު ހަރަކާތްތައް ނުވަތަ މުބާރާތްތައް ހިންގުމުގެ ހުއްދަ ދޫކުރުން 1-5.

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ އެއްވެސް ކުޅިވަރެއް ނުވަތަ ކުޅިވަރު ހަރަކާތެއް ނުވަތަ މުބާރާތެއް ވާދަވެރި އުސޫލުން ހިންގޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވާދަވެރި އުސޫލުން ކުޅޭ ކުޅިވަރު ނުވަތަ ހިންގާ ކުޅިވަރު ހަރަކާތްތައް ނުވަތަ މުބާރާތްތައް ހިންގުމުގެ ހުއްދަ ދިނުމާއި، އެފަދަ ހަރަކާތްތައް ނުވަތަ މުބާރާތްތައް ހިންގުމުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެކިއެކި އިޖްތިމާއީ ކަންކަން ފާހަގަކުރުމުގެ ގޮތުން ރާވައި ހިންގާ ކުޅިވަރު މުބާރާތްތަކާއި، ދިވެހިރާއްޖޭގެ ސްކޫލުތަކާއި އެފަދަ ތައުލީމީ މަރުކަޒުތަކުން އެފަރާތްތަކުގެ މަންހަޖުގެ ތެރެއިން ނުވަތަ އެނޫނަސް ރާވައި ހިންގާ އެކިއެކި މުބާރާތްތަކާއި، ގައުމީ އެކިއެކި މުނާސަބާ ފާހަގަކުރުމަށް ރާވައި ހިންގާ ކުޅިވަރު މުބާރާތްތައް ބޭއްވުމަކަށް، އެއްވެސް ފަރާތަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ދެވަނަ ބާބު އެއީ އެ ގާނޫނުގެ ތިންވަނަ ބާބުގެ ގޮތުގައި ހަމަޖެއްސުން.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތައް ރަޖިސްޓަރީކުރުމާއި ގިންތިކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، އެފަރާތްތަކަކީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ހިންގާ ފަރާތްތަކެއްކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރާނީ ކޮމިށަނަރ އޮފް ސްޕޯޓްސްއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ކޮމިށަނަރ އޮފް ސްޕޯޓްސް އައްޔަންކުރާނީ، ކުޅިވަރާބެހޭ ވަޒީރާއި ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ލަފަޔާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ލިބިދޭ ބާރުތަކުގެ ބޭނުންހިފާ ގޮތާ ބެހޭގޮތުންނާއި މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރާ ގޮތާމެދު ކުޅިވަރާބެހޭ ވަޒީރަށާއި ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ޖަވާބުދާރީވާންވާނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ބ) ކޮމިށަނަރ އޮފް ސްޕޯޓްސްގެ މަސްއޫލިއްޔަތުތައް ކަމުގައި މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން އޭނާ ކުރަންވާނީ ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތ،ި މިނިވަންކަމާއެކު، ނުފޫޒުން އެއްކިބާވެ ހުރެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީގެ މެންބަރަކަށް ނުވަތަ އެފަދަ ފަރާތެއްގެ އާންމު މެންބަރަކަށް ނުވުން، ނުވަތަ އެއިން ފަރާތެއްގެ ވަޒީފާއެއްގައި ހުރި މީހަކަށް ނުވަތަ އެއިން ފަރާތަކަށް ނިސްބަތްވާ މަގާމެއް ފުރަމުންދާ މީހެއް ކަމުގައި ނުވުން؛ 

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) ދިވެހިރާއްޖޭގައި އިޖްތިމާއީ އަދި ގައުމީ ފެންވަރުގައި ކުޅިވަރު ދާއިރާގައި އަމަލީގޮތުން ހަރަކާތްތެރިވެ އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ފަރުދުންނާއި ކުޅިވަރު ޖަމްއިއްޔާތަކާއި އެތަންތަނުގެ މެންބަރުންގެ ދަފްތަރު އޭގެ އެންމެ ފަހުގެ މައުލޫމާތާއެކު ބެލެހެއްޓުމާއި، ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާމެދު މި ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުން؛

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކުޅިވަރު ޖަމްއިއްޔާތައް ރަޖިސްޓަރީކުރުމާއި ގިންތިކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، އެފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވ،ެ ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާމެދު މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅުން؛

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ނ) ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކުޅިވަރު ޖަމްއިއްޔާތަކުގެ އަސާސީ އަދި ހިންގާ ގަވާއިދާ އެފަރާތްތަކުން ހިލާފުވެއްޖެނަމަ މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އެފަރާތްތަކާމެދު ފިޔަވަޅު އެޅުން؛

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ރ) އުނިކުރުން.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމިށަނަރ އޮފް ސްޕޯޓްސްގެ މަގާމުގެ މުއްދަތު 9.

މި ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން އައްޔަންކުރެވޭ ކޮމިށަނަރ އޮފް ސްޕޯޓްސްގެ މަގާމުގެ މުއްދަތަކީ 5 (ފަހެއް) އަހަރު ދުވަހެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިންވަނަ ބާބު އެއީ އެ ގާނޫނުގެ ހަތަރުވަނަ ބާބުގެ ގޮތުގައި ހަމަޖެއްސުން.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ ކުޅިވަރާބެހޭ ވުޒާރާއިންނެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(1) ކުޅިވަރާބެހޭ ވުޒާރާއިން ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރާ 1 (އެކެއް) މެންބަރު؛

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(2) ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ތަމްސީލުކުރުމަށް ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރާ 2 (ދޭއް) މެންބަރުން؛

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(5) ގައުމީ ކުޅިވަރު އެސޯސިއޭށަންތަކާއި ފެޑެރޭށަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލުކުރުމަށް 2 (ދޭއް) މެންބަރުން އަދި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލުކުރުމަށް 2 (ދޭއް) މެންބަރުން؛

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ (6) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް
އިތުރުކުރުން.

(7) މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ 1 (އެކެއް) މެންބަރު.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ރ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ ދަށުން އައްޔަންކުރެވޭ ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(4) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުޅިވަރު ޖަމްއިއްޔާއެއްގެ ނުވަތަ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ނުވަތަ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މެންބަރެއް ކަމުގައިނުވުން.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުޅިވަރު ފެޑެރޭށަން އަދި އެސޯސިއޭށަންތަކަށް ގައުމީ ހައިސިއްޔަތު ދިނުމާއި އެފަރާތްތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛

 

33 ވަނަ މާއްދާ - 3 ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) ގައުމީ ކުޅިވަރު ފެޑެރޭށަންތަކާއި އެސޯސިއޭށަންތަކާ ބެހޭގޮތުން ނުވަތަ އެފަދަ ޖަމްއިއްޔާތަކާ ގުޅިގެން ކުޅިވަރުކުޅޭ ކުޅުންތެރިންނާ ބެހޭގޮތުން ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅުނު ފަރާތުން އިދާރީގޮތުން ނިންމިގޮތާމެދު ހިތްހަމަ ނުޖެހިގެން ހުށަހެޅޭ މައްސަލަތައް އިސްތިއުނާފުކޮށް، އެކަމާ ބެހޭގޮތުން އިދާރީ ފިޔަވަޅު އެޅުން؛

 

34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) އިޖްތިމާއީ ތަރައްގީއަށްޓަކައި ކުޅިވަރުގެ ރޮނގުން އެކިއެކި ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ހިތްވަރުދީ، އެފަދަ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާނެ ފަންނީ އެހީ ފޯރުކޮށްދިނުން؛

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ކ) އުނިކުރުން.

 

36 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(އ) ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ދެމެހެއްޓުމަށްޓަކައި، ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ލިބެންހުރި ފުރުސަތުތަކާއި އެހީތައް ހޯދައި، އެ ފުރުސަތުތަކާއި އެހީ ދިވެހިރާއްޖޭގެ ކުޅިވަރަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރެވޭނެ އިންތިޒާމ،ު ކުޅިވަރާބެހޭ ވުޒާރާއާއި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ އެހީގައި ހަމަޖެއްސުން؛

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(މ) ގައުމީ ކުޅިވަރުގެ އިނާމާއި ކުޅިވަރާބެހޭ ވުޒާރާއިން ދިނުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ އިނާމުތައް ދިނުމުގައި ބެލެވޭ ކަންތައްތަކާއި ވަނަވަނަ ހާސިލުކުރާ ފަރާތްތައް މިނެކިރޭނެ އުސޫލުތަކާ ބެހޭގޮތުން ކުޅިވަރާބެހޭ ވަޒީރަށް ލަފާދިނުން؛

 

38 ވަނަ މާއްދާ -ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ފ) ދައުލަތުގެ އަހަރީ ބަޖެޓުގައި ކުޅިވަރަށް ހޭދަކުރުމަށް ނިންމާފައިވާ ހޭދައާ ގުޅޭގޮތުން ކުޅިވަރާބެހޭ ވަޒީރަށް ލަފާދިނުން؛

 

39 ވަނަ މާއްދާ -ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ދ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ދ) ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ފެޑެރޭށަން، ނުވަތަ އެސޯސިއޭށަން، ނުވަތަ ކްލަބ،ް ނުވަތަ އެކަޑަމީގެ އަސާސީ އަދި ހިންގާ ގަވާއިދާ އެއިން ފަރާތަކުން ހިލާފުވެއްޖެނަމަ މި ގާނޫނުގެ ދަށުން އެފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ލަފާދިނުން؛

 

40 ވަނަ މާއްދާ -ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ތ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ތ) މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ އެންމެހައި ކަންތައްތައް ހިންގަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުން؛

 

41 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ލ) އުނިކުރުން.

 

42 ވަނަ މާއްދާ - ބުުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ޑ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޑ) މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި ގައުމީ ކުޅިވަރު ފެޑެރޭށަންތަކާއި އެސޯސިއޭށަންތަކަށް ސަރުކާރުން ކަނޑައަޅާ ބަޖެޓުގެ ތެރެއިން ވަކިވަކި ފަރާތްތަކަށް ދޭނެ ފައިސާގެ މިންވަރުތައް ކަނޑައެޅުން؛

 

43 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ )ޒ( އުނިކުރުން.

 

44 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް 14.

މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ރައީސަކީ ކުޅިވަރާބެހޭ ވަޒީރު ކަނޑައަޅާ ފަރާތެކެވެ. އަދި ކުޅިވަރާބެހޭ މަޖިލީހުގެ ނައިބު ރައީސަކީ އެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އައްޔަންކުރެވޭ ފަރާތެކެވެ.

 

45 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުންގެ ދައުރު 18.

މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުންގެ މެންބަރުކަމުގެ ދައުރަކީ 5 (ފަހެއް) އަހަރު ދުވަހެވެ. ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މެންބަރުކަމުން ވަކިކުރެވޭ މެންބަރުން ފިޔަވައި، އެހެން ކޮންމެ މެންބަރަކު ގިނަވެގެން އިތުރު 2 (ދޭއް) ދައުރަށް އައްޔަންކުރެވިދާނެއެވެ.

 

46 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރެއްގެ މަގާމު ހުސްވުން 19.

މި ގާނޫނުގެ ދަށުން އެކުލަވާލެވޭ ކުޅިވަރާބެހޭ ގައުމީ މަޖިލިސް އެކުލަވާލުމަށްފަހު އެއްވެސް ސަބަބަކާހުރެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި ހުސްވި މަގާމަށް އެހެން ފަރާތެއް އައްޔަންކުރަންވާނެއެވެ.

 

47 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދިނުން 20.

ކުުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރަކު އޭނާގެ މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ކުޅިވަރާބެހޭ ވަޒީރަށް ހުށަހަޅައި، އެ ސިޓީ ކުޅިވަރާބެހޭ ވަޒީރަށް ލިބުމުން މަޖިލީހުގެ މެންބަރުކަމުން އެ މެންބަރަކު ވަކިވީއެވެ.

 

48 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މަށްވަރާގެ މަތިން އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު ކުޅިވަރާބެހޭ ވަޒީރަށް ލިބިގެންވެއެވެ.

 

49 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(1) ނިހާއީ ހުކުމަކުން އިފްލާސްކުރުން؛

 

50 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(3) މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދާކުރުމުގައި އިހުމާލުވުން ނުވަތަ އެކަށީގެންވާ ގޮތެއްގައި އެ މަސްއޫލިއްޔަތު އަދާނުކުރުން.

 

51 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަތަރުވަނަ ބާބު އުނިކުރުން.

 

52 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ފަސްވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

 

ފަސްވަނަ ބާބު

ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުން

 

53 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގައުމީ ޓީމު ހަރަކާތްތަކަށް ވީއްލުން 32.

ދިވެހިރާއްޖޭގެ އެކިއެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތައް ބައިވެރިވާ އެކިއެކި މުބާރާތް ނުވަތަ މުނާސަބާގައި ބައިވެރިވުމަށް ނުވަތަ މުބާރާތްތަކަށް ތައްޔާރުވުމަށް، އެ ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންނާއި، މެޑިކަލް ސްޓާފުންނާއި، އޮފިށަލުންނާއި މެނޭޖަރުން، އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ވީއްލުމަށް ކުޅިވަރާބެހޭ ވުޒާރާއިން އަންގާ ހާލަތުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތްތައް ވަޒީފާ އަދާކުރާ ތަނުން އެފަރާތްތައް 
ވީއްލަންވާނެއެވެ.

 

54 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ގައުމީ ޓީމުގެ ހަރަކާތްތަކަށް މުސާރަ ދިނުން 33.

(ހ) ދިވެހިރާއްޖޭގެ އެކިއެކި ކުޅިވަރުގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންނާއި، މެޑިކަލް ސްޓާފުންނާއި، އޮފިށަލުންނާއި މެނޭޖަރުންނަށް، އެ ދުވަސްވަރަކަށް އެކަށީގެންވާ އެލަވަންސެއް ކަނޑައަޅައި އެ އެލަވަންސް އެފަރާތްތަކަށް ދޭންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވަންސް ކަނޑައަޅާނީ ކުޅިވަރާބެހޭ ވަޒީރާއި ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

 

55 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

އެކިއެކި ކުޅިވަރު ހަރަކާތްތަކަށް ކުޅުންތެރިން ވީއްލުން 34.

ދިވެހިރާއްޖޭގައި ކުޅޭ ކުޅިވަރު މުބާރާތްތަކާއި ފާހަގަކުރާ މުނާސަބާތަކުގެ ތެރެއިން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މުބާރާތާއި މުނާސަބާތަކުގައި ބައިވެރިވުމަށް ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިށަލުން، އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ވީއްލުމަށް އެފަރާތްތައް ވަޒީފާ އަދާކުރާ ތަންތަނަށް އެންގުމުގެ ބާރު ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ލިބިގެންވެއެވެ. މިފަދައިން ކުޅުންތެރިންނާއި އޮފިށަލުން ވީއްލުމަށް ކޮމިށަނަރ އޮފް ސްޕޯޓްސްއަށް އެންގޭނެ މުބާރާތްތަކާއި މުނާސަބާތައް އަދި އެ އެން ގުން އެންގުމުގެ އުސޫލުތައް މި ގާނޫނުގެ ދަށުން ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

56 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ދިވެހިރާއްޖޭގައި ކުޅޭ އެކިއެކި ވާދަވެރި އަދި އިޖްތިމާއީ ކުޅިވަރުތަކުގައި ބައިވެރިވާ އެކިއެކި ޓީމުތައް ސްޕޮންސަރކުރާ ފަރާތްތަކަށް އެފަރާތްތަކުން ހޭދަކޮށްފައިވާ ސްޕޮންސަރ ފައިސާގެ އަދަދަކީ ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެކެވެ.

 

57 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ދިވެހިރާއްޖޭގައި ކުޅޭ އެކިއެކި ވާދަވެރި އަދި އިޖްތިމާއީ ކުޅިވަރުތަކުގެ އަޑާއި މަންޒަރު ދުރަށް ދައްކުވައިދޭ ނުވަތަ ބްރޯޑްކާސްޓްކުރާ މީޑިއާތަކުގެ އެފަދަ ޕްރޮގްރާމްތައް ސްޕޮންސަރކުރާ ފަރާތްތަކަށް އެފަރާތްތަކުން ހޭދަކޮށްފައިވާ ސްޕޮންސަރ ފައިސާގެ އަދަދަކީ ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެކެވެ.

 

58 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ގައުމީ ކުޅިވަރު ފެޑެރޭށަންތަކާއި އެސޯސިއޭށަންތައް އެކުލަވާލުމާއި ހިންގުމުގެ އުސޫލު 1-35.

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ހިންގާ ގައުމީ ކުޅިވަރު ފެޑެރޭށަންތަކާއި ގައުމީ ކުޅިވަރު އެސޯސިއޭށަންތައް އެކުލަވާލަންވާނީ ދިވެހިރާއްޖޭގެ ސަރަހައްދުތަކަށް ނިސްބަތްވާ ގޮތުންނެވެ. އެގޮތުން، ކުޅިވަރު ފެޑެރޭށަންތަކާއި ކުޅިވަރު އެސޯސިއޭށަންތަކަށް ގައުމީ ހައިސިއްޔަތު ދިނުމުގައި، އެތަންތަނަކީ ދިވެހިރާއްޖޭގެ ސަރަހައްދުތަކަށް ނިސްބަތްވާ ގޮތުގެމަތިން އެކުލަވާލެވިފައިވާ ތަންތަން ކަމުގައި ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ކުޅިވަރާބެހޭ ގައުމީ މަޖިލީހުން އެކުލަވާލައި އާންމުކުރަންވާނެއެވެ. 

(ށ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ހިންގާ ގައުމީ ކުޅިވަރު ފެޑެރޭށަންތަކާއި ގައުމީ ކުޅިވަރު އެސޯސިއޭށަންތަކުގެ ހިންގާ ކޮމިޓީއަށް އައްޔަންކުރެވޭ ނުވަތަ އިންތިހާބުކުރެވޭ މެންބަރުންގެ ކިބައިގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އަސާސީ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ނ) ގައުމީ ކުޅިވަރު ފެޑެރޭށަންތަކާއި ގައުމީ ކުޅިވަރު އެސޯސިއޭށަންތައް ބައިވެރިވާ ބައިނަލްއަގްވާމީ ކުޅިވަރު ޖަމްއިއްޔާތަކުން މެންބަރު ގައުމުތަކުގެ މައްޗައް ވަކިގޮތަކަށް ލާޒިމުނުކުރާހާ ހިނދަކު، ގައުމީ ކުޅިވަރު ފެޑެރޭށަންތަކާއި ގައުމީ ކުޅިވަރު އެސޯސިއޭށަންތަކުގެ އަސާސީ ގަވާއިދުގައިހުންނަންޖެހޭ އަސާސީ ށަރުތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

59 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަވަނަ ބާބުގެ ކުރިއަށް އަންނަނިވި ފަދައިން ބާބެއް އިތުރުކުރުން.

 

 

ހަވަނަ ބާބު

ގައުމީ ކުޅިވަރު ފަންޑު 

 

ގައުމީ ކުޅިވަރު ފަންޑު 2-35.

(ހ) ދިވެހިރާއްޖޭގައި ކުޅިވަރާއި ކުޅިވަރު ހަރަކާތްތަކާއި، ކުޅިވަރު ޖަމްއިއްޔާތަކާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކާއި، ކުޅިވަރުގެ ވަސީލަތްތައް ހިންގައި ބަލަހައްޓައި ތަރައްގީކުރުމަށްޓަކައި ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި، އަދި އެ ފައިސާއިން އިންވެސްޓްކޮށް ރަނގަޅު ފައިދާއެއް ހޯދައިދިނުމަށްޓަކައި، އަދި މި ގާނޫނުގައި ބަޔާންކުރާ އެނޫންވެސް މަގްސަދުތައް ހާސިލުކުރުމަށްޓަކައި ގާއިމުކުރެވޭ ގައުމީ ކުޅިވަރު ފަންޑެއް އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގައުމީ ކުޅިވަރު ފަންޑު، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) އަށް 1 ވަނަ އިސްލާހު ގެެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ގާއިމުކުރަންވާނެއެވެ.

ފަންޑުގެ މަގްސަދުތައް 3-35.

ގައުމީ ކުޅިވަރު ފަންޑުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން، ފަސޭހަކަމާއެކު ދިވެހިރާއްޖޭގެ ކުޅިވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން؛

(ށ) ދިވެހިރާއްޖޭގެ ކުޅިވަރަށް މާލީ އެހީގެ ގޮތުގައި ލިބޭ ފައިސ،ާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުން؛

(ނ) ކުޅުންތެރިން ކުރިއެރުވުމަށާއި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން؛

(ރ) ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓްކުރުން؛

(ބ) ކުޅިވަރުގެ ދާއިރާއިން ދިރާސާތައްކޮށް ތަރައްގީގެ މަށްރޫއުތައް ހިންގާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން؛

(ޅ) މި ގާނޫނުގެ ދަށުން ގައުމީ ކުޅިވަރު ފަންޑަށް ޖަމާކުރެވޭ ފައިސާއިން، ފަންޑުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ފަންޑުން ކުރެވޭ ހޭދައިގެ މިންވަރު އިތުރުކުރުމަށްޓަކައި، ފަންޑަށް ޖަމާކުރެވޭ ފައިސާ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކުރުން. 

 

ގައުމީ ކުޅިވަރު ފަންޑުގެ ބޯޑު 4-35.

(ހ) ގައުމީ ކުޅިވަރު ފަންޑާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، ފަންޑު ހިންގުމަށްޓަކައި ބޯޑެއް އޮންނަންވާނެއެވެ.

(ށ) ގައުމީ ކުޅިވަރު ފަންޑުގެ ބޯޑަށް މެންބަރުން އައްޔަންކުރާނީ، ކުޅިވަރާބެހޭ ވަޒީރެވެ.

(ނ) ގައުމީ ކުޅިވަރު ފަންޑުގެ ބޯޑު އެކުލެވިގެންވަނީ އަންނަނިވި 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.

  1. ކުޅިވަރާބެހޭ ވަޒީރު؛
  2. ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  3. މާލީ ވުޒާރާ ތަމްސީލުކުރުމަށް އެ ވުޒާރާއިން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  4. އިގްތިސާދާބެހޭ ވުޒާރާ ތަމްސީލުކުރުމަށް އެ ވުޒާރާއިން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  5. ކުޅިވަރާބެހޭ ވުޒާރާ ތަމްސީލުކުރުމަށް އެ ވުޒާރާއިން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  6. ފަތުރުވެރިކަމާބެހޭ ވުޒާރާ ތަމްސީލުކުރުމަށް އެ ވުޒާރާއިން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  7. ކުޅިވަރު ޖަމްއިއްޔާތައް ތަމްސީލުކުރުމަށް އެ ޖަމްއިއްޔާތަކުން ކަނޑައަޅާ 1 (އެކެއް) މެންބަރު.

(ރ) މި މާއްދާގައި ބަޔާންކުރާ ގައުމީ ކުޅިވަރު ފަންޑުގެ ބޯޑަށް މެންބަރުން އައްޔަންކުރުމުގެ އުސޫލުތަކާއި، ބޯޑުގެ ހިންގުމުގެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. 

 

ފަަންޑަށް ޖަމާކުރެވޭ ފައިސާ 5-35.

މި ގާނޫނުގެ 35-2 ވަނަ މާއްދާގެ ދަށުން ގާއިމުކުރެވޭ ގައުމީ ކުޅިވަރު ފަންޑުގެ ރައުސްމާލު އެކުލެވިގެންވަނީ އަންނަނިވި މާލީ މަންފާތަކުގެ މައްޗަށެވެ.

(ހ) ދައުލަތުގެ ބަޖެޓުން ކަނޑައަޅައި ފަންޑަށް ޖަމާކުރާ ފައިސާ؛

(ށ) ކުޅިވަރާބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައި ހުރި ކުޅިވަރުގެ ވަސީލަތްތަކުންނާއި އެ ވުޒާރާއިން އިންތިޒާމުކޮށް ހިންގާ ކުޅިވަރު ހަރަކާތްތަކުން ވިޔަފާރި އުސޫލުން ލިބޭ ނަފާ؛

(ނ) ކުޅިވަރުގެ ވަސީލަތްތަކާއި ކުޅިވަރު ހަރަކާތްތަކާއި ކުޅިވަރު ޓީމުތަކަށް ވިޔަފާރިތަކުން ލިބޭ ސްޕޮންސަރށިޕް ފައިސާ؛

(ރ) ދިވެހިރާއްޖޭގެ ކުޅިވަރަށް، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުން ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ؛

(ބ) ފަންޑުން ގާއިމުކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ.

 

ފަންޑު ހިންގުން 6-35.

(ހ) މި ގާނޫނުގެ 2-35 ވަނަ މާއްދާގައި ބަޔާންކުރާ ފަންޑު ހިންގާނީ، ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް، ގައުމީ ކުޅިވަރު ފަންޑުގެ ބޯޑުންނެވެ.

(ށ) ގައުމީ ކުޅިވަރު ފަންޑު ހިންގަންވާނީ، މި ގާނޫނާއި ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި، ފަންޑު ހިންގަންވާނީ ސަރުކާރުގެ އެހެނިހެން ފަންޑުތަކާ ވަކިންނެވެ. ދައުލަތުގެ ފިސްކަލް ބޭނުންތަކަށްޓަކައި އަނބުރާ ދައްކާގޮތަށް ފަންޑުގެ ފައިސާ ބޭނުންކޮށްގެންނުވާނެއެވެ.

(ނ) ގައުމީ ކުޅިވަރު ފަންޑު ހިންގުމުގައި، ގައުމީ ކުޅިވަރު ފަންޑުގެ ބޯޑުން ފަންޑާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ދިވެހިރާއްޖޭގެ ކުޅިވަރަށް، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުން ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ ފަންޑަށް ޑިޕޮޒިޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުން؛
  2. ފަންޑަށް ޖަމާކުރެވޭ ފައިސާއާއި ފަންޑުން ގާއިމުކުރާއިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ ބެލެހެއްޓުމަށްޓަކައި، އެއިން ކޮންމެ ބާވަތެއްގެ ފައިސާ ޑިޕޮޒިޓްކުރުމަށް ވަކި އެކައުންޓުތައް ހަދައި، ބެލެހެއްޓުން؛
  3. ފަންޑަށް ޑިޕޮޒިޓްކުރެވޭ ފައިސާ މި ގާނޫނުގެ 8-35 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ފަންޑުގެ އެކިއެކި މަގްސަދުތައް ހާސިލުކުރުމަށްޓަކައި ފަންޑުގެ ފައިސާ ދޫކުރެވޭ މިންވަރު އިތުރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން. 

 

ފަންޑުގެ ފައިސާ ބޭނުންކުރުން 7-35.

ގައުމީ ކުޅިވަރު ފަންޑުގެ ފައިސާ ހަރަދުކުރެވޭނީ، ފަންޑުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން އެކުލަވާލެވޭ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

ފަންޑުގެ ފައިސާ އިންވެސްޓްކުރުން 8-35.

(ހ) ގައުމީ ކުޅިވަރު ފަންޑުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ފަންޑުން ކުރެވޭ ހޭދައިގެ މިންވަރު އިތުރުކުރުމުގެ މަގްސަދުގައި، ފަންޑުގައިވާ ފައިސާ އިންވެސްޓްކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަގްސަދަށް ފަންޑުގައިވާ ފައިސާ އިންވެސްޓްކުރާނެ މިންވަރާއި އިންވެސްޓްކުރާނެ ދާއިރާތަކާއި ކަމާގުޅޭ އުސޫލުތައް ކަނޑައަޅާނީ، ގައުމީ ކުޅިވަރު ފަންޑުގެ ބޯޑުންނެވެ.

(ނ) ގައުމީ ކުޅިވަރު ފަންޑުގެ ފައިސާ އިންވެސްޓްކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ބަޔާންކުރ،ާ ފަންޑުގެ "ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް" ގައުމީ ކުޅިވަރު ފަންޑުގެ ބޯޑުން އެކުލަވާލަންވާނެއެވެ.

 

ފަންޑުގެ އިދާރީ ކަންކަން ބެލެހެއްޓުމާއި އޮޑިޓްކުރުން 9-35.

(ހ) ގައުމީ ކުޅިވަރު ފަންޑުގެ އިދާރީ އެންމެހައި ކަންކަން ބަލަހައްޓާނީ ކުޅިވަރާބެހޭ ވުޒާރާއިންނެވެ.

(ށ) ކޮންމެ މާލީ އަހަރަކު، ގައުމީ ކުޅިވަރު ފަންޑު، އޮޑިޓަރ ޖެނެރަލް އޮޑިޓްކޮށް، އޮޑިޓް ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

ފަންޑު ހިންގިގޮތުގެ ރިޕޯޓު 10-35.

ކޮންމެ މީލާދީ އަހަރެއް ނިމުމުން އެ އަހަރަކު ގައުމީ ކުޅިވަރު ފަންޑު ހިންގިގޮތުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް، އެ އަހަރެއް ނިމޭތާ 3 )ތިނެއް( މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ކުޅިވަރާބެހޭ ވަޒީރު ހުށަހަޅަންވާނެއެވެ.

 

60 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

 

 

ހަތްވަނަ ބާބު

މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އަދި މޯލްޑިވްސް ނޭށަނަލް އެންޓި ޑޯޕިންގ އެޖެންސީ 

 

61 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް 36.

ދިވެހިރާއްޖޭގެ އެކިއެކި ކުޅިވަރު ކުޅޭ ފަރާތްތަކާއި ކުޅިވަރު ޖަމްއިއްޔާތައް ހިންގާ ފަރާތްތަކަށް އެފަރާތްތަކުގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، އެފަރާތްތަކަށް ތަމްރީނު ދިނުމަށާއި، ދާއިރާއަށް ކޮންމެހެން ބޭނުންތެރި ދިރާސާތައް ކުރުމަށްޓަކައި، ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ސީދާ ބެލުމުގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި އަދި ކުޅިވަރާބެހޭ ވުޒާރާގެ ދަށުން ހިނގާ އެ ވުޒާރާގެ ބައެއްގެ ގޮތުގައި، މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަމުގައި އިންސްޓިޓިއުޓެއް ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރަންވާނެއެވެ.

 

62 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

63 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) ސްޕޯޓްސް މެޑިސިންގެ ދާއިރާއިން މީހުން ބިނާކޮށް، އެ ދާއިރާއިން ކުރިއަށްދިޔުމަށްޓަކައި ހާއްސަ ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ލިބުމުގެ މަގުފަހިކޮށްދިނުން؛

 

64 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) ކުޅިވަރު ކުރިއެރުވުމަށްޓަކައި، ކުޅިވަރުގެ ސިޔާސަތުތައް މުތާލިއާކޮށް، އެކަމާ ބެހޭގޮތުން ދިރާސާކުރުމާއި، ކުޅިވަރުގެ ދާއިރާގެ ތަފާސްހިސާބުތައް އެއްކޮށް ދިރާސާކުރުމާއި، އެތަކެތީގެ އަލީގައި ކުޅިވަރު ތަރައްގީކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ އިލްމީ ލިޔެކިޔުން ށާއިއުކޮށް، ކުޅިވަރު ކުރިއެރުވުމަށް ކުރެވެންހުރި ކަންކަން ދެނެގަނ،ެ އެކަންކަމުގައި ލަފަޔާއި އިރުށާދު ދިނުން؛ 

 

65 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

(އ) ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން؛

(ވ) ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި، އެކި ކުޅިވަރުތަކުގައި ގައުމީ ފެންވަރުގައި ތަމްސީލުކުރާ ވަކިވަކި ކުޅުންތެރިންގެ ހުނަރާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން މަތީ ފެންވަރުގައި ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި ހިންގޭ ތަމްރީނު ޕްރޮގްރާމްތައް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ހިންގުމަށާއި، އެކަންކަން މޮނިޓަރކުރުމަށްޓަކައި ''ހައި ޕާރފޯރމަންސް ސެންޓަރ'' އެއް ގާއިމުކޮށް ހިންގުން؛

(މ) ކުޅިވަރަށް ހާއްސަ އެނޫންވެސް ޕްރޮގްރާމްތައް ހިންގުން.

 

66 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ހިންގުމާގުޅޭ ގަވާއިދު ހެދުން 1-37.

މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ނޭށަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ހިންގުމަށް ބޭނުންވާނެ ގަވާއިދުތައް ހަދާނީ ކުޅިވަރާބެހޭގައުމީ މަޖިލީހުންނެވެ.

 

67 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 38 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މޯލްޑިވްސް ނޭށަނަލް އެންޓި ޑޯޕިންގ އެޖެންސީ ގާއިމުކުރުން 38.

(ހ) ޔުނެސްކޯ ކޮންވެންށަނާއި ވޯލްޑް އެންޓި ޑޯޕިންގ ކޯޑާ އެއްގޮތްވާ ގޮތުގެމަތިން ކުޅިވަރު މައިދާނުގައި ޑޯޕިންގ ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މުސްތަގިއްލު ބޯޑެއްގެ ދަށުން ހިންގާ "މޯލްޑިވްސް ނޭށަނަލް އެންޓި ޑޯޕިންގ އެޖެންސީ" ގެ ނަމުގައި އެޖެންސީއެއް އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ މޯލްޑިވްސް ނޭށަނަލް އެންޓި ޑޯޕިންގ އެޖެންސީގެ ބޯޑު އެކުލަވާލާނީ، ދިވެހިރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި، ބައިނަލްއަގްވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތްވާ ގޮތަށް ކުޅިވަރާބެހޭ ވަޒީރެވެ. 

 

68 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 40 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) އެންޓި ޑޯޕިންގގެ އެންމެ ފަހުގެ ބައިނަލްއަގްވާމީ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހޯދައި ދިރާސާކޮށް، ކުޅުންތެރިންނަށާއި އޮފިށަލުންނަށާއި ކަމާބެހޭ ދާއިރާގައި ހަރަކާތްތެރިވާ އެންމެހައި ފަރުދުންނަށް އެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު އަންގައި އޮޅުންފިލުވައިދީ، އިސްލާމްދީނާއި ރާއްޖޭގެ ގާނޫނާ ހިލާފުނުވާ ގޮތުގެމަތިން އެންޓި ޑޯޕިންގގެ ބައިނަލްއަގްވާމީ ގަވާއިދުތައް ދިވެހިރާއްޖެއަށް ތައާރަފުކޮށް، ރާއްޖޭގައި ކުރެވޭ ޓެސްޓުތަކުގައި ބައިނަލްއަގްވާމީ މިންގަނޑުތަކާއި އުސޫލުތައް ތަންފީޒުކުރުން؛

 

69 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 40 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) އެޖެންސީގެ ތަމްރީނު ލިބިފައިވާ އޮފިސަރުންނަށް ލިބިފައިވާ ހުނަރު އިތުރަށް ހަރުދަނާ ކުރުމަށް ހިތްވަރު ދިނުމާއި، ގައުމީ އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޑޯޕިންގ ކޮންޓްރޯލް އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ރާއްޖޭގެ އޮފިސަރުންނަށް ހޯދައިދިނުން؛

 

70 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 40 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) ބައިނަލްއަގްވާމީ އަދި ސަރަހައްދީ މުބާރާތްތަކުގައި ބައިވެރިވާ ދިވެހި ކުޅުންތެރިންގެ ޑޯޕިންގ ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން؛

 

71 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގަވާއިދު ހަދައި ހިންގުން 42.

މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ނޭށަނަލް އެންޓި ޑޯޕިންގ އެޖެންސީ ހިންގުމަށްޓަކައި ބޭނުންވާނެ ހުރިހާ ގަވާއިދެއް ހަދައި ހިންގާނީ އެ އެޖެންސީގެ ބޯޑުންނެވެ. 

 

72 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަތްވަނަ ބާބު އެއީ އެ ގާނޫނުގެ އަށްވަނަ ބާބުގެ ގޮތުގައި ހަމަޖެއްސުން.

 

73 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ގާނޫނީ ހައިސިއްޔަތު 44.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އެނޫންވެސް މުއާމަލާތްތައް ކުރުމުގެ ހައިސިއްޔަތު ލިބިގެންވާ، ދަރަންޏަށް ޒިންމާވުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ މިލްކު ކުރުމާއި، އެ މުދަލުން ތަސައްރަފްކުރުމުގެ ހައްގު ލިބިގެންވާ، މެންބަރުންނާ ވަކިން އުފެދިފައިވާ، ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.

 

74 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 46 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އޮލިމްޕިސަމްގެ އަސާސްތައް ދިވެހިރާއްޖޭގައި ތަރައްގީކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުން؛

 

75 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) އިންޓަނޭށަނަލް އޮލިމްޕިކް ކޮމިޓީގެ ޗާޓަރާއި ވޯލްޑް އެންޓި ޑޯޕިންގ ކޯޑާ އެއްގޮތަށް ދިވެހިރާއްޖޭގައި އަމަލުކުރޭތޯ ބެލުން.

 

76 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މަލްޓިސްޕޯޓްސް ކުޅިވަރު މުބާރާތްތަކަށް ގައުމީ ޓީމުތައް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން؛

 

77 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ކޮމިޓީގެ މުސްތަގިއްލުކަން ދެމެހެއްޓުމަށާއި އޮލިމްޕިކް ޗާޓަރާ ހިލާފުވެދާނެ އެއްވެސް ބާވަތެއްގެ ނުފޫޒެއް ނުވަތަ ފިއްތުންތަކެއް ކުރިމަތިވިޔަނުދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

 

78 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) އިންޓަނޭށަނަލް އޮލިމްޕިކް ކޮމިޓީން ގަބޫލުކުރާ ޖަމާއަތްތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ މެންބަރުކަން ހޯދައި ބައިވެރިވުން؛

 

79 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(ޅ) މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އެ ކޮމިޓީން ހިންގާ ހަރަކާތްތައް، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުން؛

(ކ) ދިވެހިރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ މަލްޓިސްޕޯޓްސް ކުޅިވަރު މުބާރާތްތަކަށް ބިޑްކޮށް، އެފަދަ މުބާރާތްތަކާއި ހަރަކާތްތައް ރާވައި ހިންގުން.

 

80 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަދި އެ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިންގާ ގަވާއިދު 49.

މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހިންގުމަށްޓަކައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ގަވާއިދެއް އެކަށައަޅާފައި އޮންނަންވާނެއެވެ. އަދި އެ ގަވާއިދުގައި އަންނަނިވި ކަންކަން ނުވަތަ އެކަންކަމާގުޅޭ އުސޫލުތައް ކަނޑައަޅަންވާނެއެވެ.

 

81 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ތިން މާއްދާ އިތުރުކުރުން.

އާމްދަނީއާއި މުދާ 1-49.

(ހ) މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ލިބޭ އާމްދަނީއާއި މުދަލާއި ތަކެތި ބޭނުންކުރަންވާނީ ހަމައެކަނި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ ކޮމިޓީގެ އޮފިށަލަކަށް ނުވަތަ މުވައްޒަފަކަށް ނުވަތަ މެންބަރަކަށް މަސައްކަތުގެ އުޖޫރައެއް ނުވަތަ އިނާޔަތެއްގެ ގޮތުން ފައިސާއެއް ދިނުން މި ގާނޫނު ހުރަހެއް ނާޅައެވެ.

(ނ) މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބުތައް ހިމެނޭގޮތުން އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 2-49 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ގައުމީ ކުޅިވަރު މަޖިލީހަށާއި ކޮމިށަނަރ އޮފް ސްޕޯޓްސްއަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހުށަހަޅަންވާނެއެވެ.

 

އަހަރީ ރިޕޯޓު 2-49.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ވޭތުވެދިޔަ އަހަރުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ އެޕްރީލް މަސް ނިމުމުގެ ކުރިން ގައުމީ ކުޅިވަރު މަޖިލީހަށާއި ކޮމިށަނަރ އޮފް ސްޕޯޓްސްއަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހުށަހަޅަންވާނެއެވެ.

 

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނިށާނާއި ސިއްކަ ބޭނުންކުރުން 3-49.

(ހ) މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ހާއްސ،ަ އެ ކޮމިޓީގެ ނިށާނާއި ސިއްކައެއް އޮންނަންވާނެއެވެ.

(ށ) މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ނުވަތަ އެ ކޮމިޓީން ހުއްދަ ދީފައިވާ ފަރާތަކުން މެނުވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނިށާން ނުވަތަ ސިއްކަ ބޭނުންކޮށްގެންނުވާނެއެވެ.

 

82 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަތްވަނަ ބާބުގެ ފަހަތަށް އަންނަނިވި ފަދައިން ބާބެއް އިތުރުކުރުން.

 

 

ނުވަވަނަ ބާބު 

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ

 

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގާއިމުކުރުން 1-50.

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ އަދި އިންޓަނޭށަނަލް ޕެރަލިމްޕިކް ކޮމިޓީގައި ރަޖިސްޓަރީވެ އެ ކޮމިޓީގެ މެންބަރުކަން ލިބިފައިވާ "މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ" ގެ ނަމުގައިވާ ޖަމްއިއްޔ،ާ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ނަމުގައި ވަކި ގާނޫނީ ށަހްސެއްގެ ގޮތުގައި، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ބަދަލުވީއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގައި ހިނގަމުންދާ "މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ" ގެ ހިންގާ ކޮމިޓީގެ ދައުރު ފުރިހަމަ ކުރަންވާނެއެވެ.

 

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ގާނޫނީ ހައިސިއްޔަތު 2-50.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އެނޫންވެސް މުއާމަލާތްތައް ކުރުމުގެ ހައިސިއްޔަތު ލިބިގެންވާ، ދަރަންޏަށް ޒިންމާވުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ މިލްކު ކުރުމާއި، އެ މުދަލުން ތަސައްރަފްކުރުމުގެ ހައްގު ލިބިގެންވާ، މެންބަރުންނާ ވަކިން އުފެދިފައިވާ، ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.

 

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެމަގްސަދު 3-50.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ މަގްސަދަކީ އިންޓަނޭށަނަލް ޕެރަލިމްޕިކް ކޮމިޓީގެ ހޭންޑްބުކްއާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޕެރަލިމްޕިކްގެ ހަރަކާތްތައް ތަރައްގީކޮށް، ހަރުދަނާކޮށް، ފުޅާކޮށް ހިންގުމާއެކު އެ ހަރަކާތްތައް އުވިގެން ދިޔަނުދީ ދެމެހެއްޓުމެވެ.

 

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް 4-50.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.

(ހ) ޕެރަލިމްޕިކްސްގެ އަސާސްތައް ދިވެހިރާއްޖޭގައި ތަރައްގީކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުން؛

(ށ) އިންޓަނޭށަނަލް ޕެރަލިމްޕިކް ކޮމިޓީގެ ހޭންޑްބުކް އަދި ވޯލްޑް އެންޓި ޑޯޕިންގ ކޯޑާ އެއްގޮތަށް ދިވެހިރާއްޖޭގައި އަމަލުކުރޭތޯ ބެލުން؛

(ނ) ދިވެހިރާއްޖެ ބައިވެރިވާ ޕެރަލިމްޕިކް ކުޅިވަރު މުބާރާތްތަކަށް ގައުމީ ޓީމުތައް ފޮނުވާނެގޮތް ކަނޑައަޅައި، އެ މުބާރާތްތަކަށް ޓީމުތައް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން؛

(ރ) ކޮމިޓީގެ މުސްތަގިއްލުކަން އަބަދުވެސް ދެމެހެއްޓުމަށާއި އިންޓަނޭށަނަލް ޕެރަލިމްޕިކް ކޮމިޓީގެ ހޭންޑްބުކްއާ ހިލާފުވެދާނެ އެއްވެސް ބާވަތެއްގެ ނުފޫޒެއް ކޮމިޓީގެ މައްޗަށް އެއްވެސް ބަޔަކަށް ފޯރުވުމުގެ ފުރުސަތު ނުދިނުމާއި، އެބާވަތުގެ އެންމެހައި ފިއްތުންތަކުން ނުވަތަ ގޮންޖެހުންތަކުން އެއްކިބާވެ ފިޔަވަޅު އެޅުން؛

(ބ) އިންޓަނޭށަނަލް ޕެރަލިމްޕިކް ކޮމިޓީގެ ހޭންޑްބުކްގެ ދަށުންނާއި އިންޓަނޭށަނަލް ޕެރަލިމްޕިކް ކޮމިޓީގެ ފަރާތުން ކޮމިޓީއަށް ލިބިދޭ ހުރިހާ ބާރުތަކެއް ތަންފީޒުކޮށް ހިންގުން؛

(ޅ) ދިވެހިރާއްޖޭގައި ބާއްވާ ގައުމީ އަދި ބައިނަލްއަގްވާމީ ޕެރަލިމްޕިކް މަލްޓިސްޕޯޓްސް ކުޅިވަރު މުބާރާތްތަކަށް ބިޑްކޮށް، އެފަދަ މުބާރާތްތަކާއި ހަރަކާތްތައް ރާވައި ހިންގުން.

 

ހިންގާ ގަވާއިދު 5-50.

މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ހިންގުމަށްޓަކައި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ހިންގާ ގަވާއިދެއް އެކަށައަޅާފައި އޮންނަންވާނެއެވެ. އަދި އެ ގަވާއިދުގައި އަންނަނިވި ކަންކަން ނުވަތަ އެކަންކަމާގުޅޭ އުސޫލުތައް ކަނޑައަޅަންވާނެއެވެ.

(ހ) މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ޒިންމާތައް އަދާކުރާނެ ޖެނެރަލް އެސެމްބްލީއާއި ހިންގާ ކޮމިޓީ؛ 

(ށ) މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ މެންބަރުންނާބެހޭ ކަންކަން؛

(ނ) މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އެކިއެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރާނެ ނުވަތަ އައްޔަންކުރާނެ ގޮތާއި، އެ މަގާމުތަކުގެ ޒިންމާތައް ހަވާލުކުރެވޭނެ ގޮތާއި އެ ޒިންމާތައް ހަވާލުކުރެވޭނެ މުއްދަތު؛ 

(ރ) މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އާންމު ޖަލްސާތަކާއި، އެ ޖަލްސާތައް ބޭއްވުމާއި، އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، އެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛

(ބ) މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އާންމު ޖަލްސާތަކާއި އެހެނިހެން ޖަލްސާތަކުގައި ވޯޓުދޭނެ ގޮތާއި، އެ ޖަލްސާތަކުގައި ކަންކަން ފާސްކުރެވޭނެގޮތް ނުވަތަ ކަންކަން ނިންމޭނެގޮތް؛

(ޅ) މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ހިންގާ ގަވާއިދަށް ބަދަލު ނުވަތަ އިސްލާހު ގެނެވޭނެގޮތް؛

(ކ) ޕެރަލިމްޕިކްސްގެ ދާއިރާގައި ދިމާވާ މައްސަލަތައް ކުޅިވަރު އާބިޓްރޭށަންގެ އުސޫލުން ހައްލުކުރާނެ ގޮތް؛

(އ) މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ހަރަކާތްތައް ނިމުމަކަށް ގެންނާނެގޮތާއި، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުވާލަން ޖެހިއްޖެނަމަ އަމަލުކުރާނެގޮތް.

 

އާމްދަނީއާއި މުދާ 6-50.

(ހ) މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއަށް ލިބޭ އާމްދަނީއާއި މުދަލާއި ތަކެތި ބޭނުންކުރަންވާނީ ހަމައެކަނި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ ކޮމިޓީގެ އޮފިށަލަކަށް ނުވަތަ މުވައްޒަފަކަށް ނުވަތަ މެންބަރަކަށް މަސައްކަތުގެ އުޖޫރައެއް ނުވަތަ އިނާޔަތެއްގެ ގޮތުން ފައިސާއެއް ދިނުން މި ގާނޫނު ހުރަހެއް ނާޅައެވެ. 

(ނ) މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބުތައް ހިމެނޭގޮތުން އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 7-50 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ގައުމީ ކުޅިވަރު މަޖިލީހަށާއި ކޮމިށަނަރ އޮފް ސްޕޯޓްސްއަށް މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ހުށަހަޅަންވާނެއެވެ.

 

އަހަރީ ރިޕޯޓު 7-50.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ވޭތުވެދިޔަ އަހަރުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ އެޕްރީލް މަސް ނިމުމުގެ ކުރިން ގައުމީ ކުޅިވަރު މަޖިލީހަށާއި ކޮމިށަނަރ އޮފް ސްޕޯޓްސްއަށް މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ހުށަހަޅަންވާނެއެވެ.

 

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ނިށާނާއި ސިއްކަ ބޭނުންކުރުން 8-50.

(ހ) މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއަށް ހާއްސ،ަ އެ ކޮމިޓީގެ ނިށާނާއި ސިއްކައެއް އޮންނަންވާނެއެވެ.

(ށ) މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ނުވަތަ އެ ކޮމިޓީން ހުއްދަ ދީފައިވާ ފަރާތަކުން މެނުވީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ނިށާން ނުވަތަ ސިއްކަ ބޭނުންކޮށްގެންނުވާނެއެވެ.

 

83 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ އަށްވަނަ ބާބު އެއީ އެ ގާނޫނުގެ ދިހަވަނަ ބާބުގެ ގޮތުގައި ހަމަޖެއްސުން.

 

84 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަސްލަހަތު ފުށުއެރުން 51.

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވޭ ކުޅިވަރު ޖަމްއިއްޔާއެއްގެ ނުވަތަ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނުވަތަ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މަގާމަކަށް ނުވަތަ މަސްއޫލުވެރި މަގާމަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، އެފަރާތެއް އަދާކުރާ ވަޒީފާއެއްގެ ހައިސިއްޔަތުން މަސްލަހަތު ފުށުއަރާ ހާލަތެއްގައި ހުރި އެއްވެސް ފަރާތަކަށް، އެފަދަ މަގާމުތަކަށް ކުރިމައްޗެއް ނުލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ މަސްލަހަތު ފުށުއެރުމެއް މެދުވެރިވާ ހާލަތުގައި އަމަލުކުރާނެ ގަވާއިދުތައް ހަދާނީ ކުޅިވަރާބެހޭ ގައުމީ މަޖިލީހުންނެވެ.

 

85 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

މައްސަލަ ހައްލުކުރުން 1-51.

(ހ) ދިވެހިރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އުފެދޭ ދެބަސްވުންތައް ހައްލުކުރަންވާނީ އާބިޓްރޭށަނުން ކަމުގައި، އެފަދަ ދެބަސްވުމެއްގައި ހިމެނޭ ބައިވެރިންގެ މެދުގައި ވެފައިވާ ކަމާބެހޭ އެއްބަސްވުމެއްގައި ބަޔާންކޮށްފައިވާނަމަ، އެފަދަ ދެބަސްވުމެއް ހައްލުކުރަންވާނީ، އެ އެއްބަސްވުމުގައި ބަޔާންކުރާ އާބިޓްރޭށަންގެ ފޯރަމަކަށް ހުށަހަޅައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އާބިޓްރޭށަންގެ އެއްބަސްވުމެއް ވެފައި ނެތް ހާލަތުގައި، އެފަދަ ދެބަސްވުންތައް ހައްލުކުރުމަށް، ކަމުގެ އިހްތިސާސް ލިބިގެންވާ ށަރުއީ ކޯޓަކަށް ނުވަތަ އެނޫންވެސް ޑިސްޕިއުޓް ރިސޮލިއުށަން ނިޒާމެއްގެ ދަށުން ހުށަހެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

86 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ކުޅިވަރާބެހޭ ގައުމީ މަޖިލީހުންނެވެ.

 

87 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) "ކުޅިވަރާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

 

88 ގާނޫނުގެ 54 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) "ކުޅިވަރާބެހޭ ވަޒީރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ. 

 

89 ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) "ވާދަވެރި އުސޫލުން ހިންގާ ކުޅިވަރު މުބާރާތް" ކަމަށް ބުނެފައި އެވަނީ، އިޖްތިމާއީ ބޭނުމަށް ނުވަތަ މުނިފޫހިފިލުވުމަށް ރާވައި ހިންގާ މުބާރާތްތައް ފިޔަވައި، ގައުމީ ކުޅިވަރު ފެޑެރޭށަންތަކުން ނުވަތަ އެސޯސިއޭށަންތަކުން އާންމުކޮށް ހުޅުވާލައިގެން، ރާވައި ހިންގާ ކުޅިވަރު މުބާރާތްތަކަށެވެ.

 

90 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން ހަތް އަކުރު އިތުރުކުރުން.

(ބ) "ވަޒީފާގެ ހައިސިއްޔަތުން މަސްލަހަތު ފުށުއެރުން" ކަމަށް ބުނެފައި އެވަނީ، ކުޅިވަރާބެހޭ ވުޒާރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން، އެފަރާތެއް އަދާކުރާ ވަޒީފާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުޅިވަރު ފެޑެރޭށަންތަކާއި ގައުމީ އަދި ސަރަހައްދީ އެސޯސިއޭށަނެއްގެ މަސްލަހަތަށް އެއްވެސް ގޮތަކުން އަސަރުކުރާނެ ކަމަކާ ގުޅޭގޮތުން ފިޔަވަޅު އެޅުމުގައާއި، ފެޑެރޭށަންތަކާއި ގައުމީ އަދި ސަރަހައްދީ އެސޯސިއޭށަންތަކާބެހޭ ކަންކަން ނިންމުމުގައި މަށްވަރާކުރުމާއި، ދިރާސާކުރުމާއި، އެފަދަ ނިންމުންތައް ނިންމާ ފަރާތްތަކަށް ލަފާދިނުން ނުވަތަ އެފަދަ ނިންމުންތައް ނިންމުންފަދަ ކަމެއްގައި އެއްވެސް ގޮތަކަށް ބައިވެރިވާންޖެހޭ ނުވަތަ ހަރަކާތްތެރިވާންޖެހޭ ފަދަ ވަޒީފާއެއްގައި ތިބޭ މުވައްޒަފެއް ކަމުގައިވުމަށާއި، އަދި ފެޑެރޭށަންތަކާއި ގައުމީ އަދި ސަރަހައްދީ އެސޯސިއޭށަންގެ ހިންގާ ކޮމިޓީތަކުގެ މެންބަރުން އެހެން ފެޑެރޭށަނެއް ނުވަތަ ގައުމީ އަދި ސަރަހައްދީ އެސޯސިއޭށަނެއްގެ ހިންގާ ކޮމިޓީއެއްގެ މެންބަރެއް ކަމުގައިވުމަށެވެ.

(ޅ) "ކުޅިވަރު ޖަމްއިއްޔާތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަޔާންކޮށްފައިވާ ޖަމްއިއްޔާތަކަށެވެ.

(ކ) "އޮފިށަލުން" ކަމަށް ބުނެފައި އެވަނީ، ޓީމުތަކަށް ކަނޑައަޅާ ކޯޗިންގ ސްޓާފުންނާއި، މެޑިކަލް ސްޓާފުންނާއި، މެނޭޖަރުންގެ އިތުރުން، ޓީމުގެ ހިންގުމުގައި ހަރަކާތްތެރިވާ އެނޫންވެސް އިދާރީ އަދި ފަންނީ އޮފިށަލުންނަށެވެ.

(އ) "ގައުމީ ކުޅިވަރު އެސޯސިއޭށަން" ކަމަށް ބުނެފައި އެވަނީ، ގައުމީ ފެންވަރުގައި ވަކި ކުޅިވަރެއް ފުރިހަމައަށް ހިންގުމުގެ ޒިންމާ އުފުލާ އެންމެ އިސްފަރާތަށެވެ.

(ވ) "ގައުމީ ކުޅިވަރު ފެޑެރޭށަން" ކަމަށް ބުނެފައި އެވަނީ، ގައުމީ ފެންވަރުގައި ވަކި ކުޅިވަރެއް ފުރިހަމައަށް ހިންގުމުގެ ޒިންމާ އުފުލާ އެންމެ އިސްފަރާތަށެވެ. އެއީ ކުޅިވަރު ގާނޫނުތަކާއި، އެ ކުޅިވަރެއްގެ ބައިނަލްއަގްވާމީ ޖަމްއިއްޔާއިން ބާރުލިބިދޭ ށަހްސެކެވެ.

(މ) "ކުޅިވަރު ކްލަބް" ކަމަށް ބުނެފައި އެވަނީ، ވާދަވެރި މުބާރާތްތަކުގައި ކުޅިވަރު ކުޅުމަށް ކުޅިވަރު ކްލަބްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

(ފ) "ކުޅިވަރު އެކަޑަމީ" ކަމަށް ބުނެފައި އެވަނީ، ކުޅުންތެރިންނަށް ތަމްރީނުދިނުމަށާއި، ވާދަވެރި މުބާރާތްތަކުގައި ކުޅިވަރު ކުޅުމަށް ކުޅިވަރު އެކަޑަމީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

 

91 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި ''މިނިސްޓްރީ'' ކަމަށް ބަޔާންކޮށްފައިވާ ތަންތަން ''ކުޅިވަރާބެހޭ ވުޒާރާ'' އަށް ބަދަލުކުރުން އަދި "މިނިސްޓަރު" ކަމަށް ބަޔާންކޮށްފައިވާ ތަންތަން "ކުޅިވަރާބެހޭ ވަޒީރު" އަށް ބަދަލުކުރުން.

 

92 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "ކްލަބް ޖަމްއިއްޔާ" މިފަދައިން ބަޔާންކޮށްފައިވާ އެންމެހައި އިބާރާތްތައް "ކުޅިވަރު ޖަމްއިއްޔާ" އަށް ބަދަލުކުރުން.

 

93 ވަނަ މާއްދާ -

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަން އުވުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަންގެ މުވައްޒަފުންގެ ގޮތުގައި ތިބި އެންމެހައި ފަރާތްތައް ކުޅިވަރާބެހޭ ވުޒާރާގެ މުވައްޒަފުން ކަމުގައި ހަމަޖެހުނީއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭށަންގެ މިލްކުވެރިކަމުގެދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާއާއި ވަސީލަތްތަކާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ކޯޕަރޭށަނަށް ލިބިދޭ ހައްގުތަކާއި މަންފާތައް، އަދި ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ކޯޕަރޭށަނުން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުޅިވަރާބެހޭ ވުޒާރާއަށް ބަދަލުވީއެވެ.

 

94 ވަނަ މާއްދާ -

މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

95 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވ،ެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު (ގާނޫނު ނަންބަރު 2015-30)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު