ޖިނާއީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-12) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2024-34)
(މި ގާނޫނަށް އަމަލުކުރަން ފަށާނީ 17 ޑިސެމްބަރު 2024 ގައި)
ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުށެއްގެ ތުހުމަތުގައިވާ، އެ މީހެއްގެ މައްޗަށް ޖިނާއީ ތަހްގީގެއް ފަށާފައިވާ މީހެއްގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އަޑުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާނެއް ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ނެގުމަށް އޭނާ އިންކާރުކޮށްފިނަމަ، މި ގާނޫނުގައި ހުއްދަކޮށްފައިވާ ގޮތުގެމަތިން ކޯޓު އަމުރެއްގެ ދަށުން އެ އެއްޗެއް ހޯދައި، އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.
2 ވަނަ މާއްދާ - ބުނެ ވިދިޔަ ގާނޫނުގެ ހަވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހަވަނަ ބާބު
ބަންދާމެދު ގޮތެއް ކަނޑައެޅުން
3 ވަނަ މާއްދާ - ބުބުނެވިދިޔަ ގާނޫނުގެ 61 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަފާލާތުގެ ހައްގު 61.
(ހ) ޖަލުގައި ބަންދުކުރުމުގެ އަދަބެއް ގާނޫނުގައި ކަނޑައެޅިފައިވާ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކީ، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ކޯޓުގައި އެދުމުގެ ހައްގު ލިބިގެންވާ މީހެކެވެ. އަދި ކަފާލާތުގެ ދަށުން ދޫކުރުމަށް ކޯޓުން ނިންމާފައިވާ މީހަކު އެއްވެސް ހާލެއްގައި ބަންދުގައި ބަހައްޓައިގެންނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކަށް، ކަފާލާތުގައި ދޫކޮށްދިނުމަށް އެދުމުގެ ހައްގު ލިބިގެނެއްނުވެއެވެ.
(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި ފަރާތަކީ ށަރުތަކާ ނުލައި ބަންދުން ދޫކުރަންޖެހޭ ފަރާތެއް ކަމަށް މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ފަރާތެއްނަމަ، އެ ފަރާތެއްގެ މައްޗަށް ހިނގާނީ ކަފާލާތުގެ އުސޫލުގެ ބަދަލުގައި، އެކަމާބެހޭ ހާއްސަ އުސޫލެކެވެ.
(ރ) ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިދެނީ، އޭނާ ބަންދުން ދޫކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަމާއި، ކަފާލާތުގެ ދަށުން ދޫކުރުމަށްފަހު ފުރިހަމަކުރަންޖެހޭ ކަންކަން ހިމެނޭހެން، ކަފާލާތުގެ ދަށުން ދޫކުރުމުގައި ފުރިހަމަކުރުމަށް ށަރުތުކުރެވޭ އެންމެހައި ކަންކަން ފުރިހަމަކުރާ ހާލަތުގައި އެކަންޏެވެ.
(ބ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކުށުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކީ އެއް ކުށަށްވުރެ ގިނަ ކުށުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ ފަރާތެއް ކަމުގައިވެފައި، ކަފާލާތުގެ ދަށުން އޭނާ ދޫކުރުމަށް ކޯޓުން ނިންމާފައިވަނީ ހަމައެކަނި އޭގެ ތެރެއިން އެންމެ ކުށަކާ ގުޅޭގޮތުން ކަމުގައިވާނަމަ، ބަންދުން ދޫކުރެވުމުގެ ހައްގު އޭނާއަށް ލިބިގެނެއްނުވެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 61 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.
ކަފާލާތުގެ ދަށުން ދޫކުރާއިރު ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަންކަން 1-61.
(ހ) މި ގާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކު ކަފާލާތުގެ ދަށުން ދޫކުރަންވާނީ، މި ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމާއެކު، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމައެވެ.
- އޭނާއަކީ އޭގެ ކުރިން ކަފާލާތުގެ ދަށުން ދޫކޮށް، ކޯޓުން ކަނޑައަޅާފައިވާ ށަރުތަކާ ނުވަތަ ކޯޓުގެ އަމުރަކާ ހިލާފުވެފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން؛
- މައްސަލައިގެ ށަރީއަތް ފެށުމަށް އެކަށީގެންވާ މިންވަރަށްވުރެ ގިނަ ވަގުތު ހޭދަވެދާނެކަން ނުވަތަ ނޫންކަން؛
- އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮވެދާނެ ބޮޑު ކުށެއް ކަމުގައިވެފައި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ، ކުށުގެ ށިކާރައަކަށްވީ ފަރާތަށް އިތުރު ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތް މިންވަރު؛
- އޭނާ އިތުރަށް ބަންދުގައި ބަހައްޓައިފިނަމަ، އޭނާއާ ދެކޮޅަށް ތުހުމަތުކުރެވޭ ކުށުގެ ދައުވާއަށް ދިފާއު ތައްޔާރުކުރުމަށް ނޭދެވޭ އަސަރުކޮށްފާނެ މިންވަރު؛ އަދި
- އޭނާ ކުރި ކުށުގެ ބާވަތަށް ބަލާއިރު، އަދި ތަހްގީގު މަރުހަލާގައި އޭނާ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އޭނާ ބަންދުން ޫކޮށްލައިފިނަމަ އޭނާ ފިލައިފާނެ ކަމުގެ އިހްތިމާލު ބޮޑުކަމަށް ބެލެވޭނެ ހާލަތްތަކެއް ވާކަން ނުވަތަ ނުވާކަން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެންމެހައި ކަންކަމަށް ވަކިވަކިން ރިއާޔަތްކުރުމާއެކު، ކުށުގެ ތުހުމަތުގައިވާ މީހާ ކަފާލާތުގެ ދަށުން ދޫކޮށްލަން ފަނޑިޔާރު ނިންމަންވާނީ، އޭނާ ބަންދުން ދޫކޮށްލުމަށް އޮތް މަސްލަހަތާއި، ކުށުގެ ށިކާރައަކަށްވީ ފަރާތުގެ މަސްލަހަތާ، އަދި/ނުވަތަ މުޖުތަމައުގެ އާންމު މަސްލަހަތާ އަޅައިބަލާއިރު، އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭގެ ސަބަބުން ކުށުގެ ށިކާރައަކަށްވީ ފަރާތުގެ މަސްލަހަތަށް އަދި/ނުވަތަ މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ކަމަށް ބުރަވެވޭ ސަބަބުތަކެއް ހުރިނަމައެވެ.
ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮވެދާނެ ބޮޑު ކުށެއް 2-61.
(ހ) މި ގާނޫނުގެ 1-61 ވަނަ މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކީ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮވެދާނެ ބޮޑު ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއް ކަމުގައިވާނަމަ، އޭނާ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް އޮތްކަން އޭނާއަށް ސާބިތުކޮށްދެވިއްޖެ ހާލަތެއްގައި މެނުވީ، އެފަދަ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކު ކަފާލާތުގެ ދަށުން ދޫކޮށްގެންނުވާނެއެވެ.
(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮވެދާނެ ބޮޑު ކުށެއް ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ.
- ޖިނާޔަތުގެ 1 ވަނަ އަދި 2 ވަނަ ދަރަޖައިގެ ކުށެއް؛
- އުމުރަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް؛
- ގެވެށި އަނިޔާގެ ބޮޑު އަމަލެއް އެކުލެވޭ ކުށެއް؛
- އަނިޔާވެރި އަމަލެއް އެކުލެވޭ ޖިނާއީ ބޮޑު ކުށެއް.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު މި ގާނޫނުގެ 61 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ދޫކުރުމުގައި އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ މީހަކު ދޫކުރެވިދާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ނ) ަންދުގައިވާ މީހަކު، ވަކި ށަރުތުތަކަކާއެކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން ނިންމާ ހާލަތުގައި، އެފަދައިން ކަނޑައަޅާ ށަރުތުތައް ވާންވާނީ، ކަފާލާތުގެ ދަށުން ދޫކޮށްލެވޭ މީހާގެ މައްޗަށް ކަނޑައެޅޭ، އެކަށީގެންވާ، އަދި އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ނިންމާ ސަބަބާ ސީދާގުޅޭ، އަމަލީގޮތުން ފުރިހަމަކުރެވޭނެ ށަރުތުތަކެއް ކަމުގައެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު މި ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކަފާލާތުގެ ދަށުން ދޫކުރުމަށް ކަނޑައަޅާނަމަ، ކުށުގެ ތުހުމަތުގައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު، ކޯޓުން ކަނޑައަޅާ އަދަދެއްގެ ފައިސާ ކަފާލާތުގެ ގޮތުގައި ބަހައްޓައިފިނަމަ، އޭނާ ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރުކުރެވިދާނެއެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(ބ) ޖިނާއީ ކުށެއް ސާބިތުވާކަމަށް ހުކުމްކޮށްފައިވާ މީހަކު މި ގާނޫނުގެ 1-201 ވަނަ މާއްދާގެ ދަށުން ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި ހުށަހަޅާ ހާލަތުގައި ކަފާލާތުގެ ގޮތުގައި ފައިސާ ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލުމަށް ފަނޑިޔާރު ކަނޑައަޅާނަމަ، ކުށެއް ސާބިތުވުމުގެ ކުރިން ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ކަފާލާތުގެ ގޮތުގައި ބެހެއްޓުމަށް ކޯޓުން ކަނޑައަޅާ ފައިސާގެ އަދަދަށްވުރެ މަތީ އަދަދެއް ފަނޑިޔާރަށް ކަނޑައެޅިދާނެއެވެ.
- ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށް ކޮށްފައިވާ ހާލަތާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން؛
- އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ؛
- އޭނާގެ ކުށުގެ ރެކޯޑު؛
- އޭނާ ހުށަހަޅާފައިވާ އިސްތިއުނާފަކީ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅައި، ކާމިޔާބުކުރެވޭނެ ކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް އިސްތިއުނާފެއްކަން؛
- އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ ކުޑަބޮޑުމިން؛
- އޭނާ ފިލައިފާނެ ކަމަށް ބެލެވޭ މިންވަރު.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ކަފާލާތުގެ ގޮތުގައި ފައިސާ ބަހައްޓާނެ އަދަދުތައް ކަނޑައަޅާނެ ގޮތުގެ އުސޫލުތަކާއި، އިޖުރާއަތު، މި ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކުރާ ކަފާލާތާގުޅޭ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 66 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
އަދަބު ކަނޑައަޅަންދެން ކަފާލާތުގެ ދަށުން ދޫކުރުން 1-66.
(ހ) ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހެއްގެ މައްޗަށް ށަރީއަތް ހިންގުމަށްފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ހުކުމްކޮށްފިނަމަ، ނުވަތަ ކުށަށް އިއުތިރާފުވުމުގެ ސަބަބުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވާކަމަށް ކޯޓުން ހުކުމްކޮށްފިނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގައި މެނުވީ، އޭނާ ކަފާލާތުގެ ދަށުން ދޫކޮށްގެންނުވާނެއެވެ.
(ށ) ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ހުކުމްކުރި ނަމަވެސް އޭނާގެ މައްޗަށް ކަނޑައަޅާ އަދަބު ކަނޑައަޅަނީ، މި ގާނޫނުގެ 160 ވަނަ މާއްދާގައިވާ ގޮތުގެމަތިން ށަރީއަތުގެ ވަކި މަޖިލީހެއްގައި ކަމަށްވާނަމަ، އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް މުހިންމު ކަމެއް ކަމުގައި މަދަނީ މިންގަނޑުން އޭނާ ކޯޓަށް ސާބިތުކޮށްދީފިނަމަ، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އޭނާ ކަފާލާތުގެ ދަށުން ދޫކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތެއް ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް މުހިންމު ކަމެއްކަން ސާބިތުކޮށްދިނުމުގެ ޒިންމާ އޮންނާނީ ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދޭ މީހާއަށެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތެއް ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް މުހިންމު ކަމެއް ކަމަށް ކަނޑައެޅުމުގައި، ކޯޓުން ރިއާޔަތްކުރަންވާނީ، މި ގާނޫނުގެ 1-61 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އެ ފަރާތް ބަންދުގައި ބެހެއްޓުމަކީ އެކަށީގެންނުވާ ބުރައެއް އެ ފަރާތުން އުފުލަން މެދުވެރިވާނެ ހާލަތެއްކަން އެ ފަރާތުން ކޯޓަށް ސާބިތުކޮށް ދީފައިވާކަމުގެ މައްޗަށެވެ.
(ބ) ކަފާލާތުގެ ދަށުން ދޫކޮށްލަން އެދޭ މީހާގެ މައްޗަށް ހުކުމްކުރާއިރު އޭނާގެ މައްޗަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ކަނޑައެޅެންނެތްނަމަ، އެ ހާލަތުގައި ކޯޓުން ބަލަންވާނީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ވަކިން މަޖިލީހެއް ބާއްވަންދެން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމުގައެވެ.
(ޅ) މި މާއްދާގެ ދަށުން މީހަކު ކަފާލާތުގެ ދަށުން ބަންދުން ދޫކުރުމަށް ކަނޑައެޅުމުގައި އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ނުވަތަ ށަރުތުތަކެއް ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
- އަދަބު ކަނޑައެޅުމަށް ބާއްވާ ށަރީއަތުގެ މަޖިލީހަށް ހާޒިރުވާންޖެހޭ ގަޑިއަށް ކޯޓަށް ހާޒިރުވުމަށް ލާޒިމުކޮށް އޭނާ ދޫކޮށްލުން؛
- އޭނާ ކުރި ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހާއާއި، އަދި އެ މައްސަލައިގައި ހެކިބަސް ދިން މީހުންނާ މުއާމަލާތްނުކުރުމާއި ބައްދަލުނުކުރުމަށް ލާޒިމުކޮށް އޭނާ ދޫކޮށްލުން؛
- ދަތުރުފަތުރުކުރުމާއި، އުޅޭނޫޅޭ ތަންތަނާއި، މީހުންނާ މުއާމަލާތްކުރުމާމެދު ކޯޓުން ކަނޑައަޅާ ގޮތަށް އަމަލުކުރުމަށް ލާޒިމުކޮށް އޭނާ ދޫކޮށްލުން؛
- ކަނޑައަޅާފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ގަވާއިދުން ރިޕޯޓު ކުރުމަށް ލާޒިމުކޮށް އޭނާ ދޫކޮށްލުން؛
- ގޭގައި ހުރުމަށް ކަނޑައަޅައި އަންގާފައިވާ ވަގުތުގައި އެގޮތަށް އަމަލުކުރުމަށް ލާޒިމުކޮށް އޭނާ ދޫކޮށްލުން؛
- ބަންދުން ދޫކޮށްލާފައި ހުންނައިރު އެއްވެސް ގާނޫނަކާ ހިލާފު އަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުމަށް ށަރުތުކުރުން؛
- އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ށަރީއަތް ކުރިއަށްގެންދިޔުމުގައި އޭނާ އެއްބާރުލުން ދޭނެކަން ކަށަވަރުކުރުމަށްޓަކައި، އެކަށީގެންވާ ގޮތެއްގައި ކޮންމެހެން ކަނޑައަޅަންޖެހޭ ށަރުތެއް ކަމުގައި ކޯޓަށް ފެންނަ އެނޫންވެސް ށަރުތެއް ފުރިހަމަކުރުމަށް ލާޒިމުކޮށް އޭނާ ދޫކޮށްލުން.
(ކ) މި މާއްދާގެ ދަށުން މީހަކު ކަފާލާތުގެ ދަށުން ދޫކުރާއިރު އޭނާ ނުވަތަ އޭނާގެ ބަދަލުގައި އެހެން ފަރާތަކުންވެސް ފައިސާ ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރުމަށް ށަރުތުކޮށްގެންނުވާނެއެވެ.
(އ) މި މާއްދާގެ ދަށުން މީހަކު ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް މުހިންމު ކަމެއް ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރިކަމުގައި އޭނާއަށް ކޯޓަށް ސާބިތުކޮށްދެވުނު ނަމަވެސް، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ށަރީއަތް ކުރިއަށްގެންދިޔުމުގައި އޭނާގެ އެއްބާރުލުން ނުލިބޭނެކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އަދި އެފަދައިން ށަރީއަތް ކުރިއަށްގެންދިޔުމަށް އެނޫން އެހެން ގޮތެއް ނެތް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، އޭނާ ބަންދުގައި ބެހެއްޓުމަށް ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 68 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަފާލާތުގެ ދަށުން ދޫކުރަން ނިންމާ ހާލަތުގައި ފުރުން މަނާކުރުން 68.
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހަކު ކަފާލާތުގެ ދަށުން ދޫކުރުމަށް ނިންމައި، މި ގާނޫނުގެ 64 ވަނަ މާއްދާ ނުވަތަ 65 ވަނަ މާއްދާ ނުވަތަ 66 ވަނަ މާއްދާ ނުވަތަ 1-66 ވަނަ މާއްދާގެ ދަށުން އަމުރެއް ކުރުމާ އެކުއެކީގައި، އެ މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު، ނުވަތަ ެނޫންވެސް ގޮތަކަށް އޭނާ ދިވެހިރާއްޖެއިން ބޭރަށްދިޔުން މަނާކުރުމުގެ އިހްތިޔާރު ނުވަތަ އޭނާ އެ ވަގުތަކު ހުރި ރަށް ނޫން އެހެން ރަށަކަށް ފުރައިގެންދިޔުން މަނާކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 72 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު މާއްދާ އިތުރުކުރުން.
އެކައުންޓްގައިވާ ފައިސާ އަވަސް ގޮތެއްގައި ހިފެހެއްޓުމާއި މުއާމަލާތްކުރުން ހުއްޓުވުން 1-72.
(ހ) ގާނޫނު ތަންފީޒުކުރާ އިދާރާއަށް ބޭންކް އެކައުންޓެއްގައިވާ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ބެލެވޭނަމަ ނުވަތަ އެފަދަ މައްސަލައެއް އެ އިދާރާއަށް ހުށަހެޅިއްޖެނަމަ، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ޖަމާކޮށްފައިވާ އެކައުންޓާއި، އެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ ށައްކުކުރެވޭ މުއާމަލާތްތައް ނިސްބަތްވާ އެނޫންވެސް އެކައުންޓްތަކުގައިވާ ފައިސާ އަވަސް ގޮތެއްގައި ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން އަވަސް ގޮތެއްގައި ހުއްޓުވުމަށް، މި ގާނޫނުގެ 2-72 ވަނަ މާއްދާގެ ދަށުން ގާއިމުކުރެވޭ ނިޒާމުގެ ތެރެއިން މާލީ އިދާރާއަށް އަންގަންވާނެއެވެ.
(ށ) ބޭންކް އެކައުންޓެއްގައިވާ ފައިސާ މި މާއްދާގެ ދަށުން އަވަސް ގޮތެއްގައި ހިފެހެއްޓޭނީ ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން އަވަސް ގޮތެއްގައި ހުއްޓުވޭނީ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ މުއްދަތަކަށެވެ.
(ނ) ބޭންކް އެކައުންޓެއްގައިވާ ފައިސާ މި މާއްދާގެ ދަށުން އަވަސް ގޮތެއްގައި ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން އަވަސް ގޮތެއްގައި ހުއްޓުވުމަށް ހުއްދަ ދެވޭނެ އޮފިސަރުން ގާނޫނު ތަންފީޒުކުރާ އިދާރާއިން ކަނޑައަޅަންވާނެއެވެ. އަދި އެފަދައިން ކަނޑައަޅާ އޮފިސަރުން ވާންވާނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއް ކަމުގައެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމެއް މާލީ އިދާރާއަކަށް ލިބުމުން، އެ އިދާރާއިން އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
- އެންގުން ނިސްބަތްވާ ބޭންކް އެކައުންޓްގައިވާ ފައިސާ ވަގުތުން ހިފެހެއްޓުން ނުވަތަ އެކައުންޓްގައިވާ ފައިސާއިން މުއާމަލާތްކުރުން ވަގުތުން ހުއްޓުވައި، އެކަން ގާނޫނު ތަންފީޒުކުރާ އިދާރާއަށް ވަގުތުން އެންގުން؛
- އެންގުން ނިސްބަތްވާ އެކައުންޓްތަކުގައިވާ ފައިސާއިން ހިންގާފައިވާ ށައްކުކުރެވޭ މުއާމަލާތާގުޅޭ އަންނަނިވި މައުލޫމާތު، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ވަގުތުން އެންގުން؛
- ށައްކުކުރެވޭ މުއާމަލާތުގެ ސަބަބުން ގެއްލުންވި ފަރާތުގެ ކާކުކަން އަންގައިދޭ ކާޑު ނަންބަރާއި ގުޅޭނެ މައުލޫމާތު؛
- ފައިސާ ދައުރުވި އެކައުންޓްތަކުގެ ނަންބަރާއި އެކައުންޓްތަކުގެ ވެރިފަރާތުގެ ކާކުކަން އަންގައިދޭ ކާޑު ނަންބަރާއި ގުޅޭނެ މައުލޫމާތު؛
- ށައްކުކުރެވޭ މުއާމަލާތުގައި ޖަމާވި ފައިސާގެ އަދަދާއި އޭގެ ތެރެއިން އެއްވެސް އަދަދެއްގެ ފައިސާއެއް ވިތްޑްރޯކޮށްފައިވާނަމަ، ފައިސާ ނެގި ތަނުގެ ނުވަތަ މެށިނުގެ މައުލޫމާތާއި، އޮޓޮމެޓިކް ޓެލަރއެއް މެދުވެރިކޮށް ނެގި ފައިސާއެއްނަމަ ފައިސާ ނެގި ވަގުތުގެ ސްނެޕްށޮޓް އަދި އެ ފައިސާ އެހެން ބޭންކެއްގެ އެކައުންޓަކަށް ޓްރާންސްފަރކޮށްފައިވާނަމަ، ެފަދައިން ޓްރާންސްފަރކޮށްފައިވާ ބޭންކާއި އެ ބޭންކްގެ އެކައުންޓް ނަންބަރު.
- އެންގުމުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެ އެންގުމާ ގުޅިގެން މި މާއްދާގެ ދަށުން އަޅާ ފިޔަވަޅުތަކާބެހޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން.
(ބ) މި މާއްދާގެ (ރ) ގެ ދަށުން މާލީ އިދާރާއިން ވަގުތުން ފޯރުކޮށްދޭ މައުލޫމާތުގެ އިތުރުންވެސް ގާނޫނު ތަންފީޒުކުރާ އިދާރާއިން ތަހްގީގުކުރަމުންދާ އެފަދަ ށައްކުކުރެވޭ މުއާމަލާތަކާގުޅޭ ތަހްގީގަކަށް މުހިންމު މައުލޫމާތެއް ނުވަތަ ލިޔުމެއްވާނަމަ، އެ މައުލޫމާތެއް ނުވަތަ ލިޔުމަކަށް އެ އިދާރާއަކުން އެދުމުން، މާލީ އިދާރާއިން އެ މައުލޫމާތެއް ނުވަތަ ލިޔުމެއް ފޯރުކޮށްދޭންވާނެއެވެ. އެފަދައިން ފޯރުކޮށްދޭ މައުލޫމާތު ނުވަތަ ލިޔުމުގެ ތެރޭގައި އަންނަނިވި މައުލޫމާތު ހިމެނެއެވެ.
- ފައިސާ ދައުރުވެފައިވާ އެކައުންޓްތަކުގެ ކޭ.ވައި.ސީ މައުލޫމާތު؛
- އެ އެކައުންޓްތަކުގެ އެކައުންޓް ސްޓޭޓްމަންޓް؛
- އެ އެކައުންޓްތަކުން އޮޓޮމެޓިކް ޓެލަރ މެށިން މެދުވެރިކޮށް ފައިސާ ނަގާފައިވާ ކްލޯޒްޑް-ސަރކިޓް ޓެލެވިޒަން ފުޓޭޖް އަދި އެ އެކައުންޓްތަކުގެ އޮޓޮމެޓިކް ޓެލަރ މެށިން ޖަރނަލް؛
- އެ އެކައުންޓްތަކުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކުގެ ތަފްސީލާއި އިންޓަރނެޓް ބޭންކިންގއަށް އެކްސެސްވުމަށް ބޭނުންކޮށްފައިވާ ޑިވައިސްތަކުގެ މައުލޫމާތާއި އައި.ޕީ. އެޑްރެސް.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމަކާ އެއްގޮތްވާ ގޮތުގެމަތިން މާލީ އިދާރާއަކުން އެއްވެސް ފަރާތެއްގެ ބޭންކް އެކައުންޓްގައިވާ ފައިސާ ހިފަހައްޓައިފިނަމަ ނުވަތަ އެކައުންޓްގައިވާ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވައިފިނަމަ، އެފަދައިން އެ އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުނުކަން ނުވަތަ އެ އެކައުންޓްގައިވާ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުނުކަން ވީ އެންމެ އަވަހަކަށް އެކައުންޓްގެ ވެރިފަރާތަށް އަންގަންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތްކަމަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް ގަބޫލުކުރެވޭ ހާލަތުގައި، އެކައުންޓްގެ ވެރިފަރާތަށް މި މާއްދާގެ (ޅ) ގެ ދަށުން މައުލޫމާތު ދޭންވާނީ، 12 (ބާރަ) ގަޑިއިރު ފަހުންނެވެ.
- އެ އެކައުންޓަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނިސްބަތްވާ އެކައުންޓަކަށްވެފައި، އެ އެކައުންޓްގައިވާ ފައިސާ ނައްތާލުމަށް ނުވަތަ އެހެން އެކައުންޓަކަށް އެ ފައިސާ ބަދަލުކުރުމަށް ކުށުގެ ތުހުމަތުކުރެވޭ މީހާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛
- އެ އެކައުންޓަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނިސްބަތްވާ އެކައުންޓަކަށްވެފައި، އެ މައުލޫމާތު ކުށުގެ ތުހުމަތުކުރެވޭ މީހާއަށް އަންގައިފިނަމަ ތަހްގީގަށް ހުރަސްއެޅޭފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބެލެވުން؛
- ކުށުގެ ތުހުމަތުކުރެވޭ މީހާ ފިލައިފާނެ ކަމަށް ބެލެވުން.
ރިއަލް-ޓައިމްގައި މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމު ގާއިމުކުރުން 2-72.
(ހ) މި ގާނޫނުގެ 72-1 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި މާލީ އިދާރާތަކާ ދެމެދު ރައްކާތެރިކަމާއެކު ރިއަލް-ޓައިމްގައި މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް މާލީ އިދާރާތަކުން ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނިޒާމު ގާއިމުކުރާނީ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ މަގްސަދު ހާސިލުވާނެ ގޮތުގެމަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ނ) މި މާއްދާގެ ދަށުން ގާއިމުކުރެވޭ ނިޒާމަކީ އަންނަނިވި ކަންކަން ހާސިލުކުރުމަށް މަގުފަހިކުރެވޭނެ ނިޒާމެއްކަން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި މާލީ އިދާރާތަކުން ކަށަވަރުކުރަންވާނެއެވެ.
- ބޭންކް އެކައުންޓެއްގައިވާ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ނުވަތަ އެކައުންޓްގައިވާ ފައިސާއިން ށައްކުކުރެވޭ މުއާމަލާތެއް ހިންގާކަމަށް މާލީ އިދާރާއަކަށް ބެލެވޭނަމަ، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ވަގުތުން އެންގުން؛
- އެކައުންޓްތަކުގައިވާ ފައިސާ އަވަސް ގޮތެއްގައި ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން އަވަސް ގޮތެއްގައި ހުއްޓުވުން؛
- ކަމާގުޅޭ ތަހްގީގުތަކާއި އަޅާފައިވާ ފިޔަވަޅުތަކުގެ ހާލަތު ރިއަލް-ޓައިމްގައި ދެނެގަނެވުން.
(ރ) މި މާއްދާގެ ދަށުން ގާއިމުކުރެވޭ ނިޒާމު މެދުވެރިކޮށް ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި މާލީ އިދާރާތަކާ ދެމެދު ބަދަލުކުރެވޭ މައުލޫމާތާއި، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެޅޭ ފިޔަވަޅުތަކުގެ ރެކޯޑުތައް، ގާނޫނު ތަންފީޒުކުރާ އިދާރާއިން ބަލަހައްޓަންވާނެއެވެ.
މާލީ އިދާރާއިން އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމާއި މުއާމަލާތްކުރުން ހުއްޓުވުން 3-72.
(ހ) މާލީ އިދާރާއަކަށް، ބޭންކް އެކައުންޓެއްގައިވާ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ބެލެވޭނަމަ، ނުވަތަ އެ އެކައުންޓްގައިވާ ފައިސާއިން ށައްކުކުރެވޭ މުއާމަލާތެއް ހިންގާކަމަށް ބެލެވޭނަމަ، ނުވަތަ އެފަދަ މައްސަލައެއް ވަކި ފަރާތަކުން ހުށަހެޅިއްޖެނަމަ، އެ ފައިސާ ޖަމާކޮށްފައިވާ އެކައުންޓާއި، އެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ ށައްކުކުރެވޭ މުއާމަލާތްތައް ނިސްބަތްވާ އެކައުންޓްތަކުގައިވާ ފައިސާ އަވަސް ގޮތެއްގައި ހިފަހައްޓައި ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން އަވަސް ގޮތެއްގައި ހުއްޓުވަންވާނެއެވެ.
(ށ) ބޭންކް އެކައުންޓެއްގައިވާ ފައިސާ މި މާއްދާގެ ދަށުން އަވަސް ގޮތެއްގައި ހިފެހެއްޓޭނީ ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން އަވަސް ގޮތެއްގައި ހުއްޓުވޭނީ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ މުއްދަތަކަށެވެ.
(ނ) މި މާއްދާގެ ދަށުން މާލީ އިދާރާއަކުން އެކައުންޓެއްގައިވާ ފައިސާ އަވަސް ގޮތެއްގައި ހިފަހައްޓައިފިނަމަ ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން އަވަސް ގޮތެއްގައި ހުއްޓުވައިފިނަމަ، މި ގާނޫނުގެ 2-72 ވަނަ މާއްދާގެ ދަށުން ގާއިމުކުރެވޭ ނިޒާމުގެ ތެރެއިން އެކަން ވަގުތުން ގާނޫނު ތަންފީޒުކުރާ އިދާރާއަށް އަންގަންވާނެއެވެ. އަދި އެ ފިޔަވަޅު އަޅަންޖެހުނު ސަބަބާއި، އެ މުއާމަލާތާގުޅޭ މި ގާނޫނުގެ 1-72 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ވަގުތުން ފޯރުކޮށްދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން މާލީ އިދާރާއަކުން ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޭ ނޯޓިހަކާ ގުޅިގެން މާލީ އިދާރާއިން ވަގުތުން ފޯރުކޮށްދޭ މައުލޫމާތުގެ އިތުރުންވެސް ގާނޫނު ތަންފީޒުކުރާ އިދާރާއިން ތަހްގީގުކުރަމުންދާ އެފަދަ ށައްކުކުރެވޭ މުއާމަލާތަކާގުޅޭ ތަހްގީގަކަށް މުހިންމު، މި ގާނޫނުގެ 1-72 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ މައުލޫމާތެއް ނުވަތަ ލިޔުމެއްވާނަމަ، އެ މައުލޫމާތެއް ނުވަތަ ލިޔުމަކަށް އެ އިދާރާއަކުން އެދުމުން، މާލީ އިދާރާއިން އެ މައުލޫމާތެއް ނުވަތަ ލިޔުމެއް ފޯރުކޮށްދޭންވާނެއެވެ.
އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމާއި މުއާމަލާތްކުރުން ދިގު މުއްދަތަކަށް ހުއްޓުވުމަށް ކޯޓު އަމުރު ހޯދުން 4-72.
މި ގާނޫނުގެ 1-72 ވަނަ މާއްދާ ނުވަތަ 3-72 ވަނަ މާއްދާގެ ދަށުން ބޭންކް އެކައުންޓެއްގައިވާ ފައިސާ ހިފަހައްޓައިފިނަމަ ނުވަތަ ބޭންކް އެކައުންޓެއްގައިވާ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވައިފިނަމަ، އަދި އެފަދައިން ހިފެހެއްޓި ނުވަތަ މުއާމަލާތްކުރުން ހުއްޓުވި ފައިސާ 48 (ސާޅީސްއަށެއް) ގަޑިއިރުގެ މުއްދަތަށްވުރެ އިތުރަށް ހިފެހެއްޓޭނީ ނުވަތަ ހުއްޓުވޭނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުން 73.
(ހ) މި ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ބަލާ ބެލުންތަކުން ނުވަތަ އެނޫންވެސް ގޮތަކުން ޖިނާއީ ތަހްގީގެއްގެ ތެރެއިން ލިބޭ މައުލޫމާތަކުން، ބޭންކް އެކައުންޓެއްގައިވާ ފައިސާއަކީ ޖިނާއީ ކުށަކާ ގުޅުންހުރި ފައިސާކަމަށް ގަބޫލުކުރެވޭނަމަ، އެ އެކައުންޓެއްގައިވާ ފައިސ،ާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް ކޯޓު އަމުރަކަށް އެދެވިދާނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 73 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން
(އ) މި މާއްދާގެ ދަށުން ކޯޓު އަމުރަކަށް އެދޭއިރު، ކުށުގެ އަމަލެއް ހިންގުމުގައި އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓް ބޭނުންކޮށްފައިވާ ހާލަތުގައި، އެ އެންމެހައި އެކައުންޓްތަކުގައިވާ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެއެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޒާތީ މުއާމަލާތް އިންޓަރސެޕްޓްކުރުން 74.
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހަކު ހިންގާ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބާވަތުގެ ޒާތީ މުއާމަލާތަކީ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށް މަގުފަހިވާ އެއްވެސް މައުލޫމާތެއް ހިމެނޭ މުއާމަލާތެއް ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، ކޯޓު އަމުރެއްގެ ދަށުން އެ މުއާމަލާތެއް އިންޓަރސެޕްޓްކުރުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.
- މީހުން މެރުމުގެ ކުށް؛
- އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް؛
- ޓެރަރިޒަމްގެ ކުށް؛
- މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛
- މީހުން ޓްރެފިކްކުރުމުގެ ކުށް؛
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛
- ގައުމީ ސަލާމަތާ ގުޅޭގޮތުން ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުފޫބާތު) ގައި ނުވަތަ ކަމާބެހޭ އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ޖިނާއީ ކުށް؛
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް؛
- ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުފޫބާތު) ގެ 246 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އަންނަނިވި ބާވަތުގެ ޒާތީ މުއާމަލާތ،ް މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންޓަރސެޕްޓްކުރުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.
- ޕޯސްޓް މެދުވެރިކޮށް ހިންގާ ޒާތީ މުއާމަލާތްތައް؛
- އިލެކްޓްރޯނިކް ނުވަތަ އެނޫން އެހެން ބާވަތެއްގެ މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް ހިންގާ ޒާތީ މުއާމަލާތްތައް.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޒާތީ މުއާމަލާތް އިންޓަރސެޕްޓްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހެޅޭނީ، ހަމައެކަނި އަންނަނިވި ކަންކަން ފުރިހަމަވެފައިވާ ހާލަތުގައެވެ.
- އިންޓަރސެޕްޓްކުރަން ބޭނުންވާ މުއާމަލާތް ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވުން؛
- އެ ފަރާތުގެ އެ މުއާމަލާތް އިންޓަރސެޕްޓްކޮށްގެން މެނުވީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ހެކި ލިބެންނެތް ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛
- އެ ފަރާތުގެ އެ މުއާމަލާތް އިންޓަރސެޕްޓްކުރުމުގެ ހުއްދައަށް އެދުމަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އިސްވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ހުއްދަ ދީފައިވުން.
(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޒާތީ މުއާމަލާތް އިންޓަރސެޕްޓްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު އެ ހުށަހެޅުމާއެކު އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- އިންޓަރސެޕްޓްކުރެވޭ މުއާމަލާތް ނިސްބަތްވާ މީހާގެ ނަމާއި އެޑްރެސް؛
- އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
- އޭނާ އެ ކުށް ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތައް؛
- އެ މުއާމަލާތް އިންޓަރސެޕްޓްކުރުމަށް ބޭނުންވާ މުއްދަތު؛
- އެ އަމުރުގެ ދަށުން ހުއްދަކުރާ އިންޓަރސެޕްށަން ހިންގުމުގައި ޒިންމާއުފުލާނެ ގާނޫނު ތަންފީޒުކުރާ އިދާރާގެ އިސް އޮފިސަރުގެ ނަމާއި މަގާމާއި ސަރވިސް ނަންބަރު؛ އަދި
- އެ އަމުރުގެ ދަށުން އިންޓަރސެޕްޓްކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތް.
(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޒާތީ މުއާމަލާތް އިންޓަރސެޕްޓްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު، މި މާއްދާގެ (ރ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މައުލޫމާތު އެނގެންނެތްނަމަ، އިންޓަރސެޕްޓްކުރުމަށް ގަސްދުކުރާ މުއާމަލާތް ހިންގާ ވަސީލަތުގެ ޔުނީކް އައިޑެންޓިފަޔަރ (ޔޫ.އައި.ޑީ)؛
- އެ އަމުރުގެ ދަށުން މުއާމަލާތެއް އިންޓަރސެޕްޓްކުރުމަށް ބޭނުންކުރާނެ ޑިވައިސްގެ ބާވަތް؛
- އެ މުއާމަލާތް އިންޓަރސެޕްޓްކޮށްގެން އެ ކުށާގުޅޭ ހެކި ލިބޭނެކަމަށް ގަބޫލުކުރެވޭ ސަބަބު؛
- އެ އަމުރުގެ ދަށުން އިންޓަރސެޕްޓްކުރުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތުގެ ހިދުމަތްދޭ ފަރާތް އެނގޭނަމަ، އެ ފަރާތް؛
- އެ އަމުރުގެ ދަށުން އިންޓަރސެޕްޓްކުރުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތަކީ ވަކި ތަނެއްގައި ހުރި މުވާސަލާތީ ވަސީލަތެއްނަމަ، ނުވަތަ ވަކި ތަނަކަށް ވަދެގެން މެނުވީ ވާސިލުނުވެވޭނެ ވަސީލަތެއްނަމަ، އެތަނެއް.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރެއް ނެރުމުގައި އަންނަނިވި ކަންކަން ފަނޑިޔާރު ކަށަވަރުކުރަންވާނެއެވެ.
- އިންޓަރސެޕްޓްކުރުމުގެ އަމުރު ނިސްބަތްވާ ފަރާތުން ކޮށްފައިވާ ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަކީ އެ އިދާރާއަކުން ތަހްގީގުކުރުމުގެ ބާރު ލިބިފައިވާ ކުށެއްކަން ޔަގީންކުރުން؛
- އިންޓަރސެޕްޓްކުރުމުގެ އަމުރު ނިސްބަތްވާ ފަރާތުން ކޮށްފައިވާ ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކަމުގައިވުން؛
- އިންޓަރސެޕްޓްކުރުމުގެ އަމުރު ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭކަން؛
- އެ މުއާމަލާތް އިންޓަރސެޕްޓްކޮށްގެން މެނުވީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ހެކި ލިބެންނެތް ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ވާކަން؛
- އެ މުއާމަލާތް އިންޓަރސެޕްޓްކުރުމުގެ ހުއްދައަށް އެދުމަށް އެ އިދާރާގެ އިސްވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ހުއްދަ ދީފައިވާކަން؛
- އެ މުއާމަލާތް އިންޓަރސެޕްޓްކުރުމަށް އެދޭ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްކަން؛ އަދި
- އަމުރަށް އެދޭ ގާނޫނު ތަންފީޒުކުރާ އިދާރާއަށް ކަމާގުޅޭގޮތުން އެހާތަނަށް ލިބިފައިވާ މައުލޫމާތާއި، އެ އަމުރު ނެރެދިނުމަށް އެކަށީގެންވާ ސަބަބެއް އޮތްތޯ ބެލުމަށް ފަނޑިޔާރަށް ބޭނުންވާނެ އެނޫންވެސް މައުލޫމާތު ލިބިފައިވާކަން.
(ކ) ޒާތީ މުއާމަލާތެއް އިންޓަރސެޕްޓްކުރުމުގެ އަމުރެއް، އެކަމަށް ކޮންމެހެން ބޭނުންވާ މުއްދަތަކަށް ކޯޓަށް ނެރެދެވިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ނެރޭ ފުރަތަމަ އަމުރެއްގެ މުއްދަތު، 90 (ނުވަދިހަ) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.
(އ) މި މާއްދާގެ (ކ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގެ މުއްދަތު އިތުރުކުރުމަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއިން ކޯޓަށް ހުށަހަޅައިފިނަމަ، އެފަދަ އަމުރެއް ނެރެދިނުމަށް ބާރުދޭ ހާލަތްތައް ދެމިއޮތްކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، ކޯޓަށް ހުށަހެޅިފައިވާ ކަންކަން އަލުން ބެލުމަށްފަހު، އެ އަމުރުގެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ. އެފަދައިން ކޯޓު އަމުރެއްގެ މުއްދަތު އިތުރުކޮށްދޭ ކޮންމެ ފަހަރަކު، 90 (ނުވަދިހަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އެ އަމުރު އިތުރުކޮށްދެވިދާނެއެވެ.
(ވ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- އަމުރު ނިސްބަތްވާ މީހާގެ ނަމާއި އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ބިދޭސީއެއްނަމަ، އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓް ނަންބަރާއި، ގައުމު؛
- އިންޓަރސެޕްޓްކުރަނީ މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ މުއާމަލާތެއްނަމަ، މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން، އިންޓަރސެޕްޓްކުރުމަށް ގަސްދުކުރާ މުއާމަލާތް ހިންގާ ވަސީލަތުގެ ޔުނީކް އައިޑެންޓިފަޔަރ (ޔޫ.އައި.ޑީ)؛
- އޭނާ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
- އެ އަމުރުގެ ދަށުން އިންޓަރސެޕްޓްކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތާއި، މުވާސަލާތީ ވަސީލަތާއި އަދި އެޑްރެސްތައް؛
- އެ މުއާމަލާތް އިންޓަރސެޕްޓްކުރުމަށް ހުއްދަކޮށްފައިވާ ތާރީހު ނުވަތަ ތާރީހުތައް، ނުވަތަ މުއްދަތު؛
- އެ އަމުރުގެ ދަށުން ހުއްދަކުރާ އިންޓަރސެޕްށަން ހިންގުމުގައި ޒިންމާއުފުލާނެ ގާނޫނު ތަންފީޒުކުރާ އިދާރާގެ އިސް އޮފިސަރުގެ ނަމާއި މަގާމާއި ސަރވިސް ނަންބަރު؛
- ކޯޓު އަމުރުގައި ބަޔާންކުރާގޮތް ފިޔަވައި އެހެން ގޮތަކަށް ނުވަތަ މަގްސަދަކަށް އެ އަމުރު ތަންފީޒުނުކުރެވޭނެކަން؛
- އަމުރު ނެރޭ ތާރީހާއި، ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި، އަދި ކޯޓުގެ ތައްގަނޑު؛ އަދި
- އެ އަމުރުގެ ދަށުން އިންޓަރސެޕްޓްކުރުމަށް ބޭނުންވާ މުއާމަލާތް ނިސްބަތްވާ މުވާސަލާތީ ވަސީލަތަކީ ވަކި ތަނެއްގައި ހުރި މުވާސަލާތީ ވަސީލަތެއްނަމަ، ނުވަތަ ވަކި ތަނަކަށް ވަދެގެން މެނުވީ ވާސިލުނުވެވޭނެ ވަސީލަތެއްނަމަ، އެތަނެއް.
(މ) މި މާއްދާގެ (ހ) ގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރުގެ ބޭނުންކުރެވޭނީ، މި މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ފ) މި މާއްދާގެ (ހ) ގެ ދަށުން އިންޓަރސެޕްޓްކުރެވޭ މައުލޫމާތަކާ ގުޅިގެން ހޯދޭ އެއްވެސް މައުލޫމާތެއް، އެ އިންޓަރސެޕްށަން ނިސްބަތްވާ ކުށަކާ ގުޅިގެން ހިންގާ ތަހްގީގެއްގެ ނުވަތަ ށަރީއަތެއްގެ ބޭނުމަށް މެނުވީ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން ހާމަކޮށްގެންނުވާނެއެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ހަ މާއްދާ އިތުރުކުރުން.
ސަބްސްކްރައިބަރ އިންފޮމޭށަން އަދި ކޮމިއުނިކޭށަންސް ޑޭޓާ ރިޓެއިންކުރުން 1-74.
(ހ) އަންނަނިވި މައުލޫމާތަކީ، ދިވެހިރާއްޖޭގައި ހިދުމަތް ފޯރުކޮށްދެމުންދާ އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރުން އަދި ޓެލެކޮމިއުނިކޭށަން ސަރވިސް ޕްރޮވައިޑަރުން ރިޓެއިންކުރުން ލާޒިމު މައުލޫމާތެވެ.
- އެ ހިދުމަތަކަށް ސަބްސްކްރައިބްކޮށްފައިވާ ފަރާތްތަކުގެ ސަބްސްކްރައިބަރ އިންފޮމޭށަން؛
- އެ ހިދުމަތަކާ ގުޅުންހުރި ކޮމިއުނިކޭށަންސް ޑޭޓ.ާ
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، "ކޮމިއުނިކޭށަންސް ޑޭޓާ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މައުލޫމާތު ދެނެގަތުމަށް މަގުފަހިކޮށްދޭ ޑޭޓާއަށެވެ.
- މުއާމަލާތެއް ފޮނުވާ ނުވަތަ ރައްދުވާ ފަރާތް؛
- މުއާމަލާތް ހިންގި ވަގުތު އަދި/ނުވަތަ އެ މުއާމަލާތުގެ ދިގުމިން؛
- މުއާމަލާތުގެ ބާވަތް ނުވަތަ މެތަޑް ނުވަތަ ޕެޓަރން ނުވަތަ އެ މުއާމަލާތެއް ކުރިކަމުގެ މައުލޫމާތު؛
- އެ މުއާމަލާތް ފޮނުވޭ ނުވަތަ މެދުވެރިކުރެވޭ ނުވަތަ ރައްދުކުރެވޭ ސިސްޓަމް ނުވަތަ ވަސީލަތް ހިމެނޭގޮތުން، އެ މުއާމަލާތެއް ޓްރާންސްމިޓްކުރެވޭ ޓެލެކޮމިއުނިކޭށަން ސިސްޓަމް ނުވަތަ އޭގެ ބައެއް؛
- މި އަކުރުގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ސިސްޓަމެއްގެ ލޮކޭށަން.
(ނ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން ބެލެހެއްޓުން ލާޒިމުވާ ޑޭޓާގެ ތެރޭގައި، ސަރވިސް ޕްރޮވައިޑަރެއްގެ ހިދުމަތް ހޯދާ ފަރާތުން އެކްސެސްކުރާ ނުވަތަ ޓްރާންސްމިޓްކުރާ އެއްވެސް ކޮންޓެންޓެއް ނުހިމެނޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މައުލޫމާތު ބެލެހެއްޓުން ލާޒިމުވާނީ، މަދުވެގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަކަށެވެ.
(ބ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މައުލޫމާތަކީ، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން މި ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި، އަދި މި ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އަންގާ ހާލަތުގައި، ސަރވިސް ޕްރޮވައިޑަރުން އެ އިދާރާއަކަށް ފޯރުކޮށްދިނުން ލާޒިމުވާނެ މައުލޫމާތެވެ.
(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ރިޓެއިންކުރާ ސަބްސްކްރައިބަރ އިންފޮމޭށަންގެ ތެރެއިން އަންނަނިވި މައުލޫމާތު، ގާނޫނު ތަންފީޒުކުރާ އިދާރާއިން އަންގާ ގޮތެއްގެމަތިން އެ އިދާރާއަށް ފޯރުކޮށްދިނުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
- ސަބްސްކްރައިބަރއަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
- ސަބްސްކްރައިބަރގެ ޕޯސްޓަލް ނުވަތަ ޖިއޮގްރަފިކް އެޑްރެސް؛
- ސަބްސްކްރައިބަރގެ ފޯނު ނަންބަރު އަދި އެނޫންވެސް (ޕާސްވަރޑަށްނުވާ) އެކްސެސް ނަންބަރުތައް.
ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒަރވްކުރުމާއި ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުން 2-74.
(ހ) ގާނޫނު ތަންފީޒުކުރާ އިދާރާއަށް އަންނަނިވި ހާލަތްތައް ވުޖޫދުގައިވާކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، ވަކި މީހެއްގެ ނުވަތަ ފަރާތެއްގެ އަތުގައި ނުވަތަ ބެލުމުގެ ދަށުގައި ހުރި ކޮމްޕިއުޓަރ ޑޭޓާ، ވަގުތުން ޕްރިޒަރވްކުރުމަށް އެ މީހެއްގެ ނުވަތަ އެ ފަރާތެއްގެ މައްޗަށް އަމުރުކުރެވިދާނެއެވެ.
- ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމެއްގައި ހިމެނޭ ވަކި ކޮމްޕިއުޓަރ ޑޭޓާއެއް، ވަކި ޖިނާއީ ތަހްގީގެއް ހިންގުމަށްޓަކައި ބޭނުންވުން؛ އަދި
- ގަސްދުގައި ނުވަތަ އޮޅުމަކުން އެ ޑޭޓާ ފޮހެލުމުގެ ނުވަތަ ފޮހެވުމުގެ، ނުވަތަ ގެއްލިގެންދިޔުމުގެ، ނުވަތަ މޮޑިފައިވުމުގެ ނުވަތަ އެ ޑޭޓާއަށް އެކްސެސްނުވެވޭގޮތްވުމުގެ ފުރުސަތު އޮތުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރެއް އޮންނަންވާނީ ލިޔުމުންނެވެ. އަދި އެ އަމުރު ނިސްބަތްވާ ފަރާތަކީ، ދިވެހިރާއްޖެއިން ބޭރުގެ ސަރވިސް ޕްރޮވައިޑަރެއް ކަމުގައިވާނަމަ، އެ އަމުރު އިނގިރޭސި ބަހުން ނެރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރެއް ނިސްބަތްވާ މީހަކަށް ނުވަތަ ފަރާތަކަށް، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް އެ އަމުރު ރައްދުކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރެއް ނިސްބަތްވާ މީހާއަށް ނުވަތަ ފަރާތަކަށް އެ އަމުރު ލިބުމުން، އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
- އެ އަމުރުގައި ބަޔާންކޮށްފައިވާ ޑޭޓާ ފޮހެވިފައިނުވާކަން، ނުވަތަ ގެއްލިފައިނުވާކަން، ނުވަތަ އެއަށް އެކްސެސް ކުރެވޭކަން ނުވަތަ ޑޭޓާއަށް ބަދަލެއް އައިސްފައިނުވާކަން ކަށަވަރުކުރުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
- ގާނޫނު ތަންފީޒުކުރާ އިދާރާއިން އަންގާ ޓެކްނިކަލް ރިކްވަޔަރމަންޓްތަކާ އެއްގޮތަށް، ޑޭޓާ ޕްރިޒަރވްކުރުން؛
- ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެއްބާރުލުން ދިނުމާއި، އެ އަމުރާ އެއްގޮތަށް އަމަލުކުރެވިފައިވާނަމަ، އަދި އެ ޑޭޓާ ޕްރިޒަރވްކުރުމާ ގުޅުންހުރި އެހެން ހާލަތްތަކެއްވާނަމަ، އެކަންކަން އެ އިދާރާއަށް އެންގުން؛ އަދި
- އެ އަމުރާއި އެ އަމުރު ތަންފީޒުކުރުމާބެހޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރަކީ ޓްރެފިކް ޑޭޓާއާ ގުޅިގެން ނެރެފައިވާ އަމުރެއްނަމަ، އެ އަމުރު ނިސްބަތްވާ ފަރާތުން، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ސަރވިސް ޕްރޮވައިޑަރުގެ މައުލޫމާތާއި، އެ މުއާމަލާތް ޓްރާންސްމިޓްވެގެން އައި މަގު ގާނޫނު ތަންފީޒުކުރާ އިދާރާއިން ެނެގަތުމަށް މަގުފަހިކޮށްދޭން ބޭނުންވާ އެކަށީގެންވާ މިންވަރެއްގެ ޓްރެފިކް ޑޭޓާ އެ އިދާރާއަށް ވަގުތުން ހާމަކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރެއް ގާނޫނު ތަންފީޒުކުރާ އިދާރާއިން ބަޔާންކުރާ މުއްދަތަކަށް ދެމިއޮންނާނެއެވެ. އެ މުއްދަތު، ފުރަތަމަ ހާލަތުގައި 90 (ނުވަދިހަ) ދުވަހުގެ މުއްދަތަށްވުރެ އިތުރުވެގެންނުވާނެއެވެ. އެހެންނަމަވެސް، ބޭނުންޖެހިއްޖެ ހާލަތެއްގައި، އެ އަމުރުގެ މުއްދަތު 90 (ނުވަދިހަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރެވިދާނެއެވެ.
ޕްރޮޑަކްށަން އަމުރު 3-74.
(ހ) އަންނަނިވި ކަންކަން ކުރުމުގެ އަމުރަކަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއިން ކޯޓަށް ހުށަހެޅުމުން، ކޯޓަށް އެފަދަ އަމުރެއް ނެރެވިދާނެއެވެ.
- ދިވެހިރާއްޖޭގައިވާ މީހެއް، ނުވަތަ ފަރާތެއް، ނުވަތަ ސަރވިސް ޕްރޮވައިޑަރެއްގެ އަތުގައި، ނުވަތަ ބެލުމުގެ ދަށުގައި ހުރި ކޮމްޕިއުޓަރ ޑޭޓާ ނުވަތަ ސަބްސްކްރައިބަރ އިންފޮމޭށަން، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހުށަހެޅުމަށް؛ ނުވަތަ
- ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކުރެވިފައިވީ ނަމަވެސް، ދިވެހިރާއްޖޭގައި ހިދުމަތް ފޯރުކޮށްދެމުންދާ ސަރވިސް ޕްރޮވައިޑަރެއްގެ އަތުގައި، ނުވަތަ ބެލުމުގެ ދަށުގައި ހުރި އެ ހިދުމަތްތަކާ ގުޅުންހުރި ކޮމްޕިއުޓަރ ޑޭޓާ ނުވަތަ ސަބްސްކްރައިބަރ އިންފޮމޭށަން، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހުށަހެޅުމަށް.
(ށ) ޕްރޮޑަކްށަން އަމުރަކަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކޯޓަށް ހުށަހަޅާއިރު އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- އަމުރު ނިސްބަތްވާ މީހާގެ، ނުވަތަ ފަރާތުގެ، ނުވަތަ ސަރވިސް ޕްރޮވައިޑަރުގެ މައުލޫމާތު؛
- ހޯދަން ބޭނުންވާ ކޮމްޕިއުޓަރ ޑޭޓާ ނުވަތަ ސަބްސްކްރައިބަރ އިންފޮމޭށަން ދެނެގަނެވޭނެ މައުލޫމާތު؛
- ހޯދަން ބޭނުންވާ ކޮމްޕިއުޓަރ ޑޭޓާ ނުވަތަ ސަބްސްކްރައިބަރ އިންފޮމޭށަންއާ ގުޅުންހުރި ފަރާތެއްވާނަމަ، އެ ފަރާތަކާބެހޭ މައުލޫމާތު؛
- ހޯދަން ބޭނުންވާ ކޮމްޕިއުޓަރ ޑޭޓާ ނުވަތަ ސަބްސްކްރައިބަރ އިންފޮމޭށަން، އެ އަމުރު ނިސްބަތްވާ ފަރާތެއްގެ އަތުގައި، ނުވަތަ ބެލުމުގެ ދަށުގައި ނުވަތަ ކޮންޓްރޯލްގެ ދަށުގައި ހުރިކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތައް؛
- ހޯދަން ބޭނުންވާ ކޮމްޕިއުޓަރ ޑޭޓާ ނުވަތަ ސަބްސްކްރައިބަރ އިންފޮމޭށަނާއި، ޖިނާއީ ތަހްގީގެއް ހިންގުމާ ގުޅުންހުރި ގޮތާއި ސަބަބު؛ އަދި
- އެ ޑޭޓާ ނުވަތަ މައުލޫމާތު އަވަސް ގޮތެއްގައި ބޭނުންވާނަމަ، އެކަން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރު ކޯޓުން ނެރެދޭންވާނީ، ޖިނާއީ ތަހްގީގެއް ހިންގުމުގެ މަގްސަދަށްޓަކައި، ކޮމްޕިއުޓަރ ޑޭޓާ ނުވަތަ ސަބްސްކްރައިބަރ އިންފޮމޭށަން ބޭނުންވާކަމަށް، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކޯޓަށް ގަބޫލުކުރެވޭ ހާލަތުގައެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރެއް، ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ނެރެގެން ނުވާނެއެވެ.
(ބ) ގާނޫނު ތަންފީޒުކުރާ އިދާރާއިން ޕްރޮޑަކްށަން އަމުރަކަށް އެދެނީ، އަންނަނިވި މައުލޫމާތު އެކުލެވޭ ކޮމްޕިއުޓަރ ޑޭޓާ ހޯދުމަށް ކަމަށްވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ަމުރެއް ނެރެންވާނީ، އެ މައުލޫމާތަށް އެކްސެސްވުމަށް ގާނޫނަކުން ހުއްދަކުރާ ހާލަތުގައި، އެ ގާނޫނަކުން ހުއްދަކުރާ މިންވަރަކަށެވެ.
- ގާނޫނީ، ނުވަތަ ސިއްހީ، ނުވަތަ ދީނީ، ނުވަތަ ނޫސްވެރިކަމާގުޅޭ، ނުވަތަ ބޭންކިންގއާގުޅޭ، ނުވަތަ އެނޫންވެސް ރެގިއުލޭޓްކުރެވިފައިވާ ޕްރޮފެށަނެއްގެ ހަރަކާތްތަކާ ގުޅިގެން ރައްކާކޮށްފައިވާ މައުލޫމާތު؛ އަދި
- ޕްރޮފެށަނަލް ސީކްރެސީ އެ މައްޗަށް ހިނގާ ނުވަތަ އެނޫންވެސް ގޮތަކުން ގާނޫނެއްގެ ދަށުން ގާނޫނީ އިމްތިޔާޒު ލިބިގެންވާ މައުލޫމާތު.
(ޅ) ޕްރޮޑަކްށަން އަމުރަކަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކޯޓަށް ހުށަހަޅާ ހުށަހެޅުމެއްގައި، އެ ޑޭޓާ ނުވަތަ މައުލޫމާތު އަވަސް ގޮތެއްގައި ބޭނުންވާކަމަށް ބަޔާންކޮށްފައިވާނަމަ، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އެ ހުށަހެޅުމާމެދު ކޯޓުން ގޮތެއް ނިންމަންވާނެއެވެ.
(ކ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ކޯޓު އަމުރެއް ރައްދުވާ މީހަކަށް ނުވަތަ ފަރާތަކަށް ނުވަތަ ސަރވިސް ޕްރޮވައިޑަރަކަށް އެ އަމުރެއް ލިބުމުން، އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
- އެ އަމުރުގައި ބަޔާންކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ ނުވަތަ ސަބްސްކްރައިބަރ އިންފޮމޭށަން އަވަސް ގޮތެއްގައި ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހުށަހެޅުން؛
- ގާނޫނު ތަންފީޒުކުރާ އިދާރާއިން އަންގާ ގޮތެއްގެމަތިން، އަދި އެ ފަރާތުން ބަޔާންކުރާ ޓެކްނިކަލް ރިކްވަޔަރމަންޓްތަކާ އެއްގޮތަށް، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ޑޭޓާ ނުވަތަ މައުލޫމާތު ހުށަހެޅުން؛
- އެ އަމުރާއި އެ އަމުރު ތަންފީޒުކުރުމާބެހޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން.
ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ ބަލައި ފާސްކުރުމާއި ޑޭޓާ ހިފެހެއްޓުން 4-74.
(ހ) ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމެއްގައި ހިމެނޭ ވަކި ކޮމްޕިއުޓަރ ޑޭޓާއަކީ، ޖިނާއީ ވަކި ތަހްގީގަކަށް ބޭނުންވާ ޑޭޓާއެއް ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އަންނަނިވި ކަންކަން ކުރުމުގެ އަމުރަކަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއިން ކޯޓަށް ހުށަހެޅުމުން، ކޯޓަށް އެފަދަ އަމުރެއް ނެރެވިދާނެއެވެ.
- އަންނަނިވި ތަކެތި ބަލައި ފާސްކުރުމަށް ނުވަތަ އެ ތަކެއްޗަށް އެކްސެސްވުމަށް:
- ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއްގެ ބައެއް އަދި އޭގައި ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ؛
- ކޮމްޕިއުޓަރ ޑޭޓާ ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމެއް.
- އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވާ ގޮތަށް، ކޮމްޕިއުޓަރ ޑޭޓާ ހިފެހެއްޓުމަށް:
- ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމްގެ ބައެއް ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމެއް ހިފެހެއްޓުން؛
- ކޮމްޕިއުޓަރ ޑޭޓާގެ ކޮޕީ ހެދުމާއި، އެ ކޮޕީ ބެހެއްޓުން؛
- ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާގެ އިންޓެގްރިޓީ ދެމެހެއްޓުން؛
- އެކްސެސްކޮށްފައިވާ ކޮމްޕިއުޓަރ ސިސްޓަމްގައި ހުރި ޑޭޓާއަށް އެކްސެސްނުވެވޭ ގޮތަށް އެ ޑޭޓާ އެ ސިސްޓަމުން ނެގުން.
(ށ) ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ ބަލައި ފާސްކުރުމަށާއި އެ ޑޭޓާ ހިފެހެއްޓުމުގެ އަމުރަކަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއިން ކޯޓަށް ހުށަހަޅާއިރު އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ބަލައި ފާސްކުރުމަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމްތަކުގެ މައުލޫމާތު؛
- ބަލައި ފާސްކުރުމަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމްތަކުގެ ވެރިފަރާތެއްވާނަމަ، އެ ފަރާތާބެހޭ މައުލޫމާތު؛
- ތަހްގީގަށް ބޭނުންވާ ހެކި، ބަލައި ފާސްކުރެވޭ ކޮމްޕިއުޓަރ ސިސްޓަމްގައި ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމްތަކުގައި ހުރިކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބު؛ އަދި
- އެ ޑޭޓާ ބަލައި ފާސްކުރުމަށްވުރެ ނުވަތަ ހިފެހެއްޓުމަށްވުރެ ލުއި ފިޔަވަޅެއް އަޅައިގެން ތަހްގީގަށް ބޭނުންވާ ހެކި ހޯދެން ނެތް ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބު.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރު ކޯޓުން ނެރެންވާނީ ޖިނާއީ ތަހްގީގެއް ހިންގުމުގެ މަގްސަދަށްޓަކައި، ކޮމްޕިއުޓަރ ސިސްޓަމެއްގައި ނުވަތަ ކޮމްޕިއުޓަރ ސިސްޓަމްގެ ބައެއްގައި ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމެއްގައި ހުރި ކޮމްޕިއުޓަރ ޑޭޓާ ބޭނުންވާކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކޯޓަށް ގަބޫލުކުރެވޭނަމައެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ބަލައި ފާސްކުރުމުގެ އަމުރެއް ނެރުމުގައި، ކުށުގެ ބާވަތަށާއި، ކުޑަބޮޑުމިނަށާއި، އެ ޑޭޓާ ބަލައި ފާސްކުރުމަށްވުރެ ނުވަތަ ހިފެހެއްޓުމަށްވުރެ ލުއި ފިޔަވަޅެއް އަޅައިގެން ތަހްގީގަށް ބޭނުންވާ ހެކި ހޯދުމަށް ފުރުސަތު އޮތް މިންވަރަށް ރިއާޔަތްކޮށް، އެފަދަ އަމުރެއް ނެރުމަކީ ހާލަތާ ބައްދަލ،ު އެކަށީގެންވާ ފިޔަވަޅެއްތޯ ކޯޓުން ބަލަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން އަމުރެއް ނެރެދިނުމަށް އެދެނީ، ގާނޫނީ، ސިއްހީ، ދީނީ، ނޫސްވެރިކަމާގުޅޭ، ބޭންކިންގއާގުޅޭ ނުވަތަ އެނޫންވެސް ގާނޫނަކުން ރެގިއުލޭޓްކުރެވިފައިވާ ޕްރޮފެށަނެއްގެ ހަރަކާތްތައް އެކުލެވިގެންވާ މައުލޫމާތު ހިމެނޭ ކޮމްޕިއުޓަރ ޑޭޓާއަކާ ގުޅިގެން ކަމަށްވާނަމަ، އަދި އެ ޑޭޓާގައި ހިމެނޭ މައުލޫމާތަކީ ގާނޫނުން ރައްކާތެރިކަން ލިބިދީފައިވާ މައުލޫމާތެއް ކަމަށްވާނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އެ މައުލޫމާތުގެ މައްޗަށް ހިނގާނެ ގާނޫނީ އިމްތިޔާޒުތަކުގެ ބާވަތާއި އެ އިމްތިޔާޒުތަކުގެ މިންވަރަށް، އަދި އެ ޑޭޓާ ގެންގުޅޭ ފަރާތަކީ ކުށް ކުރި ފަރާތަށް ނުވަތަ ކުށް ކުރުމަށް މަގުފަހިކުރުވި ފަރާތަށް ވުމުގެ ފުރުސަތު އޮތް މިންވަރަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ. އަދ،ި އެކަންކަމަށް ރިއާޔަތްކުރުމަށްފަހު، މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަމުރެއް ނެރުމަށް ނިންމައިފިނަމަ، އަންނަނިވި ކަންކަން ކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
- ބަލައި ފާސްކުރެވޭ ކޮމްޕިއުޓަރ ޑޭޓާގައި ހިމެނޭ މައުލޫމާތު ނިސްބަތްވާ ޕްރޮފެށަނަލް އޮގަނައިޒޭށަން ތަމްސީލުކުރުމަށް ކަނޑައެޅޭ ފަރާތެއްގެ ހާޒިރުގައި ބަލައި ފާސްކުރުން؛
- އެކްސެސްވެވެނީ ނުވަތަ ހިފެހެއްޓެނީ ހަމައެކަނި ތަހްގީގުގެ މަގްސަދަށް ބޭނުންވާ ޑޭޓާ ކަމުގައި ކަށަވަރުކުރުމަށް އެޅެން ހުރި އެންމެހައި އެކަށީގެންވާ ފިޔަވަޅެއް އެޅުން.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި، ގާނޫނު ތަންފީޒުކުރާ އިދާރާއަށް އަންނަނިވި ބާރުތައް ލިބިގެންވެއެވެ.
- އެ އަމުރު ތަންފީޒުކުރުމަށް ހޯދަންޖެހޭ އެހީތެރިކަމެއް ހޯދުމާއެކު އެ އަމުރު ތަންފީޒުކުރުމުގެ އިހްތިޔާރު؛
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށާއި އެއްބާރުލުން ދިނުމަށް، ކޮމްޕިއުޓަރ ސިސްޓަމްގެ ފަންކްށަނިންގ އެނގޭ ނުވަތަ އޭގައި ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އެނގޭ ކޮންމެ ފަރާތެއްގެ މައްޗަށް އަމުރުކުރުމުގެ އިހްތިޔާރު؛
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރު ނިސްބަތްވާ ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ވާސިލުވެވޭ ނުވަތަ އެ ސިސްޓަމުން އެކްސެސްކުރެވޭ ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ސިސްޓަމްތަކެއް ބަލައި ފާސްކުރުމުގެ ހައްގު.
(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، އެ އަކުރުގެ ދަށުން ކުރާ އަމުރެއް، ކުށުގެ ތުހުމަތުގައިވާ ފަރާތުގެ މައްޗަކަށް ނުކުރެވޭނެއެވެ.
(އ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާއިން، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) ގައި ބަޔާންކުރާ ފިޔަވަޅު އަޅަންވާނީ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެހެން ފިޔަވަޅުތައް ބޭނުންކޮށްގެން އެ ތަހްގީގުގެ މަގްސަދު ހާސިލުކުރެވެން އޮތްތޯ ބަލައި، އެފަދައިން އެކަން ހާސިލުކުރެވެން ނެތް ހާލަތުގައި އެކަންޏެވެ.
ޓްރެފިކް ޑޭޓާ ރިއަލް - ޓައިމްގައި ނެގުން 5-74.
(ހ) ޖިނާއީ ވަކި ތަހްގީގެއްގެ ބޭނުމަށް، ވަކި މުއާމަލާތަކާގުޅޭ ޓްރެފިކް ޑޭޓާއެއް ބޭނުންވާކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމުގެ އަމުރަކަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއިން ކޯޓަށް ހުށަހެޅުމުން، ކޯޓަށް އެފަދަ އަމުރެއް ނެރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަމުރެއް ނެރުމުގައި، އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
- ވަކި މުއާމަލާތަކާގުޅޭ ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމުގެ ނުވަތަ ރެކޯޑުކުރުމުގެ ބާރު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ދިނުން؛
- ވަކި މުއާމަލާތަކާގުޅޭ ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް ނުވަތަ ރެކޯޑުކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެހީތެރިވެދިނުމަށް ސަރވިސް ޕްރޮވައިޑަރަށް އަމުރުކުރުން؛ އަދި
- ވަކި މުއާމަލާތަކާގުޅޭ ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް ނުވަތަ ރެކޯޑުކުރުމަށް ސަރވިސް ޕްރޮވައިޑަރަށް އަމުރުކުރުމާއެކު، ކޯޓުން ނެރޭ އަމުރުގެ ސައްހަކަން ދެމިއޮތްހާ ހިނދަކު، ގާނޫނު ތަންފީޒުކުރާ އިދާރާއިން އެދުމުން އެ ޑޭޓާ އެ ފަރާތަށް ދިނުމަށް އަމުރުކުރުން.
(ނ) ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމުގެ އަމުރަކަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއިން ކޯޓަށް ހުށަހަޅާއިރު އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ނަގަން ބޭނުންވާ ޓްރެފިކް ޑޭޓާ ނިސްބަތްވާ މުއާމަލާތް އަންގައިދޭ މައުލޫމާތު؛
- އެ މުއާމަލާތުގައި ބޭނުންކޮށްފައިވާ އެންމެހައި ޑިވައިސްތަކުގެ ވެރިފަރާތް ނުވަތަ ވެރިފަރާތްތަކުގެ މައުލޫމާތު؛
- އެފަދައިން ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމުން ޖިނާއީ ވަކި ތަހްގީގަކަށް ހޯދަން ބޭނުންވާ ހެކި ލިބޭނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބު؛
- ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށްވުރެ ލުއި ފިޔަވަޅެއް އަޅައިގެން ތަހްގީގަށް ބޭނުންވާ ހެކި ހޯދެން ނެތް ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބު؛ އަދި
- ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް އެދޭ މުއްދަތު.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމުގެ އަމުރެއް ނެރުމުގައި، ކުށުގެ ބާވަތަށާއި، ކުޑަބޮޑުމިނަށާއި، ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށްވުރެ ލުއި ފިޔަވަޅެއް އަޅައިގެން ތަހްގީގަށް ބޭނުންވާ ހެކި ހޯދުމަށް ފުރުސަތު އޮތް މިންވަރަށް ރިއާޔަތްކޮށް، އެފަދަ އަމުރެއް ނެރުމަކީ ހާލަތާ ބައްދަލ،ު އެކަށީގެންވާ ފިޔަވަޅެއްތޯ ކޯޓުން ބަލަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމުގެ އަމުރެއްގެ މުއްދަތު 90 (ނުވަދިހަ) ދުވަހަށްވުރެ ދިގުނޫން، އެކަށީގެންވާ މުއްދަތަކަށް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އެފަދައިން ކޯޓުން ކަނޑައަޅާ މުއްދަތު އިތުރުކުރުމަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއިން ކޯޓަށް ހުށަހަޅައިފިނަމަ، އެ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ށަރުތުތައް އެގޮތުގައި ދެމިއޮތްކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، ކޯޓަށް ހުށަހެޅިފައިވާ ކަންކަމަށް އަލުން ބެލުމަށްފަހު، އެ އަމުރުގެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ. މިގޮތުން އިތުރުކޮށްދޭ މުއްދަތު އިތުރުކުރާ ކޮންމެ ފަހަރަކު، 90 (ނުވަދިހަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އެ އަމުރު އިތުރުކުރެވިދާނެއެވެ.
މާނަކުރުން 6-74.
(ހ) މި ގާނޫނުގެ 74 ވަނަ މާއްދާއިން ފެށިގެން 5-74 ވަނަ މާއްދާގެ ބޭނުމަށްޓަކައި، "އެކްސެސް" ނުވަތަ "ޑޭޓާއަށް އެކްސެސްވުން" އަށް ދީފައި އެވަނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުފޫބާތު) ގައި އެ އިބާރާތްތަކަށް ދީފައިވާ މާނަކުރުމެވެ.
(ށ) މި ގާނޫނުގެ 74 ވަނަ މާއްދާއިން ފެށިގެން 74-5 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގެ ބޭނުމަށްޓަކައި، "ކޮމްޕިއުޓަރ ސިސްޓަމް" އަދި "ޑިވައިސް" އަށް ދީފައި އެވަނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުފޫބާތު) ގައި އެ އިބާރާތްތަކަށް ދީފައިވާ މާނަކުރުމެވެ.
(ނ) މި ގާނޫނުގެ 74 ވަނަ މާއްދާއިން ފެށިގެން 4-74 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގެ ބޭނުމަށްޓަކައި، "ޑޭޓާ" ނުވަތަ "ކޮމްޕިއުޓަރ ޑޭޓާ" ނުވަތަ "ކޮންޓެންޓް ޑޭޓާ" އަށް ދީފައި އެވަނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުފޫބާތު) ގައި އެ އިބާރާތްތަކަށް ދީފައިވާ މާނަކުރުމެވެ.
(ރ) މި ގާނޫނުގެ 74 ވަނަ މާއްދާއިން ފެށިގެން 4-74 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގެ ބޭނުމަށްޓަކައި، "ސަރވިސް ޕްރޮވައިޑަރ" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ކޮމިއުނިކޭށަންގެ ހިދުމަތް ފޯރުކޮށްދޭ ޕަބްލިކް ނުވަތަ ޕްރައިވެޓް ކޮންމެ ފަރާތަކާއި، އެފަދަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ކޮމްޕިއުޓަރ ޑޭޓާ ރައްކާކޮށްދޭ ނުވަތަ ޕްރޮސެސްކޮށްދޭ އެހެން ކޮންމެ ފަރާތަކަށެވެ.
(ބ) މި ގާނޫނުގެ 74 ވަނަ މާއްދާއިން ފެށިގެން 5-74 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގެ ބޭނުމަށްޓަކައި، "ޓްރެފިކް ޑޭޓާ" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ސިސްޓަމެއް ބޭނުންކޮށްގެން ކޮށްފައިވާ ކޮމިއުނިކޭށަނެއްގައި، އެ ކޮމިއުނިކޭށަން ޖެނެރޭޓްކޮށްފައިވަނީ ކޮމްޕިއުޓަރ ސިސްޓަމަކުން ކަމުގައިވެފައި، އަދި އެ ސިސްޓަމަކީ އެ ކޮމިއުނިކޭށަންގެ ޗެއިންގެ ބައެއް ކަމުގައިވެފައި، އެ ސިސްޓަމް ބޭނުންކޮށްގެން ކޮށްފައިއެވާ ކޮމިއުނިކޭށަނާގުޅޭ، އެ ކޮމިއުނިކޭށަނެއް ފެށުނު ތަނާއި، އެ ކޮމިއުނިކޭށަނެއްގެ ޑެސްޓިނޭށަންއާއި، ރޫޓާއި، ވަގުތާއި، ތާރީހާއި، ކުޑަބޮޑުމިނާއި، ކުރުދިގުމިން ނުވަތަ އެ ކޮމިއުނިކޭށަން ހިންގުމަށް ބޭނުންކުރި ހިދުމަތް އަންގައިދޭ ކޮންމެ ކޮމްޕިއުޓަރ ޑޭޓާއަކަށެވެ.
(ޅ) މި ގާނޫނުގެ 74 ވަނަ މާއްދާއިން ފެށިގެން 5-74 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގެ ބޭނުމަށްޓަކައި، "ސަބްސްކްރައިބަރ އިންފޮމޭށަން" ކަމަށް ބުނެފައި އެވަނީ، ޓްރެފިކް ޑޭޓާ ނުވަތަ ކޮންޓެންޓް ޑޭޓާ ފިޔަވައި، ޑޭޓާގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކަށް ސަރވިސް ޕްރޮވައިޑަރ ބަލަހައްޓާ، އެ ފަރާތުގެ ހިދުމަތަށް ސަބްސްކްރައިބްކޮށްފައިވާ ހިދުމަތް ލިބިގަންނަ ފަރާތާ ގުޅޭގޮތުން އަންނަނިވި ކަންކަން ދެނެގަނެވޭނެފަދަ އެންމެހައި މައުލޫމާތަށެވެ.
- ބޭނުންކުރި މުވާސަލާތީ ވަސީލަތުގެ ބާވަތާއި އެއާގުޅޭ ޓެކްނިކަލް ޕްރޮވިށަންތައް އަދި ހިދުމަތުގެ މުއްދަތު؛
- ހިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނުވަތަ އެނޫންވެސް ހަމަޖެހިފައިވާ އިންތިޒާމެއްގެ ދަށުން، ސަބްސްކްރައިބަރއަކީ ކޮން ފަރާތެއްކަން އަންގައިދޭ މައުލޫމާތާއި، އެ ފަރާތުގެ ޕޯސްޓަލް އެޑްރެސް ނުވަތަ ޖިއޮގްރަފިކަލް އެޑްރެހާއި، ފޯނު ނަންބަރާއި އެނޫންވެސް އެކްސެސް ނަންބަރުތަކާއި، ބިލިންގ އަދި ޕޭމަންޓް އިންފޮމޭށަން؛
- ހިދުމަތް ހޯދުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނުވަތަ އެނޫންވެސް ހަމަޖެހިފައިވާ އިންތިޒާމެއްގެ ދަށުން މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ އާލާތް ހަރުކޮށްފައިވާ ސައިޓުން ލިބެން ހުރި އެހެނިހެން މައުލޫމާތު.
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 94 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބަންދުގައިވާ މީހުންގެ މައްޗަށް ދައުވާކުރުމުގެ މުއްދަތު 94.
(ހ) ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ)، ނުވަތަ (ކ) ގެ ދަށުން ބަންދުކޮށްފައިވާ މީހެއްނަމަ، އޭނާ މި ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައިއެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދައުވާއެއް އުފުލަންވާނެއެވެ.
17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 94 ވަނަ މާއްދާގެ (ށ) އުނިކުރުން.
18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު މި ގާނޫނުގެ 60 ވަނަ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ބަންދުން ދޫކޮށްލާފައިވާ މީހެއްނަމަ، ނުވަތަ އެ މާއްދާގެ (ބ) ގެ ދަށުން ބަންދުކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދައުވާއެއް އުފުލަންވާނެއެވެ.
19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 94 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ބ) މި މާއްދާގެ (ހ) އަދި (ނ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ނުވަތަ (ނ) ގައި ބަޔާންކުރާ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދޭ މުއްދަތު، 60 (ފަސްދޮޅަސް) ދުވަހަށްވުރެ އިތުރުވެ ގެންނުވާނެއެވެ. އަދި މުއްދަތު އިތުރުކޮށްދޭއިރު، އިތުރުކޮށްދެވޭނީ ފަހަރަކު 15 (ފަނަރަ) ދުވަހަށްވުރެ ދިގުނުވާނެ ގޮތަށެވެ.
20 ވަނަ މާއްދާ - ބުބުނެވިދިޔަ ގާނޫނުގެ 94 ވަނަ މާއްދާގެ (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ފ) އާ ހެކި ލިބުމާ ގުޅިގެން މި މާއްދާގެ (ވ) ގެ ދަށުން މީހެއްގެ މައްޗަށް ދައުވާ އުފުލާނަމަ، އެ ހާލަތުގައިވެސް އެފަދަ ދައުވާއެއް ކުރެވޭނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުފޫބާތު) ގެ 61 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، ކުށް ކުރި ވަގުތުން ފެށިގެން 8 (އަށެއް) އަހަރު ދުވަސް ނުވަތަ ޖުނަހުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، އެ ކުށް ކުރި ވަގުތުން ފެށިގެން 3 (ތިނެއް) އަހަރު ދުވަސް ފާއިތުވެފައިނުވާނަމައެވެ.
21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 94 ވަނަ މާއްދާގެ (ތ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ލ) މި މާއްދާގެ ބޭނުމަށްޓަކައި، ތަހްގީގު ފުރިހަމަކުރުމަށާއި ދައުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ގުނުމުގައި، ދައުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ބެލެވޭނީ، ތަހްގީގު ފުރިހަމަކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިދޭ މުއްދަތާއި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭ މުއްދަތާއި މި ދެ މުއްދަތު ޖުމްލަކޮށް ހަމަވެފައިވާނަމައެވެ.
22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 198 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިސްތިއުނާފުކުރުމަށް ހުށަހެޅުން 198.
(ހ) މި ގާނޫނުގައި ނުވަތަ ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޖިނާއީ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ނިންމާ އަންނަނިވި ނިންމުންތައް، އެ ނިންމުމެއް އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މަތީ މަރުހަލާގެ ކޯޓަކަށް މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ.
- ހުކުމްތައް؛
- ކޯޓު އަމުރު؛
- ށަރީއަތުގެ ކުރިން ނިންމާ ނިންމުންތައް.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، "ށަރީއަތުގެ ކުރިން ނިންމާ ނިންމުން" ކަމަށް ބުނެފައި އެވަނީ، ދައުވާއެއް މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާ ނިންމުންތަކާއި، ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ނިންމާ ނިންމުންތަކަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުކުމް ނުވަތަ ކޯޓު އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ނިންމުން އިސްތިއުނާފުކުރުމުގެ ހައްގު ލިބިގެންވެއެވެ.
23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 198 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ހަ މާއްދާ އިތުރުކުރުން.
އިސްތިއުނާފުކުރުމުން ހުކުމް ތަންފީޒުކުރުން ފަސްނުވުން 1-198.
(ހ) ދަށު ކޯޓެއްގެ ނިންމުމެއް އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުނު ކަމުގައިވީ ނަމަވެސް، އެ ހުކުމެއްގެ ގާނޫނީ ނަތީޖާ ނުވަތަ އެ ހުކުމް ތަންފީޒުކުރުން ފަސްވެގެނެއްނުދާނެއެވެ.
(ށ) ދަށު ކޯޓެއްގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ދައުވާ ލިބޭ މީހާ އެދޭނަމަ، އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް، އޭނާ ވަކިން ކޯޓަށް ުށަހަޅަންވާނެއެވެ.
އިސްތިއުނާފުކުރެވިދާނެ ހާލަތްތައް 2-198.
(ހ) މި ގާނޫނުގެ 198 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިންމުންތަކުގެ ތެރެއިން ނިންމުމެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ، އެ ނިންމުމެއް ގާނޫނުއަސާސީއާ، ނުވަތަ ގާނޫނަކާ، ނުވަތަ ށަރުއީ އުސޫލަކާ ހިލާފުވެގެން ނުވަތަ އެ ނިންމުމެއްގައި ކޯޓުން ގާނޫނު މާނަކޮށްފައިވަނީ ނުވަތަ ގާނޫނު ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްވެފައި، އެކަމުގެ ސަބަބުން މައްސަލައިގެ ނިންމުމަށް އަސަރުކޮށްފައިވާނަމައެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ށަރީއަތުގެ މަރުހަލާގައި ކަނޑައަޅާފައިވާ އިޖުރާއަތާ ހިލާފަށް ހިނގާފައިވާ ކަމެއް އެ ކޯޓުގައި ހިނގިއިރު މައްސަލައިގައި ހިމެނޭ ފަރާތަކުން އެކަން ފާހަގަކުރުމަށްފަހުގައިވެސް ކޯޓުން މައްސަލަ ނިންމިއިރު އެކަމަށް ރިއާޔަތްކޮށްފައިނުވާނަމަ، އަދި އެކަމެއްގެ ސަބަބުން ސީދާ މައްސަލައިގެ ނިންމުމަށް އަސަރުކޮށްފައިވާކަމަށް މައްސަލައި ގެ ހަސްމަކަށް ގަބޫލުކުރެވޭނަމަ މަތީ މަރުހަލާގެ ކޯޓެއްގައި އެ މައްސަލައެއް އިސްތިއުނާފުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތުތައް 3-198.
(ހ) މި ގާނޫނުގެ 198 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ދަށު ކޯޓަކުން ކޮށްފައިވާ ހުކުމެއް، ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ އެ ހުކުމްކުރާ ތާރީހުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އެ މުއްދަތުގެ ތެރޭގައި ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހަވާލުކުރާ ތާރީހުން ފެށިގެންނެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ ހުލާސާއަށް ބިނާކޮށް އިސްތިއުނާފުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ރ) މި މާއްދާގެ (ހ) ގައި އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހަވާލުކޮށްފައިނުވާނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން އެކަން އިސްތިއުނާފުކުރާ ފަރާތުންޔުމުން ހައިކޯޓަށް އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، އެ މައްސަލައެއް އިސްތިއުނާފުކުރެވިފައި ނުވަނީ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އަދި ދަށު ކޯޓުގެ ނިންމުން ނިންމި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހަޅާފައިވާނަމަ، ހައިކޯޓަށް އިސްތިއުނާފުކުރެވިދާނެއެވެ.
(ޅ) މި ގާނޫނުގެ 198 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކޯޓު އަމުރެއް ނުވަތަ ކޯޓުގެ ނިންމުމެއް، އެ އަމުރެއް ނެރ،ޭ ނުވަތަ އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރެވިދާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 198 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކޯޓު އަމުރެއް ނުވަތަ ކޯޓުގެ ނިންމުމެއް ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނަމަ، އެ އަމުރެއް ނުވަތަ ނިންމުމެއް ނެރޭ ތާރީހުން ފެށިގެން ރަސްމީ މަސައްކަތު 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ އަމުރެއް އިސްތިއުނާފުކުރަންވާނެއެވެ.
(އ) މި މާއްދާގެ (ޅ) ނުވަތަ (ކ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގެ އިދާރީ ކަންކަން ފުރިހަމަކޮށް، އެ މައްސަލައެއް ކޯޓަށް ލިބޭތާ 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި މައްސަލަ ރަޖިސްޓަރީކުރުމާމެދު ގޮތެއް ނިންމަންވާނެއެވެ.
(ވ) މި މާއްދާގެ (ޅ) ނުވަތަ (ކ) ގައިވާ ގޮތުގެމަތިން ކޯޓު އަމުރެއް ނުވަތަ ކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރުމުން، އެފަދައިން އިސްތިއުނާފުކުރާ ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އަމުރާމެދު ނުވަތަ އެ ނިންމުމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ 14 (ސާދަ) ދުވަހުގެ މުއްދަތު ގުނާނީ، މައްސަލަ ރަޖިސްޓަރީކުރާ ތާރީހުން ފެށިގެންނެވެ. އަދި އެ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތުތައް 4-198.
(ހ) މި ގާނޫނުގެ 198 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ހައިކޯޓުން ކޮށްފައިވާ ހުކުމެއް، ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ އެ ހުކުމްކުރާ ތާރީހުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ މުއްދަތުގެ ތެރޭގައި ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހަވާލުކުރާ ތާރީހުން ފެށިގެންނެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ ހުލާސާއަށް ބިނާކޮށް އިސްތިއުނާފުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ރ) މި މާއްދާގެ (ހ) ގައި އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހަވާލުކޮށްފައިނުވާނަމަ، ެ މުއްދަތު ހަމަވުމުގެ ކުރިން އެކަން އިސްތިއުނާފުކުރާ ފަރާތުން ލިޔުމުން ސުޕްރީމް ކޯޓަށް އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، އެ މައްސަލައެއް އިސްތިއުނާފުކުރެވިފައި ނުވަނީ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އަދި ދަށު ކޯޓުގެ ނިންމުން ނިންމި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހަޅާފައިވާނަމަ، އެ މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިދާނެއެވެ.
(ޅ) މި ގާނޫނުގެ 198 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކޯޓު އަމުރެއް ނުވަތަ ކޯޓުގެ ނިންމުމެއް، އެ އަމުރެއް ނެރ،ޭ ނުވަތަ އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ިސްތިއުނާފުކުރެވިދާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 198 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކޯޓު އަމުރެއް ނުވަތަ ކޯޓުގެ ނިންމުމެއް، ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނަމަ، އެ އަމުރެއް ނުވަތަ ނިންމުމެއް ނެރޭ ތާރީހުން ފެށިގެން ރަސްމީ މަސައްކަތު 7 (ހަތެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރަންވާނެއެވެ.
(އ) މި މާއްދާގެ (ޅ) ނުވަތަ (ކ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގެ އިދާރީ ކަންކަން ފުރިހަމަކޮށް، އެ މައްސަލައެއް ކޯޓަށް ލިބޭތާ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި މައްސަލަ ރަޖިސްޓަރީކުރުމާމެދު ގޮތެއް ނިންމަންވާނެއެވެ.
(ވ) މި މާއްދާގެ (ޅ) ނުވަތަ (ކ) ގައިވާ ގޮތުގެމަތިން ކޯޓު އަމުރެއް ނުވަތަ ކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރުމުން، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އަމުރާމެދު ނުވަތަ އެ ނިންމުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ 14 (ސާދަ) ދުވަހުގެ މުއްދަތު ގުނާނީ، މައްސަލަ ރަޖިސްޓަރީކުރާ ތާރީހުން ފެށިގެންނެވެ. އަދި އެ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
އިސްތިއުނާފު ހުށަހެޅުން 5-198.
(ހ) ކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހަޅާނީ، އެކަމަށްޓަކައި އިސްތިއުނާފީ ކޯޓުން ކަނޑައަޅާފައިވާ ފޯމެއް މެދުވެރިކޮށް އިސްތިއުނާފީ ކޯޓަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުމުގައި، އިސްތިއުނާފު ބިނާކޮށްފައިވާ ނުކުތާތަކާއި، އޭގެ ގާނޫނީ ސަބަބުތަކާއި، އެ ފަރާތުން އެދެނީ ހުކުމް ނުވަތަ ނިންމުން ބާތިލުކުރަންކަން ނުވަތަ އިސްލާހުކުރަންކަން ބަޔާންކުރަންވާނެއެވެ. އަދ،ި މައްސަލަ ބެލި ކޯޓުގެ ނަމާއި، މައްސަލައިގައި ހިމެނޭ ފަރާތްތަކާއި، ހުކުމް ކުރެވުނު ތާރީހު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) އިސްތިއުނާފުކުރަން ހުށަހަޅާ ހުށަހެޅުމަކާއެކު، ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ ކޮޕީއެއް ހުށަހެޅުން ލާޒިމެއް ނޫނެވެ.
(ރ) އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނީ، މި ބާބުގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވުމުގެ ކުރިންނެވެ.
އިސްތިއުނާފު ބަލައިގަތުން 6-198.
(ހ) މި ގާނޫނުގެ 198-5 ވަނަ މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅުމާއެކު، އެ މައްސަލައިގެ އިސްތިއުނާފު ބަލައިގަތުމާ ބެހޭގޮތުން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހެޅިފައިވާ ކޯޓުން ވަކި ގޮތެއް ނިންމަންވާނެއެވެ.
(ށ) ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އިސްތިއުނާފުކުރެވޭ މައްސަލައެއް ބަލައިގަތުމާ ބެހޭގޮތުން ގޮތެއް ނިންމާނީ، އަޑުއެހުމަކާ ނުލައެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މައްސަލައިގެ އިސްތިއުނާފާ ގުޅޭގޮތުން ނިންމާ ނިންމުން، އިސްތިއުނާފުކުރާ ފަރާތަށް ލިޔުމުން އިސްތިއުނާފު ހުށަހެޅިފައިވާ ކޯޓުގެ ރަޖިސްޓްރާރ އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ނިންމާ ނިންމުމަކީ އިސްތިއުނާފު ބަލައިނުގަތުން ކަމުގައިވާނަމަ، އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ނިންމުން އަލުން މުރާޖައާކޮށްދިނުން އެދި އެ ކޯޓަށް ހުށަހެޅުމުގެ ހައްގު އިސްތިއުނާފުކުރާ
ފަރާތަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ރަޖިސްޓްރާރގެ ނިންމުމާމެދު ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމުމުގައި އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، އަޑުއެހުމެއް ބޭއްވުމަށްފަހު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހެއް ހޯދައިގެން މެނުވީ އެ މައްސަލަ އިސްތިއުނާފުކުރުމާމެދު އިންސާފުވެރި ގޮތެއް ނިންމިދާނެކަމަށް ފަނޑިޔާރުންނަށް ގަބޫލުނުކުރެވޭ ހާލަތުގައި އެފަދަ އަޑުއެހުމެއް ބޭއްވުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ޅ) އިސްތިއުނާފު ބަލައިގަތުމާ ބެހޭގޮތުން އަޑުއެހުމެއް ބާއްވާނަމަ، އެކަން މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް އަންގަންވާނެއެވެ. އަދި އަޑުއެހުން ތާވަލުކުރެވޭ ވަގުތާއި ތާރީހު އަންގަންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގެ ދަށުން އަޑުއެހުމެއް ބާއްވާނަމަ،އެ އަޑުއެހުމަށްފަހު، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އިސްތިއުނާފު ބަލައިގަތުމާމެދު ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމަންވާނެއެވެ.
(އ) މި މާއްދާގެ ދަށުން ރަޖިސްޓްރާރގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ހައިކޯޓަށް ކަމަށްވާނަމަ، އަދި މި މާއްދާގެ (ކ) ގައި ބަޔާންކުރާ މަރުހަލާއަށް ފަހުގައި އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިނަމަ، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހައްގު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވެއެވެ.
(ވ) ކޯޓުން އިސްތިއުނާފު ބަލައިގަތުމަށް ނިންމައިފިނަމަ، އިސްތިއުނާފުގެ މައްސަލަ ކުރިއަށްގެންދާއިރު، ށަރީއަތުގެ އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ވާހަކަ ދައްކަންވީ ނުކުތާތަކެއް ކަނޑައެޅުމުގެ އިތުރުން، އެ އަޑުއެހުން ކުރިއަށްގެންދާނެ ގޮތާމެދު ކޯޓުން އިތުރު ށަރުތުތަކެއް ކަނޑައެޅިދާނެއެވެ.
(މ) މި މާއްދާގެ (ވ) ގެ ދަށުން އިސްތިއުނާފު ބަލައިގަތުމަށް ކޯޓުން ނިންމުމަށްފަހު، އިސްތިއުނާފު ހުށަހަޅާ ފޯމަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ ކޯޓުގެ ހުއްދަ ހޯދުމަށްފަހުގައެވެ.
24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 199 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުކުރާއިރު، ކުށުގެ ދައުވާ ލިބުނު މީހާގެ މައްޗަށް ތުހުމަތުކުރެވުނު ކުށަކީ މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއް ކަމަށްވެފައި، އަންނަނިވި ހާލަތްތައް ވުޖޫދުގައިވާނަމަ، އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރަކަށް އެދި ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
- އޭނާ ބަންދުން ދޫކޮށްލައިފިނަމަ މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެދާނެ ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ގަބޫލުކުރެވޭނަމަ، އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އޭނާ ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހެޅުން؛
- އޭނާ ފުރުން މަނާނުކޮށްފިނަމަ މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔަންކޮށްފައިވާ ހާލަތު މެދުވެރިވެދާނެ ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ގަބޫލުކުރެވޭނަމަ، އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އޭނާ ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ހުށަހެޅުން.
25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 199 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން އެ ހުށަހެޅުން ނިސްބަތްވާ މީހާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ނިންމަންވާނީ، އޭނާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެ ހާލަތެއްގައި، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެދާނެ ކަމަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައެވެ.
- އޭނާއާމެދު ތުހުމަތުކުރެވުނު ކުށުގެ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ
- އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ
- އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން.
26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު އަކުރު އިތުރުކުރުން.
(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ނިންމުމުގައި، އެ ހުށަހެޅުން ނިސްބަތްވާ މީހާގެ މައްޗަށް ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތްނަމަ، އަދި މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކުރާ އެއްވެސް ސަބަބެއް ނެތްނަމަ، ދައުވާ ލިބުނު ފަރާތް ބަންދުކުރުމުގެ އަމުރެއް ކޯޓުން ނެރެގެންނުވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ހުށަހެޅުން ނިސްބަތްވާ މީހާ ބަންދުގައި ބެހެއްޓުމަށް މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކޯޓުން ނިންމައިފިނަމަ، މި ގާނޫނުގެ 1-201 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ޫކޮށްދިނުމަށް އެ ކޯޓުގައި އެދުމުގެ އިހްތިޔާރު އެ ހުށަހެޅުން ނިސްބަތްވާ މީހާއަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން އެ ހުށަހެޅުން ނިސްބަތްވާ މީހާ ފުރުން މަނާކުރުމަށް ހައިކޯޓުން ނިންމަންވާނީ، އޭނާ ފިލައިފާނެ ކަމުގެ ހެކި ހުރިކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައެވެ.
(ކ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން މީހަކު ފުރުން މަނާކުރުމުގެ އަމުރެއް ފަނޑިޔާރު ނެރުމުގައި އަމަލުކުރަންވާނީ، މި ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 201 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
އިސްތިއުނާފު ނިމެންދެން ކަފާލާތުގެ ދަށުން ދޫކުރުން 1-201.
(ހ) އަންނަނިވި ހާލަތުގައި، ދަށު ކޯޓަކުން ޖިނާއީ ކުށެއް ސާބިތުވާކަމަށް ހުކުމްކޮށްފައިވާ މީހަކަށް ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި އިސްތިއުނާފު ހުށަހެޅޭ ކޯޓަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ.
- އޭނާގެ މައްޗަށް ކުށް ސާބިތުވެ، އެ ކުށަށް އޭނާގެ މައްޗަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ކަނޑައެޅިފައިވުން؛ އަދި
- އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ނުވަތަ އެ ކުށަށް ކަނޑައަޅާފައިވާ އަދަބު އޭނާ އިސްތިއުނާފުކޮށްފައިވުން.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އޭނާއަކީ މި ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށެއް ކުރިކަމަށް ކޯޓަށް ސާބިތުވެ، ޖަލުގައި ބަންދުކުރުމަށް ހުކުމްކުރެވިފައިވާ މީހެއްނަމަ، މި މާއްދާގެ ދަށުން އިސްތިއުނާފު މަރުހަލާގައި އޭނާ ކަފާލާތުގެ ދަށުން ދުލެއްނުކުރެވޭނެއެވެ.
(ނ) ކުށް ސާބިތުވެފައިވާ މީހަކު މި މާއްދާގެ ދަށުން ކަފާލާތުގެ ދަށުން ދޫކުރެވޭނީ އޭނާ އަންނަނިވި ކަންކަން ކޯޓަށް ސާބިތުކޮށްދިނުމުންނެވެ.
- އޭނާ ހުށަހަޅާފައިވާ އިސްތިއުނާފަކީ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ އިސްތިއުނާފެއްކަން؛
- އޭނާ ކަފާލާތުގެ ދަށުން ދޫކުރާއިރު ކަނޑައެޅޭ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރާނެކަން؛
- އޭނާ އިތުރަށް ބަންދުގައި ބަހައްޓައިގެން ހާސިލުވާނެ އާންމު މަސްލަހަތެއް ނެތްކަން.
(ރ) މި މާއްދާގެ ދަށުން ކަފާލާތުގެ ދަށުން ދޫކޮށްލަން އެދޭ މީހަކީ، ހަމައެކަނި އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު އިސްތިއުނާފުކޮށްފައިވާ ފަރާތެއްނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އޭނާ ބަންދުގައި ބެހެއްޓުމަކީ އެކަށީގެންނުވާ ބުރައެއް އޭނާ އުފުލަން މެދުވެރިވާނެ ހާލަތެއްކަން އޭނާ ކޯޓަށް ސާބިތުކޮށްދޭންވާނެއެވެ.
(ބ) ޖިނާއީ ކުށެއް ސާބިތުވާކަމަށް ހުކުމްކޮށްފައިވާ މީހަކު މި މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފު ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ކޯޓުގައި އެދިއްޖެ ހިނދެއްގައި، އޭނާ އެފަދައިން ހުށަހެޅިކަން އަންގައި ދައުވާކުރާ ފަރާތަށް ކޯޓުން ނޯޓިސް ދޭންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ކަފާލާތުގެ ދަށުން ދޫކުރުމުގައި ކޯޓުން އަމަލުކުރާނީ، މި ގާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާ އިޖުރާއަތުތަކުގެ ދަށުންނެވެ.
28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 203 ވަނަ މާއްދާ އުނިކުރުން.
29 ވަނަ މާއްދާ - މި ގާނޫނުގެ 11 ވަނަ މާއްދާއިން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ 2-72 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި މާލީ އިދާރާތަކާ ދެމެދު ގާއިމުކުރުމަށް ލާޒިމުކުރާ ރައްކާތެރިކަމާއެކު ރިއަލް-ޓައިމްގައި މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ގާއިމުކުރަންވާނެއެވެ.
30 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު