އަރބަން ޑިވެލޮޕްމަންޓްގެ ގާނޫނު
(ގާނޫނު ނަންބަރު 2024-28)
(މި ގާނޫނަށް އަމަލުކުރަން ފެށީ 2 ޑިސެމްބަރު 2024 ގައި)
1 ވަަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި އަރބަން ސަރަހައްދުތައް ކަނޑައެޅުމާއި ތަރައްގީކުރުމާގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކޮށް، އަރބަން ސަރަހައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީކުރުމުގެ އަސާސީ އުސޫލުތަކާއި މިންގަނޑުތަކާއި، އަރބަން ސަރަހައްދުތަކުގެ ބިނާވެށި ޕްލޭންކޮށް، އެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ދެމެހެއްޓެނިވި ގޮތެއްގައި އަރބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "އަރބަން ޑިވެލޮޕްމަންޓްގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގާނޫނުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގައި އަރބަން ސަރަހައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛
(ށ) ސަރުކާރުން ކުރިއަށްގެންދިޔުމަށް ރާވާފައިވާ އަދި ކުރިއަށްގެންދާ އަރބަން ޑިވެލޮޕްމަންޓްގެ މަށްރޫއުތައް ކުރިއަށްގެންދިޔުމުގައި އެއް މިންގަނޑެއް ހިފަހައްޓާކަން ކަށަވަރުކޮށް، އެ މަށްރޫއުތައް ކޮންސޮލިޑޭޓްކުރެވޭނެ ނިޒާމެއް ގާއިމުކުރުން؛
(ނ) އަރބަން ސަރަހައްދުތައް ތަރައްގީކުރުމުގެ އަސާސީ މިންގަނޑުތައް ބަޔާންކުރުން؛
(ރ) އިގްތިސާދީ، އިޖްތިމާއީ، ސަގާފީ އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި އަރބަން ސަރަހައްދުތައް ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިކުރުން؛
(ބ) އަރބަން ސަރަހައްދުތައް ތަރައްގީކުރުމުގައި ވިލުންތެރި މުޖުތަމައެއް ބިނާކުރެވިގެންދާނެ ގޮތަކަށް ތަރައްގީގެ މަށްރޫއުތައް ބައްޓަންކުރުމަށް މަގުފަހިކުރުން؛
(ޅ) އަރބަން ސަރަހައްދުތައް ތަރައްގީކުރުމުގެ މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކުރުން.
ދެވަނަ ބައި
ގާނޫނު ހިންގުން
3 ވަނަ މާއްދާ - އަރބަން ޑިވެލޮޕްމަންޓާގުޅޭ ސިޔާސަތު
(ހ) މި ގާނޫނުގެ ދަށުން އަރބަން ސަރަހައްދުތައް ކަނޑައެޅުމާއި، އަރބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާގުޅޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) އަރބަން ސަރަހައްދުތައް ކަނޑައެޅުމާއި، އަރބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާގުޅޭ ގައުމީ ސިޔާސަތު މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައި އާންމުކުރަންވާނެއެވެ.
(ނ) އަރބަން ސަރަހައްދުތައް ކަނޑައެޅުމާއި، އަރބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ކަނޑައަޅާ ގައުމީ ސިޔާސަތު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ފަރާތްތަކުން އެ ސިޔާސަތު ތަންފީޒުކުރުމުގައި ކުރަންޖެހޭ ކަންކަން ހަރުދަނާ ގޮތެއްގައި ކުރަމުންދޭތޯ ބަލައި، މި ގާނޫނު ތަންފީޒުކުރުމުގެ އިސް ޒިންމާ އަދާކުރާނީ މިނިސްޓަރެވެ.
4 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާތައް
މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ސިޔާސަތުތައް އާންމުކޮށް، އެ ސިޔާސަތުތަކާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އާންމު އިރުށާދާއި ލަފާ ދިނުން؛
(ށ) މި ގާނޫނުގެ ދަށުން އަރބަން ސަރަހައްދުތަކުގެ ގޮތުގައި ވަކިވަކި ސަރަހައްދުތައް ކަނޑައެޅުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުން؛
(ނ) އަރބަން ސަރަހައްދުތަކުގައި ތަރައްގީގެ މަށްރޫއުތައް ހިންގާ ފަރާތްތަކުން އެކުލަވާލާ ތަރައްގީކުރުމުގެ ޕްލޭންތައް އެކުލަވާލުމުގައި އެފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުން؛
(ރ) އަރބަން ސަރަހައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ކަނޑައަޅާ ސިޔާސަތުތައް، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާ ސިޔާސަތުތަކާ އެއްހަމައެއްގައި ހިފެހެއްޓުން؛
(ބ) އަރބަން ސަރަހައްދުތަކުގެ ޕްލޭނިންގ އަދި ތަރައްގީއާގުޅޭ ތަފާސްހިސާބުތަކާއި، ބުލެޓިންތަކާއި، މޮނޮގްރާފްތައް އެއްކުރުމާއި، ބެލެހެއްޓުމާއި، އެފަދަ މައުލޫމާތު ށާއިއުކުރުން؛
(ޅ) މި ގާނޫނު ތަންފީޒުކުރުމާއި ހިންގުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން، މި ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ކުރުން.
5 ވަނަ މާއްދާ - އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ ދަށުން ކަނޑައަޅާ އަރބަން ސަރަހައްދުތަކުގެ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ތައްޔާރުކޮށް، އެފަދަ ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކަށް ތަރައްގީކުރުމުގެ ހުއްދަތައް ދިނުމާއި، އެފަރާތްތަކުންއެ ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި، "އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ" ގެ
ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ އުފެދުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީގެ ދަށުން ހިނގަމުން އައި އަރބަން ޕްލޭނިންގ އަދި އަރބަން ޑިވެލޮޕްމަންޓާގުޅޭ ޑިޕާޓްމަންޓް ނުވަތަ ޑިވިޒަންގެ އެންމެހައި ގާނޫނީ ޒިންމާތަކާއި، މުވައްޒަފުންނާއި، އިލްތިޒާމުތަކާއި، މުދަލާއި ވަސީލަތްތަކާއި، އިމްތިޔާޒުތައް މި ގާނޫނުގައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ އޮތޯރިޓީއަށް ބަދަލުވީއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ އޮތޯރިޓީ ހިނގަމުންދާނީ މިނިސްޓްރީގެ ދަށުންނެވެ. އަދ،ި އެ އޮތޯރިޓީގެ ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.
(ރ) މި ގާނޫނުގެ ދަށުން އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަގޮތުގައި ކުރުމަށްޓަކައި، އެ އޮތޯރިޓީއަށް ބޭނުންވާނެ މުވައްޒަފުންނާއި އެހެނިހެން ވަސީލަތްތައް މިނިސްޓްރީން ހަމަޖައްސައިދޭންވާނެއެވެ.
6 ވަނަ މާއްދާ - އޮތޯރިޓީގެ މަސްއޫލިއްޔަތުތައް
އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) އަރބަން ސަރަހައްދުތަކުގެ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ތައްޔާރުކުރުން؛
(ށ) އަރބަން ސަރަހައްދުތަކާއި އެ ސަރަހައްދުގެ ވަކިވަކި ޒޯންތައް ތަރައްގީކުރުމަށް ބޭނުންވާ އަރބަން ޑިވެލޮޕްމަންޓް މަށްރޫއުތައް ކަނޑައަޅައި، ކަމާގުޅޭ ފަރާތްތަކާ މަށްވަރާކޮށްގެން އެ މަށްރޫއުތައް ހިންގުމަށް މަގުފަހިކުރުން؛
(ނ) އަރބަން ސަރަހައްދުތައް ތަރައްގީކުރުމުގެ ހުއްދައަށް އެދި އެ ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނ،ެ އެ ހުށަހެޅުންތަކާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ގޮތެއް ނިންމުން.
(ރ) އަރބަން ސަރަހައްދުތައް ތަރައްގީކުރަނީ އެ ސަރަހައްދުތަކަށް ކަނޑައަޅާ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނާއި، މި ގާނޫނުގައި ބަޔާންކުރާ ތަރައްގީގެ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލައި، އެ ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަސައްކަތްތައް މޮނިޓަރކުރުން؛
(ބ) އަރބަން ސަރަހައްދުތަކުގައި ގާއިމުކުރާ އިޖްތިމާއީ އަދި އިގްތިސާދީ ހިދުމަތްތަކާއި، އެ ސަރަހައްދުގައި ގާއިމުކުރާ މައިގަނޑު އިންފްރާސްޓްރަކްޗަރތައް އިންޓަގްރޭޓް ކުރެވޭނެ ގޮތްތައް ކަނޑައެޅުން؛
(ޅ) އާބާދުކުރެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން ދުވަސްވުމުގެ ސަބަބުން ބިނާވެށި ބާވެފައިވާ ސަރަހައްދުތަކާއި ބައިބޯވުމާއި ތޮއްޖެހުމުގެ ސަބަބުން އަބުރުވެރި ދިރިއުޅުމަކަށް އެކަށީގެންވާ ގޮތެއްގައި ބިނާވެށި ތަރައްގީކުރެވިފައިނުވާ ސަރަހައްދުތަކުގެ އިޖްތިމާއީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް، އެ ސަރަހައްދުތައް އަލުން ތަރައްގީކުރުމަށްޓަކައި، ލޯކަލް ކައުންސިލްތަކާ ގުޅިގެން އަރބަން ރީޖެނެރޭށަންގެ މިންގަނޑުތައް ކަނޑައެޅުން؛
(ކ) އަރބަން ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކާމެދު މި ގާނޫނުގެ ފަސްވަނަ ބާބުގެ ދަށުން ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި، އެ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅުން؛
(އ) އަރބަން ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކާ ގުޅޭގޮތުން ނުވަތަ އެފަރާތްތަކުން ކުރާ ތަރައްގީގެ މަސައްކަތްތަކާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން އެކުލަވާލާ ށަކުވާ ހުށަހެޅުމުގެ ނިޒާމުގެ ދަށުން ހުށަހަޅާ ށަކުވާތައް ބަލައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާ އިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ ށަކުވާތަކާ ގުޅިގެން ފިޔަވަޅު އެޅުން.
7 ވަނަ މާއްދާ - ކޮމިޓީ، ޕެނަލް އަދި މަސައްކަތު ގްރޫޕް އެކުލަވާލުން
(ހ) އަރބަން ސަރަހައްދުތައް ކަނޑައެޅުމާއި، އަރބަން ސަރަހައްދުތައް ޕްލޭންކޮށް ތަރައްގީކުރުމާގުޅޭ ކަންކަމުގައި މިނިސްޓްރީއަށް ނުވަތަ އޮތޯރިޓީއަށް ފަންނީ ލަފާ ދިނުމަށްޓަކައި، ފަންނީ ކޮމިޓީތައް ނުވަތަ ޕެނަލްތައް ނުވަތަ މަސައްކަތު ގްރޫޕްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލުވުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ ދަށުން އެކުލަވާލާ ފަންނީ ކޮމިޓީ ނުވަތަ ޕެނަލް ނުވަތަ މަސައްކަތު ގްރޫޕް އެކުލަވާލަންވާނީ، މިނިސްޓްރީ އަދި ސަރުކާރުގެ ކަމާގުޅޭ ދާއިރާތަކުގެ ފަންނީ ފަރާތްތަކާއި، މަދަނީ ޖަމްއިއްޔާތައް އަދި/ނުވަތަ އަމިއްލަ ފަރާތްތައް ތަމްސީލުކުރުމަށް ކަނޑައެޅޭ ފަންނީ ފަރާތްތައް ހިމެނޭ ގޮތުންނެވެ.
(ނ) މި މާއްދާގެ ދަށުން އެކުލަވާލާ ފަންނީ ކޮމިޓީ ނުވަތަ ޕެނަލް ނުވަތަ މަސައްކަތު ގްރޫޕްތަކާގުޅޭ އަންނަނިވި ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
- ކޮމިޓީ ނުވަތަ ޕެނަލް ނުވަތަ މަސައްކަތު ގްރޫޕްގައި މެންބަރުން އެކުލެވެންޖެހޭ ދާއިރާތަކާއި އެފަދަ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް؛
- ކޮމިޓީ، ޕެނަލް ނުވަތަ މަސައްކަތު ގްރޫޕް އެކުލަވާލާ ބޭނުމާއި، އެ ކޮމިޓީ، ޕެނަލް ނުވަތަ މަސައްކަތު ގްރޫޕާ ހަވާލުވެގެންވާ މަސްއޫލިއްޔަތުތައް؛
- ކޮމިޓީ، ޕެނަލް ނުވަތަ މަސައްކަތު ގްރޫޕްގެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި، އެ ކޮމިޓީ، ޕެނަލް ނުވަތަ މަސައްކަތު ގްރޫޕުން ކަންކަން ނިންމުމުގައި އަމަލުކުރާނެ އުސޫލު؛
- ކޮމިޓީ، ޕެނަލް ނުވަތަ މަސައްކަތު ގްރޫޕްތަކުގެ ހިންގުމާގުޅޭ އުސޫލުތަކާއި އެނޫންވެސް ކަމާގުޅޭ އެހެން ކަންކަން.
ތިންވަނަ ބާބު
އަރބަން ސަރަހައްދު ކަނޑައެޅުމާއި ޕްލޭންކުރުން
8 ވަނަ މާއްދާ - އަރބަން ސަރަހައްދު ކަނޑައެޅުން
މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި އަރބަން ސަރަހައްދުތައް ކަނޑައަޅާނީ، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
9 ވަނަ މާއްދާ - އަރބަން ސަރަހައްދުތައް
(ހ) މި ގާނޫނުގެ ދަށުން އަރބަން ސަރަހައްދުގެ ގޮތުގައި، އަންނަނިވި ބާވަތުގެ ސަރަހައްދުތައް ކަނޑައެޅިދާނެއެވެ.
- މެޓްރޮޕޮލިޓަން އޭރިޔާ؛
- އަރބަން ރީޖަން؛
- އަރބަން ސެންޓަރ.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށް، "މެޓްރޮޕޮލިޓަން އޭރިޔާ" ކަމަށް ބުނެފައި އެވަނީ، އެ ސަރަހައްދުގައި ދިރިއުޅޭ ޖުމްލަ އާބާދީގެ އަދަދު ނުވަތަ އެ ސަރަހައްދުގައި މީހުން އާބާދުކުރުމަށް ރާވާފައިވާ ޖުމްލަ އާބާދީގެ އަދަދު 150,000 )އެއްލައްކަ ފަންސާސްހާސް( އަށްވުރެ ބޮޑު ސަރަހައްދުތަކަށެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް، "އަރބަން ރީޖަން" ކަމަށް ބުނެފައި އެވަނީ، އެކެއް ނުވަތަ އެއަށްވުރެ ގިނަ އަރބަން ސެންޓަރުތައް ހިމެނ،ޭ އެ ސަރަހައްދުގައި ދިރިއުޅޭ ޖުމްލަ އާބާދީގެ އަދަދު ނުވަތަ އެ ސަރަހައްދުގައި މީހުން އާބާދުކުރުމަށްރާވާފައިވާ ޖުމްލަ އާބާދީގެ އަދަދު 50,000 )ފަންސާސްހާސް( އަށްވުރެ ބޮޑު ސަރަހައްދުތަކަށެވެ.
(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، "އަރބަން ސެންޓަރ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ފުރިހަމަވާންޖެހޭ ށަރުތުތައް އެ ސަރަހައްދެއްގައި ފުރިހަމަވުމާއެކު، އެ ސަރަހައްދުގައި ދިރިއުޅޭ ޖުމްލަ އާބާދީގެ އަދަދު ނުވަތަ އެ ސަރަހައްދުގައި މީހުން އާބާދުކުރުމަށް ރާވާފައިވާ ޖުމްލަ އާބާދީގެ އަދަދު 10,000 )ދިހަހާސް( އަށްވުރެ ބޮޑުސަރަހައްދުތަކަށެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން އަރބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ނުވަތަ ގާއިމުކުރުމަށް ނިންމާފައިވާ އިންފްރާސްޓްރަކްޗަރއާއި ހިދުމަތްތަކަށް ރިއާޔަތްކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އަރބަން ސަރަހައްދުތައް އެކި ގިންތިތަކަށް ދަރަޖަކޮށް ކަނޑައެޅިދާނެއެވެ.
(ޅ) މި މާއްދާގެ ދަށުން އަރބަން ސަރަހައްދެއް ކަނޑައެޅުމުގައި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ނުވަތަ މީހުން ދިރިނޫޅޭ ރަށެއް ނުވަތަ ރަށްތަކެއް، އެއީ އެއް އަރބަން ސެންޓަރުގެ ގޮތުގައި ނުވަތަ އެއް އަރބަން ރީޖަންގެ ގޮތުގައި ނުވަތަ އެއް މެޓްރޮޕޮލިޓަން އޭރިޔާގެ ގޮތުގައި ކަނޑައެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
10 ވަނަ މާއްދާ - އަރބަން ސަރަހައްދުގެ އިހްތިސާސް
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް،ވމި ގާނޫނުގެ ދަށުން އަރބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާވވަކި ސަރަހައްދަކ،ީ ލޯކަލް ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައިވހިމެނޭ ސަރަހައްދެއް ކަމަށް ވީނަމަވެސް، އެ ސަރަހައްދެއްވޕްލޭންކުރުމުގައާއި ތަރައްގީކުރުމުގައި އަމަލުކުރާނީ، މި ގާނޫނުގައިވބަޔާންކުރާ ގޮތުގެމަތިންނެވެ.
(ށ) އަރބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދަކ،ީ ލޯކަލް ކައުންސިލަކަށް ނިސްބަތްވާ މީހުން ދިރިއުޅޭ ރަށެއް ނުވަތަވ ސިޓީއެއްގައި ހިމެނޭ ސަރަހައްދެއްނަމަ، ދިވެހިރާއްޖޭގެ އިދާރީވ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެމަތިންވއެ ސަރަހައްދެއްގައި ދޭންޖެހޭ ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމާއި ައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އެނޫންވެސް މުނިސިޕަލް ކަންކަން ކުރުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު އެ ސަރަހައްދެއް ނިސްބަތްވާ ކައުންސިލަށް ލިބިގެންވެއެވެ. އެއާ އެކުއެކީގައި، އެ ސަރަހައްދު ޕްލޭންކޮށް ތަރައްގީކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ އިހްތިޔާރ،ު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ނ) އަރބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ލޯކަލް ކައުންސިލެއްގެ އިހްތިސާސް ހިނގާ ސަރަހައްދެއް ތަރައްގީކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރިއަށްގެންދަންވާނީ،އެ ސަރަހައްދެއް ނިސްބަތްވާ ކައުންސިލްގެ ދައުރު އެކަންކަމުގައި
ހިމެނޭ ގޮތަށް، އެ ކައުންސިލާއި އޮތޯރިޓީއާ ދެމެދ،ު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އަރބަން ސަރަހައްދު ޕްލޭންކޮށް، އެ ސަރަހައްދުގައި ހިންގާ ތަރައްގީގެ މަށްރޫއުތައް ނިމުމާއެކު، އެ ސަރަހައްދު ޕްލޭންކޮށް ތަރައްގީކުރުމާ ގުޅޭގޮތުން އޮތޯރިޓީއަށް މި ގާނޫނުގެ ދަށުން ލިބިދީފައިވާ އިހްތިސާސް ނިމުމަކަށް އަންނާނެއެވެ.
(ބ) އަރބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދަކ،ީ މީހުން ދިރިނޫޅޭ އަދި ވަކި ލޯކަލް ކައުންސިލެއްގެ އިހްތިސާސް ހިނގާ ސަރަހައްދެއް ކަމުގައިނުވާނަމަ، އެ ސަރަހައްދު ޕްލޭންކޮށް ތަރައްގީކުރުމުގެ އެންމެހައި ކަންކަން ކުރިއަށްގެންދާނީ އޮތޯރިޓީންނެވެ.
(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، އަރބަން ސަރަހައްދުގައި މީހުން އާބާދުވާން ފެށުމާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެމަތިން އެ ބަޔަކަށް ދޭންޖެހޭ ރަށްވެހިކަމުގެ ހިދުމަތްތަކާއި އެނޫންވެސް މުނިސިޕަލް ހިދުމަތްތައް ދިނުމާއި އެކަންކަމާ ގުޅޭގޮތުން ނިންމަންޖެހޭ އެންމެހައި ނިންމުންތައް ނިންމުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު އެ ސަރަހައްދެއް ނިސްބަތްވެގެންދާ ލޯކަލް ކައުންސިލަށް ލިބިގެންދާނެއެވެ. އަދ،ި އެފަދަ ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަށްރޫއުތައް ނިމުމާއެކު، އެ ސަރަހައްދުތައް ޕްލޭންކޮށް ތަރައްގީކުރުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ލިބިދީފައިވާ އިހްތިސާސް ނިމުމަކަށް އަންނާނެއެވެ.
11 ވަނަ މާއްދާ - އަރބަން ސަރަހައްދުތަކުގެ ޒޯންތަކާއި ޒޯންތަކުގެ ބޭނުން ކަނޑައެޅުން
(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އަރބަން ސަރަހައްދުތައް ކަނޑައެޅުމުގައި، އެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ބިމެއް ވަކިވަކި ޒޯންތަކަށް ބަހާލައި، އެއިން ކޮންމެ ޒޯނެއްގެ ބޭނުން ކަނޑައަޅަންވާނެއެވެ.
(ށ) އަރބަން ސަރަހައްދުގައި ކަނޑައަޅާ ވަކިވަކި ޒޯންތައް އަންނަނިވި ބޭނުންތަކަށް ހާއްސަކުރެވިދާނެއެވެ.
- ދިރިއުޅުމުގެ ބޭނުމަށ:ް ބޯހިޔާވަހިކަމާއި އެއާ ގުޅުންހުރި ވަސީލަތްތަކަށް ހާއްސަކުރެވޭ ޒޯން؛
- ވިޔަފާރީގެ ބޭނުމަށ:ް ވިޔަފާރިއާއި ރީޓެއިލް ހަރަކާތްތައް ހިންގުމަށް ހާއްސަކުރެވޭ ޒޯން؛
- ސިނާއީ ބޭނުމަށ:ް އުފެއްދުންތެރިކަމާއި، ޕްރޮސެސްކުރުމާއި، ސިނާއީ އޮޕަރޭށަންތައް ހިންގުމަށް ހާއްސަކުރެވޭ ޒޯން؛
- ދަނޑުވެރިކަމުގެ ބޭނުމަށ:ް ދަނޑުވެރިކަމާއި، އެކަމާ ގުޅުންހުރި މަސައްކަތްތަކަށް ހާއްސަކުރެވޭ ޒޯން؛
- މުނިފޫހިފިލުވުމުގެ ބޭނުމަށ:ް ޕާކްތަކާއި، ކުޅިވަރުތައް، އަދި މިނޫންވެސް ހިތްފަސޭހަކަން ލިބިދޭ ވަސީލަތްތައް ގާއިމުކުރުމަށް ހާއްސަކުރެވޭ ޒޯން؛
- މިކްސްޑް ޔޫސް ބޭނުންތަކަށ:ް ބިމުގެ އެކި ބޭނުންތައް އެއްކޮށްލައިގެން ތަރައްގީކުރުމަށް ހާއްސަކުރެވޭ ޒޯން؛
- ރައްކާތެރިކުރުމުގެ ބޭނުމަށ:ް އެ ޒޯނެއްގެ ގުދުރަތީ ދިރުންތަކުގެ މާހައުލުތަކާއި، ސަގާފީ ތަރިކ،ަ އަދި އިކޮލޮޖިކަލް ޑައިވަރސިޓީ ހިމާޔަތްކުރުމަށްޓަކައި ރައްކާތެރިކުރެވޭ ޒޯން؛
- ހާއްސަ ބޭނުންތަކަށ:ް މިނިސްޓްރީން ކަނޑައަޅާ ހާއްސަ ބޭނުންތަކަށް ކަނޑައަޅާ ޒޯން.
12 ވަނަ މާއްދާ - ޒޯންތަކުގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައެޅުން
މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އަރބަން ސަރަހައްދުގެ ތެރޭގައި ހިމެނޭ ބިންތައް ވަކިވަކި ޒޯންތަކަށް ކަނޑައެޅުމުގައި، އެ ޒޯންތައް ބޭނުންކުރުމާ ގުޅޭގޮތުން އަންނަނިވި ކަންކަން ކަނޑައަޅަންވާނެއެވެ.
(ހ) ކޮންމެ ޒޯނެއްގެ ބިން ބޭނުންކުރުމުގެ އަސާސީ މަގްސަދާއި ސިފަ ބަޔާންކުރުން؛
(ށ) ކޮންމެ ޒޯނެއްގެ ބިން ބޭނުންކުރުމުގެ ށަރުތުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެކަންކަމަކީ އެ ޒޯނެއްގެ އަސާސީ މަގްސަދުތަކާ އެއްގޮތްވާ ކަންކަން ކަމުގައި ކަށަވަރުކުރުން؛
(ނ) ކޮންމެ ޒޯނެއްގެ ބިން ބޭނުންކުރުމުގެ އަސާސީ މަގްސަދުތަކާ ނުގުޅޭ ތަރައްގީއާއި، ނޭދެވޭ ތަރައްގީގެ އެއްވެސް މަސައްކަތެއް އެ ޒޯނެއްގެ ބިމުގައި ކުރުން މަނާކުރުން.
13 ވަނަ މާއްދާ - ޒޯނިންގ މެޕް
(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އަރބަންސަރަހައްދުތަކުގެ އިންތަކާއި، އެ ސަރަހައްދުތަކުގެ ޒޯންތަކުގެ އިންތައް ސާފުކޮށް ކަނޑައަޅާފައިވ،ާ އަދި އެ ސަރަހައްދުތަކާއި ޒޯންތަކުގެ ގިންތިތައް ބަޔާންކުރާ ޒޯނިންގ މެޕެއް އޮތޯރިޓީން އެކުލަވާލައި އާންމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޒޯނިންގ މެޕ،ް އެ ސަރަހައްދެއްގެ ބިނާވެއްޓަށް އަންނަ ބަދަލުތަކާއި، އެނޫންވެސް ބަދަލުވަމުންދާ ކަންކަމާއި ހާލަތަށް ރިއާޔަތްކޮށް، އޮތޯރިޓީން އަދާހަމަކޮށް، ބަލަހައްޓައި، އާންމުކުރަންވާނެއެވެ.
14 ވަނަ މާއްދާ - އަރބަން ސަރަހައްދު ޕްލޭންކުރުން
(ހ) ކޮންމެ އަރބަން ސަރަހައްދަކަށް، އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނެއް އެކުލަވާލައި އާންމުކުރަންވާނެއެވެ.
(ށ) އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އެކުލަވާލަންވާނީ ގައުމީ ތަރައްގީގެ ޕްލޭންގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި، ބިނާވެށި ޕްލޭންކުރުމާއި ހިންގުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ނ) އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އެކުލަވާލާނީ އޮތޯރިޓީންނެވެ.
(ރ) މި ގާނޫނުގެ ދަށުން ކަނޑައަޅާ އަރބަން ސަރަހައްދުތަކަށް އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އެކުލަވާލާނީ، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން، ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންތައް އެކުލަވާލުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދ،ި އެފަދައިން އެކުލަވާލާ ޕްލޭންތަކުގައި ހުންނަންޖެހޭ ކަމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަމާގުޅޭ މިންގަނޑުތައް ފުރިހަމަވާ ގޮތު ގެމަތިންނެވެ.
(ބ) އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އެކުލަވާލަންވާނީ، މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ އަރބަން ސަރަހައްދުތަކުގެ ޒޯންތަކާއި، ޒޯންތަކަށް ކަނޑައެޅިފައިވާ ބޭނުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ޅ) އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ެކުލަވާލުމަށްފަހުގައި، އެ ޕްލޭން ފާސްކުރުމަށްޓަކައި އޮތޯރިޓީން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަރބަން އޭރިޔާ ޑިވެލޮޕްމަންޓް ާސްޓަރ ޕްލޭންތައް ފާސްކުރުމުގައި އަމަލުކުރެވޭނީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން، ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންތައް ފާސްކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ގޮތުގެމަތިން އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ފާސްކުރުމަށްފަހުގައި މެނުވީ އެ ޕްލޭނަށް އަމަލެއް ނުކުރެވޭނެއެވެ.
(އ) މި މާއްދާގެ ދަށުން އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އެކުލަވާލައި ފާސްކުރާ އަރބަން ސަރަހައްދަކ،ީ އަރބަން ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ކަނޑައެޅުމުގެ ކުރިން ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ ދަށުންއެ ސަރަހައްދަކަށް ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލައި ފާސްކޮށްފައިވާ ސަރަހައްދެއް ކަމުގައިވާނަމަ، އެ އަރބަން ސަރަހައްދަށް އެކުލަވާލައި ފާސްކުރާ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން މުރާޖައާކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
އަރބަން ސަރަހައްދު ތަރައްގީކުރުން
15 ވަނަ މާއްދާ - ތަރައްގީކުރާ ފަރާތް
(ހ) އަރބަން ސަރަހައްދުތައް ތަރައްގީކުރާނީ އެ ސަރަހައްދުގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ކަނޑައަޅާ ފަރާތުންނެވެ.
(ށ) އަރބަން ސަރަހައްދުތައް ތަރައްގީކުރުމަށް ސަރުކާރުން ހަވާލުކުރާ ފަރާތުން އެ ސަރަހައްދުގައި ކުރުމަށް ރާވާފައިވާ ތަރައްގީގެ އަމަލީ މަސައްކަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ވަަކި ފަރާތަކާ ނުވަތަ ފަރާތްތަކަކާ ހަވާލުކުރުމަކަށް މި ގާނޫނު ހުރަހެއް
ނާޅައެވެ.
16 ވަނަ މާއްދާ - ތަރައްގީކުރުމުގެ ހުއްދަ
(ހ) އަރބަން ސަރަހައްދެއް ނުވަތަ އެ ސަރަހައްދުގެ ވަކި ޒޯނެއް ނުވަތަ ބައެއް ތަރައްގީކުރެވޭނީ، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އަރބަން ސަރަހައްދު ތަރައްގީކުރުމުގެ ހުއްދައަށް އެދި ހުށަހަޅައި، އެ ހުއްދަ ލިބުމަށްފަހުގައެވެ.
(ށ) އަރބަން ސަރަހައްދެއް ތަރައްގީކުރުމުގެ ހުއްދައަށް އެދި އެ ސަރަހައްދު ތަރައްގީކުރާ ފަރާތްތަކުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
17 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހެޅުން
(ހ) އަރބަން ސަރަހައްދު ތަރައްގީކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، އަންނަނިވި މައުލޫމާތު ނުވަތަ ކަންކަން ހިމަނަންވާނެއެވެ.
- މި ގާނޫނުގެ ތިންވަނަ ބާބުގެ ދަށުން އަރބަން ސަރަހައްދުގެ
ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދާއި، އެ ސަރަހައްދުގެ
ޒޯންތަކާއި ބޭނުންތައް؛ - އަރބަން ސަރަހައްދުގެ ފާސްކޮށްފައިވާ އަރބަން އޭރިޔާ
ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން؛ - ތަރައްގީކުރުމުގެ މަސައްކަތްތަކާ ގުޅިގެން ހަދާފައިވާ ކޮންސްޓްރަކްށަން ޕްލޭން؛
- އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު؛
- ސޯށަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު؛
- އިކޮނޮމިކް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު؛
- ޓްރާންސްޕޯޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު؛
- ކްރިޓިކަލް އިންފްރާސްޓްރަކްޗަރ އެސެސްމަންޓް ރިޕޯޓު؛
- އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ އެސެސްމަންޓް ރިޕޯޓު؛
- ތަރައްގީގެ އަމަލީ މަސައްކަތްތައް ފެށުމަށް ކަނޑައަޅާފައިވާ ތާރީހާއި، އެ މަސައްކަތް އެކުގައި ނިންމުމަށް އަދި އެ މަސައްކަތުގެ އެކި ބައިތައް ނުވަތަ ފިޔަވަހިތައް ނިންމުމަށް ހޭދަވާނެކަމަށް ލަފާކުރެވޭ މުއްދަތުތައް؛
- އެނޫންވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެނިހެން މައުލޫމާތާއި ލިޔެކިޔުން.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުން ފެށިގެން )9( ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ޕްލޭނާއި ރިޕޯޓުތައް އެކުލަވާލުމާގުޅޭ އުސޫލުތަކާއި، އެ ލިޔެކިޔުންތަކުގައި ހުންނަންޖެހޭ އަސާސީ މައުލޫމާތާއި މިންގަނޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
18 ވަނަ މާއްދާ - ތަރައްގީކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން މަށްވަރާކުރުން
(ހ) ތަރައްގީކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި ހިމެނޭ އަންނަނިވި ކަންކަމާ ގުޅޭގޮތުން، އަންނަނިވި ފަރާތްތަކާ އޮތޯރިޓީން މަށްވަރާކުރަންވާނެއެވެ.
- ތަރައްގީކުރުމުގެ ހުށަހެޅުމާ ގުޅޭގޮތުން ޖުމްލަ ގޮތެއްގައި، މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ކޮމިޓީތައް ނުވަތަ ޕެނަލްތައް ނުވަތަ މަސައްކަތު ގްރޫޕްތައް؛
- ތަރައްގީކުރުމުގެ ހުށަހެޅުމާ ގުޅޭގޮތުން ޖުމްލަ ގޮތެއްގައި، އެ ސަރަހައްދެއް ނިސްބަތްވާ ސިޓީ ނުވަތަ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް؛
- ތަރައްގީކުރުމުގެ ހުށަހެޅުމުގައި ހިމެނޭ ކޮންސްޓްރަކްށަން ޕްލޭނާ ގުޅޭގޮތުން، އިމާރާތްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ؛
- ތަރައްގީކުރުމުގެ ހުށަހެޅުމުގައި ހިމެނޭ އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ އެސެސްމަންޓް ރިޕޯޓާ ގުޅޭގޮތުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ؛
- ތަރައްގީކުރުމުގެ ހުށަހެޅުމުގައި ހިމެނޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓާ ގުޅޭގޮތުން، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ؛
- ތަރައްގީކުރުމުގެ ހުށަހެޅުމުގައި ހިމެނޭ އެނޫންވެސް ކަމަކާ ގުޅޭގޮތުން، ހިޔާލު ހޯދަންޖެހޭކަމަށް މިނިސްޓްރީއަށް ފެންނަ އެނޫންވެސް ފަރާތްތައ.ް
(ށ) މި މާއްދާގެ (ހ) ގެ ދަށުން މަށްވަރާކުރަންޖެހޭ ފަރާތްތަކަށް، ތަރައްގީކުރުމުގެ ހުށަހެޅުމާގުޅޭ މައުލޫމާތާއި ކަމާގުޅޭ އެންމެހައި ލިޔެކިޔުން ފޮނުވަންވާނެއެވެ. އަދ،ި އެފަދައިން ފޮނުވާ މައުލޫމާތާމެދު އެފަރާތުން ދެކޭގޮތް ހުށަހެޅުމަށް، އެ މައުލޫމާތު އެފަރާތަށް ފޮނުވާ ތާރީހުން ފެށިގެން މަދުވެގެން 15 )ފަނަރަ( ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
19 ވަނަ މާއްދާ - ހުއްދަ ދިނުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުން
(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން އަރބަން ސަރަހައްދެއް ތަރައްގީކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާނަމަ،އެ ސަރަހައްދުގައި ނުވަތަ އެ ސަރަހައްދާ އިންވެގެން އޮތް ސަރަހައްދެއްގައި ދިރިއުޅޭ މީހުންނާއި، އެ ސަރަހައްދުގައި އެ ބައެއްގެ މަސްލަހަތެއް އޮތް އެންމެހައި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ހުޅުވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިޔާލު ހޯދުމަށް ހުޅުވާލާ ފުރުސަތުގައި،
އާންމުންގެ ހިޔާލު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.
އަދި ސަރުކާރުގެ ފަރާތުން ތަރައްގީގެ މަށްރޫއު ހިންގާ ފަރާތާއި އޮޮތޯރިޓީ ހިމެނޭ ގޮތުން، ހުޅުވާލެވިފައިވާ ފޯރަމެއްގައި، ކަމާގުޅޭ މަށްވަރާތައް އެކަށީގެންވާ މިންވަރަކަށް ކުރިއަށްގެންދަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދެވުނު ގޮތާއި، އާންމުންގެ ފަރާތުން ލިބުނު ހިޔާލާއި މަށްވަރާތައް އަދި އެކަންކަމާމެދު އޮތޯރިޓީން ނިންމި ގޮތްތައް ހިމަނައި، ކަމާގުޅޭ ރިޕޯޓެއް ތައްޔާރުކޮށް، އާންމުކުރަންވާނެއެވެ.
20 ވަނަ މާއްދާ - ހުއްދަ ދިނުމާމެދު ގޮތެއް ކަނޑައެޅުން
(ހ) އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައި މެނުވ،ީ މި ގާނޫނުގެ17 ވަނަ މާއްދާގެ ދަށުން އަރބަން ސަރަހައްދެއް ތަރައްގީކުރުމުގެހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅޭގޮތުން އޮތޯރިޓީންގޮތެއް ނިންމައިގެން ނުވާނެއެވެ.
- ތަރައްގީކުރުމުގެ ހުށަހެޅުމުގައި ހިމެނޭ ކަންކަމާމެދުމި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާކޮމިޓީތައް ނުވަތަ ޕެނަލްތައް ނުވަތަ މަސައްކަތު ގްރޫޕްތަކުންދޭ ލަފަޔާއި އިރުށާދު؛
- މި ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަރާތްތަކުން ދޭ ހިޔާލުތަކާއި، ހުށަހަޅާ ހުށަހެޅުންތައް؛
- މި ގާނޫނުގެ 19 ވަނަ މާއްދާގެ (ނ) ގެ ދަށުން ތައްޔާރުކުރާރިޕޯޓ.ު
(ށ) މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ތަރައްގީކުރުމުގެހުށަހެޅުމާ ގުޅޭގޮތުން، މި ގާނޫނުގެ 18 ވަނަ މާއްދާއާއި 19 ވަނަމާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމަށްފަހުގައި، އެ ހުށަހެޅުމާގުޅޭގޮތުން އަންނަނިވި ފަދައިން އޮތޯރިޓީން ގޮތެއް ނިންމަންވާނެއެވެ.
- ތަރައްގީކުރުމުގެ ހުށަހެޅުން އޮތޯރިޓީއަށް ހުށަހެޅުނު ގޮތަށްއެ ހުށަހެޅުން ފާސްކޮށް، ތަރައްގީކުރުމުގެ ހުއްދަ ދިނުން؛ ނުވަތަ
- އޮތޯރިޓީއަށް ހުށަހެޅުނު ހުށަހެޅުމަށް ގެނައުމަށް އޮތޯރިޓީއަށް ފެންނަ އިސްލާހުތައް ގެނައުމާއެކު، އެ ހުށަހެޅުން ފާސްކޮށް، ތަރައްގީކުރުމުގެ ހުއްދަ ދިނުން؛ ނުވަތަ
- އޮތޯރިޓީއަށް ހުށަހެޅުނު ހުށަހެޅުން އަލުން މުރާޖައާކުރުމަށްޓަކައި އަނބުރާ ފޮނުވާލުން ނުވަތަ އެ ހުށަހެޅުން މުރާޖައާކުރުމުގެ ހާއްސަ އިރުށާދު ދިނުމާއެކު، އަނބުރާ ފޮނުވާލުން.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީން ނިންމާ ނިންމުންތައް، އެފަދައިން އެ ނިންމުން ނިންމާތާ ގިނަވެގެން 14 )ސާދަ( ދުވަހުގެ ތެރޭގައި، ތަރައްގީކުރުމުގެ ހުށަހެޅުން ހުށަހެޅި ފަރާތަށް އޮތޯރިޓީން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން އޮތޯރިޓީން ނިންމި ނިންމުމާއި، އެ ނިންމުން ނިންމުމުގައި ރިއާޔަތްކުރި ކަންކަމުގެ މައްޗަށް ހިމެނޭ ރިޕޯޓެއް އެކުލަވާލައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.
21 ވަނަ މާއްދާ - އިތުރު ށަރުތުތައް ކަނޑައެޅުން
މި ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ތަރައްގީކުރުމުގެ ހުށަހެޅުމެއް ފާސްކޮށް، ތަރައްގީކުރުމުގެ ހުއްދަ ދޭއިރ،ު އެ ހުއްދަ ނިސްބަތްވާ އަރބަން ސަރަހައްދު އެންމެ އެދެވޭ ގޮތެއްގައި އަދި އެ ސަރަހައްދުގެ ޒޯންތަކަށް ކަނޑައެޅިފައިވާ ބޭނުންތަކާ އެންމެ އެކަށީގެންވާ ގޮތެއްގައި ތަރައްގީކުރުމަށްޓަކައި މުހިންމުކަމަށް އޮތޯރިޓީއަށް ފެންނަ އިތުރު ށަރުތުތަކާއެކު އެ ހުއްދަ ދެވިދާނެއެވެ. މިގޮތުން، އަންނަނިވި ށަރުތުތައް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.
(ހ) ތަރައްގީކުރެވޭ ސަރަހައްދެއްގެ ގޮތުން ކޮންމެހެން ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ އާސާރީ ބިނާތައް ބެލެހެއްޓުން؛
(ށ) ތަރައްގީގެ މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވާ ބިމުގައިވާ ނުވަތަ އެ ބިމާ އިންވެގެން އޮތް ބިމުގައިވާ ލޭންޑްސްކޭޕާއި ހިމާޔަތްކުރަންޖެހޭ ގަސްތަކާއި އެނޫންވެސް ގުދުރަތީ ވަސީލަތްތަކަށް ރައްކާތެރިކަން ލިބޭނެ ފަދައިން ތަރައްގީގެ މަސައްކަތް ކުރިއަށްގެންދިޔުން؛
(ނ) ތަރައްގީކުރެވޭ ސަރަހައްދުގައި ހުރި ނުވަތަ އެ ސަރަހައްދާ އިންވެގެން ހުރި އިމާރާތްތައް ރައްކާތެރިކުރުން؛
(ރ) އަރބަން ސަރަހައްދު ތަރައްގީކުރުމުގެ ސަބަބުން އެކި ދާއިރާތަކަށް އަތުވެދާނެ ބަދަލުތައް ނުވަތަ ލިބިދާނެ ގެއްލުންތައް ވަޒަންކުރުމުގެ ގޮތުން މި ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާފައިވާ އިމްޕެކްޓް އެސެސްމަންޓްތަކުގައި، އެ ދާއިރާތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އެޅުމަށް ލާޒިމުކުރާ ފިޔަވަޅުތައް އެޅުން.
22 ވަނަ މާއްދާ - ތަރައްގީކުރުމުގެ މުއްދަތު ކަނޑައެޅުން
(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ތަރައްގީކުރުމުގެ ހުށަހެޅުމެއް ފާސްކޮށް، ތަރައްގީކުރުމުގެ ހުއްދަދޭއިރ،ު ހުއްދަ ރައްދުވާ ތަރައްގީގެ މަސައްކަތް ނިންމުމަށް ވަކި މުއްދަތެއް އޮތޯރިޓީން ކަނޑައަޅައި، އެފަދައިން ދޭ ހުއްދައިގައި، އެ މުއްދަތު ބަޔާންކުރަންވާނެއެވެ.
(ށ) މި ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ދޫކުރާ ތަރައްގީކުރުމުގެ ހުއްދަ ދޫކުރާ ތާރީހުން ފެށިގެން ގިނަވެގެން 2 )ދޭއް( އަހަރުދުވަހުގެ ތެރޭގައި، ތަރައްގީގެ އަމަލީ މަސައްކަތްތައް ފަށާފައިނުވާނަމަ، އެ ހުއްދަ ބާތިލުވާނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ތަރައްގީކުރުމުގެ ހުއްދައެއް ދޫކުރެވިފައިވާ ފަރާތަކުން، މި މާއްދާގެ (ހ) ގެ ދަށުން ތަރައްގީކުރުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ، އެ މުއްދަތުގައި ތަރައްގީކުރުމުގެ މަސައްކަތްތައް ނުނިންމޭނެ ސަބަބުތައް ބަޔާންކުރުމާއެކު، ތަރައްގީކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން، ލިޔުމަކުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
23 ވަނަ މާޢްދާ - ތަރައްގީކުރުމުގެ ހުއްދަ ދިނުމާގުޅޭ ގަވާއިދު
މި ބާބުގައި ބަޔާންކޮށްފައިވާ ތަރައްގީކުރުމުގެ ހުއްދަ ދޫކުރުމުގައި އޮތޯރިޓީން ބަލަންޖެހޭ ކަންކަމާއި، ހުއްދަ ދިނުމުގެ މިންގަނޑުތަކާއި، ހުއްދައިގެ ގިންތިތަކާއި، ހުއްދައިގައި ހިމަނަންޖެހޭ މައުލޫމާތު އަދި އެނޫންވެސް ކަމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
24 ވަނަ މާއްދާ - ތަރައްގީކުރުމުގެ މިންގަނޑުތައް
(ހ) އަރބަން ސަރަހައްދުތައް ތަރައްގީކުރުމުގައި، ތަރައްގީކުރާ ފަރާތްތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތައް އޮތޯރިޓީން ކަނޑައަޅައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އަރބަން ސަރަހައްދުގެ ބިން ތަރައްގީކުރެވޭނެ މިންގަނޑުތައް ކަނޑައެޅުމުގައި، އަރބަން ސަރަހައްދުގެ ކޮންމެ ޒޯނަކަށް ރިއާޔަތްކޮށް، އަންނަނިވި ކަންކަން ކަނޑައަޅަންވާނެއެވެ.
- ޒޯނުގެ ބިމުގައި ހުއްދަކުރާ ޑިވެލޮޕްމަންޓް ޑެންސިޓީތަކާއި، ފްލޯރ އޭރިޔާ ރޭށިއޯ އަދި އިމާރާތްތަކުގެ ކަވަރޭޖް ޕަސެންޓޭޖްތައް ކަނޑައަޅާނެ ގޮތުގެ އުސޫލުތައް؛
- ޒޯނުގެ ބިމުގައި އިމާރާތްކުރުމުގެ އެންމެ މަތީ އުސްމިނުގެ މިންގަނޑު ކަނޑައަޅާނެ ގޮތުގެ އުސޫލުތަކާއި، ފެންނަން ހުންނަ ވަށައިގެންވާ މާހައުލުގެ އެއްގޮތްކަން ދެމެހެއްޓޭނެ އުސޫލުތައް؛
- ޒޯނުގައި މީހުން އާބާދުކުރުމަށް ނިންމާފައިވާ އަދަދަށާއި، ޒޯނުގެ ބޮޑުމިނަށް ރިއާޔަތްކޮށް، އެ ޒޯނުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް؛
- ގުދުރަތީ ނުވަތަ އެނޫންވެސް ކާރިސާތަކުން ރައްކާތެރިވުމުގެ ވަސީލަތްތައް އެ ޒޯނެއްގައި ގާއިމުކުރާނެ ގޮތުގެ އުސޫލުތައް؛
- އެނޫންވެސް، އަރބަން ސަރަހައްދުގެ ޒޯންތައް ތަރައްގީކުރުމުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހާސިލުކުރެވޭނެ މޭރުމުން، އެ ސަރަހައްދު ތަރައްގީކުރުމުގައި ހިފަހައްޓަންޖެހޭ އުސޫލުތަކާއި މިންގަނޑުތައ.ް
(ނ) އަރބަން ސަރަހައްދުތައް ތަރައްގީކުރުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ތަރައްގީކުރުމުގެ މިންގަނޑުތަކުގެ އިތުރުން، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުމުގެ އުސޫލުތައް ބަޔާންކުރާ އާންމު ގާނޫނެއްގައި ނުވަތަ ވަކި ބާވަތެއްގެ ތަރައްގީގެ މަސައްކަތްތައް ކުރުމުގެ މައްޗަށް ހިނގާ ކަމާގުޅޭ ހާއްސަ ގާނޫނެއްގައި، ތަރައްގީކުރާ ފަރާތްތަކުން އަމަލުކުރުމަށް ލާޒިމުކުރާ އުސޫލުތަކާއި މިންގަނޑުތަކަށް އެފަރާތްތަކުން އަމަލުކުރަންވާނެއެވެ.
25 ވަނަ މާއްދާ - އާންމު ބޭނުންތަކުގެ ހިދުމަތްތައް
(ހ) އަރބަން ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކުން، އެ ސަރަހައްދު ތަރައްގީކޮށް ނިންމަންވާނީ، އެ ސަރަހައްދަށް ބޭނުންވާ އާންމު ބޭނުންތަކުގެ ހިދުމަތްތައް ގާއިމުކުރުމާއެކުގައެވެ.
(ށ) އަރބަން ސަރަހައްދުތަކުގެ އާންމު ބޭނުންތަކުގެ ހިދުމަތްތައް ގާއިމުކުރަންވާނީ، އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި، އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
26 ވަނަ މާއްދާ - ދަތުރުފަތުރުގެ ނިޒާމު
(ހ) އަރބަން ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކުން އެ ސަރަހައްދު ތަރައްގީކޮށް ނިންމަންވާނީ، އެ ސަރަހައްދާ އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމާއެކުގައެވެ.
(ށ) އަރބަން ސަރަހައްދުތަކުގެ ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރަންވާނީ، ކަމާގުޅޭ ގާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި، ކަމާގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
27 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުމުގައިއެއްބާރުލުން ދިނުން
އަރބަން ސަރަހައްދުތައް ޕްލޭންކުރުމާއި ތަރައްގީކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް މި ގާނޫނުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ ފަރާތްތަކުންނާއި، އެއިން ފަރާތަކުން އަރބަން ސަރަހައްދުގެ ތަރައްގީގެ އަމަލީ މަސައްކަތްތައް ހަވާލުކޮށްފައިވާ ފަރާތްތަކުން އަދި އެނޫންވެސް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން، މި ގާނޫނު އެންމެ ފުރިހަމަގޮތުގައި ތަންފީޒުކޮށް، ކަނޑައެޅިފައިވާ ޕްލޭންތަކާއި މިންގަނޑުތަކާ އެއްގޮތަށް އަރބަން ސަރަހައްދު ތަރައްގީކުރުމުގައި އެއް ފަރާތުން އަނެއް ފަރާތަށް ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.
28 ވަނަ މާއްދާ - އެކަށީގެންވާ އަވަސް މިނެއްގައި މަސައްކަތްކުރުން
އަރބަން ސަރަހައްދުތައް ޕްލޭންކުރުމާއި ތަރައްގީކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް މި ގާނޫނުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ ފަރާތްތަކުންނާއި، އެއިން ފަރާތަކުން އަރބަން ސަރަހައްދުގެ ތަރައްގީގެ އަމަލީ މަސައްކަތްތައް ހަވާލުކޮށްފައިވާ ފަރާތްތަކުން އަދި އެނޫންވެސް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން، މި ގާނޫނު ތަންފީޒުކުރުމުގައި ނުވަތަ އަރބަން ސަރަހައްދު ޕްލޭންކުރުމާއި ތަރައްގީކުރުމުގެ އެއްވެސް މަރުހަލާއެއްގައި އަމަލީ ގޮތުން ކުރާ އެއްވެސް ކަމެއް ކުރުމުގައި، އެ ހާލަތަކާ އެކަށީގެންވާ އެންމެ އަވަސް މުއްދަތެއްގައި އެކަން ކޮށް ނިންމަންވާނެއެވެ.
29 ވަނަ މާއްދާ - ަރައްގީކޮށްގެން ނުވާނެ ސަރަހައްދު
މި ގާނޫނުގެ ދަށުން ވަކި ސަރަހައްދަކީ އަރބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، އެ ސަރަހައްދު ތަރައްގީކުރުމަށް ނިންމި ކަމުގައި ވީނަމަވެސް، އެފަދަ ސަރަހައްދެއްގައި ހިމެނޭ އަންނަނިވި ބާވަތުގެ އެއްވެސް ސަރަހައްދެއް ނުވަތަ ތަނެއް، އެ ސަރަހައްދެއްގެ ނުވަތަ ތަނެއްގެ ގުދުރަތީ ވެއްޓަށް އެއްވެސް އުނިކަމެއް އަންނާނެ ގޮތަކަށް ނުވަތަ އެ ސަރަހައްދެއް ނުވަތަ ތަނެއް އެކަށީގެންވާ ގޮތެއްގައި ހިމާޔަތްކޮށް ރައްކާތެރިކުރެވިގެންނުދާނެ ގޮތަކަށް ތަރައްގީކޮށްގެން ނުވާނެއެވެ.
(ހ) ހިމާޔަތްކޮށްފައިވާ ސަރަހައްދު؛
(ށ) އާސާރީ ސަރަހައްދު؛
(ނ) އެ ސަރަހައްދުގެ ގުދުރަތީ ލޭންޑްސްކޭޕާއި ހިމާޔަތްކުރަންޖެހޭ ގަސްގަހާގެއްސާއި އެނޫންވެސް ގުދުރަތީ ވަސީލަތްތައ.ް
ފަސްވަނަ ބާބު
ކޮންޕްލަޔަންސް
30 ވަނަ މާއްދާ - ގާނޫނާ އެއްގޮތަށް އަމަލުކުރުން
(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގެ ދަށުން ދޫކުރާ ތަރައްގީކުރުމުގެ ހުއްދައާއި، އެ ހުއްދައިގައި ކަނޑައަޅާފައިވާ ށަރުތުތަކާއި މުއްދަތުތަކާ އެއްގޮތަށް، އަދި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ތަރައްގީކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް، ހުއްދަ ދޫކުރެވުނު ފަރާތުން އަމަލުކުރަންވާނެއެވެ.
(ށ) ކަމާގުޅޭ ގާނޫނުގެ ދަށުން ފާސްކޮށްފައިވާ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނާއި، މި ގާނޫނުގެ 20 ވަނަ މާއްދާގެ
(ށ) ގެ ދަށުން އޮތޯރިޓީން ދޫކުރާ ތަރައްގީކުރުމުގެ ހުއްދައާއި، އެ ހުއްދައިގައި އޮތޯރިޓީން ކަނޑައަޅާފައިވާ ށަރުތުތަކާއި މުއްދަތުތަކާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ތަރައްގީކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ހުއްދަ ޫކުރެވުނު ފަރާތުން އަމަލުކޮށްފައިނުވާނަމަ ނުވަތަ ތަރައްގީކުރުމުގެ ހުއްދަ ނުހޯދައި ތަރައްގީކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންދާނަމަ ބެލެވޭނީ މި ގާނޫނާ ހިލާފުވީ ކަމުގައެވެ.
31 ވަނަ މާއްދާ - ފިޔަވަޅު އެޅުން
މި ގާނޫނާ ހިލާފަށް އަމަލުކުރާ ތަރައްގީކުރާ ފަރާތްތަކާމެދު އަންނަނިވި ފިޔަވަޅުތައް ނުވަތަ އެ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.
(ހ) އިންޒާރުގެ ނޯޓިސް ދިނުން؛
(ށ) ކޮންޕްލަޔަންސް ނޯޓިސް ދިނުން؛
(ނ) މަސައްކަތް ހުއްޓާލުމުގެ ނޯޓިސް ދިނުން؛
(ރ) ޖޫރިމަނާކުރުން.
32 ވަނަ މާއްދާ - އިންޒާރުގެ ނޯޓިސް
(ހ) ތަރައްގީކުރާ ފަރާތަކުން މި ގާނޫނާ ހިލާފުވެފައިވާކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ، އެ ހިލާފެއްގެ މައުލޫމާތު އޮތޯރިޓީއަށް ލިބުމާއެކު ވީ އެންމެ އަވަހަކަށް، އަދި ގިނަވެގެން 4 )ހަތަރެއް( އަހަރުދުވަހުގެ ތެރޭގައި، ތަރައްގީކުރާ ފަރާތަށް އިންޒާރުގެ ނޯޓިހެއް އޮތޯރިޓީން ފޮނުވަންވާނެއެވެ.
(ށ) މި ގާނޫނާ ހިލާފުވުމާ ގުޅިގެން، މި މާއްދާގެ (ހ) ގެ ދަށުން ތަރައްގީކުރާ ފަރާތަކަށް އިންޒާރުގެ ނޯޓިސް ދީފައިވަނިކޮށް، އެ ނޯޓިހުގައިވާ މުއްދަތު ހަމަނުވަނީސް، ނޯޓިސް ދީފައިވާ ކަންތަކާ ގުޅޭގޮތުން، އޮތޯރިޓީން އެފަރާތަކާމެދު މި ގާނޫނުގެ ދަށުން އިތުރު އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނޯޓިހުގައި ހިމަނަންޖެހޭ މައުލޫމާތާއި ނޯޓިސް ދެވޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް މި ގާނޫނުގެ
ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އިންޒާރުގެ ނޯޓިސް ދީފައިނުވާނަމަ، ތަރައްގީކުރާ ފަރާތުން މި ގާނޫނާ އެއްގޮތަށް އަމަލުކޮށްފައިވާކަމަށް ބަލަންވާނެއެވެ. އަދި އެފަދަ ހާލަތެއްގައި މި މާއްދާގެ ދަށުން ނޯޓިސް ދީ، ކޮށްފައިވާ މަސައްކަތް ރަނގަޅުކުރުމުގެ ގޮތުން މި ގާނޫނުގެ ދަށުން އެއްވެސް ފިޔަވަޅެއް އެޅުމުގެ ހައްގު އޮތޯރިޓީއަށް ލިބިގެން ނުވެއެވެ.
33 ވަނަ މާއްދާ - ކޮންޕްލަޔަންސް ނޯޓިސް
(ހ) އޮތޯރިޓީން އަންނަނިވި ހާލަތްތަކުގައި، ތަރައްގީކުރާ ފަރާތަކަށް ކޮންޕްލަޔަންސް ނޯޓިހެއް ދެވިދާނެއެވެ.
- މި ގާނޫނުގެ ދަށުން ފާސްކުރާ ތަރައްގީކުރުމުގެ ހުށަހެޅުމާ ހިލާފުވުން؛
- މި ގާނޫނުގައި ބަޔާންކުރާ ތަރައްގީކުރުމުގެ މިންގަނޑުތަކާ ހިލާފުވުން؛
- މި ގާނޫނުގެ ދަށުން ދޫކުރާ ތަރައްގީކުރުމުގެ ހުއްދައާ ނުވަތަ އެ ހުއްދަ ދޫކުރުމުގައި ަނޑައަޅާފައިވާ ށަރުތުތަކާއި މުއްދަތުތަކާ ހިލާފުވުން؛
- ކަމާގުޅޭ ގާނޫނުގެ ދަށުން ފާސްކޮށްފައިވާ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނާ ހިލާފުވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ތަރައްގީކުރާ ފަރާތަކަށް ކޮންޕްލަޔަންސް ނޯޓިހެއް ދޭނަމަ، ތަރައްގީކުރަމުންދާ އަރބަން ސަރަހައްދުގައި މަސްލަހަތެއް ހިމެނޭ ފަރާތްތަކުގެ ތެރެއިން އެ ނޯޓިސްގެ ސަބަބުން އަސަރުކޮށްފާނެ ކަމަށް އޮތޯރިޓީއަށް ފެންނަ އެހެން ފަރާތްތަކަށް އެ ނޯޓިސް ދީފައިވާކަން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ނޯޓިސް ދިނުމުގެ ބޭނުންތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- މި ގާނޫނުގެ ދަށުން ފާސްކޮށްފައިވާ ތަރައްގީކުރުމުގެ ހުށަހެޅުމާ އެއްގޮތަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔުން؛
- މި ގާނޫނުގެ ދަށުން ދީފައިވާ ތަރައްގީކުރުމުގެ ހުއްދައިގައި ކަނޑައަޅާފައިވާ ށަރުތުތަކާ ނުވަތަ މުއްދަތުތަކާ ހިލާފުވެފައިވާ ހިލާފުވުން ރަނގަޅުކުރުން؛
- މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ތަރައްގީކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔުން ނުވަތަ ކޮށްފައިވާ މަސައްކަތް ރަނގަޅުކޮށް އެ މިންގަނޑުތަކާ އެއްގޮތަށް އަލުން އެ މަސައްކަތްކުރުން؛
- އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނާ ހިލާފަށް ކޮށްފައިވާ ނުވަތަ ކުރަމުންދާ ތަރައްގީގެ މަސައްކަތްތައް ރަނގަޅުކުރުން؛
- މި ގާނޫނާ ހިލާފުވުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުމުން ސަލާމަތްވުން.
(ރ) މި މާއްދާގެ ދަށުން ދެވޭ ކޮންޕްލަޔަންސް ނޯޓިހުގައި ތިރީގައިވާ ކަންކަން ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
- މި ގާނޫނާ ހިލާފަށް ކޮށްފައިވާކަމަށް އޮތޯރިޓީއަށް ފެންނަ ކަންތައްތައް؛
- މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބޭނުންތައް ހާސިލުކުރުމަށްޓަކައި އަޅަންޖެހޭނެ ފިޔަވަޅުތަކަކީ ކޮބައިކަން؛
- މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ ފިޔަވަޅުތައް އެޅުމަށްޓަކައި ދެވޭނެ އެންމެ ދިގު މުއްދަތު؛
(4) މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ ފިޔަވަޅުތައް އެޅުމަށްޓަކައި އޮތޯރިޓީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން އެ ތަނަކަށް ވަނުމުގެ ބާރާއި އިހްތިޔާރު ލިބިގެންވާކަން.
34 ވަނަ މާއްދާ - ކޮންޕްލަޔަންސް ނޯޓިސް މުރާޖައާކުރުން
(ހ) ކޮންޕްލަޔަންސް ނޯޓިހެއް ރައްދުވާ ފަރާތަކުން، އެ ނޯޓިސް ރައްދުވާތާ 20 (ވިހި) ދުވަހުގެ ތެރޭގައި، އެ ނޯޓިސް މުރާޖައާކޮށްދިނުމަށް އެދި މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އޮތޯރިޓީއަށް ށަކުވާއެއް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ ހަވާލާދީ، މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުމެއްގެ ދަށުން ކޮންޕްލަޔަންސް ނޯޓިސް މުރާޖައާކުރުމަށްފަހު، އެ ނޯޓިސް ތަންފީޒުކުރުން ފަސްކުރުމަށް ނުވަތަ ނޯޓިސް އިސްލާހުކުރުމަށް ނުވަތަ އަނބުރާ ގެންދިޔުމަށް އޮތޯރިޓީއަށް ނިންމިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ ނޯޓިހާމެދު އަމަލުކުރެވެން ނެތްކަމުގައި އޮތޯރިޓީއަށް ފެންނަނަމަ، އެ ނޯޓިހަކީ ސައްހަ ނޯޓިހެއް ކަމުގައި ކަނޑައަޅައި ނޯޓިސް މުރާޖައާކޮށްދެވެން ނެތްކަމުގައި އޮތޯރިޓީއަށް ނިންމިދާނެއެވެ.
(ރ) މި މާއްދާގެ (ހ) އާ ހަވާލާދީ، މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ނޯޓިހެއް މުރާޖައާކުރުމަށް އޮތޯރިޓީއަށް ހުށަހެޅޭ ހުށަހެޅުމެއް އެ އިދާރާއަށް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 20 (ވިހި) ދުވަހުގެ ތެރޭގައި، އެ ނޯޓިހާމެދު މި މާއްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން ގޮތެއް ކަނޑައަޅައި، އެކަން ނޯޓިސް މުރާޖައާކުރަން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ނޯޓިސް މުރާޖައާކުރުމަށް އެދި ހުށަހަޅާނެ ގޮތާއި، އެފަދަ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމުގައި އޮތޯރިޓީން އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
35 ވަނަ މާއްދާ - މަސައްކަތް ހުއްޓާލުމުގެ ނޯޓިސް
(ހ) މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ވަކި ފަރާތަކަށް ކޮންޕްލަޔަންސް ނޯޓިސް ފޮނުވައި، އެ ނޯޓިހުގައި ކަނޑައެޅިފައިވާ މުއްދަތުގައި އެ ނޯޓިހަށް އެފަރާތުން އަމަލުކޮށްފައިނުވާނަމަ، އެފަރާތަކުން ކުރަމުންދާ ތަރައްގީގެ މަސައްކަތް ހުއްޓުވުމަށްޓަކައި އޮތޯރިޓީން އެފަރާތަކަށް މަސައްކަތް ހުއްޓާލުމުގެ ނޯޓިހެއް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޯޓިސް ފޮނުވާނީ ގާނޫނާ ހިލާފުވަމުންދާ ތަރައްގީކުރާ ފަރާތަށާއި، އެކަމުގައި ޒިންމާ އުފުލަންޖެހޭ އެންމެހައި ފަރާތްތަކަށެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ނޯޓިސް ފޮނުވާކަން ތަރައްގީކުރަމުންދާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތަށްޓަކައި އަންގަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ދެވޭ މަސައްކަތް ހުއްޓާލުމުގެ ނޯޓިހުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ނޯޓިސް ނިސްބަތްވާ އަމަލާގުޅޭ ކޮންޕްލަޔަންސް ނޯޓިހުގެ ކޮޕީ؛
- ގާނޫނާ ހިލާފުވުން ހުއްޓާލުމަށް އަންގާ އެންގުމާއި، އަދި އެ ހިލާފުވުން ހުއްޓާލުމަށް ދެވޭ މުއްދަތު؛
- ނޯޓިހުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އެޅޭނެ ފިޔަވަޅުތައް؛
- ނޯޓިސް މުރާޖައާކުރުމަށްޓަކައި މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ހުށަހެޅުމުގެ ހައްގު ނޯޓިސް ރައްދުވާ ފަރާތަށް ލިބިގެންވާކަން.
36 ވަނަ މާއްދާ - ަލުން މަސައްކަތް ފެށުމުގެ ހުއްދައަށް އެދުން
(ހ) މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން މަސައްކަތް ހުއްޓާލުމުގެ ނޯޓިހެއް ރައްދުވާ ފަރާތުން، އެ ނޯޓިހާ އެއްގޮތަށް އަމަލުކޮށް، އެ ނޯޓިހުގައި ބަޔާންކުރާ މުއްދަތުގައި މަސައްކަތް ހުއްޓާލަންވާނެއެވެ.
(ށ) މަސައްކަތް ހުއްޓާލުމުގެ ނޯޓިހެއް ރައްދުވާ ފަރާތަކަށް، އެފަރާތަކުން ކުރަމުންދާ މަސައްކަތް އަލުން ފެށޭނީ މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ދީފައިވާ ކޮންޕްލަޔަންސް ނޯޓިހުގައި އިސްލާހުކުރަން އަންގާފައިވާ އެންމެހައި ކަންކަން އިސްލާހުކުރުމަށްފަހު، އަލުން މަސައްކަތް ފެށުމުގެ ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހަޅައި، އެފަދައިން އެ ހުއްދަ ހޯދުމަށްފަހުއެވެ.
(ނ) އޮތޯރިޓީން އަންގައިގެން ތަރައްގީކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ފަރާތްތައް، އަލުން ހުއްދަ ހޯދުމަށް އެދި އަމަލުކުރަންޖެހޭ ގޮތާއި، އެފަދައިން އެ ހުއްދަ ދޫކުރުމުގައި އޮތޯރިޓީން އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެވެ.
37 ވަނަ މާއްދާ - ޖޫރިމަނާކުރުން
(ހ) މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ދޭ ކޮންޕްލަޔަންސް ނޯޓިހާ އެއްގޮތަށް ނުވަތަ މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ދޭ މަސައްކަތް ހުއްޓާލުމުގެ ނޯޓިހާ އެއްގޮތަށް އެ ނޯޓިސްތައް ރައްދުވާ ފަރާތްތަކުން އަމަލު ނުކޮށްފިނަމަ، އެފަދަ ފަރާތެއް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
%(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖޫރިމަނާކުރާއިރ،ު ޖޫރިމަނާއެއްގެ ގޮތުގައި ނެގޭނީ، ތަރައްގީގެ އެ މަށްރޫއަކީ 20,000,000 (ވިހި މިލިއަން) ރުފިޔާއަށްވުރެ ބޮޑު މަށްރޫއެއްނަމަ އެ މަށްރޫއެއްގެ އަގުގެ ގިނަވެގެން 5 (ފަހެއް އިންސައްތަ) އެވެ. އަދި އެ މަށްރޫއަކީ އެ އަދަދަށްވުރެ ކުޑަ މަށްރޫއެއްނަމަ، ޖޫރިމަނާއެއްގެ ގޮތުގައި ނެގޭނީ، އެ މަށްރޫއެއްގެ އަގުގެ މަދުވެގެން %1 (އެކެއް އިންސައްތަ) އެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުމަށްފަހުގައިވެސް، ނޯޓިހާ ހިލާފަށް އަމަލުކުރަމުންދާނަމަ، އެ ހިލާފުވުން ރަނގަޅުނުކޮށް ހިނގާ ކޮންމެ ދުވަހަކަށް 1,000 (އެއްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.
(ރ) މި މާއްދާގެ ދަށުން ޖޫރިމަނާކުރުމުގެ ހަމަތަކާއި މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
38 ވަނަ މާއްދާ - ނޯޓިސް ތަންފީޒުކުރުން
(ހ) ކޮންޕްލަޔަންސް ނޯޓިހަކާ ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހަކާ ގުޅިގެން، އެ ނޯޓިސްތަކުގައި ބަޔާންކުރާ ކަންކަން ތަންފީޒުކޮށްފައިވޭތޯ ބެލުމަށްޓަކައި، 48 (ސާޅީސްއަށެއް) ގަޑިއިރުގެ ނޯޓިސް ދިނުމަށްފަހު ދުވާލުގެ އެކަށީގެންވާ ވަގުތެއްގައި، އޮތޯރިޓީން އެކަމަށް ހުއްދަދޭ އޮފިސަރުންނަށް ނޯޓިހުގައި ބަޔާންކުރާ ތަނަކަށް ވަދެ އެ ތަނެއް ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިންގާ ބަލައި ފާސްކުރުމެއްގައި، ކޮންޕްލަޔަންސް ނޯޓިސް ތަންފީޒުކުރުމަށް ނޯޓިސް ރައްދުވި ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަމަށް ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހާ އެއްގޮތަށް މަސައްކަތް ހުއްޓާލާފައިނުވާކަމަށް އޮތޯރިޓީއަށް ފާހަގަކުރެވިއްޖެނަމަ، ކޮންޕްލަޔަންސް ނޯޓިހުގައި އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް އެޅުމަށްޓަކައި ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހުގައިވާ ގޮތުގެމަތިން މަސައްކަތްތައް ހުއްޓުވުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އިތުރު ފިޔަވަޅު އެޅުމުގެ ބާރު އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކޮންޕްލަޔަންސް ނޯޓިސް ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިސް ތަންފީޒުކުރުމުގެ ގޮތުން އޮތޯރިޓީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން އަޅާ ފިޔަވަޅަކާ ގުޅިގެން ހިނގާ ހަރަދަށް ކޮންޕްލަޔަންސް ނޯޓިސް ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިސް ތަންފީޒުކުރުމަށް އަންގާފައިވާ ފަރާތުން ނުވަތަ ފަރާތްތަކުން ޒިންމާ އުފުލަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ބަލައި ފާސްކުރަނީ މީހުން ދިރިއުޅޭ ތަނެއް ކަމުގައިވާނަމަ އެ ތަނަކަށް ވަންނަންވާނީ ތަނުގެ ވެރިފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ. ނުވަތަ އެފަދަ ހުއްދައެއް ނެތްނަމަ ކޯޓު އަމުރެއްގެ ދަށުންނެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަނަކަށް ވަނުމުގެ ކުރިން ދޭ ނޯޓިހުގައި އެ ތަނަކަށް ވަންނަ ސަބަބާއި އެކަމަށް ހުއްދަދީފައިވާ ފަރާތުން ތަން ބެލުމަށް ހިނގާނެ ކަމަށް ލަފާކުރެވޭ ވަގުތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ތަނެއް ބަލައި ފާސްކުރުމަށް ދާ ހުއްދަކޮށްފައިވާ އޮފިސަރުގެ ކިބައިގައި އޮތޯރިޓީން އެކަމަށް ހުއްދަދީފައިވާ ރަސްމީ ލިޔުމެއް އޮންނަންވާނެއެވެ. އަދި އެ ތަނުގައި މަސްލަހަތު ހިމެނޭ ފަރާތަކުން އެ ލިޔުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި އެ ލިޔުން އެފަރާތަކަށް ދައްކަންވާނެއެވެ.
(ކ) އޮތޯރިޓީން ހުއްދަކޮށްފައިވާ އޮފިސަރަކު ވަކި ސަރަހައްދަކަށް ނުވަތަ ތަނަކަށް ވަދެ ފާސްކުރާ ކުރުމުގައި، އެ ސަރަހައްދަކަށް ނުވަތަ ތަނަކަށް ނުވަތަ އެ ސަރަހައްދުގައި ނުވަތަ ތަނުގައިވާ އެއްޗަކަށް އެއްވެސް ގެއްލުމެއް ވެއްޖެނަމަ، އެ ލިބުނު ގެއްލުމުގެ މިންވަރު ދެނެގަންނާނެ ފަރާތެއް އޮތޯރިޓީން ކަނޑައަޅައި، ވެފައިވާ ގެއްލުމަށް ބިނާކޮށް ބަދަލެއް ދޭންޖެހޭނަމަ، އެ ބަދަލެއް ލަސްނުކޮށް އެ ގެއްލުމެއް ލިބުނު ފަރާތަށް ދޭންވާނެއެވެ.
ހަވަނަ ބާބު
ށަކުވާ ހުށަހެޅުމާއި މައްސަލަ ބެލުން
39 ވަނަ މާއްދާ - އޮތޯރިޓީއަށް ށަކުވާ ހުށަހެޅުން
ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އޮތޯރިޓީއަށް ށަކުވާ ހުށަހެޅުމުގެ ހައްގ،ު ކަމުގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.
(ހ) އަރބަން ސަރަހައްދެއް ތަރައްގީކުރުމުގެ ހުއްދަ ނުދީ، ތަރައްގީކުރުމުގެހުށަހެޅުން އަނބުރާ ފޮނުވާލުން؛
(ށ) ތަރައްގީކުރުމުގެ ހުއްދައާއެކު އިތުރު ށަރުތުތައް ކަނޑައެޅުން؛
(ނ) ތަރައްގީކުރާ ފަރާތަކަށް ކޮންޕްލަޔަންސް ނޯޓިހެއް ނުވަތަ މަސައްކަތްހުއްޓާލުމުގެ ނޯޓިހެއް ދިނުން؛
(ރ) ތަރައްގީކުރާ ފަރާތަކަށް ކޮންޕްލަޔަންސް ނޯޓިހެއް ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހެއް ނުދިނުމަށް އޮތޯރިޓީން ނިންމުމުގެ ސަބަބުން އެ ބިމުގައި އޮތް އެހެން ފަރާތެއްގެ މަސްލަހަތަކަށް އަސަރުކުރުން؛
(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އޮތޯރިޓީން އަޅާ ފިޔަވަޅެއްގެ ސަބަބުން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން އެފަރާތެއްގެ މަސްލަހަތަކަށް އަސަރުކުރުން؛
(ޅ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްވެސް ފަރާތަކުން ހިލާފުވުމުގެ ސަބަބުން އެފަރާތަކަށް ގެއްލުމެއް ލިބުން.
40 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި ށަކުވާ ބަލައިގަތުން
(ހ) މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ށަކުވާ ހުށަހަޅާނެ ގޮތާއި، ށަކުވާ ބެލުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ށަކުވާ ބެލުމަށްފަހުގައި އެކަމާ ގުޅިގެން އޮތޯރިޓީން ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި މި ގާނޫނުގެ ދަށުން ހުށަހަޅާ ށަކުވާތައް އޮތޯރިޓީން ބަލައި ނިންމާނެ މުއްދަތެއް އެ ގަވާއިދުގައި ަޔާންކުރަންވާނެއެވެ.
(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ށަކުވާ ހުށަހެޅޭނީ، އެ ށަކުވާ ރައްދުވާ އަމަލު ހިނގާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް ހުށަހެޅޭ ށަކުވާތައް ބެލުމުގެ
ނިޒާމާއި ށަކުވާ ބެލުމަށް އެކުލަވާލަންޖެހޭ ކޮމިޓީ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އޮތޯރިޓީން ގާއިމުކޮށް، އެކުލަވާލަންވާނެއެވެ. އަދި އެކި ފަރާތްތަކުން ހުށަހަޅަން ބޭނުންވާ ށަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމަށް ބޭނުންވާ އިންތިޒާމުތައް އޮތޯރިޓީގެ ފަރާތުން ހަމަޖައްސަންވާނެއެވެ.
(ރ) އެއްވެސް ފަރާތަކުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން، އެ ށަކުވާއެއްގައި އެއްވެސް އަސާސެއް ނެތް ކަމަށް، އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޮތޯރިޓީއަށް ފެންނަނަމަ، އެ ށަކުވާއަކާ ގުޅޭގޮތުން އޮތޯރިޓީން ނިންމި ގޮތާއި، އޭގެ ސަބަބުތައް، އެ ނިންމުމެއް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ށަކުވާ
ހުށަހެޅި ފަރާތަށް އޮތޯރިޓީން އަންގަންވާނެއެވެ.
41 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުން
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި ބާވަތުގެ މައްސަލަތައް އޮތޯރިޓީގެ އަމިއްލަ އިސްނެގުމުގައި ބެލިދާނެއެވެ.
(ހ) އަރބަން ސަރަހައްދެއް ތަރައްގީކުރުމުގެ ހުއްދައާ ނުވަތަ ހުއްދައިގައި ކަނޑައަޅާފައިވާ ށަރުތަކާ ހިލާފުވެފައިވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ މައްސަލަތައް؛
(ށ) މި ގާނޫނުގެ ދަށުން ތަރައްގީކުރާ ފަރާތަކަށް ފޮނުވާ ކޮންޕްލަޔަންސް ނޯޓިހަކާ ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހަކާ ހިލާފުވެފައިވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ މައްސަލަތައް؛
(ނ) އެއްވެސް ފަރާތަކުން މި ގާނޫނާއި މި ގާނޫނުގެ ދަށުން އޮތޯރިޓީން ކަނޑައަޅާފައިވާ ތަރައްގީކުރުމުގެ މިންގަނޑަކާ ހިލާފުވެފައިވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ މައްސަލަތައް؛
(ރ) އެއްވެސް ފަރާތަކުން މި ގާނޫނާއި ކަމާގުޅޭ އެހެން ގާނޫނަކާ އެއްގޮތްވާގޮތުގެމަތިން އަމަލުކުރުމަށް އޮތޯރިޓީގެ ފަރާތުން އަންގާފައިވާ ގޮތާ ހިލާފުވެފައިވާކަމަށް އެ އޮތޯރިޓީއަށް ގަބޫލުކުރެވޭ މައްސަލަތައް؛
(ބ) އެނޫންވެސް، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ބަލަންޖެހޭ މައްސަލައެއް ކަމުގައި އޮތޯރިޓީއަށް ގަބޫލުކުރެވޭ މައްސަލަތައ.ް
42 ވަނަ މާއްދާ - މައްސަލަ ބެލުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް
މި ގާނޫނުގެ 39 ވަނަ މާއްދާއާއި، މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން ބަލާ މައްސަލަތައް ބެލުމުގައި އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.
(ހ) މައްސަލައެއް ނުވަތަ ށަކުވާއެއް ހުށަހެޅި ފަރާތަށް އެ މައްސަލައެއް ނުވަތަ ށަކުވާއެއް އޮތޯރިޓީގައި ރަޖިސްޓަރީކުރެވުނުކަން ލިޔުމުން އެންގުން؛
(ށ) މައްސަލަ ރައްދުވާ ފަރާތަށް މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން؛
ނ) މައްސަލަ ބަލައި ނިމުމުން، އޮތޯރިޓީން ނިންމި ގޮތް މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ލިޔުމުން އެންގުން.
43 ވަނަ މާއްދާ - މައްސަލަ ނިމުނުގޮތުގެ ރިޕޯޓު
(ހ) މި ގާނޫނުގެ 39 ވަނަ މާއްދާއާއި މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ކޮމިޓީން މައްސަލަ ބެލުމަށްފަހު، ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރާ ރިޕޯޓުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- މައްސަލަ ބެލި ގޮތް؛
- މައްސަލަ ބެލުމުގައި ކޮމިޓީން ހޯދާފައިވާ ހޯދުންތައް؛
- މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ މައުލޫމާތާއި ހޯދުންތައް ބިނާކޮށްފައިވާ ހެކި؛
- މައްސަލައާ ގުޅިގެން ނުވަތަ އެކަމާ ގުޅޭގޮތުން އޮތޯރިޓީ އަށް ފެންނަ ކަންކަން ނުވަތަ އޮތޯރިޓީން ހުށަހަޅާ ކަންކަމާއި އޮތޯރިޓީގެ ނިންމުން.
44 ވަނަ މާއްދާ - އޮތޯރިޓީގެ ނިންމުން މުރާޖައާކުރުން
(ހ) މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ށަކުވާއަކާ ގުޅިގެން ނުވަތަ މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން އޮތޯރިޓީ ގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުމުގައި އޮތޯރިޓީން ނިންމާ ނިންމުމެއްގެ ސަބަބުން މީހެއްގެ ހައްގަކަށް އުނިކަން ލިބޭކަމަށް އެފަރާތަށް ގަބޫލުކުރެވޭނަމަ، އެ ނިންމުމެއް މުރާޖައާކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމުގެ ހައްގު އެމީހަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ނިންމާ ނިންމުން މުރާޖައާކުރުމަށް ހުށަހަޅާނެގޮތުގެ އިޖުރާއަތުތަކާއި، މުރާޖައާކުރުމުގައި ަމަލުކުރާނެ ގޮތުގެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން މުރާޖައާކުރުމަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި، މިނިސްޓްރީގައި މުރާޖައާ ކޮމިޓީއެއް އެކުލަވާލާފައި އޮންނަންވާނެއެވެ.
45 ވަނަ މާއްދާ - ށަރީއަތަށް މައްސަލަ ހުށަހެޅުން
(ހ) މި ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީގެ މުރާޖައާ ކޮމިޓީން ނިންމުމެއް ނިންމުމަށްފަހު، އެ މައްސަލަ ހުށަހެޅި ފަރާތަށް އަންގާ އެންގުމުގައި ބަޔާންކުރާ ސަބަބުތައް މައްސަލަ
ހުށަހެޅި ފަރާތަށް ގަބޫލުނުކުރެވޭނަމަ، އެ ލިޔުން އެފަރާތަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މައްސަލަ ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަރީއަތަށް މައްސަލަ ހުށަހެޅުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިދެވޭނީ، މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހުގައެވެ.
ހަތްވަނަ ބާބު
އެހެނިހެން ކަންކަން
46 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން
(ހ) ކަމާގުޅޭ ގާނޫނުގެ ދަށުން އަރބަން ސަރަހައްދުތަކަށް ފާސްކުރާ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭންތަކާއި، މި ގާނޫނުގެ ދަށުން ދޫކުރާ ތަރައްގީކުރުމުގެ ހުއްދަތަކާގުޅޭ މައުލޫމާތ،ު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އޮތޯރިޓީން އާންމުކުރަންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ދެވޭ ނޯޓިހެއް ނުވަތަ އެނޫންވެސް ނިންމުމެއްގެ ސަބަބުން އަސަރުކުރާނެ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް އެކަން ެނައުމަށްޓަކައި އެ ނޯޓިހެއް ނުވަތަ ނިންމުމަކާގުޅޭ މައުލޫމާތެއް އާންމުކުރުމަށް އޮތޯރިޓީއަށް ނުވަތަ މިނިސްޓްރީއަށް ފެންނަނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ މައުލޫމާތު އާންމުކުރަންވާނެއެވެ.
(ނ) މި ގާނޫނުގެ 40 ވަނަ މާއްދާގެ (ނ) ގެ ދަށުން އޮތޯރިޓީން އެކުލަވާލާ ކޮމިޓީން މައްސަލަ ބެލުމަށްފަހު މި ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތައްޔާރުކުރާ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) އެހެން އޮތްނަމަވެސް، އަންނަނިވި ހާލަތްތަކުގައި އެ އަކުރުތަކުގައި ބަޔާންކުރާ މައުލޫމާތާއި ރިޕޯޓުތައް ނުވަތަ އެއިން ބައެއް ށާއިއުކޮށްގެން ނުވަތަ ހާމަކޮށްގެން ނުވާނެއެވެ.
- އެ މައުލޫމާތެއް ނުވަތަ ރިޕޯޓެއް ނުވަތަ އޭގެ ބައެއް ށާއިއުކުރުމުން ނުވަތަ ހާމަކުރުމުން މީހެއްގެ ނުވަތަ ކުންފުންޏެއްގެ ވިޔަފާރީގެ ސިއްރެއް ހާމަވުން؛ ނުވަތަ
- ޖިނާއީ މައްސަލައަކާ ގުޅިގެން ހިނގަމުންދާ ތަހްގީގަކަށް ހުރަސްއެޅުމުގެ ފުރުސަތު އޮތުން؛ ނުވަތަ
- މީހެއްގެ މައްޗަށް ހިންގޭ ށަރީއަތެއްގެ އަދުލުވެރިކަމަށް ހުރަސްއެޅުމުގެ ފުރުސަތު އޮތުން؛ ނުވަތަ
- ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތުން.
(ބ) މި މާއްދާގެ ދަށުން އެއްވެސް މައުލޫމާތެއް އާންމުކުރުމުގައި، އޭގައި އެއްވެސް މީހެއްގެ އަމިއްލަ ނުވަތަ ޒާތީ މައުލޫމާތެއް ހިމެނޭކަމަށްވާނަމަ، އެ މައުލޫމާތެއް ހާމަނުވާނެ މިންވަރަކަށް އެ މައުލޫމާތުން އެބައި އުނިކުރުމަށްފަހު، އެ މައުލޫމާތުގެ ތެރެއިން ށާއިއުކުރެވެން އޮތްބައި ށާއިއުކުރަންވާނެއެވެ.
47 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި، މިނިސްޓްރީގެ ނުވަތަ އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، މިނިސްޓްރީއަށް ނުވަތަ އޮތޯރިޓީއަށް މި ގާނޫނުން ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން، ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، މިނިސްޓްރީ ނުވަތަ އޮތޯރިޓީގެ އިރުށާދު ލިބިގެން މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މިނިސްޓްރީ ނުވަތަ އޮތޯރިޓީގެ އިރުށާދު ލިބިގެން މަސައްކަތްކުރާ މުވައްޒަފަކު ގަސްދުގައި ކުރާ ކަމަކުން ނުވަތަ އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް، ކަމާ ގުޅޭގޮތުން ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އެކަމެއްގެ ޒިންމާ އެ މުވައްޒަފަކު އުފުލަންޖެހޭނެއެވެ.
48 ވަނަ މާއްދާ - ފީ ނުވަތަ ޗާޖު ނެގުން
މި ގާނޫނުގެ ދަށުން އޮތޯރިޓީން ދޭ ހިދުމަތްތަކާ ގުޅޭގޮތުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ފީއެއް ނުވަތަ ޗާޖެއް އޮތޯރިޓީއަށް ނެގިދާނެއެވެ.
49 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.
(ށ) މި ގާނޫނުގައި ގަވާއިދު ހަދަންޖެހޭ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަމާ ގުޅޭގޮތުން މިނިސްޓްރީން ގަވާއިދު ހަދަންވާނެއެވެ.
- އަރބަން ސަރަހައްދުތައް ކަނޑައެޅުމާއި، އެ ސަރަހައްދުތައް ގިންތިކޮށް ދަރަޖަކުރުމާގުޅޭ ގަވާއިދު؛
- އަރބަން ސަރަހައްދުތަކުގެ އިހްތިސާސް ކަނޑައެޅުމާގުޅޭ ގަވާއިދު؛
- ފަންނީ ކޮމިޓީތައް ނުވަތަ ޕެނަލްތައް ނުވަތަ މަސައްކަތު ގްރޫޕްތައް އެކުލަވާލުމާއި، އެ ކޮމިޓީތައް ނުވަތަ ޕެނަލްތައް ނުވަތަ މަސައްކަތު ގްރޫޕްތައް ހިންގުމާގުޅޭ ގަވާއިދު؛
- އަރބަން ސަރަހައްދު ތަރައްގީކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމާއެކު ފުރިހަމަކުރަންޖެހޭ އެސެސްމަންޓްތައް ހެދުމާގުޅޭ ގަވާއިދު؛
- ތަރައްގީކުރުމުގެ ހުއްދަ ދޫކުރުމާއި، ތަރައްގީކުރާ ފަރާތްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމާގުޅޭ ގަވާއިދު؛
- އަރބަން ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ތަރައްގީގެ މިންގަނޑުތަކާގުޅޭ ގަވާއިދު؛
- ގާނޫނުގެ ދަށުން ށަކުވާ ހުށަހެޅުމާއި، ށަކުވާތައް ބަލައި ފިޔަވަޅު އެޅުމާގުޅޭ ގަވާއިދު،
(ނ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
50 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވ،ެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ފުރިހަމަވާ ތާރީހުން ފެށިގެންނެވެ.
51 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ނ) "އަރބަން ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައިވާ ގޮތުގެމަތިން އަރބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކޮންމެ ސަރަހައްދަކަށެވެ.
(ރ) "އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ" ނުވަތަ "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، އަރބަން ސަރަހައްދުތަކުގެ ޕްލޭންތައް އެކުލަވާލައި، އެ ސަރަހައްދުތައް ތަރައްގީކުރުމުގެ ކަންކަން ވިލަރެސްކުރުމަށްޓަކައި މި ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން އުފައްދާ އޮތޯރިޓީއަށެވެ.
(ބ) "އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" ކަމަށް ބުނެފައި އެވަނީ، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ ދަށުން އަރބަން ސަރަހައްދުތަކަށް އެކުލަވާލައި ފާސްކުރާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނަށެވެ.
(ޅ) "ތަރައްގީކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އަރބަން ސަރަހައްދު ތަރައްގީކުރުމަށް ސަރުކާރުން ހަވާލުކުރާ ފަރާތަށާއި، އެއިން ފަރާތަކުން އެ ސަރަހައްދުގައި ކުރުމަށް ރާވާފައިވާ ތަރައްގީގެ އަމަލީ މަސައްކަތްތައް ހަވާލުކުރާ ފަރާތްތަކަށެވެ.
(ކ) "ތަރައްގީކުރުން" ކަމަށް ބުނެފައި އެވަނީ، ގައުމީ ތަރައްގީގެ ލަނޑުދަނޑިތަކާއި އަރބަން ސަރަހައްދުތައް ތަރައްގީކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން، އަރބަން ސަރަހައްދުތައް، އެ ސަރަހައްދުތަކަށް ކަނޑައެޅިފައިވާ ބޭނުން ނުވަތަ ބޭނުންތައް ާސިލުކުރެވޭނެ ހާލަތަށް ގެނައުމަށްޓަކައި، އެ ސަރަހައްދު އަލަށް
ބިނާކުރުން ނުވަތަ އެ ސަރަހައްދުގެ ބިނާކުރުމަށް އިތުރު ކުރިއެރުން ގެނައުމަށެވެ. އޭގެ ތެރޭގައި، ބިން ހިއްކުމާއި، ބިން ކޮނުމާއި، ވެލި ނެގުމާއި، ކޮންސްޓްރަކްށަން މަސައްކަތްތަކާއި، އިންޖިނިއަރިންގ މަސައްކަތްތަކާއި، އެނޫންވެސް ބިމުގެ އަޑީގައި ނުވަތަ ބިމުގައި ނުވަތަ ބިމުން މަތީގައި ކުރާ އިމާރާތްކުރުމުގެ އެންމެހައި މަސައްކަތެއް ހިމެނެއެވެ.
(އ) "އާންމު ބޭނުންތަކުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ހިދުމަތަށެވެ.
(ވ) "އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ގާނޫނުތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ހަދާފައިވާ ގާނޫނުތަކަށާއި، އެ ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށެވެ.
(މ) "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާ އޮތޯރިޓީއަށެވެ.
(ފ) "އެއްގަމު ދަތުރުފަތުރުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި، ފާލަންތަކާއި، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން ހިނގާބިނގާވެއުޅުމަށާއި ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކާއި އަމިއްލަ ބޭނުމަށް ނުވަތަ ސިނާއީ ބޭނުންތަކަށް ނުވަތަ އެނޫންވެސް ބޭނުމަކަށް ދޫކުރެވިފައިވާ ބިމުގައި އާންމުކޮށް ދުއްވުމާއި ހިނގާބިނގާވެއުޅުމަށް ހަދާފައިވާ މަގުތަކާއި ގޯޅިތަކާއި ސަރަހައްދުތަކަށެވެ.
(ދ) "ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-16 (ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، ެ ގާނޫނު އުވާލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލާ އެންމެހައި ގާނޫނުތައް ހިމެނޭ ގޮތުންނެވެ.
(ތ) "ސިޓީ ކައުންސިލް" ނުވަތަ "ރަށު ކައުންސިލް" ނުވަތަ "ލޯކަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް ނުވަތަ އަތޮޅު ކައުންސިލަށެވެ.
(ލ) "ހިމާޔަތްކޮށްފައިވާ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަށެވެ.
(ގ) "އާސާރީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ ދަށުން އާސާރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަށެވެ.
(ޏ) "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ކަމާގުޅޭ ގަވާއިދުތައް ހިމެނޭ ގޮތުންނެވެ.
ކިޔުންތެރިންގެ ހިޔާލު