-

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-09)

 

ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ ފަހަތަށް 1-33 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން. 

ހުވައިކުރެވިފައިނުވާ ފަރާތްތައް ހުވައިކުރުން   33-1.          

(ހ) މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނަށް ޢަމަލުކުރަން ފަށާއިރު، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ހާއްސަކޮށްގެން  1 (އެކެއް) މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށްގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަމްރީނު ޕްރޮގްރާމްގައި ހިމެނޭ ވަކިވަކި ބައިތަކާއި، އެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުސޫލު ބާ ކައުންސިލުން އެކުލަވާލައި، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އުސޫލު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަމްރީނު ޕްރޮގްރާމް ފަށަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރު، އަދި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް، އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ  33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ގާނޫނީ ވަކީލުކަމުގެ ހުވައިކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަންވާނެއެވެ.

(ބ) ގާނޫނީ ވަކީލުކަމުގެ ހުވައި އައު ކުރުމުގެ ގޮތުން، މި މާއްދާގެ (ރ) ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުވައިކުރާ ހުރިހާ ފަރާތްތަކުން، މި ގާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ބާ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބާ އިމްތިހާނުގައި ބައިވެރިވުން ލާޒިމުވާނެއެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 72 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

72. (ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ބޭރު ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

3 ވަނަ މާއްދާ – މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-05)

 

ގުޅުންހުރި ގަވާއިދު/އުސޫލު

ގާނޫނީ ފަންނުގެ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހާ ގުޅިގެން އެކުލަވައިލެވޭ ހާއްސަ ތަމްރީނު ޕްރޮގްރާމާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 13 އޯގަސްޓް 2020)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު