-

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) އަށް 12 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(މި ގާނޫނަށް އަމަލުކުރަން ފެށީ 18 އޮގަސްޓް 2024 ގައި)

 

ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުނ.ް

އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު ހުސްވުމުން ބައި - އިލެކްށަން ބޭއްވުން 15.

(ހ) ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުނ،ް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އެންގުމެއް އަންގާތާ ލަސްވެގެން 183 (ސަތޭކައަށްޑިހަތިނެއް) ދުވަހުގެ ތެރޭގައި، ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކައުންސިލެއްގެ ރައީސްގެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ، 365 ތިންސަތޭކަފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުން ލާޒިމެއްނޫނެވެ.

(ރ) ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ ރައީސްގެ މަގާމު ހުސްވުމުގެ ސަބަބުން ބައި،އިލެކްށަނަކުން އެ މަގާމަށް އިންތިހާބުކުރެވޭ ފަރާތަކަށް ކައުންސިލްގެ ރައީސްގެ މަގާމުގައި ދެމިހުރެވޭނީ، އެ ކައުންސިލްގެ އުމުރު ހަމަވަންދެނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުނ.ް

(ނ) އެއްވެސް ސަބަބަކާހުރެ އަތޮޅު ކައުންސިލްގެ ނައިބުރައީސްގެ މަގާމު ހުސްވެއްޖެނަމަ، އެފަދައިން އެ މަގާމު ހުސްވާތާ ގިނަވެގެން 30 (ހަތެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މަގާމަށް އަލުން މެންބަރަކު އިންތިހާބުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، އަތޮޅު ކައުންސިލްގެ ނައިބުރައީސްގެ މަގާމު ހުސްވާއިރު، އެ ކައުންސިލްގެ ރައީސްކަމުގެ މަގާމު ހުސްވެފައިވާނަމަ، އެ ކައުންސިލްގެ ނައިބުރައީސްގެ މަގާމު ހުސްވާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މަގާމަށް އަލުން މެންބަރަކު އިންތިހާބުކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުނ.ް

(ނ) އެއްވެސް ސަބަބަކާހުރެ ރަށު ކައުންސިލްގެ ނައިބުރައީސްގެ މަގާމު ހުސްވެއްޖެނަމަ، އެފަދައިން އެ މަގާމު ހުސްވާތާ ގިނަވެގެން 30 (ހަތެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މަގާމަށް އަލުން މެންބަރަކު އިންތިހާބުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ރަށު ކައުންސިލްގެ ނައިބުރައީސްގެ މަގާމު ހުސްވާއިރު، އެ ކައުންސިލްގެ ރައީސްކަމުގެ މަގާމު ހުސްވެފައިވާނަމަ، އެ ކައުންސިލްގެ ނައިބުރައީސްގެ މަގާމު ހުސްވާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކައުންސިލްގެ ނައިބުރައީސްގެ މަގާމަށް އަލުން މެންބަރަކު އިންތިހާބުކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުނ.ް

ރަށު ކައުންސިލްގެ މެންބަރުކަމުގެ ގޮނޑި ހުސްވުމުން ބައި - އިލެކްށަން ބޭއްވުން 29.

(ހ) ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުނ،ް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އެންގުމެއް އަންގާތާ ލަސްވެގެން 183 (ސަތޭކައަށްޑިހަތިނެއް) ދުވަހުގެ ތެރޭގައި، ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކައުންސިލެއްގެ މެންބަރެއްގެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ، 365 (ތިންސަތޭކަފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުން ލާޒިމެއްނޫނެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) އެހެން އޮތްނަމަވެސް، ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލްގައި މެންބަރުން ނެތްނަމަ، އެ ކައުންސިލެއްގެ އެންމެ ފަހުން ހުސްވި ގޮނޑި ހުސްވެއްޖެކަން މި މާއްދާގެ (ހ) ގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އެންގުމެއް އަންގާތާ ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބުކުރަންވާނެއެވެ.

(ބ) ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން ބައި،އިލެކްށަނަކުން އެ ކައުންސިލަށް އިންތިހާބުކުރެވޭ މެންބަރަކަށ،ް މެންބަރުކަމުގެ މަގާމުގައި ދެމިހުރެވޭނީ، އެ ކައުންސިލްގެ އުމުރު ހަމަވަންދެނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުނ.ް

(ނ) އެއްވެސް ސަބަބަކާހުރެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމު. 42 ހުސްވެއްޖެނަމަ، އެފަދައިން އެ މަގާމު ހުސްވާތާ ގިނަވެގެން 30 (ހަތެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މަގާމަށް އަލުން މެންބަރަކު އިންތިހާބުކުރަންވާނެއެ ވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާއިރު، އެ ކައުންސިލްގެ މޭޔަރުގެ މަގާމު ހުސްވެފައިވާނަމަ، އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އަލުން މެންބަރަކު އިންތިހާބުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުނ.ް

ސިޓީ ކައުންސިލްގެ މެންބަރުކަމުގެ ގޮނޑި ހުސްވުމުން ބައި - އިލެކްށަން ބޭއްވުން 45.

(ހ) ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުނ،ް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އެންގުމެއް އަންގާތާ ލަސްވެގެން 183 (ސަތޭކައަށްޑިހަތިނެއް) ދުވަހުގެ ތެރޭގައި، ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކައުންސިލެއްގެ މެންބަރެއްގެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ، 365 (ތިންސަތޭކަފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުން ލާޒިމެއްނޫނެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) އެހެން އޮތްނަމަވެސް، ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލްގައި މެންބަރުން ނެތްނަމަ، އެ ކައުންސިލެއްގެ އެންމެ ފަހުން ހުސްވި ގޮނޑި ހުސްވެއްޖެކަން މި މާއްދާގެ (ހ) ގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އެންގުމެއް އަންގާތާ ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބުކުރަންވާނެއެވެ.

(ބ) ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން ބައި،އިލެކްށަނަކުން އެ ކައުންސިލަށް އިންތިހާބުކުރެވޭ މެންބަރަކަށ،ް މެންބަރުކަމުގެ މަގާމުގައި ދެމިހުރެވޭނީ،އެ ކައުންސިލްގެ އުމުރު ހަމަވަންދެނެވެ.

 

7 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށ،ް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު