-

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2010-10) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2024-08)

(މި ގާނޫނަށް އަމަލުކުރަން ފެށީ 18 އޮގަސްޓް 2024 ގައި)

 

ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ލޯކަލް ކައުންސިލެއްގެ މެންބަރެއްގެ މަޤާމު ހުސްވުމުގެ ސަބަބުން އެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަންޖެހޭ ހާލަތުގައ،ި އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް މި ޤާނޫނުގެ 26-1 ވަނަ މާއްދާގެ ދަށުން ބާއްވާ ބައ-ިއިލެކްށަން ބޭއްވުމަށްޓަކައި އެ ބައި-އިލެކްށަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަނ،ް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައ،ި އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 26 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ލޯކަލް ކައުންސިލްތަކުގެ ބައި - އިލެކްށަން ބޭއްވުން 1-26.

(ހ) ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ނުވަތަ 29 ވަނަ މާއްދާގެ (ށ) ނުވަތަ 45 ވަނަ މާއްދާގެ (ށ) ގެ ދަށުނ،ް ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައި-އިލެކްށަން ބާއްވަންވާނީ، އަހަރަކު 2 (ދޭއް) ފަހަރުއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ ގޮތުގެމަތިން ބާއްވާ ދެ ބައި-އިލެކްށަނެއްގެ ދެމެދުގައި، 183 (ސަތޭކައަށްޑިހަތިނެއް) ދުވަހަށްވުރެ ދިގު މުއްދަތެއް، އަދި 120 (ސަތޭކަވިހި) ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެންނުވާނެއެވެ.

 

3 ވަނަ މާއްދާ - މި ޤާނޫނަށް އަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަސްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2010-10)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު