-

އެންޓި-ޑިފެކްށަން ގާނޫނު

(ގާނޫނު ނަންބަރު 2024-05)

(މި ގާނޫނަށް އަމަލުކުރަން ފެށީ 16 އެޕްރީލް 2024 ގައ)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓ-ިޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު އަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކ،ު އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި- އިލެކްށަން ބޭއްވުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "އެންޓ-ި ޑިފެކްށަން ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދުތައް

އެންޓ-ިޑިފެކްށަން ގާނޫނުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.  

(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ މެންބަރުން އެ އިންތިހާބުކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކ،ު ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދ،ި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުން.

(ށ) މި ގާނޫނުގެ ދަށުން މެންބަރެއްގެ ގޮނޑި ހުސްވާ ހާލަތްތަކުގައި ގޮނޑި ހުސްވި ދާއިރާއެއްގެ ބައި-އިލެކްށަން ބޭއްވުމުގެ ބާރު އިލެކްށަންސް ކޮމިށަނަށް ލިބިދިނުމާއެކ،ު ބައި-އިލެކްށަން ބޭއްވުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުން.

(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެންބަރުކަމުން އިސްތިއުފާ ދޭ ނުވަތަ ވަކިވާ މެންބަރުންނަށް ބައި-އިލެކްށަންގައި ބައިވެރިވުމުގެ ހައްގު ލިބިދިނުން.

 

 

ދެވަނަ ބާބު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާނެ ހާލަތްތައް

 

3 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތްތައް

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކަށް އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންވާނެއެވެ.

(ހ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްށަންސް ކޮމިށަނުގައި ދަފްތަރުވުން.

(ށ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްށަންސް ކޮމިށަނުގައި ދަފްތަރުވުން.

(ނ) މެންބަރަކު އިންތިހާބުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށްވެފައި، އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީއަކުން ނިންމައިފިނަމަ، އެ ދުވަހަކުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ޕާޓީގެ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އެ މެންބަރަކަށް ލިބިގެންވެއެވެ. އަދ،ި އެ މެންބަރަކު ޕާޓީން ވަކިކޮށްފައިވަނީ ރަނގަޅަށްކަމަށް ކޯޓުން ނިންމައިފިނަމަ އެ މެންބަރަކު އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވެފައިވާކަން އިލެކްށަންސް ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި މެންބަރަކު ޕާޓީއަކުން ވަކިކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލައެއް ހުށަހަޅާފައިނުވާނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިވެފައިވާކަން އިލެކްށަންސް ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން.

(ބ) އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން.

 

 

ތިންވަނަ ބާބު

ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ގޮނޑި ހުސްވާނެ ހާލަތްތައް

 

4 ވަނަ މާއްދާ - ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ގޮނޑި ހުސްވާނެ ހާލަތްތައް

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސ،ް ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބުވެފައިވާ މެންބަރަކަށް އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަން އިލެކްށަންސް ކޮމިށަނުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު އިންތިހާބުވެފައިވާ މަގާމަކުން އެ މީހަކު ވަކިވާނެއެވެ.

(ހ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްށަންސް ކޮމިށަނުގައި ދަފްތަރުވުން.

(ށ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްށަންސް ކޮމިށަނުގައި ދަފްތަރުވުން.

(ނ) އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.

 

 

ހަތަރުވަނަ ބާބު

ބައި - އިލެކްށަން ބޭއްވުން

 

5 ވަނަ މާއްދާ - ބައި - އިލެކްށަން ބޭއްވުން 

މި ގާނޫނުގައި ބަޔާންކުރާ ސަބަބެއް މެދުވެރިވެގެން މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު މެންބަރުކަމުން އިސްތިއުފާ ދީފިނަމަ ނުވަތަ ވަކިވެއްޖެނަމަ، އިލެކްށަންސް ކޮމިށަނުން އަންނަނިވިގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) މި ގާނޫނުގެ ދަށުން ހުސްވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއްނަމަ، ގާނޫނު ނަންބަރު 2009-02 (ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު) އާއި ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން އެ ދާއިރާގެ ބައި-އިލެކްށަން، އިލެކްށަންސް ކޮމިށަނުން ބޭއްވުން.

(ށ) މި ގާނޫނުގެ ދަށުން ހުސްވީ ސިޓީ ކައުންސިލްގެ ނުވަތަ އަތޮޅު ކައުންސިލްގެ ނުވަތަ ރަށު ކައުންސިލްގެ ނުވަތަ އަންހެނުންގެ 
ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއްގެ ގޮނޑިއެއްނަމަ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) އާއި ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން އެ ކައުންސިލްގެ ނުވަތަ ކޮމިޓީގެ ބައި- އިލެކްށަން، އިލެކްށަންސް ކޮމިށަނުން ބޭއްވުން.

 

6 ވަނަ މާއްދާ - ބައި - އިލެކްށަ ން ގައި ވާދަކުރުމުގެ ހައްގު

މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެގެން ރައްޔިތުން އިންތިހާބުކޮށްފައިވާ މެންބަރެއްގެ ގޮނޑި ހުސްވާ ހާލަތުގައި، އެ މީހަކަށް އެ ދާއިރާގައި އިލެކްށަންސް ކޮމިށަނުން ބާއްވާ ބައި-އިލެކްށަންގައި ބައިވެރިވުމުގެ ހައްގު ލިބިގެންވެއެވެ.

 

 

ފަސްވަނަ ބާބު

އެހެނިހެން ކަންކަން

 

7 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

8 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.

(ހ) "އިސްތިއުފާ ދިނުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވުމުގެ ސަބަބުން  މެންބަރުކަމުން އިސްތިއުފާ ދިންކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއަކުން އެކަން ހުށަހެޅުމަށެވެ.

(ށ) "ސިޔާސީ ޕާޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ސިޔާސީ ޕާޓީ ނުވަތަ ޕާޓީތަކަށެވެ. 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު