-

ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-08) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2014-23)

 

ގާނޫނު ނަންބަރު 1996-08 (ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާ ބެހޭ ގާނޫނު ) އަށް އަންންނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުވެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. ލަނގުވާ ތަކެތި  

ކަނޑުގައި އުފެދޭ ތަކެއްޗާއި، ކަނޑައެޅިގެން ވެރިޔަކު އެނގޭ ތަކެތި ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުން ލަނގުވާ އެންމެހައި ތަކެއްޗަކީ ދައުލަތުގެ ތަކެއްޗެވެ. އަދި ދިވެހިރާއްޖޭގެ ކަނދުން ލަނގުވާ އެއްޗެއްގެ ވެރިފަރާތް އެނގުނު ނަމަވެސް އެ އެއްޗަކާމެދު އެހެން ގާނޫނަކުން ވަކި ގޮތަކަށް ކަނޑައެޅިފައިވާނަމަ. އެ އެއްޗަކާމެދު އަމަލުކުރާނީ އެ ގާނޫނެއްގައި ކަނޑައަޅައިފައިވާ ގޮތެއްގެ މަތިންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. (ހ) މި ގާނޫނުގެ 3 ވަނަ މާއްދާއާއި 5 ވަނަ މާއްދާގައި ބުނެފައިވަ އެއްޗެއް ހޮވައިގެން ގެނެސްފިނަމަ، ދައުލަތުގެ ކަމާބެހޭ ފަރާތަކުން 10 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އިއުލާނުކުރަންވާނެއެވެ. އަދި އެފަދަ މުދަލެއްގެ ށަކުވާއެއް ދައުލަތުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ހުށަހަޅާފައިވޭތޯ ބަލަންވާނެއެވެ. މިކަން ފުރަތަމަ އިއުލާނުކުރާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި އެ އެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ހޯދުމަށް އެދި ހުށަނާޅައިފިނަމަ، އެ އެއްޗެއް ވާނީ ދައުލަތުގެ އެއޗަކަށެވެ. އަދި އެ އެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ހޯދުމަށް އެދި ހުށަހެޅުމަށްފަހު އެ އެއްޗަކާ ހަވާލުނުވި ނަމަވެސް، އެ އެއްޗެއް ވާނީ ދައުލަތުގެ އެއްޗަކަށެވެ. މިކަންކަން ނިންމާނީ ށަރީއަތުންނެވެ.

 

3 ވަނަ މާއްދަ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަންފީޒުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާއި ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-08)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ލަނގުވާ ތަކެއްޗާއި ހޮވާ ތަކެއްޗާއި ބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 1996-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު