-

އެންޓި ޓޯޗަރ ގާނޫނު

(ގާނޫނު ނަންބަރު 2013-13)

 

އެއްވަނަ ބާބު

ތައާރުފު

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަހުމްކުޑަ، ލާއިންސާނީ، އިހާނެތި އަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް ބަޔާންކުރުމާއި، އެފަދަ އަދަބުދޭ ފަރާތްތަކާއިއެފަދަ އަމަލު ހިންގާ ފަރާތްތަކުން އެކުރާ ކަންކަމަކީ ކުށްކަމުގައި ކަނޑައަޅައި، އެފަރާތްތަކަށް އަދަބުދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "އެންޓި ޓޯޗަރ ގާނޫނު 2013" އެވެ.

 

ދެވަނަ ބާބު

މަގްސަދު

2 ވަނަ މާއްދާ - ބޭނުން

މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި އަމާޒުތައް ހާސިލުކުރުމެވެ.

(ހ) ޓޯޗަރއިން މިނިވަންވެގެންވުން އެއީ، ދިވެހިރާއްޖޭގައި، ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާ މުތްލަގް ހައްގެއްކަމުގައި ކަނޑައެޅުން.

(ށ) ޓޯޗަރގެ ކުށް އެއީ ދިވެހިރާއްޖޭގައި، އޭގެ ޒާތުގައި، ވަކި ކުށެއްކަމުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު މި ގާނޫނުގައި ބަޔާންކޮށް، ޖިނާއީ އެހެން ކުށްކުށާއި ޖިނާއީ އެހެން ގާނޫނުތަކާއި މި ގާނޫނާ ހުރި ގުޅުން އެކަށައަޅައިދިނުން.

(ނ) ކޮންމެ އިންސާނަކީވެސް، އިންސާނަކަށްވީތީ ލިބިގެންވާ އިންސާނީ ކަރާމާތެއްގެވެރި މީހެއްކަމުގައި ބަލައިގަނެ، އެ އިންސާނީ ކަރާމާތަށް ހުރިހާ ހާލަތެއްގައިމެ، ހަމަ އެންމެންމެ އިހްތިރާމްކޮށް، އެ އިންސާނީ ކަރާމާތަށް ގާނޫނުގެ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުން.

(ރ) ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ އިންސާނީ ހައްގުތަކަށް، އެންމެ ފުރިހަމަގޮތުގައި، ހަމަ އެންމެންމެ، ކޮންމެ ހާލަތެއްގައިމެ، އިހްތިރާމްކުރާނެކަމުގެ ކަށަވަރުކަން ލިބިދިނުން.

(ބ) ކުށުގެ ތުހުމަތުކުރެވޭ މީހުންނަށާއި، ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންނަށާއި، ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށްވެސް، އެމީހުންގެ އިންސާނީ ހައްގުތައް، ހަމަ ކޮންމެ ހާލަތެއްގައިމެ، ޔަގީންކަމާއެކު ލިބިދެވޭނެކަމުގެ ކަށަވަރުކަން ދިނުން.

(ޅ) ތަހްގީގެއް ކުރުމުގެ ބޭނުމަށް، ނުވަތަ ށަރުއީ އަމުރެއްގެ ބޭނުމަށް، ނުވަތަ ހުކުމް ތަންފީޒުކުރުމުގެ ބޭނުމަށް، މީހަކު، ދައުލަތުގެ މުވައްޒަފެއްގެ ނުވަތަ ރަސްމީ އަދި ނުރަސްމީގޮތުން ދައުލަތް ތަމްސީލުކުރާ، ދައުލަތަށް ނިސްބަތްވާ މުވައްޒަފެއް ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ނުފޫޒު ހިނގާ މީހެއްގެބެލުމުގެދަށުން ބަންދުގައި ބެހެއްޓޭ ހާލަތުގައިވެސް، ޓޯޗަރގެ އަމަލެއް ނުވަތަ ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް، އޭނާއާމެދު ނުހިނގާނެކަމުގެ ކަށަވަރުކަން ލިބިދިނުން.

(ކ) ސިއްރު ތަންތަނުގައި މީހުން ބަންދުގައި ބޭތިއްބުމާއި، އެހެން އެއްވެސް އިންސާނަކާ މުއާމަލާތް ނުކުރެވޭގޮތަށް އެކަހެރިގޮތުގައި މީހުން ބަންދުކޮށްފައި ބޭތިއްބުމާއި، އެއްވެސް ފިކުރެއްނެތި ޓޯޗަރގެ އަމަލު ހިންގިދާނެ މާހައުލުތައް ކަމުގައި ބެލެވޭނެ ތަންތަނުގައި މީހުން ބަންދުގައި ބޭތިއްބުން، އެއީދިވެހިރާއްޖޭގައި މަނާކުރެވިގެންވާ ކަންކަން ކަމުގައި ކަނޑައެޅުން.

(އ) އެއްވެސް މީހަކަށް ރަހުމްކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެން ނުވާނެކަމަށާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެންނުވާނެކަމަށާއި، އެއްވެސް މީހަކަށް އަނިޔާ ކޮށްގެން ނުވާނެކަމަށް ގާނޫނުއަސާސީގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، އެ އުސޫލުތަކަށްފުރިހަމައަށް ތަބާވުމަށްޓަކައި ބޭނުންވާ ތަފްސީލު ގާނޫނީ އޮނިގަނޑު ތައާރުފުކޮށްދިނުން.

(ވ) ދިވެހި ދައުލަތުން ބައިވެރިވާ މުއާހަދާތަކަށް ދިވެހިރައްޔިތުން އަމަލުކުރުން ލާޒިމުވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި، ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީ، ބައިނަލްއަގްވާމީ މުއާހަދާތަކުގެ ތެރެއިން ދިވެހިރާއްޖެބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްއަގްވާމީ މުއާހަދާއާއި، ކުޑަކުދިންގެ ހައްގުތަކުގެ ބައިނަލްއަގްވާމީ މުއާހަދާއާއި، އަންހެނުންނާ ދެކޮޅަށް ކުރެވޭ ހުރިހާ ބާވަތެއްގެ ތަފާތުކުރުންތަކެއް ނައްތާލުމުގެ ބައިނަލްއަގްވާމީ މުއާހަދާއާއި، އަނިޔާކުރުމާއި ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި،ރަހުމްކުޑަ، ލާއިންސާނީ، އިހާނެތި އަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ އެހެނިހެން ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި ގަރާރުތަކާއި ޕްރޮޓޮކޯލްތަކުގެ ތެރެއިން ދިވެހިރާއްޖެ ބައިވެރިވެފައިވާ ނުވަތަ ދިވެހިރާއްޖެބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާއި ގަރާރުތަކާއި ޕްރޮޓޮކޯލްތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް އަމަލުކުރުން.

(މ) ޓޯޗަރ ކުރެވޭ ފަރާތާއެކު ކުރެވޭ ހުރިހާ މުއާމަލާތެއްވެސް އިހްތިރާމާއި އެކީ ކުރިއަށް ގެންދިޔުމަށް މަގުފަހިކޮށްދީ، މައްސަލައިގެ ގާނޫނީ މަރުހަލާގައި އެމީހުންނަށް ބައިވެރިވެވޭނެ ފުރުސަތުދީ، އެ މަރުހަލާގައި އެފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުން.

(ފ) ޓޯޗަރ ކުރެވޭ ފަރާތަށް ލިބުނު ގެއްލުމުގެ އިންސާފުވެރި ބަދަލު ހޯދޭނެ މަގު ތަނަވަސްކޮށްދިނުން.

 

ތިންވަނަ ބާބު

ގާނޫނުގެ މަގާމް

3 ވަނަ މާއްދާ - ޓޯޗަރ ޖިނާއީ ވަކި ކުށަކަށްވުން

(ހ) މި ގާނޫނުގެ ދަށުން ޓޯޗަރގެ އަމަލު އެއީ، ޖިނާއީ ވަކި ކުށެއްކަމުގައި ބެލެވޭނެއެވެ.

(ށ) މި ގާނޫނުގައި ޓޯޗަރގެ އަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމެއް، އެހެން ގާނޫނެއްގައި އެހެން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއްގެ ތެރޭގައި ހިމެނިގެންވީނަމަވެސް، މި ގާނޫނުގެ ބޭނުމަށްޓަކައި، އެކަމެއް ބެލެވޭނީ ޓޯޗަރގެ އަމަލެއްގެ ގޮތުގައެވެ. އަދި، އެ އަމަލާ ގުޅިގެން ދައުވާ ކުރަންވާނީ، އަދި އަދަބުކަނޑައަޅަންވާނީ، މި ގާނޫނުގެ ދަށުންނެވެ.

 

4 ވަނަ މާއްދާ - ގާނޫނުލްއުގޫބާތާ ހުރިގުޅުން

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ނުވަތަ އެހެންވެސް ގާނޫނެއްގެ ދަށުން ކުށަކަށް ދައުވާކުރުމުގައި، އެ ކުށުގެ އަމަލު ހިންގުމުގައި، މި ގާނޫނުގެ ދަށުން ޓޯޗަރގެ އަމަލެއް ކަމުގައި ބަޔާންކޮށްފައިވާ އަމަލެއް ފާހަގަކުރެވޭކަމަށްވާނަމަ، އެ އަމަލާގުޅޭގޮތުން، މި ގާނޫނުގެ ދަށުން، ވަކިން ދައުވާ އުފުލަންވާނެއެވެ.

 

5 ވަނަ މާއްދާ - ހެކި ބަލައި ނުގަތުން

(ހ) ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅޭ އެއްވެސް ބަޔާނަކީ، ނުވަތަ ކުށެއް ކުރިކަމަށް ވެފައިވާ އިއުތިރާފަކީ، ނުވަތަ ކަމެއް ކުރިކަމަށް ވެފައިއޮތް  އެއްބަސްވުމަކީ، ޓޯޗަރގެ އަމަލެއްގެ ސަބަބުން ދީފައިވާ ބަޔާނެއް ނުވަތަ އިއުތިރާފެއް ނުވަތަ އެއްބަސްވުމެއް ކަމުގައިވާނަމަ، އެއީ، ގާނޫނުއަސާސީގެ 52 ވަނަމާއްދާގައިވާ ގޮތުގެމަތިން، ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކިކަމުގައި ބެލެވޭނެއެވެ. އަދި، އެއީ، ކުށެއް ކުރިކަމުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރެވޭ މީހާއާ ދެކޮޅަށް، ށަރީއަތުގެ އެއްވެސް މަރުހަލާއެއްގައި، ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައިވީނަމަވެސް، ކުށުގެ ތުހުމަތުކުރެވޭ މީހާއާމެދު ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ނުފޫޒު ހިނގާ މީހަކު ޓޯޗަރގެ އަމަލެއް ހިންގާފައިވާކަމަށް، ނުވަތަ ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ކޮށްފައިވާކަމަށް ބުނެ އޭނާ ށަރީއަތުގައިބަޔާނެއްދީފިނަމަ، އެކަން ސާބިތުކުރުމަށް އޭނާ ހުށަހަޅާ ހެކީގެ ގޮތުގައި، ނުވަތަ ހެކީގެ ތެރޭގައި، އޭނާގެ އަތުން ގާނޫނާ ހިލާފަށް ހޯދިކަމަށް ބެލެވޭ އިއުތިރާފު ނުވަތަ ބަޔާން ނުވަތަ އެއްބަސްވުން ށަރީއަތަށް ހުށަހެޅިދާނެއެވެ. އަދި، އެ ހާލަތުގައި، އެއިން އެއްޗެއް ހުށަހަޅައިފިނަމަ، އެ އެއްޗެއް، ހެކީގެ ގޮތުގައި،ށަރީއަތަށް ބަލައިވެސް ގަނެވޭނެއެވެ.

 

6 ވަނަ މާއްދާ - ބާތިލުވުން

މި ގާނޫނުގެ އެއްވެސް މާއްދާއަކީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއްކަމަށް ކަމާބެހޭ ކޯޓަކުން ކަނޑައަޅައިފިހިނދެއްގައި، އެ މާއްދާއެއް މި ގާނޫނުން އުނިވިކަމަށްވީނަމަވެސް، މި ގާނޫނުގެ ދެންހުރި މާއްދާތައް އެގޮތުގައި ދެމިހުންނާނެއެވެ.

 

7 ވަނަ މާއްދާ - އިސްލާހުވުން ނުވަތަ ބާތިލުވުން

މި ގާނޫނާ ހިލާފު އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އަމުރެއް ނުވަތަ އުސޫލެއްވާނަމަ، މި ގާނޫނު ހިންގަންފެށުމާއެކު، މި ގާނޫނާ ތައާރުޒުވާ މިންވަރަކަށް އެ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އަމުރެއް ނުވަތަ އުސޫލެއް ބާތިލުވީއެވެ. ނުވަތަ މި ގާނޫނުގައި ބުނާ މިންވަރަކަށް އެ ގާނޫނެއް ނުވަތަ ގަވާއިދެއްނުވަތަ އަމުރެއް ނުވަތަ އުސޫލެއް އިސްލާހުވީއެވެ.

 

8 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން

އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްކަމުގައިވީނަމަވެސް، މި ގާނޫނުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ޓޯޗަރގެ އަމަލަކާ ގުޅުންހުރި އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އަމުރެއް ނުވަތަ އުސޫލެއްގެ މައްޗަށް ހިނގާނީ، މި ގާނޫނުގައި ބަޔާންވެގެންވާ ހަމަތަކެވެ.

 

ހަތަރުވަނަ ބާބު

މަފްހޫމްތަކުގެ ރަދީފު

9 ވަނަ މާއްދާ - މަފްހޫމުތަކުގެ އަސާސް

މި ގާނޫނުގެ 10 ވަނަ މާއްދާއިން ފެށިގެން 15 ވަނަ މާއްދާގެ ނިޔަލަށް ބަޔާންވެގެންވާ އިބާރާތްތަކަކީ، މި ގާނޫނު ބިނާވެގެންވާ މައިގަނޑު މަފްހޫމުތަކެވެ. އެ މަފްހޫމުތައް އެ މާއްދާތަކުގައި ބަޔާންކޮށްފައިއެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައިހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިން، އަދި އެ މަފްހޫމްތައް ދިރުވައި، ނެގެހެއްޓޭނެ ގޮތުގެމަތިންނެވެ.

 

10 ވަނަ މާއްދާ – ޓޯޗަރ

(ހ) "ޓޯޗަރ" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ބޭނުންތަކުގެ ތެރެއިން ބޭނުމެއް ހާސިލުކުރުމުގެ ގަސްދުގައި، ދައުލަތުގެ މުވައްޒަފަކު، ނުވަތަ އެ މުވައްޒަފެއްގެ އަމުރަށް ނުވަތަ އެ މުވައްޒަފެއްގެ ރުހުމާއެކު ނުވަތަ އެ މުވައްޒަފެއްގެ އެނގުމުގައި، ނުވަތަ އަމިއްލަ ފަރާތްތަކުން މާއްދީގޮތުން ނަމަވެސް ނުވަތަނަފްސާނީގޮތުން ނަމަވެސް، ވޭންދިނުމަށް ނުވަތަ ވޭން އިހްސާސްކުރުވުމަށް ކުރާ ކަންކަމަށެވެ. ނުވަތަ ހިންގާ އަމަލަށެވެ.

  1. އޭނާގެ ފަރާތުން ނުވަތަ އެހެން ތިންވަނަ ފަރާތަކުން މައުލޫމާތެއް ހޯދުމަށް ނުވަތަ އިއުތިރާފެއް ހޯދުމަށް؛
  2. އޭނާ ކުރިކަމަކަށް ނުވަތަ އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކަމަކަށް، ނުވަތަ އެހެން ތިންވަނަ ފަރާތަކުން ކުރިކަމަށް ނުވަތަ އެ ތިންވަނަ ފަރާތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކަމަކަށް، ގާނޫނުގައި ބަޔާންވެގެންނުވާ އަދަބެއް އޭނާއަށް ދިނުމަށް؛
  3. އޭނާ ކުރިކަމަށް ނުވަތަ އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކަމަކަށް، ނުވަތަ އެހެން ތިންވަނަ ފަރާތަކުން ކުރިކަމަށް ނުވަތަ އެ ތިންވަނަ ފަރާތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކަމަކާ ގުޅިގެން، އޭނާއަށް ބިރުދެއްކުމަށް ނުވަތަ އޭނާ ލަދުގެންނެވުމަށް؛
  4. އޭނާ ކުރިކަމަކާ ގުޅިގެން ނުވަތަ އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކަމަކާ ގުޅިގެން، އެހެން ތިންވަނަ ފަރާތަކަށް ބިރުދެއްކުމަށް ނުވަތަ އެ ތިންވަނަ ފަރާތެއް ލަދުގެންނެވުމަށް؛
  5. ދެމީހެއްގެ ދެމެދުގައި ތަފާތެއް ކުރުމަށް ގާނޫނުގައި ހުއްދަކޮށްފައިނެތް ސަބަބެއްގެ މައްޗަށް ބިނާކޮށް، ދެމީހެއްގެ ދެމެދުގައި، އެއްވެސް ބާވަތެއްގެ ތަފާތެއްކުރުމަށް.

(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވީނަމަވެސް، ގާނޫނީގޮތުން ހުއްދަކުރެވިގެންވާ އަދަބެއް، ގާނޫނުގައިވާ ގޮތުގެމަތިން މީހަކަށް ދިނުމުގައި، އޭގެޒާތުގައި އުފުލަންޖެހޭ ވޭނެއް އުފުލަންޖެހުމަކީ، ނުވަތަ އިހްސާސްކުރެވުމަކީ، މި ގާނޫނުގެ ބޭނުމަށްޓަކައި، ޓޯޗަރ ގެ އަމަލު ކަމުގައެއް ނުބެލެވޭނެއެވެ.

(ނ) މި ގާނޫނުގައި "ޓޯޗަރ" ގެ ލަފްޒު ނުވަތަ "ޓޯޗަރގެ އަމަލު" ގެ އިބާރާތް ބޭނުންކޮށްފައިވާ މަގާމުތަކުގައި، އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މާއްދީ އަނިޔާއާއި، ނަފްސާނީ އަނިޔާއާއި، ރަހުމްކުޑަ، ލާއިންސާނީ، އިހާނެތި އަމަލާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބު، އެ ލަފްޒުގެ މާނައިގައި،ނުވަތަ އެ އިބާރާތުގެ މާނައިގައި ހިމެނިގެންވެއެވެ.

(ރ) މި ގާނޫނުގައި "ޓޯޗަރ ކުރެވޭ މީހާ" ނުވަތަ "ޓޯޗަރ ކުރެވޭ ފަރާތް" މި އިބާރާތް ބޭނުންކޮށްފައިވާ މަގާމުތަކުގައި، މާއްދީ އަނިޔާ ނުވަތަ ނަފްސާނީ އަނިޔާ ނުވަތަ ރަހުމްކުޑަ، ލާއިންސާނީ، އިހާނެތި އަމަލު އެމީހަކާމެދު ހިނގަމުންދާ މީހާއާއި، އެފަދަ އަމަލު އެމީހަކާމެދު ހިނގާފައިވާ މީހާއާއި، އިންސާނީކަރާމާތް ގެއްލޭފަދަ އަދަބު ލިބިފައިވާ މީހާއާއި އެފަދަ އަދަބު ލިބެމުންދާ މީހާ، އެ އިބާރާތުގެ މާނައިގައި ހިމެނިގެންވެއެވެ.

 

11 ވަނަ މާއްދާ - ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު

"ރަހުމްކުޑަ، ލާއިންސާނީ، އިހާނެތި އަމަލު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓޯޗަރގެ އަމަލުތަކުގެ ތެރޭގައި ނުހިމެނޭ ބާވަތުގެ ކަމެއް، އަމިއްލަ ފަރުދަކު ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހަކަށް، އެ މުވައްޒަފު، ނުވަތަ އެމުވައްޒަފުގެ އަމުރަށް، ނުވަތަ އެ މުވައްޒަފުގެ ރުހުމާއެކު، ނުވަތަ އެ މުވައްޒަފުގެ އެނގުމުގައި، ކުރުމުގެ ސަބަބުން، އޭނާއަށް ނުހަނު ވޭން ވާސިލުކުރުވަނިވި ކަންކަމަށް، ނުވަތަ އޭނާގެ ރޫހު މަރާލަނިވި ކަންކަމަށް، ނުވަތަ އިންސާނީ އެއްވެސް ކަރާމާތެއް އޭނާގައި ނެތްކަމަށް އޭނާއަށް ވިސްނުވައިދެނިވިކަންކަމަށެވެ.

 

12 ވަނަ މާއްދާ - ޓޯޗަރގެ ބާވަތް

މި ގާނޫނުގެ ބޭނުމަށްޓަކައި، ޓޯޗަރގެ އަމަލު ބެހިގެންވަނީ، ދެ ބާވަތެއްގެ މައްޗަށެވެ. އެއީ، މާއްދީގޮތުން ދެވޭ އަނިޔާ ނުވަތަ "މާއްދީ އަނިޔާ" އާއި ނަފްސާނީ ގޮތުން ދެވޭ އަނިޔާ ނުވަތަ "ނަފްސާނީ އަނިޔާ" އެވެ.

 

13 ވަނަ މާއްދާ - މާއްދީ އަނިޔާ

(ހ) "މާއްދީ އަނިޔާ" ކަމަށް ބުނެފައިއެވަނީ، އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައި ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހަކަށް، އެ މުވައްޒަފު، ނުވަތަ އެ މުވައްޒަފުގެ އަމުރަށް، ނުވަތަ އެ މުވައްޒަފުގެ ރުހުމާއެކު، ނުވަތަ އެ މުވައްޒަފުގެ އެނގުމުގައި، މާއްދީގޮތުން ކުރާކަމަކުން ނުވަތަޓޯޗަރ ކުރެވޭ މީހާ އޭނާއާމެދު މާއްދީގޮތުން އަމަލުކުރާ ގޮތަކުން، އޭނާގެ މުޅި ހަށިގަނޑަށް ނުވަތަ ހަށިގަނޑުގެ ގުނަވަނަކަށް، ތަދު ނުވަތަ ވޭން އިހްސާސްކުރުވައި، ނުވަތަ ވަރުބަލިކަން ގެނުވައި، ނުވަތަ ބަލިކަށިކަން ގެނުވައި، ނުވަތަ މުޅި ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ގުނަވަނެއް މަސައްކަތްކުރަންޖެހޭގޮތަށްމަސައްކަތް ނުކުރާގޮތް ހެދުމަށް ކުރާ ކޮންމެ ކަމަކަށެވެ. ނުވަތަ ހިންގާ ކޮންމެ އަމަލަކަށެވެ.

(ށ) އަންނަނިވި ކަންކަމަކީ، އޭގެޒާތުގައި، މާއްދީ އަނިޔާކަމުގައި ބެލެވޭނެ ކަންކަމެވެ. ނަމަވެސް، މާއްދީ އަނިޔާގެ މާނައިގައި ހިމެނިގެންވަނީ، ހަމައެކަނި އެކަންކަމެއް ނޫނެވެ. އެބާވަތުގެ އެހެން ކަންކަންވެސް، މާއްދީ އަނިޔާގެ މާނައިގައި ހިމެނިގެންވެއެވެ. 

  1. ވަކި ގޮތަކަށް ނުވަތަ ވަކި ތަރުތީބަކުން މީހެއްގެ ގައިގައި ތެޅުން ނުވަތަ ޖެހުން.
  2. ވަކި ތަނެއްގައި، ވަކި ގޮތަކަށް، ބޯ
  3. ގައިގައި ގޮށްމުށުން ޖެހުން، ނުވަތަ ކޮޅުފައިން ޖެހުން.
  4. ބަޑީގެ މުއްގަނޑުން ޖެހުން، ނުވަތަ މުގުރުބުރި އަކުން ޖެހުން، ނުވަތަ ދަނޑިގަނޑަކުން ޖެހުން، ނުވަތަ ޕްލާސްޓިކް ހޮޅިބުރިއަކުން ޖެހުން، ނުވަތަ ގާގަނޑަކުން ޖެހުން، ނުވަތަ ގޮނޑިއަކުން ޖެހުން، ނުވަތަ ފިލާގަނޑަކުން ޖެހުން، ނުވަތަ އެނޫންވެސް ހަރު އެއްޗަކުން ޖެހުން.
  5. ބަނޑު މައްޗަށް ފުއްމައިގެން އެރުން، ނުވަތަ ބަނޑުގައި ކޮޅުފައިން
  6. ޖިންސީ ގުނަވަނެއްގައި
  7. ހޫނުކޮށްފައިވާ ދަގަނޑެއް ނުވަތަ އެނޫންވެސް އެއްޗެއް ގައިގައި
  8. ގަޑިންގަޑިއަށް ކާން ބޯން ނުދިނުން، ނުވަތަ ކާންދޭންޖެހޭ ވަގުތުތަކުގައި ކާން ނުދިނުން، ނުވަތަ ކުނިވެފައި ހުންނަ ކާއެއްޗެހި ކާންދިނުން ނުވަތަ ގަދަކަމުން ކާންދިނުން، ނުވަތަ އިންސާނުން ކެއުމަށް ކަމުނުދާ އެއްޗެހި
  9. އަމިއްލަ ނަޖިސް ނުވަތަ އެހެން މީހެއްގެ ނަޖިސް މަޖުބޫރުން ނުވަތަ ގަދަކަމުން ކާންދިނުން ނުވަތަ ބޯންދިނުން ނުވަތަ ގައިގައި އަދި ގެންގުޅޭ ތަކެތީގައި
  10. ކަރަންޓު ށޮކް
  11. ރޯކޮށްފައި ހުންނަ ސިނގިރޭޓު ގައިގައި
  12. ހޫނު ތެޔޮ ގަޔަށް އެޅުން ނުވަތަ
  13. ގަޔަށް އެސިޑް އެޅުން ނުވަތަ
  14. ހަށިގަނޑުގައި ހުރި ފާރުގަނޑަކަށް ނުވަތަ ޒަހަމަކަށް އަސޭމިރުސް އެޅުން، ނުވަތަ ލޮނު އެޅުން، ނުވަތަ އެ ޒަހަމަކުން ނުވަތަ ފާރުގަނޑަކުން އިތުރަށް ދިލަނަގާނެ ޒާތުގެ ނުވަތަ އެ ތަނެއް އިތުރަށް ކަރާނެ ޒާތުގެ ކެމިކަލްގެ މާއްދާތައް އެޅުން ނުވަތަ އެ ފާރުގަނޑުތަކަށް އެހެން ގޮތްގޮތުން އަނިޔާކުރުން.
  15. ފެނަށް ބޯ ގެންބުވުން ނުވަތަ އެކޮޅުކޮޅުން ބާއްވައި ބޮލަށާއި މޫނުމައްޗަށް ވާގޮތަށް ފެން
  16.  ހެލިނުލެވޭގޮތަށް ނުވަތަ ހަށިގަނޑަށް ބާރުކުރާގޮތަށް ބަނދެފައި
  17. ވަކިގޮތަކަށް ނޫނީ ނުހުރެވޭގޮތަކަށް މީހަކު ބަނދެފައި
  18. އޮލަނބަށް ނެގުން، ނުވަތަ އޭންގަލަށް
  19. ޖިންސީ އަމަލެއް
  20. ޖިމާއުވުން.
  21. ބަދުއަހްލާގީ އަމަލެއްކަމަށް ބެލެވޭ އަމަލެއް
  22. ޖިންސީ ގުނަވަނަކަށް ކަރަންޓު
  23. ޖިންސީ ގުނަވަނަކަށް އެއްޗެއް
  24. ފުރަގަސްފަރާތަށް އެއްޗެއް
  25. ނޭވާ ހާސްވާގޮތަށް
  26. ނިޔަފަތި އުފުރުން ނުވަތަ ދަތް އުފުރުން ނުވަތަ އިސްތަށި އުފުރުން ނުވަތަ އިސްތަށި
  27. ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ނުވަތަ ގުނަވަނަކުން ބައެއް ބުރިކޮށްލުން ނުވަތަ ކަފާލުން ނުވަތަ ކަނޑާލުން.
  28. ގަދަ އަތްވަށް ނުވަތަ ގަދަ ފިންޏަށް ނެރުން.
  29. ގަނޑުފެނުގައި
  30. ބޮލާއި މޫނާއެކު ކޮތަޅު
  31. މީހާގެ ވިސްނުމަށް، ނުވަތަ ހެޔަށް، ނުވަތަ ހަނދާނަށް އަސަރުކުރާ ބާވަތުގެ ބޭސްދިނުން.
  32. ވަކި ވައްތަރެއްގެ ބައްޔަކުން ނޫނީ އިހްސާސްނުކުރެވޭ ނިށާންތަކާއި ސިފަތައް އިހްސާސްކުރުވުމަށްޓަކައި، ވަކި ބޭހެއް ދިނުން.
  33. ވަކިގޮތަކަށް، ވަކި މިންވަރަކަށް، ބޮލަށް ފެންތިކި ތަޅާގޮތަށް މީހަކު ބެހެއްޓުން ނުވަތަ ބޭންދުން.

 

14 ވަނަ މާއްދާ - ނަފްސާނީ އަނިޔާ

(ހ) "ނަފްސާނީ އަނިޔާ" ކަމަށް ބުނެފައިއެވަނީ،  އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ބެލުމުގެ ދަށުގައިވާ ނުވަތަ އެ މުވައްޒަފުގެ އަމުރަށް، ނުވަތަ އެ މުވައްޒަފުގެ ރުހުމާއެކު، ނުވަތަ އެ މުވައްޒަފުގެ އެނގުމުގައި، ކުރާކަމަކުން ނުވަތަ އޭނާއާމެދު އަމަލުކުރާ ގޮތަކުން، އޭނާގެސިކުނޑި ހާސްކޮށްލުމަށްޓަކައި، ނުވަތަ އޭނާގެ ހަމަވިސްނުން ގެއްލުވާލުމަށްޓަކައި، ނުވަތަ ބިރުދެއްކުމަށްޓަކައި، ނުވަތަ ކަމަކަށް މަޖުބޫރުކުރުވުމަށްޓަކައި، ނުވަތަ އިހާނެތިކަމުގެ އިހްސާސް އޭނާއަށް ކުރުވުމަށްޓަކައި، ނުވަތަ އޭނާ ނިކަމެތިކޮށް ލަދުގަންނުވާލުމަށްޓަކައި، ކުރާ ކޮންމެ ކަމަކަށެވެ. ނުވަތަ ހިންގާކޮންމެ އަމަލަކަށެވެ.

(ށ) އަންނަނިވި ކަންކަމަކީ، އޭގެ ޒާތުގައި، ނަފްސާނީ އަނިޔާ ކަމުގައި ބެލެވޭނެ ކަންކަމެވެ. ނަމަވެސް، ނަފްސާނީ އަނިޔާގެ މާނައިގައި ހިމެނިގެންވަނީ، ހަމައެކަނި އެކަންކަމެއް ނޫނެވެ. އެބާވަތުގެ އެހެން ކަންކަންވެސް، ނަފްސާނީ އަނިޔާގެ މާނައިގައި ހިމެނިގެންވެއެވެ.

  1. ކަނުބަނުން.
  2. އާއިލާގެ ނުވަތަ ގާތް މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ނުވަތަ އިހާނެތި ކަމެއް ކޮށްފާނެކަމުގެ ބިރުދެއްކުން.
  3. އެހެން އެއްވެސް މީހަކާއެކު އިންސާނީ އެއްވެސް މުއާމަލާތެއް ނުހިނގާނެގޮތަށް، އެހެން އެއްވެސް މީހަކު ނުފެންނާނެގޮތަށް، ބަންދުގައި ބެހެއްޓުން.
  4. އާންމުކޮށް ރަޖިސްޓަރީކޮށްގެން ހިންގާ ބަންދުގެ މަރުކަޒުތައް ފިޔަވައި ސިއްރު މަރުކަޒެއްގައި ބެހެއްޓުން.
  5. ދިގު ވަގުތުތަކަކަށް ދެމިގެންދާގޮތަށް، އެއްވެސް މެދުކެނޑުމެއްނެތި، ސުވާލުކުރަމުން ގެންދިޔުން.
  6. އެހެން މީހުންނަށް ދައްކައިގެން ލަދުގެންނެވުމަށްޓަކައި، ބައެއްގެ ތެރެއަށްނެރެ ހިންގުވުން، ނުވަތަ އެހެން މީހުންނަށް ދައްކައިގެން އެކިކަންކަން ކުރަން އަމުރުކޮށް، އެކަންކަން އެގޮތަށް ކުރުވުން.
  7.  އަނިޔާއެއް ދިނުމުގެ ބޭނުމުގައި ވަކިތަނަކަށް ގެންދަނީކަމުގެ އިހްސާސް ލިބޭގޮތަށް، ކުރިން އެނގުމަކާ ނުލައި، ދުރާލާ ހަމަޖެހިފައި ނެތްގޮތަކަށް، ބަންދުގައި ހުރި މަރުކަޒު ނޫން އެހެން މަރުކަޒަކަށް ނުވަތަ ތަނަކަށް ގެންދިޔުން.
  8. އާއިލާގެ މެންބަރަކާ ނުވަތަ ގާތް މީހަކާމެދު އިހާނެތިގޮތަކަށް އަމަލުކުރުން.
  9. އާއިލާގެ މީހަކަށް، ނުވަތަ ރަހްމަތްތެރިއަކަށް، ނުވަތަ ތިމާގެ މީހަކަށް ނުވަތަ އެހެން ތިންވަނަ މީހަކަށް ދައްކައިގެން މާއްދީ އަނިޔާކުރުން.
  10. ނިދިޔަ ނުދިނުން، ނުވަތަ އަރާމުކުރިޔަ ނުދިނުން.
  11. މީހުންގެ ކުރިމައްޗަށް ނެރެ، ނުވަތަ އެހެން އެއްވެސް މީހަކަށް ދައްކައިގެން އޮރިޔާންކުރުވުން.
  12. ބޯ ބޭލުވުން.
  13. ހަށިގަނޑުގައި އެކި ބާވަތުގެ ނިށާން ޖައްސުވައި، ލަދުގެންނެވުން.
  14. އާއިލާގެ މެންބަރަކާ ނުވަތަ ގާނޫނީ ވަކީލަކާ ވާހަކަދެއްކުން މަނާކުރުން.

 

15 ވަނަ މާއްދާ - ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ކަނޑައަޅާނެ ގޮތް

(ހ) "ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓޯޗަރގެ އަމަލުތައްފަދަ އަމަލުތައް ފިޔަވައި، އެހެންކަމެއް، އަމިއްލަ ފަރުދަކު ނުވަތަ ދައުލަތުގެ މުވައްޒަފަކު، ނުވަތަ އެ މުވައްޒަފެއްގެ އަމުރަށް، ނުވަތައެމުވައްޒަފެއްގެ ރުހުމާއެކު، ނުވަތަ އެމުވައްޒަފެއްގެ އެނގުމުގައި، އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހަކަށް، ގަސްދުގައި ކޮށްގެން، އެކަމުން، އެމީހަކަށް، ވޭން، ނުވަތަ ލަދު، ނުވަތަ ނިކަމެތިކަން އިހްސާސްކުރުވާ ކޮންމެ ކަމަކަށެވެ. ނުވަތަ އަމަލަކަށެވެ.

(ށ) ވަކި އަމަލަކީ، ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ކަމުގައި ކަނޑައަޅާނީ، މައްސަލައިގައި ހިމެނިގެންވާ ހުރިހާ ނުކުތާތަކަކާއި ސިފަތަކަކަށް ރިއާޔަތްކުރެވިގެންނެވެ.

(ނ) ވަކި އަމަލަކީ، ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއްކަން، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކަނޑައެޅުމުގައި، އެކަން ހިނގާދިޔަގޮތާއި، ހާލަތާއި، މުއްދަތާއި، ވަގުތާއި، އެކަމުގައި ހޭދަވި ވަގުތުގެ ދިގުމިނާއި، އެމީހަކަށް މާއްދީގޮތުންނާއި ނަފްސާނީގޮތުން ދިމާކުރުވި ކަންތައްތަކާއި، އެމީހެއްގެޖިންސާއި، އުމުރާއި، އޭނާގެ ސިއްހީ ހާލަތު ހުރި ނިސްބަތް ވަޒަންކުރަންވާނެއެވެ.

 

ފަސްވަނަ ބާބު

ޓޯޗަރއިން މިނިވަންވެގެންވުން

16 ވަނަ މާއްދާ - މުތުލަގު ހައްގަކަށްވުން

(ހ) ޓޯޗަރގެ އަމަލު ހިންގުމުންނާއި، ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުމުންނާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުން މިނިވަންވެގެން ވުމަކީ، ދިވެހިރާއްޖޭގައި، ހަމަކޮންމެ މީހަކަށްމެ، ހަމަ ކޮންމެ ހާލަތެއްގައިމެ، މުތްލަގަށް ލިބިދޭ ހައްގެކެވެ.

(ށ) ހަނގުރާމައިގެ ހާލަތެއްގައި ގައުމުވުން، ނުވަތަ ހަނގުރާމައެއް ފެށިދާނެފަދަ ހާލަތެއްގައި ގައުމުވުން، ނުވަތަ ސިޔާސީ ހަމަނުޖެހުމެއްގައި ގައުމުވުން، ނުވަތަ ކުށްކުރާ ނިސްބަތް ގައުމުގައި އިތުރުވުން، ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ގައުމުވުމަކީ، އެކަން ސަބަބަކަށް ހެދުމަށްފަހު، މީހަކާމެދުޓޯޗަރގެ އަމަލު ހިންގުމަށް، ނުވަތަ ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުމަށް، ނުވަތަ އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުމަށް އޮތް އުޒުރެއް ނުވަތަ ދިފާއެއް ނޫނެވެ.

(ނ) މީހަކާމެދު، ތިމާ ޓޯޗަރގެ އަމަލެއް ހިންގީ، ނުވަތަ ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގީ، ނުވަތަ އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް ދިނީ، ތިމާ ވަޒީފާ އަދާކުރުމުގައި، ތިމާއަށްވުރެ މަތީ މަގާމެއްގައި ހުރި މީހެއްގެ އަމުރަކަށްކަމަށް ބުނުމަކީ، ނުވަތަ އެކަން އެގޮތަށް ނުކޮށްފިނަމަ ތިމާގެ ވަޒީފާގެއްލިދާނެކަމަށް ގަބޫލުކުރެވުމުން ކަމުގައި ބުނުމަކީ، ނުވަތަ އެއީ ގާނޫނާ ހިލާފު އަމަލެއްކަން އެނގިފައި ނެތުމުން ކަމުގައި ބުނުމަކީ، އެކަން ސަބަބަކަށް ހެދުމަށްފަހު، މީހަކާމެދު ޓޯޗަރގެ އަމަލު ހިންގުމަށް، ނުވަތަ ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުމަށް، ނުވަތަ އިންސާނީ ކަރާމާތް ގެއްލޭފަދައަދަބުދިނުމަށް އޮތް އުޒުރެއް ނުވަތަ ދިފާއެއް ނޫނެވެ.

 

17 ވަނަ މާއްދާ - ބަންދުގެ މަރުކަޒުތައް އާންމުކުރުން

(ހ) ކުށުގެ ތުހުމަތުކުރެވޭ މީހުން ތަހްގީގުގެ މުއްދަތުގައި ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަންތަނާއި، ތަހްގީގު ނިމި ށަރީއަތް ފެށުމާހަމައަށް މީހުން ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަންތަނާއި، ށަރީއަތުގެ މަރުހަލާ ނިމެންދެން މީހުން ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާތަންތަނާއި، ކުޑަކުދިން ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަންތަނާއި، ހުކުމް ތަންފީޒުކުރާ މީހުން ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަންތަނާއި، ރިހެބިލިޓޭށަން ފަރުވާދޭ މަރުކަޒުތަކާއި، ނަފްސާނީ ބަލިތަކަށް ފަރުވާދޭ ތަންތަނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުތަކާއި،ޑިޓޮކްސިފިކޭށަނަށް ބަންދުކުރެވޭ ތަންތަނުގެ ގޮތުގައި ދިވެހިރާއްޖޭގައި ތައްޔާރުކޮށްފައިވާ ތަންތަން، މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓަރު، އާންމުކޮށް، އިއުލާންކުރަންވާނެއެވެ.

(ށ) ކުށުގެ ތުހުމަތުކުރެވޭ މީހުން ތަހްގީގުގެ މުއްދަތުގައި ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަންތަނާއި، ތަހްގީގު ނިމި ށަރީއަތް ފެށުމާ ހަމައަށް މީހުން ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަންތަނާއި، ށަރީއަތުގެ މަރުހަލާ ނިމެންދެން މީހުން ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާތަންތަނާއި، ކުޑަކުދިން ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަންތަނާއި، ހުކުމް ތަންފީޒުކުރާ މީހުން ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަންތަނާއި، ރިހެބިލިޓޭށަން ފަރުވާދޭ މަރުކަޒުތަކާއި، ނަފްސާނީ ބަލިތަކަށް ފަރުވާދޭ ތަންތަނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުތަކާއި،ޑިޓޮކްސިފިކޭށަނަށް ބަންދުކުރެވޭ ތަންތަން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓަރު އިއުލާންކުރުމަށްފަހު، އެ އިއުލާންކުރާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ތަންތަނާއި އެ ތަންތަނާބެހޭ އަންނަނިވި ތަފްސީލުތައް ހިމެނޭ ރިޕޯޓެއް އެކުލަވާލައި، ކޮމިށަނަށްހުށަހަޅަންވާނެއެވެ.

  1. އެއިން ކޮންމެ ތަނެއްގެ ނަމާއި އެތަނެއް ހުރި ރަށާއި އެ ތަނެއްގެ އެޑްރެސް.
  2. އެ ރިޕޯޓު ހުށަހަޅާ ދުވަހާ ހަމައަށް އެއިން ކޮންމެ ތަނެއްގައި ބަންދުގައި ތިބި މީހުންގެ ނަމާއި، އެޑްރެހާއި، އުމުރާއި، އެމީހުން އެހާތަނަށް ބަންދުގައި ހޭދަކޮށްފައިވާ މުއްދަތާއި، އެމީހުން ބަންދުގައި އިތުރަށް ތިބޭނެކަމަށް ބެލެވޭ މުއްދަތާއި، އެމީހުން ބަންދުގައި ތިބި ސަބަބު.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓަރު ކޮމިށަނަށް ހުށަހަޅާ ރިޕޯޓަކީ، އެ ރިޕޯޓު ފުރަތަމަ ހުށަހެޅުމަށްފަހު ހިނގާ، ކޮންމެ 3 (ތިނެއް) މަހުން  އެއްފަހަރު، ކޮންމެ ތިން މަހެއްވެސް ހަމަވާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އަދި ކޮމިށަނުން އެދިއްޖެ ކޮންމެ ހިނދެއްގައި، ކޮމިށަނަށް ހުށަހަޅަމުންގެންދަންވާނެ ރިޕޯޓެކެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން، އެގޮތަށް އެ ރިޕޯޓު، ކޮންމެ ތިން މަހަކުން ހުށަހަޅާއިރު، ފާއިތުވާ ތިން މަހުގެތެރޭގައި އެއިންތަނަކަށް، ނުވަތަ އެއިންތަނެއްގައި ބަންދުގައި ތިބި މީހުންގެ އަދަދަށް ނުވަތަ ތަފްސީލަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލެއް އެނގޭނެގޮތަށް، އެ ރިޕޯޓުގައި ފާހަގަކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ށަކުވާގެ ހައްގު ކަށަވަރުވުން

ޓޯޗަރ ކުރެވޭ މީހާއަށް ލިބުނު ޓޯޗަރއާމެދު ކޮމިށަނަށް ށަކުވާ ހުށަހެޅުމުގެ ހައްގު އޭނާއަށް މި ގާނޫނުން ކަށަވަރުކޮށްދެއެވެ. އަދި، އޭނާއަށް ލިބުނު ޓޯޗަރއާމެދު ށަކުވާ ހުށަހެޅުމުގެ ހައްގާ ގުޅިފައިވާ އަންނަނިވި ހައްގުތައްވެސް، މި ގާނޫނުން އޭނާއަށް ކަށަވަރުކޮށްދެއެވެ. އަދި، އޭނާއަށް ލިބިގެންވާކަމަށް މިގާނޫނު ބަޔާންކުރާ އަންނަނިވި ހައްގުތައް ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުން އޭނާއަށް ކަށަވަރުކޮށްދީ، ތަންފީޒުކޮށްދޭންވާނެއެވެ.

(ހ) ކޮމިށަނަށް ށަކުވާ ހުށަހެޅުމުން، ކޮމިށަނުން، ވަކިފަރާތަކަށް ނުޖެހޭ ތަހްގީގެއް، އެކަށީގެންވާ ހަލުވިމިނުގައި ކޮށް ނިންމުން.

(ށ) ށަކުވާ ހުށަހަޅާ ފަރާތް ބަންދުކޮށްފައި ހުންނަ ތަނަކުން ށަކުވާ ހުށަހެޅުމަށް އެމީހަކަށް ބޭނުންވާނޭ އަސާސީ ވަސީލަތްތައް ފޯރުކޮށްދިނުމާއި، ށަކުވާއެއް ހުށަހެޅުމުން، އެ ށަކުވާއެއް ހުށަހަޅާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ށަކުވާއެއް ފުރިހަމަގޮތުގައި ބަލައި ނިންމަންވާނެއެވެ.އަދި އެ ށަކުވާ ހުށަހެޅި ފަރާތަށް، ށަކުވާ ހުށަހެޅި ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ތަހްގީގު ކުރިއަށް ގޮސްފައިވާ ހިސާބު އަންގަންވާނެއެވެ. އަދި ތަހްގީގުކޮށް ނިމޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ތަހްގީގު ރިޕޯޓު ށަކުވާ ހުށަހެޅި ފަރާތަށް ފޯރުކޮށްދިނުން.

(ނ) ށަކުވާ ހުށަހެޅި ފަރާތާމެދު، ހަގީގަތުގައިވެސް ޓޯޗަރގެ އަމަލެއް ހިނގާފައިވާކަމަށް ށަކުވާގެ ތަހްގީގު ރިޕޯޓުން ފާހަގަކުރެވޭނަމަ، އެ ޓޯޗަރގެ އަމަލުގެ ޒިންމާ އުފުލަންޖެހޭކަމަށް ކޮމިށަނަށް ފެންނަ މީހެއް ނުވަތަ ބައެއްގެ މައްޗަށް ދައުވާކުރުމަށް، އެ ތަހްގީގެއް ނިމޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލަށް، އެ މައްސަލައެއް ކޮމިށަނުން ފޮނުވުން.

(ރ) ކޮމިށަނުން ފޮނުވާ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މައްސަލަ ށަރީއަތަށް ހުށަހެޅުމާއި ހުށަނޭޅުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމުން.

(ބ) ކޮމިށަނުން ފޮނުވާ މައްސަލަ ށަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަކަމަށްވާނަމަ، އެކަމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް، ކޮމިށަނުން ފޮނުވާ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބޭތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ނިންމައި، އެ މައްސަލައިގައި ދައުވާއުފުލަންޖެހޭ މީހުންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ މީހުންގެ މައްޗަށް އެ މުއްދަތު ހަމަނުވަނީސް ދައުވާ އުފުލުން.

(ޅ) ކޮމިށަނުން ފޮނުވާ މައްސަލަ ށަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ނުފެންނަކަމަށްވާނަމަ، އެ ނިންމުމަށް ވާސިލުވި ސަބަބުތައް، ކޮމިށަނުން ފޮނުވާ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބޭތާ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލް ކޮމިށަނަށްލިޔުމުން އެންގުން.

(ކ) ށަކުވާ ހުށަހެޅިކަމަށްޓަކައި، ނުވަތަ އެ ށަކުވާއާގުޅޭ ހެކި ހުށަހެޅިކަމަށްޓަކައި އިތުރު ނުރައްކަލެއް ނުވަތަ ބިރުވެރިކަމެއް ޓޯޗަރ ކުރެވޭ މީހާއަށް ލިބުނަނުދިނުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ރައްކާތެރިކަން އޭނާއަށާއި އޭނާއާއެކުގައި އެކަމުގައި މަސައްކަތްކުރާ ގާނޫނީވަކީލުންނަށާއި އޭނާގެ އާއިލާގެ މީހުންނަށް ފޯރުކޮށްދިނުން.

(އ) ށަކުވާ ހުށަހެޅުމުގައާއި ށަކުވާއާގުޅޭ ހެކި ހުށަހެޅުމުގައި އަދި ށަރީއަތުގައި ދޭންޖެހޭ އެކިއެކި ބަޔާންތައް ދިނުމުގައި އިތުރު ލަދުވެތިކަން އޭނާއަށް ކުރިމަތިނުވާނެ ގޮތުގެމަތިން، ނުވަތަ އިތުރު ވޭން އޭނާ އުފުލަން ނުޖެހޭނެ ގޮތުގެމަތިން، ނުވަތަ އިތުރު ބިރުދެއްކުމާއި މަޖުބޫރުކުރުވުން އޭނާއަށްކުރިމަތިނުވާނެ ގޮތުގެމަތިން، އޭނާއާމެދު ކޯޓާއި ދައުލަތުގެ ކަމާގުޅޭ އެހެން މުއައްސަސާތަކުން އަމަލުކުރުން.

(ވ) ޓޯޗަރ ކުރެވޭ މީހާ ކޯޓަށް ހާޒިރުކުރުމަށް، ނުވަތަ ބަންދުން މިނިވަންކުރުމަށް، ނުވަތަ އޭނާއާގުޅޭ ލިޔުމެއް ދައުލަތުގެ މުއައްސަސާއަކުން ހޯދުމަށް ކޯޓުން އަމުރެއްކޮށްފިކަމަށްވާނަމަ، އެ އަމުރެއްގައިވާ ގޮތުގެމަތިން އަމަލުކުރުން.

(މ) ޓޯޗަރ ކުރެވޭ މީހާ ހުށަހެޅި ށަކުވާއާ ގުޅޭގޮތުން، މައްސަލަ ށަރީއަތަށް ހުށަހެޅުމަށްޓަކައި އޭނާއަށާއި، އޭނާއަށް އެހީތެރިވާ މީހާއަށް ލިބެންޖެހޭ އެހީތެރިކަން، ކޮމިށަންގެ ފަރާތުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އޭނާއަށާއި އޭނާއަށް އެހީތެރިވާމީހާއަށް ލިބުން.

(ފ) ޓޯޗަރ ކުރެވޭ މީހާ ހުށަހެޅި ށަކުވާއާ ގުޅޭގޮތުން، ށަރުއީ ހުކުމެއް ނާންނަހާހިނދަކު، އެ ށަކުވާއާ ގުޅޭގޮތުން، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އަމަލު ކުރެވެމުންދާ ގޮތާއި، ދައުވާގެ ކަންތައް ވަމުންދާގޮތް ކޮމިށަނުން ބަލަމުންދިޔުމާއި، އެ ކޮމިށަނަށް ލިބޭ މައުލޫމާތު ޓޯޗަރ ކުރެވޭ މީހާއަށްއަންގަމުން ގެންދިޔުން.

(ދ) މި މާއްދާގެ ދަށުން ބަންދުގައި ތިބޭ ފަރާތްތަކަށް ހުށަހެޅޭ ށަކުވާތައް ބަންދުކުރާ ފަރާތުން ބަލައި ކިޔައި ހަދައިގެން ނުވާނެއެވެ.

 

ހަވަނަ ބާބު

ސިއްހީ ފަރުވާ

19 ވަނަ މާއްދާ - ޑޮކްޓަރަށް ދެއްކުން

(ހ) ބަންދުކުރެވޭ މީހާ ބަންދުކުރެވޭ މުއްދަތު 24 (ސައުވީސް) ގަޑިއިރަށްވުރެ ދިގުވެއްޖެހިނދެއްގައި، އެ 24 (ސައުވީސް) ގަޑިއިރު ހަމަވުމަށްފަހު ހިނގާ ވަގުތުތަކުގެ ތެރެއިން، އޭނާ ބޭނުންވެއްޖެ ވަގުތެއްގައި، އޭނާގެ ސިއްހީ ހާލަތު ހުރިގޮތް ބެލުމަށް، އޭނާ ބަންދުކޮށްފައި ހުރި ތަން ނޫން އެހެން ތަނެއްގައިމަސައްކަތް ކުރަމުންދާ ޑޮކްޓަރަކަށް ދެއްކުމަށް ބޭނުންވާކަން، އޭނާ ބަންދުގައި ބަހައްޓާފައިވާ ފަރާތުގައި އެދުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. އަދި މި ހައްގު އޭނާއަށް ލިބިގެންވާކަން އޭނާއަށް އަންގަންވާނެއެވެ.

(ށ) ބަންދުގައި ހުރި މީހަކު ޑޮކްޓަރަށް ދެއްކުމަށް ބޭނުންވެގެން، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެދެފިނަމަ، އެކަން، އެ އެދުނު ވަގުތުން ފެށިގެން ހިނގާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އޭނާ ބަންދުގައި ބަހައްޓާފައިވާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ނ) ބަންދުކުރެވޭ މީހާ ބަންދުން ވީއްލުމަށްފަހު ހިނގާ ފުރަތަމަ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި،  އޭނާގެ ސިއްހީ ހާލަތު ހުރިގޮތް ބެލުމަށް، އޭނާ ބަންދުކޮށްފައި ހުރި ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރަކަށް ދެއްކުމަށް ބޭނުންވާކަން، އޭނާ ބަންދުގައި ބެހެއްޓި ފަރާތުގައި އެދުމުގެހައްގު އޭނާއަށް ލިބިގެންވެއެވެ.

(ރ) ބަންދުކުރެވޭ މީހާ ބަންދުން ވީއްލުމަށްފަހު ހިނގާ ފުރަތަމަ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި،  އޭނާގެ ސިއްހީ ހާލަތު ހުރިގޮތް ބެލުމަށް، އޭނާ ބަންދުކޮށްފައި ހުރި ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރަކަށް ދެއްކުމަށް ބޭނުންވާކަން، އޭނާ ބަންދުގައި ބެހެއްޓި ފަރާތުގައި، މިމާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އެދެފިނަމަ، އެކަން، އެ އެދުނު ވަގުތުން ފެށިގެން ހިނގާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އޭނާ ބަންދުގައި ބެހެއްޓި ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ނުވަތަ މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޑޮކްޓަރަކަށް ދެއްކުމަށް ހިނގާ ހަރަދަކީ، އެމީހަކު އަމިއްލައަށް އުފުލަންޖެހޭނެ ހަރަދެކެވެ. އެހެންނަމަވެސް، އެފަދަ ހަރަދެއްކުރުމުގެ ތަނަވަސްކަން އޭނާގައި ނެތްކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ ހާލަތުގައި، އޭނާ ޑޮކްޓަރަށްދެއްކުމަށް ހިނގާ ހަރަދަކީ، ދައުލަތުން ހަމަޖައްސައިދޭންވާނެ ހަރަދެކެވެ. އަދި މިގޮތުން ދައުލަތުން އެ ހަރަދުތައް ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި 24 (ސައުވީސް) ގަޑިއިރު ތެރޭގައި އެފަދަ އެހީއެއް ފޯރުކޮށްދެވޭނެ ނިޒާމެއް ކޮމިށަނުން ކަނޑައަޅަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި، އެ ހަރަދުކުރާނީ،އެމީހަކު ބަންދުގައި ބަހައްޓާފައިވާ ފަރާތުން ނުވަތަ ބަންދުގައި ބެހެއްޓި ފަރާތުންނެވެ.

 

20 ވަނަ މާއްދާ - މެޑިކަލް ރިޕޯޓާގުޅޭ އުސޫލުތައް

(ހ) ބަންދުގައި ހުރި މީހަކު ޑޮކްޓަރަށް ދެއްކުމަށްފަހު، ނުވަތަ ބަންދުން ވީއްލުމަށްފަހު ޑޮކްޓަރަށް ދައްކާ މީހާ ޑޮކްޓަރަށް ދެއްކުމަށްފަހު، ތައްޔާރުކުރެވޭ މެޑިކަލް ރިޕޯޓަކީ، އޭނާ ބެލި ޑޮކްޓަރު ސޮއިކޮށްފައި އޮންނަންޖެހޭނެ ރިޕޯޓަކަށް ވާންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެޑިކަލް ރިޕޯޓުގެ ކޮޕީއެއް އޭނާގެ ބަންދާގުޅޭ ފައިލުގައި ހިމަނަންވާނެއެވެ. އަދި، އެ ރިޕޯޓަކީ، ކޮމިށަނުން ނުވަތަ ދައުލަތުގެ ކަމާބެހޭ ގާނޫނީ ބާރު ލިބިގެންވާ އެހެން މުއައްސަސާއަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، ބެލޭނެ ރިޕޯޓަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެޑިކަލް ރިޕޯޓުގައި އަންނަނިވި ކަންކަން އޭނާ ބެލި ޑޮކްޓަރު ހިމަނަންވާނެއެވެ.

  1. ބަންދުގައި ހުރި މީހާގެ ނަމާއި އެޑްރެހާއި އުމުރު އަދި އެމީހެއްގެ އައިޑެންޓިޓީ ކާޑު
  2. ބަންދުގައި ހުރި މީހާގެ އެންމެ ކައިރި ށަރުއީ ބަލަދުވެރިއަކީ ކޮބައިކަން ނުވަތަ އެންމެ ގާތް ގާނޫނީ ބަލަދުވެރިއަކީ
  3. ޑޮކްޓަރަށް ދެއްކުމަށްޓަކައި އޭނާ ގެނައި މީހެއްގެ ނަމާއި އެޑްރެސް.
  4. އޭނާގައި ހުރިނަމަ ހުރި ޒަހަމެއް ނުވަތަ ތަދެއް ނުވަތަ ވޭނެއް ނުވަތަ ބައްޔެއް ނުވަތަ ސިއްހީ ހާލަތެއް އެހުރީ ޑޮކްޓަރަށް ފެންނަ ގޮތުގައި ކޮން ސަބަބުތަކެއް ދިމާވުމުންކަން.
  5. އޭނާގައި ހުރި ޒަހަމެއް ނުވަތަ ތަދެއް ނުވަތަ ވޭނެއް ނުވަތަ ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސިފައާއި ބާވަތަކީ
  6. އޭނާއަށް އެ ޒަހަމެއް ނުވަތަ ތަދެއް ނުވަތަ ވޭނެއް ނުވަތަ ބައްޔެއް ނުވަތަ ސިއްހީ ހާލަތެއް ދިމާވިކަމަށް ލަފާކުރެވޭ މުއްދަތަކީ
  7. އޭނާއަށް އެ ޒަހަމެއް ނުވަތަ ތަދެއް ނުވަތަ ވޭނެއް ނުވަތަ ބައްޔެއް ނުވަތަ ސިއްހީ ހާލަތެއް ދިމާވިކަމަށް ލަފާކުރެވެނީ، ކިހިނެއް، ކޮން ގޮތަކަށް، ކޮންކަމެއް ދިމާވެގެންކަމަށް
  8. އޭނާއަށް ފަރުވާ ދެވުނު ތާރީހާއި ވަގުތާއި އެ ދެވުނު ފަރުވާއެއްގެ ބާވަތާއި
  9. އޭނާގައި ހުރިތޯ ބެލި ކަންކަމާއި ފާހަގަވި ކަންކަމާއި، އޭނާގައި ހުރިކަމަށް ފާހަގަވި ކަމަކާ ގުޅޭގޮތުން ސިއްހީގޮތުން ކުރިއަށް އަންދާޒާ ކުރެވޭގޮތް.

 

ހަތްވަނަ ބާބު

ކުށާއި އަދަބު

21 ވަނަ މާއްދާ - އަނިޔާ ކުރުމުގެ ކުށް

މި ގާނޫނުގައި މާއްދީ އަނިޔާއެއް ކަމަށް، ނުވަތަ ނަފްސާނީ އަނިޔާއެއް ކަމަށް ނުވަތަ ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއްކަމަށް ނުވަތަ އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއްކަމަށް ބަޔާންކޮށްފައިވާ އަމަލެއް މީހަކާމެދު ހިންގުމަކީ، ނުވަތަ އެފަދަ ކަމެއް މީހަކަށް ކުރުމަކީ، ހަމަ ހުރިހާ ހާލަތެއްގައިވެސް، މިގާނޫނުގެ ދަށުން، ޖިނާއީ ކުށެކެވެ.

 

22 ވަނަ މާއްދާ - ބަންދުގެ މަރުކަޒެއް ނޫންތަނެއްގައި ބަންދުކުރުމުގެ ކުށް

މީހުން ބަންދުކުރުމަށް ތައްޔާރުކުރެވިފައިވާ މަރުކަޒެއްކަމުގައި، މި ގާނޫނުގެ ދަށުން، އާންމުކޮށް އިއުލާންކޮށްފައިވާ ތަނެއް ފިޔަވައި، އެހެން ތަނެއްގައި މީހަކު ބަންދުކުރުމާއި، އެހެން އިންސާނަކާއެކު މުއާމަލާތް ނުކުރެވޭނެ ގޮތަށް މީހަކު ބަންދުކޮށްފައި ބެހެއްޓުމާއި، އޭނާ ބަންދުކޮށްފައި އެހުރީ ކޮންތަނެއްގައިކަންއޭނާއަށް ނޭނގޭގޮތަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމާއި، ޓޯޗަރކުރަން ބޭނުންވެއްޖެހިނދެއްގައި އެއްވެސް ފިކުރެއްނެތި ޓޯޗަރކުރެވިދާނެފަދަ މާހައުލެއްއޮތް ތަނެއްގައި މީހަކު ބަންދުކޮށްފައި ބެހެއްޓުމަކީ، މި ގާނޫނުގެ ދަށުން ޖިނާއީ ކުށެކެވެ.

 

23 ވަނަ މާއްދާ – އަދަބު

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓޯޗަރގެ ކުށްކުރުމުގެ ތެރޭގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް، ޓޯޗަރ ކުރެވޭ މީހާއަށް ކޮށްފައިވާނަމަ، އެކުރި ކުށުގެ އަދަބަކީ، 25 (ފަންސަވީސް) އަހަރުދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

  1. މެރުން.
  2. ގަދަކަމުން ޖިމާއުވުމުގެ ސަބަބުން ބުއްދި ގޯސްވުން، ނުވަތަ ދަރިން ނުލިބޭ މީހަކަށްވުން، ނުވަތަ ހަނދާން ނުހުންނަ މީހަކަށްވުން.

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓޯޗަރގެ ކުށްކުރުމުގެ ތެރޭގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ޓޯޗަރ ކުރެވޭ މީހާއަށް ކޮށްފައިވާނަމަ، އެކުރި ކުށުގެ އަދަބަކީ،15 (ފަނަރަ) އަހަރުދުވަހާއި 25 (ފަންސަވީސް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

  1. ހަށިގަނޑުގެ ގުނަވަނެއް
  2. ގަދަކަމުން
  3. ޖިންސީ އަނިޔާގެ އަމަލެއް
  4. ޖިންސީ އަމަލެއް ހިންގީ ނުވަތަ ޖިމާއުވީ ކުޑަކުއްޖަކާއެކު ކަމުގައިވުން.

(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓޯޗަރގެ ކުށްކުރުމުގެ ތެރޭގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ޓޯޗަރ ކުރެވޭ މީހާއަށް ކޮށްފައިވާނަމަ، އެކުރި ކުށުގެ އަދަބަކީ،15 (ފަނަރަ) އަހަރުދުވަހާއި 20 (ވިހި) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

  1. ނަފްސާނީ އަނިޔާގެ ސަބަބުން ބުއްދި
  2. ނަފްސާނީ އަނިޔާގެ ސަބަބުން ހަނދާންނެތޭ
  3. އަމިއްލައަށް މަރުވުމަށް ބޭނުންވެ، ދޭތެރެދޭތެރެއިން، އެކަން ކުރަން އުޅުން.
  4. ދިމާވެފައިވާ ލަދުވެތިކަމާއި ނިކަމެތިކަމާއި އިހާނެތިކަމުގެ ސަބަބުން އާންމު ދިރިއުޅުމެއް އުޅުމަށް އުނދަގޫވާފަދަ ހާލަތަކަށް އޭނާ ގޮސްފައިވުން.

(ރ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓޯޗަރގެ ކުށް ކުރުމުގެތެރޭގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ޓޯޗަރ ކުރެވޭ މީހާއަށް ކޮށްފައިވާނަމަ، އެކުރި ކުށުގެ އަދަބަކީ،10 (ދިހައެއް) އަހަރުދުވަހާއި 15 (ފަނަރަ) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

  1. ވާހަކަދެއްކުމުގެ ބާރު
  2. އަޑުއެހުމުގެ ބާރު
  3. ރަހަ ދެނެގަތުމުގެ ބާރު
  4. ފެނުމުގެ ބާރު
  5. ގުނަވަނަކުން ކުރަންޖެހޭ މަސައްކަތެއް ނުކުރެވޭވަރަށް ނުކުޅެދުންތެރިކަން
  6. މައިބަދަ
  7. ރުކޫއަށް ނުދެވުން.
  8. ސަޖިދައަށް ނުދެވުން.

(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ނޫން ހާލަތަކަށްފެތޭ ޓޯޗަރގެ ކުށުގެ އަދަބަކީ، 7 (ހަތެއް) އަހަރުދުވަހާއި 10 (ދިހައެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ޅ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ނޫން ހާލަތްތަކަށް ފެތޭ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓޯޗަރގެ ކުށް ކުރުމުގެ ސަބަބުން، ޓޯޗަރ ކުރެވޭ މީހާއަށް ކުރިމަތިވި ސިއްހީ ހާލަތެއްގެ ސަބަބުން 90 (ނުވަދިހަ) ދުވަހަށްވުރެ ގިނަދުވަހު ފަރުވާހޯދަންޖެހިފައިވާނަމަ، އެކުރި ކުށުގެ އަދަބަކީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

(ކ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ޓޯޗަރގެ ކުށުގެ ހާލަތްތައް ނޫން ހާލަތަކަށް ފެތޭގޮތަކަށް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފި މީހެއްގެ އަދަބަކީ، 1 (އެކެއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

  1. ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު
  2. އާންމުކޮށް އިއުލާނުކޮށްފައިވާ ބަންދުގެ މަރުކަޒުތައް ފިޔަވައި، އެހެން މަރުކަޒުތައް ގާއިމުކުރުން، ނުވަތަ ހިންގުން، ނުވަތަ
  3. ބަންދުގެ މަރުކަޒުތަކާ ގުޅޭގޮތުން، މި ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުގެމަތިން ހުށަހަޅަންޖެހޭ ރިޕޯޓު، އެ ހުށަހަޅަންޖެހޭ ތާރީހަކަށް ހުށަނޭޅުން.

 

އަށްވަނަ ބާބު

ޖިނާއީ ޒިންމާ

24 ވަނަ މާއްދާ - އެހީތެރިވުމާއި ބައިވެރިވުން

ޓޯޗަރގެ އަމަލު މީހަކާމެދު ކަނޑައެޅިގެން ހިންގި މީހާގެ އިތުރަށް، އެ އަމަލު ހިންގުމުގައި ބައިވެރިވި މީހާއާއި، އެ އަމަލު ހިންގުމުގައި އެހީތެރިވި މީހާއާމެދު ބެލެވޭނީ، ޓޯޗަރގެ އަމަލު ކަނޑައެޅިގެން ހިންގި މީހެއްގެ ގޮތުގައެވެ. އަދި، އެއިން ކޮންމެ މީހަކުމެ، ޓޯޗަރގެ އަމަލު ހިންގުމުގެ ކުށުން ކުށްވެރިވާނެއެވެ.

 

25 ވަނަ މާއްދާ - އަނިޔާކުރަން އަމުރުކުރުން

އަމުރުކުރުންސިފައިންގެ މީހަކު ނުވަތަ ފުލުހުންގެ މީހަކު ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގައި ހުރި މީހަކު ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ހުރި މީހަކު ނުވަތަ ދައުލަތުގެ މުއައްސަސާއެއްގައި ހުރި މީހަކު، އެއްވެސް ބޭނުމެއްގައި، މީހަކާމެދު ޓޯޗަރގެ އަމަލެއް ހިންގުމަށް އޭނާއަށްވުރެ ދަށުގައިވާމުވައްޒަފަކަށް އަމުރުކޮށްފިނަމަ، އެ އަމުރުކުރި މީހާއާމެދު ބެލެވޭނީވެސް، ޓޯޗަރގެ އަމަލު ކަނޑައެޅިގެން ހިންގި މީހެއްގެ ގޮތުގައެވެ. އަދި، އޭނާ، ޓޯޗަރގެ އަމަލު ހިންގުމުގެ ކުށުން ކުށްވެރިވާނެއެވެ.

 

26 ވަނަ މާއްދާ - އަޅާނުލުމާއި އިހުމާލުވުން

މީހަކާމެދު ޓޯޗަރގެ އަމަލެއް ހިންގީ ސިފައިންގެ ޔުނިޓެއްގައި ހިމެނޭ މީހަކު، ނުވަތަ ފުލުހުންގެ ޔުނިޓެއްގައި ހިމެނޭ މީހަކު، ނުވަތަ ގާނޫނު ތަންފީޒުކުރުމުގެ އެހެންވެސް އިދާރާއެއްގެ ޔުނިޓެއްގައި ހިމެނޭ މީހަކު ކަމަށްވާހިނދު، އަންނަނިވި ހާލަތްތަކުގައި، އެ ޔުނިޓުގެ މީހުންނާއި ނުވަތަ އެ ޔުނިޓުގެމަސްއޫލިއްޔަތާ ސީދާ ހަވާލުވެ ހުރި މީހާއާމެދު ބެލެވޭނީވެސް، ޓޯޗަރގެ އަމަލު ކަނޑައެޅިގެން ހިންގި މީހެއްގެ ގޮތުގައެވެ. އަދި، އޭނާ، ޓޯޗަރގެ އަމަލު ހިންގުމުގެ ކުށުން ކުށްވެރިވާނެއެވެ.

(ހ) އެކަން އެނގިހުރެ އެކަން ހުއްޓުވުމަށް، ނުވަތަ އެކަން މަނާކުރުމަށް، ނުވަތަ އެކަންވިޔަ ނުދިނުމަށް ކުރަންޖެހޭ އެއްވެސްކަމެއް ގަސްދުގައި ކޮށްފައިނުވުން؛ ނުވަތަ

(ށ) ޓޯޗަރގެ އަމަލު ހިނގާފާނެ ފަދަ މާހައުލެއް އޮތްކަން އެނގިހުރެމެ، ޓޯޗަރގެ އަމަލު ހުއްޓުވުމަށްޓަކައި ނުވަތަ އެކަންވިޔަ ނުދިނުމަށްޓަކައި، ކުރަންޖެހޭ ކަންކަން ކުރުމުގައި އަޅާލަންވާވަރަށް އަޅާނުލައި އިހުމާލުވެފައިވުން، އަދި އެ ޓޯޗަރގެ އަމަލު ހިންގި މީހަކަށް ނުވަތަ ބަޔަކަށް އެކަން އެގޮތަށް އެ ކުރެވުނީއެ އިހުމާލުގެ ސަބަބުން، ނުވަތަ އޭނާ ކުރަންވީ ކަމެއް ނުކޮށްގެން، ނުވަތަ ނުކުރަންޖެހޭ ކަމެއް ކޮށްގެންކަމަށްވުން؛ ނުވަތަ

(ނ) ޓޯޗަރގެ އަމަލު ހިނގާދިޔައީ ނުވަތަ އެކަމަށް މަގުފަހިވީ ނުވަތަ އެކަން އެ ވެގެންދިޔައީ ސީދާގޮތުގައި އޭނާގެ އިހުމާލެއް އޮވެގެންކަމުގައި ބެލެވުން.

 

27 ވަނަ މާއްދާ - މަސްއޫލިއްޔަތު އަދާނުކުރުން

ދައުލަތުގެ މުވައްޒަފަކު ހުރި ވަގުތާއި ހާލަތަށް ބަލާއިރު، ޓޯޗަރގެ އަމަލެއް ހިނގައިފިކަމަށް ނުވަތަ ހިނގަމުންދާކަމަށް ނުވަތަ ނުހިނގާ ނުދާނެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބުރަވެ އޭނާއަށް ގަބޫލުކުރެވޭހިނދު، އަދި، އޭނާގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭފިޔަވަޅުއެޅުން ހިމެނިގެންވާނަމަ، ނުވަތަ އޭނާ ބޭނުންކަމަށްވާނަމަ އެ ޓޯޗަރގެ އަމަލު ހުއްޓުވެންއޮވެ އެކަން ހުއްޓުވުމަށްޓަކައި އޭނާ މަސައްކަތްކޮށްފައި ނުވާކަމަށްވާނަމަ، އޭނާއާމެދު ބެލެވޭނީވެސް، ޓޯޗަރގެ އަމަލު ކަނޑައެޅިގެން ހިންގި މީހެއްގެ ގޮތުގައެވެ. އަދި، އޭނާ، ޓޯޗަރގެ އަމަލު ހިންގުމުގެ ކުށުން ކުށްވެރިވާނެއެވެ.

 

 

28 ވަނަ މާއްދާ - ކުށުގެ އެހީތެރިކަން

 

އަންނަނިވި ހާލަތްތަކުގައި، އަންނަނިވި މީހުންނަކީ، ޓޯޗަރގެ އަމަލު ހިންގުމުގައި އެހީތެރިވި މީހުންކަމުގައި ބެލެވޭނެއެވެ.  

(ހ) މީހަކަށް އަނިޔާއެއް ކޮށްގެން މަންފާލިބުނު މީހުންނަށް ލިބުނު މަންފާއެއްގެ ހިއްސާއެއް ލިބިފައިވުން.

(ށ) މީހަކަށް އަނިޔާއެއް ކޮށްގެން ނުވަތަ އަނިޔާއެއް ކުރުމުގައި އެހީތެރިވެގެން، އެ އަނިޔާކުރި ބަޔަކަށް ނުވަތަ އެހީތެރިވި ބަޔަކަށް އެއްވެސް މަންފާއެއް ކުރިނަމަ، އެ މަންފާގެ ފައިދާ އޭނާއަށްވެސް ކޮށްފައިވުން.

(ނ) ޓޯޗަރގެ އަމަލު ހިނގާފައިވަނިކޮށް، އެކަންކުރުމަށް ގެންގުޅުނު އެއްވެސް އާލާތެއް ނައްތާލުމަށް ނުވަތަ ފޮރުވުމަށް މަސައްކަތްކޮށްފައިވުން.

(ރ) ހިނގާދިޔަ ޓޯޗަރގެ އަމަލެއް، އެއީ، ނުހިނގާ އަމަލަކަށް ހެދުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވުން.

(ބ) ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައިހުރެ އުފުލަންޖެހޭ މަސްއޫލިއްޔަތާ ހިލާފަށް، ޓޯޗަރގެ އަމަލެއް ފޮރުވުމަށް އެހީތެރިވެދީފައިވުން.

 

ނުވަވަނަ ބާބު

ބަދަލު ނަގައިދިނުން

 

29 ވަނަ މާއްދާ - ބަދަލު ލިބިދިނުން

މި ގާނޫނުގައި ޓޯޗަރގެ އަމަލުކަމަށް ބަޔާންކޮށްފައިވާ އަމަލެއް ހިނގާފައިވާކަމަށް، ކޯޓަށް ސާބިތުވެ، އެކަމުގެ ޒިންމާ އުފުލަންޖެހޭ މީހަކު ނުވަތަ ބަޔަކު، ކޯޓުގެ ހުކުމަކުން ކަނޑައަޅައިފި ހިނދެއްގައި، އެ ހުކުމުގެ މައްޗަށް ބިނާކޮށް، އަނިޔާލިބޭ މީހާއަށް މި ގާނޫނުގައިވާ ގޮތުގެމަތިން، ބަދަލު ލިބިދިނުމުގެ ހައްގުލިބިގެންވެއެވެ.

 

30 ވަނަ މާއްދާ - ބަދަލު ނަގައިދިނުން

ޓޯޗަރގެ އަމަލުގެ ސީދާ ނަތީޖާއެއްގެ ގޮތުން، ޓޯޗަރ ކުރެވޭ މީހާއަށް ލިބޭ ގެއްލުމަށް މި ގާނޫނުގެ ދަށުން މައިގަނޑު ދެ ބާވަތެއްގެ ބަދަލު ނަގައިދެވޭނެއެވެ. އެއީ،

(ހ) އިގްތިސާދީ ބަދަލާއި؛

(ށ) ގައިރު އިގްތިސާދީ ބަދަލެވެ.

 

31 ވަނަ މާއްދާ - އިގްތިސާދީ ބަދަލު

އިގްތިސާދީ ބަދަލުގެ ގޮތުގައި ޓޯޗަރ ކުރެވޭ މީހާއަށް ނަގައިދެވޭނީ އަންނަނިވި ބާވަތުގެ ބަދަލެވެ.

(ހ) ލިބުނު އަނިޔާގެ ސަބަބުން ފައިސާގެގޮތުން ލިބުނު ގެއްލުމުގެ ބަދަލު.

(ށ) ވަޒީފާއެއް އަދާކުރަމުންދިޔަ މީހަކަށްވެފައި، ލިބުނު އަނިޔާގެ ސީދާ ނަތީޖާއެއްގެގޮތުން، ވަޒީފާ އަދާނުކުރެވިދިޔަ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލު، ނުވަތަ އެ އަނިޔާގެ ސީދާ ނަތީޖާއެއްގެގޮތުން ވަޒީފާ އަދާނުކުރެވިދާނެ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލު.

(ނ) ލިބުނު ޓޯޗަރއަށް ފަރުވާހޯދައި، އެ ޓޯޗަރއިން ލިބުނު ގެއްލުމުން މިންޖުވުމަށް ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރި ހަރަދުގެ ބަދަލު، ނުވަތަ އެކަމާ ގުޅިގެން ހޯދަމުންދާ ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރަންޖެހޭ ހަރަދުގެ ބަދަލު، ނުވަތަ އެކަމާ ގުޅިގެން ކުރިއަށް އޮތްތަނުގައި ހޯދަންޖެހިފައިވާ ސިއްހީ ފަރުވާހޯދުމަށްޓަކައި ކުރަންޖެހޭ ހަރަދުގެ ބަދަލު.

(ރ) މައްސަލައިގައި ދައުވާކުރުމަށް ހިނގާފައިވާ ހަރަދު.

 

32 ވަނަ މާއްދާ - ގައިރު އިގްތިސާދީ ބަދަލު

ގައިރު އިގްތިސާދީ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ އަންނަނިވި ބާވަތުގެ ބަދަލެވެ.

(ހ) ލިބުނު ޓޯޗަރގެ ސަބަބުން، މާއްދީގޮތުން ހަށިގަނޑަށް ލިބުނު ގެއްލުމުގެ ބަދަލު.

(ށ) ލިބުނު ޓޯޗަރގައި ގުނަވަނެއް ނެތިދިއުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު.

(ނ) ލިބުނު ޓޯޗަރގައި ގުނަވަނެއް މަސައްކަތް ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު.

(ރ) ލިބުނު ޓޯޗަރގައި ގުނަވަނެއް މަސައްކަތް ނުކުރުމުގެ ސަބަބުން ނުވަތަ ގުނަވަނެއް ނެތިދިއުމުގެ ސަބަބުން ކުރިން ދިރިއުޅެމުން އައިގޮތަށް ދިރިއުޅެން ކުރިމަތިވާ ހުރަހުގެ ބަދަލު.

(ބ) ލިބުނު ޓޯޗަރގެ ސަބަބުން، އެއްވެސް ވޭނެއް ނުވަތަ ތަދެއް ކުރިޔަށްއޮތް ތަނުގައި އިހްސާސްކުރަން ޖެހިފައިވާނަމަ، އެކަމުގެ ބަދަލު.

(ޅ) ލިބުނު ޓޯޗަރގައި ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަމުގެ ސަބަބުން، އެ ހާލަތުގައި ވަޒީފާއެއް ލިބުމަށް ނުވަތަ ވަޒީފާއެއް އަދާކުރުމަށް ހުރި ހުރަސްތަކުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު.

(ކ) ލިބުނު ޓޯޗަރގެ ސަބަބުން ނަފްސާނީގޮތުން ކޮށްފައިވާ އަސަރުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު.

 

33 ވަނަ މާއްދާ - ބަދަލު ނަގައިދެވޭނެ  މިންވަރު

(ހ) މި ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގައި، އެ މައްސަލައެއްގައި ހިމެނިގެންވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އަނިޔާލިބޭ ފަރާތަށް ނަގައިދޭނީ، ކޮން ބާވަތެއްގެ ބަދަލެއް ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ، މި މާއްދާއަށް ހަވާލާދީ، ކަމާގުޅޭގޮތުން ކޯޓުން ކަނޑައަޅާ މިންގަނޑުތަކަކާ އެއްގޮތްވާގޮތުގެމަތިން، ކޯޓުންނެވެ.

(ށ) މައްސަލައިގައި އަދުލާއި އިންސާފު ދެމެހެއްޓުމަށްޓަކައި، މި ގާނޫނުގެ ދަށުން ބަދަލު ނަގައިދެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ބަދަލު ނަގައިދިނުމުގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޯޓަށް ކަނޑައެޅިދާނެއެވެ.

  1. ބަދަލުނަގައިދިނުމަށް އެދިފައިވާ އެންމެހައި ކަންކަމަށް ބަދަލު
  2. ބަދަލު ނަގައިދިނުމަށް އެދިފައިވާ ކަންކަމުގެ ތެރެއިން ކޯޓުން ކަނޑައަޅާ ބައެއް ކަންކަމަށް ބަދަލު
  3. ކުރިން ބަދަލު ނަގައިދީފައިވާ މައްސަލައެއްގައި ދިމާވެފައިވާ ހާލަތާ އެއްގޮތް ހާލަތެއް ހިމެނޭ މައްސަލައެއްނަމަ، ކުރިން ދިމާވި ހާލަތުގައި ނަގައިދިން ބަދަލާ އެއްގޮތް ބަދަލެއް ނަގައިދިނުން.

 

ދިހަވަނަ ބާބު

ފަރުވާއާއި ތައުލީމު

34 ވަނަ މާއްދާ - އަނިޔާލިބޭމީހުންނަށް ދެވޭ ނަފްސާނީ، އިޖްތިމާއީ  ފަރުވާއާއި އެހީތެރިކަން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، ސިއްހަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކަށައަޅާފައިވާ ސަރުކާރުގެ ވުޒާރާއާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ކޮމިށަނާ ގުޅިގެން، ރާއްޖޭގައި ޓޯޗަރގެ ށިކާރައަކަށްވާ މީހުންނަށް އެކަށީގެންވާ ފަރުވާދީ، ގަދަރުވެރިދިރިއުޅުމެއް އަލުން އުޅެވޭނެ ގޮތެއް ހެދުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް އެކަށައަޅައި، ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕްރޮގްރާމްތަކަކީ، އެމީހުންނާ އެމީހުންގެ އާއިލާ ހިމެނޭގޮތުން، އެކަށައެޅޭ ޕްރޮގްރާމްތަކަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕްރޮގްރާމްތައް އެކަށައެޅުމުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތަކުގެ ފުރިހަމަ ބައިވެރިވުން ހޯދުމަށްވެސް މަސައްކަތްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕްރޮގްރާމްތައް ހިންގުމުގެ އުސޫލުތައް އެކަށައަޅަންވާނީ، އެ ޕްރޮގްރާމްތައް ހިންގުމަށް އަމިއްލަ ޖަމްއިއްޔާތަކަށް ދައުރެއް އޮންނާނެ ގޮތުގެމަތިންނެވެ.

 

35 ވަނަ މާއްދާ - އަނިޔާކުރާ މީހުންނަށް ދެވޭ ނަފްސާނީ، އިޖްތިމާއީ  ފަރުވާއާއި އެހީތެރިކަން

އަނިޔާކުރާ މީހުންނަށް އަނބުރާ މުޖްތަމައަށް އާދެވޭނެގޮތް ހެދުމަށްޓަކައި، އަދި އަނިޔާގެ ސިފަ އެމީހުންގެ ގައިން ފުހެލުމަށްޓަކައި، އެމީހުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމްތައްވެސް، މި ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެވިދިޔަ އިދާރާތަކުން އެ ބުނެވިދިޔަ އުސޫލުން، އެކަށައަޅައި ހިންގަންވާނެއެވެ.

 

36 ވަނަ މާއްދާ - ތައުލީމު ދިނުމާއި މައުލޫމާތު ފެތުރުން

(ހ) ރާއްޖޭގައި ސިފައިން ތަމްރީނުކުރުމުގައާއި ފުލުހުން ތަމްރީނުކުރުމުގައާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި މީހުން ތަމްރީނުކުރުމުގައާއި ސިއްހީ ފަރުވާދޭ މީހުން ތަމްރީނުކުރުމުގައާއި، ދައުލަތުގެ މުވައްޒަފުން ތަމްރީނުކުރުމުގައާއި، ރިހެބިލިޓޭށަން ފަރުވާދޭ މަރުކަޒުތަކުގައާއި، ނަފްސާނީ ބަލިތަކަށްފަރުވާދޭ ތަންތަނުގައާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުތަކުގައާއި، ޑިޓޮކްސިފިކޭށަނަށް ބަންދުކުރެވޭ ތަންތަނުގައި ތިބޭ ފަރުވާހޯދަމުންދާ ފަރާތްތަކާ މުއާމަލާތްކުރާ މުވައްޒަފުން ތަމްރީނުކުރުމުގައާއި، ބަންދުގައި މީހުން ބޭތިއްބުމާއި ބަންދުގައި ބައިތިއްބައިގެން މީހުންނާ ސުވާލުކުރުމާއި ބަންދުގައިތިބޭ މީހުންނާ އެއްވެސް ގޮތަކުން މުއާމަލާތްކުރަންޖެހޭ މަސްއޫލިއްޔަތެއް ހަވާލުކުރެވޭ މީހުން ތަމްރީނުކުރުމުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި، އަނިޔާކުރުމާއި ރަހުމްކުޑަ އަމަލު ހިންގުމާއި ލާއިންސާނީ އަމަލު ހިންގުމާއި އިހާނެތި އަމަލު ހިންގުމާއި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބު ދިނުމުގެ ނުރަނގަޅުއާދައާ ގުޅޭގޮތުންނާއި، އެކަން މަނާވެގެންވާންވީ ސަބަބުތަކުގެ މައްޗަށާއި، އެކަންކަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ މައްޗަށް މައުލޫމާތާއި ތަމްރީނުގެ ބައިތައް ހިމެނުމަކީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް މި ގާނޫނު ލާޒިމުކުރާކަމެކެވެ.

(ށ) ދިވެހިރާއްޖޭގައި ހިންގާ އެކިއެކި އިބްތިދާއީ މަދަރުސާތަކުގައާއި، ޕްރައިމަރީ ސްކޫލްތަކުގައާއި، ސެކަންޑަރީ ސްކޫލްތަކުގައާއި، މަތީ ތައުލީމުގެ މަރުކަޒުތަކުގައި ހިންގޭ އެކިއެކި ތައުލީމު ދިނުމުގެ ޕްރޮގްރާމްތަކުގައި، އެ އުމުރުފުރައަކާ ގުޅޭ ނިސްބަތުން، އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމުގެމުހިންމުކަމާއި، އިންސާނީ ކަރާމާތަށް ގަދަރުކުރުމުގެ މުހިންމުކަމާއި، އަނިޔާކުރުމުން ބަރީއަވެގެންވުމުގެ މުހިންމުކަމުގެ މައްޗަށް މައުލޫމާތާއި ތަމްރީނު ހިމެނުމަކީ، ކޮމިށަނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް މި ގާނޫނު ލާޒިމުކުރާކަމެކެވެ.

 

އެގާރަވަނަ ބާބު

ހިނގާނުހިނގާގޮތް ބެލުން

37 ވަނަ މާއްދާ - ހިނގާނުހިނގާގޮތް ބެލުން

(ހ) މި ގާނޫނުގެ ދަށުން ހިންގަންޖެހޭ ކަންކަން އެގޮތުގައި ހިންގަމުންދޭތޯ ބެލުމަށާއި، މި ގާނޫނުގެ ދަށުން ދައުލަތުގެ އެކިއެކި އިދާރާތަކުންނާއި އެކިއެކި މުއައްސަސާތަކުން އަޅަމުންދާ ފިޔަވަޅުތައް މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން އަޅަމުންދޭތޯ ބެލުމަށާއި، މި ގާނޫނުގެ ދަށުން އަމަލުކުރެވެމުންދާ ގޮތްބަލާނީ ކޮމިށަނުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިށަނުން ހިންގާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް، ކޮންމެ އަހަރެއްގެ ޖުލައިމަސް ނިމުމުގެކުރިން ރިޕޯޓެއް ހުށަހަޅަންވާނެއެވެ. އަދި، އެ ރިޕޯޓު އެ ފަރާތްތަކަށް ހުށަހެޅުމަށްފަހު، ކޮމިށަނުން، އެ ރިޕޯޓުއާންމުކޮށް ށާއިއުވެސް ކުރަންވާނެއެވެ.

 

ބާރަވަނަ ބާބު

ބައިނަލްއަގްވާމީ އިހްތިސާސް

 

38 ވަނަ މާއްދާ - އާންމު  އިހްތިސާސް ލިބިދިނުން

މި ގާނޫނުގައި މާއްދީ އަނިޔާއެއްކަމަށް، ނުވަތަ ނަފްސާނީ އަނިޔާއެއްކަމަށް، ނުވަތަ ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއްކަމަށް، ނުވަތަ އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފިކަމަށް ތުހުމަތުކުރެވޭހިނދު، އަންނަނިވި ހާލަތްތަކުގައި، އެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭމީހާއާ ގުޅޭގޮތުން، މި ގާނޫނުގެ ދަށުންނާއި ކަމާގުޅޭ ނިސްބަތަށް، ދިވެހިރާއްޖޭގެ އެހެނިހެން ގާނޫނުތަކުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހްތިސާސް ކޮމިށަނަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކަށާއި، ކަމާބެހޭ ދިވެހިރާއްޖޭގެ އެހެން މުއައްސަސާތަކަށް މި ގާނޫނުގެ ދަށުން ލިބިދެއެވެ.

(ހ) ކުށުގެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވެނީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ކަމުގައިވުން؛ ނުވަތަ

(ށ) ކުށުގެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވެނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްގައި ކަމުގައިވުން؛ ނުވަތަ

(ނ) ކުށުގެ އަމަލު ހިނގީ ކޮންމެ ގައުމެއްގައި ކަމުގައިވީނަމަވެސް، އެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހަކީ، ދިވެހި ރައްޔިތެއް ކަމުގައިވުން؛ ނުވަތަ

(ރ) ޓޯޗަރ ކުރެވޭ މީހާއަކީ، ދިވެހި ރައްޔިތެއް ކަމުގައިވުން؛ ނުވަތަ

(ބ) ކުށުގެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހާއަކީ، ދިވެހިރާއްޖޭގައި ހުރި ބިދޭސީއަކަށްވެފައި، އޭނާއަކީ، މި ގާނޫނު 42 ވަނަ މާއްދާގެ ދަށުން ތިންވަނަ ގައުމަކަށް ފޮނުވާލެވެންނެތް ނުވަތަ ރައްދުކުރެވެންނެތް މީހަކަށްވުން.

 

39 ވަނަ މާއްދާ - އެހެން ގައުމެއްގައި ހިންގި އަމަލަކާގުޅޭ އިހްތިސާސް

(ހ) މި ގާނޫނުގައި މާއްދީ އަނިޔާއެއްކަމަށް، ނުވަތަ ނަފްސާނީ އަނިޔާއެއްކަމަށް، ނުވަތަ ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއްކަމަށް، ނުވަތަ އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް އެހެން ގައުމެއްގައި ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ދިވެހިރާއްޖޭގެ ސަރަހައްދުގައި ހުރިކަމަށްގަބޫލުކުރެވޭހިނދު، އަދި، ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ މައުލޫމާތަށާއި އެފަރާތްތަކަށް އެކަށީގެންވާ ގޮތުގައި ގަބޫލުކުރެވޭ ގޮތުގައި އެމީހަކު ހައްޔަރުކޮށް ބަންދުގައި ބަހައްޓަންޖެހޭކަމަށް، ނުވަތަ  އެމީހަކަށް ދިވެހިރާއްޖޭން ފުރައިގެން ނުދެވޭނެގޮތް ހަދަންޖެހޭކަމަށް، ނުވަތަ އޭނާއާމެދުއަޅަންޖެހޭކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅެންދެން އޭނާ ރާއްޖޭގައި ބެހެއްޓުން ކަށަވަރުކުރަންޖެހޭކަމަށް ކޮމިށަނަށް ފެނިއްޖެހިނދެއްގައި، އެކަންކަމުގެ ތެރެއިން ކޮމިށަނުން ކުރަންޖެހޭ ކަންކަން ކޮމިށަނުންކުރުމުގެ ބާރާއި، ގާނޫނުގައިވާ ގޮތުގެމަތިން ފުލުހުންނަށް ކުރެވެންހުރި ކަންކަން،ފުލުހުން ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފުލުހުންގެ ކިބައިން ކޮމިށަނުން އެދިއްޖެހިނދެއްގައި، އެ ކަމަކާއިގެން ކުރިއަށް ދިއުމުގެ ބާރު ފުލުހުންގެ ގާނޫނާއި މި ގާނޫނާއި ދިވެހިރާއްޖޭގެ އެހެން ގާނޫނުތަކުގެ ދަށުން ފުލުހުންނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އަޅާ ފިޔަވަޅުތައް އަޅާނީ، އެމީހާ އެމީހާގެ ގައުމަށް، ނުވަތަ އޭނާ ހިންގިކަމަށް ތުހުމަތުކުރެވޭ ކުށުގެ އަމަލު ހިންގިކަމަށް ބެލެވޭ ގައުމަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޭނާ ފޮނުވާލުމަށް ބޭނުންވާ މިންވަރަށް ނުވަތަ މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި އޭނާއާމެދުދައުވާ އުފުލުމަށް ބޭނުންވާ މިންވަރަށެވެ.

(ރ) މި މާއްދާގެ ދަށުން މީހަކާމެދު ފިޔަވަޅެއް އަޅައިފިހިނދެއްގައި، އޭނާ ނިސްބަތްވާ ގައުމުގެ ކަމާބެހޭ ފަރާތްތަކާ، ނުވަތަ އޭނާއަކީ ވަކި ގައުމަކަށް ނިސްބަތްނުވާ މީހެއްނަމަ، އޭނާ އާންމުކޮށް ދިރިއުޅެމުން އަންނަ ގައުމުގެ ކަމާބެހޭ ފަރާތްތަކާ، ނުވަތަ އޭނާ ހިންގިކަމަށް ތުހުމަތުކުރެވޭ ޓޯޗަރގެ އަމަލުހިންގިކަމަށް ބެލެވޭ ގައުމުގެ ކަމާބެހޭ ފަރާތްތަކާ މުއާމަލާތްކުރުމުގެ ފުރުސަތު އޭނާއަށް ދޭންވާނެއެވެ. އަދި، އެކަމުގައި ދިވެހިރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުން އޭނާއަށް އެހީތެރިވެދޭންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން މީހަކާމެދު ފިޔަވަޅެއް އަޅައިފި ހިނދެއްގައި، އޭނާ ނިސްބަތްވާ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް، ނުވަތަ އޭނާއަކީ ވަކި ގައުމަކަށް ނިސްބަތްނުވާ މީހެއްނަމަ، އޭނާ އާންމުކޮށް ދިރިއުޅެމުން އަންނަ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް، އަދި، އޭނާ ހިންގިކަމަށް ތުހުމަތުކުރެވޭ ޓޯޗަރގެ އަމަލުހިންގިކަމަށް ބެލެވޭ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް އެކަން ލަސްނުކޮށް އެންގުމަކީ، ދިވެހިރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުން ކުރަންވާނެކަމެކެވެ.

 

40ވަނަ މާއްދާ - ބަލައިނުގަތުމުން ލިބިދޭ އިހްތިސާސް

(ހ) މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއެޅޭ މީހާ ފޮނުވާލަންޖެހޭ ގައުމުން ނުވަތަ ރައްދުކުރަންޖެހޭ ގައުމުން، އޭނާ ގެންދިއުމަށް ނުވަތަ ބަލައިގަންނަން ބޭނުން ނުވެއްޖެ ހިނދެއްގައި، ދިވެހިރާއްޖޭގެ ސަރަހައްދުގައި މި ގާނޫނުގައި ބަޔާންވެގެންވާ ކުށުގެ އަމަލެއް ހިންގައިފިކަމަށް ތުހުމަތުކުރެވޭމީހާއާމެދު އަމަލުކުރާ އުސޫލުން، މި ގާނޫނުގެ ދަށުން، އަމަލުކުރުމުގެ އިހްތިސާސް ކަމާބެހޭ މުއައްސަސާތަކަށް މި ގާނޫނުގެ ދަށުން ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހާލަތުގައި، ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އެހެންވެސް ގާނޫނުތަކާއި މި ގާނޫނުގެ ދަށުން، އެ ހާލަތުގައިތިބި އެހެން މީހުންނަށް ކަށަވަރުކޮށްދޭ ހައްގުތަކާއި ފުރުސަތުތައް އޭނާއަށްވެސް ކަށަވަރުވެގެންވެއެވެ.

 

41 ވަނަ މާއްދާ - ފޮނުވާލުމުގެ އެއްބަސްވުމާގުޅޭ އިހްތިސާސް

(ހ) ދިވެހިރާއްޖެއިން އެހެން ގައުމަކާއެކު، ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްވާހިނދު، މި ގާނޫނުގެ ދަށުން ކުށްކަމަށް ކަނޑައަޅާފައިވާ އަމަލަކީ، ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވެވޭ ކުށްކުށުގެ ތެރޭގައި ހިމަނަންވާނެ އަމަލެކެވެ. އަދި، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ދިވެހިރާއްޖެއިން ވެފައިވާއެފަދަ އެއްބަސްވުންތަކުގައި، މި ގާނޫނުގެ ދަށުން ކުށްކަމަށް ކަނޑައަޅާފައިވާ އަމަލަކީ، ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވެވޭ ކުށްކުށުގެ ތެރޭގައި ހިމެނިގެންވާ އަމަލެއްކަމަށް ނުވާނަމަ، އެފަދަ އަމަލު އެ އެއްބަސްވުންތަކުގައި ހިމެނުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުން މަސައްކަތްކުރަންވާނެއެވެ.

(ށ) ވަކިކަހަލަ ކުށަކާ ގުޅިގެން، ކުށްވެރިއަކު، ދިވެހިރާއްޖެއިން އެހެން ގައުމަކަށް ބަދަލުކުރެވެނީ، ކަމާގުޅޭ ވަކި އެއްބަސްވުމެއް އެ ގައުމާއެކު އޮވެގެންކަމުގައިވާނަމަ، އަދި، އެ ގައުމަކީ، އަނިޔާކުރުމާއި، ލާއިންސާނީ، ރަހުމްކުޑަ، އިހާނެތި އަމަލާއި އަދަބާގުޅޭ ބައިނަލްއަގްވާމީ މުއާހަދާގައި ބައިވެރިވެފައިވާގައުމެއްކަމުގައިވާނަމަ، އެ ގައުމާއި ދިވެހިރާއްޖެއާ ދެމެދު އެފަދަ އެއްބަސްވުމެއް ނެތްކަމުގައިވީނަމަވެސް، އަނިޔާކުރުމާއި، ލާއިންސާނީ، ރަހުމްކުޑަ، އިހާނެތި އަމަލާއި އަދަބާގުޅޭ ބައިނަލްއަގްވާމީ މުއާހަދާގެ ކަމާބެހޭ މާއްދާތަކަކީ، ދެ ގައުމުގެ ދެމެދުގައި އޮތް އެފަދަ އެއްބަސްވުމެއް ކަމުގައި ބެލުމުގެ ފުރުސަތު މިގާނޫނުގެ މި މާއްދާގެ ދަށުން ލިބިދެއެވެ.

 

42 ވަނަ މާއްދާ - އެހެން ގައުމަކަށް ފޮނުވައި ނުލުން

(ހ) ރާއްޖޭގައި ހުރި މީހަކު އެހެން ގައުމަކަށް ފޮނުވާލައިފިކަމަށްވާނަމަ ނުވަތަ އެމީހަކު ނިސްބަތްވާ ގައުމަށް އެމީހަކު އަނބުރާ ރައްދުކޮށްފިކަމަށްވާނަމަ، އޭނާއާމެދު ޓޯޗަރގެ އަމަލު ހިންގުމުގެ ބިރު އެބައޮތްކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށްގަބޫލުކުރެވޭކަމަށްވާނަމަ، އޭނާ އެ ގައުމަށް ފޮނުވުމަކީ، މި ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ކަމުގައި ބަލާނީ، ހާރިޖީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކަށައަޅާފައިވާ ސަރުކާރުގެ ވުޒާރާއާއި، ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކަށައަޅާފައިވާ ސަރުކާރުގެ ވުޒާރާއާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ހިޔުމަން ރައިޓްސްކޮމިށަންނާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނާއި، ބިދޭސީންގެ ކަންކަން ބެލެހެއްޓުމާ އެއިރަކު ހަވާލުވެފައިވާ ސަރުކާރުގެ ވުޒާރާއެވެ.

(ނ)ރާއްޖޭގައި ހުރި މީހަކު އެހެން ގައުމަކަށް ފޮނުވާލައިފިކަމަށްވާނަމަ ނުވަތަ އެމީހަކު ނިސްބަތްވާ ގައުމަށް އެމީހަކު އަނބުރާ ރައްދުކޮށްފިކަމަށްވާނަމަ، އޭނާއާމެދު ޓޯޗަރގެ އަމަލު ހިންގުމުގެ ބިރު އެބައޮތްކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ބަލަންވާނެކަމަށް މި މާއްދާގެ (ހ) ގައިބަޔާންކޮށްފައިވާއިރު، އެ ގައުމަކީ އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރުމުގެ ސަގާފަތެއް އެކަށައެޅިފައިވާ ގައުމެއްކަމަށް ގަބޫލުކުރާނެ ހެކި ހުރިކަމަށްވާނަމަ، އޭނާއާމެދު ޓޯޗަރގެ އަމަލު ހިންގުމުގެ ބިރު އެބައޮތްކަމަށް ބަލަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން އެހެން ގައުމަކަށް ފޮނުވާލެވޭ ބިދޭސީއަކު ދިވެހިރާއްޖޭގައި ބަލަހައްޓާއިރު، އެމީހަކާމެދު އަމަލުކުރެވޭނެ ގޮތަކާއި އެމީހަކަށް ލިބިދޭ ރައްކާތެރިކަން ބަޔާންކޮށް އެކަންކަމާ ގުޅޭ ގަވާއިދެއް ކޮމިށަނުން އެކުލަވާލަންވާނެއެވެ.

 

ތޭރަވަނަ ބާބު

އާންމު އުސޫލުތައް

43 ވަނަ މާއްދާ - މައާފުދިނުމުން އިސްތިސްނާވުން

(ހ) ޓޯޗަރގެ އަމަލު ހިންގުމުގެ ސަބަބުން މި ގާނޫނުގެ ދަށުން އަދަބު ކަނޑައެޅިފައިވާ އެއްވެސް މީހަކަށް، ގާނޫނު ނަންބަރު 2/2010 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ ދަށުން، އަދަބު މައާފުކޮށްދިނުމުގެ ފުރުސަތެއް ލިބިގެނެއް ނުވެއެވެ.

(ށ) މި ގާނޫނު ހިންގަންފެށުމާއެކު، ގާނޫނު ނަންބަރު 2/2002 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ހިމެނިގެންވާ މައާފު ނުދެވޭނެ ކުށުގެ ލިސްޓަށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްވެސް އިތުރުކުރެވިގެން ދިޔައީކަމުގައި ބެލެވޭނެއެވެ.

 

44 ވަނަ މާއްދާ - ކޮމިށަން ގެ ހާއްސަ މަސްއޫލިއްޔަތު

(ހ)  އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކޮމިށަނަށް، ގާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) ގެ ދަށުން ލިބިދޭ ބާރުތަކުގެ އިތުރުންނާއި އެ ކޮމިށަނަށް އެ ގާނޫނުން ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތަކުގެ އިތުރުން، އަނިޔާކުރުމާއި ރަހުމްކުޑަ އަމަލުހިންގުމާއި ލާއިންސާނީ އަމަލު ހިންގުމާއި އިހާނެތި އަމަލު ހިންގުމާއި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެކަންކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކުރުމާއި، މި ގާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތައް ރާއްޖޭގައި ހިނގިޔަނުދިނުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ކޮމިށަނަށް މި ގާނޫނުން ލިބިދެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކަންކަން ކުރުމަށްޓަކައި، ކޮމިށަނަށް ބޭނުންވާ ބާރާއި، އެކަންކަން ކުރުމަށް މަގުފަހިކުރުމަށްޓަކައި ކޮމިށަނުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރާއި، އެކަންކަން ކުރުމަށް ފަހިވާނެ އެންމެހައި ކަންކަން ކުރުމުގެ ބާރު މި ގާނޫނުގެ މި މާއްދާއިން ކޮމިށަނަށްލިބިގެންވެއެވެ.

(ނ) މި މާއްދާގެ ބޭނުމަށާއި، މި ގާނޫނުގެ ބޭނުމަށާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ ތެރެއިން، ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަހުމްކުޑަ، ލާއިންސާނީ، އިހާނެތި އަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭބައިނަލްއަގްވާމީ މުއާހަދާއާއި އެ މުއާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްގެ ބޭނުމަށްޓަކައި، ދިވެހިރާއްޖޭގައި ޓޯޗަރގެ އަމަލާއި ރަހްމުކުޑަ ލާއިންސާނީ އިހާނެތި އަމަލާއި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބު ދިނުން ހުއްޓުވުމަށާއި އެފަދަ އެއްވެސް އަމަލެއް ހިނގިޔަނުދިނުމަށްޓަކައި، ރާއްޖޭގައި ގާއިމުކުރެވޭ ނޭށަނަލްޕްރިވެންޓިވް މެކެނިޒަމްއަކީ، ކޮމިށަން ކަމުގައި މި ގާނޫނުން ކަނޑައަޅައި، އެ މަސްއޫލިއްޔަތު ކޮމިށަނުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނައި، އެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ކޮމިށަނަށް ބޭނުންވާ ބާރާއި، އެކަންކަން ކުރުމަށް މަގުފަހިކުރުމަށްޓަކައި ކޮމިށަނުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރާއި،އެކަންކަން ކުރުމަށް ފަހިވާނެ އެންމެހައި ކަންކަން ކުރުމުގެ ބާރު މި ގާނޫނުގެ މި މާއްދާއިން ކޮމިށަނަށް ލިބިގެންވެއެވެ.

 

45 ވަނަ މާއްދާ – ބަޖެޓް

(ހ) މި ގާނޫނު ހިންގަން ފެށުމަށްފަހު ވިދިގެން އަންނަ އަހަރުތަކުގައި ކޮމިށަންގެ ބަޖެޓު އެކުލަވާލާއިރު މި ގާނޫނުގައިވާ ކަންކަން ހިންގުމަށްޓަކައި، އެކަށީގެންވާކަމަށް ކޮމިށަނަށް ފެންނަ އަދަދެއް ކޮމިށަނުން އެކަށައަޅަމުން ގެންދަންވާނެއެވެ.

(ށ) މި ގާނޫނު ހިންގަން ފަށާއިރު ހިނގަމުންދާ އަހަރުގެ ބާކީއޮތް ބައިގައި، މި ގާނޫނުގައިވާ ކަންކަން ހިންގުމަށްޓަކައި، އެކަށީގެންވާކަމަށް ކޮމިށަނަށް ފެންނަ ބަޖެޓެއް ތައްޔާރުކޮށް، މާލީ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެކަށައަޅާފައިވާ ސަރުކާރުގެ ވުޒާރާއަށް ހުށަހަޅައި، އެ ބަޖެޓަށް އެވުޒާރާއިންގެންނަ ބަދަލެއް ގެނައުމަށްފަހު، އެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް އެވުޒާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ވަޒީރު ހުށަހަޅަންވާނެއެވެ. އަދި، އެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، މި ގާނޫނު ހިންގަން ފަށާއިރު ހިނގަމުންދާ ދައުލަތުގެ ބަޖެޓަށް ކަމާގުޅޭ ނިސްބަތަށް، އެ ބަދަލު އެ ގެނެވުނީކަމުގައި،ރައްޔިތުންގެ މަޖިލީހާއި ބުނެވިދިޔަ ވުޒާރާއިން ބަލައި، އެގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

 

46 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ)   އެޓަރނީ ޖެނެރަލްގެ އޮފީހާއި ކޮމިށަނާ ގުޅިގެން އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އާންމު ޖަމާއަތްތަކާއެކު މަސައްކަތްކޮށްގެން، މި ގާނޫނުގެ ދަށުން ކޮމިށަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ގަވާއިދުތައް ހަދައި ހިންގާނީ ކޮމިށަނުންނެވެ. މި ގާނޫނުގެ ދަށުންމިނިސްޓަރު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ގަވާއިދުތައް ހަދައި ހިންގާނީ، މިނިސްޓަރެވެ. މި ގާނޫނުގެ ދަށުން ކޯޓުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ގަވާއިދުތައް ހަދައި ހިންގާނީ، ކޯޓުންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދަންޖެހޭ ފަރާތްތަކުން، މި ގާނޫނު ތަސްދީގުކުރާތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ ގަވާއިދުތައް ހަދައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

47 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެންނެވެ.

 

48 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ދައުލަތުގެ މުވައްޒަފު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެންމެހައި ސިފައިންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންމެހައި ފުލުހުންނާއި، ދިވެހި ސިވިލް ސަރވިސްގެ އެންމެހައި މުވައްޒަފުންނާއި، ގާނޫނުއަސާސީން ނުވަތަ ގާނޫނުން އުފައްދާފައިވާ އިދާރާތަކާއިމުއައްސަސާތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ އެންމެހައި މީހުންނާއި، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން އައްޔަންކޮށްފައިވާ އެންމެހައި މީހުންނާއި، ދިވެހިސަރުކާރު ނުވަތަ ދިވެހި ދައުލަތުގެ ރަސްމީ މަސްއޫލިއްޔަތުތަކުގެ ތެރެއިން މަސްއޫލިއްޔަތެއް ހަވާލުވެގެންވާ އެންމެހައިފަރާތްތައް ވަކިވަކިންނާއި ޖުމްލަކޮށް ހިމެނޭގޮތުންނެވެ.

(ށ) "ހަނގުރާމައިގެ ހާލަތު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި ސިފައިން އަމަލުކުރާ އަސްކަރީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ފުލުހުން އަމަލުކުރާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ނުވަތަ ގާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތުހަވާލުކުރެވިގެންވާ އިދާރާއަކުން އަމަލުކުރާ ތަންފީޒީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ނުވަތަ ދައުލަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ އެނޫންވެސް ދިވެހި ދައުލަތުގެ މުއައްސަސާއަކުން އަމަލުކުރާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ދިވެހި ދައުލަތުގެ ދުށްމަނުންނާ ދެކޮޅަށްހަނގުރާމަކުރުމުގެ ގޮތުން، ނުވަތަ އެމީހުންގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން، ނުވަތަ އެމީހުންގެ ބާރު ކަނޑުވާލުމުގެގޮތުން، ދިވެހިރާއްޖޭގެ ގާނޫނާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތައް ހުއްދަކުރާ ފިޔަވަޅުތައް އެޅުމުގެ ހާލަތަށެވެ.

(ނ) "ޓޯޗަރ ކުރެވޭ މީހާ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓޯޗަރގެ އަމަލެއްގެ ސަބަބުން ނުވަތަ ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއްގެ ސަބަބުން ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އެއްވެސް ޒަހަމެއް ނުވަތަ ގެއްލުމެއް ނުވަތަ ވޭނެއް ލިބޭ މީހާއަށެވެ. ނުވަތަ ތަދެއްއިހްސާސްކުރެވޭ މީހާއަށެވެ. އަދި، އެގޮތަށް އަނިޔާ ލިބިފައިވާ މީހާއާއި އަނިޔާ ލިބުނު މީހާ ހިމެނިގެންވާގޮތުންނެވެ.

(ރ) ''ގެއްލުމުގެ ބަދަލު" ކަމަށް ބުނެފައިއެވަނީ، ޓޯޗަރގެ އަމަލުގެ ސީދާ ނަތީޖާއެއްގެ ގޮތުން، ޓޯޗަރ ކުރެވޭ މީހާއަށް ލިބުނު ގެއްލުން މި ގާނޫނުގައިވާ ގޮތުގެމަތިން ފައިސާއިން އަގުކޮށް، އެ އަގަށް ކޯޓު މެދުވެރިކޮށް ނަގައިދެވޭ ފައިސާއަށެވެ.

(ބ) "މިނިސްޓަރ" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތަށް މަސްއޫލުވުމުގެ ޒިންމާއާއި ބަންދުގެ މަރުކަޒުތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެގެންވަނީ، އެއް ވުޒާރާއަކަށް ކަމުގައިވާނަމަ، އެ ވުޒާރާއެއްގެ ވަޒީރަށެވެ. އެ ދެ ޒިންމާ ހަވާލުވެގެންވަނީ، ދެ ވުޒާރާއަކަށް ކަމަށްވާނަމަ، އެއިން ކޮންމެ ވުޒާރާއެއްގެވަޒީރާގުޅޭ ނިސްބަތުން، އެ ވަޒީރަކަށެވެ.

(ޅ) "ކޮމިށަން" ކަމަށް ބުނެފައިއެވަނީ، ހިޔުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް އަށެވެ.

(ކ) "ޓޯޗަރ" ކަމަށް ބުނެފައިއެވަނީ، މާއްދީ އަނިޔާއާއި ނަފްސާނީ އަނިޔާއާއި ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލާއި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބު ހިމެނޭގޮތުންނެވެ.

(އ) "އުޅަނދު" ކަމަށް ބުނެފައިއެވަނީ، ކަނޑުދަތުރުފަތުރުގެ އުޅަނދުފަހަރާއި އެއްގަމު ދަތުރުފަތުރުގެ އުޅަނދާއި ވައިގެ ދަތުރުފަތުރުގެ އުޅަނދު ހިމެނޭގޮތުންނެވެ.

(ވ) "ކޯޓު" ކަމަށް ބުނެފައިއެވަނީ، ޓޯޗަރގެ ށަކުވާއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް ކުރާ ދައުވާއާ ގުޅޭގޮތުންނަމަ، މާލޭގެ ކްރިމިނަލް ކޯޓަށެވެ. ޓޯޗަރގެ އަމަލަކުން ލިބުނު ގެއްލުމަށް ބަދަލު ލިބިދިނުމާ ގުޅޭގޮތުންނަމަ، މާލޭގެ ސިވިލް ކޯޓަށެވެ.   

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. އެންޓި-ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 13/2013) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 105/2020)
  2. އެންޓި ޓޯޗަރ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކުރުމާއި ފިޔަވޅު އެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 38/2014)
  3. ޓޯޗަރކުރެވޭ މީހުންގެ ހައްގުތައް ކަށަވަރުކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 37/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު