-

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2022-19)

(މި ގާނޫނަށް އަމަލުކުރަން ފެށީ 10 ނޮވެމްބަރު 2022 ގައި)

 

ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - 1 .ބުނެވިދިޔަ ގާނޫނުގެ 6-56 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

56-6. (އ)  އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓން އިލެކްށަންސް ކޮމިށަނަށް އެކަން އަންގަންވާނެއެވެ. އަދި އެފަދައިން އިލެކްށަންސް ކޮމިށަނަށް އަންގާތާ ލަސްވެގެން 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6-56 ވަނަ މާއްދާގެ (1-އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

56-6. (1-އ) މި މާއްދާގެ (އ) އެހެން އޮތްނަމަވެސް، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އެއްގެ މެންބަރެއްގެ މެންބަރުކަމުގެ މަގާމު ހުސްވިއިރު އެ ކޮމިޓީ ގެ އުމުރުގެ ބާކީ އޮތީ، 365 (ތިންސަތޭކަފަސްދޮޅަސްފަހެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުން ލާޒިމެއްނޫނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6-56 ވަނަ މާއްދާގެ (1-އ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

56-6. (2-އ) މި މާއްދާގެ (އ) އަދި (1-އ) އެހެން އޮތްނަމަވެސް، ކޮމިޓީ ގެ އުމުރުގެ 56 ތެރޭގައި ކޮމިޓީ ގެ މެންބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން ކޮމިޓީ ގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކޮމިޓީ ގައި މެންބަރުން ނެތްނަމަ، އެ ކޮމިޓީ ގެ އެންމެ ފަހުން ހުސްވި ގޮނޑި ހުސްވެއްޖެކަން މި މާއްދާގެ (އ) ގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްށަންސް ކޮމިށަނަށް އަންގާތާ ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ ކޮމިޓީ ގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބުކުރަންވާނެއެވެ.

(3-އ) ކޮމިޓީ ގެ އުމުރުގެ ތެރޭގައި ކޮމިޓީ ގެ މެންބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން ބައި އިލެކްށަނަކުން އެ ކޮމިޓީ އަށް އިންތިހާބުކުރެވޭ މެންބަރަކަށް، މެންބަރުކަމުގެ މަގާމުގައި ދެމިހުރެވޭނީ، އެ ކޮމިޓީ ގެ އުމުރު ހަމަވަންދެނެވެ.

 

4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީ ގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު