-

ދިވެހިރާއްޖޭގެ ބަނދަރަށް އަންނަ އުޅަނދު ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 62/1978)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރ 2011-08 (ކަސްޓަމްސްގެ ގާނޫނު) ގެ 109 ވަނަ މާއްދާގެ (ހ) 2 އިން އުވާލެވިފައި)

1 ވަނަ މާއްދާ -

ރާއްޖޭން ބޭރުން އަންނަ އުޅަނދުތައް ދިވެހިރާއްޖޭގެ ބަނދަރަށް އަންނަ ވަގުތުން ފެށިގެން އެއުޅަނދެއް ރާއްޖޭން ބޭރަށް ފުރައިގެން ދަން ދެން އޮންނާނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައެވެ. ރާއްޖެތެރޭގައިނަމަ އެ އުޅަދެއް އޮންނާނީ، އެއަތޮޅެއްގެ އަތޮޅުއޮފީހުގެ ކޮންޓްރޯލްގެ ދަށުގައެވެ.

 

2 ވަނަ މާއްދާ -

މީގެ ތެރެއިން ރާއްޖޭން ބޭރަށް ދަތުރުކުރާ ރާއްޖޭގެ އުޅަނދުތައް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ވަކިކޮށްދެވޭނީ އެއުޅަނދެއް އެންމެފަހުން ރާއްޖޭން ބޭރަށްކުރި ދަތުރުގެ މުދަލާ ބެހިގެން ކަސްޓަމްސުން ނިންމަންޖެހޭ ހުރިހާ ކަމެއް ނިންމުމަށްފަހު ރާއްޖޭން ބޭރަށް ދަތުރުކުރުން ހުއްޓާލި ކަމުގެ ލިޔުން ކަސްޓަމްސަށް ހުށަހެޅުމުންނެވެ. ރާއްޖެތެރޭގައިނަމަ މިފަދަ ލިޔުން ހުށަހަޅާނީ އެއަތޮޅެއްގެ އަތޮޅު އޮފީހަށެވެ. 

 

އުވި ގާނޫނު

ކަސްޓަމްސްގެ ގާނޫނު (ގާނޫނު ނަންބަރު 2011-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު