-

ފޮރިންއިންވެސްޓްމެންޓް އާއި ބެހޭ ގާނޫން (ނަންބަރު 1979-25) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1989-02)

މި ގާނޫނުގެ ސޮފްޓް އަދި އަޕްޑޭޓްކޮށް ނުނިމޭ

(މި ގާނޫނަށް އަމަލުކުރަން ފެށީ 9 ފެބްރުއަރީ 1989 ގައި)

ގާނޫނު ނަންބަރު 1979-25 (ފޮރިން އިންވެސްޓްމަންޓްއާ ބެހޭ ގާނޫނު) ތިރީގައިމިވާ ގޮތަށް އިސްލާހުކުރުން.

1 ވަނަ މާއްދާ

(ހ) މި ގާނޫނުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ބިދޭސީންނަށް، ނުވަތަ ބޭރު ގައުމުތަކުގެ ސަރުކާރުތަކަށް، ނުވަތަ ރާއްޖެއިން ބޭރުގައި އުފެދިފައިވާ ޖަމާއަތްތަކަށާއި ކުންފުނިތަކަށް، އިންވެސްޓްކުރެވިދާނެއެވެ. އަދި މިފަދަ އިންވެސްޓްމަންޓު ތަކުގައި، ދިވެހިސަރުކާރަށް، ނުވަތަ ދިވެހިސަރުކާރުގެ ފަރާތަކަށް ނުވަތަ ދިވެހިންނަށް، ނުވަތަ ރާއްޖޭގައި ގަވާއިދުން ރަޖިސްޓަރީ ކުރެވިފައިވާ ޖަމާއަތްތަކަށާއި ކުންފުނިތަކަށް، ބައިވެރިވެވިދާނެއެވެ. 

(ށ) ދިވެހިރާއްޖޭގައި ފޮރިންއިންވެސްޓްމެންޓެއް ހިންގޭނީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، ޓޫރިޒަމްގެ މަސައްކަތެއްގައި ނަމަ، މިނިސްޓްރީ އޮފް ޓޫރިޒަމްގައި، އެހެން ކަމެއްގައި ނަމަ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި އެ އިންވެސްޓްމެންޓެއް ރަޖިސްޓަރީކޮށް، އެގްރީމެންޓެއްގައި ސޮއިކުރުމަށް ފަހުގައެވެ. 

 

2 ވަނަ މާއްދާ

ދިވެހިރާއްޖޭގައި ކުރެވޭ ފޮރިންއިންވެސްޓްމެންޓުގެ ބާވަތާއި ދާއިރާ ކަނޑައަޅާނީ، ޓޫރިޒަމްގެ މަސައްކަތެއްގައި ނަމަ، މިނިސްޓްރީ އޮފް ޓޫރިޒަމުންނެވެ. އެހެން ކަމެއްގައި ނަމަ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުންނެވެ. އަދި މިފަދަ ކޮންމެ އިންވެސްޓްމެންޓެއްގައިވެސް ދިވެހިސަރުކާރު ގަބޫލުކުރާ ރައުސްމާލެއް ކަނޑައެޅިފައި އޮންނަންވާނެއެވެ. 

 

3 ވަނަ މާއްދާ

ޓޫރިޒަމްގެ މަސައްކަތުގައި ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ކޮންމެ ފަރާތަކާ މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު، އެގްރީމެންޓެއްގައި ސޮއިކުރަންވާނެއެވެ. އަދި މިނޫން އެހެން ކަމެއްގައި ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ކޮންމެ ފަރާތަކާ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒާ ދެމެދު އެގްރީމެންޓެއްގައި ސޮއިކުރަންވާނެއެވެ. އެ އެގްރީމެންޓުގައި، އެއިންވެސްޓްމެންޓެއްގެ ދަށުން ކުރާނެ ހުރިހާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ހިންގާނެގޮތް ތަފްސީލުކޮށް ކަނޑައެޅި ބަޔާންވެފައި އޮންނަންވާނެއެވެ.

 

4 ވަނަ މާއްދާ

މި ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ބޭރުގެ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އިންވެސްޓްކުރެވޭނީ، ދިވެހިސަރުކާރު ގަބޫލުކުރާ ސަރުކާރަށް، ނުވަތަ ބޭންކަކަށް، ނުވަތަ ދިވެހިސަރުކާރު ގަބޫލުކުރާ ސަރުކާރެއްގެ ނުވަތަ ބެންކެއްގެ ނުވަތަ ބެންކެއްފަދަ ތަނެއްގެ އިތުބާރު ލިބިގެންވާ ފަރާތަކަށެވެ. 

 

5 ވަނަ މާއްދާ

ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމެންޓެއް، ފޮރިންއިންވެސްޓްމެންޓާބެހޭ ގާނޫނާ އެއްގޮތަށް ހިނގަމުންދާނަމަ، އެ އިންވެސްޓްމެންޓެއްގެ މުދަތު ހަމަވަންދެން ހިންގުމަށް ސަރުކާރުން ހުރަހެއް ނާޅާނާނެއެވެ. އަދި ކިއެއްތަ، އެފަދަ އިންވެސްޓްމެންޓަކަށް ސަރުކާރުން ވެދެވެންއޮތް އެހީއެއްވެދެވޭނެއެވެ. 

 

6 ވަނަ މާއްދާ

 

 

7 ވަނަ މާއްދާ

 

 

8 ވަނަ މާއްދާ

 

9 ވަނަ މާއްދާ

 

10 ވަނަ މާއްދާ

 

11 ވަނަ މާއްދާ

 

 

12 ވަނަ މާއްދާ

 

13 ވަނަ މާއްދާ

 

14 ވަނަ މާއްދާ

 

15 ވަނަ މާއްދާ

 

16 ވަނަ މާއްދާ

 

17 ވަނަ މާއްދާ

މި ގާނޫނުގައި:

(ހ) "ފޮރިންއިންވެސްޓްމެންޓް" އޭ ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1979-04 ގެ ދަށުން "ދިވެހިރާއްޖޭގައި ބިދޭސިންކުރާ ވިޔަފާރި" ފިޔަވައި، މި ގާނޫނުގެ 1 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތަށް ބޭރުގައުމުތަކުގެ ސަރުކާރުތަކާއި، ޖަމާއަތްތަކާއި، ކުންފުނިތަކާއި، ބިދޭސީން ރާއްޖޭގައި އިގްތިސާދީ މަސައްކަތެއް ހިންގުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި ފައިސާއާއި ހިދުމަތަށެވެ. 

(ށ) "ރައުސުމާލު" އެ މާނައަކީ މުދަލާއި ފައިސާއެވެ. 

(ނ) އިންވެސްޓްމެންޓް ހިންގާ ފަރާތޭ ބުނެފައި އެވަނީ، އެ އިންވެސްޓްމެންޓެއްގެ ހިއްސާދާރުންނާއި، ޑިރެކްޓަރުންނާއި، މެނޭޖަރުންނާއި، ހުރިހާ މުވައްޒަފުން ހިމެނޭގޮތުގެ މަތިންނެވެ. 

(ރ) "ޓޫރިޒަމްގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1979-15 ގެ "ނޯޓް" ގެ (ހ) ގައި ބަޔާންކޮށްފައިވާ "ޓުއަރިސްޓް ރިޒޯޓެއް" ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ "ޓުއަރިސްޓް ހޮޓަލެއް" ނުވަތަ "ގެސްޓްހައުސް" އެއް ހެދުމަށާއި އެފަދަ ތަނެއް ހިންގުމުގެ މަސައްކަތަށެވެ.

(ބ) މި ގާނޫނުގައި މުފްރަދު މާނަ ދޭހަވާގޮތަށް ހުރި ކޮންމެތަނެއް، ޖަމްއުމާނަ ދޭހަވާގޮތަށްވެސް ބޭނުންކުރެވޭނެއެވެ. ހަމަ މި އުސޫލުން މީގެ އަނެއްކޮޅަށްވެސް ބޭނުންކުރެވޭނެއެވެ.  

 

މައި ގާނޫނު

ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު (ގާނޫނު ނަންބަރު 25/1979)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު