-

ސަރުކާރުގެ މުވައްޒަފުން މަގާމުގެ ބޭނުންކޮށްގެން ކުރާ ކުށުގެ ގާނޫނު (ނަންބަރ 1978-97) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1998-15)

ގާނޫނު ނަންބަރ 1978-97 (ސަރުކާރުގެ މުވައްޒަފުން މަގާމުގެ ބޭނުންކޮށްގެން ކުރާ ކުށުގެ ގާނޫނު) ގެ، ތިރީގައި ބުނެފައިވާ ފަހު ޕެރެގްރާފް އުނިކުުރުން. 

 

މި ގާނޫނު ފާސްވުމުގެ ކުރިން ހިނގާފައިވާ ކަންތައްތަކަށްވެސް، މި ގާނޫނު ހިންގޭނެއެވެ. 

 

 

-------------------------

15 މާޗް 1998 ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ 1998 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއިން ފާސްކުރެއްވި "ގާނޫނު ނަންބަރ 1978-97 (ސަރުކާރުގެ މުވައްޒަފުން މަގާމުގެ ބޭނުންކޮށްގެން ކުރާ ކުށުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި، 5 އެޕްރީލް 1998 މި ތާރީހުގައި ގެޒެޓްކުރެވިއްޖެއެވެ. 

 

އަބްދުއް ﷲ ޝާހިދު

އެގްޒެކެޓިވް ސެކެރެޓެރީ

 

މައި ގާނޫނު

ސަރުކާރުގެ މުވައްޒަފުން މަގާމުގެ ބޭނުންކޮށްގެން ކުރާ ކުށުގެ ގާނޫނު (ގާނޫނު ނަންބަރު 1978-97)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު