-

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2022-01)

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13) އަށް އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ 1-64

(ހ) ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓ ލިބުމުގެ ހައްގު، ކޮންމެ ފަނޑިޔާރަކަށްމެ ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗުއްޓީ ގެ ގޮތުގައި އަންހެން ފަނޑިޔާރުންނަށް ލިބިދެވޭނީ، 6 (ހައެއް) މަސްދުވަހުގެ ޗުއްޓ އެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗުއްޓީ ގެ ގޮތުގައި ފިރިހެން ފަނޑިޔާރުންނަށް ލިބިދެވޭނީ، 1 (އެކެއް) މަސްދުވަހުގެ ޗުއްޓީ އެކެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކުރާ ޗުއްޓީ އަކީ، މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓ އެކެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗުއްޓީ ގެ އިތުރުން، މާބަނޑުވުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން ގާނޫނު ނަންބަރު 2/2008 (ވަޒީ ފާއާބެހޭ ގާނޫނު) ގެ ދަށުން ލިބިދޭ އެހެނިހެން ޗުއްޓީ ލިބުމުގެ ހައްގު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ހައްގުވެފައިވާ ފަނޑިޔާރަކު ވާނަމަ، އެ ފަނޑިޔާރަކަށް ޗުއްޓ ދިނުމުގެ މުއްދަތު ގުނުމުގައި އަމަލުކުރާނީ، އެ ފަނޑިޔާރަކު ވިހެއި ނުވަތަ ދަރިއަކު ލިބުނު ތާރީހުން ފެށިގެން، މި ގާނޫނުގެ 1 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުންނެވެ.

 

3 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ފަނޑިޔާރުންގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު