-

ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-10) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2005-03)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2023-07 ގެ 241 ވަނަ މާއްދާއިން އުވާލެވިފައި)

 

ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-10) އަށް ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-10) އަށް ތިރީގައިމިވާ އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19، 23، 24، 25، 33، 35 މި މާއްދާތައް، ތިރީގައިމިވާ ގޮތަށް އިސްލާހުކުރުން. 

އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ބަދަލުކުުރުން 19.

މި ގާނޫނާއި ކުންފުނީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން، އާންމު ޖަލްސާއަކުން ފާސްކުރާ ހާއްސަ ގަރާރަކުން ކުންފުނީގެ އަސާސި ގަވާއިދަށާއި ހިންގާ ގަވާއިދަށް ބަދަލު ގެނެވިދާނެއެވެ. 

 

ހިއްސާއާއި ޑިބެންބަރ އާންމުންނަށް ވިއްކަން ހުށަހެޅުން 23.

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕަބްލިކް ކުންފުންނެއް ފިޔަވައި އެހެން އެއްވެސް ކުންފުންޏެއްގެ ހިއްސާއެއް، ނުވަތަ ޑިބެންޗަރެއް އާންމުންނަށް ވިއްކައިގެން ނުވަނެއެވެ. 

(ށ) ހިއްސާ ނުވަތަ ޑިބެންބަރ އާންމުންނަށް ވިއްކުމަކީ، ކުންފުންޏަކުން ހިއްސާ، ނުވަތަ ޑިބެންޗަރ ގަންނަން އެދޭ ކޮންމެ ފަރާތަކަށް އެ ކުންފުންޏެއްގެ ހިއްސާ، ނުވަތަ ޑިބެންބަރ ގަނެވޭގޮތަށް އޮތުމާއެކު، އެ ކުންފުންޏެއްގެ ހިއްސާ ނުވަތަ ޑިބެންޗަރ ގަތުމަށްފަހު، އެ ކުންފުނީގެ ހުއްދަ އެކަމަށް ހޯދުމަކާނުލައި އެކަކުގެ ކިބައިން އަނެކަކަށް އެ ކުންފުންޏެއްގެ ހިއްސާ ނުވަތަ ޑިބެންޗަރ ވިއްކޭގޮތަށް ހިއްސާ ނުވަތަ ޑިބެންބަރ ވިއްކާ ވިއްކުމެވެ. އެއްވެސް ޕަބްލިކް ކުންފުންޏެއްގެ ހިއްސާ ނުވަތަ ޑިބެންޗަރ އެކެއްގެ ކިބައިން އަނެއްކަކަށް ބަދަލުކުރުމަށް، ނުވަތަ ވިއްކުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެއެވެ. ނަމަވެސް، ހިއްސާ ބަދަލުކުރާއިރު، އެ ހިއްސާދާރަކު ހިއްސާއާ ގުޅިގެން ދައްކަންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާއެއް ދައްކަންދެން، ހިއްސާ ބަދަލުކުރުމަށް އިއްތިރާޒު ކުރުމުގެ އިހްތިޔާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވެއެވެ. 

 

ހިއްސާ ނުވަތަ ޑިބެމްޗަރިގެ ބަޔާން 24.

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހިއްސާގެ ނުވަތަ ޑިބެންޗަރުގެ ބަޔާނެއް ނެރެގެން އެ ހިއްސާގެ ނުވަތަ ޑިބެންޗަރުގެ ބަޔާނުގައި ބުނެފައިވާ ގޮތުގެމަތިން މެނުވީ ޕަބްލިކް ކުންފުންޏެއްގެ ހިއްސާ ނުވަތަ ޑިބެންބަރ އާންމުންނަށް ވިއްކުމަށް ހުށަހަޅައިގެން ނުވާނެއެވެ. 

 

އާންމުންނަށް ވިއްކާ ހިއްސާގެ ނުވަތަ ޑިބެންބަރުގެ އަދަދު ކަނޑައެޅުން 25.

ޕަބްލިކް ކުންފުންޏެއްގެ ހިއްސާ ނުވަތަ ޑިބެންބަރ އާންމުންނަށް ވިއްކުމަށް ހުށަހެޅޭނީ، އެ ކުންފުންޏެއްގެ މެންބަރުން އާންމުންނަށް ހިއްސާ ނުވަތަ ޑިބެންޗަރ ވިއްކުމަށް ކަނޑައެޅިއިރު، އެ ކުންފުނީގެ މެންބަރުން އެވަގުތަކު ކުންފުނީގެ ހިއްސާ ނުވަތަ ޑިބެންޗަރުގެ އަގުގެ ގޮތުގައި ކުންފުންޏަށް ދައްކާފައިވާ ފައިސާގެ އަދަދަށްވުރެ ގިނަ ނޫން އަދަދަކަށެވެ. 

 

ކުންފުނީގެ ހިއްސާ ނުވަތަ ޑިބެންޗަރ ގަތުމަށް މާލީ އެހީ ދިނުން 33.

މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، އެއްވެސް ކުންފުންޏަކުން އެކުންފުންޏެއްގެ ހިއްސާ ނުވަތަ ޑިބެންޗަރ ގަތުމަށް ނުވަތަ، ހިއްސާ ނުވަތަ ޑިބެންޗަރ ގަތުމުގައި ބައިވެރިވުމަށް އެއްވެސް ފަރާތަކަށް މާލީ އެހީއެއް ދީގެން ނުވާނެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 45 ވަނަ  މާއްދާގެ (ނ) އާއި (ބ) ތިރީގައިމިވާ ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ޅ)، (ކ) އަދި (އ) ގެ ގޮތުގައި ތިރީގައިމިވާ އަކުރުތައް އިތުރުކުރުން.

ޑިރެކްޓަރުން 45.

(ނ) ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް ވެވޭނީ، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިހަމަވެފައިވާ މީހަކަށެވެ. 

(ބ) ކޮންމެ ކުންފުންޏެއްގައިވެސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކު ހުންނަންވާނެއެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހުންނަ މީހާއަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކަށް ވާންވާނެއެވެ. 

(ޅ) ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބަދަލުވެއްޖެނަމަ، އެ ބަދަލެއް އަންނަތާ 14 ދުވަހުގެ ތެރޭގައި ކުންފުނީގެ މެނޭޖިންގ ދިރެކްޓަރުގެ ގޮތުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކު ހަމަޖައްސަންވާނެއެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމާ އަލަށް ޙަވާލުވި މީހާ އެކަން ގަބޫލުކުރިކަމުގެ ލިޔުމެއް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންވާނެއެވެ. 

(ކ) ދިވެހިރާއްޖޭގެ ކުންފުންޏާބހެޭ ގާނޫނުގެ 3 ވަނަ އިސްލާހަށް އަމަލުކުރަން ފަށާތާ 60 ދުވަސް ތެރޭގައި ދިވެހިރާއްޖޭގައި ހިނގަމުންދާ ކޮންމެ ކުންފުންޏަކުންވެސް، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު އަދާކުރާ މީހަކާއި، އެމީހަކު އެކަން ގަބޫލުކުރާކަމުގެ ލިޔުމެއް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅަންވާނެއެވެ. 

(އ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގޮތުގައި އެންމެފުރަތަމަ ތިބޭ މެންބަރުންގެ ނަމާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ނަން އެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި ލިޔަންވާނެއެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49 ވަނަ މާއްދާއާއި 58 ވަނަ މާއްދާ ތިރީގައިމިވާ ގޮތަށް އިސްލާހުކުރުން.

ޑިރެކްޓަރުން ވަކިކުރުން 49.

(ހ) ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް، ކުންފުންޏަށް ހިޔާނާތެރިވެެއްޖެނަމަ، ނުވަތަ ކުންފުންޏަށް ގެއްލުންވެދާފަދ އަމަލެއް ކޮށްފިނަމަ، ނުވަތަ އެފަދަ އަމަލެއް ކުރަން އުޅެފިނަމަ ނުވަތަ ކުރަންއުޅޭނަމަ، ކުންފުނީގެ އާންމު ޖަލްސާއެއްގައި ފާސްކުރާ ހާއްސަ ގަރާރަކުން، އެ މެންބަރަކު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރެވިދާނެއެވެ. މިގޮތަށް ބާޢްވާ އާންމު ޖަލްސާގެ ނޯޓިސް، އެޖަލްސާ ބޭއްވުމުގެ 14 ދުވަސް ކުރިން ދޭންވާނެއެވެ. 

(ށ) ކުންފުނީގެ ހިންގާ ގަވާއިދުގައި ވަކިގޮތަކަށް ކަނޑައެޅި ބަޔާންވެގެން ނުވާހާ ހިނދަކު، ޕްރައިވެޓް ކުންފުންޏަކުން ފާސްކުރާ ހާއްސަ ގަރާރަކުން، އެ ކުންފުންޏެއްގެ ޑިރެކްޓަރަކު ވަކިކުރެވިދާނެއެވެ. 

 

އާންމު ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު 58.

ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ ޕަބްލިކް ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންވެގެން ނުވާހާ ހިނދަކު، ކޮންމެ ޕްރައިވެޓް ކުންފުންޏެއްގެ އާންމު ޖަލްސާގެ ގާނޫނީ އަދަދު ހަމަވެއްޖެކަމަށްވާނީ، އެ ކުންފުނީގެ ހިއްސާދާރުންގެ އަގުލަބިއްޔަތު، ޖަލްސާއަށް ހާޒިރުވުމުންނެވެ. ޕަބްލިކް ކުންފުންޏެއްގެ އާންމު ޖަލްސާއެއްގެ ގާނޫނީ އަދަދު ހަމަވެއްޖެކަމަށްވާނީ އެ ކުންފުންޏެއްގެ ހުއްދަ ކުރެވިފައިވާ ރައުސުލްމާލުގެ މަދުވެގެން ވިހި އިންސައްތައް ތަމްސީލުުކުރާ ފަސް ހިއްސާދާރުން ހާޒިރުވުމުންނެވެ. 

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ތިރީގައިމިވާ ގޮތަށް އިސްލާހުކުރުން.

ހިސާބުތައް އެކުލެވޭ ލިޔުންތައް ހުންނަންވީ ތަނާއި މުއްދަތު 64.

(ހ) ކޮންެމެ ކުންފުންޏެއްގެ ހިސާބުތައް އެކުލެވޭ ލިޔުންތައް އެ ކުންފުންޏެއްގެ ރަޖިސްޓަރީކޮށްފައިވާ އޮފީހުގައި އެ ކުންފުންޏެއްގެ ޑިރެކްޓަރުން އެދިއްޖެނަމަ ފެންނާނެ ގޮތަަކަށް ބަހައްޓަންވާނެއެވެ. ރަޖިސްޓަރީ ކޮށްފައިވާ އޮފީސް ބަދަލުވެއްޖެނަމަ އެ ބަދަލުވި ތަނެއްގައި ބަހައްޓަންވާނެއެވެ. 

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ) ތިރީގައިމިވާ ގޮތަށް އިސްލާހުކޮށް، މިއަކުރުގެ ފަހަތަށް (ނ)، (ރ)، (ބ) ތިރީގައި މިވާގޮތަށް އިތުރުކުރުން.

ހިސާބުތަކާއި އިޕޯޓުތައް ރެޖިސްޓްރާރަށް ހުށަހެޅުން 69.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އޮޑިޓަރުންގެ ރިޕޯޓާއި ކުންފުނީގެ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަނާޅާއިފިނަމަ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކުށްވެރިވާނެއެވެ. މިގޮތުން ކުށްވެރިވުމުގެ އަދަބަކީ، އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ 10،000 ރުފިޔާއިން ޖޫރިމަނާކުރުން، އެކުފުންޏަކީ ޕަބްލިކް ކުންފުންޏެއް ނަމަ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ 30،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ. 

(ނ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާ އެއްވެސް ލިޔުމެއްވަނީ، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ނޫންކަމަށް، ނުވަތަ އެ ލިޔުމެއް ފުރިހަމަވެފައި ނުވާކަމަށް، ނުވަތަ އެ ލިޔުމުގައި ހަގީގަތާ ހިލާފު މައްލޫމާތެއް ބަޔާންކޮށްފައިވާ ކަމަށް ނުވަތަ ކުށެއް ވާކަމަށް، ނުވަތަ ކިޔަން ނޭގޭނެމަ އެފަދަ ލިޔުމެއް ގަބޫލުނުކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ. އަދި އެފަދަ ލިޔުމެއް ބަލައިގަތުމަށްފަހުގައިވެސް އެ ލިޔުމެއް ބަދަލުކުރުމަށް، ނުވަތަ އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ. 

(ނ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާ އެއްވެސް ލިޔުމެއްވަނީ، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ނޫންކަމަށް، ނުވަތަ އެ ލިޔުމެއް ފުރިހަމަވެފައި ނުވާކަމަށް، ނުވަތަ އެ ލިޔުމުގައި ހަގީގަތާ ހިލާފު މައްލޫމާތެއް ބަޔާންކޮށްފައިވާ ކަމަށް ނުވަތަ ކުށެއް ވާކަމަށް، ނުވަތަ ކިޔަން ނޭގޭނެމަ އެފަދަ ލިޔުމެއް ގަބޫލުނުކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ. އަދި އެފަދަ ލިޔުމެއް ބަލައިގަތުމަށްފަހުގައިވެސް އެ ލިޔުމެއް ބަދަލުކުރުމަށް، ނުވަތަ އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ. (ނ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާ އެއްވެސް ލިޔުމެއްވަނީ، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ނޫންކަމަށް، ނުވަތަ އެ ލިޔުމެއް ފުރިހަމަވެފައި ނުވާކަމަށް، ނުވަތަ އެ ލިޔުމުގައި ހަގީގަތާ ހިލާފު މައްލޫމާތެއް ބަޔާންކޮށްފައިވާ ކަމަށް ނުވަތަ ކުށެއް ވާކަމަށް، ނުވަތަ ކިޔަން ނޭގޭނެމަ އެފަދަ ލިޔުމެއް ގަބޫލުނުކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ. އަދި އެފަދަ ލިޔުމެއް ބަލައިގަތުމަށްފަހުގައިވެސް އެ ލިޔުމެއް ބަދަލުކުރުމަށް، ނުވަތަ އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ލިބިގެންވެއެވެ. 

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 102 ވަނަ މާއްދާއަށް، ތިރީގައިމިވާ ލަފުޒުތަކާއި އިބާރާތްތަކާއި އޭގެ މާނަ/ބައިތައް، މާނަތަކުގެ ތެރޭގައި އޮންނަ "އާންމުކޮށް އިއްލާންކުރުން" މި ބައިގެ ފަހަތަށް އިތުރުކުރުން.

މާނަ "ޑިބެންޗަރ" އަކީ، ކުންފުންޏަކަށް އެއްވެސް ފަރާތަކުން ދޫކޮށްފައިވާ ފައިސާއެއް، އެ ފައިސާ ދޫކޮށްފައިވާ ކުންފުނީގެ މުދާ ރަހުނުކޮށް، ނުވަތަ ރަހުނު ނުކޮށް ކަމުގައިވިޔަސް، އެ ފައިސާއެއް ދޫކުރިކަމަށް ކުންފުނިން ދޫކުރާ ލިޔުމެވެ. 

ޑިބެންބަރުގެ ތެރޭގައި ނުހިމެނޭ ތަކެތި:

  1. ބިލް އޮފް އެކްސްޗޭންޖް.
  2. ޕްރޮމިސަރީ ނޯޓް.
  3. ލެޓަރ އޮފް ކްރެޑިޓް.
  4. ކުންފުނިން އާންމުކޮށް ކުރާ ވިޔަފާރީގައި ކުންފުންޏާއި ކުންފުނީގެ ކަސްޓަމަރުންނާ ހިނގާ ވިޔަފާރީގެ މުއާމަލާތުގެ ތެރެއިން ނުކުންނަ ދަރަންޏާއި ލިޔެކިޔުން. 
  5. އިންށުއަރެންސް ޕޮލިސީ.
  6. ބޭންކެއްގައި ހުޅުވާ، ކަރަންޓް ނުވަތަ ސޭވިންގސް އެކައުންޓާ ގުޅިގެން ދޫކުރާ ލިޔުން، ޑިޕޮޒިޓް ސެޓްފިކެޓް، ޕާސްބުކް، ނުވަތަ މިފަދަ ލިޔުންތައް

 

އުވި ގާނޫނު

ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07)

 

މައި ގާނޫނު

ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-10)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކުންފުންޏާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1996-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު