ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2004-01)
ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް ތިރީގައިވާ އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާ ތިރީގައިވާ ގޮތަށް އިސްލާހު ކުރުން.
ބަންޑާރަ ގޯތި ގަތުން 16.
ބަންޑާރަ ގޯތި ދޫކުރެވިފައިވާ ފަރާތަކަށް، އެއްފަހަރާ އަގު ދެއްކުމަށް ފަހު، ނުވަތަ އެކި ފަހަރުމަތިން ދައްކައި އަގު އަދާކުރާ އުސޫލުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން، އަގު ދައްކައި ނިންމުމަށް ފަހު، އެ ގޯއްޗެއް ގަނެވިދާނެއެވެ. މިގޮތުން ގަނެވޭ ގޯތީގެ އަގު ކަނޑައަޅާނީ، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާ ތިރީގައިވާގޮތަށް އިސްލާހުކުރުން.
ހިބައިން ނުވަތަ ވަސިއްޔަތުން ދިނުން 17.
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނީ، ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.
(ހ) ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭފަރާތަކީ، ހިބައިން ނުވަތަ ވަސިއްޔަތުން ދޭ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިއެއް ނުވަތަ އެމީހާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އެމީހާގެ މަރުވެފައިވާ ދަރިއެއްގެ އުފަންދަރިއެއް ކަމުގައިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ކުރެ ފަރާތެއް ދުނިޔޭގައި ނެތްނަމަ، ހިބައިން ނުވަތަ ވަސިއްޔަތުން ދޭ މީހާއަށް އޭނާގެ ދަރިއެއްގެ ދަރިއަކަށް ނުވަތަ އޭނާއާ ބަފައިފުށުން ނުވަތަ މައިފުށުން ތިމާގެކަމުގެ ގުޅުން ހުރި ފަރާތަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަރާތަކުން ކުރެ ފަރާތަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދޭ ދިނުމުގައި މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އުސޅޫތަކެއް ނުހިނގާނެއެވެ. އަދި މި ގާނޫނުގައި އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު، މި މާއްދާގެ (ށ) ގައި ބުނެފައިވާ ފަރާތްތަކުން ކުރެ ފަރާތަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނީ މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ) މި މާޢްދާގެ (ހ) ގައި ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ފަރާތަކަށް ނުވަތަ ވަކި ފަރރާތްތަކަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނީ މި މާއްދާގެ (ހ) ގައި ބުނެފައިވާ މީހުންގެ ތެރެއިން ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭ ފަރާތް ނުވަތަ ފަރާތްތައް ފިޔަވައި، މި މާއްދާގެ (ހ) ގައި ބުނެފައިވާ އެހެންމީހުންގެ ބިމުގެ ތަނަވަސްކަން ހުރިނަމައެވެ. އަދި، މި މާއްދާގެ (ހ) ބުނެފައިވާ މީހުންގެ ތެރެއިން ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭ ފަރާތް ނުވަތަ ފަރާތްތައް ފިޔަވައި، މި މާއްދާގެ (ހ) ގައި ބުނެފައިވާ އެހެންމީހުންގެ ބިމުގެ ތަނަވަސްކަމެއް ނެތްނަމަ، ވަކިފަރާތަކަށް ނުވަތަ ފަރާތްތަކަށް ދިނުމާމެދު، އެފަރާތްތަކުގެ އިއުތިރާޒެއް ނެތްނަމައެވެ. ނަމަވެސް ހިބައިން ނުވަތަ ވަސިއްޔަތުން ދޭ ފަރާތުގެ ދަރިން ނުވަތަ އެމީހެއްގެ މަރުވެފައިވާ ދަރިންގެ އުފަންދަރިންނަށް ދޭ ހާލަތުތަކުގައި ދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ މަންމަ ނުވަތަ ބައްޕަ އިއްތިރާޒުކުރި ކަމުގައިވިޔަސް މިބުނީ މީހުންނަށް ހިބައިން ނުވަތަ މަސިއްޔަތުން ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ބ) ހިބައިން ނުވަތަ ވަސިއްޔަތުން ދޭ ހާލަތުގައި ދޭ މީހާއާއި، އެމީހަކު ށަރްއީގޮތުން ބަލަންޖެހޭ މީހުންނަށް ދިރުއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން.
(ޅ) ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭ ފަރާތަކީ، ދިވެހި ރައްޔިތެއްކަމުގައިވުން.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާ ތިރީގައިވާގޮތަށް އިސްލާހު ކުރުން.
ގޯތި ވިއްކުމާއި ސަރުކާރަށް ދައްކަންޖެހޭ ޓެކްސް 18.
(ހ) ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން މި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު، އެހެން ފަރާތަކަށް ވިއްކާލެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އާންމުކޮށް ށާއިއުކޮށްފައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން ކަނޑައެޅޭ އަގަކަށް، ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.
(ށ) ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ށަރުއީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން.
(ނ) ގޯތި ގަންނަ ފަރާތަކީ، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ މި ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ބައިކުރެވޭ ބަންޑަރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ލިބިފައިނުވާ މީހަކު ކަމުގައިވުން. ނުވަތަ ގޯތި ގަންނަ ފަރާތަކީ، ގެދޮރުއެޅުމާއި ތަންތަން ބިނާކޮށް ތަރައްގީކުރުމަށް ހާއްސަވެފައިވާ، އަދި ސަރުކާރުގެ ހިއްސާ އެކުލެވިފައިވާ ކުންފުންޏެއް ކަމުގައިވުން.
(ރ) ގޯތި ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުން.
(ބ) އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެ ގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި، އެ ގޯއްޗެއް ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާ ތިރީގައިވާގޮތަށް އިސްލާހު ކުރުން.
ބިމާ ވަކިން އިމާރާތް ވިއްކުން އަދި ރަހުނު ކުރުން 19.
އެއްވެސް ގޯއްޗެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް، އެ ބިމާ ވަތްކަކުން ނުވިއްކޭނެއެވެ. އަދި، އެއްވެސް ގޯއްޗެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް އެބިމާ ވަތްކަކުން ރަހުނެއް ނުކުރެވޭނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާ ތިރީގައިވާގޮތަށް އިސްލާހު ކުރުން
ރަހުނު ކުރުން 36.
(ހ) ދިވެހިރާއްޖޭގެ އެއްވެސް ބިމެއް ރަހުނު ކުރެވޭނީ، އެބިމެއް ރަހުނު ކުރުމުގެ ހައްގު، އެބިމެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށް ލިބިފައިވާނަމަ، ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.
- މި ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައިވާ ފަދަ އެގްރީމަންޓެއްގެ ދަށުން ލިބިފައިވާ ބިމެއްނަމަ، ރަހުނު ކުރެވޭނީ އެ އެގްރީމަންޓު ހުއްދަކުރާގޮތެއްގެ މަތިންނެވެ.
- އެއްެސް ގޯއްޗެއް ނުވަތަ ބިމެއް، އެގޯއްޗެއް ނުވަތަ ބިމެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ނުވަތަ ފަރާތްތަކުން، ރަުހުނު ކުރެވޭނީ ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.
(ހ) ރަހުނު ހިފާ ފަރާތަކީ، ވިޔަފާރި ބޭންކެއް ނުވަތަ ސަރުކާ ގަބޫލުކުރާ މާލީ އިދާރާއަކަށްވުން.
(ށ) ރަހުނު ކުރުމުގެ ކުރީގައި، ރަހުނުގެ މުއާމަލާތާއި، މުއާމަލާތުގެ ނަތީޖާ، މުސްތަގިއްލު ދެ ހެކިންގެ ހާޒިރުގައި، ރަހުނު ބަހައްޓާ ފަރާތަށް ރަހުނު ހިފާފަރާތުން އޮޅުންވިލުވައިދިނުން.
(ނ) އެކަކަށްވުރެ ގިނަމީހުންނަށް ރަޖިސްޓަރީކޮށްފައިވާ ގޯއްޗެއް ނުވަތަ ގޯއްޗާއި ގޯތީގައިވާ އިމާރާތެއް ރަހުނު ކުރަނީނަމަ، އެ ގޯތި ރަޖިސްޓަރީ ކުރެވިފައިވާ ހުރިހާ ފަރާތެއްގެ ރުހުން އޮތުން. ނަމަވެސް މިފަދަ ގޯއްޗަކީ އެ ގޯތި ރަޖިސްޓަރީ ކުރެވިފައިވާ މީހުންގެ މެދުގައި ބަހައި، އެކަން ގޯތީގެ ރަޖިސްޓަރީގައި ފާހަނގަކޮށްފައިވާ ގޯއްޗެއްނަމަ، އެމީހަކަށް ލިބިފައިވާބައި ރަހުނު ކުރުމުގައި ގޯތި ރަޖިސްޓަރީ ކުރެވިފައިވާ އެހެން ފަރާތްތަކުގެ ރުހުން ހޯދާކަށް ނުޖެހޭނެއެވެ.
(ށ) މި މާއްދާގެ ދަށުން ރަހުނު ކުރެވޭ ކޮންމެ ރަހުނު ކުރުމެއް، އެ ގޯއްޗެއް ނުވަތަ އެ ބިމެއް ދޫކޮށްފައިވާ އޮފީހުގައި ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.
(ނ) މި މާއްދާގައި ބުނެފައިވާފަދަ ރަހުނެއް ރަންފީޒު ކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ތިރީގައި ބުނެފައިވާ ށަރުތުތަކުގެ މަތިންނެވެ.
- ރަހުނެއް ތަންފީޒުކުރުމަށްޓަކައި އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާލެވޭނީ، ށަރީއަތުން ހުއްދަ ލިބިގެން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ސަރުކާރުން ކަނޑައަޅާ ފަރާތަކުން ބާއްވާ ހުޅުވާލެވިފައިވާ ބީލަމެއްގައެވެ.
- ރަހުނު ބަހައްޓާ ފަރާތާއި، ރަހުނުހިފާ ފަރާތުން ލިޔެކިޔުމުން އެއްބައްވެފައިވާ ހާލަތުތައް ފިޔަވައި، ރަހުނާގުޅޭ ލޯނުގެ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދައްވާ ކޮށްފައިވުން.
- ދިވެހިރާއްޖޭގެ ބިމާބެހާ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގައި، ރަހުނު ބަހައްޓާ ފަރާތުން ލިޔެކިޔުމުން އެއްބަސްވެފައިވާ ހާލަތުތައް ފިޔަވައި، އެ އިސްލާހަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 1 އަހަރު ދުަވަހުގެ ތެރޭޣައި ފައިސާ ހޯދުމަށް ދައްވާކޮށްފައިވުން.
(ރ) ބިމެއް ނުވަތަ ބިމެއްގައި ހުރި އިމާރާތެއް، އެއްފަހަރާ އެއްރަހުނަށްވުރެ ގިނަ ރަހުނުކޮށްފައިވާ ހާލަތުތަކުގައި، ރަހުނު ތަންފީޒު ކުރުމުގައި އިސްކަންދެވޭނީ، މިމާއްދާގެ ދަށުން ރަހުނު ރަޖިސްޓަރީކުރި ތަރުތީބުންނެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރީގައި ކޮށްފައިވާ މިފަދަ ރަހުނުތައް ތަންފީޒު ކުރުމުގައި އިސްކަންދިނުމުށް ބެލެވޭނީ، ރަހުނު ކުރެވުނު އެއްގްރީމަންޓުގައިވާ ތާރީހަށެވެ.
(ބ) މި މަޢްދާގެ ދަށުން ރަހުނެއް ތަންފީޒުކޮށްގެން ލިބޭ ފައިސާ ބޭނުން ކުރަންވާނީ، ތިރީގައި ބުނެފައިވާ ކަންކަމަށް، ތިރީގައި ބުނެފައިވާ ތަރުތީބުންނެވެ.
- މި މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ބީލަން ބޭއްވުމަށްޓަކައި ސަރުކާރުން ހިނގި ހަރަދު އަނބުރާ ދެއްކުމަށް.
- މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމަށް.
- ރަހުނު ބަހައްޓައިގެން ނަގާފައިވާ ދަރަނި އަދާކުރުމަށް.
- ބަންޑާރަ ބިމެއްގެ ރަހުނު ތަންފީޒު ކުރަނީނަމަ، ބިމުގެ އަގުކަމުގައި މި ގާނޫނުގެ ދަށުން ކަނޑައަޅޭ އަގު ސަރުކާރަށް ދެއްކުމަށް.
(ޅ) މި މާއްދާގެ (ބ) ގައިވާ ކަންތައްތަކަށް ފައިސާ ނެގުމަށްފަހު، އިތުރަށް ފައިސާ ހުރެއްޖެ ހާލަތުގައި އެފައިސާ ރަހުނު ބެހެއްޓިފަރާތަށް ލިބިދެވޭނެއެވެ.
(ކ) ރަހުނެއް ތަންފީޒު ކުރުމަށްޓަކައި މި މާއްދާގެ ދަށުން ބަންޑާރަ ބިމެއް ވިއްކާލާ ހާލަތުގައި، އެބިމެއްގެ މިލްކުވެރިކަން ރަހުނު ގަންނަފަރާތަށް ލިބިދެވޭނެއެވެ.
(އ) މި މާއްދާގެ ދަށުން ރަހުނެއް ތަންފީޒުކުރުމަށްޓަކައި ބިން ނުވަތަ އިމާރާތެއް ވިއްކާލާ ހާލަތުތަކުގައި، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާއި (ނ) އަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.
(ވ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ރަަހުނުކޮށްފައިވާ، ބަންޑާރަގޯތީގައިވާ އިމާރާތްތަކުގެ ރަހުނު ރަންފީޒު ކުރުމުގައިވެސް އަމަލުކުރެވޭ، މި މާއްދާގައިވާ ގޮތުގެ މަތިންނެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ ފަހަތަށް ތިރީގައިވާ 2 މާއްދާ އިތުރުކޮށް، މިހާރު އޮތް 43 ވަނަ މާއްދާއަކީ، ބުނެވިދިޔަ ގާނޫނުގެ 45 މާއްދާކަމުގައި ހަމަޖެއްސުން.
އިސްތިސްނާ 43.
މި ގާނޫނުގެ ދަށުން، ބަންޑަރ ބިން ހިމެނިގެން ކުރާ މުއާމަލާތުތައް ގާނޫނު ނަންބަރު 9/1968 (މިލްކުވެރިކަން ބަދަލުކުރުުގެ ގާނޫނު) ގެ 1 ވަނަ މާއްދާގެ (ކ) އިން އިސްތިސްނާ ވާނެއެވެ.
މާނަ 44.
މި ގާނޫނުގައި، އި އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ، "ރަހުނު ތަންފީޒުކުރުން" ކަމަށް ބުނެފައިވަނީ، ރަހުނު ބެހެއްޓި ފަރާތުން، ރަހުނު ބެހެއްޓުމުގައި ކޮށްފައިވާ ށަރުތަކާ ނުވަތަ ވައުދުތަކާ ހިލާފުވުމުން، ރަހުނު ހިފާފައިވާ ފަރާތަށް ލިބިދޭ ހައްގުތައް ހޯދުމަށް އެފަރާތުން ކުރާ މަސައްކަތް ކުރުމަށެވެ.
މައި ގާނޫނު
ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)
ކޮންސޮލިޑޭޓެޑް ގާނޫނު
ބިިމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2002-01)
ކިޔުންތެރިންގެ ހިޔާލު