-

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 32015-32) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-01)

 

ގާނޫނު ނަންބަރު 2015-32 (ޓެރަރިޒމް މަނާކުރުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

18. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެއެވެ.  އަދި މިގޮތުން ރައީސުލްޖުމްހޫރިއްޔާ  ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތުގެ ލިސްޓް ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުށާދާއެކު ސިފައިން ބަލަހައްޓަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ 18 ވަނަ މާއްދަގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

18. (ރ) މި ގާނޫނުގެ 9 ވަނަ މާއްދާއާއި 15 ވަނަ މާއްދާގެ މަގްސަދަށް ބަލައި، މި ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ޓެރަރިސްޓް ޖަމާއަތަކާ މުއާމަލާތްކުރުމަކީ މި ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމެއް ކަމުގައިވީ ހިނދު، މި ގާނޫނުގެ 9 ވަނަ މާއްދާއާއި 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަރަކާތްތައް ހުއްޓުވުމަށާއި، އަދި ދިވެހިރާއްޖޭގެ ޖުމަހޫރިއްޔާގެ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖަމިއްޔާތަކާއި ޖަމާއަތްތައް ހެދުމުގެ މިނިވަންކަމާއި އެފަދަ ޖަމިއްޔާތަކާއި ޖަމާއަތްތަކުގައި ބައިވެރިވުމުގެ ހައްގު މި ގާނޫނުގެ ދަށުން މި މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް ހަނިކުރެވިފައިވީ ހިނދު، އެ ހައްގު ޒިންމާދާރު ގޮތެއްގައި ބޭނުންކުރުމަށްގ މަގުފަހިކުރުމަށްޓަކައި، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާތަކުގެ ތެރޭގައި ނުހިމެނޭ ބޭރުގެ ޖަމްއިއްޔާއެއް ހިންގުމުގައި ބައިވެރިވާން އެދެ ފަރާތަކުން، ނުވަތަ އެފަދަ ޖަމްއިއްޔާއެއްގެ މެންބަރަކަށްވުމަށް އެދޭ ފަރާތަކުން، ނުވަތަ އެފަދަ ޖަމްއިއްޔާއެއް ހިންގުމުގައި ބައިވެރިކުރުމަށް މީހަކު އެ ޖަމްއިއްޔާއަކާ ގުޅުވުމަށް އެދޭ ފަރާތަކުން، ނުވަތަ އެފަދަ ޖަމްއިއްޔާއެއްގެ ހަރަކާތްތައް އެއްވެސް ގޮތަކުން ކޮންޓްރޯލްކޮށް ނުވަތަ އެފަދަ ޖަމްއިއްޔާއެއްގެ ހަރަކާތްތައް ކުރިއަށް ގެންދަންވީ ގޮތުގެ އިރުށާދުދެވޭ ފަދަ މަގާމެއް އެފަދަ ޖަމްއިއްޔާއެއްގައި އަދާކުރުމަށް ބޭނުންވާ ފަރާތަކުން، ނުވަތަ އެފަދަ ޖަމްއިއްޔާއެއްގެ ލިޔެކިޔުންތައް ފަތުރައި، ށާއިރުކުރަން އެދޭ ފަރާތަކުން މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަކުރަންވާނެއެވެ.

(ބ) އަންނަނިވި ޖަމްއިއްޔާތައް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމުން އިސްތިސްނާވެގެންވެއެވެ.

  1. ރަސްމީ ހައިސިއްޔަތެއްގައި ދިވެހި ދައުލަތުން ނުވަތަ ދިވެހި ސަރުކާރު ބައިވެރިވެފައިވާ ޖަމްއިއްޔާތަކާއި އެ ޖަމްއިއްޔާތަކާއި ގުޅިފައިވާ ޖަމްއިއްޔާތައް؛
  2. ގާނޫނު ނަންބަރު 1/2003 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ޖަމްއިއްޔާތައް؛ އަދި
  3. މި މާއްދާގެ (މ) ގެ ދަށުން މިނިސްޓަރު އާންމުކުރާ ޖަމްއިއްޔާތަކުގެ ލިސްޓުގައި ހިމެނޭ ޖަމިއްޔާތައް.

(ޅ) މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރު އަދި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާތަކުގެ ތެރޭގައި ނުހިމެނޭ ބޭރުގެ ޖަމްއިއްޔާއެއް ހިންގުމުގައި ބައިވެރިކުރުމަށް އެދޭ ފަރާތަކުން، ނުވަތަ އެފަދަ ޖަމްއިއްޔާއެއްގެ މެންބަރަކަށް އެދޭ ފަރާތަކުން، ނުވަތަ އެފަދަ ޖަމްއިއްޔާއެއް ހިންގުމުގައި ބައިވެރިކުރުމަށް މީހަކު އެ ޖަމިއްޔާއަކާ ގުޅުވުމަށް އެދޭ ފަރާތަކުން، ނުވަތަ އެފަދަ ޖަމްއިއްޔާއެއްގެ ހަރަކާތްތައް އެއްވެސް ގޮތަކުން ކޮންޓްރޯލްކޮށް ނުވަތަ އެފަދަ ޖަމްއިއްޔާއެއްގެ ހަރަކާތްތައް އެއްވެސް ގޮތަކުން ކޮންޓްރޯލްކޮށް ނުވަތަ އެފަދަ ޖަމްއިއްޔާއެއްގެ ހަރަކާތްތައް ކުރިއަށް ގެންދަންވީ އިރުށާދުދެވޭ ފަދަ މަގާމެއް އެފަދަ  ޖަމްއިއްޔާއެއްގައި އަދާކުރުމަށް ބޭނުންވާ ފަރާތަކުން، ނުވަތަ އެފަދަ ޖަމްއިއްޔާއެއްގެ ލިޔެކިޔުންތައް ފަތުރައި، ށާއިރުކުރަން އެދޭ ފާރާތަކުން އެކަމުގެ ހުއްދައަށް އެދި މިނިސްޓަރަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމެއް މިނިސްޓަރަށް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމަކާމެދު މިނިސްޓަރު ނަންމި ގޮތް ސަބަބާއެކު ލިޔުމުން އެފަދަ ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް އަންގަންވާނެއެވެ.

(އ) މި މާއްދާގެ (ޅ) ގެ ދަށުން މިނިސްޓަރަށް ހުށަހަޅާ ހުށަހެޅުމެއްގައި ހުއްދައަށް އެދޭ ކަމަކީ، މި މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ ލިސްޓުގައި ހިމެނޭ ޖަމާއަތަކާގުޅޭ ގޮތުން އެދިފައިވާ ކަމެއް ނަމަ، މި މާއްދާގެ (ކ) ގެ ދަށުން މިނިސްޓަރު ނިންމާ ނިންމުމެއްގައި، އެކަމަށް ހުއްދަ ނުދިނުމަށް މިނިސްޓަރަށް ނިންމިދާނެއެވެ.

(ވ) އެއްވެސް ސަބަބަކާހުރެ މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިނިނސްޓަރުގެ ނިންމުން ލިޔުމުން ހުށަހެޅުމެއް ހުށަހެޅި ފަރާތަށް 15 (ފަނަރަ) ދުވަހުގެ ތެރޭގައި އަންގައިފއިނުވާނަމަ، ހުއްދަ ހޯދުމަށްއެދިފައިވާ ކަމަކީ ހުއްދަ ކަމެއް ކަމުގައ ބެލޭނެއެވެ. އަދި އެމީހަކު، ހުށަހެޅި ކަމަކައިގެން ކުރިއަށް ދިއުމުގެ ހައްގު އެމީހަކަށް ލިބިގެންވެއެވެ.

(މ) ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާތަކާއި ޖަމާއަތްތައް ހެދުމުގެ މިނިވަންކަމާއި އެފަދަ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގައި ބައިވެރިވުމުގެ ހައްގު މި ގާނޫނުގެ ދަށުން މި މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް ހަނިކުރެވިފައިވީ ހިނދު، އަދި އެ ހައްގު ހަނިކުރެވިފައިވާ މިންވަރުން މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރު އަދި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާތައް އިސްތިސްނާކުރެވިފައިވީ ހިނދު، މި މާއްދާގެ ދަށުން އެފަދަ ޖަމްއިއްޔާތައް އިސްތިސްނާކުރެވިފައިވާ މަގްސަދަށް ބަލައި، ޖަމްއިއްޔާތަކާއި ޖަމާއަތްތައް ހެދުމުގެ މިނިވަންކަމާއޮ އެފަދަ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގައި ބައިވެރިވުމުގެ ހައްގު ވީހާވެސް ފުޅާ ދާއިރާއެއްގައި ބޭނުންކުރުން ކަށަވަރުކޮށްދިނުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހުއްދަކުރެވިފައިވާ ޖަމްއިއްޔާތަކުގެ ޕޮޒިޓިވް ލިސްޓެއް މިނިސްޓަރު ނެރެ އާންމުކޮށް، ބަލަހައްޓަންވާނެއެވެ.

(ފ) މި މާއްދާގެ (ކ) ގެ ދަށުން މިނިސްޓަރު ހުއްދަ ދޭ ޖަމްއިއްޔާތައް، މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިސްޓަށް އިތުރުކޮށް، ށާއިރުކުރަމުން ގެންދަންވާނެއެވެ.

 

3 ވަނަ މާއްދާ - މި ގާނޫނަށް ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

4 ވަނަ މާއްދާ -  މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-32)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015-32)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު