-

ޕާޓްނަރށިޕްގެ ގާނޫނު (ގާނޫނު ނަންބަރު 2011-13) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-02)

 

 ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1  ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

6. ޕާޓްނަރުންގެ އަދަދު

ޕާޓްނަރށިޕްގައި އެންމެ ގިނަވެގެން ހިމެނޭނެ ޕަޓްނަރުންގެ އަދަދު، ޕާޓްނަރށިޕްގެ އެއްބަސްވުމުގައި ބަޔާންކުރުންވާނެއެވެ.

 

2  ވަނަ މާއްދާ – ބުނެވިދިޔަ ގަނޫނުގެ 10 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލަހުކުރުން.

10. މެނޭޖިންގ ޕާޓްނަރު

(ހ) ކޮންމެ ޕާޓްނަރށިޕެއްގައި މެނޭޖިންގ ޕާޓްނަރެއް ހުންނަންވާނެއެވެ. ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ މެނޭޖިންގ ޕާޓްނަރެއްގެ ގޮތުގައި، ތައިބީ ށަހްސެއް ނުވަތަ ގާނޫނީ ށަހްސެއް އައްޔަންކުރެވިދާނެއެވެ.

 

3  ވަނަ މާއްދާ – ބުނެވެދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. (ނ) މެނޭޖިންގ ޕާޓްނަރަކީ އާންމު ގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތަކަށް ވާންވާނެއެވެ.

 

4  ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. (ނ) ޕާޓްނަރށިޕް ގުޅޭގޮތުން ރެޖިސްޓްރާއާއެކު ކުރަންޖެހޭ މުއާމަލަތްތައް ކުރުން؛

 

5  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. (ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، ޕާޓްނަރށިޕްގެ އެއްބަސްވުމުގައި، ޕާޓްނަރށިޕްގެ މެނޭޖިންގ ޕާޓްނަރުގެ މަސްއޫލިއްޔަތުކަމަށް ބަޔާންކޮށްފައިވާ ކޮންމެ ކަމެއް ކުރުން؛ އަދި

 

6  ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

11. (ބ) ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއް ނަމަ، ދަރަންޏަށް ޒިންމާވުމާއި، ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުން.

 

7  ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލަހުކުރުން.

23. (ނ) ލިމިޑެޓް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ޕާޓްނަރުން ދަރަންޏަށް ޒިންމާވާންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.

  1. އެފަރާތަކުން އަގު އަދާކޮށްފައިވަ ހިއްސާގެ މިންވަރާއި، ހިއްސާ އެކަށައެޅުމަށްފަހު އަގު އަދާކޮށްފައިނުވާ ހިއްސާ އެކުލެވޭނަމަ، ޕާޓްނަރށިޕްގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޖުމްލަ ހިއްސާވާ މިންވަރަށް؛ ނުވަތަ
  2. ޕާޓްނަރށިޕްގެ އެއްބަސްވުމުގައި ޒިންމާ އުފުލާނެކަމަށް ބަޔާންކޮށްފައިވާ، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބުނާ މިންވަރަށްވުރެ، މަތީ މިންވަރަކަށް.

 

8  ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގަނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޕާޓްނަރށިޕްގެ ގާނޫނު (ގާނޫނު ނަންބަރު 2011-13)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޕާޓްނަރށިޕްގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު