-

ސްވޮޕް ޑޮނޭށަންގެ އުސޫލުން ޓްރާންސްޕްލާންޓްކުރުން

"ސްވޮޕް ޑޮނޭށަންގެ އުސޫލުން ޓްރާންސްޕްލާންޓްކުރުން" ކަމަށް ބުނެފައި އެވަނ،ީ ގުނަވަނެއް ލިބިގަތުމަށް އެދޭ ފަރާތާއި ގުނަވަން ހަދިޔާކުރުމަށް ހުށަހަޅާ ފަރާތް ޓްރާންސްޕްލާންޓްކުރުމަށް ކޮމްޕެޓިބަލްނުވުމުގެ ސަބަބުން ޓްރާންސްޕްލާންޓްކުރުމަށް ހުރަސްއެޅިފައިވާނަމަ، އަދި ހަމަ އެ ހާލަތުގައި ހުރި ގުނަވަނެއް ލިބިގަތުމަށް އެދޭ ފަރާތަކާއި ގުނަވަން ހަދިޔާކުރުމަށް ހުށަހަޅާ ފަރާތެއް ހުރެފައި، އެ ދެ ޖޯޑުގައި ހިމެނޭ ގުނަވަން ލިބޭ ދެފަރާތް ބަދަލުކޮށްފިނަމަ އެފަރާތްތަކުގެ ޓްރާންސްޕްލާންޓް ކުރިއަށް ގެންދިޔުމަށް ކޮމްޕެޓިބަލްވުމުގެ ސަބަބުން، އެފަދައިން ހަމަޖައްސައި އެ ދެ ޓްރާންސްޕްލާންޓް ކުރިއަށް ގެންދިޔުމަށެވެ.