-

އިސްތިހާރު

"އިސްތިހާރު" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި ނުސީދާގޮތުން ދުންފަތުގެ ބާވަތްތަކާއި އޭގެ ބްރޭންޑުތަކާއި އުފައްދާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާބެހޭ މައުލޫމާތު ވިޔަފާރީގެ އުސޫލުން ތަފާތު ވަސީލަތްތައް މެދުވެރިކޮށް އާންމުކުރުމާއި، ދުންފަތުގެ ބާވަތްތަކާއި ބްރޭންޑުތައް ވިއްކުމަށް ޓަކައި ނުވަތަ ވިއްކޭ އަދަދު އިތުރުކުރުމުގެ ގޮތުން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ އަމަލެއް ކުރިއެރުވުމުގެ ގޮތުން ހިންގާ ޕްރޮމޯށަން ހަރަކާތްތަކަށެވެ. ދުންފަތުގެ އިސްތިހާރުގެ މާނައިގައި، ދުންފަތުގެ ބާވަތާއި ބްރޭންޑާއި އުފައްދާ ފަރާތްތަކާއި ވިއްކާ ފަރާތުގެ ނުވަތަ އެފަދަ ފަރާތްތަކުން ބޭނުންކުރާ ނުވަތަ އެ ފަރާތްތަކަށް ނުވަތަ އެއްޗެއްސަށް އިށާރާތްކުރެވޭ ލަފުޒުތަކާއި ނަންތަކާއި އިބާރާތްތަކާއި ށިއާރުތަކާއި އަކުރުތަކާއި ނަންބަރުތަކާއި ތަސްވީރުތަކާއި ކުރެހުންތަކާއި ޑިޒައިންތަކާއި ލޯގޯތަކާއި ކުލަތަކާއި، އެ ނޫން ވެސް އެފަދަ އެއްޗެހީގެ އިތުރުން، އަޑާއި ލަވަޔާއި ރާގާއި މިއުޒިކު ހިމެނެއެވެ.