gaanoon_logo
-

އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށް

"އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށް" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކުން ކުރާ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ.

  1. މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛
  2. މީހުން ޓްރެފިކްކުރުމުގެ ކުށް؛
  3. ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުމުގެ ކުށް؛
  4. އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމުގެ ކުށް؛
  5. ނުރައްކާތެރި ކުށް؛
  6. އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބު ކަނޑައެޅިފައިވާ އެންމެހައި ކުށްތައް.