-

ދައުލަތުގެ ދަރަންޏާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2024-29)

(މި ގާނޫނަށް އަމަލުކުރަން ފަށާނީ/ފެށީ 3 ޖޫން 2025 ގައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ދައުލަތުގެ ނަމުގައި ދަރަނި ނެގުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ދަރަނި މެނޭޖުކުރުމާގުޅޭ އުސޫލުތަކާއި، ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވްރިން ގެރެންޓީ ދޫކުރުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ދަރަންޏާގުޅޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓުކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ދައުލަތުގެ ދަރަންޏާބެހޭ ގާނޫނު" އެވެ. 

 

2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދު

މި ގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާއާއި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގާ މަށްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކުރެވިގެން އަދި އެންމެ ހަރަދުކުޑަވާނެ ގޮތަކަށް، ދިވެހިރާއްޖޭގެ އެތެރެއިންނާއި ދިވެހިރާއްޖެއިން ބޭރުން، ދައުލަތުގެ ނަމުގައި ދަރަނި ނެގުމަށް ސަރުކާރުބާރުވެރިކުރުވުން؛

(ށ) ދައުލަތުން ދަރަނި ނަގައި ބަލަހައްޓައި މެނޭޖުކުރަނީ، ގައުމުގެ އިގްތިސާދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރެވިގެން، އަދި ގައުމުގެ އިގްތިސާދީ ފުދުންތެރިކަމާއި، ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެމަތިންކަން ކަށަވަރުކުރުން؛

(ނ) ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އެކުލަވާލައި ތަންފީޒުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛

(ރ) ދައުލަތުން ދަރަނީގެ ގޮތުގައި ނެގޭނެ އިންސްޓްރުމަންޓްތައް ކަނޑައެޅުމާއި، ދެފުށް ފެންނ،ަ ހާމަކަން ބޮޑު އަދި ޒިންމާދާރު ގޮތެއްގައި ދަރަނި ނެގުމާބެހޭ އުސޫލުތައް ކަނޑައެޅުން؛

(ބ) ދައުލަތުގެ ދަރަނި ދެފުށް ފެންނ،ަ ހާމަކަން ބޮޑު އަދި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުމާއި މެނޭޖުކުރުމާއި، ދައުލަތުން ވެފައިވާ މާލީ އަހުދުތަކަށް އިހްތިރާމުކުރުމާގުޅޭ އުސޫލުތަކަށް ދައުލަތުން އަމަލުކުރުމާއެކު، ދިވެހިރާއްޖެއަށް ފައިނޭންސް ލިބުމުގެ ފުރުސަތުތައް އިތުރުކޮށް ދެމެހެއްޓުން؛

(ޅ) މާލީ ރަށްވެހި ބާޒާރު ސިންދަފާތުކުރުމާއި ތަރައްގީކުރުން؛

(ކ) މެދު އަދި ދިގު ރާސްތާގައި ދަރަނި ނެގުމުގެ ހަރަދުކުޑަކުރުމާއި، ހަރުދަނާ ގޮތެއްގައި ހިރާސްތައް މެނޭޖުކުރުމުގެ ސްޓްރެޓަޖީތައް ބޭނުންކޮށްގެން ދައުލަތުގެ ދަރަންޏާގުޅޭ ހިރާސްތައް ކުޑަކުރުން؛

(އ) ރައްޔިތުންގެ މަޖިލީހަށާއި، އެނޫންވެސް ދައުލަތުގެ ކަމާބެހޭ އޮފީސްތަކަށާއި، އާންމުންނަށް ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ހާސިލުކުރެވުނު ނަތީޖާތަކާއި އެކަމާބެހޭ މައުލޫމާތު ގަވާއިދުން ހާމަކުރުން؛

(ވ) ދައުލަތުގެ ނަމުގައި ދަރަނި ނެގުމާއި، ދަރަނި ބެލެހެއްޓުމާއި މެނޭޖުކުރުމާ ގުޅޭގޮތުން ސަރުކާރު ޖަވާބުދާރީކުރުވުމާބެހޭ އުސޫލުތައް ބަޔާންކުރުން؛

(މ) ލޯކަލް ކައުންސިލްތަކުން ދަރަނި ނެގޭނެ މިންވަރާއި، އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން؛ އަދި 

(ފ) ދައުލަތުން ގެރެންޓީ ދިނުމުގައި އަމަލުކުރާނެ އަސާސްތައް ކަނޑައެޅުން.

 

 

ދެވަނަ ބާބު

ދައުލަތުން ދަރަނި ނެގުން

 

3 ވަނަ މާއްދާ - ދައުލަތުގެ ނަމުގައި ދަރަނި ނެގުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދައުލަތުގެ ކުންފުނިތަކާއި ދައުލަތުގެ ޕަބްލިކް ފައިނޭންށަލްކޯޕަރޭށަންތަކާއި މަރުކަޒީ ބޭންކް ފިޔަވައި، ދައުލަތުގެ ނަމުގައި ދަރަނި ނެގުމާއި މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ދަރަންޏާގުޅޭ އެންމެހައި ކަންކަން ކުރުމުގެ ބާރު ލިބިގެންވަނީ މިނިސްޓަރަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ ނަމުގައި މިނިސްޓަރު ދަރަންޏެއް ނަގަންވާނީ، އިގްތިސާދީ ތަރައްގީއަށް ނުވަތަ އާންމު މަސްލަހަތަށް ނުވަތަ ރައްޔިތުންގެ މަންފާއާއި ފައިދާއަށް ރިއާޔަތްކޮށް، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ބޭނުންތަކުގެ ތެރެއިން ބޭނުމަކަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ދައުލަތުގެ ނަމުގައި ދަރަންޏެއް ނަގަންވާނީ، މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭނާއި، މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީއާ ތައާރުޒުނުވާ ގޮތެއްގެމަތިންނެވެ.

(ރ) ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމަށް އެއްވެސް ފަރާތަކުން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓަރަށެވެ. އަދ،ި އެފަދަ ހުށަހެޅުމެއް މިނިސްޓަރަށް ލިބިއްޖެނަމަ، އެ ދަރަނި ނެގުމާ ގުޅޭގޮތުން ގާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ ކަންކަން ކުރުމަކީ، މިނިސްޓަރުގެ ޒިންމާއެކެވެ.

 

4 ވަނަ މާއްދާ - ދަރަނި ނެގުމުގެ އާންމު އުސޫލު

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ ނަމުގައި މިނިސްޓަރު ދަރަނި ނެގުމުގައި، ދައުލަތުގެ ޖުމްލަ ދަރަނީގެ ގާބިލުކަމާއި، ކްރެޑިޓް ވަރތިނަސްއާއި، ދިގު މުއްދަތުގެ ފައިނޭންށަލް ވަޔަބިލިޓީއަށް ރިއާޔަތްކޮށް، ވިސްނުންތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ފިސްކަލް ޒިންމާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ދައުލަތުން ދަރަނި ނެގުމުގައި ނުވަތަ ސޮވްރިން ގެރެންޓީ ދިނުމުގައި ދައުލަތުން ރަހުނެއް ބަހައްޓައިގެންނުވާނެއެވެ.

(ނ) މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ ނަމުގައި ދަރަނި ނެގުމަށް މިނިސްޓަރަށް ލިބިދީފައިވާ ބާރުގެ ތެރޭގައި، ދިވެހިރާއްޖެއިން ނުވަތަ ދިވެހިރާއްޖެއިން ބޭރުން، އަދި ދިވެހި ރުފިޔާއިން ނުވަތަ ބޭރު ފައިސާއިން ފައިސާ ހޯދުން ހިމެނެއެވެ.

(ރ) ސަރުކާރުގެ ދަރަނި އަދާކުރުމަށް ބޭނުންކުރާ ފައިސާ،ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ނެގުމުގެ ހުއްދ،ަ ދާއިމީކޮށް ވަކި މުއްދަތެއް ނެތް ގޮތަށް، ސަރުކާރަށް ލިބިގެންވެއެވެ.

(ބ) ބޭރުގެ ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކާއެކު ބޭރުގެ ދަރަނި ނެގުމުގެ އެއްބަސްވުންތަކުގައި ބައިވެރިވަނީ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން މިނިސްޓަރު ކަށަވަރުކުރަންވާނެއެވެ. 

 

5 ވަނަ މާއްދާ - ދައުލަތުން ދަރަނި ނެގުމުގެ ބޭނުން

އަންނަނިވި ބޭނުންތަކަށްޓަކައި ދައުލަތަށް ދަރަނި ނަގައި، ބޭނުންކުރެވިދާނެއެވެ.

(ހ) ދައުލަތުގެ ކޭށްފްލޯ މެނޭޖުކުރުމަށް؛

(ށ) ބަޖެޓު ޑެފިސިޓް ފައިނޭންސްކުރުމަށް؛

(ނ) ސަރުކާރުން ކުރިން ނަގާފައިވާ ދަރަންޏެއް ރީފައިނޭންސް ކުރުމަށް ނުވަތަ ރީސްޓްރަކްޗަރ ކުރުމަށް އަދި/ނުވަތަ ޕްރީފައިނޭންސްކުރުމަށް؛

(ރ) ކޮންޓިންޖެންޓް ލަޔަބިލިޓީއަކަށް ފައިސާ ދައްކަންޖެހޭ ހާލަތެއްގައި ފައިސާ ދެއްކުމަށް؛

(ބ) ދައުލަތުގެ މާލިއްޔަތާބެހޭ ގާނޫނުގެ ދަށުން ޓްރެޒަރީ ލޯނާއި ސަބްސިޑިއަރީ ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ދޫކުރުމަށް؛

(ޅ) ގުދްރަތީ ގޮތުން ނުވަތަ ތިމާވެށީގެ ގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން ނުވަތަ ކުރިމަތިވާ އެނޫންވެސް ގައުމީ ކުއްލި ހާލަތަކާ ގުޅިގެން މެދުވެރިވާ ކުއްލި މާލީ ބޭނުންތައް ފުއްދުމަށް؛

(ކ) ބޭރު ފައިސާގެ ރިޒަރވް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވުމަށް؛

(އ) މަނިޓަރީ ސިޔާސަތުތަކާގުޅޭ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މަރުކަޒީ ބޭންކުން ކަނޑައަޅާ ކަންކަން ކުރުމަށް އެހީތެރިވުމަށް؛

(ވ) ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ގަރާރެއްގެ ދަށުން އެ މަޖިލީހުން ދުރާލާ ހުއްދަ ދީފައިވާ އެނޫންވެސް ކަމެއް ކުރުމަށް.

 

6 ވަނަ މާއްދާ - ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން އެކުލަވާލުން

(ހ) ކުރިއަށް އޮތް މާލީ އަހަރަށް، ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން، ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުން އެކުލަވާލައި، މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ އަހަރީ ޕްލޭން އެކުލަވާލުމުގައި، ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ؛ 
  2. ކުރިއަށް އޮތް މާލީ އަހަރުގެ ކޭށްފްލޯ ފޯކާސްޓް.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ޕްލޭން އެކުލަވާލަންވާނީ، މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީއާއި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން އެކުލަވާލާ ދައުލަތުގެ ފިސްކަލް ޒިންމާގެ ޗާޓަރާއި ފިސްކަލް ސްޓްރެޓަޖީއާ އެއްގޮތްވާ ގޮތުގެމަތިން ހެދިފައިވާ ޕްލޭންތަކާ ތައާރުޒުނުވާ ގޮތެއްގެމަތިންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ޕްލޭންގައި، އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ކުރިއަށް އޮތް މާލީ އަހަރ،ު ދައުލަތުގެ އަހަރީ ބަޖެޓުގައިވާ ގޮތުގެމަތިން ދައުލަތުން ދަރަނި ނަގަންޖެހޭކަމަށް އަންދާޒާކުރެވޭ މިންވަރު؛
  2. ދައުލަތުގެ އަހަރީ ބަޖެޓުގައިވާ ގޮތުގެމަތިން ދައުލަތުން ދަރަނި ނަގަންޖެހޭކަމަށް އަންދާޒާކުރެވޭ ބޭނުންތައް؛ 
  3. ބޭނުންކުރާނެ ދަރަނީގެ މައިގަނޑުއިންސްޓްރުމަންޓްތައް؛
  4. ދަރަނި ނެގުމުގައި ކަނޑައެޅޭނެ ށަރުތުތައް؛ 
  5. ދައުލަތުން ދަރަނި ނެގުމުގެ ހަރަކާތްތައް ހިންގާނެކަމަށް އަންދާޒާކުރެވޭ މުއްދަތުތައް؛
  6. އެ މާލީ އަހަރަކު، ދައުލަތުން ދަރަނި ނެގުމަށް ގަސްދުކުރާ އެންމެ މަތީ ލިމިޓް؛
  7. ދައުލަތުގެ ދަރަނި ޖުމްލަ ގޮތެއްގައި އިތުރުވެފައިވާ ނުވަތަ ދަށްވެފައިވާ މިންވަރު؛ އަދި 
  8. ދިވެހި ރުފިޔާއިން އަދި ބޭރު ފައިސާއިން ނަގާނެކަމަށް އަންދާޒާކުރެވޭ ދަރަނީގެ މިންވަރު.

(ބ) މި މާއްދާގައި ބަޔާންކުރާ ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން އެކުލަވާލުމާއި ތަންފީޒުކުރުމާގުޅޭ އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން މަޖިލީހަށް ހުށަހެޅުން

(ހ) ކުރިއަށް އޮތް މާލީ އަހަރު ފެށުމުގެ 90 (ނުވަދިހަ) ދުވަސް ކުރިން، މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ހުށަހަޅާ ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން، ކުރިއަށް އޮތް މާލީ އަހަރު ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެއެވެ.

(ނ) ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން ތަންފީޒުކުރެވެމުންދާ ގޮތާބެހޭ މައުލޫމާތާއި، އެ ޕްލޭނާ އެއްގޮތަށް އެހާތަނަށް ފުރިހަމަކުރެވިފައިވާ ހަރަކާތްތަކުގެ އަދާހަމަ، ކޮންމެ މާލީ އަހަރަކު 2 (ދޭއް) ފަހަރު ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން މުރާޖައާކުރުމާއި އާންމުކުރުން

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން މުރާޖައާކުރަން މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، އެ ޕްލޭން މުރާޖައާކުރުމަށްފަހު އިސްލާހުކުރެވޭ އަހަރީ ޕްލޭން ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން ރައްޔިތުންގެ މަޖިލީހުން ާސްކުރުމުން، އަދި މި މާއްދާގެ ދަށުން މުރާޖައާކުރާ ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، އެ ޕްލޭން މިނިސްޓަރު އާންމުކުރަންވާނެއެވެ.

 

 

ތިންވަނަ ބާބު

ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ

 

9 ވަނަ މާއްދާ - ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ

(ހ) ކޮންމެ މާލީ އަހަރެއްގައިވެސް، ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އެހީތެރިކަމާއެކު ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީއެއް މިނިސްޓަރު އެކުލަވާލައި އަދާހަމަކުރަމުން ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސްޓްރެޓަޖީ ވާންވާނީ، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަރަނި ބެލެހެއްޓުމާގުޅޭ މަގްސަދުތަކާ އެއްގޮތަށް، މެދުރާސްތާއަށް ކަނޑައަޅާފައިވާ ދައުލަތުގެ ދަރަންޏާގުޅޭ އޮޕަރޭށަނަލް އަމާޒުތައް ހާސިލުކުރުމަށް ރާވާފައިވާގޮތް ހިމެނޭ ޕްލޭނަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްޓްރެޓަޖީ އެކުލަވާލަންވާނީ، މެކްރޯއިކޮނޮމިކް އަދި ފިސްކަލް އޮނިގަނޑު އަސާސެއްގެ ގޮތުގައި ބަލައިގެން، ދައުލަތުގެ ދަރަނި މެނޭޖުކުރުމާގުޅޭ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއަށް ރިއާޔަތްކޮށްގެންނެވެ.

 

10 ވަނަ މާއްދާ - ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ ފާސްކުރުން

(ހ) ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ފާސްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ ފާސްކުރަންވާނީ ވަޒީރުންގެ މަޖިލީހުގެ މަށްވަރާއާއެކުގައެވެ. 

 

11 ވަނަ މާއްދާ - ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އާންމުކުރުން

(ހ) ދައުލަތުގެ ދަރަނި ހަރުދަނާ އުސޫލުތަކެއްގެ މަތިން އަދާކުރަމުން، ބަލަހައްޓަމުން ގެންދިޔުމަށްޓަކައި ސަރުކާރުން އަޅަމުންދާފިޔަވަޅުތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން ފާސްކުރާ ސްޓްރެޓަޖީ، ނުވަތަ ސްޓްރެޓަޖީގެ އަދާހަމަ، ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތަށްޓަކައި މިނިސްޓަރު ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހުށަހެޅުމާއެކު، އެ ސްޓްރެޓަޖީ އާންމުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީގައި ހިމަނަންޖެހޭ މައުލޫމާތު

ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީގައި މަދުވެގެން އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ސްޓްރެޓަޖީގައި ހިމަނާ މުއައްސަސާތަކާއި ދަރަނީގެ އިންސްޓްރުމަންޓްތައް؛

(ށ) މާލީ ބާޒާރަށާއި، ދަރަނީގެ ޕްރޮޖެކްށަންތަކަށާއި، އިންޓްރެސްޓް އަދި އެކްސްޗޭންޖް ރޭޓަށް އަންނާނެ ބަދަލުތައް ހިމެނޭގޮތުން، ދަރަނި މެނޭޖުކުރުމާ ގުޅޭގޮތުން އެއިރެއްގެ އަދި މުސްތަގުބަލަށް އަންދާޒާކުރެވޭ އިގްތިސާދީ އަދި ފިސްކަލް ސިޔާސަތުތަކާގުޅޭ ތަފްސީލީ މައުލޫމާތު؛

(ނ) ދެމެހެއްޓެނިވި މިންގަނޑަކަށް ދައުލަތުގެ ޖުމްލަ ދަރަނި ގެންދިޔުމަށްޓަކައި، ދަރަނި މެނޭޖުކުރުމާ ގުޅޭގޮތުން ކަނޑައަޅާ ލަނޑުދަނޑިތައް؛

(ރ) ދަރަންޏަށް ނަގާ ފައިސާއިން ކުރާނެ ބޭނުން؛

(ބ) މެދުރާސްތާގައި ދައުލަތުގެ އަހަރީ ބަޖެޓު ފައިނޭންސްކުރުމަށް ބޭނުންވާ ދަރަނީގެ މިންވަރާއި، ދަރަނި ނަގާނެ ގޮތްތައް؛

(ޅ) އެކްސްޗޭންޖް ރޭޓ،ްއިންޓްރެސްޓް ރޭޓް އަދި ރީފައިނޭންސްކުރުމުގެ ހިރާސްތައް ހިމެނޭހެން މާކެޓްގެ ހިރާސްތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލުތަކާއި، ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ދަރަނީގެ ޕޯޓްފޯލިއޯގެ މައުލޫމާތު؛

(ކ) ދައުލަތުގެ ޖުމްލަ ދަރަނީގެ ޕޯޓްފޯލިއޯގެ ތެރޭގައި ހިމެނޭ، ދައުލަތުގެ ބޭރުގެ ދަރަންޏާއި، އެތެރޭގެ ދަރަނި، އަދި އެހެނިހެން ކޮންޓިންޖެންޓް ލަޔަބިލިޓީތައް ނުހިމަނައި ދައުލަތުން ގެރެންޓީކޮށްދީފައިވާ ދަރަނީގެ މިންވަރ،ު އަދި ދަރަނީގެ ހިދުމަތުގެ ހަރަދު ބަހައްޓާނެ މިންވަރު؛

(އ) ހުށަހެޅިފައިވާ ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އެކުލަވާލުމަށް ކުރެވުނު ދިރާސާތަކުގެ ނަތީޖާތަކުގެ ތަފްސީލާއި، އެ ދިރާސާތަކުގެ ލިމިޓޭށަންތަކާއި، އެސަމްޕްށަންތަކާއި އަދި ސްޓްރެޓަޖީގެ ހުށަހެޅުންތަކަށް ބާރުދިނުމަށް ބޭނުންކުރެވުނު ހަރަދު ނުވަތަ ހިރާސް ޓްރޭޑް އޯފްތަކުގެ ތަފްސީލުތައް؛

(ވ) ލޯކަލް ކައުންސިލްތަކުގެ ޖުމްލަ ދަރަނީގެ މިންވަރު އަދި ލޯކަލް ކައުންސިލްތަކަށް ދައުލަތުން ގެރެންޓީކޮށްދޭ ދަރަނީގެ މިންވަރު؛

(މ) ސޮވްރިން ގެރެންޓީތަކުގެ ކުޑަބޮޑުމިނާއި، އެކުލެވިގެންވާ ގޮތާއި، އޭގެ ކޮންޓިންޖެންޓް ހަރަދުތަކާއި، އޭގެ ސަބަބުން ސްޓްރެޓަޖީއަށް ކުރިމަތިވެދާނެ ހިރާސްތަކާބެހޭ މައުލޫމާތު؛

(ފ) ދައުލަތުގެ ދަރަނީގެ ހިރާސްތައް ކުޑަކުރުމަށް އަޅަން ކަނޑައަޅާފައިވާ ނުވަތަ އަޅަމުންގެންދާ ފިޔަވަޅުތައް؛

(ދ) ދަރަނި މެނޭޖުކުރުމުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އަޅަން ކަނޑައަޅާފައިވާ ނުވަތަ އަޅަމުންގެންދާ ފިޔަވަޅުތައް؛ އަދި

(ތ) ވޭތުވެދިޔަ ދަރަނީގެ ސްޓްރެޓަޖީ ތަންފީޒުކުރެވިފައިވާ މިންވަރު.

 

 

ހަތަރުވަނަ ބާބު

ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި މެނޭޖުކުރުން

 

13 ވަނަ މާއްދާ - ދައުލަތުގެ ޖުމްލަ ދަރަނި ބެލެހެއްޓުން

ދައުލަތުގެ ޖުމްލަ ދަރަނި ބަލަހައްޓަންވާނީ ދެމެހެއްޓެނިވި މިންގަނޑެއްގެ 
ތެރޭގައި، ހިރާސްތައް ކުޑަވާނެ ގޮތެއްގެމަތިންނެވެ.

 

14 ވަނަ މާއްދާ - ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި މެނޭޖުކުރުމުގެ މަގްސަދުތައް 

ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި މެނޭޖުކުރުމުގެ މަގްސަދުތަކަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ، ދަރަނީގެ ހިރާސްތަކަށް ބެލުމަށްފަހު އެންމެ ހަރަދުކުޑަކޮށް ހޯދުމަށް މަގުފަހިކުރުން؛

(ށ) މާލީ ރަށްވެހި ބާޒާރު ސިންދަފާތުކުރުމާއި ތަރައްގީކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިކުރުން؛ އަދި

(ނ) ދަރަނި ނެގުމާއި އެނޫންވެސް ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކުރަންޖެހޭ ކަންކަން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކުރުމަށް މަގުފަހިކުރުން.

 

15 ވަނަ މާއްދާ - އިސް ޒިންމާ އޮތް ފަރާތް

މި ގާނޫނާއި ކަމާބެހޭ އެހެން ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ހިންގައި ތަންފީޒުކުރުމުގެ އެންމެ އިސް ޒިންމާ އުފުލާނީ މިނިސްޓަރެވެ. 

 

16 ވަނަ މާއްދާ - ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް އުފެއްދުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ސަރުކާރުގެ ދަރަނި ބެލެހެއްޓުމަށްޓަކައި މިނިސްޓަރު ކުރަންޖެހޭ ކަންކަން ކުރުމަށާއި ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ ނަމުގައި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާއެއް އުފައްދަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި މިނިސްޓްރީގެ "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ އެންމެހައި ގާނޫނީ ޒިންމާތަކާއި، މުވައްޒަފުންނާއި، މުދަލާއި ވަސީލަތްތަކާއި، އިލްތިޒާމުތަކާއި އިމްތިޔާޒުތައް، މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް އުފެދުމާއެކު، އެ ޑިޕާޓްމަންޓަށް ބަދަލުވީއެވެ.

(ނ) ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މަސައްކަތްކުރަންވާނީ، ޕްރޮފެށަނަލްކަމާއެކު، ސިޔާސީ ނުފޫޒުން ނުވަތަ އެނޫންވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެގެންނެވެ.

(ރ) ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.

 

17 ވަނަ މާއްދާ - ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ މަސްއޫލިއްޔަތުތައް

ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މި ގާނޫނުގެ ދަށުން ދައުލަތުން ނަގާފައިވާ ދަރަންޏާއި، ދޫކޮށްފައިވާ ސޮވްރިން ގެރެންޓީތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ޓްރެޒަރީ ލޯނާއި ސަބްސިޑިއަރީ ލޯނާބެހޭ މައުލޫމާތު ރެކޯޑުކުރުމާއި، ބެލެހެއްޓުމާއި، ރިޕޯޓުކުރުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަރަންޏާބެހޭ މައުލޫމާތު ރެކޯޑުކުރުމާއި، ބެލެހެއްޓުމާއި، ރިޕޯޓުކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ މިންގަނޑުތައް ކަނޑައެޅުން؛

(ނ) މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލަންޖެހޭ ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން އެކުލަވާލައި މިނިސްޓަރަށް ހުށަހެޅުން؛ 

(ރ) މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލަންޖެހޭ ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ އެކުލަވާލުމަށް ބޭނުންވާ އެހީތެރިކަން މިނިސްޓަރަށް ފޯރުކޮށްދިނުން؛

(ބ) މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލަންޖެހޭ ޑެޓް ބުލެޓިންއާއި ޑެޓް މެނޭޖްމަންޓާގުޅޭ އަހަރީ ރިޕޯޓު އެކުލަވާލުމަށް ބޭނުންވާ އެހީތެރިކަން މިނިސްޓަރަށް 
ފޯރުކޮށްދިނުން؛

(ޅ) މާލީ ރަށްވެހި ބާޒާރު ތަރައްގީކުރުމަށްޓަކައި އަންނަނިވި ކަންކަންކުރުން؛

  1. މާލީ ރަށްވެހި ބާޒާރުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތަފާތު ބާވަތުގެ ދަރަނީގެ އިންސްޓްރުމަންޓްތައް ތައާރުފުކުރުން؛
  2. މާލީ ރަށްވެހި ބާޒާރުގެ ސެކަންޑަރީ މާކެޓް ތަރައްގީކުރުމުގެ ގޮތުން ދަރަނީގެ އިންސްޓްރުމަންޓްތައް ގަނެވިއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން؛ 
  3. މާލީ ރަށްވެހި ބާޒާރު ތަރައްގީކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ގޮތުން ތަންޒީމީ ދައުރު އަދާކުރާ އިދާރާތަކާއި ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކާއެކު މަސައްކަތްކުރުން.

(ކ) މާލީ ބާޒާރުތަކަށް އެކްސެސްވުމަށާއި އެކްސެސް ދެމެހެއްޓުމަށްޓަކައި ބޭނުންވާ ގުޅުންތައް ގާއިމުކުރުން؛

(އ) ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛ 

(ވ) ދައުލަތުގެ ދަރަނި ދައްކަންޖެހޭ މުއްދަތުތަކުގައި ދެއްކުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން؛

(މ) ދައުލަތުގެ ދަރަނީގެ ޕޯޓްފޯލިއޯގައި ހިމެނޭ ހިރާސްތައް ކުޑަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން؛

(ފ) ސަރުކާރާއި، ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ދަރަންޏާގުޅޭ މައުލޫމާތު ރިޕޯޓުކުރުމާއި ދަރަންޏާގުޅޭ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެ ރިޕޯޓުތައް އާންމުކުރުމާގުޅޭ ކަންކަން ބެލެހެއްޓުން؛

(ދ) ދައުލަތުގެ ދަރަނީގެ މިންވަރާއި ޑެޓް ސަރވިސިންގގެ ށަރުތުތަކާގުޅޭ ކަންކަން ބަލަހައްޓައި މިނިސްޓަރަށް ރިޕޯޓުކުރުން؛

(ތ) ދައުލަތުން ނަގަން ހުށަހަޅާފައިވާ ދަރަނިތަކުގެ ށަރުތުތަކާ ގުޅޭގޮތުން މިނިސްޓަރަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ލަފާ ދިނުން؛ އަދި

(ލ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެނޫންވެސް މަސްއޫލިއްޔަތުތައް.

 

18 ވަނަ މާއްދާ - ދަރަނީގެ ހިރާސްތައް ކުޑަކުރުން

(ހ) މި ގާނޫނުގެ ދަށުން ދައުލަތުގެ ނަމުގައި ދަރަނި ނެގުމާއި، ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި މެނޭޖުކުރުމާއި، އަދި އެނޫންވެސް ދަރަންޏާ ގުޅިގެން ކުރިމަތިވެދާނެ ހިރާސްތައް ދެނެގަނ،ެ ދައުލަތުގެ ފިސްކަލް ޕޮލިސީއާ ތައާރުޒުނުވާ ގޮތެއްގެމަތިން އެ ހިރާސްތައް ކުޑަކުރުމަށް މަސައްކަތްކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. 

(ށ) ދަރަނީގެ ހިރާސްތައް ކުޑަވާނެ ގޮތެއްގެމަތިން ދައުލަތުގެ ދަރަނި ބެލެހެއްޓުމަށްޓަކައި މި ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމަށް އަމަލުކުރަންވާނީ، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ފިސްކަލް ހިރާސްތައް މެނޭޖުކުރުމާ ގުޅިގެން ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

 

ފަސްވަނަ ބާބު

ސޮވްރިން ގެރެންޓީ ދޫކުރުން

 

19 ވަނަ މާއްދާ - އާންމު މާއްދާތައް

(ހ) މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ ނަމުގައި ދަރަނި އަދާކުރާނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ސޮވްރިން ގެރެންޓީ ދޫކުރާނީ މިނިސްޓަރެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސޮވްރިން ގެރެންޓީ ދޫކުރުމުގެ ބާރާއި މަސްއޫލިއްޔަތުގެ ތެރޭގައި، އެ ގެރެންޓީ ދޫކުރުމުގެ ހުއްދަ ދިނުމާއި، އެ ގެރެންޓީ މެނޭޖުކޮށް ކަމާގުޅޭ އިދާރީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތުވެސް ހިމެނެއެވެ.

(ނ) ސޮވްރިން ގެރެންޓީ ދޫކުރެވޭނީ ހަމައެކަނި އާންމު މަސްލަހަތަށްޓަކައި، އަދި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން ކަނޑައަޅާ އެންމެ މަތީ މިންގަނޑާ ހަމައަށެވެ.

(ރ) ސޮވްރިން ގެރެންޓީ ދޫކުރާނީ މިނިސްޓަރު ސޮއިކޮށްފައިވާ ލިޔުމަކުންނެވެ. އަދި އެ ލިޔުމުގައި، ގެރެންޓީ ދޫކުރެވޭ ފަރާތާއި، ގެރެންޓީގެ ށަރުތުތަކާއި، ގެރެންޓީގެ ދަށުން ދައުލަތުން ފައިސާ ދައްކަންޖެހޭނެ އެންމެހައި ކޮންޓިންޖެންސީ ހާލަތްތައް ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ސޮވްރިން ގެރެންޓީއާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން ކަމެއް ފުރިހަމަވެފައިނުވާ ސޮވްރިން ގެރެންޓީގެ ކޮންމެ ލިޔުމަކީ ބާތިލު ލިޔުމެކެވެ. 

(ޅ) ސޮވްރިން ގެރެންޓީއެއް ދޫކުރުމުގެ ކުރިން، އެ ގެރެންޓީއެއްގެ ސަބަބުން ދައުލަތަށް ކުރިމަތިވެދާނެ ހިރާސްތަކާއި، އެ ގެރެންޓީއެއްގެ ށަރުތުތަކާއި، އެ ގެރެންޓީއަކަށް ނެގޭނެ ގެރެންޓީ ފީއާއި، އެ ގެރެންޓީއާ ގުޅިގެން ރަހުނެއް ނަގަން ޖެހޭނަމަ އެކަމަކާ ގުޅޭގޮތުން ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ލަފާ މިނިސްޓަރު ހޯދަންވާނެއެވެ.

(ކ) ސޮވްރިން ގެރެންޓީއަށް އެދޭ ފަރާތުން ގެރެންޓީ ފީ، އަދި ކަމާގުޅޭގޮތުން ކަނޑައަޅާފައިވާ އެނޫންވެސް ފީ ސަރުކާރަށް ދައްކަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި އެހެން އޮތްނަމަވެސް، އާންމު މަސްލަހަތަށް ފައިދާވާ މިންވަރަށް ރިއާޔަތްކޮށް، ވަކިވަކި މައްސަލަތަކުގައި ގެރެންޓީ ފީ އަދި ކަނޑައަޅާފައިވާ އެނޫންވެސް ފީ ނުވަތަ އެ ފީގެ ބައެއް، ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ލަފާގެމަތިން އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މައާފުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން ގެރެންޓީ ފީ އަދި ކަނޑައަޅާފައިވާ އެނޫންވެސް ފީ މައާފުކުރުމަށް ނިންމައިފިނަމަ، މައާފުކުރި ސަބަބާއެކު އެކަން ލިޔުމުން ގެރެންޓީއަށް އެދޭ ފަރާތަށް އަންގަންވާނެއެވެ.

(މ) ސޮވްރިން ގެރެންޓީތަކާ ގުޅިގެން ނެގޭ ގެރެންޓީ ފީ އަދި ކަނޑައަޅާފައިވާ އެނޫންވެސް ފީ ޖަމާކުރަންވާނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށެވެ.

(ފ) ސޮވްރިން ގެރެންޓީ ދޫކުރެވޭނެ ފަރާތްތަކާއި ދޫނުކުރެވޭނެ ފަރާތްތަކާއި، ސޮވްރިން ގެރެންޓީއަށް އެދި ހުށަހަޅާނެ ގޮތުގެ އިޖުރާއަތާއި، ހުއްދަ ދޫކުރުމުގެ އިޖުރާއަތާއި، ސޮވްރިން ގެރެންޓީއަށް ނެގޭ ގެރެންޓީ ފީއާއި އެހެނިހެން ފީއާއި، ފީ މައާފުކޮށްދެވޭނެ ހާލަތްތަކާއި، އެނޫންވެސް ކަމާގުޅޭ ތަފްސީލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ސޮވްރިން ގެރެންޓީގެ ދަށުން ފައިސާ ދެއްކުން އަދި ސޮވްރިން ގެރެންޓީ ބާތިލުކުރުން

(ހ) ސޮވްރިން ގެރެންޓީގެ ލިޔުމުގައި ބަޔާންކޮށްފައިވާ ދަރަނި ނަގާފައިވާ ފަރާތުން ދަރަނި ނުދެއްކޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ސޮވްރިން ގެރެންޓީ ދައުލަތުގެ ދަރަންޏަކަށް ބަދަލުވެގެންދާނެއެވެ. އެފަދައިން ސޮވްރިން ގެރެންޓީއެއް ދައުލަތުގެ ދަރަންޏަކަށް ބަދަލުވުމުގެ ސަބަބުން އުފެދޭ ދަރަނި، ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ދަރަނި ނެގޭ މިންވަރުގެ ތެރޭގައެއް ނުހިމެނޭނެއެވެ.

(ށ) އަންނަނިވި ހާލަތްތަކުގައި ސޮވްރިން ގެރެންޓީ ބާތިލުވެ، ބާތިލުވިކަން ރަޖިސްޓަރީކޮށް ރެކޯޑުކުރަންވާނެއެވެ.

  1. ސޮވްރިން ގެރެންޓީ ދޫކޮށްފައިވާ ދަރަނީގެ އެއްބަސްވުމާ އެއްގޮތަށް ދަރަނި ނެގި ފަރާތުން ދަރަނި އެއްކޮށް ދައްކައި ހަލާސްކުރުން؛
  2. ސޮވްރިން ގެރެންޓީ ދޫކޮށްފައިވާ ދަރަނީގެ އެއްބަސްވުން ބާތިލުވުން؛
  3. ސޮވްރިން ގެރެންޓީ ދޫކޮށްފައިވާ މުއްދަތު ހަމަވުން.

(ނ) ސޮވްރިން ގެރެންޓީ ދޫކޮށްފައިވާ ދަރަންޏެއް ނަގާފައިވާ ފަރާތަކުން އެ ދަރަނީގެ ބައެއް ނުދެއްކުމުގެ ސަބަބުން އެ ބައި ސޮވްރިން ގެރެންޓީއާ އެއްގޮތަށް ދައުލަތުން ދެއްކި ނަމަވެސް، 
ދަރަނީގެ ބާކީ އޮތް ބަޔާ ގުޅޭގޮތުން ދަރަނި ނެގި ފަރާތުން ދަރަނި ދޫކުރި ފަރާތަށް އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް އެގޮތުގައި ދެމިއޮންނާނެއެވެ.

 

21 ވަނަ މާއްދާ - ސޮވްރިން ގެރެންޓީގެ ދަށުން ދައްކާ ފައިސާ އަނބުރާ ހޯދުން

(ހ) ދަރަނި ދޫކުރި ފަރާތުން ސޮވްރިން ގެރެންޓީގެ ދަށުން ދަރަންޏަށް ފައިސާ ދެއްކުމަށް އަންގާ އެންގުމަކާ އެއްގޮތަށް ދައުލަތުން ފައިސާ ދައްކާ ހާލަތުގައި، ސަރުކާރުން ދަރަނި އަދާކުރުމަށް ދެއްކި ފައިސާގެ މިންވަރާއި، އެ ފައިސާއާގުޅޭ އެހެނިހެން ހަރަދުތައް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ޮތުގެމަތިން އަނބުރާ ހޯދިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވ،ާ ދަރަނި ނެގި ފަރާތުން ސަރުކާރަށް ފައިސާ ދެއްކުމުގެ ޒިންމާއަކީ މުތުލަގު އަދި އިތުރު ށަރުތަކާ ނުލައި ފުރިހަމަކުރަންޖެހޭ ޒިންމާއެކެވެ.

(ނ) ސޮވްރިން ގެރެންޓީއާއި އެ ގެރެންޓީއާ ގުޅިގެން ކުރާ އެހެނިހެން ހަރަދުތައް ހޯދުމަށް މި ގާނޫނާއި އެހެން ގާނޫނުތަކުގެ ދަށުން އެޅެން އޮތް އެންމެހައި ފިޔަވަޅުތައް މިނިސްޓަރު އަޅަންވާނެއެވެ.

(ރ) ސޮވްރިން ގެރެންޓީ ދޫކުރާއިރ،ު ސަރުކާރާއި ސޮވްރިން ގެރެންޓީ ދޫކުރެވޭ ދަރަނި ނަގާ ފަރާތުގެ ދެމެދުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭ އިންޑެމްނިޓީ އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި، ސޮވްރިން ގެރެންޓީގެ ދަށުން ފައިސާ ދެއްކުމަށް އަންގާ ހާލަތުގައި، ދަރަނި އަދާކުރުމަށް ދައްކަންޖެހިފައިވާ ފައިސާ ދަރަނި ނެގި ފަރާތުގެ ބޭންކް އެކައުންޓުން ވަގުތުން އުނިކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވާ ކަމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

 

ހަވަނަ ބާބު

ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުގެ ދަރަނި

 

22 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުން ދަރަނި ނެގުން

(ހ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭންގައި ހިމަނާފައިވާ މަށްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، އެ ކައުންސިލްތަކަށް ދަރަނި ނެގިދާނެއެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން ލޯކަލް ކައުންސިލްތަކަށް ދަރަނި ނެގޭނީ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކުތަކުންނާއި އެހެނިހެން މާލީ އިދާރާތަކުންނާއި އެހެނިހެން ލޯކަލް ކައުންސިލްތަކުންނެވެ.

(ނ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ލޯކަލް ކައުންސިލްތަކުން ދަރަނި ނެގުމުގައި އަމަލުކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

23 ވަނަ މާއްދާ - ކައުންސިލްތަކުގެ ދިގު މުއްދަތުގެ ދަރަނި

(ހ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ލޯކަލް ކައުންސިލަކަށް، އެ ކައުންސިލްގެ ތަރައްގީގެ ޕްލޭންގައި ހިމެނިފައިވާ މަށްރޫއުއެއް ހިންގުމަށްޓަކައި ދިވެހި ރުފިޔާއިން ދިގު މުއްދަތުގެ ދަރަނި ނެގުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން ލޯކަލް ކައުންސިލަކަށް ދަރަނި ނެގޭނީ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކަކުން ނުވަތަ އެނޫންވެސް މާލީ އިދާރާއަކުން، ނުވަތަ އެހެން ލޯކަލް ކައުންސިލަކުންނެވެ.

(ނ) ލޯކަލް ކައުންސިލަކަށް ދިގު މުއްދަތުގެ ދަރަންޏެއް ބޭރު ފައިސާއިން ނެގޭނީ ހަމައެކަނި ސަރުކާރާއެކު ސޮއިކުރާ ސަބްސިޑިއަރީ ލޯނު އެގްރީމަންޓެއްގެ ދަށުންނެވެ. އަދި އެފަދަ މުއާމަލާތްތައް ކުރިއަށްގެންދެވޭނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) ލޯކަލް ކައުންސިލަކުން ދިގު މުއްދަތުގެ އެއްވެސް ދަރަންޏެއް ނެގުމަށް ނިންމުމުގެ ކުރިން، ކައުންސިލްގެ އާންމު ބައްދަލުވުމެއްގައި މުޅި ކައުންސިލްގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކޮށް އެ ގަރާރު އާންމުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގަރާރުގައި ހިމަނަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ދަރަނީގެ އަދަދާއި، ދަރަނީގެ ށަރުތުތަކާއި، ދަރަނި ނަގާ ފަރާތުގެ ޑިއުޑިލިޖެންސްއާއި، ދަރަނި ނަގާ ބޭނުމާއި، ރަހުނެއް ހިމެނޭނަމަ ރަހުނާގުޅޭ ކަންކަމާއި، ދަރަނި އަނބުރާ ދެއްކުމަށް ފައިސާ ހަމަޖެހިފައިވާ ގޮތް ހިމަނަންވާނެއެވެ. އޭގެ އިތުރުން، އެ ދަރަންޏާއި އެ ދަރަނި ނެގުމާގުޅޭ އެއްވެސް ކަމެއް މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ށަރުތަކާ ހިލާފުނުވާނެ ކަމުގައި ބަޔާންކޮށް އެ ކައުންސިލްގެ މެންބަރުން ދޭ ޔަގީންކަން އެ ގަރާރުގައި ހިމަނާފައި އޮންނަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ލޯކަލް ކައުންސިލްތަކުން ފާސްކުރަންޖެހޭ ގަރާރުގައި ކޮންމެހެން ހިމަނަންޖެހޭ މައުލޫމާތުތަކުގެ ތަފްސީލާއި، ކައުންސިލްތަކަށް ދިގު މުއްދަތުގެ ދަރަނި ދޫކުރާ ފަރާތްތަކަށް ސެކިއުރިޓީގެ ގޮތުގައި ދޭނެ ރަހުނާ ގުޅޭގޮތުން ގަރާރުގައި ހިމަނަންޖެހޭ މައުލޫމާތާއި، ރަހުނުގެ ގޮތުގައި ކައުންސިލްތަކަށް ދޫނުކުރެވޭނެ ތަކެތީގެ މައުލޫމާތ،ު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ކ) ލޯކަލް ކައުންސިލްގެ ގަރާރަކުން ހުއްދަ ލިބިގެން ނަގާ ދަރަންޏަކީ، ކަނޑައެޅިގެން އެކަމަށް ބާރުދޭ ސޮވްރިން ގެރެންޓީއެއް އޮވެގެން މެނުވ،ީ ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް ލޯކަލް ކައުންސިލްގެ ދަރަނި ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް އިލްތިޒާމެއް އުފެދޭ ދަރަންޏެއް ކަމުގައެއް ނުވާނެއެވެ. ލޯކަލް ކައުންސިލްތަކުން ނަގާ އެފަދަ ދަރަނި ދެއްކުމުގެ ޒިންމާ އޮންނާނީ ހަމައެކަނި އެ ކައުންސިލްތަކުގެ މައްޗަށެވެ.

(އ) ކޮންމެ ދިގު މުއްދަތުގެ ދަރަންޏަކާގުޅޭ ށަރުތުތަކުގެ ތެރޭގައި، ދަރަނި ދެއްކުމަށް ބޭނުންކުރާނެ ވަސީލަތްތައް ކަނޑައެޅިފައި ހުންނަންވާނެއެވެ. އަދ،ި ލޯކަލް ކައުންސިލްގެ ބަޖެޓުގައި، ކޮންމެ މާލީ އަހަރެއްގައި ދަރަނި އަދާކުރުމަށް އެކަށައަޅާފައިވާ މިންވަރު ހިމަނަންވާނެއެވެ.

(ވ) ލޯކަލް ކައުންސިލަކުން ދިގު މުއްދަތުގެ ދަރަންޏެއް ނަގާ ކޮންމެ ފަހަރަކު، އެ ދަރަންޏެއް ނަގާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ދަރަނި ނެގިކަމުގެ ނޯޓިހެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކައުންސިލަކުން މިނިސްޓަރަށް ފޮނުވަންވާނެއެވެ.

(މ) މި މާއްދާގެ (ވ) ގެ ދަށުން ނޯޓިސް ދިނުމުގައި ކައުންސިލްތަކުން އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތ،ު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ކައުންސިލްތަކުގެ ކުރު މުއްދަތުގެ ދަރަނި

(ހ) ލޯކަލް ކައުންސިލްތަކުގެ ކުރު މުއްދަތުގެ ކޭށް ފްލޯ ޑެފިސިޓެއް ފައިނޭންސްކުރުމަށްޓަކައި އެ ކައުންސިލްތަކަށް ކުރު މުއްދަތުގެ ދަރަނި ނެގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި ނެގޭނީ ހަމައެކަނި ބޭންކް ލޯނު ނުވަތަ އޯވަރޑްރާފްޓް ނުވަތަ އެޑްވާންސް ކްރެޑިޓް ފެސިލިޓީ ނުވަތަ އެހެން ލޯކަލް ކައުންސިލަކުން ނަގާ ލޯނެވެ.

(ނ) މި ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދަރަނި ނެގޭނެ މިންވަރުގެ ގޮތުގައި މި ގާނޫނުގެ ދަށުން ކަނޑައަޅާ މިންވަރަށް ރިއާޔަތްކޮށް، ލޯކަލް ކައުންސިލްތަކުން ކޮންމެ އަހަރަކު ކުރު މުއްދަތުގެ ދަރަނި ނެގޭނެ މިންވަރު އެ ކައުންސިލެއްގެ މެންބަރުންގެ އަގުލަބިއްޔަތުން ކަނޑައަޅައި، ގަރާރެއް ފާސްކޮށް އާންމުކުރަންވާނެއެވެ.

(ރ) ލޯކަލް ކައުންސިލަކަށް ކުރު މުއްދަތުގެ ދަރަނި ނެގޭނީ ހަމައެކަނި ދިވެހި ރުފިޔާއިންނެވެ.

 

25 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުން ދަރަނި ނެގޭނެ މިންވަރު

(ހ) ލޯކަލް ކައުންސިލެއްގެ ޖުމްލަ ދަރަނި އެއްވެސް ވަގުތެއްގައި އެ ކައުންސިލްގެ ފާއިތުވި 3 (ތިނެއް) އަހަރުދުވަހުގެ އެވްރެޖް އާމްދަނީގެ (ސަރުކާރުންދޭ ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީ ނުހިމަނައި) 1/2 (ދެބައިކުޅަ އެއްބައި) އަށްވުރެ މަތިވެގެން ނުވާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ޖުމްލަ ދަރަނީގެ ތެރޭގައި، ދިގު މުއްދަތުގެ ދަރަންޏާއި، ކުރު މުއްދަތުގެ ދަރަނި އަދި ކައުންސިލުން ގެރެންޓީކޮށްފައިވާ ދަރަނީގެ ނުދައްކައި ބާކީ ހުރި މިންވަރު ހިމެނޭނެއެވެ.

 

26 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުން ލޯނު ދޫކުރުން

(ހ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 82 ވަނަ މާއްދާގެ ދަށުން އެހެން ލޯކަލް ކައުންސިލްތަކަށާއި މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން މިނިސްޓަރު ކަނޑައަޅާ އެހެނިހެން ފަރާތްތަކަށް ލޯނު ދޫކުރުމުގެ އިހްތިޔާރ،ު ލޯކަލް ކައުންސިލްތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލޯކަލް ކައުންސިލްތަކުން ލޯނު ދޫކުރުމާއި ލޯނު އަނބުރާ ހޯދުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުން ގެރެންޓީ ދިނުން

(ހ) ލޯކަލް ކައުންސިލެއްގެ %100 (ސަތޭކަ އިންސައްތަ) ހިއްސާ އޮންނަ ލޯކަލް އޮތޯރިޓީ ކުންފުންޏަކަށް ފިޔަވައި އެހެން އެއްވެސް ތިންވަނަ ފަރާތެއްގެ މާލީ ޒިންމާއަކާ ގުޅޭގޮތުން ލޯކަލް ކައުންސިލުން ގެރެންޓީއެއް ދީގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮންމެ ކުންފުންޏަކުން، އެ ކުންފުނީގެ ދަރަނީގެ ތެރެއިން ކައުންސިލުން ދޫކޮށްފައިވާ ގެރެންޓީއެއްގެ ދަށުން މަންފާ ނުލިބޭ ދަރަނިތަކަކީ ހަމައެކަނި އެ ކުންފުނީގެ އިލްތިޒާމުތަކެއް ކަމަށާއި، އެ ދަރަނިތަކާ ގުޅޭގޮތުން ސީދާގޮތުންވެސް ނުވަތަ ނުސީދާގޮތުންވެސް ލޯކަލް ކައުންސިލްގެ އިލްތިޒާމެއް ނެތްކަން އެ ކުންފުނީގެ ދަރަނިވެރިންނަށް އަންގަންވާނެއެވެ.

 

28 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުން ދަރަނި ނެގުމާގުޅޭ އިތުރު ށަރުތުތައް

(ހ) ލޯކަލް ކައުންސިލެއްގެ ފާއިތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ އޮޑިޓް ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް މޮޑިފައިޑް އޮޑިޓް އޮޕީނިއަނެއް ދީފައިވާނަމަ އެ ލޯކަލް ކައުންސިލަކަށް އެ އަހަރަކު ދަރަންޏެއް ނުނެގޭނެއެވެ.

(ށ) ލޯކަލް ކައުންސިލަކުން ނަގާފައިވާ ދަރަންޏަކަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކާފައިނުވާނަމަ، ދަރަނި އަދާކުރަންޖެހި ނުދައްކައިވާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް އިތުރު ނުވަތަ އާ ދަރަންޏެއް އެ ކައުންސިލަކަށް ނުނެގޭނެއެވެ.

(ނ) ލޯކަލް ކައުންސިލަކަށް ސަރުކާރުން ދޫކުރާ ގްރާންޓެއް ނުވަތަ ކައުންސިލަށް ލިބެންހުރި އާމްދަނީއެއް ނުވަތަ ހިލޭ އެހީއެއް ސެކިއުރިޓީގެ ގޮތުގައި ރަހުނުކޮށްގެންނުވާނެއެވެ.

 

29 ވަނަ މާއްދާ - ލޯކަލް ކައުންސިލުން ދަރަނި އަދާނުކުރުން

(ހ) ލޯކަލް ކައުންސިލަކުން ނަގާފައިވާ ދަރަންޏަކަށް ފައިސާ ދައްކަންޖެހޭ ތާރީހުގައި އެ ކައުންސިލަކުން ފައިސާ ދައްކާފައިނުވާނަމަ، ފައިސާ ނުދެއްކުނު ސަބަބާއި، ފައިސާ ެއްކުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އެ ކައުންސިލަކުން އަޅާނެ ފިޔަވަޅުތަކާބެހޭ ރިޕޯޓެއް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތ،ު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

30 ވަނަ މާއްދާ - ދައުލަތުގެ ކުންފުނިތަކުން ދަރަނި ނެގުމަށް ހުއްދަ ހޯދުން

(ހ) ސަރުކާރުން ސޮވްރިން ގެރެންޓީއެއް ދީގެން ނުވަތަ ސަރުކާރުން ދޫކުރާ ސަބްސިޑިއަރީ ލޯނެއްގެ ގޮތުގައި ދައުލަތުގެ ކުންފުންޏަކުން ދަރަންޏެއް ނަގާނަމަ، އެ ދަރަންޏެއް ނެގުމުގެ ކުރިން މިނިސްޓަރުގެ ހުއްދައަށް އެދި އެކަމާގުޅޭ ޕްރޮޕޯސަލަކާއެކު މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ދައުލަތުގެ ކުންފުނިން ހުށަހަޅާ ޕްރޮޕޯސަލާއި، އެއިރެއްގެ އަދި އަންދާޒާކުރެވޭ ފިސްކަލް، މާލީ އަދި ދަރަނީގެ ހާލަތަށް ރިއާޔަތްކޮށް، ކުންފުނިން ނެގުމަށް ހުށަހަޅާފައިވާ ދަރަންޏާ ގުޅޭގޮތުން އެސެސްމަންޓެއް ހަދައި، އެ އެސެސްމަންޓަށް ރިއާޔަތްކުރުމަށްފަހ،ު މިނިސްޓަރަށް އެކަމަށް ހުއްދަ ދެވިދާނެއެވެ.

(ނ) ދައުލަތުގެ ކުންފުންޏަކުން ހުށަހަޅާ ޕްރޮޕޯސަލެއް ލިބޭތާ ގިނަވަގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމާއެކު، މިނިސްޓަރު ހަދަންޖެހޭ އެސެސްމަންޓް ހަދައި، އެ އެސެސްމަންޓް ކުންފުނީގެ ބޯޑަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ސަރުކާރުން ސޮވްރިން ގެރެންޓީއެއް ދީގެން ދައުލަތުގެ ކުންފުންޏަކުން ދަރަނި ނެގުމަށްފަހ،ު އިތުރު އެއްވެސް ދަރަންޏެއް ނަގާނަމަ އަމަލުކުރާނެ އުސޫލު މިނިސްޓްރީން ކަނޑައަޅަންވާނެއެވެ. 

(ބ) މި މާއްދާގައި ބަޔާންކުރާ ހުއްދަތައް ދިނުމާއި، އެސެސްމަންޓް ހެދުމުގެ ކްރައިޓީރިއާއާއި އިޖުރާއަތާއި އެނޫންވެސް އެސެސްމަންޓާގުޅޭ ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ޅ) ކަނޑައެޅިގެން އެކަމަށް ބާރުދޭ ސޮވްރިން ގެރެންޓީއެއް އޮވެގެން މެނުވ،ީ ދައުލަތުގެ ކުންފުންޏަކުން ނަގާ ދަރަންޏަކީ، ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް، އެ ކުންފުނީގެ ދަރަނި ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް އިލްތިޒާމެއް އުފެދޭ ދަރަންޏެއް ކަމުގައެއް ނުވާނެއެވެ. އަދ،ި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަނި ދެއްކުމުގެ ޒިންމާ އޮންނާނީ ހަމައެކަނި އެ ކުންފުނިތަކުގެ މައްޗަށެވެ.

 

 

ހަތްވަނަ ބާބު

ދަރަނި މޮނިޓަރކުރުމާއި އޮޑިޓްކުރުމާއި ރިޕޯޓުކުރުން

 

31 ވަނަ މާއްދާ - ދައުލަތުގެ ދަރަނި މޮނިޓަރކުރުން

(ހ) ދައުލަތުގެ ދަރަނީގެ ތެރެއިން ނުދެއްކި ހުރި ދަރަންޏާއި، ސޮވްރިން ގެރެންޓީއާއި ދޫކޮށްފައިވާ ލޯނުތަކުގެ ސައްހަ ތަފްސީލީ މައުލޫމާތު ވަގުތުން ވަގުތަށް ރެކޯޑުކޮށް، އެކަށީގެންވާ ޑޭޓާބޭސްއެއްގައި ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުން ބަލަހައްޓަންވާނެއެވެ. އަދ،ި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތައް ދަރަނިވެރިވެފައިވާ މިންވަރު ގަވާއިދުން ބަލަމުން ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކުގެ ތެރެއިން ވަކިވަކި މުއައްސަސާތަކާއި އޮފީސްތަކުން ބަލަހައްޓަމުންދާ މައުލޫމާތު ބަލަހައްޓައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ޯރުކޮށްދިނުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި ދައުލަތުގެ ދަރަނި މޮނިޓަރކުރުމާ ގުޅޭގޮތުން މިނިސްޓަރު ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް އަންނަނިވި ބާރުތައް ލިބިގެންވެއެވެ.

  1. ފައިނޭންށަލް ނުވަތަ ނޮނ-ްފައިނޭންށަލް 
    ޕަރފޯމަންސާގުޅޭ މައުލޫމާތު ދިނުމަށް ދައުލަތުގެ 
    ކޮންމެ އިދާރާއަކަށް، ލޯކަލް ކައުންސިލަކަށް ނުވަތަ 
    ދައުލަތުގެ ކުންފުންޏަކަށް އެންގުން؛
  2. އަދާކޮށް ނުނިމި ހުރި ލޯނާއި ގެރެންޓީގެ މައުލޫމާތު ދިނުމަށް ދައުލަތުގެ އިދާރާތަކާއި، ދައުލަތުން ދަރަނި ނަގާފައިވާ ފަރާތްތަކާއި ދަރަނި ދޫކޮށްފައިވާ ފަރާތްތަކާއި ސޮވްރިން ގެރެންޓީ ދޫކޮށްފައިވާ ފަރާތްތަކުގައި އެދުން؛
  3. ލޯކަލް ކައުންސިލަކުން ނުވަތަ ދައުލަތުގެ ކުންފުންޏަކުން ސޮއިކޮށްފައިވާ ދަރަންޏާގުޅޭ އިންސްޓްރުމަންޓްތަކާގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް އެދުން.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކަމާބެހޭ އިދާރާއަކުން ފޯރުކޮށްދޭންވާނެއެވެ.

 

32 ވަނަ މާއްދާ - ރިޕޯޓުތައް އެކުލަވާލައި އާންމުކުރުން

ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އެހީތެރިކަމާއެކު މިނިސްޓަރު އަންނަނިވި މައުލޫމާތު އެކުލަވާލައި އާންމުކުރަންވާނެއެވެ.

(ހ) އަންނަނިވި މައުލޫމާތު ހިމެނޭ ޑެޓް ބުލެޓިންއެއް، ކޮންމެ ކުއާޓަރއެއް ނިމޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

  1. ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ނެގިފައިވާ ދަރަނި؛ 
  2. ސަރުކާރުގެ ދަރަނީގެ ބާކީ ހުރި މިންވަރާއި، އޭގައި އެކުލެވޭ ފައިސާގެ ބާވަތް؛
  3. ދަރަނީގެ ޕޯޓްފޯލިއޯއަށް އޮތް ހިރާސްތައް؛ 
  4. ފާސްކޮށްފައިވާ ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީއާ އެއްގޮތަށް ކަންކަން ކުރިއަށްގޮސްފައިވާ މިންވަރު؛ 
  5. ދަރަނި މެނޭޖުކުރުމާ ގުޅޭގޮތުން އައިސްފައިވާ އިދާރީ އަދި ގާނޫނީ ބަދަލުތައް؛
  6. އެނޫންވެސް އެހެން މުހިންމު މާލީ މައުލޫމާތު،

(ށ) އަންނަނިވި މައުލޫމާތު ހިމެނޭ ޑެޓް މެނޭޖްމަންޓާގުޅޭ އަހަރީ ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓު ވިދިގެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މިނިސްޓްރީން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

  1. ސަރުކާރުން ދަރަނި މެނޭޖުކުރުމުގައި، ދަރަނި ނެގުމުގެ އަހަރީ ޕްލޭނާއި، ފާސްކޮށްފައިވާ ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީއާ އެއްގޮތަށް އަމަލުކޮށްފައިވާ މިންވަރު؛
  2. ސަރުކާރުގެ ބާކީ ނުދެއްކި ހުރި ދަރަންޏާއި އެ ދަރަނި އަދާކުރުމާގުޅޭ ކަންކަން؛ 
  3. ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ނުނިމިވާ އެންމެހައި ލޯނުތަކާއި ހާއްސަކޮށް އޯވަރޑިއުވެފައިވާ ލޯނުތަކާއި، އޯވަރޑިއުވެފައިވާ މުއްދަތާއި، އޯވަރޑިއުވި ދުވަހުން ފެށިގެން އަރާފައިވާ އިންޓްރެސްޓް؛
  4. އެ އަހަރުގެ ތެރޭގައި ދޫކޮށްފައިވާ އެންމެހައި ސޮވްރިން ގެރެންޓީތަކާއި، އެ ގެރެންޓީތައް ޫކޮށްފައިވާ ދާއިރާ އަދި ކުންފުނިތައް ވަކިން އެނގޭނޭ ފަދައިން، ނުނިމި ހުރި އެންމެހައި ސޮވްރިން ގެރެންޓީތައް؛ 
  5. ކޮންމެ ލޯކަލް ކައުންސިލަކުން އެ އަހަރު ނަގާފައިވާ ދަރަންޏާއި، ސޮވްރިން ގެރެންޓީ ދީގެން ދައުލަތުގެ ކުންފުނިތަކުން އެ އަހަރު ނަގާފައިވާ ދަރަންޏާއި، އެ ދަރަނީގެ ބާކީ ހުރި މިންވަރު؛
  6. މާލީ އަހަރުގެ ތެރޭގައި ގެރެންޓީއާގުޅޭ ފީތައް ޖަމާކުރުމަށް ކަނޑައަޅާފައިވާ ފަންޑަށް ލިބިފައިވާ ފައިސާއާއި އެ ފަންޑުން ނަގާފައިވާ ފައިސާއާއި ނުދައްކައި ހުރި ފައިސާ އަދި އަހަރު ނިމުނުއިރު ފަންޑުގައި ބާކީ ހުރި މިންވަރު؛ އަދި 
  7. އޮޑިޓަރ ޖެނެރަލްގެ ލަފަޔާއެކު މިނިސްޓަރު ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ސްޓޭޓްމަންޓް އަދި ދައުލަތުގެ ގެރެންޓީޑް ދަރަނީގެ ސްޓޭޓްމަންޓް.

 

33 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ރިޕޯޓުކުރަންޖެހޭ ކަންކަން

(ހ) ލޯކަލް ކައުންސިލްތަކުން އެތަންތަނުގެ ބާކީ ހުރި ދަރަންޏާއި، އޯވަރޑްރާފްޓްތައް ހިމެނޭގޮތުން، އަލަށް ނަގާ ލޯނުތަކާއި، އެނޫންވެސް މާލީ އިލްތިޒާމުތަކާއި، ޒިންމާވާންޖެހޭއެހެނިހެން ކޮންޓިންޖެންސީތަކުގެ މައުލޫމާތާއި، މި ގާނޫނުގެ ދަށުން ގެރެންޓީ ދީގެން ދައުލަތުގެ ކުންފުނިތަކުން ނަގާފައިވާ ދަރަނީގެ މައުލޫމާތު ކޮންމެ އަހަރަކު، އެ އަހަރެއް ނިމޭތާ ގިނަވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރިޕޯޓުކުރާނެ ގޮތާއި ރިޕޯޓުގައި ހިމަނަންވާނެ މައުލޫމާތ،ު މިނިސްޓަރު އެކުލަވާލާ ގަވާއިދުގައި ހިމަނަންވާނެއެވެ.

(ނ) ލޯކަލް ކައުންސިލްތަކުންނާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏާގުޅޭ އެންމެހައި މައުލޫމާތު ބެލެހެއްޓުމަކީ އެފަރާތްތަކުގެ ޒިންމާއެކެވެ.

(ރ) ލޯކަލް ކައުންސިލްތަކުން ނަގާ ދަރަންޏާއި، ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަނީގެ ތެރެއިން ސަރުކާރުން ސޮވްރިން ގެރެންޓީ ދޫކޮށްފައިވާ ދަރަންޏާގުޅޭ އެންމެހައި ކަންކަން އޮޑިޓްކުރުމުގެ އިހްތިޔާރު އޮޑިޓަރ ޖެނެރަލަށްލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - އޮޑިޓްކުރުން 

(ހ) ދައުލަތުން ދަރަނި ނަގާފައިވާ މިންވަރާއި، އެ ދަރަނިތައް ދައްކަމުންދާ ގޮތާއި، ސޮވްރިން ގެރެންޓީތައް ބަލަހައްޓަމުންދާ ގޮތާއި، އެ ދަރަނިތަކާ ގުޅިގެން ބަހައްޓާފައިވާ ރަހުނު ހިމެނޭގޮތުން ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމުގެ އޮޕަރޭށަންތަކާގުޅޭ އޮޑިޓްތައް އޮޑިޓަރ ޖެނެރަލް ހަދައި، ކަމާގުޅޭ އޮޑިޓް ރިޕޯޓު އެކުލަވާލަންވާނެއެވެ. އަދ،ި އެފަދައިން އެކުލަވާލާ އޮޑިޓް ރިޕޯޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮޑިޓް ރިޕޯޓުތަކުގައި އިސްލާހުކުރަންޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރާ ކަންކަން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މިނިސްޓަރު އިސްލާހުކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - އެކްސްޓަރނަލް އޮޑިޓް

(ހ) އެކްސްޓަރނަލް ލެންޑަރުން ދައުލަތަށް ދަރަނި ދޫކުރުމުގައި މުޅި ދައުލަތުގެ ދަރަނީގެ ހާލަތު ދެނެގަތުމަށް ރިސްކް އެނަލިސިސްއެއް ހެދުމަށް ބޭނުންވާނަމަ، ނުވަތަ ދަރަނީގެ އެއްބަސްވުމެއްގައި ދައުލަތުގެ ދަރަންޏާބެހޭ އެކްސްޓަރނަލް ޮޑިޓެއް ހެދުމަށް ށަރުތުކޮށްފައިވާނަމަ، އެފަދަ އޮޑިޓެއް އިންޑިޕެންޑަންޓް އޮޑިޓަރެއް މެދުވެރިކޮށް ހިންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެކްސްޓަރނަލް އޮޑިޓެއް ހަދާނަމަ، އެ އޮޑިޓްކުރާ އޮޑިޓަރުގެ މަސްއޫލިއްޔަތުތަކާއި، އެ އޮޑިޓްކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އޮޑިޓަރ ޖެނެރަލްގެ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅަންވާނެއެވެ.

 

36 ވަނަ މާއްދާ - އޮޑިޓްކުރުމާގުޅޭ އިޖުރާއަތު

މި ގާނޫނުގެ ދަށުން ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ހަދަންޖެހޭ އޮޑިޓްތައް ކުރާނެ މުއްދަތުތަކާއި، އޮޑިޓްކުރުމުގެ އުސޫލުތަކާއި އިޖުރާއަތުތައް މި ގާނޫނުގެ ދަށުން އޮޑިޓަރ ޖެނެރަލް ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

37 ވަނަ މާއްދާ - އޮޑިޓް ރިޕޯޓު އާންމުކުރުން 

މި ގާނޫނުގެ ދަށުން ހަދާ ކޮންމެ އޮޑިޓަކާގުޅޭ އޮޑިޓް ރިޕޯޓު، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

 

އަށްވަނަ ބާބު

އެހެނިހެން

 

38 ވަނަ މާއްދާ - އެހެން ފަރާތަކާ މަސްއޫލިއްޔަތު ހަވާލުކުރުން

މި ގާނޫނުގެ ދަށުން މިނިސްޓަރަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރެއިން، ގަވާއިދު ހެދުމަށް ލިބިދީފައިވާ ބާރު ފިޔަވައި، އެހެން ހުރިހާ މަސްއޫލިއްޔަތެއް، ލިޔުމަކުން ދައުލަތުގެ އެހެން ފަރާތަކާ ހަވާލުކުރެވިދާނެއެވެ. އެފަދައިން މިނިސްޓަރުގެ މައްޗަށް އޮތް މަސްއޫލިއްޔަތެއް އެހެން ފަރާތަކާ ހަވާލުކުރުމަކީ މިނިސްޓަރު އަދާކުރަންޖެހޭ ޒިންމާއިން ނުވަތަ ލިބިދީފައިވާ ބާރު ބޭނުންކުރުމުން ބަރީއަވާނެ ކަމެއް ނޫނެވެ.

 

39 ވަނަ މާއްދާ - ހުއްދަ ނުހޯދައި ދަރަނި، ގެރެންޓީ އަދި ލޯނު ދޫކުރުމުގެ ނަތީޖާ

މިނިސްޓަރު ނުވަތަ މިނިސްޓަރު ލިޔުމުން ހުއްދަ ދީފައިވާ ދައުލަތުގެ ފަރާތެއް ފިޔަވައި އެހެން ފަރާތަކުން، ސަރުކާރުން ނުވަތަ ސަރުކާރުގެ ފަރާތުން ކަމަށް ދައްކައިގެން ސޮއިކޮށްފައިވާ ދަރަނި ނުވަތަ ސަބްސިޑިއަރީ ލޯނު ނުވަތަ ސޮވްރިން ގެރެންޓީ ލިޔުމެއްގައި ހިމެނޭ މާއްދާތަކަށް އަމަލުކުރަން ދައުލަތުގެ މައްޗަށް ލާޒިމެއް ނުވާނެއެވެ.

 

40 ވަނަ މާއްދާ - އެހެން ގާނޫނުތަކާ އެކުގައި މި ގާނޫނު ކިޔުން

މި ގާނޫނު ކިޔަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނާ އެކުގައެވެ.

 

41 ވަނަ މާއްދާ - ގާނޫނާ ތައާރުޒުވުން

(ހ) މި ގާނޫނުގެ މާއްދާއެއް މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެހެން ގާނޫނެއްގެ މާއްދާއަކާ ތައާރުޒުވާ ހާލަތުގައި އެފަދަ ގާނޫނުތަކުގެ މައްޗަށް އިސްވާނީ މި ގާނޫނެވެ.އެހެންނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ގާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ދައުލަތުގެ އަދި ލޯކަލް ކައުންސިލްތަކުގެ އަދި ދައުލަތުގެ ކުންފުނިތަކުގެ ދަރަނި އަދި ސޮވްރިން ގެރެންޓީތަކުގެ ސައްހަކަން އެގޮތުގައި ދެމިއޮންނާނެއެވެ.

(ށ) މި ގާނޫނުގެ މާއްދާތަކުގެ ތެރެއިން ދަރަނި ނުވަތަ ކޮންޓިންޖެންޓް ލަޔަބިލިޓީތަކުގެ މައުލޫމާތު އެއްކުރުމާއި، ރެކޯޑުކުރުމާއި ބެލެހެއްޓުމާއި ހާމަކުރުމާގުޅޭ ކަންކަން މާނަކުރަންވާނީ މި ގާނޫނުގެ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދ،ި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކަށް މާލީ މިނިވަންކަން ދިނުމާބެހޭ ހާއްސަ ނުވަތަ އާންމު ގާނޫނެއްގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެކަންކަމަށް އެއްވެސް ހަނިކަމެއް ނާންނާނެއެވެ. 

 

42 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކޮންމެހެން ބަޔާންކުރަންޖެހޭ ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާއި، އެކަމަކާ ގުޅޭގޮތުން ގަވާއިދު އެކުލަވާލެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަންކަމާއި، މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މި ގާނޫނުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ބަޔާންކޮށް، އަންނަނިވި ކަންކަން ހިމެނޭގޮތުން، މިނިސްޓަރު ގަވާއިދު އެކުލަވާލަންވާނެއެވެ.

  1. ސަރުކާރުން ދަރަނި ދޫކުރުމާއި ދަރަނި މެނޭޖުކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި އުސޫލުތައް؛
  2. ސޮވްރިން ގެރެންޓީ ދޫކުރުމާއި، ސޮވްރިން ގެރެންޓީ ދޫކުރުމުގެ ބޭނުމާއި، ދޫކުރެވޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތަކާއި، ގެރެންޓީ ދޫކުރެވޭނެ ށަރުތުތައް؛
  3. ސަރުކާރުގެ އަމިއްލަ ފައިސާއިން ނުވަތަ ޓްރެޒަރީ ލޯނާއި ސަބްސިޑިއަރީ ލޯނު މެދުވެރިކޮށް ލޯނު ދޫކުރުމާއި، އޭގެ ބޭނުމާއި ލޯނު ލިބިގަންނަ ފަރާތުގެ ކިބައިގައި ހުންނަންވާނެ ށަރުތުތަކާއި، ލޯނު ދޫކުރެވޭނެ ށަރުތުތައް؛
  4. ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އިދާރީ އޮނިގަނޑާއި އެ ޑިޕާޓްމަންޓްގެ ސަބްޔުނިޓްތަކުގެ މަސްއޫލިއްޔަތުތައް؛
  5. ލޯކަލް ކައުންސިލްތަކުން ދަރަނި ނެގުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް ހުއްދަ ދިނުމާގުޅޭ އިޖުރާއަތުތަކާއި، ދަރަނި ނެގުމުގެ ގޮތުން ލޯކަލް ކައުންސިލުން ފާސްކުރާ ގަރާރުގައި މަދުވެގެން ުންނަންޖެހޭނެ މައުލޫމާތާއި، ލޯކަލް ކައުންސިލްތަކަށް ރަހުނުގެ ގޮތުގައި ބޭނުންކުރެވިދާނެ ސެކިއުރިޓީއާ ގުޅޭގޮތުން އެއްވެސް ހުރަހެއް އޮތްނަމަ އެކަން؛
  6. ދައުލަތުން ސޮވްރިން ގެރެންޓީ ދީގެން ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏާގުޅޭ ޑެޓް ޕްރޮޕޯސަލްތައް ހުށަހަޅާނެ ގޮތާއި ށަރުތުތައް ވަޒަންކުރާނެ ގޮތް އަދި ސޮވްރިން ގެރެންޓީ ދޫކޮށްފައިވާ ދައުލަތުގެ ކުންފުނިތަކުން އިތުރަށް ދަރަނި ނެގުމުގައި އަމަލުކުރަންވީ އުސޫލު؛ 
  7. މި ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުންނާއި ދައުލަތުގެ ކުންފުނިތަކުން ރިޕޯޓުކުރަންޖެހޭކަންކަން.

(ށ) މި ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގަވާއިދު ފިޔަވައި މި ގާނޫނުގެ ދަށުން އޮޑިޓްކުރުމާގުޅޭ ގަވާއިދުތައް ހަދާނީ އޮޑިޓަރ ޖެނެރަލެވެ.

(ނ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

43 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ،ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަންނަނިވި މާއްދާތަކަށް ނުވަތަ އެއިން މާއްދާއަކަށް އަމަލުކުރެވެން އޮތ،ީ ވަކި އުސޫލުތަކެއް ނުވަތަ ނިޒާމުތަކެއް 
ތައާރުފުކޮށްގެންކަމަށް މިނިސްޓަރު ދޭ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، އެ މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރުން، އަންނަނިވި މުއްދަތުތަކަށް ފަސްކުރުމަށް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

  1. މި ގާނޫނުގެ 25 ވަނަ މާއްދާއަށް އަމަލުކުރުން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 24 (ސައުވީސް) މަސްދުވަހުގެ މުއްދަތަކަށް ފަސްކުރުން؛
  2. މި ގާނޫނުގެ 25 ވަނަ މާއްދާ ފިޔަވައި، އެނޫން އެހެން މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރުން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 12 )ބާރަ( މަސްދުވަހުގެ މުއްދަތަކަށް ފަސްކުރުން.

(ނ) މި ގާނޫނުގެ އެއްވެސް މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރުން ފަސްކުރުމަށް މި މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނީ، މި ގާނޫނު ތަސްދީގުކުރާއިރު ށާއިއުކުރާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ. އަދި އެ މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ތާރީހ،ު އެ ގަރާރުގައި ބަޔާންކުރަންވާނެއެވެ.

 

44 ވަނަ މާއްދާ - މާނަކުރުން 

މި ގާނޫނުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކާ ގުޅިގެން ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "ރަހުނުކުރުން" ނުވަތަ "ރަހުނު ބެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ދަރަންޏެއް ނަގާއިރ،ު އެ ދަރަނި އަދާނުކުރެވިއްޖެނަމަ، ދަރަނި ދޭ ފަރާތުގެ ހައްގު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއް ބެހެއްޓުމަށެވެ. ރަހުނަކީ މިގޮތުން ބެހެއްޓޭ ކޮންމެ އެއްޗެކެވެ.

(ށ) "ރީފައިނޭންސްކުރުން" ކަމަށް ބުނެފައި އެވަނީ، ކުރިން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ދަރަނި ނެގުމަށެވެ.

(ނ) "ރީސްޓްރަކްޗަރކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނީ އިޖުރާއަތެއްގެ ދަށުން ނުވަތަ ކްރެޑިޓަރުންނާ މަށްވަރާކޮށްގެން، ދަރަންޏެއްގެ ހަރަދުތަކަށް ނުވަތަ އެ ދަރަނި އަނބުރާ ދައްކަންޖެހޭ މުއްދަތަށް ނުވަތަ އެނޫންވެސް އެ ދަރަނީގެ އެހެން މާލީ އިލްތިޒާމުތަކާއި ށަރުތުތަކަށް ބަދަލު ގެނައުމަށެވެ.

(ރ) "ކުރު މުއްދަތުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދަރަނި ނަގާތާ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ދަރަނީގެ ގޮތުގައި އަނބުރާ ދައްކައި ހަލާސްކުރަންޖެހޭ ދަރަންޏަށެވެ.

(ބ) "ކޮންޓިންޖެންޓް ލަޔަބިލިޓީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ފުރިހަމަ ކޮންޓްރޯލް އެކަމެއްގައި ނެތްނަމަވެސް، މުސްތަގުބަލުގައި ހިނގައިފާނެ ހާދިސާއެއްގެ ސަބަބުން ދައުލަތުން އުފުލަންޖެހިދާނެ މާލީ ޒިންމާތަކަށެވެ. އޭގެ ތެރޭގައި ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި ހިމެނެއެވެ.

(ޅ) "އެކައުންޓްސް ޕޭޔަބަލްއާއި ރިސީވަބަލް" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން ދައުލަތަށް ނުވަތަ ދައުލަތުން ދައްކަންޖެހޭ ފައިސާއަށެވެ.

(ކ) "އޮޕަރޭށަނަލް އަމާޒުތައް" ކަމަށް ބުނެފައި އެވަނީ، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ވާސިލުވުމަށް، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި މެދުރާސްތާއަށް ކަނޑައަޅާ އަމާޒުތަކަށެވެ.

(އ) "ސްޕެށަލް ޑްރޯވިންގ ރައިޓްސް" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް މަނިޓަރީ ފަންޑުގައި ރަސްމީ ރިޒަރވްގެ ގޮތުގައި ދައުލަތުން ބަހައްޓާ ސްޕެށަލް ޑްރޯވިންގ ރައިޓްސްއަށެވެ.

(ވ) "މެކްރޯއިކޮނޮމިކް އަދި ފިސްކަލް އޮނިގަނޑު" ކަމަށް ބުނެފައި އެވަނީ، މެކްރޯއިކޮނޮމިކް އަދި ފިސްކަލް އަންދާޒާތައް ބޭނުންކޮށްގެން، އެ ދެބައިގެ އަންދާޒާތައް ބަޖެޓާއި އާމްދަނީއާ ގުޅުވައި، މެދުރާސްތާގެ ދައުލަތުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ބޭނުންކުރާ މޮޑެލްއަށެވެ.

(މ) "ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުން މުސްތަގުބަލުގައި މާލީ ޒިންމާ އުފުލާ ދަރަނީގެ ޕްރިންސިޕަލް އަދި/ނުވަތަ އިންޓްރެސްޓް ދައްކަންޖެހޭ މާލީ އިލްތިޒާމުތަކުގެ ތެރެއިން، ދަރަނީގެ އިންސްޓްރުމަންޓްތަކަށެވެ. ދަރަނީގެ އިންސްޓްރުމަންޓްތަކުގެ ތެރޭގައި މަނިޓަރީ ގޯލްޑާއި ސްޕެށަލް ޑްރޯވިންގ ރައިޓްސްއާއި، ކަރަންސީއާއި ޑިޕޮސިޓާއި، ޑެޓް ސެކިއުރިޓީއާއި، ލޯނާއި، އިންށުއަރަންސާއި ޕެންށަނާއި ސްޓޭންޑަޑައިޒްޑް ގެރެންޓީ ސްކީމާއި، އެކައުންޓްސް ޕޭޔަބަލްސްއާއި ރިސީވަބަލްސް ހިމެނެއެވެ.

(ފ) "ދަރަނި ނެގުން" ކަމަށް ބުނެފައި އެވަނީ، ދައުލަތުން ދަރަނީގެ އިންސްޓްރުމަންޓްތަކުގެ ތެރެއިން ފައިސާ ހޯދުމަށެވެ.

(ދ) "ދަރަނި ދެއްކުން" ނުވަތަ "ޑެޓް ސަރވިސް" ކަމަށް ބުނެފައި އެވަނީ، ދަރަނިން އުފެދޭ އިންޓްރެސްޓާއި ޕްރިންސިޕަލްގެ މައްޗަށް ބިނާކޮށް، ދައްކަންޖެހޭ އެންމެހައި ފައިސާގެ އިތުރުން ދަރަނި ނެގުމުގެ އިލްތިޒާމުތަކާއި ށަރުތުތަކާ އެއްގޮތަށް ދަރަންޏާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި އެހެނިހެން ހަރަދުތައް ދެއްކުމަށެވެ.

(ތ) "ދައުލަތުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ފިސްކަލް ޒިންމާގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ދަރަނީގެ އިންސްޓްރުމަންޓްތަކާއި، އެ ޗާޓަރުގައި ބަޔާންކުރާ ދައުލަތުގެ މާނައިގެ ތެރޭގައި ހިމެނޭ ފަރާތްތަކުން ނަގާ ދަރަންޏާއި، ދައުލަތުގެ މާނައިގެ ތެރޭގައި ނުހިމެނޭ ފަރާތެއް ނަގާފައިވާ ދަރަންޏަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ސޮވްރިން ގެރެންޓީއެއް އެ ދަރަނި ނަގާފައިވާ ފަރާތުން ނުދެއްކިއްޖެ ހާލަތުގައި، ދައުލަތުން އަދާކުރަންޖެހޭ ދަރަންޏަށެވެ.

(ލ) "ދައުލަތުގެ ޖުމްލަ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އެއް ފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ދައުލަތުގެ ދަރަނި ކޮންސޮލިޑޭޓްކުރުމަށްފަހ،ު ދައުލަތުން ނަގާފައިވާ ދަރަނީގެ ޖުމްލައަށެވެ.

(ގ) "ދައުލަތުގެ ނެޓް ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ޖުމްލަ ދަރަނިން ދައުލަތުގެ ދަރަންޏާގުޅޭ ފައިނޭންށަލް އެސެޓްސްގެ ޖުމްލަ އަދަދު އުނިކުރުމުން އަންނަ އަދަދަށެވެ.

(ޏ) "ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދުރާލާ ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ގާނޫނީ ށަހްސަކުން އަދާކުރަންޖެހޭ ދަރަނީގެ ޒިންމާއެއް (އެކުގައި ނުވަތަ އެއިން ބައެއް ވިޔަސް) ސަރުކާރުގެ ފަރާތުން އަދާކޮށްދޭނެކަމަށް ގާނޫނީ ގޮތުން ދޭ ޔަގީންކަމަށެވެ. އޭގެ ތެރޭގައި، ސަރުކާރުން ދޭ ޕޭމަންޓް ގެރެންޓީފަދަ އެހެނިހެން ކޮންޓިންޖެންޓް ލަޔަބިލިޓީތަކެއް ނުހިމެނެއެވެ.

(ސ) "ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ދަރަނީގެ ސިޔާސަތުތަކާއި، ދައުލަތަށް ބޭނުންވާ ފައިސާ އެންމެ ހަރަދުކުޑަކޮށް ހޯދުމަށާއި، ދަރަނީގެ ހިރާސްތައް ކުޑަކުރުމަށް ރާވާފައިވާ ގޮތަށެވެ. 

(ޑ) "ދިގު މުއްދަތުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދަރަނި ނަގާތާ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި ދަރަނީގެ ގޮތުގައި އަނބުރާ ދައްކައި ހަލާސްކުރަންޖެހޭ ދަރަންޏަށެވެ.

(ޒ) "ސަބްސިޑިއަރީ ލޯނު" ކަމަށް ބުނެފައި އެވަނީ، ދައުލަތުން ނަގާފައިވާ ދަރަންޏެއް ނުވަތަ އެއިން ބައެއް، ނުވަތަ ދައުލަތަށް ލިބިފައިވާ ހިލޭ އެހީއެއް ނުވަތަ އެއިން ބައެއް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ދަރަނީގެ އިންސްޓްރުމަންޓެއް މެދުވެރިކޮށް އެހެން ފަރާތަކަށް ދޫކުރުމަށެވެ.

(ޓ) "ސޮވްރިން ގެރެންޓީ" ކަމަށް ބުނެފައި އެވަނީ، ދުރާލާ ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ގާނޫނީ ށަހްސަކުން އަދާކުރަންޖެހޭ މާލީ ޒިންމާއެއް (އެކުގައި ނުވަތަ އެއިން ބައެއް) ދައުލަތުގެ ފަރާތުން އަދާކޮށްދޭނެކަމަށް ގާނޫނީ ގޮތުން ދޭ ޔަގީންކަމަށެވެ.

(ޔ) "ޑެޓް ސެކިއުރިޓީސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި ފަރާތަކަށް އެފަރާތެއްގެ ނަމުގައި ނުވަތަ ބެއަރަރ އިންސްޓްރުމަންޓްތަކެއްގެ ގޮތުގައި އިލެކްޓްރޯނިކް ނުވަތަ ކިތާބީ ލިޔެކިޔުމެއްގެ ގޮތުގައި ސަރުކާރުން ނުވަތަ ސަރުކާރުގެ ނަމުގައި އެހެން ފަރާތަކުން ދޫކުރާ ސެކިއުރިޓީތަކަށެވެ. ސަރުކާރުން ދޫކުރާ ސެކިއުރިޓީތަކުގެ ތެރޭގައި އިސްލާމިކް ސެކިއުރިޓީތަކާއި، ޕްރޮމިސަރީ ނޯޓުތަކާއި، އެފަދަ އެހެން މާލީ އިންސްޓްރުމަންޓްތައް ހިމެނެއެވެ.

(ޕ) "ޓްރެޒަރީ ލޯނު" ކަމަށް ބުނެފައި އެވަނީ، ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏަކާ ގުޅުމެއް ނެތި މި ގާނޫނުގައި ބަޔާންކޮށްފައިވާ ދަރަނީގެ އިންސްޓްރުމަންޓެއް މެދުވެރިކޮށް އެހެން ފަރާތަކަށް ދަރަންޏަށް ފައިސާ ދޫކުރުމަށެވެ.

(ޖ) "ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް ބޭނުންވާ އުމްރާނީ އަދި ބިނާރީ ތަރައްގީގެ ވަސީލަތްތައް ގާއިމުކުރުމަށް ދައުލަތުން މެދުރާސްތާގައި އިސްކަމެއް ދީގެން ހިންގުމަށް ރާވާފައިވާ މަށްރޫއުތަކުގެ ޕްލޭނަށެވެ.

(ޗ) "އާންމު މަސްލަހަތު" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތުން، އާންމު މަސްލަހަތު ކުރިއެރުވުމުގެ މަގްސަދުގައި ކުރާ ކަންކަމަށެވެ.

  1. އިޖްތިމާއީ އަދި އިގްތިސާދީ ފައިދާ މުޅި މުޖުތަމައަށް ނުވަތަ މުޖުތަމައުގެ ބޮޑު ބަޔަކަށް ފޯރުކޮށްދިނުން؛ 
  2. ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީ ކުރިއެރުވުން؛ އަދި
  3. މާކެޓް ފެއިލިއަރގެ ސަބަބުން ކްރެޑިޓް މާކެޓްތަކުން ކްރެޑިޓްވަރތީ ފަރާތްތަކަށް ލޯނު ނެގެން ނުހުންނަ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވުން.

(ހހ) "އާންމުކޮށް ށާއިއުކުރުން" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގެ ވެބްސައިޓުގައި ނުވަތަ ފޮތެއްގެ ސިފައިގައި ނުވަތަ އެނޫންވެސް ގޮތަކުން އާންމުކޮށް ށާއިއުކުރުމަށެވެ.

(ށށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާގުޅޭ ކަންކަން ހިންގުން އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ނނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ރރ) "މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، 1 ޖަނަވަރީން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތުގެ ފެށޭ ދުވަހާއި ނިމޭ ދުވަސް ހިމެނެއެވެ.

(ބބ) "މެދުރާސްތާ" ކަމަށް ބުނެފައި އެވަނީ، މުސްތަގުބަލުގައި މެދުނުކެނޑި އަންނަން އޮތް ތިން މާލީ އަހަރުގެ މުއްދަތަކަށެވެ.

(ޅޅ) "ދައުލަތް" ކަމަށް ބުނެފައި އެވަނީ، ޕަބްލިކް ފައިނޭންށަލް ކޯޕަރޭށަންތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ފިޔަވައި، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ލޯކަލް ކައުންސިލްތަކާއި، ދައުލަތުގެ ކުންފުނިތަކަށެވެ. 

(ކކ) "ދައުލަތުގެ ފިސްކަލް ޒިންމާގެ ޗާޓަރު" ކަމަށް ބުނެފައި އެވަނީ، ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ 6 (ހައެއް) މަސްދުވަސް ހަމަވުމުގެ ކުރިން، އެ ރިޔާސީ ދައުރުގެ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް އަމަލުކުރަންޖެހ،ޭ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނާ އެއްގޮތްވާ ޮތުގެމަތިން އެ ގާނޫނުގެ ދަށުން މިނިސްޓަރު އެކުލަވާލާ ޗާޓަރަށެވެ.

(އއ) "ދައުލަތުގެ ފިސްކަލް ސްޓްރެޓަޖީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި އެ އިބާރާތަށް ދީފައިވާ މާނަކުރުމަށެވެ.

(ވވ) "ދައުލަތުގެ ބަޖެޓު" ނުވަތަ "ދައުލަތުގެ އަހަރީ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މާއްދާގެ (ށ) ގެ ދަށުން އެ މަޖިލީހުން ފާސްކުރާ ބަޖެޓަށެވެ.

(މމ) "ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާނައިގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާ އެންމެހައި އިދާރާތަކަށާއި، މުއައްސަސާތަކަށާއި، ލޯކަލް ކައުންސިލްތަކަށެވެ.

(ފފ) "ދައުލަތުގެ ކުންފުނިތައް" ކަމަށް ބުނެފައި އެވަނީ، މާލީ އިދާރާތަކާއި މަރުކަޒީ ބޭންކް ފިޔަވައި، މިލްކުވެރިކަމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ސަރުކާރުން ނުވަތަ ލޯކަލް ކައުންސިލަކުން އެއްކޮށް ނުވަތަ ބޮޑު ބައި ކޮންޓްރޯލްކުރާ ކުންފުނިތަކަށެވެ.

(ދދ) "ދައުލަތުގެ ޕަބްލިކް ފައިނޭންށަލް ކޯޕަރޭށަންތައް" ކަމަށް ބުނެފައި އެވަނީ، މަރުކަޒީ ބޭންކް ފިޔަވައި، މާލީ އިދާރާތަކާއި ބޭންކްތައް ހިމެނޭގޮތުން، މިލްކުވެރިކަމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ސަރުކާރުން އެއްކޮށް ނުވަތަ ބޮޑު ބައި ކޮންޓްރޯލްކުރާ ކޯޕަރޭށަންތަކަށެވެ.

(ތތ) "ލޯކަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގޮތުން ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.

(ލލ) "ލޯނު" ކަމަށް ބުނެފައި އެވަނީ، ނޮން ނެގޯށިއެބަލް ޑޮކިއުމެންޓް/ އެގްރީމަންޓެއް މެދުވެރިކޮށް ކްރެޑިޓަރެއް ޑެޓަރއަށް ފަހުން އަނބުރާ ދައްކާ ގޮތަށް ފައިސާ ދިނުމަށެވެ.

(ގގ) "ސަރުކާރު" ކަމަށް ބުނެފައި އެވަނީ، ލޯކަލް ކައުންސިލްތައް ނުހިމަނައި ދައުލަތުގެ ހުރިހާ މުއައްސަސާއެއް ހިމެނޭގޮތަށެވެ.

(ޏޏ) "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މިނިސްޓްރީގައި ގާއިމުކުރާ ޑިޕާޓްމަންޓަށެވެ.

(ސސ) "ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުގެ ނަމުގައި ހުޅުވައި، ބަލަހައްޓަމުންދާ ޕަބްލިކް ފަންޑުތަކުގެ ހިސާބަށެވެ.

(ޑޑ) "ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް" ކަމަށް ބުނެފައި އެވަނީ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ފަންޑަށެވެ.

(ޒޒ) "މަރުކަޒީ ބޭންކް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

(ޓޓ) "މޮޑިފައިޑް އޮޑިޓް އޮޕީނިއަން" ކަމަށް ބުނެފައި އެވަނ،ީ އިންޓަރނޭޝަނަލް އޮޑިޓް ސްޓޭންޑަރޑް ތަކުގައި މޮޑިފައިޑް އޮޕީނިއަންގެ ގޮތުގައި ބަޔާންކޮށްފައިވާ "ޑިސްކްލޭމަރ އޮފް އޮޕީނިއަން" ނުވަތަ "ކޮލިފައިޑް އޮޕީނިއަން" ނުވަތަ "އެޑްވާންސް އޮޕީނިއަން" އަށެވެ.

(ޔޔ) "މާލީ ރަށްވެހި ބާޒާރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އެތެރޭގެ ބާޒާރު ނުވަތަ ޑޮމެސްޓިކް މާކެޓްގައި ފައިނޭންށަލް އިންސްޓްރުމަންޓްތައް ގަނެވިއްކުމުގައި އުފެދޭ ބާޒާރަށެވެ. 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު