-

ސަރވިސް އެޑްރެސް

"ސަރވިސް އެޑްރެސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުނިން ނުވަތަ ކުންފުނީގެ މެންބަރަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ސެކްރެޓަރީ، އެ ފަރާތެއްގެ ސަރވިސް އެޑްރެހުގެ ގޮތުގައި ގާއިމުކުރ،ާ ގާނޫނުގެ ދަށުން ރަޖިސްޓްރާރގެ ފަރާތުން އެ ފަރާތަކަށް ފޮނުވަންޖެހޭ ނޯޓިހާއި ގާނޫނީ ލިޔެކިޔުން ފޮނުވުމަށާއި އެހެނިހެން މުއާމަލާތްތައް ކުރުމަށް، އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން އެ ފަރާތަކާ މުއާމަލާތްކުރާ އެހެނިހެން ފަރާތްތަކުން، އެ ފަރާތަކަށް ފޮނުވަންޖެހޭ ގާނޫނީ ނޯޓިހާއި ލިޔެކިޔުން އެ އެޑްރެހަކުން ބަލައިގަތުމަށް ކަނޑައަޅައި، ރަޖިސްޓްރާރގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ ސަރވިސް އެޑްރެހަށެވެ.