-

ކޮންޓްރޯލް (ކުންފުންޏާއި ގުޅޭ)

"ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ:

  1. ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން އަޣްލަބިއްޔަތުގެ ޑިރެކްޓަރުން އައްޔަނުކުރުމުގެ ހައްގު ލިބިގެންވުމަށް؛ ނުވަތަ
  2. ކުންފުނީގެ ހިންގުމުގެ ނުވަތަ ސިޔާސަތުތައް ނިންމުމުގެ ހައްގު ލިބިގެންވާ ފަރާތެއް ނުވަތަ އެހެން މީހަކާ ނުވަތަ ބަޔަކާއެކު އެ ހައްގު ލިބިގެންވާ ފަރާތެއް، ސީދާކޮށް ނުވަތަ ނުސީދާކޮށް ކޮންޓްރޯލްކުރުމަށް؛ އެއީ، ހިއްސާއާ ގުޅިގެން ނުވަތަ މެނޭޖްމަންޓުގެ ހައްގުތަކަކާ ގުޅިގެން ނުވަތަ ހިއްސާދާރުންގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ވޯޓުދިނުމާ ގުޅޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަމަށްވީ ނަމަވެސްމެއެވެ.