ފުލް ރިކޮގްނިށަން
"ފުލް ރިކޮގްނިށަން" ކަމަށް ބުނެފައި އެވަނީ، ރިކޮގްނިށަނަށް އެދި ހުށަހަޅާ މަރުކަޒަކުން އެކަމަށް އެދޭއިރު އެ މަރުކަޒުން ފޯރުކޮށްދޭ ހުރިހާ ޕްރޮގްރާމަކީ ފުރިހަމަވާންޖެހޭ އެންމެ ދަށް މިންގަނޑަށާއި ގަވާއިދުތަކަށް ފެތޭ ޕްރޮގްރާމުތަކަކަށް ވާނަމަ، ބާރ ކައުންސިލްގެ ރިކޮގްނިށަން ޕެނަލުގެ ލަފާގެ މަތީން، އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން އެ މަރުކަޒަކަށް ފުލް ރިކޮގްނިށަން ލިބިފައިވާ މަރުކަޒެއްގެ ދަރަޖަ، ތައުލީމާ ބެހޭ ގަވާޢިދު (ގަވާއިދު ނަންބަރު 2024-35) ގެ 17 ވަނަ މާއްދާގެ (ބ) ގެ ދަށުން ދިނުމަށެވެ.