-

ޖެންޑަރ މެއިންސްޓްރީމް ކުރުން

"ޖެންޑަރ މެއިންސްޓްރީމް ކުރުން" ކަމަށް ބުނެފައި އެވަނީ، ހުރިހާ ދާއިރާއަކާއި ފަންތިއެއް ހިމެނޭ ގޮތުން، ގާނޫނު ހެދުމާއި، ސިޔާސަތުތަކާއި ޕްރޮގްރާމްތައް މެދުވެރިކޮށް ރާވާ އެއްވެސް ހަރަކާތެއްގެ ސަބަބުން އަންހެނުންނަށާއި ފިރިހެނުންނަށް ކުރިމަތިވާނެ އަސަރުތައް ވަޒަންކުރުމަށެވެ. މިއީ، ސިޔާސީ ދާއިރާއާއި، އިޖުތިމާއީ ދާއިރާއާއި، އިގްތިސާދީ ދާއިރާތަކުގައި ސިޔާސަތާއި ޕްރޮގްރާމްތައް ބައްޓަންކުރުމުގައްޔާއި، ތަންފީޒުކުރުމުގައްޔާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ މަރުހަލާތަކުގެ އަސާސީ ބައެއް ކަމުގައި، އަންހެނުންނާއި ފިރިހެނުންގެ ކަންބޮޑުވުންތަކާއި ތަޖުރިބާތައް ހިމެނުމަށް ޓަކައި ގެންގުޅޭ ސްޓްރެޓެޖީއެކެވެ. މީގެ މަގުސަދަކީ، އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމައަށް މަންފާ ލިބުމާއި، ނަހަމަ ކަންކަން ވިޔަނުދިނުމާއި، ޖެންޑަރ އިކުއަލިޓީ ގާއިމްކުރުމެވެ.