ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ކޮންސޮލިޑޭޓެޑް ނަންބަރު 2020-117)
(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) އިންނާއި ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިބިދޭ ބާރާއި އިހްތިޔާރު ތަންފީޒުުކުރުމުގައި، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 40 ވަނަ މާއްދާއާއި 21 ވަނަ މާއްދާގެ (ނ) ގެ 6 އަށް ހަވާލާދީ، ފަނޑިޔާރަކު އެދިއްޖެނަމަ، އެ ފަނޑިޔާރަކު އައްޔަނު ކުރެވިފައިވާ ކޯޓުން އެ ދަރަޖައިގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެގޮތް ކަނޑައަޅާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރެވޭނެގޮތް
(ހ) މި ގަވާއިދުގެ ދަށުން ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރަންވާނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ފަނޑިޔާރަކު އޭނާ އައްޔަނު ކޮށްފައިވާ ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުވުމަށް އެދި ކޮމިށަނަށް ލިޔުމުން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ކޮމިށަނުން ނިންމާ ނިންމުމެއްގެ ދަށުންނެވެ.
(ށ) މި ގަވާއިދުގެ (ހ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުމަކީ، މި ގަވާއިދުގެ 3 ވަނަ މާއްދާއިން ފެށިގެން 5 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމަށް ރިއާާޔަތްކުރުމަށްފަހު، ކޮމިށަނުގެ ވަޒީފާ ކޮމިޓީން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް، ކޮމިށަނުގެ ރަސްމީ ޖަލްސާއަކަށް ހުށަހަޅައި، ފާސްވެފައިވާ ނިންމުމެއް ކަމުގައި ވާންވާނެއެވެ.
3 ވަނަ މާއްދާ - ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރެވޭނެ ހާލަތްތައް
މި ގަވާއިދުގެ ދަށުން ފަނޑިޔާރަކު އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރެވޭނީ، އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއްގައެވެ.
(ހ) އެ ފަނޑިޔާރަކު އަމިއްލައަށް އެހެން ކޯޓަކަށް ބަދަލުވާން އެދުމުން.
(ށ) ކޮމިށަނުން ވަކި ކޯޓެއް ނުވަތަ ކޯޓުތަކެއް ކަނޑައަޅައި، އެ ކޯޓަކަށް ނުވަތަ އެއިން ކޯޓަކަށް ބަދަލުވުމަށް އެދި ހުށަހެޅުމަށް ފަނޑިޔާރުންނަށް އާންމުކޮށް ހުޅުވާލުމުން.
4 ވަނަ މާއްދާ - ބަދަލުވާން އެދި ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ ށަރުތުުތައް
މި ގަވާއިދުގެ ދަށުން ފަނޑިޔާރަކު އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރެވޭނީ، އަންނަނިވި ށަރުތުުތައް ފުރިހަމަވާނަމައެވެ.
(ހ) ފަނޑިޔާރަކު ބަދަލުވާން އެދޭ ކޯޓަކީ އެ ފަނޑިޔާރަކު ހުރި ކޯޓާ އެއް ދަރަޖައެއްގެ ކޯޓެއްކަމުގައިވުން.
(ށ) ފަނޑިޔާރަކު ބަދަލުވާން އެދޭ ކޯޓުގައި ހުސް މަގާމެއް އޮތުން. ނުވަތަ އެ ފަނޑިޔާރަކު ބަދަލުވާން އެދޭ ކޯޓުގައި ހުރި ފަނޑިޔާރު އެ ބަދަލުވާ ފަނޑިޔާރު ހުރި ކޯޓަށް ނުވަތަ މަގާމު ހުސްކޮށް އޮތް އެ ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުވާން އެދުން.
(ނ) (އުނި ކުރެވިފައި)
(ނ) އެ ފަނޑިޔާރަކު އައްޔަނު ކޮށްފައިވާ ކޯޓަކީ ގާނޫނަކުން އެ ކޯޓެއްގައި މަދުވެގެން ތިބެންޖެހޭ ފަނޑިޔާރުންގެ އަދަދު ކަނޑައަޅާފައިވާ ކޯޓެއްނަމަ، އެ ފަނޑިޔާރަކު އެ ކޯޓުން ބަދަލުވުމުން އެ ކޯޓުގައި ތިބެންޖެހޭ ފަނޑިޔާރުންގެ އަދަދު މަދުނުވުން. ނުވަތަ މި މާއްދާގެ (ށ) ގައިވާ ގޮތަށް އެހެން ކޯޓެއްގެ ފަނޑިޔާރަކު އެ ކޯޓަށް ބަދަލުވާން އެދުން.
(ރ) ބަދަލުވާން އެދިފައިވާ ކޯޓުގެ މުވައްޒަފުންގެ ތެރޭގައި އެ ފަނޑިޔާރަކު އެ ކޯޓަށް ބަދަލުވުމުން، ގަވާއިދު ނަންބަރު 2011-18 (ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011) ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް އޮތް މުވައްޒަފަކު ނެތުން. (އިތުރު ކުރެވި ނަންބަރަށް ބަދަލު ގެނެވިފައި)
5 ވަނަ މާއްދާ - ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުމުގައި ރިއާާޔަތް ކުރާނެ ކަންކަން
ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓު ބަދަލުކޮށްދިނުމަށް އެދި ހުށަހެޅުމުން، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާާޔަތްކޮށް، އަދުލު އިންސާފު ގާއާިމުކުރުމުގެ ބާރުގެ އާންމު މަސްްލަހަތު އިސްވާނެ ގޮތަށް، އަދި ކޯޓުތަކުގެ މަސައްކަތަށް ދަތިނުވާނެ ގޮތެއްގެ މަތިން، އެ ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުމަކީ ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިބިގެންވާ އިހްތިޔާރެކެވެ.
(ހ) އެ ފަނޑިޔާރަކާ ގުޅޭގޮތުން ޖުޑީށަލް ސަރވިސް ކޮމިށަނަށް ށަކުވާއެއް ހުށަހެޅިފައިވާނަމަ، އަދި އެ ށަކުވާއަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީީގުކުރަމުންދާ ނުވަތަ ތަހްގީީގުކޮށްނިމި ސާބިތުވެފައިވާ މައްސަލައެއްނަމަ، އެ މައްސަލައެއްގެ ކުޑަބޮޑުމިނަށް ނުވަތަ އެ މައްސަލައެއްގެ ސީރިއަސްކަމަށް.
(ށ) ފަނޑިޔާރު އެހެން ކޯޓަކަށް ބަދަލުވާން އެދޭ ސަބަބު.
(ނ) އެ ފަނޑިޔާރު ހުރި ކޯޓަށް އައްޔަނު ކުރި ފަހުން، ނުވަތަ އަމިއްލައަށް އެދިގެން އެހެން ކޯޓަކަށް ބަދަލުވިފަހުން ހިނގައިފައިވާ މުއްދަތު. (އިތުރު ކުރެވިފައި)
(ރ) އެ ފަނޑިޔާރަކު އައްޔަނު ކޮށްފައިވާ ކޯޓަށް ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހު ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދާއި އެ ފަނޑިޔާރަކު ބަދަލުވުމަށް އެދިފައިވާ ކޯޓަށް ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހު ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދު.
(ބ) އެ ފަނޑިޔާރަކު އައްޔަނު ކޮށްފައިވާ ކޯޓު ބަދަލުކޮށްދިނުން އެދި ހުށަހެޅި ތާރީހާާ ހަމައަށް ފާއިތުވި 2 (ދޭއް) އަހަރުދުވަހު ހަވާލުކޮށްފައިވާ މައްސަލަތަކުގެ އަދަދާއި، އެ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ނިންމާފައިވާ މައްސަލަތަކުގެ އަދަދާއި، ކޯޓު ބަދަލުކޮށްދިނުން އެދި ހުށަހެޅި ތާރީހާާ ހަމައަށް ނުނިމިހުރި ހުރިހާ މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތައް ނުނިމިހުރި ސަބަބުތައް.
(ޅ) އެ ފަނޑިޔާރަކު އައްޔަނު ކޮށްފައިވާ ކޯޓާއި، އެފަނޑިޔާރު ބަދަލުވާން އެދި ހުށަހަޅާފައިވާ ކޯޓުގެ އިހްތިސްާސްް ތަފާތު ކަމުގައި ވާނަމަ، ފަނޑިޔާރުގެ ގާބިލުކަމަށް ބަލާއިރު، އެ ފަނޑިޔާރަކު މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ކޯޓަކީ ކޮން ކޯޓެއްކަން.
(ކ) އެ ފަނޑިޔާރަކު އައްޔަނު ކޮށްފައިވާ ކޯޓު ހިމެނޭ ކްލަސްޓަރގައި ހުރި ކޯޓުތަކުގެ އަދަދާއި އެ ކްލަސްޓަރގެ ފަނޑިޔާރުންގެ ނިސްބަތް (ރޭށިިއޯ)، އަދި ބަދަލުވުމަށް އެދި ހުށަހަޅާފައިވާ ކްލަސްޓަރގައި ހުރި ކޯޓުތަކުގެ އަދަދާއި އެ ކްލަސްޓަރގައި ތިބި ފަނޑިޔާރުންގެ ނިސްބަތް.
(އ) އެ ފަނޑިޔާރަކު އައްޔަނު ކޮށްފައިވާ ކޯޓު ހިމެނޭ ކްލަސްޓަރގެ ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދާއި އެ ކްލަސްޓަރގެ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލައިގެ ނިސްބަތް، އަދި ބަދަލުވުމަށް އެދި ހުށަހަޅާފައިވާ ކްލަސްޓަރގައި ހުރި ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދާއި އެ ކްލަސްޓަރގެ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލައިގެ ނިސްބަތް.
(ވ) ބަދަލުވާން އެދޭ ފަނޑިޔާރާ ކުރާ އިންޓަރވިއުގެ ނަތީޖާ.
6 ވަނަ މާއްދާ - ކޮމިށަނުން އަމަލުކުރަންވާނެ ގޮތް
މި ގަވާއިދުގެ ދަށުން ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި ޖުޑީށަލް ސަރވިސް ކޮމިށަނުން އަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ހ) މި ގަވާއިދުގެ ދަށުން ފަނޑިޔާރަކު އައްޔަނު ކޮށްފައިވާ ކޯޓު ބަދަލުކުރަން ނިންމުމުން، އެ ފަނޑިޔާރަކު ބަދަލުކުރުމަށް ކޮމިށަނުން ނިންމާ ތާރީހުން ފެށިގެން ރަސްމީ 15 (ފަނަރަ) ދުވަސް ހަމަވެ، ދެން ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހު، އެ ފަނޑިޔާރަކު ބަދަލުވުމަށް އެދުނު ކޯޓުގައި އެ ފަނޑިޔާރެއްގެ މަސައްކަތް ފަށަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފަނޑިޔާރު އައްޔަނު ކޮށްފައިވާ ކޯޓުގައި ފަނޑިޔާރު ނިންމަން ހުރި މަސައްކަތް ނިންމަންވާނެއެވެ. ބުނެވުނު މުއްދަތުގައި ފަނޑިޔާރު ނިންމަން ހުރި މަސައްކަތް ނިންމާފައި ނުވާނަމަ، އިތުރު މުއްދަތެއް ދިނުމަށް އެދި، ސަބަބުތަކާއެކު، ޖުޑީށަލް ސަރވިސް ކޮމިށަނުގައި އެދުމުގެ އިހްތިޔާރު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ. މި އަކުރުގައި ބަޔާންކޮށްފައިވާ ފަދައިން ފަނޑިޔާރު ނިންމަން ހުރި މަސައްކަތް ނިންމުމަށްޓަކައި އިތުރު މުއްދަތަކަށް އެދޭ ހާލަތުގައި، އެ ފަނޑިޔާރަކު ހުށަހަޅާ ސަބަބުތަކަށް ރިއާާޔަތްކޮށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ އިތުރުން، ރަސްމީ 15 (ފަނަރަ) ދުވަހަށްވުރެ އިތުރު ނުވާ ގޮތެއްގެ މަތިން، މުއްދަތެއް ދިނުމުގެ އިހްތިޔާރު ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ގޮތެއް ނިންމުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައި ނުވާކަމެއް މެދުވެރިވެއްޖެނަމަ، އެކަމަށް ގޮތެއް ނިންމާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.
7 ވަނަ މާއްދާ - ބަދަލުވާ ފަނޑިޔާރު އަމަލުކުރަންވާނެ ގޮތް
އެހެން ކޯޓަކަށް ބަދަލުކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ފަނޑިޔާރުން، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ތިރީގައިވާ މަސައްކަތްތައް ނިންމަންވާނެއެވެ.
(ހ) އެ ފަނޑިޔާރު ހުކުމްކޮށްފައިވާ ގަޟިއްޔާތަކުގެ ރިޕޯޓުތައް ނިންމައި ސޮއިކުރުން.
(ށ) އެ ފަނޑިޔާރަކު އަގުދު ކޮށްދީފައިވާ ކައިވެނިތަކުގެ ސެޓުފިކެޓުތަކުގައި ސޮއިކުރުން.
(ނ) އެ ފަނޑިޔާރަކު ހުރި ކޯޓުގައި ކޮށްފައިވާ މަސައްކަތާ ގުޅިގެން ނިންމަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުން.
(ރ) އެ މުއްދަތުގައި ތެރޭގައި ކޯޓުން ކޮންމެހެން ދޫކުރަންޖެހޭ އަމުރުތައް ދޫކޮށް އެ އަމުރާ ގުޅޭ ލިޔެކިއުންތައް ފުރިހަމަކޮށް ސޮއިކުރުން.
(ބ) އެއް ފަނޑިޔާރަކު ހުންނަ ކޯޓެއްނަމަ، އެ މުއްދަތުގެ ތެރޭގައި ކޯޓަށް ހުށަހެޅޭ ގަޟިއްޔާތަކުގެ ތެރެއިން އަވަސް ފިޔަވަޅު އަޅަންޖެހޭ ނުވަތަ ކޮންމެހެން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލަތައް ނިންމައި، އެ ގަޟިއްޔާތަކުގެ ރިޕޯޓު ލިޔެ ރިޕޯޓުގައި ސޮއިކުރުން.
8 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަ ކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ހ) "ކޮމިށަން" ކަމަށް ބަޔާންކޮށްފައި އެވަނީ، ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.
(ށ) "ފާއިތުވި 2 އަހަރުދުވަހު" ކަމަށް ބަޔާންކޮށްފައި އެވަނީ، ފަނޑިޔާރު ހުރި ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުވާން އެދި ކޮމިށަނަށް ހުށަހަޅާ ތާރީހަށް މީލާދީ 2 (ދޭއް) އަހަރުދުވަސް ފުރިހަމަވާ މުއްދަތަށެވެ.
(ނ) "ހަވާލުކޮށްފައިވާ މައްސަލަތަކުގެ އަދަދު" ކަމަށް ބަޔާންކޮށްފައި އެވަނީ، އެ ފަނޑިޔާރަކު އައްޔަނު ކޮށްފައިވާ ކޯޓާއި، ދާއިރާ ހަވާލުކޮށްފައިވާނަމަ، ދާއިރާގެ ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރެއިން އެ ފަނޑިޔާރަކާ ހަވާލުކޮށްފައިވާ މައްސަލަތަކަށެވެ.
9 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)
ކިޔުންތެރިންގެ ހިޔާލު