-

ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2020-72)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާާރުފާއި މަގްްސަދު ތައާާރުފާއި ނަން

(ހ) މިއީ، ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބެލުމާއި، އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމާބެހޭ އިޖުރާއަތުތައް އެކަށައަޅައި، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 67 ވަނަ މާއްދާގެ (ރ) އާއި، އެ މާއްދާގެ (ދ) އާއި، 96 ވަނަ މާއްދާގެ (ށ) އާއި، 108 ވަނަ މާއްދާގެ (ނ) އާއި،  110 ވަނަ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 131 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްްސަދު

މި ގަވާއިދުގެ މަގްްސަދަކީ، އަންނަނިވި ކަންކަން ހާސިލު ކުރުމެވެ.

(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ ދަށުން ކުޑަކުދިންނަށް ލިބިދޭ ހައްގުތައް އެ ކުދިންނަށް ލިބިދިނުމުގައި އެ ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ކުރަންވާނީ ކުއްޖާގެ މަސްްލަހަތަށް އެންމެ ފައިދާވާ ގޮތަށްކަމަށް އެ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވީހިނދު، ކުޑަކުދިންނާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތްތަކަކީ، އެ ކުދިންގެ މަސްްލަހަތަށް އެންމެ ފައިދާވާ ގޮތަށް ކުރެވޭ މަސައްކަތްތަކެއް ކަމުގައި ކަށަވަރުކުރުމާއި، އެ މަސައްކަތްތަކަކީ ކުޑަކުދިންނާ އަހުލުވެރި އަދި ޗައިލްޑް ސެންޓަރޑް މަސައްކަތްތަކެއް ކަމުގައި ކަށަވަރުކުރުން؛

(ށ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 67 ވަނަ މާއްދާގެ (ރ) އާއި، (ދ) އަށް ރިއާާޔަތްކޮށް، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި، އެ ކުދިންގެ ހައްގުތައް ރައްކައުތެރި ކުރުން ކަށަވަރުކުރުމުގެ ގޮތުންނާއި، މިފަދަ މައްސަލަތަކުގައި ކަމާބެހޭ ހުރިހާ ފަރާތްތަކަކުންވެސް އެއްގޮތް އުސޫލަކުން އަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކަމާބެހޭ އިދާރާތަކުން އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތު ކަނޑައެޅުން؛

(ނ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 108 ވަނަ  މާއްދާއަށް ރިއާާޔަތްކޮށް، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންގެ ހައްގުތައް ރައްކައުތެރި ކުރުން ކަށަވަރުކުރުމުގެ ގޮތުން، އެ ކުދިންނަށާއި އެ ކުދިންގެ އާާއިލާތަކަށް އިޖުތިމާއާީ އެހީތެރިކަން ދިނުމުގެ ހިިދުމަތް ދިނުމާބެހޭ އުސޫލުތައް ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުން އެކުލަވައިލައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅުން.

 

3 ވަނަ މާއްދާ - މައްސަލަ ބެލުމުގެ ނިޒާމުގައި ހިމެނޭ ބައިތައް

މައްސަލަ ބެލުމުގެ ނިޒާމުގައި ހިމެނެނީ އަންނަނިވި 2 (ދޭއް) ބައެވެ.

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކޭސް މެނޭޖްކުރުމުގެ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި، އެ ކުދިންނަށް ބޭނުންވާ އަޅައިލުމާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، އަޅަންޖެހޭ އިންޓަރވެންށަން ފިޔަވަޅުތައް އެޅުން؛ އަދި

(ށ) ކުޑަކުދިންނާ ގުޅޭ ޖިނާއީ ކުށުގެ އަމަލުތަކާ ގުޅޭގޮތުން އެހީތެރިކަން ދިނުން.

 

4 ވަނަ މާއްދާ - މައްސަލަ ބެލުމުގެ ނިޒާމުގެ މަގްްސަދު

(ހ) މައްސަލަ  ބެލުމުގެ ނިޒާމުގެ މަގްްސަދަކީ، އަންނަނިވި ކަންކަން ހާސިލު ކުރުމަށް މަސައްކަތްކުރުމެވެ.

  1. ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކަށް ހައްލު ހޯދުން؛
  2. ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އެއްގޮތް އުސޫލަކުން  އަމަލުކުރުން؛
  3. ކުޑަކުދިންނާ ގުޅޭ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް ފަރާތްތަކާއި އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅުން.
  4. ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ވިލަރެސްކޮށްގެން މައްސަލަ ބެލޭނެ އިންތިޒާމެއް ހަމަޖެއްސުން؛ އަދި
  5. ކުޑަކުދިންނާ ގުޅޭ މައްސަލަތައް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ބަލައި، އެ މައްސަލަތަކާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިދާރާތަކުން މައްސަލަތައް ބަލަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގްްސަދުތައް ހާސިލުވާނޭ ގޮތެއްގެ މަތިންކަން ކަށަވަރު ކުރުމަކީ، އެ އިދާރާއެއްގެ ޒިންމާއެކެވެ.

 

5 ވަނަ މާއްދާ - މައްސަލަ ބެލުމުގެ ނިޒާމު އެ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ހާއްސަ އަސާސްތައް

(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ނިޒާމުތަކުގައި ބަޔާންކޮށްފައިވާ މައިގަނޑު އަސާސްތަކުގެ އިތުރުން، މައްސަލަ ބެލުމުގެ ނިޒާމު ބިނާވެފައިވަނީ އަންނަނިވި ހާއްސަ އަސާސްތަކުގެ މައްޗަށެވެ.

  1. އެކަށީގެންވާ އަވަސް ގޮތެއްގައި މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން.
  2. މިނިވަންކަމާއެކު، ދެފުށް ފެންނަ ގޮތެއްގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ހާމަކަމާއި ހަމަހަމަކަމާއެކު، ތައައްސްުބުން އެއްކިބާވެހުރެ، މަސައްކަތްކުރުން؛
  3. މައްސަލައިގައި ހިމެނޭ ކުއްޖާއަށާއި ކުއްޖާގެ އާާއިލާއަށް މައްސަލަ ހިނގާނުހިނގާ ގޮތުގެ  މައާުލޫމާތު ހާމަކުރެވެން އޮތް އެންމެ ފުޅާކޮށް މައާުލޫމާތު ހާމަކުރުން.

 

6 ވަނަ މާއްދާ - މައްސަލަ ބަލާ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުު

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްސަލަ ބަލާ ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ފަންނީގޮތުން ގާބިލު އަދި ނަޒާހަތްތެރި މުވައްޒަފުންކަން އެ އިދާރާތަކުން ކަށަވަރުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - މައްސަލަ ބެލުމުގެ ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާންޖެހޭ ހަމަތައް

މައްސަލަ ބެލުމުގެ ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތު އަހިްލާގާއި ސުލޫކީ މިންގަނޑު ކަނޑައަޅާނީ މިނިސްޓަރެވެ.

 

8 ވަނަ މާއްދާ - ކޭސް  ވާރކަރުން

(ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ކޭސް ވާރކަރުންނަކީ، މައްސަލައެއް ބެލުމުގެ ޒިންމާއާ އެ އިރެއްގައި ހަވާލުވެހުންނަ ފަރާތެކެވެ. ކޭސް ވާރކަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ހުރިހާ މަރުހަލާއެއްގައި ވެސް ކުއްޖާއާ މުއާާމަލާތު ކުރުން؛
  2. ކުއްޖާއަށް ބޭނުންވާ ސައިކޯސޯށަލް ސަޕޯޓު ދިނުމަށް މަގުފަހިކޮށް ދިނުން؛
  3. ކުއްޖާއަށް އެ އިރެއްގައި ބޭނުންވާ ސްިއްހީީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން.

 

9 ވަނަ މާއްދާ - ކޭސް މެނޭޖްމަންޓުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދައުރު

(ހ) ކޭސް މެނޭޖްމަންޓުގެ މަގްްސަދަށްޓަކައި، ކޭސް މެނޭޖްމަންޓުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދައުރަކީ އަންނަނިވި ކަންކަން ކުރުމެވެ.

  1. ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އެހީތެރިކަމަށް އެދިއްޖެނަމަ، އެފަދަ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދިނުން؛
  2. ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާ ގުޅިގެން،  މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ އެސެސްމަންޓުގެ އަމުރު ތަންފީޒުުކުރުން؛
  3. ކުއްޖަކަށް ޖިންސީ އަނިޔާ ނުވަތަ ޖިސްމާނީ  އަނިޔާ ލިބިފައިވާކަމަށް ބެލެވޭ މައްސަލައެއްގެ ރިޕޯޓު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމުން، އެ މައްސަލައެއްގެ ތަހުގްީގަށް ބޭނުންވާ ހެކި ރައްކައުތެރި ކުރުމަށްޓަކައި ކުއްޖާއަށް ނުވަތަ ކުއްޖާގެ އާާއިލާއަށް ދޭންވީ އިރުށާދު ވީ އެންމެ އަވަހަކަށް އެ ފަރާތްތަކަށް ނުވަތަ ކޭސް ވާރކަރަށް ދީ، އެ މައާުލޫމާތު ކުއްޖާއަށް ނުވަތަ ކުއްޖާގެ އާާއިލާއަށް ދެވޭކަން ކަށަވަރުކުރުން.

 

10 ވަނަ މާއްދާ - ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ތަމްރީނު ދިނުމުގެ ބޭނުމުގައި ވިޔަސް، ނުވަތަ އާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައި ވިޔަސް، އަންނަނިވި ބާވަތްތަކުގެ މަސައްކަތުގައި ކުދިން ބައިވެރިކުރުމަކީ މަނާކަމެކެވެ.

  1. ނުރައްކައުތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި، އެ ތަކެތި ރައްކައުކުރުމާއި، ހިފައި ގެންގުޅުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތައް؛
  2. ތެލާއި ޕެޓްރޯލު ފޯރުވުމުގެ އަމަލީ މަސައްކަތްތައް؛
  3. ސިނގިރޭޓާއި، ދުންފަތުގެ އެހެނިހެން ބާވަތްތަކާއި، ވޭޕިން ފަދަ އެއްވެސް ބާވަތެއް ވިއްކުމުގެ އަމަލީ މަސައްކަތްތައް؛
  4. ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ މަސައްކަތުގެ ތެރެއިން ބަނދަރުގައި ކުރާ ހެވީ މެށިނަރީ އޮޕަރޭށަންސް ފަދަ ބާވަތްތަކުގެ މަސައްކަތްތައް؛
  5. ސަފާރީތަކާއި ޔޮޓުތަކުގައި ކުރާ ހުރިހާ ބާވަތެއްގެ މަސައްކަތްތައް؛
  6. ކޮންސްޓްރަކްށަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުމާއި، ސިމެންތިޖެހުން ފިޔަވައި އެހެން މަސައްކަތްތައް؛
  7. ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މަނާކޮށްފައިވާ މަސައްކަތެއް، ނުވަތަ އިސްލާމްދީން މަނާކުރާ މަސައްކަތްތައް.

(ށ) ތަމްރީނު ދިނުމުގެ ބޭނުމުގައި ވިޔަސް، ނުވަތަ އާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައި ވިޔަސް، ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަސައްކަތްތައް، އުމުރުން 16 (ސޯޅަ) އަހަރު ފުރިފައިވާ ކުދިން ލައްވާ ކުރުވަންވާނީ ނުވަތަ އެއިން މަސައްކަތެއްގައި ބައިވެރިކުރެވޭނީ، އެ ކުދިންގެ މަސައްކަތް ސުޕަވައިޒް ކުރާނެ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ.

  1. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި،ކޮންސްޓްރަކްށަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުން، ސިމެންތިޖެހުން؛
  2. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، ގަރާޖާއި ވޯކްށޮޕާއި ކާޕެންޓްރީއާއި ވެއަރހައުސްތަކުގައި ކުރާ އަމަލީ މަސައްކަތްތައް؛
  3. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، ދަތުރުފަތުރު ކުރުމުގެ ހިދުމަތެއް އަމަލީގޮތުން ކޮށްދިނުމުގެ މަސައްކަތްތައް؛
  4. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، މެކަނައިޒްޑްކޮށް ކުރެވޭ މަސްވެރިކަމުގެ މަސައްކަތްތަކުގެ ތެރެއިން 2 (ދޭއް) ހަފުތާއަށްވުރެ ދިގުނުވާނޭ ގޮތަށް ކަނޑުމަތީގައި ހޭދަވާ މަސައްކަތްތައް؛
  5. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ އިދާރީ މަސައްކަތްތަކާއި، ޓެކްނިކަލް ބާވަތްތަކުގެ މަސައްކަތްތައް؛ 
  6. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، އެއްވެސް 
    ބާވަތެއްގެ ކާނާއެއްގެ ފުޑް ޕްރޮސެސިންގ މަރުހާލަތަކުގައި ހިމެނޭ 
    މަސައްކަތްތައް؛
  7. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި އެއްވެސް ބާވަތެއްގެ ދިރޭއެއްޗެއް ގެންގުޅެ، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރާ ތަނެއްގައި، އެފަދަ ދިރޭ އެއްޗެއްހި ބެލެހެއްޓުމާ ގުޅޭ މަސައްކަތްތައް.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތެއް ކުއްޖަކު ލައްވައި ކުރުވާ ފަރާތެއްގެ މައްޗަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން ފިޔަވަޅު އެޅޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްގައި ކުޑަކުއްޖަކު ބައިވެރިކުރުވާނަމަ، ކުދިންގެ މަސައްކަތް ސުޕަވައިޒްކުރާނެ ފަރާތެއް ކަނޑައަޅައި، ކުދިންގެ މަސައްކަތްތައް ސުޕަވައިޒްކުރާ ފަރާތުން ކުދިންގެ މަސައްކަތްތައް ސުޕަވައިޒްކުރާގޮތް މޮނިޓަރކުރުމުގެ އެންމެހައި ޒިންމާތަކެއް އުފުލާނީ ވަޒިފާދޭ ފަރާތުންނެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މަސައްކަތެއްގައި ކުދިން ބައިވެރިކުރުވޭނީ، އަންނަނިވި ކަންކަމުގެ މައްޗަށް ވަޒީފާދޭ ފަރާތާއި ކުއްޖާގެ ބެލެނިވެރި ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

  1. ކުއްޖާ ބައިވެރިކުރާ މަސައްކަތުގެ ބާވަތާއި ކުއްޖާ ކުރަންޖެހޭނެ މަސައްކަތުގެ ތަފުސީލު؛
  2. ކުއްޖާއަށް ކުއްލި ހާލަތެއްގައި ސިއްހީ ފަރުވާ ބޭނުންވެއްޖެނަމަ އަމަލުކުރާނެ ގޮތް؛
  3. ކުއްޖާއާ ގުޅިގެން އެންމެހައި ކަންކަމުގައި ބެލެނިވެރި ފަރާތާއި،ވަޒީފާދޭ ފަރާތުން މުއާމަލާ ތުކުރާނެ ގޮތާއި، މުއާމަލާތުކުރާނެ ފަރާތެއްގެ މައުލޫމާތު؛
  4. ކުއްޖާ ބައިވެރިކުރުވާ މަސައްކަތުން ކުއްޖާއަށް ކުރާނެ ފައިދާތަކާއި ލިބިދެވޭނެ އެންމެހައި އި ނާޔަތްތައް؛
  5.  ކުއްޖާ ބައިވެރިކުރާ މަސައްކަތުގައި ކުއްޖާ ބައިވެރިކުރުވުމަށް ކުއްޖާގެ ބެލެނިވެރި ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހިމެނުން.

 

11 ވަނަ މާއްދާ - ޖިންސީ އަނިޔާ، ނުވަތަ ޖިންސީ ގޯނާ ނުވަތަ ޖިންސީ އަމަލެއް ކުރިމަތިވެގެން އެންމެ ފުރަތަމަ ފަހަރަށް ސްިއްހީީ ފަރުވާ ދޭއިރު ކޮންމެހެން ކުރަންޖެހޭ ކަންކަން

(ހ) ކުޑަކުއްޖަކަށް ޖިންސީ އަނިޔާ، ނުވަތަ ޖިންސީ ގޯނާ، ނުވަތަ ޖިންސީ އަމަލެއް ކުރިމަތިވެގެން ސްިއްހީީ ފަރުވާ ދޭއިރު، އަންނަނިވި ކަންކަން ކުރުމަކީ، އެ ކުއްޖަކު އެގްޒަމިންކުރާ ޑޮކްޓަރެއްގެ ޒިންމާއެކެވެ.

  1. މި ބާވަތުގެ މައްސަލަތަކުގައި ހަދަންޖެހޭ މެޑިކަލް އެގްޒަމިނޭށަނެއްގައި ބަލާ ކަންކަމާއި، ހަދާނެ ޓެސްޓްތަކާއި، ނަގާނެ ސާމްޕަލްތަކަކީ ކޮބައިކަން، ކުއްޖާއަށާއި ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަށާއި، ކުއްޖާ ގޮވައިގެން ދިޔައީ ކޭސް ވާރކަރ ކަމުގައި ވާނަމަ، ކޭސް ވާރކަރަށް ފަހުމްވާނޭ ފަދައިން އޮޅުންފިލުވައިދިނުން؛
  2. އެ ހިނދުން އެ ހިނދަށް ހަދަންޖެހޭ ޓެސްޓްތަކާއި ސާމްޕަލްތައް ދެނެގަނެ، އެ ކަންކަން ކުރުމަށް ރިފަރކުރުން؛
  3.  ކުއްޖާއަށް ދިމާވި ހާދިސާކަމަށް ކުއްޖާ ބަޔާންކުރާ ވާހަކައާއި، ކުއްޖާގެ އެގްޒެމިނޭށަން ހެދުމަށްފަހު، ޑޮކްޓަރުގެ އޮޕީނިއަންއާއި، ޑައިގްނޯސިސްއާއި، ހަދަންޖެހޭ ޓެސްޓްތަކާއި، ސާމްޕަލްތަކަކީ ކޮބައިކަމާއި، ކުއްޖާއަށް ޕްރިސްކްރައިބް ކުރާ ބޭހެއް ވާނަމަ، އެ ބޭހާއި، އެހެން ތިންވަނަ އިދާރާއަކަށް އެއްވެސް ތަހުލީލެއް، ނުވަތަ ސާމްޕަލެއް، ނުވަތަ ޓެސްޓެއް ހަދަން ރިފަރ ކުރާނަމަ، އެކަން ސާފުކޮށް ލިޔެ، ކުއްޖާ ގޮވައިގެން ގޮސް ހުރި ފަރާތްތަކުގެ ނަމާއި، އެ ފަރާތްތަކާ ކުއްޖާއާ ހުރި ގުޅުން އެނގޭނޭ ގޮތަށް ރަސްމީ ލިޔުމެއް ތައްޔާރުކުރުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޑޮކްޓަރ ދޭ ޕްރެސްކްރިޕްށަން ސްލިޕްގައި ހަދަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޓެސްޓްތަކާއި، ސާމްޕަލްތަކާއި، ތަހުލީލުތައް ފުރިހަމަކުރާކަން ކަށަވަރުކުރުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޑޮކްޓަރ ތިންވަނަ ފަރާތަކަށް ދޭ ރިފަރަލްއެއްގައި ބަޔާންކޮށްފައިވާ ޓެސްޓެއް، ނުވަތަ ސާމްޕަލެއް، ނުވަތަ ތަހުލީލެއް، އެ ރިފަރަލްއެއް ރައްދުވާ ފަރާތަކުން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަދަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ތައްޔާރުކުރާ ލިޔުމެއް ހޯދުމަކީ، އެ މައްސަލައެއް ތަހުގްީގުކުރާ އިދާރާގެ ޒިންމާއެކެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ހޯދާ ލިޔެކިޔުންތަކުގެ ކޮޕީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމުގެ ކޮޕީއެއް ހިއްސާކޮށްދިނުން އެދި ކުއްޖާ ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތް ނުވަތަ ކުއްޖާގެ ގާނޫނީ ވަކީލު އެދިއްޖެނަމަ، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ލިޔުމެއް އެ ފަރާތަކަށް ދޭންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުޑަކުއްޖަކަށް ޖިންސީ އަނިޔާ، ނުވަތަ ޖިންސީ ގޯނާ، ނުވަތަ ޖިންސީ އަމަލެއް ކޮށްފައިވާ ކަމަށް ބެލެވޭ މައްސަލަތަކުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން މެޑިކޯ ލީގަލް ރިޕޯޓެއް ތައްޔާރުކުރަން އަންގައިފިނަމަ، އެ އެންގުމެއް ރައްދުވާ ސްިއްހީީ ފަރުވާ ދޭ ތަނަކުން އެފަދަ ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ

(އ) މި މާއްދާގައި ބަޔާންކޮށްފައިވާ މެޑިކޯ ލީގަލް ރިޕޯޓުގެ ކޮޕީއެއް ހިއްސާކޮށްދިނުން އެދި ކުއްޖާ ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތް ނުވަތަ ކުއްޖާގެ ގާނޫނީ ވަކީލު އެދިއްޖެ ނަމަ، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ލިޔުމެއް އެ ފަރާތަކަށް ދޭންވާނެއެވެ.
ކޭސް މެނޭޖްމަންޓުގެ މަރުހަލާތައް

 

12 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރުން

(ހ) ކުޑަކުއްޖަކާ ގުޅޭ މައްސަލައެއް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ސަމާލުކަމަށް އަންނަ ހިސާބުން، އެ މައްސަލައަކާ ގުޅޭ ގޮތުން އެ ހިނދަކަށް ލިބިފައިވާ މައާުލޫމާތުގެ މައްޗަށް ބަލައި، ކުއްޖާއަކީ އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ފަދަ ހާލަތެއްގައި ހުރި ކުއްޖެއް ކަމަށް ބެލެވޭނަމަ، ނުވަތަ އެފަދަ ހާލަތަކަށް ދިއުމުގެ ރިސްކު އޮތް ކުއްޖެއް ކަމަށް ބެލެވޭނަމަ، އެ ސަރވިސްއިން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ކޭސް ރަޖިސްޓްރޭށަން ފޯމު" ފުރިހަމަކޮށް، މައްސަލަ ރަޖިސްޓަރީކުރުން؛
  2. އެ މައްސަލައަކަށް، ކޭސް ރެފަރަންސް ނަންބަރެއް ދިނުން؛
  3. މައްސަލައަށް ކޭސް ފައިލެއް ހެދުން؛
  4. މައްސަލައަކީ ކޮބައިކަން ދެނެގަތުމާއި، ސްިއްހީީ ފަރުވާދޭ ތަނަކަށް ވަގުތުން ރިފަރަލް ހަދަންޖެހޭނަމަ އެކަން "ކޭސް ރަޖިސްޓްރޭށަން ފޯމު" ގައި ފާހަގަކުރުން.

(ށ) މައްސަލަ ރަޖިސްޓަރީކޮށް ނިމުމުން، އެ މައްސަލައެއްގެ ކޭސް މެނޭޖްމަންޓް ހެދުމަށްޓަކައި ކޭސް ވާރކަރަކާ އެ މައްސަލައެއް ހަވާލު ކުރަން ވާނެއެވެ. މިގޮތަށް ކޭސް ވާރކަރަކާ މައްސަލައެއް ހަވާލުކުރެވޭ ތާރީހާއި ގަޑިއާއި މައްސަލަ ކުރިޔަށްދާގޮތުގެ ތަފުސީލުތައް، ކޭސް ފައިލުގައި ލިޔުމުން ފެންނަން އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މައްސަލައެއް ކޭސް ވާރކަރާ ހަވާލުކުރުމުން، "ކޭސް ރަޖިސްޓްރޭށަން ފޯމު" ގައި ވަގުތުން ރިފަރަލް ހަދަންޖެހޭ ކަމަށް ބަޔާންކޮށްފައިވާނަމަ، ވަގުތުން އެ ރިފަރަލްއެއް ފޯނުން ގުޅައިގެން އެންގުމަށްފަހު، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ރިފަރަލް ފޯމު" މެދުވެރިކޮށް އެ ރިފަރަލްއެއް ފޮނުވަންވާނެއެވެ.

 

13 ވަނަ މާއްދާ - މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަގުތުން އަންގަންޖެހޭ މައްސަލަތައް

(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 77 ވަނަ މާއްދާގެ (ބ) ގެ މަގްްސަދަށް ޓަކައި، މައްސަލައެއްގައި ޖިނާއީ ކުށެއްކަމަށް ބެލެވޭ އަމަލެއް އޮތް ނަމަ، އެ މައްސަލައެއް ރަޖިސްޓަރީ ކުރާތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މޯލްޑިވްސް ޕޮލިސްއަށް އަންގަންޖެހޭ މައްސަލަތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ގާނޫނު ނަންބަރު 4/2000 (އާާއިލާއާބެހޭ ގާނޫނު) ގައި ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅައިފައިވާ މައްސަލަތައް؛
  2. ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކުށެއް ކަމުގައި ކަނޑައަޅައިފައިވާ ކަމެއް ހިމެނޭ މައްސަލަތައް؛
  3. ގާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ   ގާނޫނު) ގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ބެލެވޭނެ މައްސަލަތައް؛
  4. ގާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު) ޓްރެފިކް ކުރެވޭ ކުޑަކުދިންގެ މައްޗަށް ހިނގާ ނިސްބަތަށް، އެފަދަ މައްސަލަތައް؛
  5. ގާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ގާނޫނު) ކުޑަކުދިން ބަލަހައްޓާ އޯލްޓަނޭޓިވް ކެއަރގެ ހިިދުމަތްދޭ މަރުކަޒުތަކަށް ހިނގާ ނިސްބަތަށް، އެފަދަ މައްސަލަތައް؛
  6. ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއާުގްޫބާތު) މައިންބަފައިންނާއި ބެލެނިވެރިންގެ މައްޗަށް ހިނގާ ނިސްބަތަށް، އެފަދަ މައްސަލަތައް؛
  7. ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) އުމުރުން  16 (ސޯޅަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ކުދިންގެ މައްޗަށް ހިނގާނެކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލައި، އެ ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ މައްސަލަތައް؛
  8. ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާ ކުރުމުގެ   ގާނޫނު) ގައި ބަޔާންކޮށްފައިވާ އަމަލުތަކުގެ ށިިކާރައަކަށް ކުޑަކުދިންވާ ހާލަތުގައި އެފަދަ މައްސަލަތައް؛
  9. ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގައި ކުށެއް ކަމުގައި ކަނޑައަޅައިފައިވާ ކަމެއް ހިމެނޭ މައްސަލަތައް؛ އަދި
  10. އެއްވެސް ގާނޫނެއްގައި ކުށެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއްގެ ށިިކާރައަކަށް ކުޑަކުދިންވާ ހާލަތުގައި، އެފަދަ މައްސަލަތައް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައްސަލައެއް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމުން، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އެ މައްސަލައެއްގެ ތަހުގްީގު ކުރިއަށް ގެންދަންވާނެއެވެ.

 

14 ވަނަ މާއްދާ - އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓް

(ހ) އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓުގެ މައިގަނޑު އަމާޒަކީ، ކުއްޖާގެ ރައްކައުތެރިކަން ދެނެގަތުމާއި، ކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކާ ދެނެގަތުމެވެ.

(ށ) އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓް ބޭނުންކުރާނީ، އަންނަނިވި ކަންކަން ދެނެގަތުމަށެވެ.

  1. ލިބިފައިވާ މައާުލޫމާތާއި ކުއްޖާ ހުރި ހާލަތަށް ބަލައި، އެ ވަގުތެއްގައި ކުއްޖާއަށް ގެއްލުން ލިބުމުގެ ނުރައްކަލާއި، ގެއްލުމުގެ ބޮޑުކަން އޮތް މިންވަރު ދެނެގަތުން؛
  2. ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަށް ކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ކުއްޖާ ހިމާޔަތްކޮށް ރައްކައުތެރި ކުރުމުގެ ގާބިލުކަން ހުރި މިންވަރު ދެނެގަތުން؛
  3. ކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކާ ކުޑަކުރުމަށްޓަކައި ނުވަތަ ނެތިކުރުމަށްޓަކައި ހަދަންޖެހޭ އިންޓަރވެންށަންތަކަކީ ކޮބައިކަން ދެނެގަތުން.

(ނ) އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓަށް ރިއާާޔަތްކޮށް، ކުއްޖާގެ ރައްކައުތެރިކަން ހުރި މިންވަރާއި އެޅެން ހުރި އިންޓަރވެންށަން ފިޔަވަޅުތަކަށް ބަލައި، ކުއްޖާގެ ރައްކައުތެރިކަމާ ބެހޭ ނިންމުންތަކަށް ވާސިލުވާންޖެހޭނެއެވެ.

 

15 ވަނަ މާއްދާ - އިނީށިިއަލް ސްކްރީނިންގ އެސެސްމެންޓް ހެދުން

(ހ) ކުއްޖަކާ އެންމެ ފުރަތަމަ ބައްދަލުވާއިރު އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓު ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ މަގްްސަދަށްޓަކައި، މައްސަލައެއް ރަޖިސްޓަރީކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކުއްޖާޔާ ބައްދަލުކޮށް އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓު ހަދަންވާނެއެވެ.

(ނ) ކުއްޖަކާ ބައްދަލުކުރުމަށް އެ ކުއްޖާ ހުރި ރަށަކަށް ކޭސް ވާރކަރ ދަތުރުކުރަންޖެހޭ ހާލަތުގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެސެސްމަންޓް ހެދުމަށް ނުކުޅެދޭނަމަ، އެ މައްސަލައެއް ރަޖިސްޓަރީކުރާތާ ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓު ހަދަންވާނެއެވެ.

(ރ) އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓު ހަދަންވާނީ މި  ގަވާއިދުގެ ޖަދުވަލު 3 ގައިވާ "އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓު ފޯމު" މެދުވެރިކޮށެވެ.

 

16 ވަނަ މާއްދާ - ކުއްޖާ ހުރި ހާލަތު ރައްކައުތެރިކަމަށް ބެލުން

ކުއްޖާ ދިރިއުޅޭ ތަނުގައި ކުއްޖާއަށް އެ ވަގުތު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރެއް ނުވަތަ ނުރައްކަލެއް ނެތް ނަމަ، ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތުގެ ކިބައިގައި އެފަދަ ނުރައްކާތެރި ކަމަކުން ރައްކައުތެރިކަން ލިބިދިނުމުގެ ގާބިލުކަން ހުރިނަމަ، ކުއްޖާ ހުރި ހާލަތު ރައްކައުތެރިކަމަށް ބެލިދާނެއެވެ.

 

17 ވަނަ މާއްދާ - ކުއްޖާ ހުރި ހާލަތު ނުރައްކާތެރި ކަމަށް ބެލުން

ކުއްޖާ ދިރިއުޅޭ ތަނުގައި ކުއްޖާއަށް އެ ވަގުތު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތްނަމަ، ނުވަތަ ނުރައްކަލެއް އޮތްނަމަ، ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތުގެ ކިބައިގައި ކުއްޖާ ނުރައްކަލުން ސަލާމަތްކުރުމުގެ ގާބިލުކަމާއި ވަސީލަތްތައް ނެތްކަމަށް ބެލެވޭނަމަ، އަދި ކުއްޖާ ރައްކައުތެރި ކުރުމަށް ތިންވަނަ ފަރާތެއްގެ އިންޓަރވެންށަން ބޭނުންވާނަމަ، ކުއްޖާ ހުރި ހާލަތު ރައްކައުތެރި ނޫން ކަމުގައި ބަލަންވާނެއެވެ.

 

18 ވަނަ މާއްދާ - ފިޔަވަޅު އަޅަންޖެހޭކަން ކަނޑައަޅާނެ ގޮތް

ކޮންމެ މައްސަލައެއްގައިވެސް ފިޔަވަޅު އަޅަންޖެހޭ މިންގަނޑުތައް ކަނޑައަޅާނީ އެ މައްސަލައެއްގައި ލިބިފައިވާ މައާުލޫމާތުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން އަންނަނިވި ހާލަތްތަކުގައި އަވަހަށް ފިޔަވަޅު އަޅަންޖެހޭކަމަށް ކަނޑައެޅިދާނެއެވެ.

(ހ) ކުއްޖާއަށް، ނުވަތަ ކުއްޖާގެ ފުރާނައަށް، ނުވަތަ ކުއްޖާގެ ސްިއްހަތަށް ނުރައްކަލެއް އޮތް ބިރެއް ނަމަ؛

(ށ) އަވަހަށް ފިޔަވަޅު ނާޅައިފިނަމަ ކުއްޖާއަށް ނޭދެވޭ އަސަރު ކުރުން؛

(ނ) އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓުން ކުއްޖާއަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭނަމަ، އަދި ކުއްޖާ ދިރިއުޅޭ މާހައުލުގައި އުޅޭ އެހެން ކުޑަކުދިންނަށްވެސް އެ ނުރައްކާ އޮތް ކަމަށް ބެލެވޭނަމަ، އެ ކުދިން ރައްކައުތެރި ކުރުމަށް ޓަކައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިސްނެގުމުގެ މަތިން، އެ ކުދިންނާ ގުޅޭ ގޮތުންވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެސެސްމަންޓް ހަދައި، އިންޓަރވެންށަން ހެދުމުގެ އިހިްތިޔާރު ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ - ކޮމްޕްރިހެންސިވް އެސެސްމަންޓް ހެދުން

(ހ) ކޮންމްޕްރިހެންސިވް އެސެސްމަންޓަކީ، ކުއްޖާއަށާއި ކުއްޖާގެ އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި އަޅަންޖެހޭ އިންޓަރވެންށަންތައް ފުރިހަމައަށް ދެނެގަނެ، ކޭސް ޕްލޭން ކުރަން މަގުފަހިކުރުމަށް ހަދާ އެސެސްމަންޓެކެވެ.

(ށ) އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓް ހަދާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮންމްޕްރިހެންސިވް އެސެސްމަންޓް ހަދައި، ފުރިހަމަކުރަންވާނެއެވެ.

(ނ) ކޮމްޕްރިހެންސިވް އެސެސްމަންޓު ހެދުމަށްޓަކައި، ކުއްޖާގެ އާާއިލާއާއި ކަމާ ގުޅޭ ފަރާތްތަކާ އިންޓަވިއު ކުރަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮންމްޕްރިހެންސިވް އެސެސްމަންޓް ހަދާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "ކޮމްޕްރިހެންސިވް އެސެސްމަންޓު ފޯމު" މެދުވެރިކޮށެވެ.

(ބ) ކުއްޖާ ހުރީ ވަގުތީގޮތުން ބަލަހައްޓަން އާާއިލާގެ ފަރާތަކާ ހަވާލުކޮށްފައިނަމަ، އަދި ކުއްޖާ އެ ފަރާތާއެކު ބެހެއްޓުމަށް ފެންނަނަމަ، ކުއްޖާ އެ ފަރާތެއްގެ ގާތުގައި ބެހެއްޓުމަށްޓަކައި، ރުހުން ހޯދައި، ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން އެ ފަރާތުގެ މައްޗަށް ބަދަލުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ކޭސް ޕްލޭން ރޭވުން

(ހ) ކޭސް ޕްލޭނެއްގައި އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓުންނާއި ކޮންމްޕްރިހެންސިވް އެސެސްމަންޓުން ފާހަގަކުރެވޭ ކޮންމެ މައްސަލައަކަށް ހައްލު ހޯދުމަށް ހުށަހެޅުންތަކެއް އޮންނަންވާނެއެވެ. އަދި ކޭސް ޕްލޭނުގައި ކުރަންޖެހޭ ކަންކަމާއި، އެ ކަންކަން ކުރަންޖެހޭ މުއްދަތުތަކާއި، ހުށަހެޅުމަށް އަމަލުކުރުމުގެ ޒިންމާ އަދާކުރާނެ ފަރަތެއް އެނގެން އޮންނަންވާނެއެވެ.

(ށ) މައްސަލައެއް ރަޖިސްޓަރީ ކުރެވޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ކޭސް ޕްލޭން އެކުލަވައިލަންވާނެއެވެ.

(ނ) ކޭސް ޕްލޭން އެކުލަވައިލުމަށްޓަކައި، ކޭސް ވާރކަރ އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ކުއްޖާއާއި ކުއްޖާގެ އާާއިލާގެ ބައިވެރިވުން ހޯދަން މުހިންމުކަމަށް ފެންނަ ނަމަ، ފެމިލީ ކޮންފަރަންސް ބޭއްވުން؛
  2. ކަމާބެހޭ އިދާރާތަކާއެކު ކޭސް ކޮންފަރެންސް ބޭއްވުން؛
  3. މުޅި މައްސަލައިގެ މައިގަނޑު ލަނޑުދަނޑިއަކީ ކޮބައިކަން ނިންމުން (މިސާލަކަށް: އާާއިލާ ހަރުދަނާކުރުން. ކުއްޖާ ހުރީ މި މަރުހަލާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ނަމަ، ކުއްޖާ ރީ-އިންޓެގްރޭޓް ކުރުން، ނުވަތަ ކުއްޖާ ފޮސްޓަރ ކުރާނެ ފަރާތެއް ހޯދުން)؛
  4. ހާސިލުކުރަން ބޭނުންވާ ތަފުސީލީ ކަންކަން ކަނޑައަޅައި، އެ ކަންކަން ހާސިލުކުރާނެ މުއްދަތުތަކެއް ކަނޑައެޅުން. މި ކަންކަން ކަނޑައަޅާއިރު، އެ ކަންކަން ވަޒަންކުރެވޭ ފަދަ ގޮތަކަށް އެ ކަންކަން ބައްޓަންކުރުން؛
  5. ލަނޑުދަނޑިތައް ހާސިލު ކުރުމަށް ޓަކައި ހަދަންޖެހޭ އިންޓަރވެންށަންތަކަކީ ކޮބައިކަން ފާހަގަކުރުން؛
  6. ހާސިލުކުރަން ބޭނުންވާ ކަންކަން ކުރުމަށްޓަކައި އާާއިލާއަށް އެހީތެރިކަން ހޯދިދާނެ ވަސީލަތްތަކަކީ ކޮބައިކަން ދެނެގަތުން (މިސާލަކަށް: ކޮމިއުނިޓީ ސަޕޯޓް، ނުވަތަ ހިިދުމަތްތައް)؛
  7. ކުއްޖާއާއި އާާއިލާއާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ހިނދެއްގައި ނުވަތަ ކޭސް ޕްލޭނާ އެއްގޮތަށް ކަންކަން ނުދާ ހިނދެއްގައި، ކުއްޖާއާއި ކުއްޖާގެ އާާއިލާ ގުޅަންޖެހޭނެ ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމާއި، އެކަމަށްޓަކައި ކޮންޓިންޖެންސީ ޕްލޭނެއް ހެދުން؛ އަދި
  8. ކުއްޖާގެ އާާއިލާއާ ކޭސް ޕްލޭން ހިއްސާކުރެވެން އޮތް ނަމަ، އެ ޕްލޭން ހިއްސާކުރުން. 

(ރ) ކޭސް ޕްލޭން ހަދަންވާނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ "ކޭސް ޕްލޭން ފޯމު" މެދުވެރިކޮށެވެ.

 

21 ވަނަ މާއްދާ - ކޭސް ޕްލޭން ތަންފީޒުުކުރުން

(ހ) ކޭސް ޕްލޭން ތަންފީޒުުކުރުމަކީ، ކޭސް މެނޭޖްމަންޓުގެ ހަތަރުވަނަ މަރުހަލާއެވެ.

(ށ) ކޭސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، އަދި އެ ޕްލޭނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި، ކަމާބެހޭ ހުރިހާ ފަރާތްތަކަކުންވެސް ކޭސް ޕްލޭން ތަންފީޒުުކުރަމުންދާކަން ކަށަވަރުކުރުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ.

(ނ) ކޭސް މެނޭޖްމަންޓުގެ މަރުހަލާގެ ތެރޭގައި މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ގޮތަށް ކޭސް މެނޭޖްމަންޓް ނޯޓު ބަލަހައްޓައި ރިކޯޑު ކުރުމަކީ، ކޭސް ވާރކަރުގެ ޒިންމާއެކެވެ.

(ރ) މައްސަލައަކާ ގުޅޭ ގޮތުން ބާއްވާ ކޮންމެ ކޭސް ކޮންފަރެންސެއްގެ މައާުލޫމާތު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން ބެލެހެއްޓުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ.

 

22 ވަނަ މާއްދާ - ފޮލޯއަޕް ހެދުން

(ހ) ފޮލޯއަޕް ހެދުމަކީ، ކޭސް މެނޭޖްމަންޓުގެ ފަސްވަނަ މަރުހަލާއެވެ.

(ށ) ކޮންމެ މައްސަލައަކާ ގުޅިގެންވެސް އެންމެ މަދުވެގެން ކޮންމެ (ތިނެއް) މަހަކު އެއްފަހަރު ފޮލޯއަޕް ހެދުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ.

(ނ) ފޮލޯއަޕް ހެދުމުގައި ކުއްޖާއާއި، ކުއްޖާގެ އާާއިލާއާއެކު، ކުއްޖާގެ ތައާުލީމާއި، ސްިއްހަތާއި، ކުއްޖާއަށް ބޭނުންވާ އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގައި ބައިވެރިވާ ކަމާބެހޭ އިދާރާތަކުގެ ފަރާތްތައް ވީ ވަރަކުން ށާމިލުކުރެވޭތޯ ބަލަންވާނެއެވެ.

(ރ) މައްސަލައެއްގައި ފޮލޯއަޕް  ހަދާ ކޮންމެ ފަހަރަކު، މި  ގަވާއިދުގެ ޖަދުވަލު 6 ގައިވާ ގޮތަށް އެ ކަމާ ގުޅޭ މައާުލޫމާތު ރިކޯޑުކުރަމުން ގެންދިއުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ. މިފަދައިން މައާުލޫމާތު ބަލަހައްޓަމުން ގެންދާއިރު ކުއްޖާގެ ހާލަތާ ގުޅޭ އިންޑިކޭޓަރުތައް ފާހަގަކުރަމުން ގެންދަންވާނެއެވެ.

(ބ) މި މަރުހަލާގައި ކޭސް ވާރކަރުން ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ކޭސް ޕްލޭން ތަންފީޒުުކުރަމުންދާ ގޮތް މޮނިޓަރކޮށް، ރިވިއުކުރުން؛
  2. ކުއްޖާ ހުރި ހާލަތު މޮނިޓަރކުރުން؛
  3. ކުއްޖާގެ ރައްކައުތެރިކަމާއި ކުއްޖާ މޮނިޓަރކުރުމުގެ މަގްްސަދަށްޓަކައި ކުއްޖާއާއެކު ގަވާއިދުން ގުޅުން ބޭއްވުން؛ އަދި
  4. ކުއްޖާއަށް ނުވަތަ އާާއިލާއަށް ބޭނުންވާ އެހީތެރިކަމެއް އޮތް ނަމަ، އެ ކަމެއް ކޮށްދިނުން.

 

23 ވަނަ މާއްދާ - ކުޑަކުދިން ކުށްކުރުމާއި ދުރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތަކުގެ އުސޫލުތައް

ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 110 ވަނަ މާއްދާއަށް ރިއާާޔަތްކޮށް، އެކުލަވައިލަންޖެހޭ އިޖުރާއަތުތަކާއި އުސޫލުތައް، މިނިސްޓްރީން ށާއިއާު ކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ކޭސް ކްލޯޒްކުރުން

(ހ) ކޭސް ކްލޯޒްކުރުމަކީ، ކޭސް މެނޭޖްމަންޓުގެ އެންމެ ފަހުގެ މަރުހަލާއެވެ. އެއްވެސް މައްސަލައެއްގެ ކޭސް ކްލޯޒްކުރެވޭނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ކޭސް މެނޭޖްމަންޓާ އެ އިރަކު އެންމެ އިސްކޮށް ހަވާލުވެ ހުންނަ ފަރާތުގެ ހުއްދަ ލިބުމަށްފަހުގައެވެ.

(ށ) މައްސަލައެއް ކްލޯޒް ކުރެވިދާނެ ކަމަށް ކޭސް ވާރކަރަށް ފެނިއްޖެނަމަ، އެކަމާމެދު އެ މައްސަލައެއްގެ ސުޕަވައިޒަރާ މަށިްވަރާކުރުމަށްފަހު، އެ ނިންމުމަކަށް ވާސިލުވި ސަބަބުތައް ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

(ނ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޭސް ކްލޯޒް ކުރެވިދާނެއެވެ.

  1. އެއީ، ފޮސްޓަރކޮށްގެން ނުވަތަ ރީ-އިންޓެގްރޭޓްކޮށްގެން ކަމުގައި ވިޔަސް، ކުއްޖާއަށް ރައްކައުތެރި ދާއިމީ މާހައުލަކަށް ކުއްޖާ ބަދަލުކުރެވުން.
  2. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކާއެކު ކުރެވޭ މަށިްވަރާގެ ތެރެއިން ކޭސް ކްލޯޒް ކުރުމަށް ފެންނަކަމަށް ނިންމުން؛
  3. މައިގަނޑު ލަނޑުދަނޑި ހާސިލުވުން؛ ނުވަތަ
  4. ކުއްޖާ މަރުވުން އަދި ކުއްޖާގެ މަރާ ގުޅުންހުރި އެންމެހައި ކަމެއް ނިމިފައިވުން.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ހުއްދަ ލިބުމުން، ކޭސް ކްލޯޒް ކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ "ކޭސް ކްލޯޒް ކުރުމުގެ ފޯމު" މެދުވެރިކޮށެވެ.

(ބ) ކޭސް ކްލޯޒް ކުރުމަށްފަހު، އެފަދަ މައްސަލައެއް އަލުން ހުޅުވޭނީ އެ ސަބަބުތައް ލިޔުމުން ރެކޯޑުކުރުމަށްފަހު،  ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ކޭސް މެނޭޖްމަންޓް ސަރވިސްގެ އެންމެ އިސްވެރިޔާގެ ހުއްދަ ލިޔުމުން ލިބުމުންނެވެ.

 

25 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއާުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައެވެ.

 

26 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އާިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އާިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އާިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.

(ހ) "އާާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ގާނޫނު ނަންބަރު 4/2000 (އާާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުއާީ ބަލަދުވެރިންނަށް ނުވަތަ ހަޒާާނަތު ހައްގުވާ ފަރާތްތަކަށެވެ.

(ށ) "އިންޓަރވެންށަން" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އަޅާ ރެސްޕޮންސް ފިޔަވަޅަށެވެ.

(ނ) "އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ކުއްޖާއާ ބައްދަލުވުމުން އެންމެ ފުރަތަމަ ކުއްޖާގެ ހާލަތު ދެނެގަތުމުގެ ގޮތުން ހަދާ އެސެސްމަންޓަށެވެ.

(ރ) "ސައިކޯސޯށަލް ސަޕޯޓް" ކަމަށް  ބުނެފައި އެވަނީ، ކުއްޖަކު ނުވަތަ މީހަކު ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި، އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ސައިކޮލޮޖިކަލް އަދި އިޖުތިމާއާީ ބޭނުންތަކަށާއި ގުޅުންތަކަށް ބަލައި، އެ ކުއްޖަކަށް ނުވަތަ އެ މީހަކަށް ބޭނުންވާ އެހީތެރިކަމަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

 

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-19)

ކިޔުންތެރިންގެ ހިޔާލު