ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2022-101)
ފުރަތަމަ ބައި
އިބްތިދާއީ ކަންކަން
1 ވަނަ މާއްދާ - ތައާރުފު
(ހ) މިއީ، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިޔަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް އެ ގާނޫނުގެ 425 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދައިފައިވާ ގަވާއިދެވެ.
ނަން
(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު" މި ގޮތަށެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ތަންފީޒުކޮށް ހިނގުމުގެ ކަންކަން އިންތިޒާމުކޮށް، އެ ގާނޫނު ތަންފީޒުކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން، އަމަލުކުރާނޭ ގޮތްތަކުގެ ތަފްސީލުތަކާއި އިރުށާދުތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ގާނޫނަށް އިސްކަން ދިނުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާއި ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ފުށުއަރާނަމަ، އެ ކަމެއް މާނަކޮށް ތަންފީޒުކުރަންޖެހޭނީ، އެ ގާނޫނުގައިވާ ގޮތަށް އިސްކަންދީގެންނެވެ.
4 ވަނަ މާއްދާ - ރަދީފު
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަވާ ގޮތަށް އެ ލަފުޒެއް ނުވަތަ އެ އިބާރާތެއް ބޭނުންކޮށްފައި ނުވާނަމަ، އެ ލަފުޒަކަށް ނުވަތަ އިބާރާތަކަށް ދީފައިވާނީ ތިރީގައި ދީފައިވާ މާނައެވެ.
(ހ) "މި ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ މި ގަވާއިދަށާއި، މި ގަވާއިދަށް ގެންނަ އިސްލާހުތަކަށެވެ.
(ށ) "ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ސެކްށަންތަކުގެ އެންމެ އިސްވެރިން ފެށިގެން މަތީގެ އިދާރީ މަގާމުތައް ފުރާ މީހުންނާއި އެ ތަނެއްގެ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރާ ގުނަވަނުގެ ޑިރެކްޓަރުންނާއި މެންބަރުންގެ ތެރޭގައި ހިމެނޭ މީހުންނަށެވެ.
(ނ) "ގާނޫނީ ވަކީލަކު އައްޔަނުކުރާ ލިޔުން" ކަމަށް ބުނެފައި އެވަނީ، ކޯޓުގެ މަރުހަލާތަކުގައި ހަސްމަކު ތަމްސީލުކުރުމަށް އެ ހަސްމެއްގެ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕަވަރ އޮފް އެޓާރނީއާއި ގަރާރާއި، އެ ނޫންވެސް ލިޔުމަށެވެ.
(ރ) "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ހައިކޯޓުގެ ރަޖިސްޓްރާރއާއި އެ މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވާ ފަރާތްތަކާއި، ރަޖިސްޓްރާރ ނެތް ހާލަތެއްގައި ރަޖިސްޓްރާރގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކޮށްފައިވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ.
(ބ) "މައްސަލަ ބަލާ ފަނޑިޔާރުން" ނުވަތަ "މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، އެ މައްސަލަ ބަލާ ފަނޑިޔާރުގެ ބަދަލުގައި އެ މައްސަލަ ބެލުމަށް ވަގުތީގޮތުން ހަވާލުވެފައިވާ ފަނޑިޔާރު ވެސް ހިމެނޭ ގޮތަށެވެ.
(ޅ) "ދައުވާ" ކަމަށް ބުނެފައި އެވަނީ، އިސްތިއުނާފު ކުރެވޭ މައްސަލަތަކާއި ފުރަތަމަ މަރްހަލާގައި ހައިކޯޓުން ބަލާ މައްސަލަތަކާއި، ބަލަމުންދާ މައްސަލައަކާއި ގުޅުވައިގެން ހުށަހެޅޭ ރައްދު އިސްތިއުނާފްތަކާއި ތަދައްހުލުވުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ހިމެނޭ ގޮތުންނެވެ.
ދެވަނަ ބައި
ދައުވާ ކުރުމުގެ ހައިސިއްޔަތު އަދި ހަސްމުން ތަމްސީލުކުރުން
5 ވަނަ މާއްދާ - ދައުވާ ކުރުމުގެ ހައިސިއްޔަތު
(ހ) ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮންމެ ތަބީއީ ށަހުސަކަށް، އަދި ގާނޫނީށަހުސަކަށް އެ ފަރާތެއް އަމިއްލައަށް ނުވަތަ އެ ފަރާތުން އައްޔަނުކޮށް ކަނޑައަޅާ ގާނޫނީ ވަކީލަކު މެދުވެރިކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން އިހްތިސާސް ލިބިދީފައި އޮންނަ ބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދާއުވާ އުފުލައި ނުވަތަ ދައުވާއެއް ދިފާއުކޮށް ހެދިދާނެއެވެ. ނަމަވެސް،ކޯޓަށް ދައުވާއެއް ހުށަހެޅޭނީ، އެ މައްސަލައެއްގައި އެ ފަރާތުގެ މަސްލަހަތު އޮތް އަދި ގާނޫނުގައި ބަޔާންކޮށްފައިވާ އިސްތިއުނާފީ ސަބަބެއް އޮތްނަމައެވެ.
6 ވަނަ މާއްދާ - ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު
ދުސްތޫރީ މައްސަލަތަކުގައި ދައުވާކުރުމުގެ ހައިސިއްޔަތު ކޮންމެ ފަރާތަކަށްމެ ލިބިގެންވެއެވެ.
7 ވަނަ މާއްދާ - ގިނަ ހަސްމުން މައްސަލަ ހުށަހެޅުން
އެއް އަސާސެއްގެ މައްޗަށް ބިނާވެގެންވާ ދައުވާއެއް ނުވަތަ ދައުވާތަކެއް ހިމެނޭ މައްސަލަތަކުގައި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެކުވެގެން، އެއް މައްސަލައެއްގެ ގޮތުގައި ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ. އަދި، އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ މައްޗަށް މައްސަލަ ރައްދުވާ ގޮތަށް ވެސް އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅިދާނެއެވެ.
8 ވަނަ މާއްދާ - ދައުލަތް ތަމްސީލުކުރުން
(ހ) ދައުލަތުން ދައުވާކުރާ މަދަނީ މައްސަލަތަކުގައި އަދި ދައުލަތުގެ މައްޗަށް ދައުވާ ރައްދުވާގޮތަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގައި ހައިކޯޓުގައި ދައުލަތް ތަމްސީލުކުރާނީ، ބަންޑާރަ ނައިބު ނުވަތަ އޭނާ އައްޔަނުކުރާ ގާނޫނީ ވަކީލުންނެވެ.
(ށ) ދައުލަތް ތަމްސީލުކުރުމަށް ބަންޑާރަ ނާއިބުގެ ފަރާތުން ގާނޫނީ ވަކީލުން އައްޔަނުކުރާނީ، މި ގަވާއިދުގެ 24 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމަކުންނެވެ.
(ނ) ބަންޑާރަ ނާއިބުގެ މަގާމު ހުސްވެފައިވާ ވަގުތުތަކުގައި ބަންޑާރަ ނާއިބުގެ އޮފީސް ހިންގަން ހަވާލުވެފައިވާ ވެރިއަކު އައްޔަނުކުރާ ބަންޑާރަ ނާއިބު އޮފީހުގެ ގާނޫނީ ވަކީލުންނަށް ހައިކޯޓުގައި ދައުލަތް ތަމްސީލުކުރެވޭނެއެވެ.
9 ވަނަ މާއްދާ - ޕާޓްނަށިޕް
ޕާޓްނަށިޕެއް ކޯޓުގައި ތަމްސީލުކުރާނީ، އެ ޕާޓްނަށިޕަކުން އައްޔަނުކުރާ ޕާޓްނަރަކު ނުވަތަ އެ ޕާޓްނަށިޕަކުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.
10 ވަނަ މާއްދާ - ކުންފުނި
ކުންފުންޏެއް ކޯޓުގައި ތަމްސީލުކުރާނީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އައްޔަނުކުރާ އެ ކުންފުނީގެ ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.
11 ވަނަ މާއްދާ - ޖަމުއިއްޔާ ނުވަތަ ޖަމާއަތެއް ނުވަތަ ކްލަބް
ރަޖިސްޓަރީ ކޮށްފައިވާ ޖަމުއިއްޔާއެއް ނުވަތަ ޖަމާއަތެއް ނުވަތަ ކްލަބެއް ކޯޓުގައި ތަމްސީލުކުރާނީ، އެ ތަނެއްގެ ހިންގާ ކޮމިޓީން އައްޔަނުކުރާ އެ ތަނެއްގެ ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ އެ ތަނެއްގެ ހިންގާ ކޮމިޓީން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.
12 ވަނަ މާއްދާ - ސިޔާސީ ޕާޓީ
ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީއެއް ކޯޓުގައި ތަމްސީލުކުރާނީ ސިޔާސީ ޕާޓީ ދަފުތަރުގައި އެ ޕާޓީއެއް ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތެއް ނުވަތަ އެ ޕާޓީގެ ފަރާތުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.
13 ވަނަ މާއްދާ - ކޮމިށަން
ގާނޫނަކުން ވަކި ގާނޫނީ ށަހުސެއްގެ ގޮތުގައި އުފައްދައިފައިވާ ކޮމިށަނެއް ކޯޓުގައި ތަމްސީލުކުރާނީ، އެ ކޮމިށަނުން އައްޔަނުކުރާ އެ ކޮމިށަނެއް ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ އެ ކޮމިށަނުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.
14 ވަނަ މާއްދާ - ގާނޫނީ ށަހްސު
ގާނޫނަކުން ވަކި ގާނޫނީ ށަހްސެއްގެ ގޮތުގައި އުފައްދައިފައިވާ އޮތޯރިޓީއެއް ނުވަތަ އިދާރާއެއް ނުވަތަ މުއައްސަސާއެއް ހިންގަނީ ޑިރެކްޓަރުންގެ ބޯޑަކުން ނުވަތަ ގަވަރނިންގ ބޯޑަކުން ކަމުގައި ވާނަމަ، ކޯޓުގައި ތަމްސީލުކުރާނީ، އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ނުވަތަ ގަވަރނިންގ ބޯޑުން އައްޔަނުކުރާ އެ ތަނެއް ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ އެ ބޯޑުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ. މިގޮތަށް އުފައްދައިފައިވާ އޮތޯރިޓީއެއް ނުވަތަ އިދާރާއެއް ނުވަތަ މުއައްސަސާއެއްގެ ހިންގުމުގެ ބާރު ދީފައިވަނީ، އެފަދަ ތަނަކަށް އައްޔަނުކޮށްފައިވާ އެންމެ އިސް ފަރާތަކަށް ކަމުގައި ވާނަމަ، އެ ތަނެއް ކޯޓުގައިތަމްސީލުކުރާނީ، އެ އިސްފަރާތުން އައްޔަނުކުރާ އެ ތަން ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ އެ ފަރާތުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.
15 ވަނަ މާއްދާ - ގާނޫނަކުން އުފައްދާ މަގާމުތައް
ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދޭގޮތަށް ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން މަގާމެއް އުފައްދައި، އެ މަގާމު ފުރާނޭ މީހަކު އައްޔަނު ކޮށްފައިވާނަމަ، އެ މީހަކު ކޯޓުގައި ތަމްސީލުކުރާނީ، އޭނާ އަމިއްލައަށް ނުވަތަ އޭނާ އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.
16 ވަނަ މާއްދާ - ލޯކަލް ކައުންސިލް
ލޯކަލް ކައުންސިލުތައް ކޯޓުގައި ތަމްސީލުކުރާނީ ، އެ ކައުންސިލަކުން އައްޔަނުކުރާ އެ ކައުންސިލެއްގެ ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ އެ ކައުންސިލުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.
17 ވަނަ މާއްދާ - ޕާޓްނަށިޕަކުން ދައުވާކުރުމާ ދައުވާލިބިގަތުން
(ހ) ޕާޓްނަށިޕަކުން ދައުވާކުރާނަމަ އަދި ޕާޓްނަށިޕެއްގެ މައްޗަށް ދައުވާލިބޭނަމަ އެކަން ކުރަންވާނީ، ޕާޓްނަށިޕްގެ ނަމުގައެވެ. ޕާޓްނަށިޕްގެ ނަން ބަދަލުވެފައިވާނަމަ، ދައުވާ ބިނާކުރާ ސަބަބު މެދުވެރިއިރު ޕާޓްނަށިޕްގެ ނަން ކަމުގައި އޮތް ނަން މައްސަލަ ހުށަހަޅާ ފޯމުގައި ބަޔާންކުރަންވާނެއެވެ.
(ށ) ޕާޓްނަށިޕަކުން ދައުވާކުރާ ހާލަތުގައި ނުވަތަ ޕާޓްނަށިޕެއްގެ މައްޗަށް ދައުވާލިބޭ ހާލަތުގައި، އަނެއް ހަސްމު ލިޔުމަކުން އެދިއްޖެނަމަ، ދައުވާގައި ހިމެނޭ ހައްގު އުފެދުނުއިރު އެ ޕާޓްނަށިޕްގެ މެންބަރުންގެ ގޮތުގައި ތިބި މީސްމީހުންނާއި އެ މީސްމީހުންގެ އެޑްރެހާއި ގުޅޭނޭ ތަފްސީލުތައް އެނގޭނޭ ބަޔާނެއް ކޯޓަށް ހުށަހަޅަންވާނެއެވެ.
18 ވަނަ މާއްދާ - ސޯލް ޕްރޮޕްރައިޓަރށިޕް
ސޯލް ޕްރޮޕްރައިޓަރށިޕްއެއްގެ މައްޗަށް ދައުވާކުރާނަމަ ދައުވާކުރާނީ، އަދި އެފަދަ ފަރާތަކުން ދައުވާކުރާނަމަ ދައުވާކުރަންވާނީ، އެ ސޯލް ޕްރޮޕްރައިޓަރށިޕްގެ ވެރިފަރާތުގެ ނަމުގައެވެ.
19 ވަނަ މާއްދާ - ކުޑަކުއްޖެއް ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތްތައް
(ހ) އެހެން ގޮތަކަށް ކޯޓުން އަމުރުކޮށްފައި ނުވާނަމަ، މަދަނީ މައްސަލަތަކުގައި ކުޑަކުއްޖެއް ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއް ކޯޓުގައި ތަމްސީލުކުރާނީ ،އެ ފަރާތުގެ ށަ ރުއީ ބަލަދުވެރިޔާ ނުވަތަ ށަރުއީ ބަލަދުވެރިޔާ އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ. ނަމަވެސް، ކުޑަކުއްޖާގެ ނުވަތަ ރައްކައުތެރިކަން ލިބިގެންވާ މީހާގެ ގާނޫނީ ބަލަދުވެރިޔަކު އައްޔަނުކޮށްފައިވާނަމަ، ކޯޓުގައި އެ ފަރާތެއް ތަމްސީލުކުރާނީ ،އެ ފަރާތުގެ ގާނޫނީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާ އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަމިއްލަ މަސްލަހަތު ފުށުއަރާ މައްސަލަތަކުގައި އެފަދަ ފަރާތަކަށް ނުވަތަ އެފަދަ ފަރާތަކުން އައްޔަނުކުރާ ގާނޫނީ ވަކީލަކަށް ކޯޓުގައި ކުޑަކުއްޖަކު ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއް ތަމްސީލެއް ނުކުރެވޭނެއެވެ. މި ހާލަތުގައި ކުޑަކުއްޖާ ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތް ކޯޓުގައި ތަމްސީލުކުރާނޭ އެހެން ފަރާތެއް ކޯޓުން ކަނޑައަޅަންވާނެއެވެ.
(ނ) ކުޑަކުއްޖެއް ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއް ތަމްސީލުކުރާ ފަރާތުގެ މައިގަނޑު މަސްއޫލިއްޔަތު އޮންނަންވާނީ، އެ ކުޑަކުއްޖާ ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތުގެ މަސްލަހަތު ރައްކައުތެރިކުރުމަށެވެ.
(ރ) މި މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތެއް ތަމްސީލުކުރާ މީހަކު، ކުޑަކުއްޖެއްގެ މައްޗަށް ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއްގެ މައްޗަށް ދައުވާލިބޭ މައްސަލައެއްގައި އިއުތިރާފުވެ، ނުވަތަ ސުލްހައިގެ ހައްލަކަށް އެއްބަސްވެ ގަބޫލުކުރަންވާނީ ކޯޓުގެ ހުއްދައާ އެކުގައެވެ.
20 ވަނަ މާއްދާ - އެކުގައި މަސްލަހަތު ހިމެނޭ ހަސްމަކު އެހެން ހަސްމެއް ތަމްސީލުކުރުން
(ހ) ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 83 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ އިތުރުން، އެހެނިހެން މަދަނީ މައްސަލަތަކުގައި ވެސް އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ މަސްލަހަތު އެކުގައި ހިމެނޭނަމަ، އޭނާ އެ މައްސަލައިގައި ކޯޓުގައި ތަމްސީލުކުރުމަށް އޭނާއާއެކު އެ މައްސަލައިގައި އެއް މަ ސްލަހަތެއް ހިމެނޭ އެހެން މީހަކު އައްޔަނު ކުރެވިދާނެއެވެ. މި މާއްދާގެ ދަށުން އެއް ހަސްމަކު އެ މައްސަލައިގެ އެހެން ހަސްމަކު ތަމްސީލުކުރާނަމަ، މި ގަވާއިދުގެ 24 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ފުރިހަމަކޮށް ކޯޓަށް ހުށަހަޅަންވާނެއެވެ.
21 ވަނަ މާއްދާ - މަސްލަހަތު ހިމެނޭ ހުރިހާ ފަރާތެއް ހަސްމުންގެ ގޮތުގައި ހިމެނުން
(ހ) ކޯޓަށް ހުށަހެޅިފައިވާ ދައުވާގައި ނުވަތަ މައްސަލައިގައި ހިމެނޭ ހުރިހާކަމެއް ފުރިހަމައަށް އަދި މުޅިން ނިންމުމަށް ޓަކައި އެ ގަޒިއްޔާގެ ހަސްމުންގެ ގޮތުގައި ކޮންމެހެން ބައިވެރިވާންޖެހޭނޭ އެންމެހައި ފަރާތްތައް އެ ގަޒިއްޔާގެ ހަސްމުންގެ ގޮތުގައި ހިމަނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ މަގުސަދަށް ޓަކައި، ދައުވާކުރާ ފަރާތުން ކުރާ ދައުވާގައި ހިމެނޭ ހައްގަކީ އެ ފަރާތާއެކު ނުވަތަ އެ ފަރާތުގެ އިތުރަށް އެހެން ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ލިބެންވާ ހައްގެއް ނުވަތަ ހައްގުތަކެއް ހިމެނޭ ދައުވާއެއްނަމަ، އެ ގަޒިއްޔާގައި ދައުވާކުރާ ފަރާތްތަކުގެ ގޮތުގައި އެފަދަ ހުރިހާ ފަރާތްތަކެއް ހިމަނަންވާނެއެވެ. ގަޒިއްޔާގެ ހަސްމުންގެ ގޮތުގައި ހިމަނަންޖެހޭ ކަމަށް ގަބޫލުކުރެވޭ މީހަކު ދައުވާކުރާ ފަރާތެއްގެ ގޮތުގައި އެ ގަޒިއްޔާގައި ހިމެނުމަށް އިއުތިރާޒުކުރާނަމަ، އެ މީހަކު އެ ގަޒިއްޔާގެ ދައުވާލިބޭ ފަރާތެއްގެ ގޮތުގައި ހިމެނިދާނެއެވެ.
(ނ) ކޯޓަށް ހުށަހެޅިފައިވާ ދައުވާގައި ނުވަތަ މައްސަލައިގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމައަށް އަދި މުޅިން ނިންމުމަށްޓަކައި ގަޒިއްޔާގެ ހަސްމެއްގެ ގޮތުގައި ހިމަނަންޖެހޭ ފަރާތެއްކަމަށް ކޯޓަށް ފެންނަ ފަރާތްތައް ހަސްމެއްގެ ގޮތުގައި ގަޒިއްޔާގައި ހިމެނުމަށް ދައުވާކުރާ ފަރާތަށް ކޯޓުން އަމުރު ކުރެވިދާނެއެވެ.
(ރ) މައްސަލައެއްގެ ހަސްމެއްގެ ގޮތުގައި ހިމަނައިފައިވާ މީހަކު އެ ގަޒިއްޔާގެ ހަސްމެއްގެ ގޮތުގައި ހިމެނުމަކީ ކޮންމެހެން ބޭނުންކަމެއް ނޫންކަމަށް ކޯޓަށް ގަބޫލުކުރެވޭނަމަ، އެފަދަ ފަރާތެއް އެ ގަޒިއްޔާއިން އުނިކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ހަސްމަކު އުނިކުރުމަށް ނިންމައިފިނަމަ، އެގޮތަށް ނިންމި ސަބަބު، ށަރީއަތް ނިމުނު ގޮތުގައި ހިމަނަންވާނެއެވެ.
22 ވަނަ މާއްދާ - މައްސަލައެއްގެ ތެރެއަށް ތަދައްހުލުވުމަށް އެދި ހުށަހެޅުން
(ހ) ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން މަސްލަހަތު އޮތް އެއްވެސް ފަރާތަކުން އެ މައްސަލައަކަށް ތަދައްހުލުވުމަށް އެދި ހުށަހަޅައިފިނަމަ، އެ ފަރާތަކަށް އެ މައްސަލައިގައި ތަދައްހުލުވުމުގެ ހުއްދަދިނުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން މައްސަލައަކަށް ތަދައްހުލުވުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުންނެވެ.
(ނ) މައްސަލައަކަށް ތަދައްހުލުވުމަށް އެދި ހުށަހަޅާ ފަރާތުން ތަދައްހުލުވުމަށް އެދި ހުށަހަޅަނީ ދައުވާކުރާ ފަރާތެއްގެ ގޮތުގައިކަން ނުވަތަ ދައުވާލިބޭ ފަރާތެއްގެ ގޮތުގައިކަން ތަދައްހުލުވުމަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން ތަދައްހުލުވުމަށް އެދި ހުށަހެޅުމުން އެ މައްސަލައަށް ތަދައްހުލުކުރެވޭނީ، އެކަމަށްޓަކައި ކޯޓުން ކަނޑައަޅައިފައިވާ ފީ ދެއްކުމުންނެވެ.
23 ވަނަ މާއްދާ - ތަދައްހުލުވާ ފަރާތް ހާޒިރު ނުވުން
މައްސަލައަކަށް ތަދައްހުލްވުމަށް އެދި ހުށަހެޅުމުން ތަދައްހުލްވުމުގެ ހުއްދަދެވިފައިވާ ފަރާތެއް މަގްބޫލު ސަބަބެއް ނެތި އެ މައްސަލައެއްގެ ށަރީއަތަށް ހާޒިރު ނުވެއް ޖެނަމަ، ތަދައްހުލުވުމަށް އެދި ހުށަހެޅި ހުށަހެޅުން ބާތިލުކުރުގެ އިހްތިޔާރު، މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވެއެވެ.
24 ވަނަ މާއްދާ - ގާނޫނީ ވަކީލުން އައްޔަނުކުރުން
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައެޅިފައި ނުވާނަމަ، ހަސްމުން ތަމްސީލުކުރުމަށް ގާނޫނީ ވަކީލުން އައްޔަނުކުރުމުގައި، ގާނޫނީ ވަކީލުންކަމުގައި، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން ހުއްދަ ލިބިފައިވާ އަންނަނިވި ފަރާތްތައް ކަނޑައެޅިދާނެއެވެ.
- ލީގަލް ޕްރެކްޓިސް؛
- ލޯ ފަރމް؛
- ކުންފުންޏެއްގެ ނުވަތަ މުއައްސަސާއެއްގެ އިންހައުސް ލީގަލް ކައުންސެލް؛
- ގާނޫނީ ހިދުމަތް ދިނުމަށް ހިލޭސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމުއިއްޔާއަކުން އައްޔަނުކުރާ، ގާނޫނީ ވަކީލުން.
(ށ) ކުންފުންޏެއްގެ ނުވަތަ އެހެން މުއައްސަސާއެއްގެ އިންހައުސް ލީގަލް ކައުންސެލްއަށް އެ ހައިސިއްޔަތުން ކޯޓަށް ހާޒިރުވެވޭނީ ހަމައެކަނި އޭނާ ވަޒީފާ އަދާކުރާ ކުންފުނީގެ ނުވަތަ މުއައްސަސާގެ ފަރާތުންނެވެ.
(ނ) ހަސްމެއްގެ ގާނޫނީ ވަކީލުންގެ ގޮތުގައި ލޯ ފާރމްއެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއް އައްޔަނު ކޮށްފައިވާނަމަ، ގާނޫނީ ވަކީލުން ކޯޓަށް ހާޒިރުވާނީ، އެ ލޯ ފަރމްގެ ފަރާތުން ނުވަތަ ލީގަލް ޕްރެކްޓިސްގެ ފަރާތުންނެވެ.
(ރ) މަދަނީ މައްސަލައެއްގައި ހަސްމެއްގެ ފަރާތުން ގާނޫނީ ވަކީލަކު ކޯޓަށް ހާޒިރުވާއިރު މުވައްކިލު ނުވަތަ މުވައްކިލުގެ ގާނޫނީ ވަކީލު(ން) ފިޔަވައި އެހެން މީހަކު ކޯޓަށް ހާޒިރުވުން ލާޒިމެއް ނޫނެވެ.
(ބ) ހަސްމަކު ތަމްސީލުކުރަން ލީގަލް ޕްރެކްޓިސެއް އައްޔަނުކުރާނަމަ ކޯޓަށް ހާޒިރުވާނީ އެ މީހެއްގެ ނަމުގައި އެ ލީގަލް ޕްރެކްޓިސް ރަޖިސްޓަރީ ކޮށްފައިވާ ގާނޫނީ ވަކީލެވެ.
(ޅ) ހަސްމެއް ތަމްސީލުކުރަން އައްޔަނުކުރަނީ ލޯ ފަރމެއްނަމަ، އެ ލޯ ފަރމަކުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.
(ކ) ލޯ ފަރމްތަކުންނާއި ލީގަލް ޕްރެކްޓިސްތަކުންނާއި ގާނޫނީ ވަކީލުންނަށް ކޯޓުގައި ހަސްމުން ތަމްސީލުކުރެވޭނީ، އަންނަނިވި ގޮތްތަކުންކުރެ ކޮންމެވެސް އެއް ގޮތަކަށް ބާރުލިބިގެންނެވެ.
- މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ޕަވަރ އޮފް އެޓަރނީ ލިބިފައި އޮތުން؛
- މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ލިޔުމަ ކުން ލޯ ފަރމް ނުވަތަ ލީގަލް ޕްރެކްޓިސް ނުވަތަ ގާނޫނީ ވަކީލު އައްޔަނުކޮށްފައި އޮތުން؛
- މުއައްސަސާއެއްގެ ނުވަތަ ގާނޫނީ ށަހްސުގެ ގަރާރަކުން އައްޔަނުކޮށްފައި އޮތުން.
(އ) މި މާއްދާގެ (ކ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕަވަރ އޮފް އެޓަރނީ ނުވަތަ އައްޔަނުކުރުމުގެ ލިޔުމުގައި ނުވަތަ ގަރާރުގައި އަންނަނިވި ބައިތައް ފުރިހަމަވާންވާނެއެވެ.
- އައްޔަނުކުރާ ފަރާތުގެ ނަން؛
- އައްޔަނުކުރެވޭ ފަރާތުގެ ނަން؛
- އައްޔަނުކުރެވޭ ފަރާތަށް ދީފައިވާ ބާރުތަކުގެ ތަފްސީލު: (މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ގޮތަށް)
- އައްޔަނުކުރެވޭ ފަރާތުން ކޯޓަށް ހުށަހަޅާ ހުށަހެޅުންތަކާއި، އެ ފަރާތުން މައްސަލައާ ގުޅިގެން ކުރާ ކަންކަމާއި ކޯޓުގައި ދައްކާ ވާހަކަތައް އޭނާ އަމިއްލައަށް އެކަންކަން ކުރުމެކޭ އެއްފަދައިން، އޭނާ އެކަންކަން ގަބޫލުކޮށް ތަސްދީ ގުކުރާކަން؛
- އައްޔަނުކުރި ތާރީހު؛
- އައްޔަނުކުރި ފަރާތުގެ ސޮޔާއި އިނގިލީގެ ނިށާން/ރަސްމީ ތައްގަނޑު؛
- ހެކިންގެ ނަ މާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، އުމުރާއި، އިނގިލީގެ ނިށާނާއި، ސޮއި ނުވަތަ ނޯޓަރީ ޕަބްލިކުގެ ފަރާތުން ނޯޓަރައިސް ކޮށްފައި އޮތުން.
- އައްޔަނުކުރެވޭ ގާނޫނީ ވަކީލުގެ ތަފްސީލާއި، ސޮޔާއި، ރަސްމީ ތައްގަނޑު.
(ވ) ގާނޫނީ ވަކީލު އައްޔަނުކުރަނީ، ނުވަތަ ޕަވަރ އޮފް އެޓަރނީ ދެނީ ގާނޫނީ ށަހްސަކުން ކަމަށް ވާނަމަ، ޕަވަރ އޮފް އެޓާރނީ ނުވަތަ އައްޔަނުކުރުމުގެ ލިޔުމާއެކު މި ގަވާއިދުގެ 24 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ކަންކަން އެނގޭނެ ގޮތަށް އެ ތަނެއްގެ ޑިރެކްޓަރުންގެ ބޯޑުން ނުވަތަ ކޮމިށަނުން ނުވަތަ ކައުންސިލުން އެ ކަމަށް ޓަކައި ފާސްކޮށްފައިވާ ގަރާރު ކޯޓަށް ހުށަހަޅަންވާނެއެވެ.
(މ) މި މާއްދާގެ ދަށުން އައްޔަނުކުރާ ގާނޫނީ ވަކީލަކަށް ހައިކޯޓުގައި ހަސްމަކު ތަމްސީލުކުރެވޭނީ، އެ ފަރާތަކީ ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވާނަމައެވެ.
25 ވަނަ މާއްދާ - ކުންފުނި، ޖަމުއިއްޔާ، ގާނޫނީ ށަހްސުން ތަމްސީލުކުރުން
(ހ) ކޯޓުގައި އެ ފަރާތެއް ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ބަދަލުގައި އެ ށަހްސަކުން އަމިއްލައަށް ކޯޓަށް ހާޒިރުވުމަށް އެ ށަހްސް ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު އައްޔަނު ކުރާނަމަ، ނުވަތަ އެ ށަހްސެއް ކޯޓުގައި ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަނުކުރާނަމަ، އެ ފަރާތެއް އައްޔަނުކުރާނީ، އެ ގާނޫނީ ށަހްސަކުން ފާސްކޮށްފައިވާ ގަރާރަކުންނެވެ. އަދި ހުއްދަކުރާ ގަރާރުގައި އަންނަނިވި މައުލޫމާތު ހުންނަންވާނެއެވެ.
- ގާނޫނީ ށަހްސުގެ ފުރިހަމަ ނަން؛
- ރަޖިސްޓަރީކުރެވިފައިވާ އެޑްރެހާއި ރަޖިސްޓަރީ ނަންބަރު؛
- ކުންފުންޏެއްނަމަ ޑިރެކްޓަރުންގެ ޖު މުލަ އަދަދު؛
- ޕާޓްނަރށިޕެއްނަމަ ޕާޓްނަރުންގެ ޖުމުލަ އަދަދު؛
- މިނިވަން މުއައްސަސާއެއްނަމަ މެންބަރުންގެ ޖު މުލަ އަދަދު؛
- ކުލަބު ނުވަތަ ޖަމުއިއްޔާއެއްނަމަ ހިންގާ ކޮމިޓީގެ މެންބަރުގެ ޖުމު ލަ އަދަދު؛
- ކޯރަމް ހަމަވާ އަދަދު؛
- ބައްދަލުވުމުގެ ބައިވެރިންގެ އަދަދު؛
- ޖަލްސާ ބޭއްވި ތާރީހާއި، ތަނާއި، ވަގުތު (އޮންލައިން ޕްލެޓްފޯމެއްގައި ކޯލް އިނީށިއޭޓްކުރި ފަރާތާއި އިންތިޒާމުކުރި ތަން.)
- ކަނޑައެޅި ނިމިފައިވާ ގޮތް؛
- މި ގަރާރުގެ ދަށުން ކޯޓަށް ހާޒިރުވާ ފަރާތަށް ދީފައިވާ ބާރުތަކުގެ ތަފުސީލާއި، އެ ފަރާތުން ކޯޓަށް ހުށަހަޅާ ހުށަހެޅުންތަކާއި، އެ ފަރާތުން މައްސަލައާ ގުޅިގެން ކުރާ ކަންކަމާއި ކޯޓުގައި ދައްކާ ވާހަކަތައް އޭނާ އަމިއްލައަށް އެ ކަންކަން ކުރުމެކޭ އެއްފަދައިން، އޭނާ އެ ކަންކަން
ގަބޫލުކޮށް ތަސްދީގުކުރާކަން؛ (ނަމޫނާ މި ގަވާއިދުގެ ޖަދުވަލު 5 ގައި ހިމެނިފައިވާނެއެވެ.) - ހާޒިރުވި މެންބަރުންގެ ނަމާއި ސޮއި؛
- ސިއްކަ؛
- ފާސްކުރި ތާރީހު؛
- އައްޔަނުކުރެވޭ މީހާގެ މަގާމު.
(ށ) ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ގާނޫނީ ށަހްސަކުން ކޯޓުގެ ގަޒިއްޔާއަކަށް ހާޒިރުވާނެ ފަރާތެއް ހަމަޖެއްސުމަށް ފާސްކުރާ ރިޒޮލިއުށަން ނުވަތަ ގަރާރު ނުވަތަ އެކަށައަޅާ ލިޔުން ކޯޓުން ގަބޫލުކުރެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަވާގޮތަށް އެ ލިޔުމެއް އޮތްނަމައެވެ.
އަދި އެ ހަސްމަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ގާނޫނީ ށަހްސެއް ކަމުގައި ނުވާނަމަ، އެފަދަ ފަރާތެއް ތަމްސީލުކުރުމަށް ކަނޑައަޅާ ގަރާރު ނުވަތަ ނިންމުން އޮންނަންވާނީ، އެ ލިޔުން ދޫކުރި ގައުމުގެ ނޯޓަރީއަކު ނޯޓަރައިޒްކޮށްފައެވެ.
(ނ) ފަރުދެއް ނުވަތަ ގާނޫނީ ށަހްސަކުން ކޯޓަށް ހާޒިރުވުމަށް އައްޔަނުކޮށްފައިވާ ފަރާތަށް ކޯޓަ ށް ހާޒިރުވުމަށް އެހެން ފަރާތެއް ހަމައެއް ނުޖެއްސޭނެއެވެ. އަދި ފަރުދެއް ނުވަތަ ގާނޫނީ ށަހްސެއް ތަމްސީލުކުރުމަށް އައްޔަނުކުރާނެ ފަރާތެއް
ހަމަޖެއްސުމުގެ ބާރު ލިބިފައިވާ މީހަކަށް އެ ބާރު އެހެން މީހަކާ ހަވާލެއް ނުކުރެވޭނެއެވެ. ނަމަވެސް، ހަސްމަކު ތަމްސީލުކުރުމަށް ލޯ ފާރމެ އް ނުވަތަ ލީގަލް ޕްރެކްޓިސްއެއް ނުވަތަ ހިލޭސާބަހަށް ގާނޫނީ ހިދުމަތްދޭ ޖަމުއިއްޔާއެއް އައްޔަނުކޮށްފައިވާ ހާލަތުގައި އެ ފަރމްއެއްގެ ނުވަތަ ޕްރެކްޓިސްއެއްގެ ނުވަތަ ޖަމުއިއްޔާއެއްގެ ފަރާތުން ހާޒިރުވާނޭ ވަކީލަކު އެ ތަނުން ކަނޑައެޅުމަކަށް ހުރަހެއް ނެތެވެ.
(ރ) ޕަވަރ އޮފް އެޓަރނީއަކުން ނުވަތަ އެ މީހެއްގެ ގަރާރަކުން ކޯޓަށް ހާޒިރުވުމަށް ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ބާރު އެ ތަނުގެ މަގާމެއްގައި ހުންނަ މީހަކަށް، އެ ތަނެއް އުފެއްދި ގާނޫނުގައި ނުވަތަ އެ ތަނެއްގެ ދުސްތޫރުގައި ނުވަތަ ހިންގާ ގަވާއިދުގައި ލިބިދީފައިވާނަމަ، އެ ބާރުގެ ދަށުން ގާނޫނީ ވަކީލުން އައްޔަނުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
26 ވަނަ މާއްދާ - ހަސްމުން ތަމްސީލުކުރާ ފަރާތް އައްޔަނު ކުރުމަށް ހުށަހެޅުން
(ހ) ކޯޓަށް ހުށަހެޅޭ ދައުވާއަކާ ގުޅިގެން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަސްމުން ތަމްސީލުކުރާނެ ފަރާތެއް ކަނޑައަޅައި އެކަން އަންގާނީ ދައުވާ ފޯމާއެކު އެކަމަށް ހާއްސަ ލިޔުމަކުންނެވެ. އަދި ދައުވާ ލިބޭ ފަރާތުން ތަމްސީލު ކުރާނެ ފަރާތެއް އައްޔަނުކުރާ ލިޔުން ކޯޓަށް ހުށަހަޅާނީ، ދައުވާގެ ރައްދު ހުށަހަޅާ ފޯމާއެކުގައެވެ. އަދި މައްސަލައަކަށް ތަދައްހުލުވާ ފަރާތްތަކުން ނުވަތަ އެނޫންވެސް ގޮތަކުން މައްސަލައަށް އިތުރުކުރެވޭ ހަސްމުން ތަމްސީލު ކުރާނެ ފަރާތެއް އައްޔަނުކުރާނަމަ އެކަމަށް އެދި ހުށަހަޅާ ފޯމު ކޯޓަށް ހުށަހަޅާއިރު، ގާނޫނީ ވަކީލު އައްޔަނުކުރާ ލިޔުން ކޯޓަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާފަދައިން ހަސްމަކު ތަމްސީލުކުރާނެ ފަރާތެއް ކަނޑ◌ައަޅައިފައި ނުވާނަމަ، އެ މައްސަލައަކާގުޅޭ ގޮތުން ކޯޓުން މުއާމަލާތްކޮށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވާނީ ސީދާ އެ ހަސްމަށެވެ. ގާނޫނީ ވަކީލަކު އައްޔަނުކޮށްފައިވާނަމަ ހާޒިރުވުމުގެ އަމުރު ފޮނުވާނީ ހަމައެކަނި ގާނޫނީ
ވަކީލަށެވެ. ނަމަވެސް، ގާނޫނީ ވަކީލަށް ހާޒިރުވުމުގެ އަމުރު ރައްދުނުކުރެވިއްޖެނަމަ، ހާޒިރުވުމުގެ އަމުރު ސީދާ ހަސްމަށް ފޮނުވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) ހަސްމަކު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަނުކޮށްފައިވާނަމަ، ހަސްމުގެ ފަރާތުން ކޯޓަށް ހުށަހަޅާ އެންމެހައި ލިޔުންތަކުގައި ސޮއިކުރާނީ ގާނޫނީ ވަކީލެވެ.
27 ވަނަ މާއްދާ - އައްޔަނުވެވޭ ފަރާތް ވަކިލިޔުމަކުން އެއްބަސްވުން
ގާނޫނީ ވަކީލު އައްޔަނުކުރާ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޯޓުގައި ހަސްމު ތަމްސީލުކުރުމަށް ގާނޫނީ ވަކީލު ގަބޫލުކުރާކަމަށް އެ ލިޔުމުގައި ބަޔާންކޮށް އެ ލިޔުމުގައި ސޮއިކުރުމުގެ ބަދަލުގައި، ހަސްމު ތަމްސީލުކުރަން ގާނޫނީ ވަކީލު ގަބޫލުކުރާކަން ވަކި ލިޔުމަކުން ކޯޓަށް އެންގުމުގެ އިހްތިޔާރު، ގާނޫނީ ވަކީލަށް ލިބިގެންވެއެވެ.
28 ވަނަ މާއްދާ - ތަމްސީލު ކުރަމުންދާ މައްސަލައަކުން ތަނާޒުލުވުން
(ހ) ގާނޫނީ ވަކީލަކު ނުވަތަ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހަސްމަކު ތަމްސީލުކުރުމަށް ހަމަޖައް ސައިފައިވާ ފަރާތެއް އެކަށީގެންވާ ސަބަބެއް ނެތި އަދި އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް ދިނުމަކާ ނުލައި އެ މައްސަލައަކުން ތަނާޒުލުވެގެން ނުވާނެއެވެ. އަދި މައްސަލައަކުން ތަނާޒުލުވާން ޖެހިއްޖެނަމަ، އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރެވިފައިވާ ދުވަހުގެ މަދުވެގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ކުރިން ތަނާޒުލުވުމުގެ ނޯޓިސް ހަސްމަށާއި ކޯޓަށް ފޮނުވަންވާނެއެވެ.
(ށ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ތަމްސީލުކުރަމުންދާ ވަކީލަކު މައްސަލައިން ތަނާޒުލުވާނަމަ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
(ނ) ކޯޓަށް ހުށަހެޅިފައިވާ މައްސަ ލައެއްގައި ހަސްމަކު ތަމްސީލުކުރަމުންދާ ވަކީލަކު މައްސަލައިން ތަނާޒުލުވާނަމަ، އެ ހަސްމަށް ނުވަތަ އެ ހަސްމު ކޯޓުގައި ތަމްސީލުކުރުމަށް އަލުން އައްޔަނު ކުރެވޭ ގާނޫނީ ވަކީލާއި މައްސަލައިގެ ފައިލު ހަވާލުކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމުންނެވެ. އަދި މައްސަލައިގައި އެހައިތަނަށް ކަން ހިނގައިފައިވާ ގޮތުގެ ތަފުސީލީ ލިޔުމެއް ފައިލުގައި ހިމަނަންވާނެއެވެ. އަދި އެ ލިޔުމުގައި މައްސަލައިގެ ހުރިހާ ލިޔުންތައް ހަމަޔަށް ހުރިކަމަށް ތަނާޒުލުވާ ވަކީލު ބަޔާންކޮށް ސޮއިކުރަންވާނެއެވެ.
29 ވަނަ މާއްދާ - ވަކީލުން ސުލޫކީ މިންގަނޑާ ހިލާފު ވުން
(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހަސްމަކު ތަމްސީލުކުރުމަށް އައްޔަނުކޮށްފައިވާ ގާނޫނީ ވަކީލަކު، ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެކަމަށް ބެލެވޭނަމަ، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 421 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) ހިނގަމުންދާ ށަރީއަތެއްގައި މައްސަލަ ހިންގުމަށް ގާނޫނީ ވަކީލަކު ދަތިކުރާނަމަ ނުވަތަ މައްސަލަ ލަސްކުރާނަމަ، ނުވަތަ މައްސަލައިގެ އެކިއެކި އިޖުރާއަތުތައް ހިންގުމަށް ކޯޓުން ކަނޑައަޅާ ސުންގަޑިތަކާ އެއްގޮތަށް ކަންކަން ނުކުރާނަމަ، ނުވަތަ ކޯޓުގައި އަދަބާ ހިލާފު އަމަލެއް ހިންގާނަމަ ނުވަތަ އެކަށީގެންނުވާ ބަސްމަގު ބޭނުންކުރާނަމަ، ނުވަތަ ށަރީއަތުގެ ނިޒާމް ނަހަމަގޮތުގައި ބޭނުންކުރަމުންދާކަން މައްސަލަ ބަލާ ފަނޑިޔާރަށް ފާހަގަވެއްޖެނަމަ، ކަނޑައެޅޭ ވަކި މުއްދަތަކަށް އެ ވަކީލު އެ މައްސަލައެއްގައި ކޯޓަށް ހާޒިރު ނުވެވޭ ގޮތް ހެދުމާއި އެ ވަކީލު ބަދަލުކުރުމަށް އެންގުމުގެ އިހްތިޔާރު އެ މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވެއެވެ. އަދި އެ ފަރާތަކާމެދު މަދަނީ އިޖުރާއަތުގެ ގާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވެއެވެ.
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަކީލުންގެ ސުލޫކީ މިންގަނޑު ބެލުމުގައި ކޯޓުތަކުން އަމަލުކުރާނީ، ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅައިފައިވާ ގަވާއިދު ނަންބަރު 2021-118 (ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ހަމަތަކަށެވެ.
30 ވަނަ މާއްދާ - ވަކީލު ނުވަތަ ހަސްމަކު ތަމްސީލުކުރާ ފަރާތެއް ވަކިކުރުން
(ހ) ހަސްމަކު ތަމްސީލުކުރަން އައްޔަނުކޮށްފައިވާ ފަރާތް އަންނަނިވި ހާލަތްތަކުގައި ވަކިކުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
- ށަރީއަތުގެ ނިޒާމާ ހިލާފުވެގެން ފިޔަވަޅެއް އަޅަންޖެހުން؛
- ކޯޓުގެ ހުރުމަތް ކެނޑުން؛
- މުވައްކިލުގެ ފަރާތުން ށަރީއަތަށް ދޭންޖެހޭ މައުލޫމާތެއް ދީފައިނުވާކަމަށް ތަމްސީލުކުރާ ފަރާތަކުން ބުނުން؛
- ތަމްސީލުކުރާ ފަރާތެއް ނުވަތަ ވަކީލު ކެންސަލްކުރުމަށް މުވައްކިލު އެދުން؛
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ތަމްސީލުކުރާ ފަރާތެއް ނުވަތަ ވަކީލު ވަކިކޮށްފިނަމަ، ވަކިކުރި ސަބަބާއެކު މައްސަލައިގެ ފައިލުގައި އެކަން ނޯޓުކުރަންވާނެއެވެ.
ތިންވަނަ ބައި
އިސްތިއުނާފު ކުރުމަށް ހުށަހެޅުން
31 ވަނަ މާއްދާ - އިސްތިއުނާފުކުރުން އަދި އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅިދާނެ ފަރާތްތައް
(ހ) ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ ސައްބީސް ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުރަތަމަ މަރުހަލާގެ ކޯޓުތަކުގެ ހުކުމްތަކާއި ނިންމުންތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ.
(ށ) އާންމު އުސޫލެއްގެ ގޮތުން ހުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރެވޭނީ، އެ މައްސަލައެއްގައި ހިމެނޭ ހަސްމުންނަށެވެ. ނަމަވެސް، ހުކުމް ނުވަތަ އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލައިގެ ހަސްމަކަށް ނުވިޔަސް، އެ ހުކުމް ނުވަތަ އަމުރު ނުވަތަ ނިންމުން ރައްދުވާ ފަރާތަކަށް ނުވަތަ އެ ނިންމުމެއްގެ މަސްލަހަތު އޮތް ފަރާތަކަށް އެ ނިންމުމެއް އިސްތިއުނާފުކުރެވިދާނެ އެވެ. މިގޮތުން، މަސްލަހަތު އޮތް ފަރާތަކުން ހުކުމެއް އިސްތިއުނާފުކުރަން އެދޭއިރު، އެ ފަރާތުގެ މަސްލަހަތު އޮތްކަން ހައިކޯޓަށް ސާބިތުކޮށްދިނުމަކީ އެ ނިންމުމެއް އިސްތިއުނާފުކުރަން އެދޭ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
32 ވަނަ މާއްދާ - އިސްތިއުނާފުކުރެވިދާނެ ނިންމުންތައް
އިސްތިއުނާފުކުރެވިދާނެ ނިންމުތަކުގެ ތެރޭގައި އަންނަނިވި ބާވަތްތަކުގެ ނިންމުންތައް ހިމެނެއެވެ.
(ހ) ހުކުމްތަކާއި، ކޯޓު އަމުރުތަކާއި، އެނޫންވެސް ނިންމުންތައް.
(ށ) ވަގުތީ އަމުރު.
33 ވަނަ މާއްދާ - އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުން
(ހ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މަދަނީ މައްސަލައެއްގައި ދަށު ކޯޓަކުން ނިންމައިފައިވާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނީ، އެ ނިންމުމެއް ނިންމި ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އިސްތިއުނާކުރުމަށް އެދި ހުށަހަޅަނީ ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 280 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ވަގުތީ އަމުރެއްނަމަ، އެ ނިންމުމެއް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، އިސްތިއުނާފުކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވާއިރު، އެ މައްސަލައެއް އިސްތިއުނާފު ކުރެވިފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭ ފަދަ ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އެ ނިންމުން ނިންމި ތާރީހުން ފެށިގެން 6) ހައެއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމަށް އެދި ހުށަހެޅިދާނެއެވެ.
34 ވަނަ މާއްދާ - ރަޖިސްޓްރޭށަން ފީ
ކޯޓަށް ހުށަހަޅާ ދައުވާ ފޯމު ނުވަތަ އަމުރަކަށް އެދި ހުށަހަޅާ ފޯމު ނުވަތަ އެނޫންވެސް ފޯމެއް ހައިކޯޓުގައި ރަޖިސްޓަރީ ކުރުމަށް ޓަކައި ފީއެއް ދައްކަން ޖެހޭކަމަށް ކޯޓުން ކަނޑައަޅައިފައިވާނަމަ، އެ ފީއެއް ހަސްމުގެ ފަރާތުން ކޯޓަށް ދައްކަންވާނެއެވެ. މި ފީއަކީ ދައުވާ ފޯމު ފަހުން ބާތިލުކުރި ނަމަވެސް ނުވަތަ މައްސަލަ އަނބުރާ ގެންދިޔަ ނަމަވެސް އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
35 ވަނަ މާއްދާ - އިތުރު އިސްތިއުނާފުގެ މައްސަލަ ހުށަހެޅުން
(ހ) ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 286 ވަނަ މާއްދާގެ ދަށުން އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅާނަމަ، އެ މައްސަލައެއް އިސްތިއުނާފު ކޮށްފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަކަށް ކޯޓުން އަންގާތާ 10) ދިހައެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފު ކުރުމަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މިގޮތުން އިސްތިއުނާފުކުރަނީ ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ ބާވީސްވަނަ ބާބު "ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު" ގެ ދަށުން ނެރޭ ވަގުތީ ފަރުވާގެ އަމުރަކާ ގުޅިގެން ކަމަށް ވާނަމަ، މައްސަލައެއް އިސްތިއުނާފުކޮށްފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުން އަންގާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އިސްތިއުނާފީ މައްސަލައެއް ކޯޓުގައި ރަޖިސްޓަރީވުމާއެކު ވީ އެންމެ އަވަހަކަށް، އެ ހުށަހެޅުނު މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަށް އެކަން ކޯޓުން އަންގަންވާނެއެވެ.
36 ވަނަ މާއްދާ - އިސްތިއުނާފު މައްސަލައާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން އެދެވިދާނެ ކަންކަން
(ހ) އިސްތިއުނާފުކުރާ މައްސަލައެއް ހުށަހަޅައިފައިވާކަން ނުވަތަ އިސްތިއުނާފުކުރާ މައްސަލައެއް ހުށަހަޅައިފައިވަނިކޮށް އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅައިފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުން އަންގާތާ 20 (ވިހި) ދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 287 ވަނަ މާއްދާގައިވާ ކަންކަމުގެ ތެރެއިން ކަމަކަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުގައި އެދެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާމެދު ކޯޓުން ވަކިގޮތެއް ކަނޑައެޅެންދެން އިސްތިއުނާފުގެ މައްސަލަ ކުރިޔަށް ނުގެންގޮސް ފަސްކުރަންވާނެއެވެ. އެގޮތުން ފަސްކުރެވޭނީ، ގިނަވެގެން 20 (ވިހި) ދުވަހުގެ މުއްދަތަށެވެ.
(ރ) އިސްވެދިޔަ ގޮތަށް ހުށަހެޅޭ މައްސަލައެއް ބެލުމަށް ނިންމައިފިނަމަ، ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެކަމަށް ޖަވާބުދާރީވުމަށް މަދުވެގެން 20 (ވިހި) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
37 ވަނަ މާއްދާ - މުއްދަތު ގުނާނެގޮތް
(ހ) ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާގެ ބޭނުމަށް ޓަކައި، އިސްތިއުނާފު ކުރުމުގެ 30 (ތިރީސް) ދުވަހާއި، އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސްދުވަހުގެ މުއްދަތު ގުނާނީ، އެ ޤާނޫނުގެ 424 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީހަކީ ރަސްމީ ބަންދު ދުވަހެއްނަމަ، މުއްދަތު ހަމަވާ ދުވަސްކަމުގައި ބަލާނީ، ވިދިގެން އަންނަ ރަސްމީ ދުވަހެވެ.
38 ވަނަ މާއްދާ - އިސްތިއުނާފުކުރެވޭ މައްސަލަތަކާމެދު އަމަލުކުރާނެގޮތް
(ހ) ގާނޫނެއްގައި ނުވަތަ މި ގަވާއިދުގައި ނުވަތަ ހައިކޯޓުގެ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ފައިނުވާނަމަ، އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ކޯޓަށް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ ރަޖިސްޓްރާރއެވެ. މައްސަލައިގެ އިސްތިއުނާފު ބަލައިގަތުމާމެދު ރަޖިސްޓްރާރ ނިންމާ ގޮތެއް، މައްސަލަ ހުށަހެޅި ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ށ) ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، އިސްތިއުނާފުކުރެވޭ މައްސަލައެއް ބަލައިގަތުމާ ބެހޭގޮތުން ރަޖިސްޓްރާރ ގޮތެއް ނިންމާނީ، އަޑުއެހުމަކާ ނުލައެވެ.
39 ވަނަ މާއްދާ - ރަޖިސްޓްރާރގެ ނިންމުމެއް އަލުން ބަލަން އެދި ހުށަހެޅުން
(ހ) އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ މައްސަލައެއް ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމައިފިނަމަ، އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ނިންމުން އަލުން މުރާޖައާކޮށްދިނުން އެދި އެ ކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމުގެ ހައްގު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވެއެވެ. ރަޖިސްޓްރާގެ ނިންމުން އަލުން މުރާޖައާ ކުރުމަށް އެދި ހުށަހަޅާނީ ހައިކޯޓުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.
(ށ) ރަޖިސްޓްރާރގެ ނިންމުން އަލުން ބެލުމުގައި އަސާސެއްކަމުގައި ބަލަންވާނީ، ރަޖިސްޓްރާރގެ ނިންމުން ބިނާކުރި ގާނޫނީ އަސާސްތަކެވެ.
ހަތަރުވަނަ ބައި
ށަރީއަތް ކުރިޔަށް ގެންދިއުން
40 ވަނަ މާއްދާ - މައްސަލަ ރަޖިސްޓރީވުމާއި ޖަވާބު ހުށަހެޅުން
(ހ) އިސްތިއުނާފުގެ މައްސަލަ ރަޖިސްޓަރީވާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އަންނަނިވި ކަންކަން ހައިކޯޓުން ކުރަންވާނެއެވެ.
- މައްސަލަ ބަލައިގަންކަން މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ލިޔުމުން އެންގުން؛
- ދައުވާއަށް ލިޔުމުން ޖަވާބު ދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް އެންގުން؛
- މައްސަލަ ކޯޓުގައި ރަޖިސްޓަރީ ވެފައިވާކަން ކޯޓުގެ ވެބްސައިޓުގައި ށާއިއުކުރުން.
(ށ) ވަގުތީ އަމުރާއި އެހެނިހެން އަމުރުތަކުގެ އިސްތިއުނާފުތައް ފިޔަވައި އެހެނިހެން އިސްތިއުނާފުގެ މައްސަލަތަކުގައި އިސްތިއުނާފީ ދަޢުވާއަށް ލިޔުމުން ޖަވާބު ދިނުމަށް ޓަކައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް، މަދުވެގެން 20 (ވިހި) ދުވަހުގެ ފުރުސަތެއް ކޯޓުން ދޭންވާނެއެވެ. ވަގުތީ އަމުރާއި އެހެނިހެން އަމުރުތަކުގެ މައްސަލަތަކުގެ އިސްތިއުނާފީ ދަޢުވާއަށް ޖަވާބު ދިނުމަށް، މަދުވެގެން 5 (ފަހެއް) ދުވަސް ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ދައުވާގެ ޖަވާބު ހުށަހަޅާނީ، އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.
41 ވަނަ މާއްދާ - އިސްތިއުނާފުގެ ޖަވާބު ހުށަހަޅައިފައި ނުވުން
އިސްތިއުނާފުގެ ޖަވާބު ހުށަހެޅުމުން، ނުވަތަ އެކަމަށް ކޯޓުން ކަނޑައެޅި މުއްދަތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ނުވަތަ ފަރާތްތަކުން އިސްތިއުނާފުގެ ޖަވާބު ކޯޓަށް ހުށަހަޅައިފައި ނުވާނަމަ، އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށް ކޯޓުން ކަންކުރަންވާނެއެވެ.
(ހ) އިސްތިއުނާފުގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވާ ތާރީހު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެންގުން؛ ނުވަތަ
(ށ) އިބްތިދާއީ ބައްދަލުވުމެއް ބާއްވަން ކަނޑައަޅާނަމަ، އިބްތިދާއީ އަޑުއެހުމެއް ބާއްވާނެ ތާރީހެއް، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެންގުން.
42 ވަނަ މާއްދާ - މައްސަލައިގެ ލިޔެކިޔުންތައް ދައުވާލިބޭ ފަރާތާ ހަވާލުކުރުން
(ހ) މައްސަލަ ބަލާ ފަނޑިޔާރަށް މައްސަލައިގެ ފައިލު ލިބުމުން، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 34 ވަނަ ބާބު (ކޯޓުގެ ލިޔެކިޔުންތައް) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން، އެ މައްސަލައިގައި ދައުވާލިބޭ ފަރާތަށް ދައުވާ ފޯމާއި ލިޔުންތައް ރައްދުކުރާނެ ގޮތެއް ފަނޑިޔާރު ނުވަތަ ފަނޑިޔާރުގެ އިދާރީ ސެކްށަނުން ކަނޑައަޅަންވާނެއެވެ. އެއަށްފަހު، ކަނޑައެޅުނު އިޖުރާއަތާ އެއްގޮތަށް، ވީހާ އަވަހަކަށް ދައުވާ ފޯމާއި އެ ފޯމާއެކުގައި ހުށަހަޅައިފައިވާ ލިޔެކިޔުންތަކާއި އެ ގާނޫނުގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތައް ދައުވާލިބޭ ފަރާތަށް ރައްދުކުރަންވާނެއެވެ.
(ށ) ދައުވާލިބޭ ފަރާތާ ގުޅޭނެ މޮބައިލް ފޯނު ނަންބަރެއް ނުވަތަ އެނޫންވެސް އެހެން އިލެކްޓްރޯނިކް ޒަރީއާއެއް އެނގެން އޮތްނަމަ، ކޯޓުން އެ ފަރާތަކަށް ފޮނުވާ ޓެކްސްޓް މެސެޖަކުން ނުވަތަ ފޯނުން ގުޅައިގެން އެ ފަރާތެއް ކޯޓަށް ހާޒިރުކޮށް ދައުވާ ފޯމާއި ލިޔުންތައް ދައުވާލިބޭ ފަރާތާ ހަވާލުކުރަން ކޯޓުން އިސްކަންދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިލެކްޓްރޯނިކް ވަސީލަތަކުން ޓެކްސްޓް މެސެޖެއް ފޮނުވާނަމަ، އެ މެސެޖުގެ ސައްހަކަން ކަށަވަރުކުރެވޭނެ ކޯޑެއް ނުވަތަ ވެބް ލިންކެއް ފޮނުވުމުގެ ވަސީލަތް ހުރިނަމަ އެކަން އެގޮތަށް އިންތިޒާމު ކުރަންވާނެއެވެ. މި ގޮތުގެ މަތީން، ކަށަވަރުކުރެވޭނެ ގޮތަކަށް ފޯނުން ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ޒަރީއާއަކުން ކޯޓުން އަންގާ އެންގުމަކީ ނުވަތަ ފޮނުވާ ހާޒިރުވުމުގެ އަމުރަކީ ކޯޓަށް ހާޒިރުވުމަށް އަންގައި އަތުން އަތަށް ރައްދުކުރާ އެންގުމަކާ ނުވަތަ ކޯޓަށް ހާޒިރުވުމުގެ އަމުރަކާ އެއްފަދައިން ގާނޫނީ ބާރު ލިބިގެންވާ، އަދި ގާނޫނީ ގޮތުން ތަންފީޒުކުރެވޭނެ އެންގުމެއް ނުވަތަ އަމުރެކެވެ.
(ރ) މި މާއްދާގެ (ށ) ގެ ބޭނުމަށް ޓަކައި ހައިކޯޓުގައި، ކޯޓުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މޯބައިލް ފޯނު ނަންބަރެއް ނުވަތަ ނަންބަރުތަކެއް ހުންނަންވާނެއެވެ. އަދި ކޯޓުގެ މޮބައިލް ފޯނު ނަންބަރުތަކާއި ކޯޓާ ގުޅޭނެ އެހެން އިލެކްޓްރޯނިކް ޒަރީއާތަކުގެ މައުލޫމާތު، ކޯޓުގެ ވެބްސައިޓުގައި އާންމުކޮށް ފެންނަން ށާއިއުކުރާނެއެވެ.
43 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުން
(ހ) އަންނަނިވި ކަންކަމާމެދު ގޮތްތަކެއް ކަނޑައެޅުމަށް ޓަކައި އިސްތިއުނާފުގެ މަރުހަލާގައި އިބްތިދާއީ އަޑުއެހުމެއް ބޭއްވިދާނެއެވެ.
- މައްސަލައިގައި ހިމެނޭ ހަސްމުން އެދިގެން އިސްތިއުނާފުގެ މައްސަލަ އަވަހަށް ކުރިޔަށްގެންދިޔުމަށް؛
- މައްސަލަ ހިންގުމަށް ފަސޭހަކުރުމަށް ޓަކައި، އެ މައްސަލައިގައި ހުސޫމަތް އުފެދިފައިވާ ނުކާތަކަކީ ކޮބައިކަން ނުވަތަ ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަންކަމަކީ ކޮބައިކަން ދެނެގަތުމަށް؛
- އަވަސް ގޮތެއްގައި ށަރީއަތް ކުރިޔަށް ގެންދެވޭނެ ގޮތަކާ މެދުގައި ހަސްމުންނާ މަށްވަރާކޮށް ގޮތްތަކެއް ކަނޑައެޅުމަށް.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރުމަށްފަހު، ނުވަތަ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅައިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބިނާކޮށް، ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަންކަމަކީ ކޮބައިކަން ހައިކޯޓަށް ކަނޑައެޅިދާނެއެވެ. މިގޮތުން ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަންކަން ކަނޑައަޅަންވާނީ ދައުވާކުރާ ފަރާތުން ދައުވާ ފޯމުގައި ހުށަހަޅައިފައިވާ ހުރިހާ މައިގަނޑު ނުކުތާތަކަށް ކޯޓުން ގޮތެއް ކަނޑައެޅޭނެ ގޮތަށް، އަދި ދައުވާ ކުރާ ފަރާތުން ހުށަހަޅައިފައިވާ ނުކުތާތަކުގެ އިމުން ބޭރުނުވާނެ ގޮތަކަށެވެ. މީގެ އިތުރުން، އިތުރު އިސްތިއުނާފެއް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅައިފައިވާނަމަ، ކޯޓުން ނިންމަންޖެހޭ ކަންކަން ކަނޑައަޅަންޖެހޭނީ އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ރައްދު ނުވަތަ އިތުރު އިސްތިއުނާފީ ނުކުތާތައް ވެސް
ހިމެނޭ ގޮތަށެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ބާއްވާ އަޑުއެހުމުގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައަކާ ގުޅިގެން ފާހަގަކުރަން ބޭނުންވާ ނުކުތާތައް ފާހަގަކުރުމަށް ފުރުސަތު ދިނުމަށްފަހު، އިސްތިއުނާފާ ގުޅިގެން ހުށަހަޅަންޖެހޭނެ ލިޔުންތަކާއި ބާއްވަންޖެހޭނެ އަޑުއެހުންތަކުގެ އަދަދާއި ވަގުތުދޭނެ މިންވަރު ކޯޓަށް ކަނޑައެޅިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަޑުއެހުމުގައި ނިންމޭ ނިންމުންތަކަކީ، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އަމަލުކުރުން ލާޒިމު ނިންމުންތަކެކެވެ.
(ބ) އިބްތިދާއީ އަޑުއެހުމާއި އިސްތިއުނާފީ މައްސަލައިގެ ފުރަތަމަ އަޑުއެހުން އެއް ދުވަހެއްގައި ބޭއްވޭ އެއް މަޖިލީހެއްގައި ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވެއެވެ.
44 ވަނަ މާއްދާ - އައު ވާގިއާއާއި ހެއްކަށް ރިއާޔަތްކުރުން
އިސްތިއުނާފުކޮށްފައިވާ މައްސަލައަކާ ގުޅިގެން އެއްވެސް އައު ވާގިއާއެއް ނުވަތަ ހެއްކަކަށް ކޯޓުން ރިއާޔަތްކުރަންވާނީ ހަމައެކަނި އަންނަނިވި ހާލަތްތަކުގައެވެ.
(ހ) އައު ވަގިއާއެއް ނުވަތަ ހެއްކެއް ލިބުމުން ވަގުތުން ހުށަހަޅައިފައިވުން.
(ށ) އެންމެ ފަރުވާތެރިކަމާ އެކުގައި މަސައްކަތްކޮށްފައި ވީނަމަވެސް ކޯޓަށް އެ ވާގިއާތަކާއި ހެކި ހުށަހެޅިފައި ނުވުން.
(ނ) އެ ވާގިއާތަކާއި ހެއްކަކީ މައްސަލައިގެ ނިންމުމަށް އޭގެ ސަބަބުން އެކަށީގެންވާ ބޮޑު ބަދަލެއް އަތުވެދާނެ ވާގިއާއެއް ނުވަތަ ހެއްކެއް ކަމުގައިވުން.
45 ވަނަ މާއްދާ - އިސްތިއުނާފުގެ ގިނަ މައްސަލަތަކެއް އެކުގައި ހިންގުން
(ހ) އަންނަނިވި ހާލަތްތަކުގައި އިސްތިއުނާފުގެ ގަޒިއްޔާތައް ހިންގާނީ އަދި އަޑުއެހުންތައް ބާއްވާނީ، އެއް ފަނޑިޔާރުން ހިމެނޭ މަޖިލީހަކުން، އެކުގައެވެ. އަދި މިގޮތަށް އެކުގައި ހިންގޭ ގަޒިއްޔާތައް ނިންމާނީ، ކޯޓުން ނިންމާ އެއް ނިންމުމެއްގެ ތެރޭގައެވެ.
- ޓްރައިބިއުނަލަކުން ނިންމައިފައިވާ އެއް ނިންމުމަކުން ނުވަތަ ދަށު ކޯޓަކުން ނިންމައިފައިވާ އެއް ގަޒިއްޔާއަކުން އުފެދޭ އެންމެހައި އިސްތިއުނާފު މައްސަލަތައް؛
- އެކުގައި ހިނގައިފައިވާ ނުވަތަ އެއްބާވަތެއްގެ ވާގިއާތަކެއްގެ މައްޗަށް ބިނާކޮށް ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނިން މައިފައިވާ މައްސަލަތަކުގައި ހިމެނޭ ހައިކޯޓުން ނިންމަންޖެހޭ ގާނޫނީ ނުކުތާއަކީ ނުވަތަ ނުކުތާތަކަކީ އެއް ނުކުތާއެއް ނުވަތަ އެއް ނުކުތާތަކެއް ކަމުގައިވާ މައްސަލަތައް.
46 ވަނަ މާއްދާ - ގުޅުންހުރި ގަޒިއްޔާތައް
ކޯޓަށް ހުށަހެޅޭ ގަޒިއްޔާތަކުގެ ތެރެއިން ގުޅުންހުރި ގަޒިއްޔާތައް ބަލާނޭ ތަރުތީބު ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
47 ވަނަ މާއްދާ - އިސްތިއުނާފުގެ އަޑުއެހުންތައް ބޭއްވުމާއި މައްސަލަ ނިންމުން
(ހ) ކޯޓަށް ހުށަހެޅޭ މައްސަލަތައް ގަޒިއްޔާގެ ދަފުތަރުގައި މައްސަލައެއްގެ ގޮތުގައި ރަޖިސްޓަރީވާ ތަރުތީބުން، އެ މައްސަލަތައް ބަލާނެ ފަނޑިޔާރުންގެ މަޖިލީސްތައް އެކުލަވައިލައި، އެ މަޖލީސްތަކުގެ ރިޔާސަތު ބަލަހައްޓާނެ ފަނޑިޔާރުން އައްޔަނުކުރާނީ ހުރިހާ ފަނޑިޔާރުން ހަމަހަމަވާނެ އުސޫލަކުންނެވެ. ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި ނުވަތަ ކޯޓުން އެހެން ގޮތަކަށް ކަނޑައަ ޅައިފައިނުވާނަމަ، ކޯޓުގެ އަޑުއެހުންތައް ބާއްވަންވާނީ، މަދުވެގެން 3 (ތިނެއް) ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުންނެވެ. ކޯޓުގެ ނިންމުންތައް ނިންމަންވާނީ މައްސަލަ ބަލާ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
(ށ) ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރަށް ގަބޫލުކުރެވޭ މަގްބޫލު ސަބަބެއް ނެތްނަމަ، އިސްތިއުނާފުކުރެވޭ މައްސަލައިގެ ށަރީއަތުގެ އަޑުއެހުން ނިމުނުކަމަށް ކޯޓުން ކަނޑައަޅާ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފުގެ މައްސަލައާމެދު ކޯޓުން ގޮތެއް ނިންމަންވާނެއެވެ.
48 ވަނަ މާއްދާ - ހަސްމަކު މަރުވުން
(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ހަސްމަކު މަރުވެއްޖެނަމަ، އެކަން ލަސްނުކޮށް،އެފަރާތް ތަމްސީލުކުރާ ފަރާތުން ނުވަތަ މައްސަލައިގައި ހިމެނޭ އެހެން ހަސްމުންގެ ފަރާތުން ލިޔުމުން ކޯޓަށް އަންގަންވާނެއެވެ.
(ށ) ހަސްމަކު މަރުވެއްޖެކަން ކޯޓަށް އެނގޭ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މައްސަލައިގެ ށަރީއަތްތައް މެދުކަނޑައިލިކަން އަންގާ ލިޔުން މައްސަލައިގެ ހަސްމުން ތަމްސީލު ކުރާ ފަރާތްތަކަށް ކޯޓުން ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މައްސަލަ މެދުކަނޑައިލައިފައިވަނިކޮށް، ވާރިސުން ސާބިތުކުރުމުގެ މައްސަލަ ކޯޓަށް ހުށަހަޅައި އެ މައްސަލަ ކޯޓުން ނިންމާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ހައިކޯޓަށް އަންގަންވާނެއެވެ.
49 ވަނަ މާއްދާ - އިސްތިއުނާފުކުރުމުން ހުކުމް ތަންފީޒު ކުރުން ފަސްނުވުން
(ހ) ފުރަތަމަ މަރުހަލާގެ ކޯޓެއްގެ ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމެއް އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުނު ކަމުގައި ވިޔަސް، އެ ނިންމުމެއްގެ ގާނޫނީ ނަތީޖާ ނުވަތަ ހުކުމް ތަންފީޒުކުރުން ފަހެއް ނުވާނެއެވެ. ފު ރަތަމަ މަރުހަލާގެ ކޯޓެއްގެ ހުކުމް ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުން ތަންފީޒުކުރުން ފަސްކުރަން ހަސްމަކު އެދޭނަމަ، ތަންފީޒުކުރުން ފަސްކުރުމަށް، އެކަމަށް އެދޭ ހަސްމު އެކަމަށް ހައިކޯޓުން ކަނޑައަޅައިފައިވާ ފޯމުން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ކޯޓަށް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
50 ވަނަ މާއްދާ - ހަރަދު ދެއްކުން ފަސްކުރުމަށް އެންގުން
މައްސަލައެއް އިސްތިއުނާފު ކުރެވިއްޖެނަމަ، އެ މައްސަލަ ހައިކޯޓުން ނިންމަންދެން ށަރީއަތުގެ ހަރަދު ދެއްކުން ފަސްކުރުމަށް އެންގުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ.
51 ވަނަ މާއްދާ - ހުކުމް ނުވަތަ އަމުރު ދޫކުރުން
އެ މީހަކީ މައްސަލައިގެ ހަސްމަކަށް ނުވިނަމަވެސް، ހުކުމުގައި ނުވަތަ އަމުރުގައިވާ ކަމެއްގެ ސަބަބުން އެ މީހެއްގެ ހައްގަކަށް އަސަރުކޮށްފާނޭ ކޮންމެ މީހަކަށް އެ މީހަކު އެދިއްޖެނަމަ، ހުކުމުގެ ނުވަތަ އަމުރުގެ ކޮޕީއެއް ކޮންމެ ވަގުތެއްގައި ވެސް ރައްދުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
52 ވަނަ މާއްދާ - ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުން
(ހ) މައްސަލައިގެ ހުކުމްކުރާ ދުވަހު ށަރީއަތް ނިންމިގޮތް (ފުލް ޖަޖްމަންޓް) ހަސްމުންނަށް ދޫކުރަންވާނެއެވެ. އަދި މައްސަލަ ނިންމި ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރަންވާނެއެވެ.
(ށ) ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް އިލެކްޓްރޯނިކް ވަސީލަތެއް ނުވަތަ އީ-މެއިލް މެދުވެރިކޮށް ކޯޓަށް ހުށަހެޅިދާނެއެވެ. ށަރީއަތްނިމުނުގޮތުގެ ރިޕޯޓަށް އެދެންވާނީ،އެ ކޯޓަކުން އެކަމަށް ކަނޑައަ ޅައިފައިވާ ފޯމުންނެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އިލެކްޓްރޯނިކް ވަސީލަތަކުން ނޫންގޮތަކަށް ށަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް އެދޭނަމަ، ކޯޓުން އެ ލިޔުން ދޫކުރާނީ، އެކަމަށް ކޯޓުން ކަނޑައަޅައިފައިވާ ފީ ދެއްކުމުންނެވެ.
ފަސްވަނަ ބައި
ނިހާއީ ހުކުމް މުރާޖައާ ކުރުމަށް އެދުން
53 ވަނަ މާއްދާ - ނިހާއީ ހުކުމެއް އަލުން މުރާޖައާ ކުރުން
(ހ) އިސްތިއުނާފުކުރުމުގެ އެންމެހައި މަރުހަލާއެއް ނިމުމުގެ ސަބަބުން ނުވަތަ އިސްތިއުނާފުކުރުމަށް އޮތް އެންމެހައި ފުރުސަތު ބަންދުވެފައިވުމުގެ ސަބަބުން، މައްސަލައެއްގެ ހުކުމް ނިހާއީ ވެފައިވާ މައްސަލަތައް މުރާޖައާ ކުރުމުގައި އަމަލު ކުރާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 27 (ހަތާވީސް) ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ހައިކޯޓުން ބަލައިފައިވާ މައްސަލައެއްގެ ނިހާއި ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާމެދު އެ މައްސަލައެއް ހުށަހެޅޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ ގޮތެއް ނިންމަންވާނެއެވެ. އަދި ކޯޓުން ނިންމާ ގޮތް އެ މައްސަލައެއް ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
ހަވަނަ ބައި
ލިޔެކިޔުން ހުށަހެޅުމާއި ފޮނުވުން
54 ވަނަ މާއްދާ - ކޯޓަށް ހުށަހަޅާ
(ހ) ކޯޓަށް ހުށަހަޅާ ލިޔުންތައް ހުށަހަޅަންވާނީ، އެކަމަށްޓަކައި ކޯޓުން އާންމުކޮށްފައިވާ ލިޔުންތައް ފޯމު މެދުވެރިކޮށެވެ.
(ށ) ކޯޓަށް ހުށަހަޅާ ލިޔުން އޮންނަންވާނީ، ވަކި ށަރުތެއް ފުރިހަމަވާ ގޮތަށް ނުވަތަ ތެދުކަމަށް ކަށަވަރުކޮށްފައި ކަމަށް، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގައި ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާނަމަ، އެ ލިޔުމެއް އޮންނަންވާނީ، އެ ށަރުތު ފުރިހަމަވާ ގޮތަށެވެ.
(ނ) ކޯޓަށް ހުށަހަޅާ ލިޔެކިޔުންތަކާއި ފޯމާއެކު ވަކި ލިޔުންތަކެއް ހުށަހަޅަންޖެހޭ ކަމަށް ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގައި ނުވަތަ މި ގަވާއިދުގައި ނުވަތަ ހައިކޯޓުގެ ގަވާއިދުގެ ދަށުން އާންމުކޮށްފައިވާ ފޯމެއްގައި ބަޔާންކޮށްފައިވާނަމަ، އެ ލިޔުންތައް ހުށަހަޅަންވާނެއެވެ.
(ރ) ކޯޓުން ހަސްމަކަށް އެއްވެސް އެންގުމެއް އަންގާނަމަ، އެ އެންގުން، އަނެއް ހަސްމަށް ކޮޕީ ކުރަންވާނެއެވެ.
(ބ) ވަކި ކަމެއް ކުރުމަށް ކޯޓުން ހަސްމަކަށް ދީފައިވާ މުއްދަތެއް އިތުރުކުރުމަށް ނުވަތަ އެނޫންވެސް އެފަދަ ކަމަކު އެއްވެސް ހަސްމަކު ކޯޓަށް ސިޓީއެއް، ނުވަތަ އީމެއިލެއް، ނުވަތަ ލިޔުމެއް ނުވަތަ ނޯޓިސްއެއް ފޮނުވާނަމަ، އެ އެއްޗެއްގެ ކޮޕީ އަނެއް ހަސްމަށް ފޮނުވަންވާނެއެވެ.
(ޅ) ކޯޓުން މައްސަލައެއްގެ ށަރިއަތާބެހޭ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުވަތަ އަމިއްލަ ފަރާތަކަށް އެއްވެސް ކަމެއް އޮޅުންފިލުވަން ސިޓީއެއް ނުވަތަ ލިޔުމެއް ފޮނުވާނަމަ، އެކަން އެ މައްސަލައިގެ ދެ ހަސްމުންނަށް އަންގަންވާނެއެވެ.
(ކ) މި މާއްދާގެ (ރ) އާއި، (ބ) އާއި، (ޅ) ގައި އެހެން އޮތް ނަމަވެސް، އެއް ހަސްމުގެ ޣައިރު ހާޒިރުގައި ނެރޭ ވަގުތީ އަމުރުތަކާއި، އެފަދަ ވަގުތީ އަމުރުތައް ނެރެދިނުން އެދޭކަން، ނުވަތަ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ވަކިބާވަތެއްގެ އަމުރަކަށް އެދޭކަން ނުވަތަ އެފަދަ އަމުރެއް ކޯޓުން ނެރޭކަން ނުވަތަ މީހެއްގެ މިލްކިއްޔާތުގައި ހުރި ތަކެތި އޮޅުންފިލުވަން ފޮނުވާ އަމުރުތަކާއި ލިޔުންތައް އަނެއް ހަސްމަކަށް ނާންގާނެއެވެ.
55 ވަނަ މާއްދާ - ލިޔެކިޔުން ރައްދުކުރުން
ކޯޓުން މައްސަލަތަކާބެހޭ ލިޔެކިޔުން ހަސްމުންނަށް ރައްދުކުރާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ ސައުރަތިރީސްވަނަ ބާބުގެ ދެވަނަ ބައިގައި އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
ޖަދުވަލު 1
ހަތްވަނަ ބައި
މައްސަލައިގެ ފައިލާއި ލިޔެލިޔުން
56 ވަނަ މާއްދާ - މައްސަލައިގެ އަޑުއެހުންތަކުގެ އޯޑިއޯ ވީޑިއޯ ރެކޯޑިން ބެލެހެއްޓުމާއި އަރުށީފުކުރުން
(ހ) ކޮންމެ މައްސަލައެއްގެ އަޑުއެހުންތަކުގެ އޯޑިއޯ/ވީޑިއޯ ރިކޯޑިންގ ރައްކައުތެރިކޮށް ކޯޓުން ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ މައްސަލައެއް ނިމުމުން އެ މައްސަލައެއްގެ ރިކޯޑިންގތައް އަރުށީފުކުރުމަށް ޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް އެ ރެކޯޑިންތައް ރައްކައުތެރިކަމާއެކު ހަވާލު ކުރަންވާނެއެވެ.
57 ވަނަ މާއްދާ - ބާތިލު ލިޔުމެއް ހޯދުމަށް އެދުން.
ބާތިލު ކޮށްފައިވާ އެއްވެސް ށަރުއީ ލިޔުމެއް ހޯދުމަށް އެއްވެސް ފަރާތަކުން އެދިއްޖެނަމަ، އެ ލިޔުމެއް ކޯޓުން ދޫކުރަންވާނީ، މިވެނި ތާރީހެއްގައި އެ ލިޔުމެއް ބާތިލުކޮށްފައިވާކަން ބަޔާންކޮށް ކޯޓުގެ ތައްގަނޑެއް ޖަހައި ކޯޓުގެ ކަމާބެހޭ މުވައްޒަފެއް ސޮއިކުރުމަށްފަހުއެވެ.
އަށްވަނަ ބައި
އެހެނިހެން ކަންކަން
58 ވަނަ މާއްދާ - ހަސްމު ނުވަތަ ގާނޫނީ ވަކީލު ރަށުން ބޭރަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން
ކޯޓުގައި ހިނގަމުންދާ ގަޒިއްޔާއެއްގައި ހިމެނޭ ތަމްސީލު ކުރާނެ ފަރާތެއް އައްޔަނުކޮށްފައި ނުވާ ހަސްމަކު ނުވަތަ ތަމްސީލުކުރާ ފަރާތެއް، ކޯޓުގެ ހުއްދަ ލިޔުމުން ލިބުމަށްފަހު މެނުވީ ރަށުން ބޭރަށް ފުރައިގެން ނުވާނެއެވެ.
59 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 2022 ޖޫން 16 ވަނަ ދުވަހުން ފެށިގެންނެވެ.
މި ގަވާއިދުގެ ފޯމުތަކާއި އިތުރު ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
މައި ގަވާއިދު
ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-101)
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
މަދަނީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-32)
ކިޔުންތެރިންގެ ހިޔާލު