-

ވެއްޓެމުންދާ ދައުލަތުގެ ގެޒެޓްގެ ފެންވަރު ރަނގަޅުކުރަންޖެހޭ

ގެޒެޓުގެ ވޮލިއުމް 48، އަދަދު 191 ގެ ފުރަތަމަ ސަފްހާގައި 5 ފެބުރުވަރީ 2019 ވަނަ ދުވަހު "ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު - ހދ. ކުމުންދޫ" ގެ ނަމުގައި ގަވާއިދެއް ށާޢިއު ކުރެވުނެވެ. ނަމަވެސް އެ ގަވާއިދުގެ ދެވަނަ ސަފުހާގައި ގަވާއިދުގެ ނަމަކަށް "އޮޑިހަރުގެއާ ބެހޭ ގަވާއިދު ހދ. ކުމުންދޫ - 2019-186" ހިމެނުމަށް ފަހު އެކުލަވާލާފައިވެސް ވަނީ "އޮޑިހަރުގެއާ ބެހޭ ގަވާއިދު ހދ. ކުމުންދޫ - 2019-186" ގެ ގަވާއިދެވެ. ނަތީޖާއެއްގެ ގޮތުން "އޮޑިހަރުގެއާ ބެހޭ ގަވާއިދު ހދ. ކުމުންދޫ - 2019-186" ގަވާއިދު ދެފަހަރަށް ގެޒެޓު ކުރެވުނު އިރު "ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު - ހދ. ކުމުންދޫ" އާއި އަދި ގަވާއިދު ނަންބަރު 2019-187 ގެޒެޓްކުރެވިފައި ނުވެއެވެ. މިއީ އޮޅިގެން ކުރެވިފައިފާ އަދި ރަނގަޅުކުރަންޖެހޭ ކަމެއްކަމަށް ބަލަންޖެހެއެވެ.

އަދި ހަމައެހެންމެ ހދ. ކުމުންދޫ ގެ "ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ގަވާއިދު - ދެ ގަވާއިދެއްގެ ސިފައިގައި އަދި ދެ ގަވާއިދު ނަންބަރެއް ދެވިފައި ގެޒެޓްކުރެވިފައިވޭ. މިއީވެސް އޮޅިގެން ކުރެވިފައިފާ އަދި ރަނގަޅުކުރަންޖެހޭ ކަމެއްކަމަށް ބަލަންޖެހެއެވެ.