-

ގަވާއިދާއި އުސޫލު މަސްހުނިކޮށް ޖަދުވަލަށް ޖަދުވަލު އިތުރުކުރުން!

ރާއްޖޭގައި ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތަކަށް ބަލާއިރު ފެންނަނީ ގާނޫނާއި، ގަވާއިދާއި އުސޫލާއި ކޯޑާއި ޓެކްސް ރޫލިންގ އެވެ. އެއީ ތަފާތު ދަރަޖަ ލިބިފައިވާ ވަކިން ށާއިއުކުރެވޭ ވަކިވަކި ލިޔުންތަކެވެ. އާންމުކޮށް އެއިން ކޮންމެ އެއްޗެއްވެސް ބާބާއި ޗެޕްޓަރާއި ބައިތަކާއި މާއްދާއާއި ޖަދުވަލު ގެ މައްޗަށް ބެހިގެންދެއެވެ. ބޭނުމަކީ ފަސޭހައިން ކިޔުމާއި ފަހުމުވުމާއި ހަވާލާދިނުމެވެ.

ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އަކީ މިހުރިހާ ކަންކަމަށް ގޮންޖަހާ ގަވާއިދެކެވެ. އެ ގަވާއިދުގެ ޖަދުވަލުތަކަށް އިތުރު ޖަދުވަލުތައް ގެނެވިފައިވެއެވެ. އެގޮތުން ޖަދުވަލު 8 އަކަށް އިތުރު 2 ޖަދުވަލު ގެނެވިފައިވެއެވެ. އަދި ހަމައެހެންމެ މި ގަވާއިދުގެ ޖަދުވަލު 8 އަކަށް މުޅިން އާ އުސޫލެއްވެސް އިތުރު ކުރެވިފައި ވެއެވެ. އެއީ "ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކަށް ށަކުވާ ހުށަހެޅުމާބެހޭ އުސޫލު" އެވެ. މިއީ މި ގަވާއިދަށް ގެނެވުނު 3ވަނަ އިސްލާހުން ތައާރަފު ކުރެވުނު ބައެކެވެ. އެހެން ކަމުން ގަވާއިދަކާއި އުސޫލެއްވެސް މަސްހުނިވީއެވެ.

އިލެކްށަންސް ކޮމިށަނާއި، އެ ކޮމިށަނުގެ މެންބަރުންނާއި، އެ ކޮމިށަނުގެ ވަކީލުންންނާއި ޑްރާފްޓްކުރާ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ ފަދަ ފަރާތްތަކުން ބަލަންވާ ވަރަށް ނުބެލެނީ ބާވައެވެ؟ ނުވަތަ ހަމަ ނޭގެނީ ބާވައެވެ؟