-

ކުޅިސަމާސާކުރާ އުސޫލުން ގާނޫނާއި ގަވާއިދުތައް ބަދަލުކުރުން ހުއްޓަންޖެހޭ

މިފަހަކަށް އައިސް ކުޅިސަމާސާކުރާ އުސޫލުން ގާނޫނާއި، ގަވާއިދާއި އުސޫލުތައް އުވުމާއި ބަދަލުކުރުން އާންމުވާން ފަށާއިފިއެވެ. މިސާލަކަށް ބަލާނަމަ މިމަހު (ނޮވެމްބަރު 2023) ގެ 8 ވަނަ ދުވަހު ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-106) އަށް ގެނައި އިސްލާހު ވަނީ އެންމެ 14 ދުވަސް ފަހުން އަލުން އިސްލާހުކޮށްފައެވެ. މިގޮތަށް ޢަމަލުކުރުމުން ދޭހަވަނީ އެ އިދާރާއާއި އެތަންތަނުގެ އިސްވެރިންގެ ފެންވަރު ނެތުމާއި ފަރުވާކުޑަވުމެވެ. 

ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-106) އަކީވެސް އެއިގެ އެންމެ 6 އަހަރު ކުރިން (2017 ގައި) އަމަލުކުރަން ފެށި ގަވާއިދެއް ބާތިލުުކުރުމަށް ފަހު ށާއިއުކުރި ގަވާއިދެކެވެ. ކުރިން އަމަލުުރަމުން އައިގަވާއިދުގައި ހުރި އުނިކަންކަން ފިލުވަމުން އިސްލާހުކުރަމުން އައިނަމަ އެގަވާއިދުގެ ތާރީހު ރައްކާކުރެވުމުގެ އިތުރުން އެކިއެކި މަރުހަލާގައި އެޅެމުންދިޔަ ފިވަޅުތަކާއި އެފިޔަވަޅުތަކުގެ ތެރެއިން ރަނގަޅު އަދި ގޯސްފިޔަވަޅުތައް އެނގެން އޮތްނާނެއެވެ. މިފަދައިން މަސައްކަތްކުރުމުގައި ސިކުނޑިބޭނުންކުރަންޖެހޭ މިންވަރު ބޮޑުވާނެތީވެ އެގަވާއިދު ދަސްބިނަށް އަޅާފަ އާފެށުމަކުން ފަށަނީއެވެ!

ގާނޫނާއި ގަވާއިދުތައް އަވަސްއަވަހަށް ބަދަލުކުރުމަކީ އެނިޒާމު ފުނޑުފުނޑުކޮށްލަން އެޅޭ ފިޔަވަޅެކެވެ. އެހެންކަމުން މިކަމުގައި ދައުލަތުގެ ބަންޑާރަނާއިބާއި ދައުލަތުގެ ގެޒެޓުހިންގުމުގެ އިސްފަރާތްކަމުގައިވާ ރައީސްއޮފީހުން އިތުރު ސަމާލުކަމެއް ދޭންޖެހޭ.