-

ގަވާއިދު ހެދުމުގައި ސީރިއަސްވާން ޖެހޭ

3 ޖުލައި 2023 ވަނަ ދުވަހު އިލެކްށަންސް ކޮމިށަންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-02) އަށް ގެނެވުނު 7 ވަނަ އިސްލާހަކީ އެ ގަވާއިދަށް ގެނެވުނު އެންމެ ބޮޑު އިސްލާހު. އެ އިސްލާހުގައި 56 ސަފްހާ ހިމެނޭ. ޖެހިގެން އައިދުވަހު (4 ޖުލައި 2023) ހަމަ އެގަވާއިދަށް 8 ވަނަ އިސްލާހު ގެ ސިފައިގައި އިތުރު އިސްލާހެއް ގެނެވުނު.  މި 8 ވަނަ އިސްލާހުން އެއިގެ ކުރީދުވަހު ގެޒެޓްކުރެވުނު ގަވާއިދުގެ ބޮޑުބައެއް އުނިކުރުމަށް ފަހު 18 ސަފްހާގެ މައްޗަށް އެކުލެވޭ އިސްލާހުތަކެއް ވަނީ ގެނެސްފަ! އެންމެ 24 ގަޑިނުވަނީސް ގަވާއިދަށް މިފަދަ ބޮޑެތި ބަދަލުތަކެއް ގެނައުމުން ދޭހަވަނީ ދައުލަތުގެ ކަމާބެހޭ ވެރިން:

  1. ގަވާއިދަށް ކުރާ އިހްތިރާމް ކުޑަކަން، ނުވަތަ
  2. ގަވާއިދާ މެދު ކުޅިސަމާސާގެ ނަޒަރަކުން ދެކޭކަން، ނުވަތަ
  3. ބަލަންވާވަރަށް ނުބަލާ ގަވާއިދު ހެދުން، ނުވަތަ
  4. މަށްވަރާ ކުރަންވާ ވަރަށް މަށްވަރާ ނުކޮށް ގަވާއިދު ހެދުން، ނުވަތަ
  5. ފެންވަރުން ނެތް ބަޔަކު ލައްވާ ގަވާއިދު ހެދުން، ނުވަތަ 
  6. އެފަދަ މުއައްސަސާތަކުގެ ވެރިންގެ ފެންވަރާއި ގާބިލުކަން ނެތުން.