-

ޓެރަރިސްޓް ޖަމާއަތްތަކާއި، ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓް

(އެހެނިހެން ނަންބަރު 2024-12)

(މި ލިސްޓް ގެޒެޓް ކޮށްފައިވަނީ 31 ޑިސެމްބަރު 2024 ގައި)

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
 މާލެ
 ދިވެހިރާއްޖެ.

 

ޓެރަރިސްޓް ޖަމާއަތްތަކާއި، ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު

ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަށްވަރާގެ މަތީން، ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުގެ ގޮތުގައި، 2023 އޮކްޓޫބަރު 9 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުގައިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ކިޔާ އެހެނިހެން ނަންތަކާއި، އެ ޖަމާއަތްތަކުގެ ގޮފިތަކާއި، އެ ޖަމާއަތެއް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީހު ހިމެނޭގޮތަށް އިތުރު އިސްލާހެއް ގެނައުމެއްނެތި ދިވެހި ސަރުކާރުގެ ގެޒެޓުގައި އަލުން ށާއިއުކުރުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަށްވަރާ ލިބިފައިވާތީ، ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު، އާންމުކޮށް އަންގައި އިއުލާނު ކުރީމެވެ.

31 ޑިސެންބަރު 2024

 

ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގާނޫނު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-32)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު