ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް 4 ވަނަ އިސްލާހު ގެނައުން
(އެހެނިހެން ނަންބަރު 2023-06)
(މި ފްރޭމްވަރކަށް އަމަލުުރަން ފެށީ 22 ޖޫން 2023 ގައި)
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - މިންގަނޑު ނަންބަރު 04-އެސްޓީ/2022/އެންޕީސީ-478 (މަގާމަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު) ގެ 5 ވަނަ މާއްދާގެ (ބ) ގައި ހަވާލާދީފައިވާ މާއްދާގެ އަކުރެއްގައި ކުށެއް އޮތުމާ ގުޅިގެން، އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.
ހާޒިރީ އިނާޔަތް (Attendance Benefit) 5.
(ބ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މަސައްކަތްކުރުމުން، ހާޒިރީ އިނާޔަތެއް ނުދެވޭނެއެވ.ެ އެފަދަ ދުވަސްތަކުގައިމަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައި މަސައްކަތްކުރާ ހުރިހާ ވަގުތަކަށްއިތުރުގަޑީގެ ފައިސާ ދޭނ،ީ "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެމިންގަނޑު" ގެ 2 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވ.ެމިފަދައިން އިތުރުގަޑީގެ ފައިސާ ދޭ އިރުގައި ވެސ،ް "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" ގެ 2 ވަނަ މާއްދާގެ (ބ) އަށްއަމަލުކުރަން ޖެހޭނެއެވެ.
2 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އިސްލާހު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ފްރޭމްވަރކް
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (އެހެނިހެން ނަންބަރު 2022)
ކޮންސޮލިޑޭޓެޑް ފްރޭމްވަރކް
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (ކޮންސޮލިޑޭޓެޑް ނަންބަރު 2022-00)
ކިޔުންތެރިންގެ ހިޔާލު