-

ށަރުއީކޯޓުން "އަލްސައްޔިދު" ކަން ކަނޑައެޅުން

މަހްކަމަތުއް ށަރުއިއްޔާ އަލް މަހަލްދީބިއްޔާ

އަލްހަމްދު ލިއްﷲ ވަހްދާ

10 ރަޖަބް 1327ހ. 

މި ތާރީހުގައި ކަޅުހުރާ އައްސައްޔިދު މާފަތްކިލެގެފާނުގެ ފަރާތްޕުޅުން، އައްށައިހް މަލިމް މާފަތްކަލޭފާނާއި، ކޮލިކަޅުހުއްތު ކަލޭފާނާއި، ދެކަލުން މަހްކަމަތުއް ށަރުއިއްޔާއަށް ހާޒިރުވެ ބުނުއްވިބަހީ: އެކިލެގެފާނުގެ ކާފައި މަލިކުން ވަޑައިގަތް، އައްސައްޔިދު މުހައްމަދު އައްސައްގާފު އަލްހަޒްރަމީ، މި ސީދީގެ ސައްޔިދުކަމުގައި، ގަބޫލު ވެވިފައިވާ ނަސާބަތުނާމާ މިވަގުތުވަނީ ގެއްލިފައެވެ.. އެފިނިއްޖައުމަށްދާދެން އެބެއިފުޅުންނީ ސައްޔިދު ބެއިކަލުން ކަމުގެމައްޗަށް ބުރަވެވޭނެ ށަރުއީ ލިޔުމެއްދެއްވޭނެ މަގެއްއޮތްނަމަ، އެފަދަ ލިޔުމެއް ލިޔެދެއްވުން، އެކިލެގެފާނު އެދިވަޑައިގަންނަވައެވެ. 

މިބަސްއަހައި، މަލިކުން ވަޑައިގަތް އައްސައްޔިދު މުހައްމަދު އަކީ، ކޮންބެއިފުޅެއްކަން ފިލާ، އެސީދީގެ، ނަސާބަތުނާމާ ދެކިދެނިވާ، އިތުބާރުހުރި ބަޔަކުތިބިތޯ ބެލިހިދު، ސުއްމުވުލްއަމީރު އަބްދުލް މަޖީދު ރަންނަބަޑޭރިކިލެގެފާނާއި، ފަސީލަތުއްށައިހް ހުސައިން ސަލާހުއްދީނު، އުއްތަމަ ފަޑިޔާރުމަނިކުފާނާއި، މިދެބެއިފުޅުންގެ އަރިހުގައި، މިކަމުގެ އަދުލުވެރިހެކިވާކަން ސާބިތުވެއްޖެއެވެ. އަދި މާފަތްކިލެގެފާނުގެ ކާފަ، މަލިކުންވަޑައި އައްސައްޔިދު މުހައްމަދު އަކީ، އައުލަދުއްރަސޫލު ސައްޔިދު ބެއިކަލުންގެ މެދުކެޑުމެއްނުވާ ފިރިހެންދަރިކޮޅުން ބާފަގީ ދަރިކޮޅަށް ނިސްބަތްވެގެންވާ ސައްޔިދު ބެއިކަލަކު ކަންމައްޗަށް އެދެބެއިފުޅުން ހެކިދެއްވައިފިއެވެ. 

ދެންފަހެ، މިތަންމަގުންހެކި ގަބޫލުވެވުމަށްފަހު، އައްސައްޔިދު މުހައްމަދުއަކީ، ށަރުއީ ސައްޔިދު ބެއިކަލެއްކަން މައްޗަށް ނިޔާކޮށް، އެސީދީގެ ނަސާބަތުނާމާ ފެނިއްޖައުމަށްދާންދެން އެކަމުގެ މުއުތަބަރު ސަނަދެއްގެ ގޮތުގައި ށަރީއަތުގެ މަޖިލީހުން ދެއްވި ފަތެވެ.

13 ށައުބާން 1367ހ (މީލާދީގޮތުން ނަމަ 20 ޖޫން 1948)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު