-

 ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލު

(އުސޫލު - ފެބްރުއަރީ 2016)

 

1 ވަނަ މާއްދާ - ތައާރަފު

މިއީ، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާބެހޭ ގޮތުން މިނިސްޓްރީން ކަނޑައަޅާ އުސޫލެކެވެ. މި އުސޫލު އެކުލަވައިލާފައި ވަނީ (ޤައުމުތަކުން) މީހުން ހައްޖަށް ގެންދިއުމުގައި ޢަމަލުކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ހައްޖު މިނިސްޓްރީން ނެރުއްވާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންާދ ހުރިހާ ފަރާތްތަކުން މި އުސޫލަށް ޢަމަލުކުރަން ވާނެއެވެ.

 

2 ވަނަ މާއްދާ - ނަން

މި އުސޫލަށް ކިޔާނީ، "ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ ބޭނުމަކީ، އަންނަނިވި މަޤުސަދުތައް ހާސިލު ކުރުމެވެ.

(ހ) ދިވެހިރާއްޖެއިން ހައްޖަށްދާ މީހުންނަށް ރަނގަޅު ހިދުމަތްތައް ލުއި ފަސޭހަގޮތެއްގައި ލިބިދިނުން.

(ށ) ދިވެހިރާއްޖެއިން ހައްޖަށް ދާ މީހުންގެ ހައްޤުތައް ހަމާޔަތްކުރުން.

(ނ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދާ ކުންފުނިތަކުގެ ހައްޤުތައް ހިމާޔަތްކުރުން.

 

4 ވަނަ މާއްދާ - ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދައަށް އެދުމާއި އަދި ހުއްދަ ދިނުން

ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅުމާއި ހުއްދަ ދިނުމުގައި ބެލެވޭނީ އަންނަނިވި ކަންތައްތަކަށެވެ.

(ހ) ހައްޖަށް މީހުން ގެންދިއުމަށް އެދި ކުރިމަތިލެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސައްތައިން ސައްތަ ދިވެހިން ހި އްސާވާ ޕަބްލިކް ނުވަތަ ޕްރައިވެޓް ކުންފުނިތަކަށެވެ. އެ ކުންފުނިތަކުގެ މަގުސަދުތަކުގެ ތެރޭގައި ހައްޖަށް މީހުން ގެންދިއުމުގެ ހިދުމަތްދިނުން ހިމެނިފައި އޮންނަންވާނެއެވެ.

(ށ) ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހޯ ދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ އެ އަހަރަކަށް ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައި މިނިސްޓްރީން އިޢުލާން ކުރުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ އިޢުލާނާ ގުޅިގެން ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދެންވާނީ ހައްޖަށް މީހުން ގެންދާ އަގާއި ހިދުމަތްތައް ބަޔާންކޮށް އެކަމަށް ކަނޑައެޅިފައިވާ މަޢުލޫމާތު ހިމެނޭ ޕްރޮޕޯސަލް ފުރިހަމަކޮށް ހުށަހަޅައިގެންނެވެ.

(ރ) ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހޮވޭ ކޮންމެ ކުންފުންޏަކަށްވެސް ހުއްދަދެވޭނީ 1 އަހަރުދުވަހުގެ މުއްދަތަށެވެ.

(ބ) ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކުންވެސް، އެ ކުންފުންޏަށް ހުއްދަ ލިބޭ ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން 10 ދުވަހުގެ ތެރޭގައި ހައްޖަށް ކޯޓާ ލިބޭ ނިސްބަތެއްގެ މަގުން ބޮލަކަށް ނަގަން ހުށަހަޅާ އަގުގެ %25 ގެ (ފަންސަވީސް އިންސައްތައިގެ) ބޭންކް ގެރެންޓީއެއް (1) އެކެއް އަހަރުދުވަހުގެ މުއްދަތަށް ނަގައި ހުށަހަޅަން ވާނެއެވެ. އަދި މި ގެރެންޓީއާއި މި ކަމާބެހޭ ލިޔުންތަކުގެ އަސްލު މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. މި ބޭންކު ގެރެންޓީން، ހައްޖުގެ ކަމަކާ ގުޅިގެން ކުންފުނިން ދައްކަންޖެހޭ ފައިސާއެއް ( މުތައްވިފަށް ނުވަތަ އެއަރލައިނަށް ނުވަތަ ހޮޓަލަކަށް ދައްކަންޖެހޭ ފައިސާއެއް ) ނުދައްކައި އޮތްކަން މިނިސްޓްރީން ބަލާބެލުމަކުން ސާބިތުވެއްޖެނަމަ، އެ ކަމަކަށް، ބޭންކު ގެރެންޓީން ފައިސާ އުނިކުރުމުގެ ހައްޤު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ޕްރޮޕޯސަލް ހުށަހެޅުމުގެ ށަރުތު

ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ މި އުސޫލުގައިވާ ގޮތުގެ މަތީން ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ކުންފުނިތަކަށެވެ.

(ހ) ޕްރޮޕޯސަލް ހުށަހެޅޭނީ، އެ ކަމަށް ހާއްސަކޮށް މިނިސްޓްރީން ވިއްކާ "ޕްރޮޕޯސަލް ފޮތު" ންނެވެ.

ށ) ހުއްދައަށް އެދޭ ކުންފުނީގެ ޑައިރެކްޓަރުންނަކީ، ހުއްދައަށް އެދި ހުށަހަޅާ ދުވަހާ ހަމައަށް ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ ނުވަތަ ކޮށްފައިވާ މީހެއްކަމުގައި ނުވުމާއި އަދި ހައްޖު ޢުމްރާއަށް މީހުން ގެންދިއުމުގައި، ފައިސާގެ މައްސަލައަކާ ގުޅިގެން ހިޔާނާތާބެހޭ އެއްވެސް މައްސަލައެއް ށަރީޢަތަށް ސާބިތުވެފައިވާ ނުވަތަ އެފަދަ ތުހުމަތެއް ކުރެވިފައިވާ ފަރާތެއް ކަމުގައި ނުވުން.

(ނ) ހައްޖަށް ދިއުމަށްޓަކައި މީހުން ދައްކާ ފައިސާ ޖަމާކުރުމަށް ކުންފުނިން އެ ކަމަށް ހާއްސަ ވަކި ބޭންކު އެކައުންޓެއް (ކުންފުނީގެ މެނޭޖްމަންޓު އެކައުންޓުގެ އިތުރަށް) ހުޅުވާފައި އޮތުން. މި އެކައުންޓުން ފައިސާ ނެގޭނީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއެކު އިތުރު އެއް ޑިރެކްޓަރަކު ސޮއިކުރުމުން ކަމުގައި ބަޔާންކޮށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރެއް އޮތުން

 

6 ވަނަ މާއްދާ - ޕްރޮޕޯސަލް އާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހޯ ދުމަށް ހުށަހަޅާއިރު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ޕްރޮޕޯސަލާއެކު ހުށަހަޅަން ވާނެއެވެ.

(ހ) ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ (އަސލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ)

(ށ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ފުރިހަމަ މަޢުލޫމާތު (ނަން، ކުންފުނީގައި މަސައްކަތް ކުރައްވާ މަޤާމު، އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު/ ޕާސްޕޯޓުގެ ކޮޕީ) ހުށަހެޅުން. އަދި ކުންފުނީގެ ޑިރެކްޓަރުން ބަދަލުވެފައިވާނަމަ، ޑިރެކްޓަރުންގެ ބޯޑަށް އެންމެ ފަހުން ގެނައި ބަދަލެއް އެނގޭނެ ފަދަ ލިޔުމެއްގެ އެޓެސްޓެޑް ކޮޕީ ހުށަހެޅުން.

(ނ) ކުންފުނީގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދުގެ ކޮޕީ.

(ރ) ކުންފުނީގެ ލެޓަރހެޑްގެ ނަމޫނާ ކޮޕީ. (ލެޓަރ ހެޑުގައި ހިމަނަންޖެހޭ މަޢުލޫމާތު: ކުންފުނީގެ ނަން، ލޯގޯ، އެޑްރެސް، ފޯނު ނަންބަރު، ފެކްސް ނަންބަރު. އީމެއިލް އެޑްރެސް)

(ބ) ކުންފުނީގެ ފަރާތުން ހައްޖަށް މީހުން ގެންދިއުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރުގެ ކޮޕީ. (މި ޤަރާރުގައި ހައްޖަށް ގެންދާ މީހުންގެ އަތުން ނަގާނެ ޖުމުލަ އަގާއި ހައްޖުގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރުމަށް ކަނޑައަޅާފައިވާ ފަރާތުގެ ނަން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ކުންފުނީގައި މަސައްކަތް ކުރައްވާ މަޤާމު ފަދަ މަޢުލޫމާތު ހިމަނަންވާނެއެވެ. އަދި އެ މީހަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ، ކުންފުނީގެ ހިއްސާދާރަކަށް ވާންވާނެއެވެ.)

(ކ) ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނިން ހައްޖުގެ ކަންތައްތަކާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ނުވަތަ މިކަމާ ގުޅުންހުރި އެއްވެސް ފަރާތަކަށް ފައިސާއެއް ދައްކަން ޖެހިފައިވާނަމަ އެއްބަސްވެފައިވާ ގޮތަށް އެ ފައިސާ ދައްކަމުން ދާކަމުގެ ލިޔުމެއް، ކުންފުނީގެ ބޯޑުން ފާސްކޮށް ހުށަހެޅުން. ުނވަތަ އެފަދަ ފައިސާއެއް ދައްކަން ޖެހިފައި ނުވާނަމަ އެކަން ބަޔާންކޮށް ލިޔުމެއް، ކުންފުނީގެ ބޯޑުން ފާސްކޮށް ހުށަހެޅުން.

(އ) ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މިނިސްޓްރީން ހޯދުމެއްނެތި، ނުވަތަ އެ ހުއްދަ ލިބުމުގެ ކުރިން އެއްވެސް ފަރާތެއްގެ އަތުން ހައްޖަށް ނުވަތަ ޢުމްރާއަށް ގެންދިއުމަށްކަމަށް ބުނެ ފައިސާ ނަގައި، އެ މައްސަލަ ށަރީޢަތަށް ސާބިތުވެ، އެ ހުކުމް ތަންފީޒުވިތާ 7 އަހަރުވެފައިނުވާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިފައި ނުވާނޭ ކަމުގެ ލިޔުމެއް ކުންފުނީގެ ފަރާތުން ހުށަހެޅުން.

(ވ) ވޭތުވެދިޔަ 3 މަސްދުވަހުގެ ކުންފުނީގެ މެނޭޖްމަންޓު އެކައުންޓުގެ ސްޓޭޓްމަންޓަކާއި ހައްޖަށް ގެންދިއުމަށް ފައިސާޖަމާކުރާ ހާއްސަ އެކައުންޓުގެ ސްޓޭޓްމަންޓެއް ހުށަހެޅުން.

(މ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުންޏަކީ އަދި އެ ކުންފުނީގެ އެއްވެސް ޑިރެކްޓަރަކީ އެއްވެސް ބޭންކަކުން ލޯނެއް ނަގާފައިވާ ފަރާތެއްނަމަ، އެއްބަސްވެފައިވާ ގޮތަށް ގަވާއިދުން ބޭންކަށް ފައިސާ ދައްކަމުންދާކަމުގެ ލިޔުމެއް އެ ބޭންކަކުން ހޯދައި ހުށަހަޅަންވާނެއެވެ. އަދި ލޯނެއް ނަގާފައި ނުވާނަމަ އެކަން ބަޔާންކޮށް ލިޔުމެއް، ކުންފުނީގެ ބޯޑުން ފާސްކޮށް ހުށަހެޅުން.

(ފ) ހާޖީންނަށް ދީނީ އިރުށާދު ދޭ ޢިލްމުވެރިޔާ، ދީނީ އިރުށާދު ދިނުމަށް އެއްބަސްވާކަމުގެ ސިޓީއާއި، އެ މީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު/ޕާސްޕޯޓުގެ ކޮޕީ އަދި ދީނީ ޢިލްމުވެރިޔާއަށް ދޫކުރެވިފައިވާ ދިނީ ނަސޭހަތް ދިނުމުގެ ހުއްދައިގެ ކޮޕީ ހުށަހެޅުން.

(ދ) ހާޖީންނަށް ސިއްހީ ހިދުމަތްދިނުމަށް ގެންދާ ނަރުސް އަދި ޑޮކްޓަރު ނުވަތަ ސިއްހީ އެހީތެރިޔާ، އެ ހިދުމަތް ދިނުމަށް އެއްބަސްވާކަމުގެ ސިޓީއާއި، އެ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު/ޕާސްޕޯޓް ކޮޕީއާއި، ނަރުސް އަދި ޑޮކްޓަރު ނުވަތަ ސިއްހީ އެހީތެރިޔާގެ ހުއްދައިގެ ކޮޕީ ހުށަހެޅުން.

(ތ) ޢަރަބި ބަސް ދަންނަ އެހީތެރިން އެކަންކޮށްދިނުމަށް އެއްބަސްވާކަމުގެ ސިޓީއާއި، އައިޑީކާޑު/ޕާސްޕޯޓުގެ ކޮޕީ ހުށަހެޅުން.

(ލ) ހާޖީންނަށް ހިދުމަތްދިނުމަށް ހައްޖު ދަތުރުގައި، ކުންފުނީގެ ފަރާތުން ހާޖީންނާ ހަވާލުވެގެންދާ އިސްވެރިޔާއާއި، އޭނާގެ ނައިބުގެ ތަޖުރިބާއާއި ވަނަވަރާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުމާއި، އަދި އެ ދެފަރާތުންވެސް މަސްއޫލިއްޔަތު އަދާކުރުމަށް އެއްބަސްވާ ކަމުގެ ސިޓީ ހުށަހެޅުން.

(ގ) މި މާއްދާގެ (ހ) ން (ލ) އަށް ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން 4 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ އިޢުލާނާ ގުޅިގެން ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހެޅުން.

 

7 ވަނަ މާއްދާ - ޕްރޮޕޯސަލް ބަލައިގަތުމާއި މާކުސް ދިނުމާއި، ހައްޖަށް ގެންދަން ހޮވުނު ފަރާތާއި މިނިސްޓްރީއާ ދެމެދު ވެވޭ އެއްބަސްވުން

ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަތުމާއި، ޕްރޮޕޯސަލްއަށް މާކުސް ދެވޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭނެ ކަމަށް 6 ވަނަ މާއްދާގެ (ހ) އިން (ގ) އަށް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން އެއްވެސް ލިޔުމެއް ޕްރޮޕޯސަލާއެކު ހުށަނާޅާނަމަ އެ ޕްރޮޕޯސަލް ބާތިލު ވާނެއެވެ.

(ށ) 4 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ އިޢުލާނާ ގުޅިގެން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަނެ އެ ޕްރޮޕޯސަލްތައް ހުޅުވާނީ، އެ ޕްރޮޕޯސަލްތައް ހުޅުވުމަށް އިޢުލާނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. ޕްރޮޕޯސަލް ހުށަހަޅާ ކުންފުންޏެއްގެ ފަރާތުން، ޕްރޮޕޯސަލްތައް ހުޅުވާ ބައިވެރިވެވޭނީ ގިނަވެގެން2 މީހުންނަށެވެ. ޕްރޮޕޯސަލްތައް ހުޅުވުމަށްޓަކައި ބާއްވާ ބައްދަލުވުމުގައި ކޮންމެ ކުންފުންޏަކުންވެސް މަދުވެގެން އެކަކު ބައިވެރިވާންވާނެއެވެ. ޕްރޮޕޯސަލްތައް ހުޅުވާ ބައްދަލުވުމުގައި ކުންފުނީގެ ފަރާތުން ބައިވެރިވާ ފަރާތަކީ ކޮބައި ކަމާއި، އެފަރާތަށް ބައްދަލުވުމުގައި ބައިވެރިވުމުގެ ހުއްދަދިންކަމަށް ބަޔާންކޮށް، ކުންފުނީގެ ލެޓަރހެޑުގައި ތައްޔާރުކޮށްފައިވާ ރަސްމީ ލިޔުމެއް އޮންނަންވާނެއެވެ. މީގެ އިތުރުން އެ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މި ސިޓީ ނުވަތަ ލިޔުން އޮންނަންވާނީ މިނިސްޓްރީއަށް ހުށަހަޅާ ޕްރޮޕޯސަލްއާ ވަކިންނެވެ.

(ނ) ޕްރޮޕޯސަލް އިވެލުއޭޓް ކުރާނީ، މިނިސްޓްރީން ޢައްޔަންކުރާ، މަދުވެގެން5  މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ. އަދި މި ކޮމިޓީ އެކުލެވިގެން ވާންވާނީ މިނިވަން 1 މެންބަރަކު ހިމެނޭ ގޮތަށެވެ.

(ރ) ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް މާކުސް ދޭނީ މި އުސޫލުގެ ޖަދުވަލު 2 ގައިވާ މިންގަނޑުތަކާ އެއްގޮތަށެވެ. ކޮންމެ ކުންފުންޏަކުންވެސް ހުށަހެޅޭނީ (1) އެކެއް ޕްރޮޕޯސަލްއެވެ.

(ބ) ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިމުމުން މާކްސް ދެވުނުގޮތް އެ ކުންފުނިތަކަށް ހާމަކޮށް، ހޮވޭ ކުންފުނިތައް އިޢުލާނު ކުރަންވާނެއެވެ.

(ޅ) ޕްރޮޕޯސަލް އިވެލުއޭޓް ކުރުމަށްފަހު، ހޮވުނު ކުންފުނިތަކާއެކު މިނިސްޓްރީން މި އުސޫލުގެ ޖަދުވަލު 3 ގައިވާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މެނުވީ، އެއްވެސް ކުންފުންޏަކުން ހައްޖަށް މީހުން ގެންދިއުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ. ޕްރޮޕޯސަލް އިވެލުއޭޓް ކުރުމަށްފަހު ހޮވުނު ކުންފުނިތައް މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިޢުލާނު ކުރާތާ 7 ދުވަހުގެ ތެރޭގައި، މި އެއްބަސްވުމުގައި ސޮއިކުރަންޖެހޭނެއެވެ.

(ކ) މިނިސްޓްރީން ޕްރޮޕޯސަލް އިވެލުއޭޓް ކުރުމަށްފަހު ހޮވުނު ކުންފުނިތަކުން ހާޖީންނަށް ދޭން އެއްބަސްވި ފެންވަރުގެ ހިދުމަތްތައް އެކުލެވޭ މަޢުލޫމާތު ކަރުދާހެއް، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ސޮއިކުރާތާ 7 ދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢު ކުރަންވާނެއެވެ. އަދި މި މަޢުލޫމާތު ކޮންމެ ކުންފުންޏަކުންވެސް ލިބޭނެ ގޮތް އިންތިޒާމުކުރަން ޖެހޭނެއެވެ. ހައްޖަށް ދިއުމަށް ފައިސާ ދައްކާ ކޮންމެ ފަރާތަކަށް މި މަޢުލޫމާތު އެ ކުންފުނީގެ ފަރާތުން ލިޔުމުން ދޭންޖެހޭނެއެވެ.

 

8 ވަނަ މާއްދާ - ހައްޖަށް ދިއުމަށް އެދޭ ފަރާތްތަކަށް ހިދުމަތްދޭ އޮފީހުގައި ހުންނަންޖެހޭ މިންގަނޑުތައް

ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނިތަކުން ހައްޖަށް ދިއުމަށް އެދޭ ފަރާތްތަކަށް ހިދުމަތް ދޭ އޮފީސް ހުންނަންވާނީ އަންނަނިވި މިންގަނޑުތަކަށް ފެތޭގޮތަށެވެ.

(ހ) އޮފީހާ ގުޅޭނެ ޓެލެފޯނު ނަންބަރު، ފެކްސް ނަންބަރު، އީމެއިލް އެޑްރެސް ހުރުން.

(ށ) ކުންފުނީގެ އޮފީސް ހުންނަ ޢިމާރާތުގެ ބޭރަށް ފެންނަ ގޮތަށް އެ ކުންފުނީގެ ނަންބޯޑު ހުރުން.

(ނ) އާންމުގޮތެއްގައި އޮފީސް ހުޅުވާފައި ހުންނަ ގަޑިތައް އެނގޭނޭ ލިޔުމެއް އޮފީހުން ބޭރަށް ފެންނަގޮތަށް ހުރުމާއެކު އެ ގަޑިތަކުގައި ހިދުމަތް ދިނުމަށްޓަކައި އޮފީސް ހުޅުވާފައި ބެހެއްޓުން.

(ރ) އޮފީސް ހުޅުވާފައި ހުންނަ ކޮންމެ ގަޑިއެއްގައިވެސް، އެ އޮފީހުގައި މުވައްޒަފަކު ހުރުމާއި، ސަރުކާރުގެ ރަސްމީ ގަޑިތަކުގެ ތެރެއިން ގަޑިއެއްގައި އޮފީސް ހުޅުވާފައި ބެހެއްޓުން.

(ބ) އެ އަހަރަކު މިނިސްޓްރީން ދޫކުރާ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ، ހިދުމަތް ދަން އަންނަ ފަރާތްތަކަށް ފެންނަގޮތަށް ބެހެއްޓުން.

(ޅ) ހައްޖަށް ދިއުމަށްޓަކައި ފައިސާ ދައްކާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުން ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނާނެގޮތަށް ފައިލްކޮށް ބެލެހެއްޓުން.

 

9 ވަނަ މާއްދާ - ހައްޖަށް ދާން އެދޭ މީހުން ރަޖިސްޓަރީކުރުން

ހައްޖަށް ދާން އެދޭ ފަރާތް ރަޖިސްޓަރީވުމަށް ހުށަހަޅާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

(ހ) ހައްޖަށް ދާން ބޭނުންވާ މީހުން ރަޖިސްޓަރީ ކުރަންވާނީ އެކަމަށް ހާއްސަކޮށް މި މިނިސްޓްރީން ދޫކުރާ "ހައްޖަށް ދިއުމަށް އެދި ހުށަހަޅާ ފޯމު"، ފުރުމަށްފަހު މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ. ކުންފުނިތަކަށް މި ފޯމު ދޫކުރާނީ ހުއްދަ ދެވިފައިވާ ކޯޓާގެ މިންވަރަށެވެ. މި ފޯމު މެދުވެރިކޮށް ރަޖިސްޓަރީ ނުކުރާނަމަ، އެ ކުންފުންޏަކަށް މީހުން ހައްޖަށް ގެންދިއުމަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެއެވެ.

(ށ) ކުންފުނިތަކުން ހައްޖަށްދިއުމަށް އެދޭމީހުން ރަޖިސްޓަރީ ކުރަމުންދާއިރު ފަރުޒު ހައްޖު އަދާކުރަން އެދޭ (އަލަށް ހައްޖަށްދާ) ފަރާތްތަކަށް މި އުސޫލުގައިވާ ގޮތުގެ މަތިން އިސްކަން ދޭންޖެހޭނެއެވެ.

(ނ) ކުންފުނިތަކުން ހައްޖަށް ގެންދާ ފަރާތްތައް ހޮވުމަށްފަހު، ފައިސާ ނެގުމުގެ ކުރިން، ކުންފުންޏާއި، ހާޖީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭނެއެވެ. މި އެއްބަސްވުން މި އުސޫލުގެ ޖަދުވަލު 5 ގައި ވާނެއެވެ. އަދި މި އުސޫލުގެ ޖަދުވަލު 5  ގައިވާ އެއްބަސްވުމުގެ އެއްވެސް ނުކުތާއަކަށް މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ނެތި އުނިއިތުރެއް ގެނައުމުގެ އިހުތިޔާރު އެއްވެސް ކުންފުންޏަކަށް އަދި ހާޖީއަކަށް ލިބިގެންނުވެއެވެ. މި އެއްބަސްވުމުގެ ކޮޕީ ހައްޖަށް ދާން އެދޭ ފަރާތަށް ދޭންވާނެއެވެ. އަދި މި އެއްބަސްވުމުގެ ފުރަތަމަ ސަފުހާގެ މަތީގެ ކަނާތްފަރު އަރިމަތީގައި ހައްޖު ޓާއިން އެ މީހަކަށް ލިބުނު ނަންބަރު ލިޔެ ދީ، މި ނަންބަރުގެ ބަޔަކަށް އަރާ ގޮތަށް ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހައި މެނޭޖިންގ ޑިރެކްޓަރުގެ ސޮއި އޮންނަންވާނެއެވެ. މިގޮތުން، އެއްބަސްވުމުގައި ޖަހާ ކޯޓާ ނަންބަރު ހައްޖަށް ގެންދިއުމަށް އެ ކުންފުންޏަކަށް ހުއްދަ ދީފައިވާ މީހުންގެ އަދަދަށް ވުރެ އިތުރަށް ޖަހައިގެން ނުވާނެއެވެ.

(ރ) ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދެވިފައިވާ ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުންޏަކާއި ގުޅިގެން ހައްޖަށް ދާމީހުންގެ ނަމާއި އެޑްރެސް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު، ޕާސްޕޯޓް ނަންބަރު، އުމުރު އެނގޭނޭ ލިސްޓެއް ހައްޖަށް ގެންދިއުމަށް ހުއްދަ ދިން އަދަދަށް މީހުން ހަމަވާތާ ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ފޮނުވަން ވާނެއެވެ. އަދި އެ ލިސްޓުގެ ސޮފްޓް ކޮޕީ އީމެއިލް ކުރަންވެސް ވާނެއެވެ. ލިސްޓް އީމެއިލް ކުރާނީ [email protected]  މި އީމެއިލް އެޑްރެހަށެވެ.

 

10 ވަނަ މާއްދާ - ފައިސާ ނެގުން

މި އުސޫލުގެ ދަށުން، ކުންފުނިތަކުން ހައްޖަށް ދިއުމަށް އެދޭ މީހުންގެ އަތުން ފައިސާނަގަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) އެ ކުންފުންޏެއްގެ ހައްޖު އެކައުންޓަށް ފައިސާ ޖަމާކުރުމަށް އިރުށާ ދު ދޭންވާނީ، ހައްޖަށް ދިއުމަށް އެދި ހުށަހަާޅ ފަރާތް މި އުސޫލުގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ރަޖިސްޓަރީ ކުރުމަށްފަހު، އެ ފަރާތަކީ މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ ފަރާތެއްތޯ ކުންފުނިން ބެލުމަށްފަހުގައެވެ. އަދި މި އުސޫލުގެ 9  ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުންފުންޏާއި ހާޖީއާ ދެމެދު ސޮއިކުރާ އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ކޮޕީ ހާޖީއަށް ދިނުމަށްފަހުގައެވެ.

(ށ) މިނިސްޓްރީން ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް އެއްވެސް މީހެއްގެ އަތުން ހައްޖަށް ގެންދިއުމަށްޓަކައި އެއްވެސް ފައިސާއެއް ނަގައިގެން ނުވާނެއެވެ. މިނިސްޓްރީއަށް އަގު ހުށަހަޅަން ޖެހޭނީ ސަރުކާރަށް ދައްކަންޖެހޭ އެންމެހައި ފީތަކާއި ޓެކްސްތައް ވަކިވަކިން އެނގޭގޮތަށް ހިމަނައިގެންނެވެ. އަދި ފީގެ ގޮތުގައިވެސް އަދި އެހެން ނަމެއްގައި ވެސް

ހައްޖަށް ގެންދިއުމުގެ ހިދުމަތެއް ދިނުމުގެ ނަމުގައި އެއްވެސް ފައިސާއެއް ނަގައިގެން ނުވާނެއެވެ. އަގު ހުށަހަޅަންޖެހޭނީ ސަރުކާރަށް ދައްކަންޖެހޭ އެންމެހައި ފީތަކާއި ޓެކްސްތައް ހިމެނޭގޮތަށެވެ.

(ނ) ހައްޖަށް ގެންދިއުމަށް ފައިސާ ނަގަންވާނީ ހައްޖަށް ގެންދިއުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުން، ހައްޖަށް ގެންދިއުމަށް އެ ކުންފުންޏަކަށް ހުއްދަ ލިބިފައިވާ ކޯޓާގެ އަދަދަށެވެ.

(ރ) އެއްވެސް ކުންފުންޏަކުން، ހައްޖަށްދާ މީހާގެ އަތުން ސީދާ ފައިސާ ނަގައިގެން ނުވާނެއެވެ. ހައްޖަށްދާ މީހާ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ޖަމާކުރާނީ، ހައްޖަށް ހާއްސަ ކުރެވިފައިވާ ކުންފުނީގެ އެކައުންޓަށެވެ. މި ފައިސާ ޑިޕޮސިޓް ކުރުމުން ބޭންކުން ފައިސާ ޖަމާކުރިކަން އަންގައިދިނުމަށް ދޭ ސްލިޕް ކުންފުންޏާ ހަވާލު ކުރުމުން، ފައިސާ ދެއްކި ކަމުގެ ރަސީދެއް އެ ކުންފުނީގެ ނަމުގައި އެ ފައިސާ ދެއްކި ފަރާތަށް ދޭންޖެހޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ރަސީދު ކުންފުންޏަކުން ހަދާއިރު، ފައިސާ ދެއްކި ކޮންމެ މީހަކަށް ތިން ރަސީދު ހަދަންޖެހޭނެއެވެ. އެއީ ކުންފުނީގެ ބޭނުމަށް ހަދާ ރަސީދު، ފައިސާ ދައްކާ ފަރާތަށް ދޫކުރާ ރަސީދު އަދި ފައިސާ ދައްކާ ފަރާތުން

މިނިސްޓްރީއަށް ރިކޯޑަށްޓަކައި ހުށަހަޅާ ރަސީދެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މިނިސްޓްރީއަށް ހާއްސަ ރަސީދު، ފައިސާ ދެއްކި ފަރާތުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - ސައޫދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކަށް ފައިސާ ދެއްކުން

މީހުން ހައްޖަށް ގެންދިޔުމަށްޓަކައި، ސަޢުދީ ޢަރަބިއްޔާގެ ހައްޖުގެ ކަންކަމާގުޅޭ މުއައްސަސާތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަކީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބިފައިވާ ކުންފުނިތަކުގެ ޒިންމާއެކެވެ. އަދި މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ މިނިސްޓްރީން ދޭތާ 3 ދުވަހުގެ ތެރޭގައި މި އުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމުގައި އެ ކުންފުންޏަކުން ދޭން އެއްބަސްވި ފެންވަރުގެ ހިދުމަތްތައް ބަޔާންކޮށްފައިވާ ގޮތަށް، އެ ހިދުމަތްތައް ދިނުމަށްޓަކައި ކޮށްފައިވާ ހުރިހާ ތައްޔާރީތަކެއް މިނިސްޓްރީއަށް އަންގަންވާނެއެވެ. އަދި ހައްޖަށް ފުރުމުގެ 1) އެކެއް) މަސްދުވަސް ކުރިން ހައްޖު ދަތުރުގެ ހުރިހާ ހިދުމަތަކަށް ފައިސާ ދައްކައި ހަލާސްކުރި ކަމުގެ ރަސީދުތައް، އެގްރީމަންޓުތަކާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި ހައްޖުގެ އަސާސީ ހިދުމަތްތައް، ކްރެޑިޓަށް ކުންފުނިތަކުން ހޯ ދުމަކީ މަނާކަމެކެވެ. ހައްޖުގެ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމަކީ ދެކޮޅު އެއަރޓިކެޓް ނެގުމާއި، މައްކާއާއި މަދީނާގައި ހުރުމާއި، ކެއިންބުއިމުގެ ކަންތައްތަކާއި އަދި މުތައްވިފު ފޯ ރުކޮށްދޭ ހިދުމަތަށް މަކްތަބަށް ދައްކަންޖެހޭ ފައިސާއެވެ.

 

12 ވަނަ މާއްދާ - ހައްޖު އެކައުންޓް

ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށްޓަކައި ނަގާ ފައިސާ ޖަމާކުރުމަށްޓަކައި ދިވެހިރާއްޖޭގައި ހިންގާ އިސްލާމިކް ބޭންކެއްގައި ނުވަތަ މޯ ލްޑިވްސް މަނިޓަރީ އޮތޯރިޓީން އިސްލާމިކް ބޭންކިންގ ހިދުމަތް ދޭން ހުއްދަ ދީފައިވާ ކޮންވެންށަނަލް ބޭންކެއްގެ އިސްލާމިކް ވިންޑޯއެއްގައި އެކަމަށް ހާއްސަ އެކައުންޓެއް އޮންނަންވާނެއެވެ. މި އެކައުންޓަށް ޖަމާކުރާ ފައިސާއަކީ ވަދީޢާ ޔަދް އަމާނާ (އަމާނާތްތެރިކަމާއެކު ބަލަހައްޓައިދޭ) އުސޫލުން ބަލަހައްޓަންޖެހޭ ފައިސާއެކެވެ. މި ފައިސާ ކުންފުނީގެ އެހެން އެއްވެސް އަމިއްލަ ބޭނުމަކަށް ނުވަތަ އަމިއްލަ އިންވެސްޓްމަންޓަކަށް ބޭނުމެއް ނުކުރެވޭނެއެވެ. މި އެކައުންޓް ހިންގައި ބަލަހައްޓަންވާނީ ތިރީގައިވާ ގޮތުގެމަތީންނެވެ.

(ހ) މީހުން ހައްޖަށް ގެންދިއުމަށްޓަކާ ނަގާ ފައިސާއަކީ ވަރަށް ބޮޑު އަމާނާތަކަށްވާތީ ހައްޖާ ގުޅުން ހުރި ކަމަކަށް ނޫނީ މި ފައިސާ ހަރަދުކޮށްގެން ނުވާނެއެވެ.

(ށ) މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދޫކުރާ ތާރީހުން ފެށިގެން ހައްޖު ފައިސާ ޖަމާކުރާ އެކައުންޓުގެ ބޭންކް ސްޓޭޓްމަންޓް، ކޮންމެ މަހަކު އެއްފަހަރު މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ. އަދި ހަރަދެއް ކޮށްފައިވާނަމަ ކުރެވުނު ހަރަދުގެ ހުލާސާ ރިޕޯޓެއް، ބޭންކް ސްޓޭޓްމަންޓާއެކު ހުށަހަޅަން ވާނެއެވެ. އަދި މި ސްޓޭޓްމަންޓް ހުށަހެޅުމުގެ ބޭނުމުގައި އޮޅުވާލައިގެން އަދަދުތަކެއް ބޭންކު އެކައުންޓުގައި ހުރިކަން ދެއްކުމަށް އެއްވެސް ޢަމަލެއް ހިންގުމަކީ މަނާކަމެކެވެ. މިފަދައިން ޢަމަލުކޮށްގެން، ބޭންކުގެ މެނޭޖުމަންޓުން އެ ބޭންކު އެކައުންޓު ބަންދުކޮށްފިނަމަ، މީހުން ހައްޖަށް ގެންދިއުމަށް އެ ކުންފުންޏަކަށް ދެވޭ ހުއްދަ ބާތިލުކޮށް، ހައްޖަށް މީހުން ގެންދިއުމަށް އެ ކުންފުންޏަކަށް ދުވަހަކުވެސް ކުރިމަތިނުލެވޭނެއެވެ.

(ނ) ހައްޖަށް މީހުން ގެންދިއުމަށް ނަގާ ފައިސާ ޖަމާކުރާ އެކައުންޓަށް ހައްޖަށް ދާން އެދޭ މީހުންގެ އަތުން ނަގާ ފައިސާ ނޫން އެހެން ފައިސާއެއް ޖަމާކޮށްގެން ނުވާނެއެވެ.

 

13 ވަނަ މާއްދާ - ކުންފުނީގެ ފަރާތުން ހައްޖުވެރިންނަށް ފުރިހަމަ ކޮށްދޭންޖެހޭ ކަންތައްތައް

ހައްޖަށް މީހުން ގެންދާ ކޮންމެ ކުންފުންޏަކުންވެސް، ހައްޖަށް ގެންދާ މީހުންނަށް ތިރީގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ފުރިހަމަ ކޮށްދޭން ވާނެއެވެ.

(ހ) ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް އިތުރު އަގަކާ ނުލައި ފުރިހަމަކުރުން.

(ށ) އެ ކުންފުންޏަކާ ގުޅިގެން ހައްޖަށްދާ ފަރާތްތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޕްރެކްޓިސް ކުރުމުގެ ހުއްދަ އޮތް މެޑިކަލް ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިޔަކާއި ނަރުހެއް ހައްޖު ދަތުރުގައި ބައިވެރިކުރުން.

(ނ) ދީނީ ނަސޭހަތް ދިނުމާއި ވަޢުޡު ދިނުމުގެ ހުއްދަ، މިނިސްޓްރީން ދީފައިވާ ޢަރަބި ބަސް ދަންނަ ދީނީ ޢިލްމުވެރިއަކު ހައްޖު ދަތުރުގައި ބައިވެރިކުރުން.

(ރ) ހައްޖަށް މީހުން ގެންދަންވާނީ ވައިގެ މަގުންނެވެ. އަދި 8 ގަޑިއިރަށްވުރެ ގިނައިރު އެއްވެސް ޤައުމެއްގައި ޓްރާންސިޓެއް ކުރަންޖެހިއްޖެނަމަ، އިތުރު އަގަކާއި ނުލައި ކެއުމާއި ހުރުމުގެ އިންތިޒާމު ކުންފުނިން ހަމަޖައްސައިދިނުން. އަދި 2 ގަޑިއިރަށްވުރެ

ގިނައިރު އެއްވެސް ޤައުމެއްގައި ޓްރާންސިޓް ކުރަންޖެހިއްޖެ ނަމަ، އިތުރު އަގަކާއި ނުލައި ކެއުމުގެ އިންތިޒާމު ކުންފުނިން ހަމަޖައްސައިދިނުން.

(ބ) ހާޖީން މައްކާގައި ތިބޭ ދުވަސްވަރު ކެއިންބުއިމާއި ނިދުމުގެ އިންތިޒާމު ހަމަޖައްސައިދިނުން.

(ޅ) މިނާއާއި ޢަރަފާތުގައި ހާޖީންނަށް ކޮށްދޭންޖެހޭ އެންމެހައި ކަންތައްތައް އިންތިޒާމުކޮށް، ފުރިހަމަ ކޮށްދިނުން.

(ކ) މުޒްދަލިފާގައި ރޭކުރުމުގެ/ މަޑުކުރުމުގެ އިންތިޒާމު ހަމަޖައްސައި ދިނުން.

(އ) ޖަމްރާތަކަށް ހިލައުކުމުގެ އިންތިޒާމު ހަމަޖައްސައިދިނުން.

(ވ) ކޮންމެ ހާޖީއަކުވެސް ހައްޖަށް ދިއުމަށް ދައްކާ ފައިސާގެ ތެރެއިން އެ ހާޖީއަކަށް ހަދްޔު ކަތިލައިދިނުން.

(މ) ހާޖީން މަދީނާއަށް ގެންގޮސް، މަދީނާގައި ބޭތިއްބުމާއި ކެއިންބުއިމާއި މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން.

(ފ) މައްކާއާއި މަދީނާއާއި މިނާއާއި ޢަރަފާތުގައި ހާޖީން ތިބޭ ދުވަސްވަރު ހައްޖުގެ އަޅުކަމާއި، އިންތިޒާމުތަކާ ބެހޭ ގޮތުންނާއި އަދި ދީނީގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ހިންގުން.

(ދ) ހާޖީންގެ ކަންތައްތައް ބެލެހެއްޓުމުގައި އަހުލާޤީ އިންތަކުން ބޭރުވުމާއި އެއްބަޔަކު އަނެއްބަޔަކަށް ގޯނާކުރުމާއި ފުރައްސާރަ ކުރުން ފަދަ އެންމެހައި ކަންތައްތަކުން ދުރުހެލިވުމާއި ދިވެހި ހާޖީންގެ އެއްބައިވަންތަކަން ހިފެހެއްޓުމަށް ކުންފުނިތަކުން

ގުޅިގެން މަސައްކަތްކުރުން.

(ތ) ކޮޓަރިތަކުގައި ހާޖީން ބޭތިއްބުމުގައި ދެ ޖިންސު ވަކިން ބޭތިއްބުން. ނަމަވެސް މަހުރަމުން މިކަމުން އިސްތިސްނާ ވާނެއެވެ.

(ލ) އެއްވެސް ސަބަބަކާހުރެ ކުންފުންޏާއި ކުންފުނީގެ އިސްވެރިންގެ އިހުމާލުން ހައްޖުގެ ވާޖިބެއް ހާޖީއަކަށް ފުރިހަމަ ނުކުރެވިއްޖެނަމަ، އެ ހާޖީއެއްގެ އަޅުކަން ފުރިހަމަ ކޮށްދިނުމަށް ކުންފުނިން ފިދުޔަ ދޭންޖެހޭނެއެވެ. މިގޮތަށް ފިދްޔަ ދޭއިރު އެ ހާޖީއަކަށް އެކަން ކަށަވަރުކޮށްދޭންޖެހޭނެއެވެ.

(ގ) ހާޖީއަކު ބަލިވެ ދަތުރު ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެ ސަޢޫދީ ޢަރަބިއްޔާގެ ހޮސްޕިޓަލެއްގައި އެނދުމަތިކުރަން  ޖެހިއްޖެނަމަ، އެ މީހަކަށް ބޭސް ފަރުވާ ކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭންޖެހޭނެ.

 

14 ވަނަ މާއްދާ - ފަރުލު ހައްޖަށް އިސްކަން ދިނުން

ދިވެހިރާއްޖެއިން ހައްޖަށް ދާން އެދޭ މީހުންގެ ތެރެއިން ފަރުޒު ހައްޖު އަދާ ކުރަންދާ މީހުންނަށް އިސްކަންދޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

(ހ) ކޮންމެ ކުންފުންޏަކަށް ލިބޭ ކޯޓާގެ (90) ނުވަދިހަ އިންސައްތަ ފަރުޒު ހައްޖުވާ މީހުންނަށް ހާއްސަ ކުރަން ވާނެއެވެ.

(ށ) ހުއްދަ ލިބޭ ތާރީހުން ފެށިގެން 30 ދުވަހަށްފަހު، ފަރުޒު ހައްޖުވުމަށް ހާއްސަ ކުރެވިފައިވާ އަދަދަށް މީހުން ހަމަނުވެއްޖެނަމަ، އެނޫން މީހުންނަށް އެ ޖާގަ ދިނުމުގެ އިހުތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ކޮށްގެން ނުވާނެ ކަންތައްތައް

މި އުސޫލުގެ ދަށުން ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ލިބިފައިވާ ކުންފުނިތަކާއި އަދި ރާއްޖެއިން ހައްޖަށްދާ ފަރާތްތަކުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ހަވާލުގައި ހައްޖަށްދާ މީހުން، ސަޢޫދީ ޢަރަބިއްޔާގެ ދާހިލީ އަދި ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމާއި، އެފަދަ ކަމަކަށް ވާގިދޭ ފަދަ ޢަމަލެއް ހިންގައި ނުވަތަ ލިޔެކިޔުމެއް ބަހައި ނުވަތަ މުޒާހަރާއެއްކޮށް ނުވަތަ އެހެން ބަޔަކު ކުރާ މުޒާހަރާއެއްގައި ބައިވެރިވެގެން ނުވާނެއެވެ. އަދި އެފަދަ އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެއެވެ.

(ށ) ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން ނުވަތަ ރާއްޖެއިން ހައްޖަށްދާ ފަރާތްތަކުން، މަސްތުވާ އެއްވެސް އެއްޗެއް ނުވަތަ ޤާނޫނާއި ގަވާއިދުތައް ހުއްދަ ނުކުރާ އެއްވެސް އެއްޗެއް ސަޢޫދީ ޢަރަބިއްޔާއަށް އެތެރެކޮށްގެން ނުވާނެއެވެ.

(ނ) ހުއްދަދޭ އަދަދަށްވުރެ އިތުރަށް ހައްޖަށް މީހުން ގެންގޮސްގެން ނުވާނެއެވެ. އަދި އެ އަހަރަކު ހުއްދަ ލިބޭ ކުންފުނީގެ ނިށާން ފިޔަވައި އެހެން ކުންފުންޏެއްގެ ނިށާން، ހައްޖުގެ ކަންކަމުގައި ހުއްދަ ލިބޭ ކުންފުނިން ބޭނުންކޮށްގެން ނުވާނެއެވެ.

(ރ) ހައްޖަށް ގެންދިއުމަށްޓަކައި ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާގެ ދަށުން މިނިސްޓްރީގެ ހުއްދައެއްނެތި ބިދޭސީއަކު ހައްޖަށް ގެންގޮސްގެން ނުވާނެއެވެ.

(ބ) އެ ކުންފުންޏަކަށް ހުއްދަ ދީފައިވާ ކޯ ޓާ މިނިސްޓްރީގެ ހުއްދައެއްނެތި އެހެން އެއްވެސް ކުންފުންޏަކަށް ނުވަތަ ބަޔަކަށް ވިއްކައި ނުވަތަ ދީގެން ނުވާނެއެވެ.

(ޅ) 45 އަހަރުން ދަށުގެ އަންހެނުން މަހުރަމަކާ ނުލައި ހައްޖަށް ގެންގޮސްގެން ނުވާނެއެވެ.

(ކ) ކައިވެނި ހެޔޮވާ އަންހެނުންނާއި ފިރިހެނުން އެއްކޮޓަރިއެއްގައި ބައިތިއްބައިގެން ނުވާނެއެވެ.

(އ) ހައްޖަށް ގެންދާ މީހުންގެ އަތުން ނަގާނެ ކަމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ފައިސާގެ އިތުރުން މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ އެއްވެސް ފައިސާއެއް ހައްޖަށް ގެންދާ މީހެއްގެ އަތުން ނަގައިގެން ނުވާނެއެވެ.

(ވ) ހާޖީންނަށް ދީނީ އިރުށާދާއި ދީނީ ނަސޭހަތް ދިނުމުގައި، ދިވެހިރާއްޖޭގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދީފައިނުވާ ފަރާތެއް ލައްވައި ދީނީ ނަސޭހަތް ދީގެން ނުވާނެއެވެ. އަދި ދީނީ ނަސޭހަތް ދިނުމުގައި އެއްވެސް ފަރާތަކަށް އުނދަގޫވާގޮތަށް

ޢަމަލު ކޮށްގެން ނުވާނެއެވެ.

 

16 ވަނަ މާއްދާ - ހައްޖު ވިސާޖެހުން

ހައްޖަށް ދިއުމަށް ވިސާޖެހުމާބެހޭ ގޮތުން ސަޢޫދީ ޢަރަބިޔާގެ އިމިގްރޭށަނުން ހަދާފައިވާ އެންމެހައި ގަވާއިދުތަކަށް ކުންފުނިތަކުން ޢަމަލުކުރުމާއެކު ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ސަމާލުކަން ދޭންވާނެއެވެ. ހައްޖު ވިސާ ޖަހަން މިނިސްޓްރީން ހުއްދަ ދޭނީ އެ ކުންފުނިން ހައްޖަށް މީހުން ގެންދިއުމުގެ އެންމެހައި އިންތިޒާމުތައް ފުރިހަމަ ކޮށްފައިވާކަމުގެ ހެކި މިނިސްޓްރީއަށް ހުށަހަޅައި، އިންތިޒާމުތައް ފުރިހަމަކޮށްފައިވާކަން ޔަގީންކުރުމަށް ފަހުގައެވެ.

(ހ) މިނިސްޓްރީން އެޓެސްޓްކޮށްފައިވާ މަހުރަމު ލިސްޓު، ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީއަށް ހުށަހެޅުން. (މި އުސޫލުގެ ޖަދުވަލު 8 ގައި މި ލިސްޓު އޮންނަންވާނެ ގޮތުގެ ނަމޫނާ އޮންނާނެއެވެ.)

(ށ) 45 އަހަރުން ދަށުގެ އަންހެނުންނަށް ހައްޖު ވިސާ ޖެހުމަށްޓަކައި އެކަނބަލުންނާއެކު ދަތުރުކުރާނެ މަހުރަމުގެ ނަމާއި، އެ މަހުރަމެއްގެ އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީއާއި، ކައިވެނީގެ ސެޓުފިކެޓުގެ ކޮޕީ ފަދަ މަހުރަމެއްކަން ސާބިތުކޮށްދޭ އެންމެހައި ލިއުންތައް މިނިސްޓްރީއަށް ހުށަހެޅުން.

(ނ) ހައްޖަށްދާ އަންހެނަކީ އުމުރުން 45 އަހަރުން މަތީގެ މީހަކު ނަމަ މަހްރަމަކާ ނުލައި ދެވިދާނެއެވެ.

(ރ) ހައްޖަށްދާ އަންހެނަކީ އުމުރުން 45 އަހަރުން ދަށުގެ މީހަކަށްވެފައި ދެމަފިރިން އެކުގައިވދަތުރު ކުރާނަމަ އެއީ ދެމަފިރިންކަން އެނގޭނެ ށަރުޢީ ލިޔުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

17 ވަނަ މާއްދާ - މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް (މަކްތަބު ށުއޫނި ހުއްޖާޖިލް މާލްދީފް)

(ހ) ރާއްޖެއިން ހައްޖަށްދާ މީހުންނާއި އެ މީހުން ހައްޖަށް ގެންދާ ކުންފުނިތައް ސަޢޫދީ ޢަރަބިއްޔާގައި ތިބޭ ދުވަސްވަރު މައްކާ ނުވަތަ މަދީނާގައި މިނިސްޓްރީން ކުރަންޖެހޭ ރަސްމީ މަސައްކަތްތައް ކުރުމަށް "މޯ ލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް" (މަކްތަބް ހުއްޖާޖިލް މާލްދީފް)، މިނިސްޓްރީން ޤާއިމުކުރަން ވާނެއެވެ.

(ށ) މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގައި ހިދުމަތް ދޭނެ ފަރާތްތައް ޢައްޔަންކޮށް، ހިދުމަތް ދެވޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަން ވާނެއެވެ.

 

18 ވަނަ މާއްދާ – މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް

މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގައި ހިދުމަތް ދޭނެ ފަރާތްތައް ޢައްޔަންކޮށް، ހިދުމަތް ދެވޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަން ވާނެއެވެ.

(ހ) ހައްޖަށް ގޮސް އުޅޭ ދުވަސްވަރު ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައުދީ އަރަބިއްޔާގެެ ވުޒާރަތުލް ހައްޖާއި މިނޫންވެސް އެ ޤައުމުގެ ރަސްމީ ޖަރާތްތަކާ ގުޅިގެން، ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން ކުރަން ބޭނުންވާ ކަންތައްތައް ކުރުމުގައި ހހަމަހަމަކަމާއެކު އެހީތެރިކަން ފޯރުކޮށް ދިނުން. މިކަންތައްތައް ކުރާނީ މިނިސްޓްރީގެ ލަފާގެ މަތީން މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގެ އިސްވެރިޔާ އަންގާގޮތެއްގެ މަތިންނެވެ.

(ށ) މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގައި ހިމެނޭ މުޢުފާ (ޓެކްސް އެގްޒެމްޕްށަން) މީހުންނަށް ފާސް ހަދައިދިނުމާއެކު އެހީތެރިކަން ފޯރުކޮށްދިނުން.

(ނ) ހާޖީއަކު ގެއްލުން ނުވަތަ ބަލިބުން ނުވަތަ މަރުވުން ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަމާ ގުޅިގެން ކުންޖުނިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

(ރ) ސައުދީ އަރަބިއްޔާގައި ދިވެހި ހާޖީންނަށް ދިމާވެދާނެ މައްސަލަތަކާ ގުޅިގެން ބޭނުންވާ ލިޔުންތައް ތައްޔާރުކޮށްދީ އިރުށާދު ދިނުން.

(ބ) ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް އެދި ކުންފުނިތަކުގެ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލުގައި ހާޖީންނަށް ދޭން ކަނޑައަޅާފައިވާ ހިދުމަތްތައް ފޯރުވައިދޭތޯ ބެލުން.

(ޅ) ހައްޖުގެ މަނާސިކުތައް ހާޖީންނަށް ފުރިހަމަ ކޮށްދޭތޯ ބެލުން.

(ކ) މިނާ/ އަރަފާތުގައި ދޭން ކަނޑައަޅާފައިވާ ހިދުމަތްތައް ކުންފުނިތަކުން ފޯރުވައިދޭތޯ ބެލުން.

(އ) ކެއިންބުއިމުގެ ހިދުމަތާއި ނިދުމުގެ އިންތިޒާމު ހަމަޖައްސާފައިވާގޮތް ބެލުން.

(ވ) ސިއްހީ ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާގޮތް ބެލުން.

(މ) މި މާއްދާގެ (ބ) އިން (ވ) އަށް ހުރި ކަންތައްތައް ބަލާނީ، މިކަމަށް ހާއްސަކުރެވިފައިވާ ސާވޭ ފޯމަކުންނެވެ. މި ސާވޭ ފޯމުގެ ނަމޫނާ މި އުސޫލުގެ ޖަދުވަލު 6 ގައި ވާނެއެވެ. މި ފޯމު ފުރާނީ، އެ އަހަރަކު ދޭން އެއްބަސްވެފައިވާ ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދޭތޯ ބަލައި ކަށަވަރުކޮށް، އެކަން މިނިސްޓްރީއަށް ލިޔުމުން ރިޕޯޓުކުރުމެވެ. މިފަދައިން ކުރާ ރިޕޯޓޫގައި ހިމަނަންޖެހޭ މުހިއްމު ބައިތަކުގެ ތަފުސީލު މި އުސޫލުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައި ވާނެއެވެ.

 

19 ވަނަ މާއްދާމައުލޫމާތު ދިނުމާއި ހައްޖު ރިޕޯޓު ހުށަހެޅުން

ކޮންމެ އަހަރަކުވެސް ހައްޖުގެ އަޅުކަމާ ގުޅިގެން ހުށަހަޅަންޖެހޭ މައުލޫމާތާއި ހައްޖު ރިޕޯޓު ތިރީގައިވާ ގޮތުގެ މަތިން މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

(ހ) ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުނީގެ ބެލުމުގެ ދަށުން ހައްޖަށް ގެންދާ މީހުންގެ ދަތުރު ހަމަޖެހިފައިވާ ގޮތުގެ ތަފުސީލު، ހައްޖަށް ފުރުމުގެ 14 ދުވަސް ކުރިން މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ. މިކަން ނުކުރާ ކުންފުނި ތަކަށް ވިދިގެން އަންނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ކުރިމަތި ނުލެވޭނެއެވެ.

(ށ) ހައްޖުގެ އަޅުކަން އަދާ ކޮށް ނިމިގެން އެބުރި ރާއްޖެ އަންނަތާ 30 ދުވަހުގެ ތެރޭގައި ހައްޖަށް މީހުން ގެންދިއަ ކޮންމެ ކުންފުންޏަކުން ވެސް، ހައްޖު ރިޕޯޓް މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

 

20 ވަނަ މާއްދާ – ހައްޖު ދަތުރުގައި ދިމާވާ ކުއްލި މައްސަލަތައް އެންގުން

ހައްޖު ދަތުރަށް ފުރުމަށް ފަހު އެބުރި ދިވެހިރާއްޖެއަށް އައުމާ ހަމައަށް ދިމާވާ ކުއްލި ހާދިސާތައް ތިރީގައިވާ ގޮތުގެ މަތިން އަންގަން ވާނެއެވެ.

(ހ) ހާޖީއަކު ބަލިވެގެން މައްކާ ނުވަތަ މަދީނާގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފިނަމަ އެ މީހަކާބެހޭ މައުލޫމާތު، ވީ އެންމެ އަވަސް ފުރުސަތެއްގައި މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގެ އިސްވެރިޔާއަށް އަންގަން ވާނެއެވެ.

(ށ) ހައްޖު ދަތުރުމަތީގައި މަޑުކުރާ ނުވަތަ ފުރާ އެއާރޕޯޓެއްގައި ހައްޖު ވެރިއަކަށް ދަތުރުނުކުރެވޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެކަން މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގެ އިސްވެރިޔާއަށް ނުވަތަ މިނިސްޓރީއަށް އަންގަންވާނެއެވެ.

(ނ) ހައްޖުގެ ދަތުރުމަތީގެ އެއްވެސް މަންޒިލެއްގައި ހާޖީއެއްގެ ސިއްހީ ހާލަތު ދަށްވެގެން ދަތުރުނުކުރެވޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެކަން މިނިސްޓްރީއަށް ނުވަތަ މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގެ އިސްވެރިޔާއަށް އަނގަން ވާނެއެވެ.

(ރ) ހާޖީއަކު ސައުދީ އަރަބިޔާގައި ނިޔާވެއްޖެނަމަ އެ މީހަކާބެހޭ މައުލޫމާތު ވީއެންމެ އަވަސް ފުރުސަތެއްގައި މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގެ އިސްވެރިޔާއަށް އަންގަން ވާނެއެވެ.

 

21 ވަނަ މާއްދާ – މޯލްޑިވްސް ހައްޖު ކޯޕަރޭށަން އިސްތިސްނާވުން

މި އުސޫލުގެ 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުން މޯލްޑިވްސް ހައްޖު ކޯޕަރޭށަން އިސްތިސްނާވެގެންވެއެވެ.

 

22 ވަނަ މާއްދާ - މޯލްޑިވްސް ހައްޖު ކޯޕަރޭށަނަށް ލިބިގެންވާ ހާއްސަ އިމްތިޔާޒުތައް

މޯލްޑިވްސް ހައްޖު ކޯޕަރޭށަން ދިވެހި ހާޖީން ހައްޖަށް ގެންދިއުމުގައި ތިރީގައިވާ ބާރާއި އިމްތިޔާޒުތައް ލިބިގެންވެއެވެ.

(ހ) ހައްޖަށް ދާން ގަސްދުކުރާ ދިވެހިރައްޔިތުންގެ އަތުން އަހަރުގެ ކޮންމެ ވަގުތެއްގައިވެސް ފައިސާ ބަލައިގަތުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ށ) ހައްޖަށް ގެންދިއުމަށް ފައިސާ އަދި ހިދުމަތްތައް ތަފާތުވާ ގޮތުގެ މަތިން އެކި ފެންވަރުގެ އަދި އެކޮ އަގުތަކުގެ ޕެކޭޖް ހަދައި އެކަން އާންމުންނަށް އިޢުލާނުކުރުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

(ނ) މޯލްޑިވްސް ހައްޖު ކޯޕަރޭށަނަކީ، ހައްޖަށް މީހުން ގެންދިއުމުގައި ލުއިފަސޭހަ މަގެއް ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި ދައުލަތުން އުފައްދާފައިވާ ޤާނޫނީ ވަކި ށަހްސެއްކަމުގައި ވާތީ ރާއްޖެއަށް ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ މަދުވެގެން %50 ކޮންމެ އަހަރަކު ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭށަނަށް މިނިސްޓްރީން ދޭނެއެވެ. މިގޮތަށް ދެވޭ ކޯޓަ ގެ ތެރެއިން، ސަރުކާރުގެ ބޭނުމަށް ވަކި ވަރަކަށް ޖާގަ ރިޒާވް ކުރުމަށް މިނިސްޓަރީން އެންގިދާނެއެވެ. އަދި ދަރުމައަށް އެދިގެން ހައްޖަށް މީހުން ފޮނުވާ ފަރާތްތަކަށް މިނިސްޓރީން ހައްޖު ކޯޓާ ދީފިނަމަ، އެ ފަރާތަކުން ފޮނުވަން އެދޭ ވަޔަކު ހައްޖަށް ފޮނުވަންވާނީ މޯލްޑިވްސް ހައްޖު ކޯޕަރޭށަން މެދުވެރިކޮށެވެ.

(ރ) މި އުސޫލުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ " މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް " ގެ މެންބަރުންގެ ގޮތުގައި މޯލްޑިވްސް ހައްޖު ކޯޕަރޭށަންގެ 4 މެމްބަރުން މަދުވެގެން އައްޔަންކުރަންވާނެއެވެ.

 

23 ވަނަ މާއްދާ – ފިޔަވަޅު އެޅުން

މި އުސޫލުގައި ބަޔާންވެފައިވާ، ހައްޖު މީހުން ގެންދާ ކުންފުނިތަކުން ކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ފުރިހަމަ ކޮށްފައިނުވާނަމަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

(ހ) މި އުސޫލުގެ 7 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޕްރޮޕޯސަލް ހުޅުވުމުގެ ބައްދަލުވުމަށް ކުންފުނީގެ ފަރާތުން މީހަކު ހާޒިރު ނުވެ ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައެއްނުގަނެވޭނެއެވެ. އަދި މި ބައްދަލުވުމަށް ކުންޖުނީގެ ފަރާތުން ފޮނުވާ މީހާ ހާޒިރުވާއިރު އޭނާގެ އަތުގައި އޭނާއަކީ ކުންފުނީގެ ފަރާތުން ފޮނުވި މީހެއްކަން އެނގޭނޭ ލިޔުމަކާއި އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އިންނަންވާނެއެވެ.

(ށ) މި އުސޫލުގެ 10 ވަނަ މާއްދާއާ ހިލާފަށް ކުންޖުނިތަކުން ހައްޖަށް ދިއުމަށް އެދޭ މީހުންގެ އަތުން ފައިސާ ނަގައިފިނަމަ، ނުވަތަ މި އުސޫލާ ހިލާފުވާ ގޮތަށް ހައްޖަށް ދިއުމަށް ފައިސާ ދައްކައިފިނަމަ، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެފަރާތަކުން އަމިއްލައަށެވެ. މިނިސްޓްރީން އެ ކުންޖުންޏަކަށް ހައްޖަށް މީހުން ގެންދިއުމުގެ އަގުގެ ގޮތުގައި ހުއްދަ ދީފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނެގުމަކީ މަނާކަމެކެވެ.

(ނ) ހައްޖަށް މީހުން ގެނދިޔަ ކުންފުނިތަކުން ހައްޖުވެރިންނަށް ދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން ހައްޖުގެ މަނާސިކު ފުރިހަމަކޮށް ނުދީފިނަމަ، އަދި މި އުސޫލުގެ އެއްވެސް މާއްދާއަކާ ހިލާފު ވެއްޖެނަމަ، އެ ފަރާތަކަށް ވިދިގެން އަންނަ 3 އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައެއް ނުދެވޭނެއެވެ،

(ރ) ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ ލިޔެކިޔުންތަކާއި ދެވޭ މައުލޫމާތުތަކުގެ ތެރޭގައި ދޮގު މައުލޫމާތު ހިމެނޭ ލިޔުމެއް ހުށަހަޅައިފިކަން (ހައްޖަށަ މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގެ ކުރިން) އެނގިއްޖެނަމަ އެ ފަރާތަށް އެކަން އެންގުމާއެކު ހުއްދައަށް އެދި ހުށަހެޅި ޕްރޮޕޯސަލް ބާތިލު ކުރެވޭނެއެވެ.

(ބ) ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ، ކުންފުނިތަކަށް ލިބުނު ފަހުން އައިން އެއްވެސް ކުންޖުންޏަކުން، ހައްޖާ ގުޅިގެން މިނިސްޓްރީއަށް ދޮގު މައުލޫމާތެއް ދީފައިވާކަން އެންގިއްޖެނަމަ އެ ކުންފުންޏަކަށް އެކަން އެންގުމާއެކު އެ ކުންޖުންޏަށް ދޫކޮށްފައިވާ ހައްޖަށް މީހުން ގެނދިއުމުގެ ހުއްދަ ބާތިލު ކުރެވޭނެއެވެ.

(ޅ) ހައްޖަށް މީހުން ގެންދިއުމުގެ ކޯޓާ ލިބިފައިވާ ކުންޖުންޏަކުން އެއްވެސް ސަބަބަކާހުރެ ކޯޓާ ދޫކޮށްލައިފިނަމަ ވިދިގެން އަންނަ ދެ އަހަރު ހައްޖަށަ މީހުން ގެންދިއުމުގެ ހުއްދަ ނުދެވޭނެއެވެ. އަދި މިގޮތަށް ކޯޓާ ދޫކޮށްލުމުން ދިމާވާ މައްސަލަތަކުގެ ހުރިހާ ޒިންމާއެއް އެ ކުންޖުންޏަކުން އުފުލަންވާނެއެވެ.

(ކ) ކޯޓާ ލިބިފައިވާ ކުންޖުންޏަކުން އެއްވެސް ސަބަބަކާހުރެ ކޯޓާ ދޫކޮށްލައިފިނަމަ ހުއްދަ ދެވިފައިވާ ކުންފުނިތަކުގެ ތެރެއިން ކޯޓާ ބޭނުންވާ ކުންފުނިތަކަށް، އެ ކުންފުނިތަކަށް ކޯޓާ ދޫކުރެވިފައިވާ ނިސްބަތަކުން ކޯޓާ ދެވޭނެއެވެ.

(އ) ދެވެހި ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް އެ ކުންފުންޏަކަށް ހުއްދަދީފައިވާ ކޯޓާގެ އަދަދަށްވުރެ ގިނައިންމީހުންގެ އަތުން ހައްޖަށް ގެންގޮސްދޭނޭ ކަމަށް ބުނެ ފައިސާ ނަގައިފިކަމަށް މިނިސްޓްރީއަށް ސާބިތުވެއްޖެނަމަ، ބޭންކު ގެރެންޓީގެ ގޮތުގައި ބެހެއްޓި ފައިސާ މިނިސްޓްރީން ނަގާނެއެވެ.

 

24 ވަނަ މާއްދާ – ބަދަލުގެނައުން

ސަޢުދީ ޢަރަބިއްޔާގެ ހައްޖާބެހޭ މުއައްސަސާތަކުން ކަނޑައަޅާއުސޫލުތަކަށް ރިޢާޔަތްކޮށް ނުވަތަ ދިމާވާ މުހިންމު ސަބަބަކާ ގުޅިގެން މި އުސޫލަށް ބަދަލު ގެނައުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ – ހައްޖު ކޯޓާ ބެހުމާއި ހައްޖު ކޯޓާގެ އަދަދަށް ބަދަލު އައުން

ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ސައުދީ އަރަބިއްޔާއިން ދޭ ކޯޓާގެ އަދަދު މިނިސްޓްރީން ބަހާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

(ހ) ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ މަދުވެގެން %50 ކޮންމެ އަހަރަކުވެސް މޯލްޑިވްސް ހައްޖު ކޯޕަރޭށަނަށް ދިނުން.

(ށ) މިނިސްޓްރީން ހައްޖަށް ފޮނުވާ ފަރާތްތަކަށް ޖާގަ ރިޒަރވް ކުރުމަށް އެ އަހަރަކު ކަނޑައަޅާ އަދަދެއް މޯލްޑިވްސް ހައްޖު ކޯޕަރޭށަނަށް އެނގުން.

(ނ) ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ މަދުވެގެން %50 ކޮނމް އަހަރަކުވެސް މޯލްޑިވްސް ހައްޖު ކޯޕަރޭށަނަށް ދިނުމަށްފަހި ބާކީވާ އަދަދު މިނިސްޓްރީން އެ އަހަރަކު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފިކަން ކަނޑައަޅައި އިއުލާންކުރާ އަމިއްލަ ކުންފުނިތަކަށް، މިނިސްޓރީން ކަނޑައަޅާ އުސޫލެއްގެ މަތިން ބެހުން.

(ރ) ސައޫދީއަރަބިއްޔާގެ ހައްޖު މިނިސްޓްރީން ދިވެހިރާއްޖެއަށް ކަނޑައަޅާ ކޯޓާގެ އަދަދަށް ބަދަލެއް ގެނެސްފިނަމަ، ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދެވޭ ކުންފުނިތަކުގެ ހުއްދަ ދެވިފައިވާ އަދަދަށް ބަދަލު ގެނައުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި ކޯޓާގެ އަދަދު މަދުކުރާނަމަ، މި އުސޫލުގެ ދަށުން ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދޭ ކުންފުނިތަކަށް ހުއްދަ ދެވޭ އަދަދުގެ ނިސްބަތުން ގިނަ ކުރެވޭނެއެވެ. އަދި މިނިސްޓްރީގެ އިހުތިޔާރުން ބޭރުން ސައުދީއަރަބިއްޔާގެ ހައްޖު މިނިސްޓްރީން ދިވެހިރާއްޖެއަށް ދޭ ކޯޓާގެ އަދަދަށް ގެންނަބަދަލަކުން ކޯޓާގެ އަދަދަށް އަންނަ އުނިއިތުރުކަމަކުން ހައްޖުގެ ހިދުމަތް ދޭ ކުންފުންޏަކަށް މާލީ ގެއްލުމެއްވެއްޖެ ނަމަ، އެފަދަ މާލީ ގެއްލުމެއްގެ ޒިންމާއެއް ނަގަން ޖެހޭނީ އެ ކުންފުންޏަކުންނެވެ.

 

26 ވަނަ މާއްދާ – މި އުސޫލުގައި ނުހިމެނޭ ކަމެއް މެދުވެރިވުން

މި އުސޫލުގައި ހިމެނިފައި ނުވާ ކަމެއް މެދުވެރި ވެއްޖެނަމަ ނުވަތަ ހާއްސަ ހާލަތަކާ ގުޅިގެން ވަކިގޮތަކަށް އަމަލުކުރަން ވެއްޖެނަމަ އެކަމެއް ނިނމާނީ މިނިސްޓްރީންނެވެ.

 

27 ވަނަ މާއްދާ – މާނަކުރުން

މި އުސޫލުގައި އެހެންގޮތަކަށް ބުނެފައިނުވާނަމަ ނުވަަ އެ ބަހެއް ނުވަތަ އެ އިބާރާތެއް އޮތްގޮރުން ސީދާ އެހެން ގޮތަކަށް މާނަ ނުކުރެވޭނަމަ، ތިރީގައި ބަޔާންކޮށްފައިވާ ބަސްބަހާއި އިބާރާތްތައް މާނަ ކުރެވޭނީ އަންނަނިވި ގޮތަށެވެ.

"މޯލްޑިވެސް ހައްޖު ކޯޕަރޭށަން" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނުންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ  ޤާނޫން) ގެ 95 މާއްދާގެ ދަށުން އުފައްދާފައިވާ ދިވެހިސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ، ޤާނޫނީ ވަކި ށަހްސަކަށެވެ. މި ކުންފުނީގެ މައުގަނޑު މަގުސަދަކީ ދިވެހި ހާޖީންނަށް ލުއި ފަސޭހަކަމާއެކު ހައްޖަށް ދިއުމުގެ މަގު ތަނަވަސް ކޮށްދީ، ހައްޖަށް ދާން ގަސްދުކުރާ ދިވެހި ރައްޔިތުންގެ ފައިސާ އަމާނާތްތެއިކަމާއެކު ރައްކާތެރިކޮށްދިނުމެވެ.

"މިނިސްޓރީ" ކަމަށް ބުނެފައި އެވަނީ، މިނިސްްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ.

"ކުންފުނި" ކަމަށް ބުނެފައި އެވަނީ، ހައްޖަށް މީހުންގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނި ނުވަތަ އެކަމަށް ހުއްދަ ދެވިފައިވާ ކުންފުންޏަށެވެ.

"ޑިރެކްޓަރ/ޑިރެކްޓަރުން" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށެވެ.

"ހައްޖު މަނާސިކު" ކަމަށް ބުނެފައި އެވަނީ، ހައްޖުގެ އަޅުކަމަށެވެ.

 

 

---------------

 

ޖަދުވަލު 1

ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި

 

(ހުށަހަޅާ ކުންފުނީގެ ލެޓާރ ހެޑް)

............... ވަނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުށަހަޅާ ޕްރޮޕީސަލް

އިއުލާނު ނަންބަރު .................... ގެ ދަށުން .................... ވަނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް މި ކުންފުނިން ގަސްދުކޮށްފައިވާތީ، ދިވެހިރާއްޖެއިން ހައްޖަށަ މީހުން ގެންދުމާބެހޭ އުސޫލާ އެއްގޮތްވާ ގޮރުގެ މަތިން ތިރީގައި ބަޔާންކުރާ މައުލޫމާތުތައް ހަޤީޤަތާ އެއްގޮތަށް ފުރިހަމަކޮށް، .................... ގެ ކުރިން މުނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހަޅަމެވެ. އަދި މި ފޯމާއެކު ތިރީގައިވާ ޗެކްލިސްޓުގައިވާ ހުރިހާ މައުޅޫމާތެއް ހުށަހަޅަމެވެ.

 

ޗެކްލިސްޓް

(ހ) ކުންފުނީގެ ރަޖިސްޓަރީގެ ކޮ÷ީ (އަސްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ).

(ށ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެމްބަރުންގެ ފުރިހަމަ މައުލޫމާތު ( ނުން، ކުންފުނީގެ މަޤާމު، އެޑްރެސް، ފޯނު ނަންބަރު އަދި އައިޑީ ކާޑޫ / ޕާސްޕޯޓުގެ ކޮޕީ ). އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް ބަދަލެއް އައިސްފައިވާނަމަ އެކަމާބެހޭ ރަސްމީ ލިޔުން.

(ނ) ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ ކޮޕީ

(ރ) ކުންފުނީގެ ލެޓަރ ހެޑްގެ ނަމޫނާ ކޮޕީ. (ލެޓަރ ހެޑް ހިމަނަންޖެހޭ މައުލޫމާތު: ކުންފުނީގެ ނަން، ލޯގޯ، އެޑްރެސް، ފޯނު ނަނބަރު، ފެކްސް ނަނބަރު، އީމެއިލް އެޑްރެސް) .

(ބ) ކުންފުނީގެ ފަރާތުން ހައްޖަށް މީހުން ގެންދިއުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޤރާރުގެ ކޮޕީ. (މި ޤަރާރުގައި ހައްޖަށް ގެންދާ މީހުންގެ އަތުން ނަގާނެ ޖުމްލަ އަގާއި ހައްޖުގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރުމަށް ކަނޑައަޅާފައިވާ ފަރާތުގެ ނަން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ކުންފުނީގައި މަސައްކަތް ކުރައްވާ މަޤާމު، ހިމަނަންވާނެއެވެ. އަދި އެ މީހަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ކުންފުނީގެ ހިއްސާދާރަކަށް ވާންވާނެއެވެ.)

(ޅ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ކުށުގެ ރިކޯޑު ސާފުކޮށްފައިވާ ފޯމް. (ފުރިހަމަ ކުރަންޖެހޭ ފޯމު މިނިސްޓްރީން ލިބެން ހުންނާނެއެވެ) .

(ކ) ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނިން ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ނުވަތަ މިކަމާ ގުޅުންހުރި އެއްވެސް ފަރާތަކަށް ފައިސާ ދައްކަން ޖެހިފައިވާނަމަ އެއްބަސް ވެފައިވާ ގޮތަށް އެ ފައިސާ ދައްކަމުންދާ ކަމަށް ކުންފުނީގެ ބޯޑުން ފާސްކޮށް ފައިވާ ޤރާރު ނުވަތަ އެފަދަ ފައިސާއެއް ދައްކަން ޖެހިފައި ނުވާނަމަ އެކަން ބަޔާންކޮށް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރު.

(އ) ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މިނިސްޓރީން ހޯދުމެއްނެތި، ނުވަތަ އެ ހުއްދަ ލިބުމުގެ ކުރިން އެއްވެސް ފަރާތެއްގެ އަތުން ހައްޖަށް ނުވަތަ އުމްރާއަށް ގެންދިއުމަށް ކަމަށް ބުނެ ފައިސާ ނަގައި އެ މައްސަލަ ށާރީއަތަށް ސާބިތުވެ، އެ ހުކުމް ތަންފީޒުވިތާ 7 އަހަރު ވެފައިނުވާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިފައި ނުވާނޭ ކަމުގެ ލިޔުމެއް ކުންފުނީގެ ފަރާތުން ހުށަހެޅުން.

(ވ) ވޭތުވެދިޔަ 3 މަސްދުވަހުގެ ކުންފުނީގެ މެނޭޖްމަންޓު އެކައުންޓު އަދި ހައްޖަށް ގެންދިއުމަށް ފައިސާ ޖަމާކުރާ ހާއްސަ އެކަންޓުގެ ސްޓޭޓްމަންޓް ހުށަހެޅުން

(މ) ހައްޖު އެކައުންޓް ހުޅުވާފައިވާ ބޭންކުގެ ނަން، އެކައުންޓް ނަނބަރު، އެކައުންޓުގެ ބާވަތް، އެނގޭނޭ ރަސްމީ ލިޔުން

(ފ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުންޏަކީ އަދި ކުންފުނީގެ އެވެސް ޑިރެކްޓަރަކީ އެއވެސް ބޭންކަކުން ލީނެއް ނަގާފައިވާ ފަރާތެއްނަމަ، އެއްބަސްވެފައިވާ ގޮތަށް ގަވާއިދުން ބޭންކަށް ފައިސާ ދައްކަމުންދާކަމުގެ ލިޔުމެއް އެ ބޭންކަކުން ހޯދާ ޕްރޮޕޯސަލާއެކު ހުށަހަޅަންވާނެ. ނުވަތަ ލީނެއް ނަގާފައި ނުވާނަމަ އެކަން ބަޔާންކޮށް ކުންފުނީގެ ބޯޑުން ފާސްކޮށް ހުށަހެޅުން.

(ދ) ހާޖީންނަށް ދީނީ އިރުށާދު ދޭ އިލްމުވެރިޔާ، ދީނީ އިރުށާދު ދިނުމަށް އެއްބަސްވާ ކަމުގެ ސިޓީއާއި، ދިވެހިރައްޔިތެއްކަން އަނގައިދޭ ކާޑު / ޕާސްޕޯޓުގެ ކޮޕީ އަދި ދީނީ އިލްމުވެރިޔާއަށް ދޫކުރެވިފައިވާ ދީނީ ނަސޭހަތްދިނުމުގެ ހުއްދައިގެ ކޮޕީ.

(ތ) ހާޖީންނަށް ހިއްހީ ހިދުމަތްދިނުމަށް ގެންދާ ނަރުސް އަދި ދޮކްޓަރ ނުވަތަ ސިއްހީ އެހީތެރިޔާ، އެ ހިދުމަތް ދިނުމަށް އެއްބަސްވާ ކަމުގެ ސިޓީއާއި، އެފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަނގައިދޭ ކާޑު / ޕާސްޕޯޓުގެ ކޮޕީ އާއި، ނަރުސް އަދި ޑޮކްޓަރ ނުވަތަ ސިއްހީ އެހީތެރިޔާގެ ހުއްދައިގެ ކޮޕީ.

(ލ) އަރަބި ބަސް ދަންނަ އެހީތެރިޔާ، އެކަން ކޮށްދިނުމަށް އެއްބަސްވާކަމުގެ ސިޓީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު / ޕާސްޕޯޓް ކޮޕީ.

(ގ) ހާޖީންނަށް ހިދުމަތް ދިނުމަށް ހައްޖު ދަތުރުގައި، ކުންފުނީގެ ފަރާތުން ހާޖީންނާ ހަވާލުވެގެންދާ އިސްވެރިޔާއާއި އޭނާގެ ނާއިބުގެ ވަނަވަރާއި މަސްއޫލިއްޔަތު އަދި ތަޖުރިބާ ބަޔާން ކޮށްފައިވާ ލިޔުމާއި އަދި އެ ދެ ފަރާތުންވެސް މަސްއޫލިއްޔަތު އަދާކުރުމަށް އެއްބަސްވާ ކަމުގެ ސިޓީ.

(ޏ)  ހުއްދައިގައި ޖެހުމަށް 500 (ފަސްސަތޭކަ) ރުފިޔާގެ ރެވެނިއު ސްޓޭޒްޕް ގެނައުން.

 

 

ނޯޓް:

މި ޕްރޮޕޯސަލް ހުށަހަޅަން މި ކުންފުނީގެ ފަރާތުން ދާ ފަރާތުގެ އަތުގައި އެފަރާތުގެ ދިވެހިރައްޔިތެއްކަން އަނގައިދޭ ކާޑު އަދި ކުންފުނި ތަމްސީލުކުރަން ހުއްދަ އޮތް ފަރާތެއް ކަމާއި، ކުންފުނީގެ ފަރާތުން ޕްރޮޕޯސަލާ ގުޅޭ ކަންކަމުގައި ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާ ފަރާތެއްކަން އަނގައިދޭ ކަމުގެ ސިޓީއެއް ނުވަތަ ލިޔުމެއް ހަވާލުކުރެވިފައިވާނެއެވެ.

  1. ކުންފުނަޏާބެހޭ މަޢުލޫމާތު:

    ހ. ކުންފުނީގެ ނަން: .......................................................................................

    ށ. ކުންފުނީގެ ރަޖިސްޓަރީ ނަންބަރު ...........................................................................

    ނ. އެޑްރެސް: ................................................... ގުޅޭނޭ ފޯން ނަންބަރު: .....................

    ރ. އީމެއިލް އެޑްރެސް: ............................................ ފެކްސް ނަންބަރު: ........................


  2. ހައްޖަށް ގެންދިއުމަށްޓަކައި މީހެއްގެ އަތުން ނަގާ އަގު


    ތަފުސީލު

    ފެންވަރު

    ރޭޓް

    ޖުމުލަ

    އެއަރޓިކެޓް ދެކޮޅު

    ޗާޓަރުކޮށްފައި ............

    ނޯމަލް ....................

    ފަސްޓްކުލާސް ...... ބިޒްނަސް ...... އިކޮނަމީ ........

    އެއަރލައިން : ............................

    ރޫޓް: ޑައިރެކްޓް ...... ޓްރާންސިޓް ......

    ޓްރާންސިޓް ކުރާ ނަމަ ކިތަށް ހުއްޓުން: ........

    ޓްރާންސިޓްގައި ތިބޭ ވަގުތު: ..................

    ޓްރާންސިޓްގައި ފޯރުކޮށްދޭ ހިދުމަތްތައް:(ތަފުސީލު)

    ކޮންމެ ހާޖީއަކަށް ލިބޭ ކިލޯގެ އަދަދު: ..........

    އިތުރުވާ ކޮންމެ ކިލޫއަކަށް ނަގާ އަދަދު: ........

       

    މައްކާގައި ހުރުމުގެ ހަރަދު

    ހޮޓަލުގެ ފެންވަރު

    ރޭޓް: އޭސީ: ........................

    ނޮން އޭސީ: ...................

    ހިދުމަތްތައް:

    1. ވޯޓަރ ހީޓަރު:

    2. ..............

    3. ..............

    4. ..............

    ހޮޓަލާއި ހަރަމާ ދެމެދު ހުރި ދުރުމިން: .........

    ހަރަމަށް ދާން ޖެހިފައިވާ ގޮތް: ފައިމަގު ...... 

                       ވެހިކަލު......

    އެންމެ ގިނައިން ކޮޓަރިއެއްގައި ތިބޭ އަދަދު: ....

    ފާހަނާގެ އަދަދު: ...........................

        ށެއަރ ކުރާ ނުވަތަ ކޮމަން: .........

        އެޓޭޗްޑް: .........................

    ލިފްޓުގެ އަދަދު: .........................

    ކެއްކުމުގެ ހުއަދަ އޮވޭތޯ ...... □

    ކެއުމަށް ހާއްސަތަނެއް ހުރޭތީ......

    ކޮޓަރު ސާފު ކުރަނީ ކިތައް ދުވަހުތޯ: .........

       

    މަދީނާގައި ހުރުމުގެ ހަރަދު

    ހޮޓަލުގެ ފެންވަރު

    ރޭޓް: އޭސީ: ........................

       ނޮން އޭސީ: ...................

    ހިދުމަތްތައް:

    1. ވޯޓަރ ހީޓަރު:

    2. ..............

    3. ..............

    4. ..............

    ހޮޓަލާއި ހަރަމާ ދެމެދު ހުރި ދުރުމިން: .........

    ހަރަމަށް ދާން ޖެހިފައިވާ ގޮތް: ފައިމަގު ......

                       ވެހިކަލު ......

    އެންމެ ގިނައިން ކޮޓަރިއެއްގައި ތިބޭ އަދަދު: ....

    ފާހަނާގެ އަދަދު: ...........................

        ށެއަރ ކުރާ ނުވަތަ ކޮމަން: .........

        އެޓޭޗްޑް: .........................

    ލިފްޓުގެ އަދަދު: .........................

    ކެއްކުމުގެ ހުއަދަ އޮވޭތޯ ...... □

    ކެއުމަށް ހާއްސަތަނެއް ހުރޭތީ ......

    ކޮޓަރު ސާފު ކުރަނީ ކިތައް ދުވަހުތޯ: .........

       

    ކެއުމާއި ސައިގެ ހަރަދު

    ކެއުން ހަމަ ޖެހިފައިވާ ގޮތް

    • ގަޑިތައް ސާފުވާނެ ފަދަ ގޮތަކަށް މެނޫ (ވަކި ސަފުހާއެއްގައި ހިމެނުމަށް)
    • ބޯފެން ލިބުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް: ...........................
       

    އެއަރޕޯޓް ޓެކްސް

         

    މުތައްވިފުގެ ހަރަދު (މަށާއިރުގެ ހަރަދު)

    ސޯފާ ޕެކޭޖް ......

    ނޯމަލް ޕެކޭޖް......

    އަރަފާތުގެ މޮބައިލް ތޮއިލެޓް

    މިނާގައި ފާހާނާ ހާއްސަކުރާނަމަ އަދަދު: ......

       

    ތާރީހީ ތަން ތަން ބެލުމުގެ އިންތިޒާމް

    މައްކާ:

    1. ޘައުރު ފަރުބަދަ......
    2. ހިރާ ފަރުބަދަ ......
    3. މިނާ...............
    4. ޖަމްރާތައް ............
    5. މުޒްދަލިފާ ............
    6. އަރަފާތު............
    7. ޖިންނި މިސްކިތް ...... 
    8. ކިސްވަތު ކަޢްބާ  ......

    މަދީނާ:

    1. ށުހަދާއު އުހުދު ...... 
    2. ޤުބާ މިސްކިތް   ......
    3. ޤިބްލަތައިން    ...... 
    4. ސަބްއު މަސާޖިދު ......
    5. ބަދުރު  ............
       

    އެހީތެރިންގެ ހަރަދު

    އަދަދު:

    • ޑޮކްޓަރު / ހެލްތް ވޯކަރު: ..........
    • ނަރުސް: ..........
    • ކައްކާމީހާ: ..........
    • ދީނީ މުރުށިދު: ..........
    • އިދާރީ: ..........
    • ހައްޖުވެރިންގެ ނިސްބަތުން އެހީތެރިން ގެންދާނެ އަދަދު: ..........
       

    މެޑިކަލް އިކުއިޕްމަންޓުތައް

    ތިރީގައި ބަޔާންކޮށްފައިވާ ހުރިހާ އިކުއިޕްމަންޓުތަކެއް ގެންދަންޖެހޭނެއެވެ.

    • ފަސްޓްއެއިޑް ބޮކްސް
    • އީސީޖީ ނެގޭ ގޮތަށް ހުރުން
    • ނިބިއުލައިޒަރު
    • ތަމޯމީޓަރު
    • ސްޓެތަސްކޯޕް

    ހުރިހާ އިކުއިޕްމަންޓުތައް މަށާޢިތަށް ގެންދާނަމެވެ.

       

    ފުރުމުގެ ކުރިން ހާޖީންނަށް ދެވޭ ތަކެތި އަދި ހިދުމަތްތައް

    ތަކެތި

    1. ފޮށި        ......
    2. އަތް ދަބަސް   ...... 
    3. އިހްރާމް       ......
    4. ބެޖު         ...... 
    5. ޓެކް (ކާޑ)     ...... □
    6. ހައްޖު ފޮތް    ......  
    7. ދުއާ ކާޑު      ......
    8. ފައިވާންލާ ކޮތަޅެއް ......

    ހިދުމަތް

    1. ޓްރެއިނިންގ
    2. ފޮށި/ތަންމަތި މާލެ އިން ހުޅުލެއަށް އުފުލުން
       

    ރާއްޖެއިން ފުރުމަށް ފަހުގައި ހާޖީންނަށް ދެވޭ ތަކެތި އަދި ހިދުމަތްތައް

    1. މުޒްދަލިފާގައި ދޭ ކުނާ
    2. ޖަމްރާއަށް ހިލަ އުކާ ޓީށާޓް
    3. ކަރަންސީ އެކްސްޗޭންޖުގެ ހިދުމަތް
    4. ވީލް ޗެއަރ ސަރވިސަސް
    5. ކިލޯ ބަރުވެގެން ދައްކާ އަދަދު
    6. ޒަމްޒަމް ފެން ކުންފުނިން ގަނެދިނުން   ( މަދުވެގެން 10 ލީޓަރު)
       

    އެހެނިހެން ހަރަދު

    1. ކާބޯ ތަކެތި ގަންނަން ކުރާ ދަތުރުތައް
    2. އެހީތެރިންގެ ފޯނު ބިލު
    3. އެހީތެރިންގެ އެލަވަންސް
    4. ބާޒާރު ދަތުރެއް ރާވާނަމަ ބާޒާރަށް ގެންދިއުމުގެ ހަރަދު
    5. ޕަބްލިކޭށަންސް ހަރަދު
    6. ފޮޓޯ ކޮޕީ ހަރަދު
    7. ބިލް ބޯޑުގެ ހަރަދު
    8. ދިދަ
    9. ފިށުތައް
    10. ހާޖީންނަށް ދެވޭ ހަދިޔާއެއް ނުވަތަ އިނާޔަތެއް
    11. އެހެނިހެން (ބަޔާންކުރޭ) ............
       

    ފައިދާ

         

     

     

    ޕެކޭޖުގެ ޖުމްލަ އަދަދު

         



  3. ހައްޖަށް ގެންދިއުމަށް ނަގާފައިސާ ޖަމާކުރާ ކުންފުނީގެ ހާއްސަ ކަލެކްށަން އެކައުންޓާބެހޭ މައުލޫމާތު

    ހ. އެކައުންޓުގެ ނަން: ......................................................................................

    ށ. އަކައުންޓް ނަންބަރު: ....................................................................................

    ނ. އެކައުންޓުގެ ބާވަތް: ކަރަންޓް އެކައުންޓެއް / ދިވެހި ރުފިޔާ

    ރ. ބޭނކް: ................................................................................................

    ބ. އެކައުންޓުގައި މިހާރު ހުރި ފައިސާގެ އަދަދު (ސްޓޭޓްމަންޓް އެޓޭޗްކުރަންޖެހޭނެ): ...................................

    އެކައުންޓުގެ ނަން: ..........................................................................................

    ށ. އަކައުންޓް ނަންބަރު: ....................................................................................

    ނ. އެކައުންޓުގެ ބާވަތް: ކަރަންޓް އެކައުންޓެއް / ޔޫއެސް ޑޮލަރު

    ރ. ބޭނކް: ................................................................................................

    ބ. އެކައުންޓުގައި މިހާރު ހުރި ފައިސާގެ އަދަދު (ސްޓޭޓްމަންޓް އެޓޭޗްކުރަންޖެހޭނެ): ...................................


  4. ހައްޖު ދަތުރު ތާވާފައިވާ ގޮތް

    ހ. މާލެއިން ފުރުމަށް ލަފާކުރާ ތާރީހް .......................................

        މާލެއިން ޖިއްދާ:

        މާލެއިން މަދީނާ:

    ށ. މާލެއިން އެއާޕޯޓަށް ދުއުމުގެ ދަތުރު: އަމިއްލަޔަށް ...... □ ކުންފުނިން ...... □ އެހެނިހެން ...... □ނ. ހައްޖު ދަތުރަށް ފަހު މާލެ އަށް އެބުރި އައުމަށް ލަފާ ކުރާ ތާރީހް ......................................

        ޖިއްދާ އިން މާލެ:

        މަދީނާ އިން މާލެ:

    ބ. ތިބުމުގެ މުއްދަތު

       މައްކާ- ............ ދުވަސް

       މަދީނަ- ............ ދުވަސް

    ޅ. މަދީނާ ދަތުރު ރޭވިފައިވާ ގޮތް

       ހައްޖުގެ ކުރިން: .........................

       ހައްޖުގެ ފަހުން: .........................


  5. ދީނީ އަދި މުހިއްމު މައުލޫމާތު ދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ގޮތް

    ހ. ރާއްޖޭގައި

    1. ހައްޖު އަޅުކަން އަދާކުރާ މައުލޫމާތު ދިނުން :

          ސެށަން ގެ އަދަދު: ..................... ދުވަހުގެ އަދަދު: ......................

    ހާޒިރުނުވާ މީހުންނަށް ހަމަޖެހިފައިވާ އިންތިޒާމު:

    މައުލޫމާތު ދޭގޮތް:

    ލެކްޗަރެއް: ...... □

    ލެކްޗަރެއް ސުވާލާއި ޖަވާބާއެކު: ...... □

    މަލްޓިމީޑިއާ ޕްރެސެންޓޭށަން: ...... □

    މަލްޓިމީޑިއާ އިންޓަރެކްޓިވް ތިއަރީ އަދި ޕްރެކްޓިސް ވަރކްށަޕެއް ސްޓައިލަށް: ...... □

    އިބާދާތު ކޭމްޕެއް: ...... □

    ޕްރެށަރ މެނޭޖްމަންޓް އެންޑް ކައުންސެލިންގ:

    ސްޓްރެސް މެނޭޖްމެންޓް:

    ބޭސިކް ކޮމިއުނިކޭށަން ސްކިލް ޑިވެލޮޕްމެންޓް ކޯސް:

    ބޭސިކް އިންގްލިށް:

    ބޭސިކް އަރަބިކް:

    ދަތުރާ ގުޅޭ މުހިންމު މައުލޫމާތު ދިނުން.

    ށ. މައްކާގައި

    1. ހޮޓަލުގައި ދަރުސް ދޭ ދުވަސްތައް

    ކޮންމެ ދުވަހަކު ...... □

    ދެ ދުވަހުން އެއް ދުވަހު ...... □

    ހަފުތާއަކު އެއްދުވަސް ...... □

    ..................................................................................

    2. މިނާގައި ދަރުސްދިނުން

    ކޮންމެ ނަމާދަކަށް ފަހު ...... □

    އެއްނަމާދަށް ފަހު ...... □

    .................................................................................

    3. އަރަފާތުގައި ދަރުސްދިނުން

    މެންދުރު ފަހު ...... □

    ...............................................................................

    6. އިތުރު ބަޔާން

    ...........................................................................................................

    ...........................................................................................................

    ...........................................................................................................

 

 

 ---------------

 

ޖަދުވަލު 2

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ މިންގަނޑު

ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ކުންފުނިތަކުގެ އަދަދު އެނގޭނީ މި އުސޫލުގެ 7 (ބ) ވަނަ މާއްދާގެ ދަށުން މިކަމަށް ކުރާ އިއުލާނުންނެވެ. ކުންފުނިތައް ހޮވާނީ އެންމެ ގިނަ ޕޮއިންޓް ލިބޭ ކުންފުނިތަކުގެ ތަރުތީބުންނެވެ. ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ކަނޑައެޅިފައިވާ އަދަދަށަވުރެ ކުންފުނިތައް އިތުރުވެއްޖެނަމަ، އެ ކުންފުނިތަކުގެ މެދުގައި ގުރުއަތު ލެވޭނެއެވެ.

ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށްޓަކައި ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ކޯޓާގެ ތެރެއިން މޯލްޑިވްސް ހައްޖު ކޯޕަރޭށަނަށް ކޯޓާ އިން ބައެއް ނެގުމަށް ފަހު، ބާކީ ހުރި ކޯޓާ ކުންފުނިތަކަށް ބެހުމުގައި އަމަލުކުެާނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ފަރާތްތަކުގެ ޖުމުލަ ޕޮއިންޓަށް ބަލައި، އެ ކުންފުނިތަކަށް ލިބުނު ޖުމުލަ ޕޮއިންޓުގެ ރޭށިއޯއިންނެވެ.

  1. ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހަޅާ ކުންފުނީގެ ފަރާތުން ހާޖީންނާ ހަވާލުވެގެންދާ އިސްވެރިޔާއާއި އޭނާގެ ނާއިބުގެ ވަނަވަރާއި ތަޖުރިބާއަށް %25
  2. ހައްޖަށް ގެންދިއުމަށްޓަކައި ކޮންމެ މީހެއްގެ އަތުން ނަގާނެ އަގަށް %35
  3. ހިދުމަތް ދޭ ފެންވަރަށް %25
  4. ޕްރޮޕޯސަލްގަިއ ހިމަނާފައިވާ ފެންވަރަށް ހިދުމަތްތައް ހޯދުމަށް އަމަލުކުރާނެ ގޮތް އަންގައިދޭ ޓައިމްލައިން ހިމެނޭ ށެޑިއުލް %5
  5. ހައްޖު ޕެކޭޖުތަކުގެ ލުއިފޮތާއި އަދި އިށްތިހާރުކުރަން ރާވާފައިވާ ގޮތް %5
  6. ދީނީ އަދި ދަތުރާގުޅޭ މުހިންމު މައުލޫމާތާއި އިރުށާދު ދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ގޮތް %5

 

 

 ---------------

ޖަދުވަލު 3

ހައްޖު ހުއްދަ ލިބޭ ކުންފުނިތަކާއި މިނިސްޓްރީއާ ދެމެދު ކުރެވޭ އެއްބަސްވުން

 

މި އެއްބަސްވުމަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ("މިނިސްޓްރީ") އާއި........................................ ("ކުންފުނި") އާ ދެމެދު ............... ވަނަ އަހަރު .................... ދިވެހިން ހައްޖަށް ގެންދިއުމަށް ހުއްދަ ދިނުމުގެ ގޮތުން ކުރެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުން ކުރެވޭ ދެފަރާތުން ވެސް ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އެއްބަސްވެ އަމަލު ކުރަން ޖެހޭނެއެވެ.

  1. ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލަށް ތަބާވެ، އޭގައި ބަޔާންކޮށްފައިވާ ކަންތއްތަކަށް އިހްތިރާމް ކުރަން ޖެހޭނެއެވެ.

  2. ހައްޖަށްދާން  ގަސްދު ކުރާ ފަރާތުގެ ފައިސާ ނެގުމުގައި އަމަލު ކުރަން ޖެހޭނީ ތިރީގައިވާ ގޮތުގެ މަތީންނެެވެ.

    (ހ) ފައިސާ ދެއްކި ކަމުގެ ހެތްކެއްގެ ގޮތުން ފައިސާ ދެއްކި ކަމުގެ ރަސީދަކާއި، ކޯޓާ ދޫކުރާ ތަރުތީބުން ހާއްސަ ނަނބަރެއް އެކުލެވޭ، ކޯޓާ ކަށަވަރުކޮށްފިކަމުގެ ލިޔުމެއް ކޮންމެ ފަރާތަކަށްވެސް ދޫކުރަންވާނެއެވެ.

    (ށ) އެއްވެސް ފަރާތެއްގެ އަތުން ނަގުދު ފައިސާ ބަލައިގަނެގެން ނުވާނެއެވެ. އަދި ފައިސާ ބަލައިގަތުމުގައި އަމަލު ކުރަން ވަނީ ދިވެހި ރާއޖެއިން މީހުން ހައްޖަށް ގެންދިއުމާބެހޭ އުސޫލާ ހިލާފު ނުވާ ގޮތުގެ މަތިންނެވެ.

    (ނ) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެނދިއުމުގެ އުސޫލަށް އަމަލު ކުރުމުގައި އެއްވެސް އިހުމާލެއް ވެއްޖެނަމަ، މިނިސްޓްރީން ކުންފުނޏަށް ދީފައިވާ ހައްޖަށަ މީހުން ގެނދިއުމުގެ ހުއްދަ ބާތިލުކޮށް ނުވަތަ ފަންސާސް ހާސް ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާއެއް ކުރެވިދާނެއެވެ. އަދި މިފަދަ ކުންފުނިތަކުގެ ނަން އާންމުކޮށް އިއުލާނު ކުރެވޭނެއެވެ.

  3. ކޮންމެ ހާޖީއަކަށްވެސް ހައްޖުގެ އަޅުކަމުގެ ކަންތައްތައް ކީރިތި ޤުރުއާނާއި ސުންނަތާ އެއްގޮތަށް ދަސްކޮށްދެވޭ ފެންވަރުގެ ކޯހެއް ހިންގައި، އެކަށީގެންވާ މިންވަރަކަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭނެއެވެ. އަދި ދަތުރަށް ތައްޔާރުވުމަށް ނަސޭހަތްތެރިވެ، ހައްޖަށް މީހުން ގެންދިއުމަށް މިނިސްޓްރީއަށް ކުންފުނިން ހުށަހެޅި ޕްރޮޕޯސަލަކީ މި އެއްބަސްވުމުގެ ބަޔެކެވެ. އަދި މި ލިޔުންވާނީ މި އެއްބަސްވުމުގެ ޖަދުވަލުގައި ހިމަނާފައެވެ.

  4. ހައްޖަށް މީހުން ގެންދިއުމަށް މިނިސްޓްރީއަށް ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގައިވާ މައުލޫމާތުތަކާ އެއްގޮތަށް ހިދުމަތް ނުދެވިއްޖެނަމަ، ނުވަތަ ހިދުމަތުގެ ފެންވަރު ތަފާތުވެދާނެ ކަމާއި، ތަފާތުވި ސަބަބު ހާޖީންނަށާއި މިނިސްޓްރީއަށް ލިޔުމަކުން އަންގައި، އާންމުކޮށް އިއުލާނު ނުކޮށްފިނަމަ، މި އެއްބަސްވުމާ ކުންފުނިން ހިލާފުވި ކަމުގައި ބަލައި 50،000 (ފަންސާސް ހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން އެ ކުންޖުންޏެއް ޖޫރިމަނާ ކުރުމުގެ ހައްޤު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  5. ކުންފުނީގެ އިހުމާލުން ހައްޖުގެ ރުކުނެއްނުވަތަ ވާޖިބެއް އެއްވެސް ހާޖީއަކަށް ފުރިހަމަ ނުކުރެވިއްޖެކަން ސާބިތުވެއްޖެނަމަ ނުވަތަ ދިވެހިރާއްޖެއިނ ޖައްޖަށް މީހުން ގެންދިއުމުގެ ހުއްދައެއް ނުދެވޭނެއެވެ. އަދި އެއްވެސް ހާޖީއަކަށް އެއްވެސް ކަމެއް އޮޅުވާލަިގެން ނުވާނެއެވެ.

  6. މި އެއްބަސްވުމުގައިވާ އެއްވެސް ކަމަކާ މެދު ހިލާފެއް އެފެދިއްޖެނަމަ، އެ މައްސަލަ އެއް ހައްލުކުރަންވާނީ ފުރަތަމަ ދެފަރާތުން ވާހަކަދައްކައިގެންނެވެ. ދެފަރާތުން ވާހަކަދައްކައިގެން މައްސަލަ ހައްލުނުވެއްޖެނަމަ، ދެން އެ މައްސަލައެއް ހައްލުކުރުމަށް ދާންޖެހޭނީ ދިވެހިރާއްޖޭގެ ށަރުޢީ ކޯޓަކަށެވެ.

 

 

 ---------------

 

ޖަދުވަލު 4

ހައްޖަށް ދިއުމަށް އެދި ހުށަހަޅާ ފޯމުގެ ނަމޫނާ

ކުންފުނީގެ ލެޓާ ހެޑް

 

 

250 ރ ރެވެނިއު ސްޓޭމްޕް

ފޯމުގެ ސީރިއަލް ނަންބަރު

...... ވަނަ އަހަރު ހައްޖަށް ދިއުމަށް އެދި ހުށަހަޅާ ފޯމު

  • ހައްޖަށް ދިއުމަށް އެދޭ ފަރާތް
(ހ) ފުރިހަމަ ނަން:  (ށ) ޖިންސު:
(ނ) މިހާރުގެ އެޑްރެސް:   (ރ) ދާއިމީ އެޑްރެސް:
(ބ) އައިޑީ ކާޑޫ ނަންބަރު:   (ޅ) އުމުރު:
(ކ) މޯބައިލް ނަންބަރު: (އ) އީމެއިލް:

                        

ހައްޖަށް ދިއުމަށް އެދޭ ފަރާތުގެ ވާރުތަވެރިޔާ ނުވަތަ ބަލަދުވެރިޔާ ނުވަތަ އިމެޖެންސީ ހާލަތުގައި އަންގަންޖޭހޭ ފަރާތް:

(ހ) ފުރިހަމަ ނަން:  (ށ) ޖިންސު:
(ނ) މިހާރުގެ އެޑްރެސް:   (ރ) ދާއިމީ އެޑްރެސް:
(ބ) އައިޑީ ކާޑޫ ނަންބަރު:   (ޅ) އުމުރު:
(ކ) މޯބައިލް ނަންބަރު: (އ) އީމެއިލް:

                        

  • ހައްޖަށް ދިއުމަށް އެދޭ ފަރާތަކީ އަންހެނެއްނަމަ އެކުގައި ހައްޖަށްދާ މަހްރަމުގެ މައުލޫމާތު:

   (ނޯޓު: މަހްރަމަކީ ފިރިމީހާ ނުވަތަ ދާއިމަށް ކާވެނި ހެޔޮނުވާ ކޮންމެ މީހެކެވެ.)

(ހ) ފުރިހަމަ ނަން:  (ށ) ޖިންސު:
(ނ) މިހާރުގެ އެޑްރެސް:   (ރ) ދާއިމީ އެޑްރެސް:
(ބ) އައިޑީ ކާޑޫ ނަންބަރު:   (ޅ) އުމުރު:
(ކ) މޯބައިލް ނަންބަރު: (އ) އީމެއިލް:

                        

ހައްޖަށްދާ މީހާގެ ސިއްހީ ހާލަތު: .............................................................................

ހ. ދާއިމަށް ބޭސް ކާންޖެހޭ ފަދަ ބައްޔަކަށް ފަރުވާކުރަމުންދާ މިހެއްތޯ؟ ހުރިނަމަ: ތަފްސީލު

......................................................................................................................................................................................................................

ށ. ގައިންގަޔަށް އަރާފަދަ ބައްޔެއް ހުރޭތޯ؟ ހުރިނަމަ: ތަފްސީލު

......................................................................................................................................................................................................................

ނ. ޖިސްމާނީގޮތުން އަމިއްލައަށް ހައްޖުގެ ހުރިހާ އަޅުކަމެއް ފުރިހަމަކުރެވޭނެ މީހެއްތޯ؟

......................................................................................................................................................................................................................

...........................................................................................................

އެހެން މީހެއްގެ އެހީތެރި ކަމުގައި ހައްޖުވާނަމަ އެކުގައިދާ އެހީތެރިޔާގެ މައުލޫމާތު:

(ހ) ފުރިހަމަ ނަން:  (ށ) ޖިންސު:
(ނ) މިހާރުގެ އެޑްރެސް:   (ރ) ދާއިމީ އެޑްރެސް:
(ބ) އައިޑީ ކާޑޫ ނަންބަރު:   (ޅ) އުމުރު:
(ކ) މޯބައިލް ނަންބަރު: (އ) އީމެއިލް:

                        

  • ގްރޫޕެއްގެ ގޮތުގައި ހައްޖުވާނަމަ އެކުގައިވާ ފަރާތްތަކުގެ މައުލޫމާތު:

އަދަދު:

ހ. ފުރިހަމަ ނަން: ................................ (އައިޑީ) .................. ފޯނު: .......................

ށ. ފުރިހަމަ ނަން: ................................ (އައިޑީ) .................. ފޯނު: .......................

ނ. ފުރިހަމަ ނަން: ................................ (އައިޑީ) .................. ފޯނު: .......................

ރ. ފުރިހަމަ ނަން: ................................ (އައިޑީ) .................. ފޯނު: .......................

ބ. ފުރިހަމަ ނަން: ................................ (އައިޑީ) .................. ފޯނު: .......................

(ނޯޓު: މަތީގައި ލިސްޓްކޮށްފައިވާ ކޮންމެ ފަރާތަކީވެސް ހައްޖަށް ދިއުމަށް އެދި ހުށާހަޅާ ފޯމު ހުށަހަޅާފައިވާ ފަރާތަކަށްވާންޖެހޭނެއެވެ.)

  • މި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ޗެކްލިސްޓު:

(ހ)   އައިޑީ ކާޑުގެ ކޮޕީ

(ށ)   ކުށުގެ ރިކޯޑު ފޯމު

(ނ)   އަންހެނެއްނަމަ އޭނާގެ މަހްރަމުގެ ގާތްކަން އަންގައިދޭ ލިޔުުމެއް   

 

  • ކުންފުނީގެ ބޭނުމަށް:

ހ. ފޯމާ ހަވާލުވި ފަރާތުގެ ނަން:          ށ. ތާރީހު:               ނ. ގަޑި ރ. ސޮއި

ފޯމު ބަލައިގަތް ކަމުގެ ސްލިޕެއް ނުވަތަ ލިޔުމެއް ކޮންމެ ކުންފުންޏަކުންވެ

 

 

 

 ---------------

ޖަދުވަލު 5

ހައްޖު ހުއްދަ ލިބޭ ކުންފުނިތަކާއި ހާޖީއާ ދެމެދު ކުރެވޭ އެއްބަސްވުން

 

ހައްޖަށްދާ މީހާއާއި .................................................. އާ ދެމެދު ވެވޭ އެއްބަސްވުން

މިއީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ކަނޑައަޅާފައިވާ ހައްޖު އުސޫލުގެ ދަށުން ............... ވަނަ އަހަރު .................. މުއްދަތަށް .................. މި ކުންޖުނިން ހައްޖަށްދާ މީހުންނާއި މި ކުންފުންޏާ ދެމެދުގައި ވެވޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައިވާ "ކުންފުނި" މިނަން ދެވިފައި ވަނީ ...................... އަށެވެ. އަދި "ހާޖީ" ނުވަތަ "ހާޖީން" މިނަން ދެވިފައިވާނީ ހައްޖަށް ދާ މީހުންނަށެވެ. ދެ ފަރާތުން ކަމަށް ބުނެފައި ވާނީ ކުންފުނި އަދި ހާޖީ އަށެވެ.

1- ހައްޖަށް ދިއުމަށް އެދޭ ފަރާތް:

ހ. ފުރިހަމަ ނަން:............................. ށ. ޖިންސު:..........................................

ނ. މިހާރުގެ އެޑްރެސް:......................... ރ. ދާއިމީ އެޑްރެސް:..................................

ބ. އައިޑީ ކާޑޫ ނަންބަރު:....................... ޅ. އުމުރު:..........................................

ކ. އިމަޖެންސީ ހާލަތުގައި ގުޅަންޖެހޭ އާއިލީ އެންމެ ގާތް ދެ ފަރާތެއްގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު:

1- ..............................................................

2- ..............................................................

 

2- ހައްޖަށް ގެންދިއުމުގެ ޒިންމާ ނަގާ ފަރާތް:

ހ. ކުންފުނީގެ ނަން:

ށ. ................... ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދައިގެ ނަނބަރު:

ނ. ހުއްދަ ލިބިފައިވާ ކޯޓާ ގެ އަދަދު: ރ. ހައްޖު ދަތުރުގެ އަގު:

ހައްޖަށް ގެންދިއުމުގައި މި ކުންފުނީގެ މައިގަނޑު ށަރުތުތައް:

1- ސިއްހީގޮތުން އަދި ޖިސްމާނީގޮތުން އަޅުކަމުގެ ހުރިހާކަމެއް އަމިއްލައަށް ފުރިހަމަ ކުރެވޭނޭ މީހަކު ކަމުގައިވުން.

2- ސިއްހީގޮތުން އަދި ޖިސްމާނީ ގޮތުން އެހެން މީހެއްގެ އެހީތެރިކަމުގައި އަޅުކަން ފުރިހަމަކުރެވޭ ވަރުގެ މީހެއް ނަމަ އެމީހަކާއެކު އެހީތެރިއަކު ދިއުން.

3- ށަރުއީ ހުކުމެއް ތަންފީޒު ކުރެވެމުންދާ މީހެއް ކަމުގައި ނުވުން ( ނަމަވެސް ކަމާބެހޭ ފަރާތުން މިފަދަ ފަރާތަކަށް ހައްޖަށް ދިއުމަށް އިއުތިރާޒު ނުކުރާކަން ލިޔުމަކުން ދީފައިވާނަމަ، މި ށަރުތުން އިސްތިސްނާވާނެ).

ތިރީގައި މިވަނީ މި އެއްބަސްވުމުގެ ނުކުތާތަކެވެ.

1- މި ކުންފުނީގެ ހަވާލުގައި ދާ ކޮންމެ ހާޖީއަކު މި އެއްބަސްވުން ރަނގަޅަށް ކިޔުމަށް ފަހި އެއްބަސްވުމުގައިވާ ކަންތައްތަކަށް ރުހި ގަބޫލުވެގެން މެނުވީ އެއްބަސްވުމުގައި ސޮއިކޮށްގެން ނުވާނެއެވެ. އަދި އެފަދައިން ރުހި ގަބޫލުވެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފިނަމަ، އެއްބަސްވުމުގައިވާ ކަންތައްތަކަށް އަމަލު ކުރުމަކީ ދެ ފަރާތުންވެސް ކުރަންޖެހޭނެ ކަމެކެވެ.

2- ހައްޖު ދަތުރުގެ އަގާއި ހާޖީގެ އަތުން ކުންފުނިން ފައިސާ ބަލައިގަތުން:

ހ. ........... ވަނަ އަހަރު ހައްޖަށް ގެންދިއުމަށް މި ކުންފުނިން ކަނޑައަޅާ އަގަކީ: ..........(.................ހާސް) ރުފިޔާއެވެ. އަދި ޤާނޫނު ނުންބަރު 2011/10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނުގުމުގެ ޤާނޫނު) ގައި ބުނެފައިވާ ޓެކުހެއް ހައްޖަށް ގެނދިއުމަށް ހިދުމަތުން ނަގައިގެން ނުވާނެއެވެ.

ށ. ހާޖީއާއެކު ކުންފުނިން އެއްބަސްވެފައިވާ ކަންތައްތަކުގެ ނޭރުން ހާއްސަ އިތުރު އެއްވެސް ހިދުމަތަކަށް ހާޖީއަކު އެދިއްޖެނަމަ ދެފަރާތުގެ ރުހުމާއެކު އެ ހިދުމަތަކަށް އެކަށީގެންވާ އަގެއް ނެގިދާނެއެވެ.

ނ. ހާޖީ އަތުން މި ކުންފުނިން ފައިސާ ބަލައިގަންނާނީ ހައްޖަށް ދިއުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކޮށް އެ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ކުންފުންޏާ ހަވާލުކުރުމުން، އެ ހާޖީއަކީ ކުންފުނީގެ ށަރުތުތަކާއި މިންގަނޑު ތަކަށް ފެތޭ މީހަކުތީ ބެލުމަށް ފަހުގައެވެ.

ރ. ފައިސާ ބަލައިގަތުމަށް ތިރީގައި ބަޔާންކޮށްފައިވާ ދެގޮތްވެސް އިހުތިޔާތު ކުރެވިދާނެއެވެ.

1- އެއީ އެއްފަހަރާ އެއްވަގުތަކު ހައްޖުގެ އަގަށްވާ ހުރިހާ ފައިސާއެއް ގަނޑުކޮށް ދައްކާ ގޮތަށެވެ.

2- ............. ން ފެށިގެން ............ ގެ ނިޔަލަށް އެކި ފަހަރު މަތިން އިންސްޓޯލްމަންޓުތަކަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސްކުރާ ގޮތަށެވެ.

3- 2 ވަނަ ނުކުތާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަދަށް ކުންފުންޏަށް ފައިސާ ދެއްކުމުގައި 2 ވަނަ ނުކުތާގެ (ރ) ގައި ބަޔާންވެފައިވާ ގޮތަށް އެ މުއްދަތުގައި ފައިސާ ނުދެއްކިއްޖެނަމަ އެ ހާޖީއެއްގެ ކޯޓާ ކެންސަލްކޮށް އެހެން މީހަކަށް އެ ކޯޓާ ދިނުމުގެ އިހުތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

4- ހައްޖަށް ނުދެވޭނެ ފަދަ ސަބަބެއް މެދުވެރިވެގެން ނުވަތަ އެއްވެސް ސަބަބަކާ ނުލައި ހާޖީ އަމިއްލަ ގޮތުން ދަތުރު ކެންސަލް ކުރާނަމަ ލަސްނުކޮށް ަވަހަށް އެކަން ލިޔުމަކުން ކުންފުންޏަށް ހުށަހަޅަންވާނެއެވެ. އަދި މިފަދައިން ދަތުރު ކެންސަލްކުރުމަށް އެދި ހާޖީގެ ފަރާތުން އެދިއްޖެނަމަ، ހާޖީ އެދުނު ދުވަހާ ހަމަޔަށް ކުންފުނީގެ ފަރާތުން ހާޖީގެ ދަތުރަށް އެއްވެސް ހަރަދެއް ކޮށްފައިވާނަމަ، ހާޖީ ދެއްކި ޖުމުލަ ފައިސާއިން އެ ހަރަދެއް އުނިކޮށް ބާކީވާ އަދަދު ތަފުސީލާއެކު "ރިފަންޑް" ގެ ގޮތުގައި އެ ހާޖީއަކަށް 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކުންފުނިން ހަވާލުކުރަންޖެހޭނެއެވެ. ނަމަވެސް، ހިނގާ ހުޖުރީ އަހަރުގެ ރަޖަބު މަހުގެ ކުރިން ފައިސާ ރިފަންޑު ކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެއްވެސް މިންވަރެއް އުނި ނުކޮށް ހާޖީއަށް ކުންފުނިން ފައިސާ ރިފަންޑުކޮށްދޭން ޖެހޭނެއެވެ.

5- ހާޖީގެ ބަދަލުގައި އެހެން މީހަކު ފޮނުވަން ބޭނުންނަމަ އެއްވެސް ފީއަކާ ނުލައި އެ މީހަކަށް އެ ފުރުސަތު ދެވޭނެއެވެ. އަދި އެގޮތަށް ބަދަލުކުރަން ބޭނުންނަމަ، ބަދަލުކުރެވޭނީ އެ މީހާއަކީ ހައްޖަށް ދިއުމުގެ ށަރުތު ހަމަވާ މީހެއްތޯ ބެލިމަށްފަހު، ހައްޖު ވިސާޖަހަން ފެށުމުގެ 1 (އެކެއް) މަސްދުވަސް ކުރިން މިސާއަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅުމުންނެވެ.

6- ހައްޖަށް ދިއުމަށް ހާޖީ ކުރަންޖެހޭ ކަންތައްތަކާއި ނިންމަންޖެހޭ ނިންމުންތައް ކުންފުނީގެ އޮފީހުން އަންގާ ތާރީހަކަށް ނިންމުމަށްފަހު ކުންފުނީގެ އޮފީހާ އެތަކެތި ހަވާލުކުރުމަކީ ހާޖީގެ ޒިންމާއެކެވެ. މިގޮތުން ހާޖީގެ ފަރާތުން ނިންމަންޖެހޭ ކަމެއް ނުނިމިގެން ދަތުރު ކެންސަކް ކުރަން ޖެހިއްޖެނަމަ ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާއެއް ކުންފުނިން ނުނަގާނެއެވެ.

7- ހާޖީގެ ދަތުރުގެ ހުރިހާ ކަމެއް ރާވައި ހިންގުމާއި، ދެކޮޅު ޓިކެޓާއި ވިސާ ހަމަ ޖެއްސުމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅި ޕްރޮޕޯސަލް ގައި ބަޔާން ކޮށްފައިވާ ފެންވަރެއްގައި މައްކާ އާއި މަދީނާގެ އެކޮމަޑޭށަން ހަމަ ޖެއްސުމާއި، ކެއިން ބުއިމުގެ ހިދުމަތް ދިނުމާއި، އެންމެހައި މަށާއިރުތަކަށް ގެންގޮސް ދިނުމާއި މިނޫންވެސ ހައްޖު ދަތުރާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަކީ ކުންފުނީގެ ޒިންމާއެކެވެ.

8- ހައްޖު ދަތުރު ފެށުމުގެ ކުރިން ކުންފުނިން ހާޖީންނަށް ދޭނެ ތަކެއްޗާއި ހިދުމަތްތައް (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒައް ހުށަހެޅި ޕްރޮޕޯސަލުގައި ބަޔާންކޮށްފައިވާ ގޮތަށް) :

ހ. ........................... ށ. ........................... ނ. ...........................

ރ. ........................... ބ. ........................... ޅ. ...........................

ކ. ........................... އ. ........................... ވ. ...........................

މ. ........................... ފ. ........................... ދ . ...........................

9- ހައްޖު ދަތުރު ފެށުމަށް ފަހު މި ކުންފުނީގެ ހަވާލުގައި ހައްޖަށް ދާ މީހުންނަށް ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާގޮތަށް ހައްޖުގެ މަނާސިކުތައް އަދާކުރުމަށް މަގުފަހިކޮށްދީ އެހީތެރިވާން ޖެހޭނެއެވެ. އޭގެ ތަފުސީލު ތިރީގައި މިވަނީއެވެ.

  1. ޡަވާފުލް ޤުދޫމާއި ސަޢުޔުކުރުމުގައި ކުންފުނީގެ އެހީތެރިކަމަށް ބޭނުންވާ ހާޖީން ތިބިނަމަ، އެ ހާޖީން ގޮވައިގެން ހަރަމަށް ގޮސް ސުންނަތާ އެއްގިތަށް އެ މަނާސިކުތައް އަދާކުރާނެ ގޮތް ކިޔައިދީ އެހީތެރިވެދިނުން.
  2. ތަރުވިޔާދުވަހު މިނާގައި ހުރިހާ ހާޖީން ބޭތިއްބުމުގެ އިންތިޒާމު ހަމަޖައްސައިދީ އެހީތެރިވެދިނުން.
  3. ހައްޖުމަހުގެ ނުވަވަނަ ދުވަހުގެ އިރު އޮށްސެންދެން ހާޖީން އަރަފާތުގައި ބޭއްތިބުމުގެ އިންތިޒާމު ހަމަޖައްސައިދީ އެހީތެރިވެދިނުން.
  4. މުޒްދަލިފާގެ ރޭ މެންދަމުން އަލިވެ ދެބައިބުމުން މިނާއަށް ދިއުން ހުއްދަވެގެންވާ ހާޖީން ފިޔަވައި ދެނތިބި ހުރިހާ ހާޖީން މުޒްދަލިފާގައި ރޭކުރުވައި ފަތިސްނަމާދު ކުރުވުމަށް މަގުފަހިކޮށްދީ އެހީތެރިވެދިނުން.
  5. ހައްޖުމަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ އިރު އޮއްސުމާ ދެމެދުގެ ވަގުތެއްގައި ހުރިހާ ހާޖީންގެ ހަދްޔު އިތުބާރުހުރި ގޮތެއްގައި ކަތިލައިދިނުން.
  6. އީދުދުވަހު ހުރިހާ ހާޖީން ގޮވައިގެން ބޮޑު ޖަމްރާއަށް ގޮސް ހިލައުކުމުގައި އެހީތެރިވެދިނުން.
  7. އައްޔާމުއްތަށްރީޤުގެ ދުވަސްތަކުގައި ހުރިހާ ހާޖީންނަށް މިނާގައި ރޭކުރުމުގެ އިންތިޒާމު ހަމަޖައްސައިދީ އެހީތެރިވެދިނުމާއި، ތައުޒީލު ކުރުމަށް އެދޭ ހާޖީން މައްކާއަށް ގެންގޮސްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުން.
  8. އައްޔާމުއްތަށްރީޤުގެ ދުވަސްތަކުގައި ކޮންމެ ދުވަހަކު ތިން ޖަމްރާއަށް ހާޖީން ގެނގޮސްދީ ހިލައުކުމުގައި އެހީތެރިވެދިނުން.
  9. ތަވާފުލް އިފާސާއާއި ތަވާފުލް ވަދާޢުކުރުމުގައި ކުންފުނީގެ އެހީތެރިކަމަށް ބޭނުންވާ ހާޖީން ތިބިނަމަ، އެ ހާޖީން ގޮވައިގެން ހަރަމަށް ގޮސް، ސުންނަތާ އެއްގޮތަށް އެ އަޅުކަން އަދާކުރާނެގޮތް ކިޔައިދީ އެހީތެރިވެދިނުން.

10- ހައްޖުގެ އެއްވެސް ވާޖިބަކަށް ހުރަސް އެޅޭފަދަ އެއްވެސް އަމަލެއް ކުންފުނިން ކޮށްގެން ނުވާނެއެވެ. ހާޖީއަކަށް ހައްޖުގެ ވާޖިބެއް ފުރިހަމަ ނުކުރެވުނީ ކުންފުނީގެ އިހްމާލުން ނަމަ އެ ހާޖީގެ އަޅުކަން ފިރުހަމަ ކޮށްދިނުމަށް ކުންފުނީގެ ފަރާތުން ފިދުޔަ ދީ އެ އަޅުކަން ފުރިހަމަ ކުރެވުނުކަން އެ ހާޖީއަށް ކަށަވަރު ކޮށްދޭންޖެހޭނެއެވެ.

11- މައްކާއާއި މިނާގައި ހާޖީން ތިބޭ ދުވަސްތަކުގައި ދީނީ ދަރުސް ދިނުމާއި ސިއްހީ އިެުށާދުތައް ދިނުމާއި ދަތުރާ ބެހޭ މައުލޫމާތު ދިނުމަކީ ކުންފުނިން ކުރަންޖެހޭނެކަމެކެވެ.

12- މާލެ ފިޔަވައި އެހެން ރަށެއްގައި ދިރިއުޅޭ ހާޖީއެއްނަމަ، މި ކުންފުނިން އަންގާ ތާރީހެއްގައި މާލޭގައި ހުންނަންވާނެއެވެ. އަދި ކުންފުނިން ބާއްވާ ހޭލުންތެރި ކުރުވުމުގެ ސެށަންތަކަށް ގަވާއިދުން ހާޒިރުވާން ޖެހޭނެއެވެ.

13- ހާޖީއަކު ކުންފުނީގެ އިރުށާދުތަކާއި އެންގުންތަކަށް ގަސްތުގައި ކިޔަމަންނުވުމުގެ ސަބަބުން ދިމާވާ ނޭދެވޭ ކަމެއްގެ ޒިންމާ ކުންފުނިން އުފުލާކަށް ނުޖެހޭނެއެވެ. ނަމަވެސް، އެކަމަކުން ހާޖީ ސަލާމަތް ކުރުމުގައި ކުނފުނީގެ އެއްބާރުލުމާއި އެހީތެރިކަން ދެވެން އޮތް މިންވަރަކުން ދޭންވާނެއެވެ. އޭގެ ތެރޭގައި ކުންފުނީގެ އިރުށާދަށް ތަބާނުވުމުގެ ސަބަބުން ހާޖީ ގެއްލުމާއި، ހާޖީއަށް އަނިޔާވުމާއި، ހާޖީގެ އަޅުކަން ފުރިހަމަ ނުވުމާއި، ހަޖީއަށް އަޅުކަންކުރާނޭ ގޮތް ނޭނގުން ފަދަ ކަންކަން ހިމެނެއެވެ.

14- ހާޖީއަކު ބަލިވެގެން ސަޢޫދީ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރެވިއްޖެނަމަ، އެ މީހަކު ރަނގަޅުވެގެން އެންބުރި ރާއްޖެއަށް ދަތުރުކުރެވޭވަރު ވަންދެން އޭނާ ބެލެހެއްޓުން ކަމާބެހޭ ފަރާތްތަކާއި ހާޖީގެ އާއިލާއާ ގުޅިގެން ކުންފުނިން ބަލަހައްޓަން ޖެހޭނެއެވެ. ނަމަވެސް، މިފަދަ ހާލަތެއްގައި ކުރަންޖެހޭ ހަރަދުތައް ކުރާނީ ހާޖީގެ ފަރާތުންނެވެ.

15- ހައްޖު ދަތުރުގެ ތެރޭގައި ހާޖީ ބަލިވެއްޖެނަމަ، ބޭސް ނަގައިދިނުމާއި، ހޮސްޕިޓަލަށް ގެންދަންޖެހޭ ފަދަ ހާލަތެއްގައި ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަމުގައި ކުންފުނީގެ އެހީތެރިކަން ލިބޭނެއެވެ. ނަމަވެސް، މިގޮތަށް ގަނެވޭ ބޭހުގެ ހަރަދާއި، އެފަދަ ހިދުމަތެއް ހޯދުމަށް ދާ ހަރަދު ދޭންޖެހެނީ ހާޖީއެވެ.

16- އެއްވެސް ހާޖީއެއްގެ ކިބައިގައި އަންނަނިވި އެއްވެސް ކަމެއް ހުރެގެން ނުވާނެއެވެ. (އަދި މިފަދަ ކަމެއް ހުރި ހާޖީއެއް ނަމަ އެކަމެއްގެ ފުރިހަމަ މައުލޫމާތު ކުންފުންޏަށް ދޭންވާނެއެވެ.)

ހ. ގައިންގަޔަށް އަރާ ފަދަ ނުރައްކާރެރި ބައްޔެއްޖެހިފައިވާ، އަދި އެބަލި އެކަކުގައިން އަނެކާގެ ގަޔަށް އަރާ ފަދަ ހާލަތެއްގައި ހުރި މީހަކު ކަމުގައިވުން.

ށ. އެއްވެސް ކަހަލަ ބަންދެއްގައި ހުރި މީހަކު ކަމުގައިވުން.

ނ. ސާބިރު ދަރަންޏެއް އޮވެ އެ ދަރަނި އަދާނުކޮށްގެން މައްސަލައެއް ޖެހިފައިވާ މީހަކު ކަމުގައިވުން..

17- އެއްވެސް ހާޖީއަކު އަންނަނިވި ފަދަ ކަމެއް ކުރުމާއި އަދި އެފަދަ ކަމެއްގައި ބައިވެރިވެގެން ވެސް ނުވާނެއެވެ.

ހ. ހައުދީ އަރަބިއްޔާގެ ދާހިލީ އަދި ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން، ނުވަތަ އެފަދަ ކަމަކަށް ވާގިދެވޭ ފަދަ ހަރަކާތެއްގައި ބައިވެރިވުން.

ށ. މަސްތުވާތަކެތީގެ އެއްވެސް ބާވަރެއް ސައޫދީއަރަބިއްޔާއަށް އެތެރެކުރުން، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވުން. (މިއިން ކަމެއްގައި ބައިވެރިވުމުގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާއަކަށް ޒިންމާވާނީ ހާޖީއެވެ.)

18- ސައުދީ އަރަބިއްޔާގައި ހާޖީއަކު ނިޔާވެއްޖެނަމަ، މުތައްވިފު އޮފީސް މެދުވެރިކޮށް ކަށުކަމާކެމީގެ ކަންތަކާއި ވަޅުލުމުގެ އިންތިޒާމު ކުންފުނިން ހަމަޖައްސައިދޭން ޖެހޭނެއެވެ. އަދި މިކަމަށް ހިނގާ ހުރިހާ ހަރަދެއް ކުރާނީ ކުންފުނިންނެވެ.

ﷲ ގެ ވާގިފުޅާއި މަދަދާއެކު ވަޢުދުތަކާއި އަހުދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ނިޔަތުގައި، މަތީގައި އެވާ ނުކުތާތަކުގެ މައްޗަށް އެކުލެވިގެން މިވާ އެއްބަސްވުމަށް އިހްތިރާމް ކުރުމަށާއި އަމަލުކުރުމަށް އެއްބަސްވެވޭ ދެ ފަރާތް ކަމުގައިވާ ހާޖީއާއި ކުންފުނިން އެއްބަސްވެ ސޮއިކުރަމެވެ. އަދި ދެ ފަރާތުންވެސް މި އެއްބަސވުމުގައި ސޮއި ކުރަނީ އެއްވެސް މަޖުބޫރުކަމެއް ނެތި، ބުއްދި ސަލާމަތުން ހުރެ، އެއްބަސްވުމުގައިވާ އެންމެހައި ކަންތައްތައް ކިޔުމަށްފަހުގައެވެ.

 

ހާޖީ (ނުވަތަ ހާޖީގެ ފަރާތުން) _ ކުންފުނީގެ ފަރާތުން

ނަން: ނަން:

ސޮއި: ސޮއި:

އައިޑީކާޑޫ ނަންބަރު: ހައިސިއްޔަތު:

ތާރީހު: ތާރީހު:

ހެކޮ: ހެކޮ:

(ކުންފުނީގެ ތައްގަނޑު)

ނޯޓު: ބަދަލުގައި މީހަކު އައްޔަނުކޮށް ސޮއިކުރާނަމަ، ބަދަލުގައި ފަރާތެއް އައްޔަންކުރިކަމާއި، މި އެއްބަސްވުމުގައި ސޮއިކުރުމަށް ހުއްދަ ދިން ކަމުގެ ލިޔުމެއް ބޭނުންވާނެއެވެ. އަދި ބަދަލުގައި އައްޔަންކުރާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ބޭނުންވާނެއެވެ.

 

 

 ---------------

ޖަދުވަލު 6

ހާޖީ ފުރަންޖެހޭ ހިދުމަތުގެ ފެންވަރު ބަލާ ފޯމުގެ ނަމޫނާ

#

ތަފުސީލު

އާއެކެވެ

ނޫނެކެވެ

އިތުރު ކޮމެންޓް

1

ހައްޖަށް ދިއުމަށް ފައިސާ ބަލައިގަތީ، ހައްޖަށް ދިއުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށްފަހު، ހައްޖަށް މިއަހަރު ދެވޭކަން ޔަގީންވުމުންނެވެ.

     

2

ހައްޖަށް ފުރުމުގެ ކުރިން އެކަށޭނެ މިންވަރަކަށް ހައްޖުގެ އަޅުކަމާބެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކެއް ހިންގައިދިނެވެ.

     

3

ހައްޖަށް ފުރުމުގެ ކުރިން ކުންފުނިން ދިނުމަށް އެއްބަސުވި ތަކެތި ފުރިހަމައަށް ހާޖީއާ ހަވާލުކުރެވުނެވެ.

     

4

އެއްބަސްވުމުގައިވާ ފަދަ އެކޮމޮޑޭށަން ހިދުމަތެއް މައްކާ އަދި މަދީނާގައި ފޯރުކޮށްދެވުނެވެ.

     

5

އަޅުކަމުގެ ކަންތައްތައް ފުރިހަމަ ކުރުމުގައި ކުންފުނީގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނެވެ.

     

6

ކެއުމުގެ އިންތިޒާމު ހަމަޖައްސައިދިނީ، އެއްބަސްވެފައިވާ ފަދަ ފެންވަރެއްގައެވެ.

     

7

ސިއްހީ ގޮރުން ދޭންޖެހޭ ފަރުވާ އެކަށީގެންވާ މިންވަރަކަށް ފޯރުކޮށްދެވުނެވެ.

     

8

މިނާ އަދި އަރަފާތުގައި ތިބިމިގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ހިތްހަމަޖެހޭ ފެންވަރަކަށެވެ.

     

9

މުޒަދަލިފާގައި ރޭކުރުމުގައި ކުންފުނީގެ އހީތެރިކަމާއި އެއްބާރުލުން ލިބުނެވެ.

     

10

ޖުމްލަގޮތެއްގައި ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ލުއިފަސޭހަގޮތަކަށެވެ.

     


ނޯޓު: ހައްޖަށްދާ ކޮންމެ ފަރާތަކުންވެސް މި ފޯމު ފުރަންޖެހޭނެއެވެ. މި ފޯމު ހަވާކު ކުރަންޖެހޭނީ މޯލްޑިވްސް ޕިލްގްރިމް އެފެއާޒަ އޮފީހަށެވެ.

 

 

 ---------------

ޖަދުވަލު 7

މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ރިޕޯޓުގައި ހިމަނަން ޖެހޭ މުހިއްމު ބައިތައް

 

 

  • ހައްޖު ކުންފުނިތައް ހާޖީންނާއި ދޭތެރޭ އަމަލުކޮށްފައިވަ ގޮތުގެ ތަފްސީލް
  • ހައްޖު ކުންފުނިތަކާބެހޭގޮތުން ހުށަހެޅުނު ށަކުވާތަކާއި އެ ށަކުވާތައް ހައްލުކުރުމަށް އެޅުނު/އެޅޭނެ ފިޔަވަޅުތައް
  • ހައްޖުގައި ދިމާވި ކުއްލި ހާދިސާތަކާއި، އެ ހާދިސާތަކުން ސަލާމަތްވުމަށް އެޅުނު/އެޅޭނެ ފިޔަވަޅުތައް
  • ކުރިއަށް އޮތް އަހަރު ހައްޖުގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭނެ ފިޔަވަޅުތައް
  • ހާޖީ ފުރަންޖެހޭ ހިދުމަތުގެ ފެންވަރު ބަލާ ފޯމުގެ ތަފުސީލީ ރިޕޯޓު، އެ ފޯމުތަކުގެ އަސްލާއެކު.

 

 

 

 ---------------

ޖަދުވަލު 8

މިނިސްޓްރީއަށް ކުންފުނިތަކުން ހުށަހަޅަންޖެހޭ މަހްރަމު ލިސްޓުގެ ނަމޫނާ

(ކުންފުނީގެ ލެޓަރހެޑް)

Hajj No        Name       Passport No.       Hajj No.      Name of Mahram.      Passport No.      Relationship  

  

ނޯޓު: މި ލިސްޓު، ވިސާ ޖެއްސުމަށް ސައޫދީ އަރަބިއްޔާގެ އެމްބަސީ އަށް ހުށަހަޅާ ނަމަ، ދެވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެޓެސްޓު ކުރަންޖެހޭނެއެވެ.

 

 

މައިގާނޫނު

ނެތް

 

ގުޅުންހުރި ގަވާއިދު/އުސޫލު

ހައްޖަށް ގެންދިއުމާބެހޭ އުސޫލު (24 ފެބްރުއަރީ 2013)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު